Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… 33 ވަނަބައި

writer Level 310 Stories100 Comments
August 21, 2017 5 Mins Read
42 Comments

 

” ހަމަ އެހާވެސް މިސް ވިތަ… ޔަޤީން ތިއުޅެނީ ކޮންމެވެސް ކަމަކު ކަން… ބުނޭ އަވަހަށް..” ކައިލް ޖެއްސުން ކޮށްލީ ކިޔާރާ ރުޅި އެރުވުމަށެވެ. އެެހެން ރޯތަން ބެލުމަކީ އުދަނގޫ ކަމަށް ވުމާއި އެކުވެސް މެއެވެ.

“އެއްވެސް އެއްޗެއް ބޭނުމެއް ނޫން ކިޔާ… ކިޔާ ބޭނުމީ ނިދާލަން… ދޮންބެ އާ ހުރެ ހޭލެވިއްޖެ..” މަޔާ ބޭނުންވީ ކައިލް އަަވަހަށް އެތަނުން ފޮނުވުމަށެވެ.  ގުޑްނައިޓް ބުނުމަށްފަހު ކައިލް ކޮޓަރިން ނިކުތީ ދޮރު ތަޅުލުމަށް ފަހުގައެވެ. ކިޔާރާއަށް ކޮންމެވެސް ކަމެއް ވެއްޖެއޭ ހިތް ބުނާކަހަލައެވެ.

………………………………………………………………………………. ކައިލް  ކިޔާރާ ކޮޓަރިން ނިކުމެގެން ގޮސް ބަަދިގެ އަށްވަނީ ކޮފީއެއް ބޯންވެގެންނެވެ. ހިިތްނުތަަނަވަސް ވާާ ގަނޑިތަކުގައި ކޮފީ ބުއިމަކީ އާދަވެފައިވާ ކަމަކަށް ވާތީވެސް މެއެވެ.  ކޮފީ ގިރުމަށްފަހު ސިޓިން ރޫމަށް ނިކުމެ ހަމަޖެހިގެން ސޯފާގައި އިށީނީ ޓީވީ އޮންކޮށްލަމުންނެވެ.  ފަހަރަކު ޗެނަލްއެއް ބަދަލުކުރަމުން ދިޔައީ ކަމުދާ ކަހަލަ އެއްޗެއް ނުދައްކާތީއެވެ. ޓީވީ ބެލުމަކީ ކައިލްގެ އާދައަކަށް ނުވުމުން ކަމަށްވެސް ވެދާނެއެވެ.

ކައިރީގައި އައިސް މީހަކު އިށީން ހެން ހީވެގެން ބަލައިލި އެއީ ނަކީލްއެވެ.  ޓީވީގެ ފަޑުއަލިކަމުގެ ތެރެއިންވެސް ކައިލްއަށް ނަކީލްގެ މޫނު ސާފުކޮށްފެނުނެވެ. އެފަންއިސްތަށިގަނޑު އެއްވެސް ތަރުތީބު ކަމެއްނެތި ހޭވިފައެވެ. މޫނުމަތިން ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހި ހިމާތަކޮށްފައި ހުރިކަން ދޭހަކޮށްދެނީ އެ ރަތްވެ ދުޅަވެފައިވާ ދެލޮލުންނެވެ.  ޓީވީ މިއުޓްއަށް ލުމަށްފަހު ނަކީލްއާއި ދިމާލަށް ރަގަޅަށް އެބުރިލާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

” އިޒް އެވްރީތިންގް އޯލް އައިޓް ބްރޯ” ކައިލް ކަންބޮޑު ވާން ފެށީ ނަކީލް އިސްޖަހައިގެން އިންނަން ފެށުމުންނެވެ. ކައިލް ނެތީގެސް ގޭގައި ކަމެއް ހިގީހެއްޔެވެ. ކިޔާރާއަށް އައިސްފައިވާ ފަދަ ބަދަލެއްކުއްލިއަކަށް ނަކީލްއަށްވެސް އައިސްފައިވަނީ މިއީ އިއްތިފާގަކަށް ވީހެއްޔެވެ.  ކައިލްގެ ހައިރާންކަން އިތުރުވެ އިތުރު ސުވާލުމާކެއް ޖެހުނީ ނަކީލް ކުއްލިއަކަށް ހޭންފެށުމުންނެވެ.

