Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ ( ފުރަތަމަ ބައި )

Salaa Level 210 Stories100 Comments
January 29, 2014 6 Mins Read
9 Comments

މިވާހަކައަކީ އަޅުގަނޑުމެން މުސްލިމް އަންހެން ކުދިންނަށް މި މުޖުތަމަޢުގައި އާއްމުކޮށް ދިމާވާ މައްސަލަތަކުން ބައެއް ކަންތައްތަކަށް އަލިއަޅުވާލެވިފައިވާ ވާހަކައެކެވެ. އަދި މިވާހަކައިން ޢިބްރަތް ލިބިގަންނާނެކަމަށްްވެސް އުއްމީދުކުރަމެވެ

***********************************

” އަހަރެމެންގެ ދިރިއުޅުމުގަ ޖެހިފައިވާ އެތައް ލައްތަކެއް ނުހަނު އުނދަގުލުން ފިލުވައިދިނީމެވެ. ވަރުގަދައަށް ރާނާފައިވާ އެތައް ފާރެއް ތަޅާ ތިރިކޮއްދިނީމެވެ. އެކަމަކުވެސް މިހިތަށް ޝިފާއެއް ދެވޭވަރު އަދިވެސް ނުވަނީހެއްޔެވެ؟ ދުރުވާކަށް ބޭނުމެއް ނޫނެވެ، އަބަދުވެސް ބޭނުންވަނީ ކައިރީގަ ހުރުމަށެވެ. ވެވެން ހުރި ހުރިހާ ޤުރުބާނީއެއްވެސް މިވަނީ ކަލާއަށްޓަކައެވެ. ކީއްވެކަން އެނގޭހެއްޔެވެ؟ ބުނެދޭންވީހެއްޔެވެ؟  ބުނީމަ އިހުސާސް ވާނެހެއްޔެވެ؟ ތިއީ އަހަރެން މިދުނިޔެއިންވެސް އެންމެ ލޯބިވާ ފަރާތެވެ. އަދި އަހަރެންގެ ހަތަރު ކުދިންގެ ބައްޕައެވެ. އަހަރެންގެ ހިތުގައި ކަލާއަށްޓަކައި ވާ ޤަދަރަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ބޭނުންވަނީ ދެދުނިޔޭންވެސް އެކުގައި ވުމަށެވެ. ބޭނުންވަނީ ކަލާ އަހަރެމެންގެ މި ކުޑަކުޑަ އާއިލާއާއި ޙަވާލުވާން އައުމަށެވެ. އެކަމަކު އެނގެއެވެ. އަދިވެސް އިތުރަށް އަހަރެން ލައްވާ އިންތިޒާރުކުރަން އެދޭނަން ހެއްޔެވެ؟ އިންތިޒާރު ކޮށްކޮށް ވަރުބަލިވެއްޖެއެވެ. އެކަމަކުވެސް އަދިވެސް އިންތިޒާރުގައި ވާނަމެވެ. ކަލާ އެދުވަހު އަހަރެންގެ މުށުތެރެއަށް ލައިފައި ދިޔަ ގަނޑުކޮޅުގައި ލިޔެފައިވާ ލިޔުންކޮޅު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އުޖާލާވެގެން ދެއެވެ. ” އިންތިޒާރު ކުރުން އެދެމޭ ލޯބިވާ ” މި ޖުމުލައަކީ ހަމައެކަނި އަހަންނަށް އިންތިޒާރު ކުރުމަށް މަގުފަހިވާ ބާރެވެ. އަވަހަށް އަންނާށެވެ.  އަބަދުވެސް އަބަދުވެސް ލޯބިވާ  ރެއިން… “

ރާޔާ އޭނާގެ ލޮލުން އޮހޮރެމުންދާ ކަރުނަތައް ފޮހެލުމަށްފަހު ފޮތުން ގަނޑުކަޑާލިއެވެ. އަދި ފަތްޖަހާލުމަށްފަހު ސިޓީއުރައަށްލިއެވެ. މޭޒުމަތީގައި އޮތް ފޮޓޯގަނޑު ނަގާ ބަލާލިއެވެ. އެއީ އޭނާގެ ހަތަރު ކުދިންގެ ފޮޓޯއެކެވެ. އެ ފޮޓޯވެސް ސިޓީ އުރައަށް ލުމަށްފަހު ގޮނޑިން ތެދުވި އިރު އޭނާގެ ހަގު ދަރިފުޅު މަޑުމަޑުން އާދެއެވެ. ހިނިތުންވުމާއި އެކު ދަރިފުޅު އުރާލަމުން ރާޔާ ވަނީ ކޮޓަރިއަށެވެ.

