Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި މަވީ ބޭކާރޭވީ (1)

Psenhi Level 410 Stories100 Comments100 Login
September 5, 2017 4 Mins Read
23 Comments

“ކުޑަތުއްތޫ! ކުޑަތުއްތޫ!” ޔޫސުބުގެ ހަރު އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރިއިރު އަހަރެން އޮތީ އަތިރިމަތީގައިހުރި ރުކެއްގައި ރާބާލާށެވެ. ފަތިހު ހޭލެވުންލެއް ލަސްކަމުން މިއަދު ވީވަރެވެ.
“އޯތް ޔޫސުބާ! ފުރޭތައެއް އެރީތަ ހާދަ ބާރަކަށް ތިހިރަގެން ގޮވަނީ؟” އަހަރެންވެސް އަޑުގެކޮޅަށް ގޮވާލީ އޮތްލެއް މަތިކަމުން ޔޫސުބަށް އަޑުނީވިދާނެކަމަށެވެ.
“ނޫނޭ ނޫނޭ! ނިކަން އަވަހަށް ފައިބަބަލަ. މަ މިހާރު ކަލޯ ހޯދަން ހާދަ ވަރަކަށް ދުއްވައިފީމޭ! އޮޑިހަރުގެއަށްވެސް ހިނގައްޖައިން. މަ ފަތިސްނަމާދުން ފައިބައިގެން ރަށްވަށާޖަހާލާފައި ގެއަށް އައިތަނާ މަގޯތި ދޮންކަތްދަ ބުނާތީ އެހިން ކަލޯ ދެލޯނޭދި އެދިގެން ތިޔައުޅޭ މަނިކެ ފިރިފުރާވަރަށް އަރައިގެން ލިބާސް ލައްވާދުވަހޭ މިއަދުމީ. އެމަންޖެ އަމާ ބުންޏޯ އެވެރިން ވަރަށް ހެނދުނާ އެކަން ކުރާނެވާހަކަ. ދެންވެސް ތެޔޮނާށި ކާޅު ޖަހައިގަނެގެން ނުދަނިސް ބަހީ އެދިމާލަށް ދަމާ. އެހެން ނޫނީ ކުޑަތުއްތު ދެންޖެހޭނީ އެމަންޖެގެ ބާބު ނިންމާލަން” ރުކުން ތިރިއަށް ފައިބަނިކޮށް ޔޫސުބު މިހެން ބުނުމުން އަހަރެން ރުކުން ނުވެއްޓުނީ ކިރިޔާއެވެ. އަވަސް އަރުވާލާފައި ތިރިއަށް ފައިބަން ހަދައިގެން އަތުގެ މުލަށްދަނޑިން ތަންގަނޑެއް މަށައިގެންގޮސް ލޭހިލިއްޖެއެވެ. މިކަމަށް ފަރުވާލެއްނެތެވެ. އަތުގައިއޮތް ރާބަދި ރާދަނޑީގައި އަޅުވާލުމަށްފަހު ޔޫސުބު އަތަށް ދީފައި ފޫގަޅާފައިހުރި މުންޑަށް ދަމާ ރީތިކޮށްލުމަށްފަހު ނިކަން ހަރުކޮށް ކުރިއަށް ހިނގައިގަތީ ވަގުތު ފާއިތު ނުވަނިސް އާބަކުރުމެންގެ ގެއަށް ދެވޭތޯއެވެ. އެގެހުންނަނީ ގޮނޑުދޮށާއި ތަންކޮޅެއް ދުރުގައިކަމުން ދެވޭލެއް ލަސްވެދާނެތީ ހިސާބަކަށް ދެވުނުތަނާ މުންޑުން އަރުވާޖަހައި ދެފަޔަށް ލެވުނުހާބާރެއްލާފައި ދުއްވައިވެސް ގަނެވިއްޖެއެވެ. އަހަރެން މާބާރަކަށް