Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (2)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
August 24, 2017 7 Mins Read
38 Comments

ތެމި ފޯވެގެން ގޭތެރެއަށް ވަތް ޔުމްނާ ފެނުމުން ސިޓިންގްރޫމް ސޯފާގައި ފަތްކޮށަން އިން އާބިދާ ޗުސްތަޅާލިއެވެ. އާބިދާއަށް ނުފެނި ގެއަށް ވަންނަން އުޅުނު ޔުމްނާ އެދިމާ ބަލާލީ ޖެހިލުންވެ ހުރެއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލަމުން އޭނާ އަތުގައި އޮތް ދަބަހުގައި ބާރަކަށް ހިފަހައްޓާލިއެވެ.

“ސާބަސް އިނގޭ ޔުމްނާ އަށް! ނުވިސްނެނީ ކީއްވެތަ؟ ތި ޔުނީފޯމު ހަލާކުވީމަ އަލުން އާ އެއްޗެއް ގަންނަން ޖެހޭނެކަން ހަމަ ތި ސިކުނޑިއަށް ނުވިސްނެނީތަ؟ މިހާރު ވެސް ކަލެއަށް ޚަރަދުކުރާ ލާރި މަދީތަ؟” ދެބުމަ ގޮށް ޖަހާލަމުން އާބިދާ ނުރުހުމުގެ ރާގެއްގައި ވާހަކަ ދެއްކިއެވެ.

“މަންމާ.. އަހަރެން ދޮވެފާނަމޭ..” ޔުމްނާ މަޑުމަޑުން ބުނެލިއެވެ. އާބިދާ އިތުރު އެއްޗެކޭ ނުބުންޏެވެ. ކުރަން ހުރި މަސައްކަތާއިގެން ކުރިއަށް ދިއައީއެވެ. ޔުމްނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

ފާހާނާއަށް ވަދެ އެއްޗެހި ބަދަލުކުރުމަށްފަހު ކުރިން ލައިގެން ހުރި ޔުނީފޯމު ބާލިދީއަށްލީ އިރު ޔުމްނާގެ މޫނުމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. އަޝްފާންގެ ޚިޔާލުތައް އާ ވުމުން އެ ހިތަށް ހަމަޖެހުން ލިބެއެވެ. އެންމެ ދުވަހަކު ފެނުނު މީހަކަށް އޭނާގެ ހިތް ދެވުން އެއީ މޮޔަކަމެއް ކަމުގައި އެހިތަށް އެރި ނަމަވެސް އެކަން އެއޮތީ ވެނިމިފައެވެ. އޭނާއަށް ވެސް އަޝްފާން ދެކެ ލޯބިވެވިއްޖެވެ. ހަޔާތުގައި އޭނާއަށް މިފަދަ އިހުސާސެއް ކުރެވޭ މިއީ ފުރަތަމަ ފަހަރެވެ. އެއީ ކޮން ފަދަ ފޮނި އިހުސާސެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

ފާހާނައިގައި އޯމޯ އަޅާފައި ހުންނަ ދަޅުގައި އެއްވެސް އެއްޗެއް ނެތުމުން އޭނާ އެ ދަޅު ހިފައިގެން ކޮޓަރިން ނިކުތެވެ. އަދި ބަދިގޭގައި ތަށިތައް ދޮންނަން އުޅުނު އާބިދާ ކައިރިއަށް އޭނާ ދިއައީ ޖެހިލުންވެ ހުރެއެވެ.

“މަންމާ… އޯމޯ އެބަހުރިތަ؟” ޔުމްނާ މަޑުމައިތިރިކަމާއެކު އަހާލިއެވެ.

“ނެތް…” ފަރުވާ ކުޑަ ގޮތަކަށް އާބިދާ އެހެން ބުނެލީ ޔުމްނާއާ ދިމާއަށް ބަލާވެސް ނުލައެވެ.

“ދެން ޔުނީފޯމު ދޮންނާނީ ކިހިނެއް؟” ޔުމްނާ ކުރިއަށް ވުރެ ބާރަށް އެހެން އަހާލުމުން އާބިދާ ޔުމްނާ އާ ދިމާއަށް އެނބުރުނެވެ.

” ޔުމްނާއަށް ހީވަނީތަ އޯމޯ ޕެކެޓު ޕެކެޓު މަތިން ވެހެނީއޭ؟” އާބިދާ ރުޅިއައިސްފައި އެހެން ބުނެލުމުން ޔުމްނާ އިސްޖަހާލިއެވެ. “ބަލާބަލަ.. ތަށި ދޮންނަން ވެސް ނެތް އެންމެ އެތިކޮޅެއް ވެސް.. އަހަރެންވެސް ތަށިތައް މި ދޮންނަނީ ހުސް ފެނުންނޭ…” ހުސްކޮށްފައި އޮތް ތަށި ދޮންނަ ފުޅިއެއް ދައްކާލަމުން އާބިދާ ބުނެލިއެވެ. ޔުމްނާ އެދިމާ ބަލާލުމަށްފަހު އިތުރު އެއްޗެއް ނުބުނެ ބަދިގެއިން ނިކުންނަން ހިނގައިގަތެވެ. ހުސް ފެން ކޮޅެއް ލައިގެން ޔުނީފޯމު ދޮވެލާނީއޭ ހިތައި އޭނާ ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް އެވަގުތު ގޭގެ ދޮރު ހުޅުވުނު އަޑަށް އޭނާ އެ ދިމާ ބަލާލީ ތެޅި ތެޅި އޮތް ހިތަކާ އެކީގައެވެ.