” ހަލޯ.. ކޮއްކޯ.. ސިޓިންގ ރޫމްގެ މޭޒުމަތީގަ އޮންނާނެ ސިޓީ އުރަ.. އެ ފޮނުވާލެވޭނެ ގޮތެއް ހަދައިދެއްޗޭ… ” ރާޔާގެ ކޮއްކޮ ރިޔާޒްއަށް ގުޅާލުމަށްފަހު އޭނާ ފޯން ކަނޑާލިއެވެ. އަދި ބަންކް ބެޑްގެ މަތީ އެނދު ބަލާލި އިރު އޭނާގެ ހަތްއަހަރުގެ ދެކުދިން ތިބީ ނިދާފައެވެ. އުރުގައި އިން ކުޑަކުޑަ  މީއްކޮ ނިދިއައިސްގެން ރޮވޭގޮތްވެފައި އިނެވެ. ވެފައިވާ ވަރުބަލިކަމުން ނިދާލަން ބޭނުންވި ނަމަވެސް މީއްކޮ ނިންދަވާފަ އަދިވެސް ވަރަށް މަސައްކަތް ހުރުމުން އިތުރަށް ބޮލަށް ބަރުވާންފެށިއެވެ. އަވަސް އަވަހަށް މީއްކޮ ނިންދަވާލުމަށްފަހު ކޮޓަރިން ނުކުތެވެ. އަދި ރިޔާޒްގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރުހުޅުވީ ރިޔާޒްގެ އަންހެނުން އައިންތުއެވެ.

” ކީކޭ ދޮންތާ؟ ” އޯގާތެރިކަމާއެކު އައިންތު އެހިއެވެ.

” ކޮބާ މާޝާ؟ ނިދީތަ؟ ” ރާޔާގެ ތިންވަނަ ދަރިފުޅު އަދި ހަތަރު އަހަރުގެ މާޝާ ބަލައި އައިސް ރާޔާ އެހިއެވެ.

” އާނ… ނިދައިފި… ދެން މިކޮޓަރީގަ ބާއްވާ މިރޭ… ރިޔާޒްވެސް ޑިޔުޓީ ނިންމާފަ އަންނާނީ މާދަމާ ހެނދުނު… ” އައިންތު އެހެން ބުނުމުން ހިނިތުންވެލަމުން ރާޔާ ކޮޓަރި އާއި ދިމާއަށް މިސްރާބްޖެހިއެވެ. އޭނާގެ ހިތުގެ ތެޅުން އަވަސް ވަމުންދެއެވެ. މިރޭ ލިޔެވުނު ސިޓީއަށް ޖަވާބެއް ބޭނުންވާލެއް ބޮޑުކަމުންނެވެ. ނަމަވެސް މިއީ ރޭގަނޑުކަން އެނގޭ ފަދައިން އެއީ ނުވާނޭކަމެއްކަން އޭނާއަށް އެނގެއެވެ. އެގޮތަށް އޭނާގެ އަތުން ލިޔެވޭނީ ކިތައް ކިތައް ސިޓީ ހެއްޔެވެ؟ ސިޓީގެ ސިފައިގައި އޭނާގެ ހިތުގެ ޙާލަތު ބަޔާން ކޮއްދެވިފައިވަނީ ކިތައް ފަހަރު ހެއްޔެވެ؟ އެހެނަސް އެސިޓީތަކަށް ވާ ގޮތެއް ނޭނގެއެވެ. އޭނައަށް އެ ސިޓީތައް ލިބޭކަން ޔަޤީންވަނީ ބަދަލެއް ނުވާ އޭނަގެ ސޮއި ކޮއްފައި ރާޔާ އަތަށް ލިބޭ ސްލިޕް ކޮޅުންނެވެ.