” އައި ލުކް ލައިކް އަ ފޫލް… ހައްހަހއްހަހަހަ…” ނަކީލް ހުނުން މައިތިރިކޮށް އެހެން ބުނެލީ ސީދާ ކައިލްއާއި ނަޒަރު ހަމަކުރަމުންނެވެ. ” ވައި…. ވަރަށް މަޖާތަ ކައިލްއަށް އަހަރެން މިހެން ތެޅޭ ތަން ބަލަން… ވަޓް ޑިޑް އައި އެވަރ ޑޫ ޓު ޔޫ…” ނަކީލް އަޑުބާރުވީ ކުއްލިއަކަށެވެ. ކައިލްއަށް ޓަކައި އެދެލޮލުގައިވި ނަފްރަތު ފެނި ހުދު ކައިލްވެސް ހައިރާން ވިއެވެ.

” ރިލޭކްސް… ވެގެން އުޅޭ ގޮތެއް ބުނީމަ ނު އެނގޭނީ… އަހަރެން ނަކީލްއަކަށް އެއްވެސް ދެރައެއް ނުދެން… ހަމަޖެހިބަލަ… އަހަރެން ދެކެނީ ތިއީ އަހަރެންްގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި… ރުޅިމަޑުކޮށްފަ ވާހަކައިން ހައްލު ކުރަމާ ނަކީލް ހިތްހަމަ ނުޖެހޭ ކަމެއް ވެފަ އޮތްނަމަ…” އެ ނާޒުކު ވަގުތުކޮޅުގައި ކައިލް އިހްތިޔާރުކުރީ މަޑުމައިތިރިކަމާއި އެކު ކުރިމަތިލުމަށެވެ. އެހެނީ ރުޅިއަކީ މީހާ ހަލާކުކޮށްލާ އެއްޗެކެވެ.

ނަކީލް ކޮޅަށް ތެދުވެ ދެކޮޅަށް ހިނގަންފެށީ އަތް ޖަހަމުންނެވެ.  ” އޯހް… އައި ޑިޑިންޓް ނޯ ދެޓް… އެންމެ ގާތް އެކުވެރީ ކަންތައްކުރާ ގޮތަށްތަ ކައިލް ކަންތައް ކުރީ… ނޯ…. ދުޝްމިނެއްވެސް އެހެން ނުކުރާނެ… މާ ހެޔޮ އެދޭ މީހެއް ކަމަށް ހެދިގެން …. ހާދަ ކުޅަދާނައޭ ކައިލް ދޮގުހަދާ އޮޅުވާލަން…”ހަށަން ބަންނަމުން ކައިލް އާއި ދިމާލަށް ބުނެލީ މަލާމާތުގެ ރާގެއްގައެވެ.

“ތިކިޔާ އެއްޗެއް ސާފުކޮށް ކިޔަން ވެއްޖެ އެއްނު…ލުކް.. ނަކީލް ހިތްހަމަ ނުޖެހިގެން ތިއުޅޭނީ ކިޔާރާ ޕްރޮޕޯޒްކުރުމުން ކަމަށް ވިއްޔާ ވަރަށް ބޮޑަށް ސޮރީ… އައި ޓޯލްޑް ހާ ޓު ޑޫ ދެޓް… އަަހަރެންގެ ކޮއްކޮގެ އެއަމަލަށް ނަކީލް ތިހާ ހިތްހަމަ ނުޖެހުނު ކަމަށް ވައްޏާ…” ކައިލްއަށް މިހާތަނަށް ވިސްނިފައި އޮތްވަރުން އެހެން ބުނެލީ ހީވިހީވުމެއްގެ މައްޗަށެވެ. ނަކީލް މިހާ ރުޅިއަންނަންވީ އިތުރު ސަބަބެއް ނުވިސްނުނީއެވެ.

” ހެހެހެ… ޔު އަރާ ސިސްޓަރ… އެޑޮޕްޑެޓް ހައް… ކުޑައިރުން ފެށިގެން… އިޒް ދިސް އަ ޖޯކް ކައިލް”  ކައިލް ގެ ޖުމްލަ ފުރިހަމަ ނުވީ ނަކީލް ކުރިމެރުމުންނެވެ. ލޮލުގެ ހިމަކޮޅުން ކައިލްއަށް ބަލާލީ އިންޒާރެއް ދޭފަދަ ގޮތަކަށެވެ. ކައިލްގެ މޫނުމަތިން ދާތިކިތަށް ވިދަން ފެށީ ހާސްވިވަރުންނެވެ. ވާހަކައިގެ މިސްރާބު ބަދަލުވެފައިވާ ގޮތުންނެވެ.