ހުޅުވެފައިވާ ދޮރު ކުރިމަތީގައި އެ ހުރީ ޔުމްނާ މި ދުނިޔެމަތިންވެސް އެންމެ ބިރުގަންނަ އިންސާނާއެވެ. ޔުމްނާގެ މޫނުމަތިން ބިރުވެރިކަމުގެ އަސަރު ފާޅުވެގެން ދިޔައިރު އޭނާ މަސައްކަތްކުރީ އަވަސް އަވަހަށް ކޮޓަރިއަށް ވަންނާށެވެ. ނަމަވެސް އެ ގޭތެރެއަށް ވަތް ފިރިހެންމީހާ ހަލުވިކަމާއެކު އައިސް ހިފައިގަތީ ޔުމްނާގެ ދިގު އިސްތަށިގަނޑުގައެވެ. ވީތަދުން އޭނާގެ ދެލޮލުން ކަރުނަ އަންނަން ފެށި ނަމަވެސް އެހެންނަހަދާށޭ ބުނެލާކަށްވެސް ނުކެރުނެވެ.

ބަދިގޭގައި ހުރި އާބިދާ ބޯ ދިއްކޮށްލައި ބަލާލި ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އެއީ މިގޭ ތެރޭގައި އަލަށް ވާ ކަމެއް ނޫން ވިއްޔާއެވެ. ޔުމްނާގެ ބައްޕަ، ރާމިޒު ގެ އަނިޔާތަކަށް މިހާރު އެ ދެމައިން ވަނީ ހޭނިފައެވެ.

ރާމިޒު އާބިދާ އާ ދިމާއަށް ރުޅިވެރިކަމާއެކު ބަލާލުމަށްފަހު ޔުމްނާގެ އިސްތަށިގަނޑުން ދޫކޮށްލިއެވެ. އަދި ބާރު ފިޔަވަޅުތަކެއްގައި އައިސް އާބިދާ ގާތުގައި ހުއްޓުނެވެ. ބޮލުގައި އަތްއަޅައިގެން ބިމަށް ތިރިވި ޔުމްނާއަށް ގިސްލެވެން ފެށުނެވެ.

“ކޯއްޗެއް ކަލޭ ތި ބަލަނީ؟ ކަލޭ ކުރާކަމެއް ކަލޭ ކޮށްބަލަ! ކޯއްޗެއް ބަލާކަށްތަ؟” ރާމިޒު އޭނާގެ އަތުގެ ހޫނު ހަމަލާއެއް އާބިދާގެ ކޯތާފަތް މައްޗަށް އަރުވާލަމުން ހަޅޭއްލަވައިގަތެވެ. ވީތަދުން އާބިދާ އޭނާގެ ކޯތާފަތުގައި އަތް އަޅާލިއެވެ. އޭރު އެދެލޮލުން ތާޒާ ކަރުނަތައް އޮހެން ފެށި ނަމަވެސް އެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނާ އެނބުރި ބަދިގެއަށް ވަދެގެން ދިއުމާއެކު ރާމިޒު އެނބުރި ޔުމްނާއާ ދިމާއަށް ބަލާލިއެވެ. ފާރުގައި ލައްގަނެގެން ގިސްލަމުން ދިޔަ ޔުމްނާގެ އަތުގައި ހިފައިގެން ދަމާ ކޫއްތަމުން ގޮސް ކޮޓަރިއަށް ވެއްދިއިރު ޔުމްނާގެ ހިތް ބިރުވެރިކަމުން ފުރިގެން ދިޔައެވެ.

*** *** ***

“މިއީ އެންމެ ފަހު އިމްތިހާން.. ޔަގީންތަ ކަލެއަށް މިކަން ވާނެކަން؟” ފެހި ކުލައިގެ ބޮޑު ސޯފާ ގޮނޑީގައި އިށީންދެލައިގެން އިން ބިޔަ ފިރިހެންމީހާ އަހާލިއެވެ. ހަމުގެ ކުލަ ކަޅުކަމުން އޭނާ ބޮޑަށް ވައްތަރީ އެފްރިކާ ބައްރުގެ މީހަކާއެވެ. އެމީހާގެ އެއް އަތުގައި ރޮއިކޮށްފައިވާ ސިނގިރޭޓެއް ވީއިރު އިރުއިރުކޮޅާ އޭތި ދަމާލުމަށްފަހު އަނގައިން ދުންތައް ބޭރުކޮށްލައެވެ. އެމީހާގެ ދެފަރާތުގައި ހުސްގަޔާ ތިބި ދެފިރިހެނުން ތިއްބެވެ. އެ ދެ ފިރިހެނުންގެ ހަށިގަނޑަށް ބަލާލިކަމުގައި ވިޔަސް އެއީ ޖާނުން ވަރުގަދަ ދެމީހުންކަން އެނގި ހާމަވެއެވެ.

