Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ… (ތޭރަ ވަނަ ބައި)

Rau Level 210 Stories100 Comments100 Login
August 26, 2017 5 Mins Read
18 Comments

ނޭވާ ނުލެވިގެން ތެޅި ފޮޅެމުންދިޔަ ޠައްޔިބު ޖައިޝްގެ އަތުގައި ހިފައި ކޮންމެވެސް އެއްޗެއް ބުނެވޭތޯ މަސައްކަތްކުރިއެވެ. ޠާއްޔިބު ދައްކަން އުޅުނު ވާހަކަ އަޑުއެހުމަށްވުރެ ޖައިޝްއަށް އެވަގުތު މުހިއްމުވީ، އޭނާގެ ފުރާނަ ސަލާމަތްކުރުމެވެ. ނިކަން އަވަސްއަރުވާލާފައި ޠާއްޔިބު ބާއްވާފައި އޮތް އެނދުގެ ބޯލާކޮޅުގައި އިން ސްވިޗްތަކުގެ ތެރެއިން އެމެޖެންސީ ސްވިޗަށް ފިތާލުމާއެކު ދެތިން މިނެޓެއްތެރޭ ޑޮކްޓާރަކާއި ނަރުހެއް އެކޮޓަރިއަށް އައިސްވަދެއްޖެއެވެ. ހާލަތު ރަނގަޅުވަމުންއައި ޠައްޔިބުގެ ހާލު ކުއްލިއަކަށް ގޯސްވުމުން ޑޮކްޓަރުވެސް ހުރީ ބުނަންވީ އެއްޗެއް ނޭނގިފައެވެ. މާ ލަސްނުކޮށް ޠައްޔިބު އައިސީޔޫއަށް ގެންދެވުނެވެ. ޖައިޝް ގެއަށް ގުޅައި އެ ހަބަރު ދިނެވެ. ތިރީސްވަރަކަށް މިނިޓް ފަހުން ޑޮކްޓަރު އައިސީޔޫގެ ތެރެއިން ނުކުމެ ޖައިޝް އެތެރެއަށް ވަނުމުގެ ހުއްދަ ދީފިއެވެ.

“ދަ ރި ފު ލާ…! ދަ ރި ފު ޅު ގެ ދި ރި އު ޅު މު ގެ ހަގީ ގަ ތާ ގު ޅޭ ވަރަށް ބޮ ޑު ސި އް ރެއް ވަ ނީ ފޮ ރު ވި ފަ……. ބަ ބަ …… ސި ސި…. ޓީ…………………………………” ޖައިޝް ޠާއްޔިބުގެ ގާތަށް ހުއްޓިލައި ޠައްޔިބު އާ ދިމާލަށް ގުދުވެލުމާއެކު، އެތެރެ ހައްޓަށް ނިކަން ބާރުލަމުން ކަހަލަގޮތަކަށް ޠައްޔިބު ބުނެލިއެވެ. އަޑު ކެނޑެމުން ކަހަލަ ގޮތަކަށ،ް މަޑު މަޑުން ޠާއްޔިބު އެ ދައްކަމުން ދިޔަ ވާހަކަ ޖައިޝްއަކަށް ސާފެއްނުވިއެވެ. ދެވަނަ ފަހަރަށްވެސް ޠާއްޔިބު ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، އެވަގުތު ގަޔަށް އައި ކުއްލި ބާރު ގަނޑަކާއެކު އޭނާގެ މޭމައްޗާދިމާލުން ހަށިގަނޑު އުފުލިލައި، ހަށިގަނޑު ހަމައަކަށް އެޅުނުއިރު، ޠައްޔިބުގެ ރޫޙޫ އޭނާގެ ހަށިގަނޑާވަކިވެ މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. އެވަގުތު ޠައްޔިބުގެ ހަށިގަނޑަށް ގުޅާފައިވާ މެޝިންތަކުގެ “ބީޕް ބީޕް” ގެ އަޑުވެސް ކެނޑިގެން ހިނގައްޖެއެވެ. “ބައްޕާ” އޭ ކިޔައި ނިކަން ބާރަށް ގޮވާލަމުން ޠާއްޔިބުގެ ހަށިގަނޑުގައި ޖައިޝް އޮޅުލައިގަތެވެ.

