Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުއްމީދު ފެނަށް ވިޔަސް (2ވަނަ ބައި)

Shiu Level 1100 Login
January 20, 2014 6 Mins Read
10 Comments

ރާއިލް އަކީ އަހަރެންގެ ދަރިވަރަކަށްވިޔަސް އޭނާ އެ ދެއްކި ވާހަކަ ހާދަ އިބުރަތްތެރިއެކެވެ. ގުރޭޑް ދިހައެއްގެ ދަރިވަރަކު ފުރިހަމަ ބައްޕައެއްގެ ވިސްނުން ހުރުމުން އަހަރެން ފަޚްރުވެރިވިއެވެ. މިފަދަ ދަރިންތަކެއް މުޖުތަމައަށް ނެރުމުގައި އަހަރެންގެ އަތެއް ވީތީއެވެ.

     އެރޭ ނިދަންއޮވެފައި އަހަރެން އެ ނުދަންނަ ޒުވާނާއަށް މެސެޖެއް ކޮއްލީމެވެ.ހަމައެކަނި ގުޑްނައިޓް ލިޔެލާފައެވެ. ޖަވާބެއް ނުލިބުމުން އޭނާއަށް ގުޅާލީމެވެ. އޭނަ ބިޒީކޮއްލިއެވެ.އިރުކޮޅެއްފަހުން ގުޅިއެވެ. ” އަހަރެން ހަބަރެއް ނުވީމަ ކެތްނުވީދޯ..ނިޝާ ކިތައްމެ ނޫންކަމަށް ހެދުނަސް އަހަންނަން އެގޭ ނިޝާ އަށްވެސް މިހާރު އަހަރެން މިސްވާނެކަން..އެކަމަކު ލޯބީ ހާދަ ދިގު އިންތިޒާރެއް ތި ކުރުވީ..” އޭނާ ލުއި ހުނުމަކާ އެކު ބުނެލިއެވެ.އަހަރެން ހީލީމެވެ.އޭނާ އަށް އިވޭވަރަށެވެ. އެ ހިތްގައިމު އަޑުން އަހަރެންގެ ހިތަށް ފިނިކަން ލިބުނެވެ. ކުރަން ބޭނުން ސުވާލުތަކުން ހިތާއި ސިކުނޑި ފުރިފައިވިޔަސް އަހަންނަން ކުރެވުނީ އާދައިގެ ސުވާލެކެވެ.” ކީއްވެ ނިޝާ ތިކިޔަނީ. މިއީ ނިހާޝާ އޭ. ފުރެންޑުން ކިޔަނީ ނިހާ ” އެއާއެކު އޭނާ ހީގަތެވެ. އެ ލާނެތް ހިނިގަނޑު އަހަންނަށް ވަރަށް ކަމުދިޔައެވެ.

 ” ހުހުމްމްމްމްމް……އެނގޭ ތިކަން. އެކަމަކު މިއީ ނިޝާގެ ފުރެންޑެއް ނޫނޭ، މީ ނިޝާ އާހެދި މޮޔަވެފައިވާ އާޝިޤެކޭ.އެހެންވީމާ އަހަރެން ކިޔާނީވެސް ޚާއްސަ ނަމަކުން.އަހަންނަކީ ޔާނިޝް. އަހަންނަން ނިޝާ ފުރަތަމަ ފެނުނީ މާލެއިން.އަހަރެން ނިޝާއާ ބެހޭ މައުލޫމާތު ހޯދިން. އަހަންނަން އެނގުނު ނިޝާ ކޮލެޖުގައި އުޅޭކަން. އަހަންނަން ނިޝާއާ ހަމަޔަށް ނުދެވިގެން އުޅެނިކޮށް އޮފީސް ދަތުރެއްގައި ބޭރަށް ދާން ޖެހުނީ.އެނބުރި އާދެވުނުއިރު ނިޝާ ރަށަށް ބަދަލުވެއްޖެ. އަހަރެން ހީކުރީ އަހަންނަން އާދެވުނުލެއް ލަސްކަމުން މިހާރު ނިޝާވާނީ މީހެއްގެ ޚައްޤަކަށް ކަމަށް. އެހެންވެ ނިޝާގެ ހަޔާތާބެހޭގޮތުން ހޯދަން ނުކެރިފައި ހުރީ. އެހެން ހުއްޓާ ކުރީމަހު އޮފީސް ދަތުރެއްގައި ތިރަށަށް ދިޔުމުން ނިޝާ ފެނުނީ ސްކޫލުން ނިކުންނަނިކޮށް. ހާދަ ސަޅި މިސްއެކޭ އަހަރެން ބުނެލީ ނަސީބު އަތުގައި ހިފާފާނެކަމަކަށް ނޫން.ތަޢުރީފު ކޮށް ނުލާ ނުހުރެވިގެން. އެވަގުތު އަހަރެންގެ ކައިރީގައި ހުރި އަހަރެންގެ ބެސްޓްފުރެންޑުގެ ކޮއްކޮ ރާއިލް އަށްވެސް އިވޭވަރަށް. ނިޝާގެ ޑައިރީ އަހަންނަށް ކިޔައިދިނީ ރާއިލް. މިކަމުގައި އަހަރެންގެ ހުރިހާ ޕްލޭނަކަށް ހެލްޕް ދިނީ އެދެބެއް. ނިޝާ ޕްލީޒް އައިލަވްޔޫ..އައި ނީޑްޔޫ. އައި ވޯންޓްޔޫ..ޕްލީޒް”