” އެހެންވިއްޔާ ބުނެދީބަލަ… ” ކިޔާރާ ” އެއީ ކޮން ގައުމެއްގެ ކުއްޖެއް ކަން… އާ ޔޫ ޝުއަރ” ނަކީލް ދެންވެސްކޮށްލީ މަލާމާތެވެ. ކައިލް ހަމައަކަށް އަޅުވަމުންގޮސް ނަކީލްގެ ގިރުވާނުގައި ހިފައި ބާރުކޮށްލީ އިންޒާރެއްދޭފަދައިންނެވެ. ” އަހަރެން ނުޖެހޭނެ ކޮންމެހެން ނަކީލް ތިކުރާހާ ސުވާލަކަށް ޖަވާބުދޭކަށް.. އިވިއްޖެތަ… އަހަރެންގެ ކޮއްކޮ ނަކީލްއާއ ހަވާލުކޮށްފަ ދިޔައީ އެކުއްޖާ ދެރަކޮށް ރޮއްވާހަދާކަށް ނޫން…އެކަކަށްވެސް ނީންނާނެ އެ ހައްޤެއް އަޑުއިވިއްޖެ… ޝީ އިޒް މައި ސިސްޓަރ…” ކައިލް ހީވަނީ ރުޅިން ނަކީލް ފިއްސާލަން އުޅޭހެންނެވެ. މިހުރިހާ އިރު ކަންބޮނޑުވެ ހާސްވެފައި ހުރި މީހެއް ހެންވެސް ހިއެއް ނުވެއެވެ.  ނަކީލް ގަމީހުން ކައިލް ގެ އަތް ނަޓުވައި ގިރުވާން ހެޔޮކޮށްލީ ހަމަޖެހިލަމުންނެވެ. ކައިލްގެ އިންޒާރަކަށް ރުޅިއަކަށް ނުސިހޭނެ ފަދައެވެ.

” އައި ހޭވް އެވްރީ ސިންގަލް ރައިޓް އޮން ހާ… އަ ރައިޓް ދެޓް ޔޫ ޑޯންޓް ހޭވް…” ނަކީލް އަކުރުތަކަށް ވަކިވަކިން ބާރުލަމުން ބުނެލީ ހަމަޖެހިގެން ހުރެއެވެ. އެދެލޮލުގައިވި ވިދުމުންވެސް ކައިލް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ބާރަކަށް ނަކީލް މޫނުމަތީ އަތް މުއްކަވާފައި ޖެހީ އެބުނެވުނު ޖުމްލާގައިވި މާނަ ނުބައިގޮތަކަށް ނެގުމުން ކަން ޔަޤިނެވެ.

” ހިޓްމީ އޭޒް މަޗް އޭސް ޔޫ ވޯންޓް… ހަޤީގަތް ވާނީ ހަޤީގަތަށް… ސުވާލަކީ އަހަންނަކީ “ކިޔާރާ”ގެ ކާކު ކަމެއް ނޫން… ތިއީ މާޔާގެ ކާކުހޭ..” ނަކީލް ކައިލްގެ މޭގައި އިގިލިން ޖެހުމަށް ފަހު މަޤާމު ވިސްނަން ހަދާންކޮށްދިން ފަދައެވެ.

“މާޔާ…” ކައިލް އަށް އެހެން ބުނެވުނީ ނަކީލް މާޔާގެ ނަން ކިޔާރާގެ ނަމާއި އިސްވެގެން ބޭނުން ކުރުމުނެންވެ.

“މައި ވައިފް މާޔާ” ނަކީލް އިތުރުކޮށްލިއެވެ. އެއާއި އެކު ކައިލް ފަހަރަކު ފިޔަވަޅެއް ފަހަތަށް އަޅަމުން ދިޔައީ ވަމުން ދާގޮތް ރޭކާލުމުންނެވެ.