ދުވެފައިދާތެންފެނި ހަސަންބެވެސް “އެކޮއި ހާދަ ބާރަކަށް ކޮންކަމެއް ލައިގަތީހޭ” ގޮވާލިއަޑު އިވުނެއްކަމަކު އަހަރެން އަޑު އިވުނުކަމަކަށް ނުހަދަމެވެ. އާބަކުރުމެންގެ ގެއާއި ހަމައަށް ފޯރިއިރު ގައިން އޮއްދާހިތްލައިފިއެވެ. ބަލާލިއިރު އެގޭ ފޫޓުގެ ތެރެއަށް ދެޖިންސުގެ މީސްތަކުން އެއްވެފައިވެއެވެ.
މީހުންތައް ފޭކޮށްލުމަށްފަހު އެތެރެއަށް ބޯދިންއިރު އަހަރެންގެ ގޮމާފުޅު ނިކަން ހެވިފައި ގޭދޮރުމަތީ ހުއްޓެވެ. އެދޮން މޫނަށް ޖަންބުކުލަ އަރާފައި ހުއްޓެވެ. ކާށިތެޔޮލާ އޮފުއަރުވާފައިވާ ކަޅުކަންގަދަ ދިގު އިސްތަށިގަނޑުވަނީ ކަނާތްފަރާތުން މައްޗަށް ހިއްލާ ބޮޑު ހުޅިއެއްޖަހާފައި އޭގެމަތިން ގަދަރަތްކުލައިގެ ކޯރިއަކުން ހައްޔަރުކޮށްފައެވެ. ލައިގެންހުރި ބަންގާޅުދެރޮނގު ރަތް ލިބާހުގެ މޭމަތީގައި ކަޑިރަތް ކުލައިގެ ބޯޅަޖެހިފޮތީގެ ބޮޑު ބޯވަޅެއްވެއެވެ. ކަރުދޮށް ފަޅުފިލަނީ މޭމަތިން ތިރިއަށް ހުރި، ބޮޑު ދެފޮއްޗާއި ކުދި ދިހަފޮތިލީ ރިހި ފައްޓަރުބައިންނެވެ. ތިރިން ލާފައިހުރި ކަނޑިކި ފައިގެ ތަނބިކައްޓަށްވުރެ ތިރިއަށް އެއްތަންކޮޅުވެސް ނެތުމުން ހީނާއަޅާ ރަތްކޮށްފައިވާ ދެފައިތިލަ ހާމަޔަށް ފެންނަން ހުއްޓެވެ. ދެއަތްތިލައިގާ ހީނާއަޅާފައި، އަތުގެ މުލައްދަނޑީގައި ނިކަންފަލަ ރިހި ދެއުޅާ އަޅާފައިއޮތެވެ.
މަނިކެގެ ރީތިކަމަށް ހިތާ ހިތުން ތަޢުރީފު ކުރަމުން އެއްލި ކަޅިއަކުން ލޮލުގައި އަޅައިގަތީ މަނިކެގެ ކަނާތު އަތްތިލަ މޮޑެލަމޮޑެލާހުރި ތަކުރެވެ. ކޮލުދަތްތައް ދައްކައިގެން ހެވިފައިހުރިއިރު އުފާވެރިކަން އަނގައިގެ ދެމިޔަކަނުން ފައިބާފައިހުރި ރަތްކުޅުންވެސް ހެކިދޭފަދައެވެ. އަހަންނަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނު ހެންނެވެ. ވާނީވެސް އެހެންތާއެވެ. ފުރާވަރަށް އެޅުނީއްސުރެ ދެކެމުންއައި ހުވަފެނަކީ މަނިކެ ފިރިފުރާވަރުވުމުން ލިބާސްލާދުވަހު އެންމެ ފުރަތަމަ ކުރިކަނޑާމީހަކީ އަހަރެންކަމުގައިވާށެވެ. އަހަރެންގެ ގޯތި ފަޅުފިލުވަދޭން ބަދިގެއަށް ކައްކަން އަންނާނެ މީހަކީ މަނިކެއަށްވޭތޯ ހާދަހާވާ އިންތިޒާރުކުރަމެވެ. އަހަންނާ ހިތާވާނެ އަންހެނަކު ނުވަނީކީނޫނެވެ. އަހަރެންގެ ހިތުގައި ކޮށްޓާލެވޭވަރުގެ އަންހެނަކާ މިނޫނީ އަދި ދުވަހަކުވެސް ދިމާނުވަނީއެވެ.