މަޑު ހިނގުމެއްގައި އައިސް މީއްކޮގެ ކައިރީގައި ރާޔާ އޮށޯވެލިއެވެ. އަދި ފޯން ނަގާ ވިސްނަން އޮތުމަށްފަހު ރިޔާޒްއަށް ގުޅާލިއެވެ.

” ކޮއްކޮ އެ ސިޓީ އުރަ ޙަވާލުކުރިންތަ؟”

” ނޫނޭ ދޮންތާ.. އަދި ކިރިޔާ މި އާދެވުނީ ޑިޔުޓީއަށް.. އެ ހިފައިގެންނޭ އައީ… އެ ފޮނުވާލާފަ ސްލިޕްކޮޅު އަހަރެންގެ އަތަށް އެރީމަ ޑިޔުޓީ ނިންމާފަ ދަމުން ގެންގޮސްދޭނަން… “

ރިޔާޒްގެ ފޯން ރާޔާ ކަނޑާލިއެވެ. އަނެއްކާވެސް ތެދުވުމަށްފަހު މަތީ އެނދުގައި ނިދާފައިތިބި އޭނާގެ ލޯބި ލޯބި ދެކުދިންކަމުގައިވާ މިޝްއަލް އާއި މީޝަމްއަށް ބަލާލިއެވެ. އެ ދެކުދިން ވިހޭ ދުވަސް ހިތައް އަރާފައި އޭނާގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް ރޯން ބޭނުން ނުވާތީ ހިތްވަރު ކުރުމަށްފަހު ހިންދިރުވާލިއެވެ. އޭރު އިޝާނަމާދު ބަންގީގެ އަޑު ޓީޥީން އިވެމުންދެއެވެ. ރާޔާ އަވަސްވެ ގަތީ ނަމާދުކޮއްލުމަށެވެ. ނަމާދުކޮށް ނިމިގެން މާތް ﷲ ގެ ހަޟްރަތުގައި ދުޢާއަށް އއަތް އުފުލާލިއެވެ.

” ހައްދަވާ ބޮޑުކުރައްވާ އިލާހް.. މިއަޅާ އާއި މިއަޅާގެ މި ކުޑަކުޑަ އާއިލާއަށް ކުޑަނަމަވެސް އުފަލެއް މިންވަރު ކުރައްވާށި! މިއަޅާގެ ދަރިން އެކުދިންގެ ބައްޕަގެ ލޯބިން މަހުރޫމް ނުކުރައްވާށި!. އެކުދިންނަށް ނިކަމެތިކަން ލިބުމަކީ މިއަޅާގެ މައިލަގޮނޑިއަށް ކެތްވާ ވަރުގެ ކަމެއް ނޫން.. މާތްﷲގެ އިރާދަފުޅުން މެނުވީ މިއަޅާގެ ފިރިމީހާއަށް ހެޔޮވިސްނުން ލިބުމެއް ނެތް… މިއަޅާގެ ފިރިމީހާއަށް ރަނގަޅު މަގު ދައްކަވާށި! އާމިން..” ގިސްލަމުންދިޔަ ރާޔާގެ ލޮލުން ހިފެހެއްޓުމެއް ނެތި އޮހޮރެމުންދާ ކަރުނަތައް ފޮހެލަދިނީ ކުޑަކުޑަ އަތަކުންނެވެ. މަޑުމަޑުން ބަލާލިއިރު ކައިރީގައި ހުރީ މިޝްއަލްއެވެ. އެ ކުޑަކުޑަ ކުއްޖާގެ ހިތައް އަސަރުކޮއްފައިވަނީ ކޮންފަދައަކުން ހެއްޔެވެ؟  އެ ކުޑަކުޑަ ދަރި ހުރީ ހިތާމައިން ފޯވެފައެވެ. ރާޔާއަށް ރޮއިގަނެވިފައި މިޝްއަލްގެ ގައިގައި ބައްދައިގަނެވުނެވެ.