“ލައްބަ.. އަޅުގަނޑަށް ވާނެ..” އެމީހާގެ ކުރިމަތީގައި ދެއަތް ފުރަގަހަށް ލައިގެން ކޮޅަށް ހުރި އާރިކް ބުނެލިއެވެ. ހީވާގޮތުން އޭނާގެ ޢުމުރުން ވާނީ ވިއްސަކަށް އަހަރެވެ. ގައިގެ ކުލަ ދޮން އެ ޒުވާނާގެ މޫނުމަތިން ފެންނަން ހުރީ ސާބިތުކަމެވެ. އޭނާ ހުރީ ހަވާލުވެވޭ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށޭ ހީވާ ކަހަލައެވެ.

ސޯފާގައި އިން ފިރިހެންމީހާ ސިނގިރޭޓުގެ ދުންތައް ވައިގެ ތެރެއަށް ބުރުވާލަމުން ނުލަފާ ގޮތަކަށް ހީލިއެވެ. އޮރެންޖު ބޮކީގެ ފަނޑު އަލިކަމެއްވާ އެކޮޓަރީގައި އޭނާގެ މޫނު މާ ރަނގަޅަކަށް ނުފެނެއެވެ.

“އޭނަ ގެނޭ..” ލާނެތް ގޮތަކަށް އެ ފިރިހެންމީހާ ބުނުމުން އޭނާގެ ވާތް ފަރާތުގައި ހުއްޓެލައިގެން ހުރި ބޮޑީ ގާޑު ބޯ ޖަހާލަމުން އެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ބޭރުގައި ތިބި ދެމީހުންނަށް އިޝާރާތެއް ކޮށްލިއެވެ. އެއާއެކު އެދެމީހުން އެތެރެއަށް ވަދެގެން އައެވެ. އަންހެން ކުއްޖެއްގެ ދެއަތުގައި ހިފައި ދަމާ ކޫއްތަމުން ކަހަލަ ގޮތަކަށް އެދެމީހުން އެތެރެއަށް ވަދެގެން އައިތަން ފެނުމުން އާރިކް ކުޑަކޮށް ޖެހިލުންވިއެވެ. އެމީހާ އޭނާއަށް ހަވާލުކުރަން އެއުޅެނީ ކޮންކަހަލަ އިމްތިހާނެއްބާއޭ ހިތަށް އެރިއެވެ. އެއްކަލަ މީހުންތައް އެ އަންހެން ކުއްޖާގެ ބުރަކަށީގައި އަޅައި ތަޅުންގަނޑު މައްޗަށް ކޮއްޕާލިއެވެ. ފޮތިގަނޑަކުން އެ ކުއްޖާގެ އަނގަމަތި ނިވާކޮށްފައިވީއިރު ދެއަތް ވަނީ ފުރަގަހަށް ވާގޮތަށް ބަނދެފައެވެ. އޭނާގެ އިސްތަށިގަނޑުން ބޮޑު ބައެއް މޫނުމައްޗަށް އެޅިފައި ވުމުގެ ސަބަބުން އާރިކްއަށް އެންމެ ފުރަތަމަ އެއީ ކާކުކަން ދެނެގަންނަން އުނދަގޫވިއެވެ.

ގޮނޑީގައި އިން ބިޔަ ފިރިހެންމީހާ އޭނާ އިން ސޯފާ ގޮނޑިން ތެދުވިއެވެ. ތުނބުގައި ޖަހާލާފައިވާ ސިނގިރޭޓު ބިންމައްޗަށް ވައްޓާލުމަށްފަހު އޭނާގެ ބޫޓުން އެއަށް އަރައި ޗިސްކޮށްލިއެވެ. އެއާއެކު މަޑު ހިނގުމެއްގައި ގޮސް އެއްކަހަލަ އަންހެން ކުއްޖާ ގާތަށް ގޮސް ހުއްޓުނެވެ. ލާނެތް ހިނިތުންވުމަކާއެކު އޭނާ އެކުއްޖާ ކައިރީގައި އުޑުފައިން އިށީނުމަށްފަހު އެކުއްޖާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް އެއްފަރާތްކޮށްލިއެވެ. އާރިކްއަށް އެ އަންހެން ކުއްޖާގެ މޫނު ފެނުނު ހިނދު ފަހަތަށް ދެތިން ފިޔަވަޅު އަޅައިލެވުނެވެ.