މަނިކެ ބޮޑުފަތިހާ ނިކުމެ ގޭދޮށް ކުނިކަހާއިރު އެމަންޒަރު ދެކޭހިތުން ކޮންމެ ދުވަހަކު ރުކަށްއަރަންދަނީ އެގޭދޮށުންނެވެ. ތެލިތައް ދޮންނަން އަރުވާޖަހައިގެން ގޮނޑުދޮށަށް ފައިބާއިރު އަތިރީގައި ހުންނަ އަޅޯވަށިން އަހަރެން ނުފެންނަ ދުވަހެއް މަދުވާނެއެވެ. ކޮންމެ ދުވަހަކު ބަނޑިޔާ ބޮލަށްލައިގެން ބުޑު އަނބުރަމުން ފަރި ހިނގުމެއްގައި މިސްކިތް ދޮށަށް ފެންބަލައި ދާގަޑިއަށް އަހަރެމެންގޭ ބޭރުގައިހުންނަ ބޮޑު އުނދޯލީގައި އޮންނަމެވެ. މަނިކެގެ މަންމައާއިއެކު ވަލަށްވަދެ ދަރުހޮވަން އުޅެތީ ފެނުނިއްޔާ މަނިކެގެ ބޯކޮޅުބަލަން ކަށިކެޔޮ ފީނިތަކުގައި ފިލާ ހުންނަމެވެ. ނުފެނި އެންމެ ދުވަހެއް ފާއިތުވެއްޖެނަމަ އެރޭ އަހަރެންގެ ލޮލަށް ނިދިއަންނާނީވެސް ކޮންމެވެސް މީހަކުގާތުން މަނިކެގެ ވާހަކަ އަހާ ހާލު އޮޅުންފިލުވާފައެވެ. ނަމަވެސް ދެނެއް ކުރާނެ ކަމެއްނެތެވެ.
ތަކުރަކީ އަހަރެންވެސް ދަންނަ ރަށުގައި ނަންކިޔޭ އޮޑިވެރިއެކެވެ. މިހާރުވެސް މީހަކާ އިނދެ ހައެއްކަ އަހަރުގެ ފިރިހެން ސޮރެއް ހުރެއެވެ. ގައިގެކުލަ އަނދިރި އިސްކޮޅުންދިގު ޖާނުންވަރުގަދަ ފިރިހެނެކެވެ. މުދިންއަލިބެގެ ގެ ފިޔަވާ ރަށުގައި އެންމެ ފުރިހަމައަށް ތެޅިގަލުން ރާނާ އުވަޖަހާފައިވަނީވެސް އެގޭގައެވެ. އޭނައާއި އަޅާކިޔާއިރު އަހަރެންމީ ކޯޗެއްހެއްޔެވެ؟ މުސްކުޅި މަންމައެއް ބަލަންޖެހިފައިވާ ނިކަމެއްޗެކެވެ. ރުކަށް އަރައިގެން ލިބޭ އެއްޗަކުން ތިންއިރު ހަމައަށް ކާލެވެނީ ކިރިޔާއެވެ. މަނިކެ މަށަށް ލިބުނަސް މަށަކަށް މަނިކެ އުފަލަކު ނުބެހެއްޓޭނެއެވެ.
މިފަދަ ޚިޔާލުތަކެއްގައި ހުރެ އަހަރެން ގެއާއި ދިމާއަށް މިސްރާބުޖެހީމެވެ. ފަސް އެނބުރި ބަލާލިނަމަ އަހަރެންގެ ފަހަތުން އަންނަ ޔޫސުބުވެސް ފެނުނީހެވެ. ނަމަވެސް އަހަރެންގެ ހިތްވަނީ މަރުވެފައެވެ.