” މަންމާ… ކޮންމެ ފަހަރަކު މަންމަ ނަމާދުކޮއްފަ ނުރޮއިބަލަ… ” ރާޔާ ބަލާލީ މިޝްއަލްގެ މޫނަށެވެ. ހަތް އަހަރުގެ ކުއްޖަކަށްވުރެން އެއީ މާ ވިސްނުން ތޫނު ކުއްޖެކެވެ. ރާޔާގެ ހުރިހާ އިހުސާސެއް ދެނެގަނެއެވެ. ރާޔާ އަވަސް އަވަހަށް ދެލޯ ފުހެލަމުން ގަދަކަމުން ހިނިތުންވެލި އިރު އެނދުކައިރިން ގިސްލާ އަޑު އިވެއެވެ. މިޝްއަލްވެސް ބަލާލީ އެދިމާއަށެވެ. އޭރު މީޝަމް އިނީ ތެދުވެއެވެ.

” އޭތް… ދަރިފުޅާ! ނުރޮއި… މަންމަ މިހާރު ވަރަށް ހެޕީ އޭ… ދޫނީ… ނޫން ނޫން… ” މީޝަމް އެނދުން ފޭބުމަށްފަހު ރާޔާގެ ބަނޑުގައި ބައްދައިގަތެވެ. ” މަންމަ އަބަދު އަބަދު ރޮނީ… ” ރާޔާގެ ދެފަރާތުން ދެދަރިން ބައްދައިގެން ތިއްބެވެ. ރާޔާގެ ހިތް ކުދިކުދި ވަނީއެވެ. އޭނާއަށް ބަލާލެވުނީ މައްޗަށެވެ. ” ޔާ ރައްބުއެވެ. މިދަރިން މި ހިތާމައިން ސަލާމަތްކޮއްދެއްވާނދޭ.. ” ރާޔާ އަށް ހިތާ ހިތުން ބުނެލެވުނެވެ. އޭނާ ދެކުދިން ކައިރިއަށް ތިރިވެލިއެވެ. އަދި ނަމާދު ފޮށާ ބޭލުމަށްފަހު ދެކުދިންގެ އަތުގައި ހިފައިގެން މުށިގަނޑުމަތީ އިށީނެވެ. ރާޔާގެ އުނގުގައި ދެކުދިން ބޯ އަޅާލައިގެން އޮށޯވެލިއެވެ. ފާރުގައި ލެނގިލައިގެން ރާޔާ އިނެވެ. ދެކުދިންގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ. ރާޔާގެ ކުރިމަތިން އެ ދުވަސްތައް ސިފަވަމުންދެއެވެ. އޭނާއަށް އުނދަގޫ ވަމުންދެއެވެ. ދެލޯ މަރާ ފިއްތާލެވުނެވެ. ސިކުނޑި ހުއްޓުމަކަށް އައިފަދައެވެ.

**********************************

ކްލާސް ނިންމާލުމަށްފަހު ރާޔާ ގެއަށް އަންނަ މަގުމަތިން ކޮންމެ ރެޔަކުވެސް ފިރެހެން ކުދިން ދިމާކުރެއެވެ. ރާޔާ އެކަމާ ވަރަށް ނުރުހެއެވެ. އެހެނަސް އޭނާ ކްލާހަށް ގެންގޮސްދީ ގެއަށް ގެނެސްދީ ހަދާނެ މީހަކު ނެތެވެ. މަންމަ ނިޔާވުމުން ރާޔާ ގެންގުޅުނީ މާލޭގެ ރަށްވެއްސެއްކަމަށްވާ ހަނީފާއެވެ. އެއީ ދަރިއަކު ނެތް އެކަނިވެރިއެކެވެ. އޭނާ ރާޔާ ބަލަނީ ނުހަނު ލޯބިންނެވެ.