” އާން.. މާޔާ…. އެއީ ކައިލްގެ ކޮއްކޮ ކިޔާރާއެއް ނޫން… އެގިއްޖެތަ… އެއީ އަަހަރެންގެ އަންހެނުން މާޔާ… ހަޤީގަތުގައި އައި ކޭން ސޫ ޔޫ… ބަޓްނޯ… ތެދުތެދަށް ކިޔައިދީ އަހަންނަށް … ކީއްވެ އަހަންނަށް ދޮގު ހެދީ … ކޮބާ މީގެ ބޭނުމަކީ…” ނަކީލް އަޑުމަޑުވީ ރުޅިމަޑުވުމުން ކަމަށްވެސް ވެދާނެއެވެ. ނޫނީ ހިތުގައި އުފެދިފައިވާ ޝަކުވާތަކަށް އެރުޅީގެ މައްޗަށް ކުރިހޯދުމުންކަމަށްވެސް ވުން އެކަށީގެން ވެއެވެ. ކައިލްވެސް މަޑުމަޑުން ފަހަތަށް ޖެހެމުން ސޯފާގައި އިށީނީ ނަކީލްް ގެ އެޖުމްލަ ގަބޫލުކުރަން ދަތިވުމުންނެވެ.

ނަކީލް ފޯނުން މާޔާގެ އާއި އެކު ނަގާފައިވާ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއް ދައްކާލީ އެއީ ނަކީލްދައްކަމުން ދިޔަ ވާހަކައަށް ހެއްކެއްގެ ގޮތުންނެވެ. ކައިލްއަށް އެފޮޓޯއަށް ބަލަން ހުރެވުނީ އާގަމަވެފައެވެ.  ” އިފް ޔޫ ނިއު ބިފޯ ކީއްވެ ނުބުނީ…” ކައިލް ލޮލަށް ކަރުނަ ޖަމާވާންވެށީ ކިޔާރާ ގެއްލިދާނެކަމުގެ ބިރުހީވުމުންނެވެ. ” ނަކީލް ބުނިނަމަ…ކިޔާރާ… ސޮރީ.. މާޔާ… ” ކައިލް ކެތްތެރިވެ ލޯފޮހެލީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުންނެވެ.

” އަހަރެން ކައިލް ކައިރިން އެހިން ދޯ ކިޔާރާއާއި ބެހޭގޮތުން…އެކަމަކު ދުނިޔޭގައި އެއްވައްތަރުގެ މީހުންވެސް އުޅެއޭ ބުނާތީ އަޑުއަހަން…ކައިލް ދިން ޖަވާބުން އަހަންނަށް މަޖްބޫރުވީ އެ ޝައްކުތަށް އެއްފަރާތްކުރަން… ހަމަ ގަސްތުގަ ދޯޯ އެދޮގު ހެދީ… ޔޫ ރިއަލީ ޑިޑިންޓް ނޯ؟ ” ނަކީލް އަދިވެސް ކައިލްގެ ކުށެއްނެތްކަން ޤަބޫލުކުރަން ބޭނުންނުވާފަދައެވެ. ކައިލްއަށް ވެފަ އިން ވަރުންވެސް އެކަމުގެ ހެެއްކަކަށް ފުދޭއިރުވެސް ނަކީލްގެ ހިތް ނުރުހެނީއެވެ.

“އައި އޭމްް ރިއަލީ ސޮރީ… އަހަރެން ދުވަހަކުވެސް ނަކީލްގެ އަންހެނުން ނުދެކެން… އެހެންވެ ނޭނގުނީ… އެނގިގެން އެއްވެސް ދެރައެއް ނުދެން… އެކަމަކު އައި ހޭވް އަ ރިކުއެސްޓް ފްރޮމް ޔޫ… ނަކީލް ގެ އަންހެނުން ނަކީލްއަށް ބޭނުން އިރަކުން ގޮވައިގެން ދިޔުމުގެ ބާރުއޮންނާނެ.. އެކަމަކު ޝީ ޑޯންޓް ނޯ އެނީތިންގް… ލެޓް ހާ ބީ ކިޔާރާ ޓިލް ޝީ ރެމެންބަރ އެވްރީތިންގް… ޑޯންޓް ފޯސް ހާ…މާޔާއަށް ކުއްލިއަކަށް ހަދާން އައިސްފި ނަމަ ކޮންމެ ގޮތެއްްވެސް ވެދާނެއޭ ޑޮކްޓަރުންބުނީ…. ހުރިހާއެއްޗެއް ހަދާންވުމުގެ ފުރުސަތުވެސް ވަރަށް ކުޑަ…ވަރަށް ކުޑަމިންވަރަކަށް ހަދާންވިޔަސް ޝީމައިޓް ނޮޓް ނޯ ހޯލް ސްޓޯރީ…” ކައިލް އާދޭހާއި އެކު ބުނެލީ ޖެހިލުންވެ ހުރެއެވެ.