“ނާޝް!” އާރިކްއަށް ބޭއިޚްތިޔާރުގައި އެ އައަންހެން ކުއްޖާގެ ނަން ކިޔާލެވުނެވެ. ނާޝް މަތިން އޭނާ ހަނދާންނެތޭހާ ދުވަހެއް އަދި ނުވެއެވެ. ނާޝްއާ ރައްޓެހިވެގެން 5 މަސް ދުވަހު އުޅެފައި އޭނާ ނާޝްއާ ރުޅިވީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިންނެވެ.

އާރިކްގެ އަޑަށް ނާޝް އެދިމާ ބަލާލިއެވެ. އޭނާ އެސްފިޔަތައް ތަޅުވަމުން ދިޔައީ ބަލި ގޮތަކަށެވެ. އެ ދޮން މޫނުމަތީގައި އެމީހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ވިއެވެ. ސަލާމަތްވެވޭތޯ ތެޅިތެޅި އޭނާ އޮތީ ވަރުބަލިވެފައެވެ. އިތުރަށް އަތްފައި ގުޑާލާނެހާ ހިތްވަރެއްވެސް އޭނާގެ ނެތެވެ.

“ކޮބާ ފިސްތޯލަ؟” ނާޝް ކައިރީ ތިރިވެގެން އިން ފިރިހެންމީހާ އެހެން ބުނުމާއެކީ އެތަނުން މީހަކު އައިސް އާރިކްގެ އަތަށް ކުޑަވަރެއްގެ ފިސްތޯލައެއް ލައިދިނެވެ. ވާން މިއުޅެނީ ކީއްކަން އާރިކްއަށް ނަގައިގަނެވުނު ހިނދު އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެން ފެށިއެވެ.

“ކޮބާ ހަދަންވީ ގޮތް އެނގިދާނެހެން އަހަންނަށް ހީވަނީ މިހާރު..” އެއްކަލަ ފިރިހެން މީހާ ނާޝްގެ ކައިރިން ތެދުވަމުން ބުނެލިއެވެ. އަދި ނުލަފާ ހިނިތުންވުމަކާއެކު އޭނާ ގޮސް ކުރިންވެސް އިން ސޯފާ ގޮނޑީގައި ޖައްސާލިއެވެ. އަދި ކުރިމަތީގައިވާ ކުޑަ މޭޒުމަތީގައި ހުރި ސިނގިރޭޓު ފޮށިން ސިނގިރޭޓެއް ނަގައި ރޮއިކޮށްލިއެވެ. އޭރު އޭނާ ފަރުވާތެރިކަމާއެކު އާރިކްގެ ހަރަކާތްތަކަށް ބަލަމުން ގެންދިޔައެވެ.

އާރިކް ނާޝްއާ ދިމާއަށް ބަލަން ހުރީ ހަމްދަރުދީއިން ފުރިގެންވާ ނަޒަރަކުންނެވެ. އޭނާ ކުރިން ނާޝްއާ ރައްޓެހިވީ ކޮންމެހެން ލޯބިވެގެންނެއް ނޫނެވެ. ނާޝް ރީތިވީމައެވެ. ނާޝްގެ ހަށިގަނޑުގެ ވަނާތައް ފުރިހަމަވެފައި ލޫޅާފަތިކަމުންނެވެ. ލޯބިވާކަމަށް ހެދިގެން ނާޝްއާ ރައްޓެހިވުމަށްފަހު އޭނާ އާދައިގެ މަތިން މަސައްކަތްފެށީ އެ މަލުގެ ފޮނިކޮޅު ބޮއިލެވޭތޯއެވެ. ނަމަވެސް އޭނާއަށް އެކަން ކުރުންވީ ހީކުރިވަރަށް ވުރެ އުނދަގޫކަމަކަށެވެ. ނާޝްގެ ކިބައިން އޭނާ ބޭނުންވާ ކަންތައް ލިބުމާއެކު އޭނާ ނާޝް ދޫކޮށްލީއެވެ. ނަމަވެސް މިހާރު އޭނާގެ ބޮސް ނާޝް މަރާލަން އެންގުމުން އޭނާއަށް އެކަން ވެދާނެ ހެއްޔެވެ؟ އެ މައުސޫމް އަންހެއްކުއްޖާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ އޭނާގެ މަޅީގައި ޖެހިގެން އޭނާއާ ލޯބީގެ ގޮތުން ގުޅުން ހެއްޔެވެ؟ ކުށެއް ނެތް މީހަކު މަރަން އޭނާއަށް ކެރިދާނެ ހެއްޔެވެ؟ މިފަދަ އެތައް ޚިޔާލުތަކެއްގައި އާރިކް ހުންނަން ފެށުމުން އެއްކަލަ ފިރިހެންމީހާ ނުލަފާ ގޮތަކަށް ހޭން ފެށިއެވެ.