” ދައްތާ.. މިޔަދުވެސް އެ ޕާޓޭ ގުރޫޕް އަޅުގަނޑާ ދިމާކޮއްފި،، ކިހިނެތް މިވަރުން ކިޔަވާނީ؟ ރަށުން ގްރޭޑް ހަތެއް ނިންމައިން އިތުރަށް ކިޔެވޭނެ ފެންވަރު ނެތީމަ ކިޔެވުން ހުއްޓާލައިގެން ކޮއްކޮ އާއި ދެމީހުން ތިބެން ޖެހުނީ ދޯ. ނަސީބަކުން ކޮއްކޮއަށް ކޯހެއްވެސް ލިބިއްޖެ.. އެކަމަކު އަހަރެން އަދި މި ކްލާސްތަކަށް ގޮސް ފާސްވެގެން ކޯހެއްވެސް ހެދޭނީ.. އެހެން ނޫނީ ވަޒީފާ ގަނޑެއްވެސް ނުލިބޭނެ.. އެކަމު އަޅެ.. ކިހިނެތްތަ މިވަރުން ދާނީ.. އަބަދު ޕާޓޭތައް އޭތް ޕޭސް އޭ ލައްވާނެ ” ރާޔާ އައިސް ސޯފާގައި އިން ހަނީފާގެ އުނގުގައި ބޯއަޅާލުމަށްފަހު މުށިތައްމަތީ އިށީނެވެ.

” ރާޔާ… ދަރިފުޅާ.. އެކުދިކުދީންނަކަށް ނުކެރޭނެ ބެހޭކަށެއް.. ދެން އޮތީ އެންމެ މަހެއްނުދޯ… އަދި ބުނަންތަ؟ މިއަންނަ މަހަކީ ދަރިފުޅަށް އަށާރަ އަހަރުވާ މަހެއްނު.. ދައްތަ ހަދިޔާއަކަށް އެއްޗެއް ދޭން ބޭނުން.. ” ހަނީފާ އެހެން ބުނުމުން ރާޔާ ބޯ ހިއްލާލުމަށްފަހު ބުނެލިއެވެ.

” ދައްތާ… މަންމަ ނިޔާވުމަށްފަހު އަޅުގަނޑާއި ރިޔާޒްކޮއްކޮއަށް އަޅާލާ ހަދަނީ ދައްތަ އެއްނު.. އެއަށްވުރެން ބޮޑު ހަދިޔާއެއް ވަކި ކޮބާ؟ ” ރާޔާ ހިނިތުންވެލިއެވެ. ހަނީފާ ހީލަމުން ރާޔާގެ ބޮލުގައި ފިރުމާލިއެވެ.

” އަޅުގަނޑަށް އަށާރަ އަހަރު ވާނީ މި އަންނަ އަހަރުން… އޭރުން ހަދިޔާ ދޭން މަޑުކޮއްލާ… ” ރިޔާޒް ސަމާސާ ކޮއްލުމުން ހަނީފާ ބާރަށް ހޭންފެށިއެވެ.

ޖެހިގެން އައި ރޭވެސް އެކަނިމާ އެކަނި ރާޔާ އާދެއެވެ. ފަހަތުން މީހަކު އަންނަކަންވެސް އެނގުނެވެ. ރާޔާ ހިނގުން ބާރުކޮއްލުމުން އޭނާ ދުވެފައި އައިސް ރާޔާ ކުރިބެއްދިއެވެ.

” އަޅުގަނޑު ދާން ތަންދެއްވާ!..” ތުރުތުރު އަޅާ ރާގަކަށް ރާޔާ ބުނެލިއެވެ.އިސްޖަހައިގެން ހުރެއެވެ. އެމީހުންނާއި ދިމާއަށް ބަލާވެސް ނުލައެވެ.

” ކީކޭ؟ ” ރާޔާގެ ކަންފަތް ތޮޅިލިއެވެ. ރީތި އަޑެކެވެ. ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް ހީރުމެއް އެރިއެވެ. އެ އަޑުންނެވެ. އެ ޒުވާނާ ދުށުމަށް ހިތް އެދެވުނެވެ. ނަމަވެސް އެކަމަކަށް ލޯ އެއްބަހެއް ނުވިއެވެ. އެހެންކަމުން އަދިވެސް އިސްޖަހައިގެން ހުރީއެވެ،

” އަ… އަޅުގަނޑު ވަރަށް… ބިރުގަނޭ….” ބޭ އިހްތިޔާރުގައި ރާޔާއަށް ބުނެވުނެވެ. އޭރު އޭނާހުރީ ފިނިވެފައެވެ.

” ކޮންކަމަކާ؟ ” އަނެއްކާވެސް އެ އަޑެވެ. ވަރަށް ސާދާގޮތެއް ހުރެއެވެ. ބިރުވެރިކަމެއް ނެތެވެ.