” ސޯ…. އެނގޭތަ އަހަރެން މާޔާއަށް އިންތިޒާރުކުރިވަރު… ކިތަށް ރޭ… ކިތަށް ދުވަހު ތެޅުނިން… މާޔާ ވީތަނެއް ނޭނގި…އުޅޭނެ ހާލެއް ނޭނގި…ދިރިހުރިކަމެއްވެސް ނޭނގި… އައި ނޯ ވަޓް އިޒް ބެސްޓް ފޯ ހާ… އެކަމަކުވެސް އަހަންނަކަށް މާޔާ މުޅި އުމުރު ދުވަހަކު މިތަނަކު ނުބެހެއްޓޭނެ….” ނަކީލް އެހެން ބުނެލީ  މޫނު އަނެއްފަރާތަށް އަބުރަމުންނެވެ. ނަކީލްގެ ހިތުގައި ވެސް ވަނީ ހަމަ އެބިރެވެ. މާޔާގެ ހަދާނުން ނަކީލް އެއްގޮތަކަށްވެސް ނުވެއްޖިއްޔާ މާޔާ މިހެން ހިލޭ ފިރިހެނަކާއި އެކީ ދޫކޮށްލެވޭނެ ހެއްޔެވެ. އެއީ ނަކީލްއަށް ކުރެވޭނެ ކަމެއްނޫނެވެ.މިހެން ދުރުދުރުން މާޔާއަށް ބަލަން ކެތްވާނެ ހެއްޔެވެ.

” އެނގޭ…. ތިހުރިހާ ކަމެއްވެސް އެނގޭ… އެކަމަކު ނަކީލް ކިޔާރާއަށް…ސޮރީ.. މާޔާއަށް ދެރަގޮތެއް ނަހަދާނެކަން ވެސް އެނގޭ…  އަހަރެން ނަކީލްއަށް ހުރިހާވާހަކައެއްވެސް ކިޔައިދޭނަން އަހަންނަށް މާޔާ ފެނުނު ގޮތާއި ހުރި ހާ އެއްޗެއް..” ކައިލް އަޑުގައިވަނީ މޮޅިވެރިކަމެވެ. މީހަކަށް އެހީވާން ހަދައިގެން ބޮލުގައި އެޅުވުނީ ކޮންކަަހަލަ އިލްޒާެމެއްހެއްޔެވެ. މީގައިވަކި ނަކީލް ކުށްވެރި ކުރެވޭނެ ހެއްޔެވެ. ނޫނެކެވެ. ހުދު ކައިލް އެމާޤާމުގައި ވީނަމަވެސް ވާނީ މިހެންކަން ޔާޤީނެވެ. ނޭނގި ނަމަވެސް ކައިލް މިވަނީ ނަކީލްގެ ކުށްވެރިއަކަށް ވެފައެވެ. ދެލޯބިވެރިންގެ ދެމެދަށް ހުރަސް އެޅި މީހަކަށް ވެފައެވެ.