“ކަލެއަށް ތިކަން ނުވެގެން ތިއުޅެނީ ކީއްވެތަ؟ އަނެއްކާ އެ ކުއްޖާ އޮތް ހާލު ފެނިފައި ކަލޭގެ ހިލައަށްވުރެ ހަރު ހިތް، ކަފަކޮޅެއްހާ މަޑުވީތަ؟” އެމީހާ މަލާމާތުގެ ރާގަކަށް އެހެން ބުނެލުމުން އާރިކްއަށް ހަމަހޭވެރިކަން ލިބުނެވެ. ތެދެކެވެ. އޭނާއަކީ އެއްވެސް އިރެއްގައި މިހާ ހިތްމަޑު މީހެއް ނޫނެވެ. އޭނާގެ ހިތަކީ ހަރު އެއްޗެކެވެ. މީހަކާމެދު ރަހުމުކުރުމަކީ އޭނާ ދަންނަ ކަމެއް ނޫނެވެ.

އާރިކް ކަނާއަތުގައިވާ އޭނާގެ ފިސްތޯލަ ނަގައި ސީދާ ނާޝްގެ ބޮލަށް އަމާޒުކޮށްލިއެވެ. ބަލިގޮތަކަށް ދެލޯ ހުޅުވާލުމަށްފަހު ނާޝް އާރިކްއަށް ބަލާލި ވަގުތު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އާރިކް ހުރިގޮތް ފެނި ނާޝްގެ ހިތް ބިރުވެރިކަމުން ފުރިގެން އައެވެ. އޭނާގެ ލޯ ފުރިގެން އައިސް ކޯތާފަތް މައްޗަށް ހޫނު ކަރުނަތައް އޮހެން ފެށިއެވެ. އޭނާގެ އެންމެ ފަހު ވަގުތު އައިސް ޖެހިއްޖެ ކަމުގެ އިހުސާސްކުރެވެން ފެށުމާއެކު އޭނާގެ ހަނދާނަން އަންނަން ފެށީ އާރިކް އާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުތަކެވެ. އޭނާ އާރިކް ދެކެ އިންތިހާއަށް ލޯބިވިނަމަވެސް އާރިކް އޭނާ ދޫކޮށް ދިޔައީއެވެ. އޭނާ ހީކުރީ އާރިކް އެހެން ފިރިހެނުންނާ ތަފާތުކަމަށެވެ. ނަމަވެސް އާރިކްވެސް ހަމަ އޭނާގެ ފަރާތުން ބޭނުންވީ އެހެން ފިރިހެނުންވެސް ބޭނުންވެގެން އެއުޅޭ އެއްޗެވެ. އާރިކް ކޮންމެ ގޮތަކަށް އޭނާއާމެދު ކަންތައްކުރި ނަމަވެސް އޭނާ އާރިކް ދެކެ ވަމުން އައި ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މިޔަދު އާރިކްގެ އަތުން މަރުވުމަކީވެސް އޭނާގެ ހިތަށް ލިބޭ އުފަލެކެވެ.

އާރިކް މަޑު ހިނގުމެއްގައި ގޮސް ނާޝް ގާތު މަޑުކޮށްލިއެވެ. އަދި އޭނާ ނާޝްގެ އަނގަމަތީގައި އައްސާފައިވާ ފޮތިގަނޑު ނައްޓުވާލިއެވެ. އޭރުވެސް ނާޝް ހުރީ އާރިކްގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާ ހީކުރީ އާރިކް އެއައީ އޭނާ މި މުސީބާތުން ސަލާމަތްކޮށްދޭން ކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އޭނާ ހީކުރިގޮތާ ޚިލާފަށެވެ.

“އެނީ ލާސްޓް ވާޑްސް؟” އާރިކް އެހެން އަހާލުމާއެކު ނާޝްއަށް ތެޅިގަނެވުނެވެ. އާރިކް ހަމަ އަސްލުވެސް އެއުޅެނީ އޭނާ މަރާލަންކަން މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ. އޭނާ ހިންދިރުވާލުމަށްފަހު ވާހަކަދައްކަން އަނގަ ހުޅުވާލިއެވެ. އަނގައިގެ އެތެރެ ހިކި، ކަރުތެރެ ބެދޭގޮތް ވެފައި ހުރުމުގެ ސަބަބުން އޭނާއަށް ވާހަކަދެއްކުނީ ވަރަށް އުނދަގުލުންނެވެ.

“އަ.. އާރިކް.. އައި .. ލަވް.. ޔޫ…” ނާޝް އުނދަގުލާއެކު އެހެން ބުނި ނަމަވެސް އާރިކްގެ ހިތަށް އެއްވެސް އެއްޗެއް ނޭރިއެވެ.