” ގެއަށްދާން ބޭނުން.. އަޅުގަނޑު ދިޔަދީ…. ” ވަޔާ ވިހުރުވާލި އިސްތަށިކޮޅު ކަންފަތްބުޑަށް ގެނެސް ފޮރުވާލަމުން ރާޔާ ބުނެލިއެވެ.

” އޯކްސް…ޔޫ ކޭން ގޯ…. ” ޒުވާނާ އެއްފަރާތަކަށް އެރުމުން ރާޔާ ބާރުބާރަށް ހިނގައިގަތެވެ. ބަލާވެސް ނުލައެވެ.

ގެއަށް ގޮސް ނިދަން އޮށޯތުމަށް ފަހުގައިވެސް ރާޔާވިސްނަނީ އެ އަޑުގެ ވެރިޔާ އާއި މެދުގައެވެ. އެއީ ދުވަހަކުވެސް އަހާފައި ނުވާފަދަ ރީތި އަޑެއްގެ ވެރިއެކެވެ. އޭނާ ރާޔާގެ މަގަށް ހުރަސް އެޅީ ކީއްކުރަންބާވައޭ ރާޔާގެ ހިތައް އެރިއެވެ. ރާޔާއަށް މަޑުމަޑުން ވިސްނެން ފެށިއެވެ. މާދަމާރޭ އަންނާނެ ނަމައޭވެސް ހިތައް އެރިއެވެ.

މިރޭވެސް ރާޔާ ކްލާސް ނިންމާލުމަށްފަހު ހިނގައިގަތެވެ. ވަށައިގެން ހޯދަމުންނެވެ. އޭނާ އާއި ދިމާވި ހަނި ގޯޅިގަނޑަށް ވަންނަން ކައިރި ވާވަރަކަށް ރާޔާގެ ހިތުގެ ތެޅުން އަވަސްވަމުންދެއެވެ. އެހެން ރޭތަކާއި ޚިލާފަށް މިރޭ ރާޔާ ދަނީ ވަރަށް މަޑުންނެވެ. ހީވަނީ މީހަކު އަންނަންދެން މަޑުކުރަން ބޭނުންވެގެން އުޅެނީހެންނެވެ.

” ތި ހޯދަނީ އަހަރެންތަ؟ ” އޭނާގެ އަޑާއި އެކު ރާޔާއަށް ހުއްޓެވުނެވެ. އަތުގައި އޮތް ފޮތުގައި ބާރަށް ހިފަހައްޓާލެވުނެވެ.

” އެނ… ނޫން.. ނޫން.. ” ރާޔާއަށް ބުނެލެވުނެވެ.

” އެކަމަކު މިރޭ މާ މަޑުން ދާތީވެ…. އަހަރެންނަށް އިންތިޒާރު ކުރަނީތަ؟ ” އޭނާ އެހެން ބުނުމުން ރާޔާ ލަދުގަތެވެ. އަދި މީގެ ކުރިން ކޮންމެ ރެޔަކުވެސް އޭނާ ރާޔާއަށް ފާރަލާކަން ރާޔާއަށް ޔަޤީންވެސް ވިއެވެ.

” އަހަންނަށް ފާރަލަނީތަ؟ ” ރާޔާ ހިނގައިގަންނަމުން މަޑުމަޑުން ބުނެލިއެވެ.

” ތިޔަ ކަހަލަ ނަމެއް ދިނަސް ހެޔޮ.. ކޮންމެ ރެޔަކު މި ގޯޅިން ތިކުއްޖާ އާއި ކުދިން ދިމާކުރެ އެއްނު.. އެކަމަކު މިހާރު ނުކުރެ އެއްނުދޯ… ދެން ހީކޮއްލާ ތިކުއްޖާއަށް އަހަރެން ހިމާޔަތް ދެނީ ކަމަށް… ” ރާޔާއަށް އަނެއްކާވެސް ހުއްޓެވުނެވެ. އަދި އިރުކޮޅަކު ހުރުމަށްފަހު ފަހަތް ބަލާލިއެވެ. އޭރު އެ ޒުވާނާއެއް ނެތެވެ. މިހާރު ރާޔާއަށް އެ ގޯޅިންވެސް ނުކުމެވިއްޖެއެވެ. ފުން ނޭވާއެއް ދޫކޮއްލުމަށްފަހު ރާޔާ އަވަސް އަވަހަށް ހިނގައިގަތެވެ.