” އަހަންނަށް މާޔާ ފެނުނީ މީގެ ތިން އަހަރު ކުރިން ކޮރެއާއިން… އެތަށް އަހަރެއް ފަހުން ބައްޕައާއި އެކީ ކޮރެއާ އަށް ދިޔައީ ރަސްމީ ދަތުރެއްގައި… މިހެން މިބުނީ.. އައި ތިންކް ޔޫ ވިލް ނޯ…  މައިޑޭޑް ގެ ފޮސިޝަން… ބިޒްނަސް އެއީ ބައްޕަގެ ސައިޑް ޖޮބް އެކޭ ބުންޏަސް ދޮގަކަށް ނުވާނެ… ސަރުކާރުގެ މަތީ މަގާމެއްވެސް ބައްޕަދިޔައީ އޭރު ފުރަމުން… ވަކި މިވެނި މާޤާމެކޭ ނުބުންޏަސް ނަކީލްއަށް އެނގޭނެ ކަންނޭނގެ… އެނީވޭޒް… އަހަންނަށް ކޮރެއާއަށް ދެވުނީ  ތަޤްދީރުގައިވެސް މާޔާއާއި ދިމާވާން ލިޔެވިފަ އޮތީމަކަން ނޭނގެ… ކޮރެއާއަށް ދިޔާތާ ދެވަނަ އަށް ވީ ދުވަހު އަހަރެންގެ އަަތުން ކުޑަ އެކްސިޑެއްވެ އަހަރެންގެ ސަބަބުން އާއްމު މީހަކަށް އަނިޔާވުމުން އެމީހާގެ ޒިންމާ ނެގުމަށް އަަހަންނާއި ބައްޕަ ހޮސްޕިޓަލްގައި މަޑުކޮށްގެން ތިބެންޖެހުނު…އެނގޭނު ކޮރެއަން މީޑިއާގެ ގޮތް… އެއްވެސް ވަރަކަށް ހަބަރު ފެތުރެން ބޭނުން ނުވާތީ މީ އެންޑް މައި ޑޭޑް ވީ ބޯތް ވާ ވެއަރިން މާސްކް .. އެމީހާގެ ހާލު ނަސީބަކުން ރަގަޅުކަމުންނާއި ލިބުނު ޒަހަމްތަށް އެހާ ސީރިއަސް ނުވުމުން ފައިސާ ދީ އެކަން އެހިސާބަށް ނިންމާލެވުނު… ބައްޕަ އެދުވަހު އަހަންނަށް ވަރަށް އަޑުލައި ހެދި… އަހަރެންގެ ސަބަބުން ބައްޕަގެ އަގު މީހުންގެތެރޭގައި ގެއްލިގެން ގޮސްދާނެތީ… ހުރިހާ ކަމެއް ނިމުމުން އަހަރެމެން  ހިސްޕިޓަލް އިން ނިކުންނަން ހިގައިގަތީ  ފައިމަގުގަ..އެގޮތުން ހޮސްޕިޓަލް ގޭޓްއާއި ކައިރިވީ ތަނާ އިވުނީ މެދުއުމުރުގެ އަންހެނަކު މާ ސިއްރުސިއްރުން މީހަކާއި ވާހަކަ ދައްކާތަން…އެތަން ފެނި އަހަރެން ބައްޕަވެސް އެ ވާހަކައިގެ ސަމާލުކަމަށް ގެނައިން… މޫނު ނިވާކޮށްގެން ހުޑެއް އަޅައިގެން ހުރި މީހާއާއި ވާހަކަ ދައްކަމުން ގެންދިޔައ ގޮތުން އަހަރެމެންގެ ހިތުގައި ޝައްކެއް އުފެދުނީ.ބަލާބެލުމަށް މުއްސަދި އާއިލާއެއްގެ އަންހެނަކާއި ވައްތަރީ.. ކޮންމެވެސް ނުބައެއް ހިންގަން އުޅޭ ހެން ހީވީ… އެހެން ކަމުން އަހަރެމެން އެމީހުންނަށް ފާހަގަނުވާނެހެން ގަސްތަކުގެ ނިވަލަށް ވަދެ އެވާހަކަ އަޑުއަހަމުން ދިޔައީ ވަކި އެއްޗެއް ހިތުގައި އޮވެގެން ނޫން.. އެއަންހެން މީހާގެ ހުރި ސިއްރުވެރިގޮތުން ހިތަށް ބިރުވެރިކަން ވަނީ… އެމީހާކައިރީ  މީހަކު މަރާލުމަށް ބުނެލި ފަސޭހަކަމުން ހުދު އަހަރެން އެހާ ހައިރާންވި… އެއީ ކާކުތޯ ބެލުމަށް ޝައުޤުވެރިވީ ކީއްވެކަމެއްވެސް ނޭނގުނު… އެހޮސްޕިޓަލްގެ އައިސީޔޫގެ ރޫމް ނަންބަރާ އެމީހާ ކައިރީ ބުނެ މިކަން   ކުޑަވަގުތުކޮޅެއްގެ ތެރޭ ނިންމާލުމަށް ބުނުމުން އަހަންނަށް ބައްޕައާއި ހަތަރުކަޅި ހަމަކޮށްލެވުނީ ހައިރާންވިވަރުން…” ކައިލް މޫނުމަތިން ދާތިކި ފޮހެލީ އެދުވަސް ސިފަކުރެވުމުންނެވެ. ފުރަތަމަަ ފަހަރަށް އޭނގެ ކަމެއް ގާތުން ފެނުމުން ބިރުނުގަންނާނީވެސް ކާކު ހެއްޔެވެ. ނަކީލް އަށް ބަލާލި އިރު ޝައުޤުވެރިކަމާއި އެކީ ކައިލްގެ ވާހަކަތަށް އަޑުއަހަން އިން އިރު އެގެން ބޭނުންވެފައިވި މިންވަރު ހާމަވެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ޒިޔާ…. 8