އައްސޭރިވިލާގެ އެންމެން ހޮސްޕިޓަލަށް އައިއިރު، ޠާއްޔިބުގެ ފުރާނަ ނެތް މަސްގަނޑު އައިސީޔޫއިން ނެރެގެން ސަހަރާއަށް ގެން ދިޔުމުގެ ތައްޔާރީތައް ވަނީއެވެ. ދިރިހުރުމާމެދު އުއްމީދުގެ ހުޅުކޮޅު ރޯކޮށްލަ ދިނުމަށްފަހު، ޠައްޔިބުގެ މި ކުއްލި ވަކިވެ ދިއުމާއެކު، މުޅި އާއިލާވަނީ ކަރުނައިގެ ފުންކަނޑަކަށް ގެނބިފައެވެ. ހިފެހެއްޓުމެއްނެތި، އެންމެންގެ ލޮލުން ހޯސްލާފައި ދެމެމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް ގެންނާނެ ހިތްވަރު އެއްވެސް މީހެއްގެ ކިބައަކު ނެތެވެ. މެންދުރު ނަމާދަށްފަހު ޠާއްޔިބުގެ ކަށުކަމާކެމީގެ ކަންކަން ނިންމާލެވޭނެ ސާއަތުގައި އޭނާ ވަޅުލުމުގެ އިންތިޒާމު ހަމަޖެހެމުންދިޔައެވެ. ހަށީގައި ނެތް ހިތްވަރު ކަށިން ނެރެމުން ލޯބިވާ ބައްޕަގެ ކަށުކަމާކެމީގެ ކަންކަމުގައި އިސްވެ އުޅުނީ ޖައިޝްއެވެ. ޖައިޝްގެ އެންމެ ގާތުން އެހީވީ ހިޝާންއެވެ. ހިތާމައިގެ ކަނޑަކަށް ގަރަގުވެފައި ތިބެ ކެނޑިނޭޅި ކަރުނައަޅަމުންދިޔަ، އިމީއާއި އިނާޒާ ހަމައަކަށް އެޅުވޭތޯ، އެމީހުން ވަށާލައިގެންތިބި އަނުމްއާއި ބަލްޚާގެ އިތުރުން އަނުމްގެ މަންމައާއި އަދި ދެތިން ތިމާގެ އަންހެނަކުވެސް އުޅުނެވެ. އަބަދުގެ އަބަދަށްޓަކައި ލޯބިވާ ފަރާތެއްގެ ވަކިވެ ދިޔުމަކީ ކިހާބޮޑު ހިތާމައެއްކަން އިހްސާސްވާނީ އެފަދަ ހިތާމައަކާ ކުރިމަތިވުމުންނެވެ.

ރޭގަނޑު ގަޑިން ނުވައެއް ޖެހުމާ ގާތްވަމުން ދިޔައެވެ. މެހެލްއެއް ފަދަ އައްސޭރިވިލާގެ ހަތަރުފާރުން އެތެރޭގައިވަނީ ފަޅުކަމާއި ވީރާނާކަމެވެ. ގޭތެރެއިން ގެއްލިގެން އެ ދިޔަ ޖަވާހިރުގެ މުހިއްމުކަން އެ ދިރުމެއްނުވާ ފާރުތަކަށްވެސް އިހްސާސްވެފައިވާފަދައެވެ. ޠައްޔިބުގެ ވަކިވެ ދިއުމާއެކު އެގޭގެ ދިރުންވެސް ނެތިގެން ހިނގައްޖެއެވެެ. ރޭގަނޑުގެ ކެއުމަށްވެސް އިންސާފުކުރުމެއްނެތި، ކޮންމެ މީހަކުވެސް އެމީހަކަށް ހާއްސަކުރެވިފައިވާ ކޮޓަރީގައި ތިބީ އެކަކު އަނެކަކާ އަނގައިން ބުނެލާނެހާ ހިތްވަރުވެސް ނެތީތީއެވެ. ވާޖިބާއި ހިތުގެ ކެކުޅުމާއި ދެމެދު ތާށިވެފައި ތިބީ ގޭގެ ނޯކަރުންނެވެ. ޠާއްޔިބުގެ ހިތްހެޔޮކަމާއި ހިތްތިރިކަމުގެ ސަބަބުން ގޭގެ ނޯކަރުންގެ ހިތުންވެސް އޭނާއަށް ހާއްސަ ގަދަރަކާއި ލޯތްބެއް ދެވިފައިވެއެވެ.