“ނިމުނީ؟” އާރިކް އެހެން ބުނެލުމާއެކު ނާޝް ބޯ ޖަހާލިއެވެ. އޭނާ އަނެއްކާވެސް ނާޝްގެ ބޮލަށް ބަޑި އަމާޒުކޮށްލިއެވެ. ނާޝް ދެލޯ މަރައި ބާރުކޮށްލިއެވެ. އެސްފިޔަތައް ފޫދުއްވާފައި އޭނާގެ ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް ހުއްޓުމެއް ނެތި ފައިބަމުން ދިޔައެވެ. އާރިކް ބަޑި ގޮއްވާލި ވަގުތު ނާޝް ޚަބަރު ހުސްވެގެން ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. އެއާއެކު ގޮނޑީގައި އިން ބިޔަ ފިރިހެން މީހާ ތެދުވެ ތިން ފަހަރަކު އަތް ޖަހާލިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.

** ** **

އެނދުމަތީގައި އޮތް ޔުމްނާ ބަލިގޮތަކަށް ދެލޯ ހުޅުވާލިއެވެ. އޭރު ރާމިޒު އެނދުކައިރީގައި ކޮޅަށް ހުރެ އޭނާގެ ގަމީހުގެ ގޮށްތައް އަޅުވަމުން ދިޔައެވެ. އެއަށްފަހު އޭނާ ގުދުވެ ޔުމްނާގެ ކޯތާފަތައް ދޮނެއް ދިނުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައީ އެތެރެއިން ތަޅުލުމަށްފަހުގައެވެ. ރާމިޒު ދިއުމާއެކު ޔުމްނާ އޭނާގެ ގައިމަތީގައި އަޅާފައިވާ ރަޖާގަނޑު ނެގިއެވެ. އެއްވެސް ނިވާކަމެއް ނެތް އެ ހަށިގަނޑަށް އޭނާ ބަލާލީ ނަފުރަތާއެކީގައެވެ. އޭނާގެ މުޅި ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަކަށް ބެލުމެއް ނެތި ތެދުވެގެން އޭނާ ހިނގައިގަތީ ފާޚާނާއާ ދިމާއަށެވެ. ކޮރުޖަހަމުން ގޮސް އޭނާއަށް ފާހާނާއަށް ވަދެވުނީ ކިރިޔާއެވެ. ފާހާނާގެ ތަޅުންގަނޑު މައްޗަށް އޭނާ ތިރިވީ އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވިގެންނެވެ. ފެން މާގަނޑު ދޫކޮށްލުމަށްފަހު އޭގެ ދަށުގައި އޭނާ އިން އިރު ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެންތިކިތަކާ އެކުވަމުން ދިޔައެވެ.

ޔުމްނާގެ ކޮޓަރިން ނިކުތް ރާމިޒު ސިޓިންގރޫމުގައި އިން އާބިދާއަށް ބަލާލިއެވެ. ރާމިޒު ނިކުތް އަޑު އިވުނު ނަމަވެސް އާބިދާ އެދިމާއަށް ބަލާވެސް ނުލައެވެ. އޭނާއަށް ރާމިޒު އެގަންނަ ގަނޑު މާކުރިންވެސް އެނގެއެވެ.

“ކާން ހަދައިދީބަލަ..” ރާމިޒު މަޑުމައިތިރިކަމާއެކު އެހެން ބުނެލުމަށްފަހު ހިނގައިގަތީ ބަދިގެއާ ވީ ފަރާތަށެވެ. އާބިދާ ވެސް ތެދުވެގެން އެދިމާއަށް ހިނގައިގަތެވެ. ދަމުން އޭނާ ޔުމްނާގެ ކޮޓަރި ތަޅުގައި ހިފައިލިއެވެ. ތަޅުލާފައި ހުރުމުން އޭނާ އިތުރަށް އަޅައިނުލާ ދިޔައީއެވެ. ބޭރުފުށުން ހަމަޖެހޭ ގޮތް ދެއްކި ނަމަވެސް އާބިދާގެ ހިތުގައި ވަނީ ބޮޑު ތޫފާނެއް އުފެދިފައެވެ.

“އާބިދާވެސް އާދޭ ކާން..” ރާމިޒަށް ކާން ހަދައި ދިނުމަށްފަހު އާބިދާ ދާން އުޅުމުން ރާމިޒު ބުނެލިއެވެ. ޔުމްނާގެ ކޮޓަރިއަށް ވަދެފައި ނިކުންނަ ކޮންމެ ފަހަރަކު ރާމިޒުގެ މޫނުމަތި ހުންނަނީ އުޖާލާވެފައެވެ. އޭނާ އާބިދާއާ ރީތިކޮށް ވާހަކަ ދައްކަނީ ވެސް ހަމައެކަނި އެ ވަގުތުތަކުގައެވެ. ރާމިޒުގެ ބަހަށް ކިޔަމަންވެ އާބިދާވެސް ރާމިޒުގެ ކުރިމަތީގައިވާ ގޮނޑި ދަމާލުމަށްފަހު އިށީންދެ ކާންފެށިއެވެ.  އެވަގުތުކޮޅުވެސް އޭނާ ބެލީ ރާމިޒާ ހަތަރުކަޅި ހަމަނުކޮށް ވޭތޯއެވެ. ރާމިޒުގެ ނުބައި ކަމާ ނުލަފާކަން އެންމެ ރަނގަޅަށް އެނގެނީ އޭނާއަށެވެ. ރާމިޒަކީ މީހަކުމަރަން ވެސް ފަސްނުޖެހޭނެ މީހެއްކަން މިހާރު އޭނާއަށް އެނގި ހާމަވެއްޖެއެވެ.