” އެކަމަކު ކީއްވެ ރާއިލްއަށް އަހަރެންގެ  ޕާރސަނަލް ލައިފް އެގެންވީ” ޔާނިޝްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަންނަން ކޮއްލެވުނީ ސުވާލެކެވެ. “ނޭގެ” ޔާނިޝް ދިނީ ކުރުޖަވާބެކެވެ. އެއަށް ފަހު ވެރިވީހަމަހިމޭންކަމެވެ. ” ނިޝާ، އަދިވެސް ގަބޫލު ނުކުރެވޭތަ؟ ވަރަށް ލޯބިވޭ…..ސާބިތުކޮއްދޭން ކިހިނެތް ހަދަންވީ..” އެ ހިމޭންކަން ނަގާލީ ޔާނިޝް އެވެ. “ގަބޫލު ކޮއްފިން ، އެހެންވެ ދޯ ރާއިލް މިއަދު މާމޮޅު ޑުރާމާއެއް އެކުޅުނީ..”އަހަންނަށް ހީވި އެއްޗެއް ބުނެލީމެވެ. އަނެއްކާވެސް ޔާނިޝް ހީލިއެވެ.” ހުމް” ޔާނިޝް އެއްބަސްވިއެވެ.  “ޔާޝް…..އަހަރެން…….ޔާޝް.” .އަހަރެން ބޭނުންވީ ބުނާށެވެ. އެހެނަސް އެ ހިއްވަރެއް ނުލިބުނެވެ. ” ނިޝާ ލޯބީ…..އަހަންނަށް އެގޭ…..ދެން ތިވާހަކަ ދައްކަން ނޫޅޭތި..އެއީ ނިޝާގެ މައްސަލައެއްނޫން..އަހަރެން ބޭނުމީ ނިޝާ.. ނިޝާގެ ލޯބި…ނިޝާގެ މާޒީގެ އެއަދިރި ދުވަސްތައް ހަނދާން ނުކުރޭ ލޯބީ…” އަހަންނަން ރޮވުނެވެ.އަހަރެންގެ ހިތުގެ އަޑު ޔާޝް ދެނެގަތްލެއް ފަސޭހަ ކަމުންނެވެ. އަހަރެންގެ ނުކުޅެދުންތެރިކަމާއެކު ބަލައިގަތީމައެވެ.އަހަރެން ރޯލަށް ވަގުތުކޮޅެއް ޔާޝް ދިނެވެ.