“ޖައިޝް…. ދެން ތިހެން ނޯވެ ވާހަކަ ދައްކަ ބަލަ… މިއަދު މަންމައާ އިމީއަށްވެސް އެންމެ ބޭނުންވާނީ ޖައިޝްގެ އަޅާލުން… ޖައިޝް ތިހެން އޮތީމަ އެމީހުންނަށް ކިހިނެތްވާނީ؟!” ލޮލުން ނިރާލާފައިވާ ކަރުނަތައް ފޮހެލަމުން، ނިތްކުރީގައި އަތް އަޅާލައިގެން ހިމޭންކަމުގައި އޮތް ޖައިޝްގެ ގާތަށް އައިސް އެނދުގައި އިށީނދެލަމުން ބަލްޚާ ބުނެލިއެވެ. ޠައްޔިބުގެ ވަކިވެ ދިއުމުން ބަލްޚާއަށް ލިބިފައިވާ ހިތާމަ ވަކިން ކުޑައެއް ނޫނެވެ. ބައްޕާ އޭ ކިޔާ ގޮވާލާނެ މީހަކަށް އޭނާއަށްޓަކައި މިދުނިޔޭގައި ހުރި މީހަކީ ޠައްޔިބުއެވެ. ކުއްލިއަކަށް ކުރެވުނު ކައިވެނީގެ އުފާވެރިކަންވެސް ނުލިބިގެން އުޅެނިކޮށް މި ދިމާވި ކަންތަކުން އޭނާގެ އަލަތު ފިރިމީހާއަށް ކުރާނެ އަސަރު ކިތައްމެހާވެސް ރަނގަޅަކަށް ބަލްޚާއަށް އިހްސާސް ކުރެވުނެވެ. ބަލްޚާ، ޖައިޝްގެ ގާތުގައި އިށީނުމާއެކު ބަލްޚާގެ ގައިގައި ނިކަން ބާރަށް ޖައިޝް ބައްދާލިއެވެ. ކަރުނަތަކުގެ މައްޗަށް ގަދަވެގަތުމަކީ ފިރިހެނުންގެ ޠަބީޢަތުގެ ހާއްސަ ސިފައަކަށްވާތީ، ހިތުން އޮހޮރެމުން ދިޔަ ކަރުނަތައް އޭނާގެ ލޮލުން ބޭރު ނުވިޔަސް، ޖައިޝްގެ ހިތް ރޮމުން ދިޔަވަރު ބަލްޚާ ދެނެގަތެވެ.

********

ޠައްޔިބު ވަކިވެ ދިޔަތާ ހަތަރުމަސް ވީއިރު މަޑުމަޑުން އައްސޭރިވިލާއަށް ދިރުން އަންނަމުންދިޔައެވެ. ހިނިތުންވެ އެކަކު އަނެކަކާ ސަމާސާކޮށް އުޅެން ފަށައިފިއެވެ. މައިދައިތަގެ ހިތުން ކުޑަ ނަމަވެސް ޖާގައެއް ލިބޭތޯ ބަލްޚާވެސް ކެނޑިނޭޅި އިނާޒާއަށް ހޭހަން ކުރަމުން ދިޔައެވެ. ހިތާމައަކީ ބަލްޚާގެ އެ މަސައްކަތުގައި އެއްވެސް މިންވަރެއްގެ ކުރިއެރުމެއް ނުފެންނަ ކަމެވެ. ޠާއްޔިބު ވަކިވެ ދިޔަފަހުން އިނާޒާ އެއްވެސް މިންވަރަކަށް ބަލްޚާ އާ ވާހަކަ ދައްކައެއް ނޫޅޭއެވެ. ކުޑަމިނުން ކުރިން ލޯއަޅާއިގަންނަހެން ، ލޯއަޅާއިވެސް ނުގަނެއެވެ. ބައެއްފަހަރު ބަލްޚާ އެއީ އުޅޭ މީހެއް ހެންވެސް އޭނާއަށް ހީނުވާ ފަދައެވެ. އިނާޒާގެ އެބަދަލަކީ ޠާއްޔިބު ކުއްލި ވަކިވެ ދިއުމާހެދި އިނާޒާއަށް އައިސްގެން އުޅޭ ބަދަލެއްކަމުގައި ބަލްޚާ ގަބޫލުކުރިއެވެ. ޖައިޝް ހެނދުނު ހޮސްޕިޓަލުގެ ވަޒީފާއަށް ދިއުމުގެ ކުރިން، ޖައިޝްއަށް ސައި ތައްޔާރުކުރުމުގައި ބަލްޚާ ބަދިގޭގައި އަވަދިނެތިވެ އުޅުނެވެ. އެ ގަޑީގައި ބަދިގެއަށް ވަދެ ކެއުމަށް ތައްޔާރުކުރާނެ އެއްޗެހި ބުނެދީ ބަދިގެ ތެރޭގެ ކަންކަން ބެލުމަކީ އިނާޒާގެ އާދައެކެވެ.