“ޔުމްނާއަށް 18 ވަނީ ކޮން ދުވަހަކުން؟” ކާންއިނދެފައި ރާމިޒުކޮށްލި ސުވާލުން އާބިދާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. ރާމިޒު މިހާރު ކުރަން އެއުޅެނީ ކީއްކަން އޭނާއަށް ކުޑަކޮށް ފަހުމްވެއްޖެއެވެ.

“ޔުމްނާއަށް 18 ވަނީ ކޮން ދުވަހަކުންހޭ؟ މަށަށް އިނގޭ މި އަހަރު އޭނައަށް 18 ވާނެކަން..” އާބިދާ އެއްޗެއް ނުބުނުމުން ރާމިޒު އަނެއްކާވެސް ބުނެލިއެވެ. އާބިދާ ހާސްވީވަރުން ކައިރީގައި ހުރި ފެންތަށި ތުނބުގައި ޖަހައި އެއްނޭވާއިން ހުސްކޮށްލިއެވެ.

“އާނ.. އެކުއްޖާއަށް 18 ފުރޭނެ މި އަހަރު.. އަހަރެން ނެތް އޭނާގެ އުފަންދުވަސް ހަނދާނެއް.. ބަލާލަން ޖެހޭނީ..” އާބިދާ ބުނެލިއެވެ. ރާމިޒުގެ މޫނަށް އެވަގުތު ވެރިވީ ނުރުހުންތެރިކަމުގެ ކުލަވަރެވެ. ކައި ނިންމާލުމަށްފަހު އޭނާ ސިންކު ދޮށުގައި މަޑުކޮށްލީ އަތްދޮވެލާށެވެ.

“ޔުމްނާގެ އުފަންދުވަހުގެ ސެޓުފިކެޓު ހޯދާލާފައި ބަހައްޓާތި.. އަހަރެން މާދަމާ އެ ބޭނުންވާނެ..” ރާމިޒު ތުވާލިން އަތް ފުހެމުން ބުނެލިއެވެ. އަދި ބާރު ހިނގުމެއްގައި ގެއިން ނިކުމެގެން ހިނގައްޖެއެވެ. އާބިދާ ކާންއެޅި އެއްޗެހި ހުސްވެސް ނުކޮށް އަތް ދޮވެލައިގެން ބާރު ހިނގުމެއްގައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ކަލަންޑަރުގެ ކުރިމަތީގައި އޭނާ ހުއްޓުނުއިރު އެމޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވާން ހުއްޓެވެ.

“މިޔަދަކީ ޖޫން 2.. އެހެންވީމަ….” އާބިދާގެ އިނގިލި ގޮސް ހުއްޓުނީ ޖޫން މަހުގެ 3 ވަނަ ދުވަސް އިން ގޮޅީގައެވެ. އޭރު އެދެލޯ ފެންކަޅިވާން ފަށައިފިއެވެ.

“މަގޭ ދަރި ގެންދިޔަކަ ނުދޭނަން..” އާބިދާ ވައި އަޑުން އެހެން ބުނެލިއިރު އޭނާގެ ދެލޮލުން ކޯތާފަތް މައްޗަށް ކަރުނަތައް ފައިބަން ފަށައިފިއެވެ. އެ ހިތުގައި އުފެދިފައިވާ ހައިޖާނު ދެނެވޮޑިގެންވާނީ ހަމަ އެންމެ ފަރާތެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ގޮއްޔެ (ބާބު2) ހަތަރުވަނަ ބައި

Next

ޢިބާދާ

Next
August 24, 2017

ޢިބާދާ

Previews
August 24, 2017

ގޮއްޔެ (ބާބު2) ހަތަރުވަނަ ބައި

38 Comments!

  1. Liaa says:
    August 24, 2017 at 1:04 pm

    Salaam hurihaa kudhin! Mi part ves kamudhaane kamah ummeedhu kuran. 🙂
    And baeh kudhin eba buney Liaa ge mi story Kdrama “I Miss You” aa vatharey. Ekamaku mee e drama ge copy eh noon. Liaa kurin e drama nuves balan. ekam kudhin copy ekey kiyaathy Liaa wikipedia in balaalee e drama ga vaagoi. Kommes varakah eh goi kameh huri namaves mi story akee Liaa ge amilla plot akah liyefaivaa story eh. 🙂 And e drama aa thafaath baivaru kanthah hunnaane mi story ga. So, mi story akee copy ekey nukiyumah Liaa v bodah edhen hurihaa readers ge faraathun 🙂
    Thankyou

    1. Liaa says:
      August 24, 2017 at 1:05 pm

      And mi story ge 3rd part up kuraanii SUNDAY ga. keep waiting! 🙂
      Loves <3

  2. Jin says:
    August 24, 2017 at 1:13 pm

    Vaahaka v reethi??? keep it up.?