ގޭގެ ފޫޓުތެރެއަށް ވަދެވުމާއިއެކު އެންމެ ކައިރީގައިހުރި ފެންފޯއްރުކުގެ ބުޑަށް ވެއްޓިގަނެވިއްޖެއެވެ. މޮޅި ސާލު ލައިގެން ބިއްޖެހިފައި އިންދާ އިވެންފެށީ ކައިރީގައިހުރި ފަޅޯގަހަށް ޖައްސާއިން ކާޅެއްގެ ގޮވުމުގެ އަޑެވެ. އެހާ ކައިރިން ހުއްޓާނުލާ ކާޅު ގޮވަން ފެށުމުން ބޮލަށް ތުރާވެ ހުރިހާ ރުޅިއެއް ބޭލުނީ ކާޅަށެވެ.
“ކައުޅާ! މަށަށް މަނިކެ ނުލިބުނީމަ ކަލޯވެސް މަށަށް މަލާމާތް ކުރަނީތާ! ކޮންމެ މަހަކަށްވެސް ގަލެއްވާނެ! ނިކަންހުރޭ، ބަލަންހުރޭ! މިގޭ ފޫޓުތެރެއަށް ފަންމިންޏެއް ގެނެސް ކަލޮޔަށް ނުދެއްކިއްޔާ މަށަށް ކުޑަތުއްތެއް ނުކިޔާނެ. ކަލޯ ހީކުރީތަ؟” އަރައިގެން ރުޅީގައި ބިންމަތިން ނެގި ގާބުރި ކާޅާއި ދިމާއަށް ހޫރާލަމުން އަހަރެން ބުނެލީމެވެ. ކާޅު ގަންނާކުރެއްވި ބިރުން އުދުހިގެން ގޮއްސިއެވެ. އެއާއިއެކު މީހަކު ނިކަން ބާރަށް ހީގަތްއަޑަށް ބަލާލިއިރު ޔޫސުބު ބިނދިބިނދިފައި ހެނީއެވެ. އަހަރެންގެ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ބަލާކަށް ނުހުރެ ފައި ކައިރިން ނެގި ކަޅުވެލިމުށް ޖެހީ ޔޫސުބުގެ މޫނަށެވެ.
ދެލޯ ހުޅުވާލުމަށް ފަހު ދެތިންފަހަރު އެސްފިޔަ ޖަހާލީމެވެ. ދެން ފެނުނު ހުވަފެނާއިމެދު ވިސްނާލެވުނެވެ. އަހަރެންގެ ގާތަށް އައީ ހިންޏެވެ. ވަރަށް ދުވަސްކޮށްލާފައި އަހަރެންގެ ހިތުގެވެރިޔާ މިރޭވެސް ހުވަފެނުން ފެނުނީއެވެ. މުޅީން ތަފާތު ގޮތަކަށެވެ. އިހުގެ ހެދުމެއްގައި ނިކަން ފަރިވެފައިވާ ފިނިފެންމަލެއް ފަދައިންނެވެ. ނަމަވެސް ހުވަފެނުގަވެސް އެމާ އެހެންމީހަކު ބިނދެލީއެވެ.
އެހެން ރޭރޭ ހޭލެވޭއިރު ލޮލަށް ކަރުނަ ޖަމާވެފައިވިއަސް މިރޭ ތަފާތެވެ. ސަބަބެއް ނެތިއެއްނޫނެވެ. އެފެނުނު ހުވަފެނަކީ ދުވަހަކުވެސް ވުން ގާތްކަމެއްނޫނެވެ. މީގެ އެތަށް ސަތޭކަ އަހަރެއް ކުރީގެ ދިރިއުޅުމެއް އަހަރެން އުޅޭތަން ފެނުމުން ހިނި އަންނާނެ ނޫންހެއްޔެވެ. ދުވަހަކުވެސް ރުކަކަށް ނާރަމެވެ. އަރާކަށް އަހަންނަކަށް ނުވެސް އެނގެއެވެ. އަނެއްކޮޅުން އަހަރެމެންގެ މާމަމެންނަށްވީއިރުވެސް ފިރިފުރާވަރުވުމުން ލިބާސް ލައްވާކަމަށް އެބުނާ އާދަކާދަވަނީ ނެތި ގޮއްސައެވެ. އެވާނީ މިރޭ އިރާކޮޅު ކިޔުނު އިހުގެ ދިވެހި ވާހަކަފޮތުގެ އަސަރު ހުވަފެނަށްވެސް ކުރީކަމަށޭ އެވަގުތު ހިތަށް އެރިއެވެ. އާއެކެވެ! އަހަންނަކީ އަބަދުވެސް ވާހަކަ ކިއުމަށް ޝަޢުޤުވެރިވާ މީހެކެވެ.