“މަންމާ… ކޮފީއެއް ހަދާލަ ދެންތަ؟!” އެވަގުތު ބަދިގެ ތެރެއަށް ވަދެގެން އައި އިނާޒާ ފެނުމާއެކު އޯގާތެރިކަމާއެކު ބަލްޚާއެހިއެވެ. އެއާއެކު އިނާޒާގެ ފިޔަވަޅާށް ހުއްޓުން އެރިއެވެ.

” ކޮފީއެއް ނޫން… މަށަށް ޒަހަރެއް ދޭންވީނު!… ކަލޭ މިގެއަށް އައި ފަހުން މި ގެވެސް ސުންޕާ ތަނަކަށް ވެއްޖެ…. ޠާއްޔިބުގެ ބޮލަށް ވަދެގެން މިގެއަށްވެސް އަތް ގަދަ ކޮއްފިއޭ އަދި!!! …… އަދި އެބަ ކިޔައެއްނު މަންމާއޭ…! މަށަށް މަންމާއޭ ކިޔާނެކަމެއްނެތް…!!!!” އިނާޒާ ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ. މިއޮއްހާ ދުވަހު އޭނާގެ ހިތުގައި ބަލްޚާއަށްޓާކައި އުތުރިއަރަމުންދިޔަ ނަފްރަތުގެ ރުޅިގަނޑު ވިހަ ތީރުތަކެއްހެން ބަލްޚާއާ ދިމާލަށް ބޭރުކޮށްލާނެ ފުރުސަތަކަށް އޭނާ އެދި އެދި ހުރިކަހަލައެވެ. އިނާޒާގެ ރަހުމްކުޑަ ބަސްތަކުން ބަލްޚާއަށް ކުއްލި ސިހުމެއް ލިބުނެވެ. ހިތުގައި އޮތް ހަސަދަ ބޭރުކޮށްލުމަށްފަހު އިނާޒާ އެތަނުން ނުކުމެގެން ދިޔައީއެވެ.

ސައިތައްޔާރުކުރުމަށްފަހު ޖައިޝްއަށް ގޮވަން ކޮޓަރިއަށް ދިޔައިރު ކަރަށް ޓައީ ބާރުކޮށްލަމުން އިށީނދެ އިސްޓާކީނަށް އެރުމުގައި ޖައިޝް އުޅުނެވެ. ސައިތައްޔާރު ވެއްޖެ ކަމަށް ބުނަމުން، ބަލްޚާ މަޑުމަޑުންގޮސް ޖައިޝްގެ ގާތުގައި އިށީންދެލިއެވެ.