ގެއަށް ދެވުނު އިރުގައިވެސް ރާޔާއަށް ހުރެވުނީ އެ ޚިޔާލުގައެވެ. ” ދޮންތާ.. ” ރިޔާޒް ގޮވާލިއަޑަށް ސިހިފައި ރާޔާ ބަލާލިއެވެ.

” އައިސްބަލަ.. ދައްތައަށް ގޮތެއްވަނީ…. ” ރާޔާ ގޮސް ހަނީފާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ. އޭރު ހަނީފާގެ ދެކަޅިވަނީ އަރާފައެވެ. އޭނާ ވަރަށް އުނދަގުލުން އަތްދިމާކުރީ ބާލީހާއި ދިމާއަށެވެ. ރިޔާޒް އަވަސް އަވަހަށް ބާލީސް ނެގި އިރު ސިޓީ އުރައެއް އޮތެވެ. އޭގައި ވަނީ ހަނީފާ އެ އުޅޭ އެޕާރޓްމަންޓް ރާޔާއަށާއި ރިޔާޒްއަށް ހިބަކޮށްދިންކަމުގެ ލިޔުމެވެ. ރިޔާޒް އެ ލިޔުން ދޫކޮއްލުމަށްފަހު ހަނީފާގެ ދެއަތުގައި ބޮސްދިނެވެ. ރާޔާ ހަނީފާގެ މޫނުގައި ފިރުމަމުން ދެއެވެ. އޭރު ހަނީފާގެ ހަށިގަނޑުގައި ފުރާނައެއް ނެތެވެ. އެކަން ރިޔާޒަކަށް ނޭނގެއެވެ.

” ދައްތާ… ” ރިޔާޒް ގޮވަމުން ދެއެވެ.

” ނިޔާވެއްޖެ… ” ރާޔާއަށް ބުނެލެވުނެވެ. އެދެކުދިން ރޮމުންދެއެވެ. ހަނީފާގެ ކުއްލި މަރު ވެގެން ދިޔައީ އެދެކުދިން އަނެއްކާވެސް އެކަނިވެރިވެގެންދިޔަ ކަމަކަށެވެ.

ރާޔާ ކްލާހަށް ނުކުންނަން ފެށީ އޭގެ އެއް ހަފްތާ ފަހުންނެވެ.

” ހައި…. ” އެ ޒުވާނާގެ އަޑަށް ރާޔާއަށް ހުއްޓެވުނެވެ. ފަހަތުން އައިސް އޭނާ ރާޔާ އާއި އެއް ހަމަ ކުރިއެވެ. ރާޔާ ހުރީ އިސްޖަހައިގެންނެވެ.

” ޔޫ ބަލިވީތަ؟ ކީއްވެ ނުފެންނަނީ؟ ” އޭނަ އަހާލިއެވެ.

ޖަވާބެއް ނުދީ ރާޔާ ހިނގައިގަތެވެ، ” އެއި… މަށާ ވާހަކަވެސް ނުދައްކަނީތަ؟ ވަރަށް ދެރަވި ވޭތުވެދިޔަ ހަފްތާ އެއްހާ ތެރޭގަ ތީނަ ނުފެނުނީމަ………” އެ ޖުމުލައާއި އެކު ރާޔާގެ ފައިގައި ކަސްތޮޅު އެޅުނެވެ. ކުއްލިއަކަށް ފަހަތް ބަލާލެވުނެވެ. ރާޔާގެ ދެލޯ މެރިގެން ދިޔައެވެ. އެއީ އޭނާ ހިތް އެދޭ އަޑުގެ ވެރިޔާ ކަމަކަށް ޤަބޫލެއްވެސް ނުކުރެވެއެވެ. ދޫ ޖިންސެއްލައިފައި ވާއިރު ހަށިގަނޑަށްވުރެން ބޮޑު ޓީޝާޓެއް ލައިފައިވާތީ މީހާގެ ސިފަވަނީ ގެއްލިފައެވެ. އިސްތަށިގަނޑު ހީވަނީ ބޯ ޖަންގައްޔެއް ހެންނެވެ. މޫނުން ފެންނަނީ ދަތްދޮޅި އެކަންޏެވެ. އުޅަނބޮއްޓާއި ހަމައަށް އަތުގައި އެއްޗެހި އަޅާފައި ހުރި އިރު ކަރުގައި އޮތް އޮށްފަތި ބަނޑާއި ހަމައަށް އާދެއެވެ. ހަމުގެ ކުލަ ދޮނެއް ކަމަކު މީހާގެ ސިފައެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ރާޔާއަށްވުރެން ދިގު އެ ޒުވާނާ ކައިރިއަށް އަންނަން ފެށުމުން ރާޔާ ފަހަތަށް ޖެހެން ފެށިއެވެ.