ފޯނުން ގަޑި ބަލާލިއިރު ބަންގިގޮވަން މާގިނަ ވަގުތެއްނެތެވެ. އެހެންކަމުން ފެންވަރާލައިގެން މިސްކިތާއި ދިމާއަށް މިސްރާބުޖެހީމެވެ.
މިސްކިތުން ފައިބައިގެން އައިސް ހެދުން ބަދަލުކޮށްލީ އާދައިގެ މަތިން މިއަދުވެސް ދުވެލަންދާން ހިތުގައި އޮތީމައެވެ. ބޮލުގެ އިސްތަށިކޮޅު ފައިބާ މޫނަށް ދެތިން ރޫ އަރާފައިވިއަސް، އަހަރެންގެ އުމުރު ފަންސާހުން މަތިވާނެކަމަކަށް މިހާރުވެސް ގިނަމީހުން ޤަބޫލެއްނުކުރެއެވެ. ތެދުތެދަށް ބުނާނަމަ އަހަރެންގެ ކަސްރަތީ ހަށިގަނޑު މިގޮތުގައި މިހިފެހެއްޓެނީ ކޮންމެ ދުވަހަކު ދުވަންދާތީކަމަށް އަހަންނަށްވެސް ޤަބޫލުކުރެވެއެވެ.
ނުލާއި ރަތްކުލަ ފެންނަންހުރި އަތްދިގު ބާރސެލޯނާ ޖާޒީއާއިއެކު އަޅިކުލައިގެ ޓްރެކްސޫޓް ލުމަށްފަހު ދުވަންދާ އިސްޓާކީނާއި ހުދުކުލައާއި ނޫކުލަ ހިމެނޭ ނައިކް ބޫޓަށް އަރާ ތައްޔާރުވެލީމެވެ. ގޭގެ ދޮރުއަށި ތަޅުލުމަށްފަހު އަވަސް ފިޔަވަޅުތަކެއް އަޅަމުން މަގުމައްޗަށް ނިކުތީ ޓްރެކަށް ދިއުމަށެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން ހިނގާފައި ކުރިއަށް ދިޔައިރު ފަތިހުގެ ހިތްގައިމު ވަގުތުގައި މާލޭގެ މަގުތައް ހަމަހިމޭން ވެފައިވާތަން ފެނި ހިތަށް ހަމަޖެހުން ގެނުވައިދެއެވެ.
ހިތްހަމަޖެހޭވަރަށް ދުވެވުމުން އަހަރެން މިސްރާބުޖެހީ އާރޓިފިޝަލް ބީޗާއި ދިމާއަށެވެ. ރަސްފަންނު ހެދިފަހުން ގިނަމީހުން މޫދަށްދަނީ އެދިމާއަށް ކަމަށްވާތީ އާރޓިފިޝަލް ބީޗް މިހާރު ކުރީގައިހާ ބައިބޯ ތަނަކަށް ނުވެއެވެ. ޚާއްޞަކޮށް ފަތިސްގަޑީގައި އެތަނަށް ދާ މީހުން މަދެވެ. އަހަންނަކީ އެކަނިވެރިކަމަށް ލޯބިކުރާ މީހެއްކަމުންނާއި އެހެން ބައެއް ސަބަބުތަކާއިއެކު ކިތަންމެ ދުރަށް ދާންޖެހުނު ނަމަވެސް މިހާރަކަށް އައިސް ކޮންމެ ދުވަހަކުވެސް އަހަރެން އެރެނީ އާރޓިފިޝަލް ބީޗާއި ދިމާ މޫދަށެވެ.