” ޖައިޝްް! ޖައިޝްއަށް ހީވޭތަ ބައްޕަ އަށް އެހެންވީ ގުރޫޕަކުން ހަމަ ރޭންޑަމްލީ ކޮށްލި ކަމަކުންހެން؟!” އެތަށް ދުވަހެއް ވަންދެން ޖައިޝްއާ ދައްކަން ބޭނުންވެފައިވާ ވާހަކަ އެންމެ ފަހުން ޖައިޝްގެ ކުރިމައްޗަށް ބަންޑުން ކޮށްލަން ބަލްޚާ ގަސްދުކުރިއެވެ. އޭނާއަށް ހޮސްޕިޓަލުތެރެއިން އިވުނު ވާހަކަ ތަކުގެ ހަގީގަތް ބުނެދެން އޭނާ މަސައްކަތްކުރިއަސް އެކަމަށް ކޮންމެ ފަހަރަކުވެސް އޭނާ ފަސްޖެހެނީ ޖައިޝްގެ ހާލަތު އެހާ ބޮޑު ހަގީގަތަކާ ކުރި މަތިލާން ތަން ނުދޭ ކަމަށް ބަލާފައެވެ.

” އާން… ޙީވަނީ ތިހެން…ފުލުހުންވެސް ވަރަށް ސީރިއަސްކޮށް އެ މައްސަލަ އެބަ ބަލާ،…. އެއީ ފޭރުމެއް ކަމަށް ބޮޑަށް ބެލެވެނީ….ކިހިނެތްވީ ކުއްލިއަކަށް ތިހެން ތިބުނީ؟!”” ފަޔަށް އިސްޓާކީނު ލައްވާ ނިންމާލަމުން ހިންދެމިލައި ބަލްޚާއަށް ބަލާލަމުން ޖައިޝް ބުނެލިއެވެ. ބަލްޚާ އެހެން ބުނަންޖެހުނު ސަބަބު ޖައިޝްއަށް ބުނެދިނެވެ. ހޮސްޕިޓަލްތެރެއިން ކާކުކަން ނޭނގޭ ދެމީހެއްގެ ދޭތެރޭ ދެކެވުނު އެވާހަކަތައް ޖައިޝްއާ ހިއްސާކުރުމުން އޭނާ އިނީ ހައިރާންވެފައެވެ. ފައިސާގެ ދަޅަ ދައްކައިގެން ފުރާނަ ދުއްވާލާ ވަރަށްވުރެ ޠައްޔިބުއަކީ މީހުންނާ ގުޅޭ ހިތްހެޔޮ މީހެކެވެ. ޠާއްޔިބުއަށް އެފަދަ ބޮޑު އަދަބެއް ދީގެން އެ މީހަކަށް ލިބޭނީ ވަކި ކޮން ފައިދާއެއް ހެއްޔެވެ؟ ޠައްޔިބުގެ މަރާ ގުޅިގެން ހިތަށް އަރާ އެއްޗެހި ސިކުނޑިއަށް ފަހުމް ނުވެގެން އިރުކޮޅާކު ޖައިޝްއަށް އިނދެވުނެވެ.

” ތި ވާހަކަ އެހާ ލަހުން ތިބުނީ ކީއްވެ؟… ތިއީ ފުލުހުންނަށްވެސް ދޭންޖެހޭ މައުލޫމާތެއް..! ” އެވަގުތު ބައްޕަގެ އެންމެ ފަހު ވަގުތުކޮޅު ބުނަން އުޅުނު ވާހަކައިގެ މަތިން ޖައިޝް ހަނދާންވިއެވެ. އެދުވަހު ބައްޕަގެ ފުރާނައާމެދު ބިރުހީވެފައިވާ ލެއް ބޮޑުކަމުން ޖައިޝޤ ހުރީ ހޭބުއްދި ފިލާދާވަރުވެފައެވެ. އެހެންވެ ބައްޕަ ދައްކަން އުޅުނު ވާހަކައަށްވެސް އޭނާއަށް ސަމާލުކަމެއް ނުދެވުނީއެވެ. ހިތާއި ސިކުނޑީގެ ހަނގުރާމައެއްގައި ބަނދެވުމުން އެންމެ ފަހުން ޖައިޝް ބުނެލިއެވެ.

” އަހަރެން ކިހިނެތް މިވާހަކަ ބުނާނީ… ގޭގެ ހާލަތަށް ބަލާފަ މި ކަހަލަ ވާހަކައެއް ދައްކަން ނުކެރިފަ ހުރީ…..”