    1. Liaa says:
      August 24, 2017 at 4:31 pm

      Thanks jin ☺

  3. Mariyam Ubaid says:
    August 24, 2017 at 1:19 pm

    Reethi

  4. click a shot ? says:
    August 24, 2017 at 1:20 pm

    Varah reethi mi part ves.. Interesting.. When next part.. Witting

    1. Liaa says:
      August 25, 2017 at 7:47 am

      thankyou dear ☺

  5. Xxxx says:
    August 24, 2017 at 1:35 pm

    Wooooowww ??

    1. Liaa says:
      August 25, 2017 at 7:48 am

      thankyou Xxxx ?

  6. Anonymous says:
    August 24, 2017 at 1:36 pm

    Aslu vx liaa babe mi story hama superb??? i hope dhn huri part thah vexx vv reethi vaane kamah?????

    1. Liaa says:
      August 25, 2017 at 7:52 am

      ? hahah. Thankw anonymous ge lobi comment ah ?☺

  7. shahoo says:
    August 24, 2017 at 1:42 pm

    v salhi. waiting

    1. Liaa says:
      August 25, 2017 at 7:53 am

      Shukuru shahoo ?

  8. imagination says:
    August 24, 2017 at 2:03 pm

    Human trafficking??!!!!!
    ?????

    1. Liaa says:
      August 25, 2017 at 7:53 am

      Imagination ☺ lets see dhw wat happens

  9. xaan says:
    August 24, 2017 at 2:29 pm

    reethi

    1. Liaa says:
      August 25, 2017 at 7:54 am

      Shukuru xaan

  10. someone says:
    August 24, 2017 at 2:42 pm

    i really like your story’s liaa.. waiting for next part

    1. Liaa says:
      August 25, 2017 at 7:54 am

      Shukuru someone ah ☺

  11. Shaileen says:
    August 24, 2017 at 3:06 pm

    V reethi mi part vx… waiting for next part….

    1. Liaa says:
      August 25, 2017 at 7:55 am

      Thanks shaileen. ☺ shaileen akee Liaa ah v reethi nameh ?

  12. Adha? says:
    August 24, 2017 at 3:27 pm

    Varah reethi mi part ves…❤❤❤❤
    Waiting for next part ?

    1. Liaa says:
      August 25, 2017 at 7:56 am

      Thanks Adha ☺ nice to see ur comments again. Hope kuran future ga vx fennaane kamah ☺?

    2. Adha? says:
      August 25, 2017 at 10:41 pm

      Wc dear… insha allah abadhuves fennaane.. i love liaa ge hurihaa storys ves varah furihama.. nd varah inthixaaru kurevey darkside season 2 ah.. kndhuvahakun kiyaalan libeynee???

  13. Any says:
    August 24, 2017 at 4:14 pm

    V.v.v reethi story

    1. Liaa says:
      August 25, 2017 at 7:56 am

      Shukuru Any ☺

  14. Ethan says:
    August 24, 2017 at 4:40 pm

    hi Liaa…first part ves kiyaalin…feshun is obinexx to the maxx!!! .. nd … mi part ves varah reethi…reethi kamun gos mi huree speechless vefa…juz wanna say tht u r an awesome writer.. 🙂 <3 keep it up!!

    1. Liaa says:
      August 25, 2017 at 7:57 am

      Shukuriyyaa Ethan for the lovely comment ☺

  15. maroon says:
    August 24, 2017 at 4:52 pm

    Wow. V unique vaane kan yageen ?

    1. Liaa says:
      August 25, 2017 at 7:58 am

      Thankyw maroon ?

  16. Shariko says:
    August 24, 2017 at 5:22 pm

    Nice story I like it gud luck
    Waiting …

    1. Liaa says:
      August 25, 2017 at 7:59 am

      Thankyw shariko ☺

  17. azeen says:
    August 24, 2017 at 7:47 pm

    v reethi vaane hen hyvany..

    1. Liaa says:
      August 25, 2017 at 7:59 am

      Thaanks azeen ☺

  18. Layaal ge fan says:
    August 25, 2017 at 9:14 am

    Varah layaal ge vanhanaa aa vahtharu vaan ulheyhen hyvey!! ??

  19. Song joong ki... KOREAN says:
    August 25, 2017 at 9:33 am

    Vv reethi mi part vx. Story v salhi vaane kamaamedhu shahkehvx neih. 🙂 🙂 waiting for the next part…..

  20. Roo says:
    August 27, 2017 at 1:00 pm

    Plx next part up kndheeba….

  21. jazlee says:
    August 28, 2017 at 11:08 am

    v v salhi ..

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (3)←


All Right Reserved!