Next

ދިހައެއް ( އަށާރަވަނަ ބައި )

Next
August 21, 2017

ދިހައެއް ( އަށާރަވަނަ ބައި )

Previews
August 21, 2017

ޒިޔާ…. 8

42 Comments!

  1. writer says:
    August 21, 2017 at 6:56 pm

    liyevunu varakun mi upload kodhiny…. kuru viyas this was the best I could do.. sorry… next part with in two days… happy reading

    1. Eshal says:
      September 12, 2017 at 3:04 pm

      Mi vaahaka emmefahun upload kuree 21 August ga, edhuvahu Writer buni next part upload kohdheynamey within 2 days thereyga, bunelan beynunvanee 2 days nuvaneetho?

  2. Mai says:
    August 21, 2017 at 7:08 pm

    Alhey vrh kiyaa hithun indha e nimuny… woww.. vrh vrh reethi… thihaa avahah up kh dhinyma vrh bodah thanx writer….?????☺

    1. writer says:
      August 21, 2017 at 7:15 pm

      Hehe…thank you mai… next lart balaanan bunu dhuwahah geneshdhesdheveytho..

  3. .......... says:
    August 21, 2017 at 7:12 pm

    Wow…
    Curios about wants gonna happen
    I love this story check koh koh hurrah this upkohdhinee thank u
    – yashmee-

  4. ??? says:
    August 21, 2017 at 7:17 pm

    Vvvv rythi mibaii vess… adhi thann kolheh dhigukoh liyefa nerunu nama maa kuriii

  5. yaina says:
    August 21, 2017 at 8:26 pm

    Its okkkk . Hehe asluves vvvvv reethi mibai ves . ماشا الله ….

    1. writer says:
      August 21, 2017 at 9:24 pm

      thank you

  6. Shaa says:
    August 21, 2017 at 8:31 pm

    V reethi ekamaku maa avahah nimunee

  7. Xxxx says:
    August 21, 2017 at 8:42 pm

    Dear v.nice mi part ves..avahah upkoh dhineethee thankx a lot….v.bodah waiting 4 next part???????????keep it up..????

  8. Khadheeja says:
    August 21, 2017 at 8:44 pm

    Haadha kuru alhe??

  9. Any says:
    August 21, 2017 at 8:54 pm

    Masha ahllh v furihama

  10. ihoo says:
    August 21, 2017 at 9:33 pm

    v reethi v furihama
    ????

  11. writer says:
    August 21, 2017 at 9:55 pm

    Thank you everyone… kuru kan egey…ekam miah vure dhigu koh genesdheyna inthizaaru kuran jeheyne… this is the best i can do… i ll try dhn faharakun

  12. Aish says:
    August 21, 2017 at 10:15 pm

    Adhi kithah part ihnaanethr

    1. writer says:
      August 21, 2017 at 11:16 pm

      Mi nimeny dhn

  13. Adha? says:
    August 21, 2017 at 11:16 pm

    Haadha haa vaa reechey mi part ves??
    Thanks thihaa haalun ves up kohla dheythyve..
    Waitingss ❤❤❤❤

  14. khajja says:
    August 22, 2017 at 1:06 am

    Wow masha allah??? v rythi v furihama when nxt prt avskollabala gud nyt ly????❤❤❤??????

  15. naann says:
    August 22, 2017 at 8:27 am

    How many parts are remaining writer?? Btw Vhk vrh reethi.. waiting for the next episode..