މެންދުރުގެ ހޫނުން ދުނިޔެ ފިއްސަމުން ދިޔަ ވަގުތެވެ. ގޭގައި ކުރަން ހުރި ކަންކަން ކޮށްނިންމާލުމަށްފަހު، ގޭގެ މައި ދޮރުއަށްޓާއި ގޭތެރެއަށް ވަންނަ ދޮރާ ދެމެދުން އޮންނަ ބޮޑު ޖާގައިގެ އެއް އަރިއަކަށް ވާގޮތަށް އަވިން ހިޔާވެވޭނޭހެން ހަދާފައިވާ ވައްމޭޒުގެ ކައިރީގައި އަތުރާލާފައިވާ ގޮނޑިތަކުން ގޮންޑިއެއްގައި ބަލްޚާ އިނެވެ. އޭނާގެ އަތުގައި އޮތް ޑެނިއަލް ސްޓީލްގެ “އަންޓިލް ދި އިންޑް އޮފް ޓައިމް” ވާހަކަ ފޮތް ކިޔަމުން ދިޔައިރު އެ ވާހަކައިގައި އުޅޭ ބިލްއާއި ޖެނީއަދި ރޮބާޓް އާއި ލިލިބާޓްގެ އަސަރުގަދަ ލޯބީގެ ދުނިޔެއަށް އޭނާއަށް އިނީ ހަމަ ރަނގަޅަށްވެސް ވަދެވިފައެވެ. ހަގީގީ ލޯތްބާމެދު އިންކާރުކުރާ މީހާއަށްވެސް ލޯބި އެއީ ކޮން އެއްޗެއްކަން ގަބޫލުކުރެވޭވަރަށް އެ ވާހަކަ ފޮތުން ލޯތްބަކީ ކޮންއެއްޗެއްކަން ބުނެދީފައިވާލެއް ފުރިހަމައެވެ. ބޮޑު ދޮރާށިން ވަދެގެން އައި ކަޅުކުލައިގެ ކާރު ގޭގެ ޕޯޓިކޯގެ ކުރި މައްޗަށް އައިސް ހުއްޓުނީ އެވަގުތުއެވެ. ދެ ނޯކަރުންނާއެކު އިނާޒާވެސް ޕޯޓިކޯތެރެއަށްނުކުމެ ތަނބެއްގައި ލެނގިލައިގެން ހުއްޓެވެ. ކާރުން ފޭބީ ބަލާބެލުމަށް އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުންދާ ބަރުހެލި އަންހެނެކެވެ. ހަމުގެ ކުލަ އަލިވެފައި، ލައިގެން ހުރި ޢުމުރާ ނުގުޅޭ، ކަކުލާ ހަމައަށް އަށްނަ ކުރު ހެދުމުން، ދީނާ ދުރު ޝަހުޞިއްޔަތެއްގެ ވެރިއެއްކަން ހާމަވެއެވެ. ކިސުޅިކޮށް އޮތް ތުނި އިސްތަށިގަނޑުގައިވަނީ ބްލޮންޑް ކުލަ ޖައްސާފައެވެ. ކާރުން ފޭބުމާއެކު އިނާޒާގެ ކަރުގައި އެލިގަންނަ ކަހަލަ ގޮތަކަށް އިނާޒާގެ ތުނި ހަށިގަނޑުގައި އޭނާ ބައްދާލުމާއެކު އިނާޒާ ނުވެއްޓުނީ ކިރިިޔާއެވެ. ބަލްޚާވެސް މަންޒަރު ބަލަން ހުރުމަށް ފަހު އެ ދިމާއަށް ދިއުމަށް ހިނގައިގަތެވެ. އެވަގުތު ހިޝާންއާއި އިމީވެސް އެތަނަށް އައިސް ހުއްޓިލިއެވެ. އިމީ ކޮންމެވެސް ވާހަކަތަކެއް ދެއްކުމަށްފަހު އަންހެންމީހާގެ ގައިގައި ބައްދާލުމަށްފަހު ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