ރާޔާގެ މޫނުމަތިން ހާސްކަން ފެނުމުން އޭނާ ބުނެލިއެވެ.

” ކިހިނެތްވީ؟ ކީއްވެ އެއްޗެއްވެސް ނުބުނެ ތިދަނީ؟ ” އާނ އެކެވެ. އެއީ ހަމަ އޭނައެވެ. އެ ރީތި އަޑުގެ ވެރިޔާ މިކަހަލަ މުޑުދާރު ސިފައެއްގައި ހުރެދާނެކަމަކަށް ރާޔާ ހިއެއްވެސް ނުކުރެއެވެ. ރާޔާ ދުއްވައިގަތެވެ.

( ނުނިމޭ )

*********

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Salaa

Level 210 Stories100 Comments

my facebook page: https://www.facebook.com/pages/Stories-by-Salaa-Xifah-Angel/157114861119810

Other Articles

Previous

ޔަޝްމީ 1

Next

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 2

Next
January 30, 2014

އިންތިޒާރު ކުރުން އެދެމޭ ލޯބިވާ 2

Previews
January 28, 2014

ޔަޝްމީ 1

9 Comments!

  1. Salaa says:
    January 29, 2014 at 7:49 pm

    Ummeedhu kuranyu mi vaahaka kiyuntherinnah v reethi vaane kamah… keep in touch..

  2. mishy says:
    January 29, 2014 at 9:30 pm

    . MEETHI FASHAIGEN NIMENDHEN VAA GOII INGEY… MIWAHAKA REETHI VAANUN.. MISHY KEEN MI STRY ..:pARAAMAGUN.

  3. mishy says:
    January 29, 2014 at 9:31 pm

    . MEETHI FASHAIGEN NIMENDHEN VAA GOII INGEY… MIWAHAKA REETHI VAANUN.. MISHY KEEN MI STRY .:ARAAMAGUN.

    1. Salaa says:
      January 30, 2014 at 11:11 am

      yes.. araamagu ga mi vaahaka innaane kurin publish kohfa,., but esfiya ah upload mi kohlee new kudhin alun hama mi vaahaka kiyaanehnu dw.. thanx mishy

  4. liusha says:
    January 29, 2014 at 10:04 pm

    Mawes keeh mi waahaka nyc waahaka eh meee

    1. Salaa says:
      January 30, 2014 at 11:12 am

      thank u liusha.

  5. lady gaagaa says:
    January 30, 2014 at 10:46 am

    archaaa dhevana bai in iruves nukiyaa coment mikury story reathi kamun
    vrh reathi story genesdheefa in goi
    vrh furihama
    salaa ah vrh bodah thank you reathi stories up kuraathi esfiya yah
    salaa men kahla kudhin naki esfiyai ge dhirun
    but i hav a big complain too
    comment thakah rep nukuraathi ve
    supporters ves dheravaane dhw eh meehun ge comment thakah eves kahala response eh naima
    we even dnt knw weather you saw r comment 🙁

    1. Salaa says:
      January 30, 2014 at 11:13 am

      ohh sorry lady.. dhen rply kuraanan inge.. nd thanks a lot for ur sweeet sweeet comnt

  6. someone says:
    August 29, 2014 at 5:14 pm

    hyvey salhiwaanehen..:)

Comments are closed.

Next Episodeއިންތިޒާރު ކުރުން އެދެމޭ ލޯބިވާ 2←


All Right Reserved!