ރާޅުފެންފަށާއި މާ ދުރުނޫން ހިސާބެއްގައި ވެލިގަނޑުމަތީ އެކި ކަސްރަތުތައް ކުރަމުން ގެންދިޔައިރު އިރުއިރުކޮޅުން މާ ދުރަށްގޮސް އޮބާލާފައިވާ އުޑާއިދިމާއަށް ބަލާލެވެއެވެ. އާއެކެވެ! އަހަރެން އަބަދުވެސް މޫދު އެރެނީ އިރުއަރާ މަންޒަރު ބަލާލުމަށްފަހުއެވެ.
އަހަރެންގެ އިންތިޒާރު މާ ދިގުލައިގެނެއް ނުދެއެވެ. ކަޅު އަނދިރިކަން ވެރިވެފައިވާ އުޑުމަތިން އޮރެންޖު ކުލަ ފާޅުވާން ފަށައިފިއެވެ. ކަޅުކުލައިގެ ތެރެއިން ރަންރީނދޫކުލައިގެ ކަފަކޮޅުތަކެއްފަދަ ވިލާކޮޅުތައް ދަތުރުކުރަމުންގޮސް ރަންރީނދޫކުލައާއި އޮރެންޖު ކުލައިގެ ވިލާތަކުން އުދަރެސް އެއްކުލަ ކޮށްލައިފިއެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކުޑަކުޑަ އަލިފާންކޮޅެއް ފަދައިން ފާޅުވި އިރުގެ އަލިކަން އިތުރަށް ފުޅާވެގެންގޮސް މުޅި ދުނިޔެއަށް އަލިކޮށްދީފިއެވެ. މޮޅު ފޮޓޯގުރާފަރެއްގެ ފޮޓޯއަކުން ނުވަތަ މޮޅަށް ކުރަހާފައިވާ ކުރެހުމަކުން މި ހިތްގައިމު މަންޒަރުގެ ފުރިހަމަކަން އިޙްސާސެއް ނުކުރެވޭނެއެވެ. މިއީ ކޮންމެދުވަހަކު ބަލާ ފޫހިނުވާ މަންޒަރެއްކަން ޔަޤީނެވެ. މިހުރިހާ މަންޒަރެއްވެސް ހެކިދެނީ ކުޅަދުންވަންތަ ކަލަކު ވޮޑިގެންވާކަމެވެ.
ދުނިޔެމައްޗަށް އަލިވުމުން އަހަރެން މޫދަށްއެރިލާ ފަތާލީމެވެ. އެތަށް ވަގުތެއް މޫދުގައި ހޭދަކުރުމަށްފަހު އެއްގަމަށްއެރީ ފިނީގެ އަސަރު ކުރަންފެށުމުންނެވެ. ގާތަކުގެމަތީގައި އިށީނދެ ހަމަޖެހިލަމުން ފަރާތްފަރާތަށް ނަޒަރު ހިންގާލީ ކޮންމެ ދުވަހަކު އެސޫރައެއް ދެކެލަން ހިތްއެދޭ ސޫރަ މިއަދުވެސް ފެންނާނެކަމުގެ އުންމީދުގައެވެ.
އިރުކޮޅެއްފަހެވެ. އަހަރެންގެ ދެލޯ ހަނިކޮށްލަމުން މާދުރުން ހިނގާލާފައި އަންނަ ޒުވާންފުރައިގެ ދެ އަންހެންކުދިންނަށް ބަލާލީމެވެ. ބުރުގާ އަޅައިގެންހުރި، ކަކުލުން މައްޗަށް ހުރި ހެދުމަކާއި ހިމަ ހަރުވާޅެއްގައި ހިނގާލާފައި އެއަންނަ ވިއްސަކަށް އަހަރުގެ އަންހެން ކުއްޖާގެ ސޫރައަކީ އަހަރެން ބަލާ ފޫހިވާނެ ސޫރައެއްނޫނެވެ. އެސޫރަވަނީ މީގެ އަހަރުތަކެއް ކުރިން މިހިތުގައި ބިންވަޅުނެގިފައެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (7)