“މިއީ ކޮން ކުއްޖެއްތަ؟! ހޭންޑްސަމް ދޯ؟!” އަންހެން މީހާ އިނާޒާގެ ކަންފަތް ދަށަށް އަރިވެލާފައި ހިޝަންއަށް ބަލާލަމުން އެހިއެވެ. ޖަވާބުގައި އިނާޒާ ހިނިތުން ވެލުން ފިޔަވާ އެއްވެސް ޖަވާބެއް ނުދެއެވެ. ހިޝަން ތަޢާރަފް ކޮށްދޭ ހިސާބުން ކަންތަކާ ލައިގަންނާނެކަން އިނާޒާއަށްވެސް އެނގެއެވެ. އެވަގުތު ބަލްޚާ އެތަނަށް ގޮސް ހުއްޓުމުން އެ އަންހެން މީހާ ބަލްޚާއަށް ބަލައިލީ މާކުރިއްސުރެ ދެކެ ފަރިތަ ދުޝްމަނަކާ ދިމާއަށް ބަލައިލާ ފަދައިންނެވެ.

” މިއީތަ ޖައިޝްގެ ތިބުނާ އަނބިމީހާއަކީ؟!… ދެއާއިލާއަކުން ރާއްވާ ނިންމާފައިން ކައިވެންޏޭއް ބަރުބާދުކޮށްފަ އެ ދޭތެރެއަށް ވަދެގެން ހުންނަން އެއްޗެއް ހިތަށްވެސް ނާރާތަ ހަމަ….؟!” ބަލްޚާއާ ދިމާއަށް ނިކަން ރުޅިވެރި ނަޒަރަކުން ބަލާލަމުން އަންހެންމީހާ ފަތިވަރު ގޮވައިގަތެވެ. މި މީހުންގެ ތެރޭގައި ބާކީވެފައިވާ ވަރު އިހްސާސްވުމުން ބަލްޚާ އިސްޖަހާލިއެވެ. އެ މަންޒަރު ބަލަން ހުރި ހިޝާންގެ ހިތަށް ތަދުވާ ގޮތްވިއެވެ. ބަލްޚާ އާ ކިތައްމެ ދުރަކުން އޭނާ އުޅެން އުޅުނަސް ބަލްޚާގެ މަތިން އޭނާއަކަށް ހަނދާން ނައްތައެއްނުލެވުނެވެ. ބަލްޚާ އެގޮތަށް ދެރަވެފައި ހުންނަ މަންޒަރުފެނުމުން އޭނާ ދެރަވެއެވެ. އެވަގުތު ކަޅުކުލައިގެ ފައިލެއް ހިފައިގެން އިމީވެސް އެތަނަށް ނުކުތެވެ. ގެއިން ނުކުމެގެން ދަމުން، ބަލްޚާއަށް އަންހެން މީހާ ތަޢާރަފް ކޮށްދެމުން އެއީ އިމީމެންގެ މަންމަ ފަރާތު ބޮޑުދައިތަ މެހެރުއްނިސާ ކަމުގައި އިމީ ބުނެދިނެވެ. އިމީ ދެއްކި ވާހަކއަށް އަޅާނުލައި އިނާޒާއާއި މެހެރުއް ނިސާ ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. ގޭގެ ދެ ޚާދިމުން މެހެރުއްނިސާގެ ލަގެޖްތައް އުފުލަން އުޅުނު އިރު ހީވީ ބަރު ހިލަގަނޑެއް އުފުލަން އުޅުނުހެންނެވެ. މެހެރުއްނިސާ އެގެއަށްއައީ އަވަސް ފުރުސަތެއްގައި އެގެއިން ދާން ނޫންކަން އެހިނދު ބަލްޚާއަށް ޔަގީންވިއެވެ. ހިނދުކޮޅެއްގެ ފެނިލުމުންވެސް މެހެރުއްނިސާގެ ކިބުރުވެރި ޝަހުސިއްޔަތު ބަލްޚާ ދެނެގަތެވެ.