  16. click a shot ? says:
    August 22, 2017 at 3:18 pm

    Mi part ves varah reethi …kiyaahithun indha nimuny…anyways waiting for next part….ly??

  17. Cherry says:
    August 22, 2017 at 6:52 pm

    1Kuruvun massala eh noon. Thikuraa hiyvarah hama saabas dear❤?????

  18. Eager reader says:
    August 23, 2017 at 6:50 pm

    Mihaaru 2 days veenu mioh

  19. writer says:
    August 24, 2017 at 9:12 am

    Mi vee two days ga varah balikoh ulhuny ehve lap ga ai nulan…. in sha allah miadhu liyan fashaanan …sorry for the delay

  20. Shafu says:
    August 24, 2017 at 1:24 pm

    Waitin waitin
    …i jst love this story….keel ge mom bust vaan dhw miulhenii….?????v avahah up kohdhehcheyy…

  21. Xaan says:
    August 26, 2017 at 3:19 pm

    Koba vaahaka kiyaahithun kehmadhuvany

  22. Ash says:
    August 26, 2017 at 5:53 pm

    Kobaatha story ? Inthizaaru koh koh varubali vejje .. ?

  23. Maa says:
    August 27, 2017 at 11:24 pm

    Writer get well soon…..

  24. Shafu says:
    August 29, 2017 at 2:28 am

    ???????☹️???

  25. ??? says:
    August 30, 2017 at 11:55 am

    Dhenn avahah nerebala☺

  26. Naa says:
    September 2, 2017 at 6:35 pm

    When is the next part…..desperately waiting…..

  27. Xaan says:
    September 6, 2017 at 11:06 am

    Plx plx plx vaahaka up kohdheeber

  28. @min? says:
    September 6, 2017 at 2:19 pm

    Alhey koniraku tha vaahaka up vaani….
    haadha dhigu inthizaarekey

  29. ??? says:
    September 7, 2017 at 8:09 pm

    Haadha lahey konn dhuva hakunn tha vaahaka nereniiiiii

  30. ihoo says:
    September 7, 2017 at 11:20 pm

    avahah up kohladheeba please please please.?????????

  31. ??? says:
    September 9, 2017 at 12:03 pm

    Konn dhuvahakunn nereniii mivaahaka anehbaiiii mihaaru mivaahaka mathinn foohi vaan fashaifii nereyleh lass kamunn

  32. Nasth says:
    September 10, 2017 at 1:57 pm

    Kohdhuvahakuhtha mi vahak up kurani Avas kohdhybr v kiyr hihvay mi vahak

  33. Shafu says:
    September 10, 2017 at 2:41 pm

    Buni v avahah up kohdheynamey…i guess mihaaru dhn up kureveyhaa dhuvas vedhaane dhw…bt still waitin…??

  34. Chum says:
    September 11, 2017 at 4:48 am

    Alhe v dheravey mivaahaka mihaaru up nukuraathy. Komme dhuvahaku adhives balan. V dhurah dhaa fahun mi vaahakaige part eh fennanyves. Writer alle huttaalytha. If so v v v hurt vaane igey. Coz mee mihaathanah ki emme interesting eh vaahaka ey bunyas dhogakah nuvaane. V dhera vey eba. Pwees up kolladhyba
    And hope writer ge haalu ragalhu kamah

  35. Maa says:
    September 11, 2017 at 2:31 pm

    Get well sooon writer

  36. xaan says:
    September 13, 2017 at 3:28 pm

    PLXXXXXXXXXX WRITER VEEGOTHEH ANGAALABER EYRUN DHW INGEYNY

  37. Shin says:
    September 17, 2017 at 7:16 pm

    Mi vaahaka mihaaru hisaaabun nimuny tha.. Alhey writer GE haalu rangalhu tha.. Alhe ans eh kohbala… N mi vaahaka avahan up kohdheyne kamah nukuran….. N hope writerge haalu rangalhu kamah

  38. Suney says:
    September 20, 2017 at 8:48 pm

    This is my first comment on this esfiya story. Hama kiyaahithun konme dhuvahaku eba beley. Dhen koniraku tha up kuraany? Pls rply eh kohba.

Comments are closed.

Next Episodeދުރުގައި ވިޔަސް…←


All Right Reserved!