Next

ކުޅަނދުންވަންތަކަން(2)

Next
September 5, 2017

ކުޅަނދުންވަންތަކަން(2)

Previews
September 5, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (7)

23 Comments!

  1. Juvey says:
    September 5, 2017 at 10:10 pm

    Wow. .psenhi is back ..me first dww ..?

  2. Psenhi says:
    September 5, 2017 at 10:13 pm

    Hmm. Yey

  3. Psenhi says:
    September 5, 2017 at 10:18 pm

    SLM ol. Story start kurevijje finally. BT phone ah dhimavi massalayakun fomat kuryma liyefahuri baithah ekkoh deletevy backup ehves neh. So asl beynun speedga vahaka nugenevidhane. Kirin bunelymi CX I know ull ask for DAT. He he. Insha Allah every Satday n Tuesday vahaka genesdheynan. Hope ull like it

  4. Sama dhonthi says:
    September 5, 2017 at 10:19 pm

    Reethi

    1. Psenhi says:
      September 6, 2017 at 12:36 pm

      Thnkx Sama

  5. Juvey says:
    September 5, 2017 at 10:21 pm

    Furatha feshi iru kureege vaahaka huri ma v nice ..ehbai kee ma mi egunee huvafeneh kan. Miss u psenhi. .

    1. Psenhi says:
      September 5, 2017 at 10:24 pm

      Hmm thafathkohly 😉 . Miss u ol 🙂

  6. rym says:
    September 5, 2017 at 10:37 pm

    v reethi..

    1. Psenhi says:
      September 6, 2017 at 12:38 pm

      Thnkx

  7. Shaii ? says:
    September 5, 2017 at 11:20 pm

    Thafaathu feshumeh. Vrh reethi. Vrh baivaru story kiyihje. Ekam mikahaluge unique feshumeh mi kiyaalevuny alah.. kyp it up

    1. Psenhi says:
      September 5, 2017 at 11:55 pm

      Thnkx Shaii he he. 🙂

  8. nux says:
    September 6, 2017 at 12:53 am

    ooh yess psenhi is back????????v reethi mi partvess feshun v furihama??????iteresting unmeedhukuran mi stry vess v thafaathu asarugadha stry akah vaane kamah good luck dr ly???????????

    1. Psenhi says:
      September 6, 2017 at 5:34 am

      Thnkx nux. Will try

  9. khajja says:
    September 6, 2017 at 2:32 am

    Ohhh wow ?? psensi is back dhw masha allah stry v v rythi?? haassakoh feshun ihuge style ah genesdhyfa inyma v v v kamudhiya ehennoonas feshun ingothun v ummydhukurevey mi stry rythivaane kamah whn nxt prt avahah up kollevetho balaa dhechchey gud nyt ly????❤❤❤??????

    1. Psenhi says:
      September 6, 2017 at 7:35 am

      Ya I’m back. V happy dat u liked it. Thnkx 🙂

  10. NAAZ says:
    September 6, 2017 at 6:45 am

    Masha Allah ..vvvfurihama
    V hiyhamajehigen kiyaalevunuvaahakaeh.baeh meehun vaahaka liyaairu iruohsey manzaru sifakuraane molhu kurehuntheriakah thareefu dheygothah ekam mivaahaka thafaathu …hageegathuga kureuntherinnah efadhafurihamakameh nugeneveynekan amilla sikundi vx gabool kuraane ekam vx athufaseyhayah liyanee kan neynge……vaahaka vvv reethi ??

    1. Psenhi says:
      September 6, 2017 at 8:52 am

      Ya aslvs v furihama alhakiya nuleveynevaru manzareh ey. Thnkx v 🙂 vahaka kamudhiyaeema

  11. Some one says:
    September 6, 2017 at 10:14 am

    Wow!! Feshun v v salhi! Hama unique ge es unique?
    Btw kurin psenhi liyunii kon story thakeh?

    1. Psenhi says:
      September 6, 2017 at 12:36 pm

      Thnkx. psenhi psenhi’s storytime fb check kohlaba

  12. Adam says:
    September 6, 2017 at 4:47 pm

    Varah Salhi?

    1. Psenhi says:
      September 6, 2017 at 7:24 pm

      Thnkx

  13. nish says:
    September 6, 2017 at 4:55 pm

    salhi

    1. Psenhi says:
      September 6, 2017 at 7:25 pm

      Thank you

Comments are closed.

Next Episodeލޯބި މަވީ ބޭކާރޭވީ (2)←


All Right Reserved!