މެހުރުއްނިސާގެ އެ އެނބުރިއައުމަކީ ބަހުރެއިންގެ މަހުޖަނަކާ ކުރި އޭނާގެ ހަތަރުވަނަ ކައިވެނި ރޫޅުމުން އެނބުރި އައިއައުމެކެވެ. ކައިވެނީގެ ގުޅުމުގެ މުހިންމު ކަން އެނގޭ ވަރަށްވުރެ ފައިސާއާއި މުއްސަނދިކަމުގެ ފަހަތުން ދުވަން އާދަވެފައިވާ މެހެރުއްނިސާއަކީ އުފާވެރި އާއިލާތަކަށް ހޮނުގުގުރިއެއްފަދަ މީހެކެވެ. މެހެރުއްނިސާގެ އެ ވިޔާނުދާ ގުޅުމާމެދު އެންމެ ނުރުހުންވީ ޠައްޔިބެވެ. ޠައްޔިބުގެ ދުނިޔޭގައި ހާލަކުން ފަހަރަކު މާލެ އަޔަސް މެހެރުއްނިސާ އައްސޭރިވިލާއަކަށް ނާންނާނެއެވެ. ޠައްޔިބުގެ ނުރުހުމާހުރެ އިނާޒާއަށްވެސް މެހެރުއްނިސާ އެގެއަށް ގެންނާކަށް ނުކެރެއެވެ. ހާލަތު ބަދަލުވެ އިނާޒާ އަށް ގޭގެ ވެރިކަން ލިބިފައިވާތީ އެންމެ އުފާކުރީވެސް މެހެރުއްނިސާއެވެ.

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ޢިބާދާ (ދެވަނަ ބައި)

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އަށާރަވަނަ ބައި)

Next
August 26, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (އަށާރަވަނަ ބައި)

Previews
August 26, 2017

ޢިބާދާ (ދެވަނަ ބައި)

18 Comments!

  1. Asl says:
    August 26, 2017 at 1:26 pm

    V furihama konme jumula akin manzaru sifavey. Heevani film a balaaleve hen

    1. ރައު says:
      August 27, 2017 at 9:30 am

      thnx dear.. this mean alot for me…..

  2. Ifaaaa says:
    August 26, 2017 at 3:14 pm

    Alheyyyy kihineh miveeeeeeee

    1. ރައު says:
      August 27, 2017 at 9:29 am

      ifaa expect nukoh huri gothakah dhw dhimaavy….

  3. Yayya says:
    August 26, 2017 at 6:14 pm

    V reeethi

    1. ރައު says:
      August 27, 2017 at 9:28 am

      thnx dear

  4. sam says:
    August 26, 2017 at 7:16 pm

    vaahaka reethiii

    1. ރައު says:
      August 27, 2017 at 9:27 am

      thanx dear

  5. Ishi says:
    August 26, 2017 at 7:34 pm

    Salhi. Waitingssssss

    1. ރައު says:
      August 27, 2017 at 9:26 am

      thanks ishi dear

  6. Some says:
    August 26, 2017 at 8:15 pm

    Ahlheyy thayyib Maru v tha. Sad
    BT vaahaka dhaagoi salhi.
    Dhen vaany kihinehba

    1. ރައު says:
      August 27, 2017 at 9:25 am

      yes dear…. mi story ge plot reyvifa in gothun thayyib maraalan jehuny ingey… bt i won’t disappoint u gys ingey……

  7. Hafeez says:
    August 26, 2017 at 9:03 pm

    Hishaan ashaai Bal-haa ah Dhera gotheh nuvejeyaa Rangalhu.

    1. ރައު says:
      August 27, 2017 at 9:22 am

      hi hafeez…. bal-ha n hshan tha hafeez ge fav characters aky…. gina kudhin ge fav aky bal-ha n jaish dhw…. hingaa dhen vaagotheh balamaa dhw…. kuriah huri baithakun v gina kanthah thakeh engigen dhaane….

  8. Adha? says:
    August 26, 2017 at 11:00 pm

    Hmmp!? dhen annehkaa mi meherunnisa neynge balkha ah hadhaane gotheh ves!.. jaish aa balka aa dhuru nukurahchey ingey rau…
    Waitingss ❤❤❤❤

    1. ރައު says:
      August 27, 2017 at 9:04 am

      heheh…. adha lets see dhw … 😀

  9. pls says:
    August 27, 2017 at 10:08 am

    alhe mi vaahakaige hurihaa prt eh vaahaka liyuntheriyaage name ah click kohly ma fenna goi hadhaadheebala ADMIN!
    liyuntheriyage name ah click kuryma NOT FOUND aranee!

  10. Elyza says:
    August 29, 2017 at 2:12 pm

    V salhi dhn vaane gothaa medhu mi visnany

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ (ސާދަ ވަނަ ބައި)←


All Right Reserved!