 ” އުހުއުހުމް…ދެން ނުރޯތި…އަދި އެއްފަހަރު ވަރަށް ލޯބިން ޔާޝް އަށް ގޮވާލަބަލަ..ޔާނިޝްއަށް ޔާޝް ތިކީ ހަމައެކަނި ލޯބި..ގޮވާލަބަލަ…” ޔާޝްގެ ވާހަކަތަކުން އަހަންނަން ހެވުނެވެ. ” ނުގޮވައިފިއްޔާ..” ޔާޝް ބުނަނީ ކީކޭތޯ އަހަރެން އަހާލީމެވެ. ކައިރިއަށް އައީމަ ސްޕެޝަލްކިސްއަކުން ފުއްދާލަށް ޖެހޭނީ” ލާނެތް ހިނިގަނޑަކާއެކު ޔާޝް ބުންޏެވެ. އަހަރެންގެ މޫނު ރަތްވެގެން ދިޔައެވެ. ކައިރީގަ ޔާޝް ނެތްކަން ނަސީބެވެ.އެހެންނޫންނަމަ އިތުރަށް ރަކި ކޮއްލާނެއެވެ.

   އަހަރެންގެ ފޭކު ހިނިތުންވުން ހަގީގީ ހިނިތުންވުމަކަށް ބަދަލުވިއެވެ. ސްކޫލުގެ މުވައްޒަފުންނާ ދަރިވަރުންވެސް އެ ސުވާލު އަހަންނާ ކުރަންފެށިއެވެ. އަހަރެންގެ މޫނު އުޖާލާ ވެފަވާތީއެވެ.މާނަވީ ހިނިތުންވުމެއްގައި އިންނަނީ ރާއިލް އެކަންޏެވެ. “ތޭންކްސް..މިސް އަށް ޓަކައިތަ އެ ޓެސްޓުން އެހާ ދަށްވީ..މިސްވެސް ގަބޫލެއް ނުކުރަށް ރާއިލް އެހާ ދަށްވެދާނެ ކަމަކަށް..ތިންފަހަރު އެ ޕޭޕަރ ޗެކްވެސް ކުރިން…” އަހަރެން ބުނީމެވެ ” މިސް ވާޤުރުބާނީ އާ ބަލާއިރު އެ އެކައްޗެއްވެސް ނޫން..” ރާއިދު ހީލިއެވެ. ” އޯކޭ..ދަރިވަރަކު މިސް އާ ދައްކަންޖެހޭ ވާހަކައެއް ނޫނީ ދެން ނުދައްކާތި..ތޭންކްސް.. އެންޑް މިދިނީ އިންޒާރެއް އިގޭ” އަހަރެންވެސް ހީލީމެވެ.

   ބޮޑުޗުއްޓީ ފެށުމާއިއެކު އަހަރެން މާލެ ދިޔައީމެވެ. ޔާޝް ޑޭޓަކަށް ކިޔުމާއި އެކު އަހަރެން ފިނިވިއެވެ.ޔާޝްއަށް އަހަރެން އެގުނަސް އަހަރެންނަކަށް ޔާޝްއެއް ނޭގެއެވެ. ޕިކެއްވެސް ނުދެކެމެވެ.އެހެނަސް އަހަރެން ހިތްހަމަޖެހެއެވެ. އަހަންނަކީ އެއްއިރެއްގައިވެސް ސިފައަކަށް ސަމާލުކަން ދޭ މީހެއްނޫނެވެ.ޓްރަސްޓް ކެއާ އެންޑް ޝެއާ އެއީ އަހަރެން ބޭނުންވާ ތިންސިފައެވެ. އެ ތިން ސިފަވެސް ޔާޝްގެ ގައިގައި  އެބަހުއްޓެވެ. އާ ހަޔާތަކަށް ފެށުމަށްޓަކައި އަހަރެން އެރޭ ރީތިވެލީމެވެ.ކުޑަކޮށް މޭކަޕް ކޮއްލީމެވެ. 9 އަށް ރެޑީވެލީމެވެ.ޔާޝްގެ އެދުމުގެ މަތިން އެރޭ އަހަރެން ރެޑީވީ ހުދާއި ކަޅުންނެވެ. ދޮރާށިކައިރީ މަޑުކޮއްލައިގެން ހުރިއިރު މަގުންދާ ބައެއްމީހުންގެ ނަޒަރުން އަހަންނަން އުދަގޫވާތީ އިސްޖަހާލައިގެން ހުރީމެވެ.

” ނިޝާ ލޯބީ…ހާދަ ސަޅިއޭ……ވާވް..” ނުހަނު ކައިރިން އިވުނު ޔާޝްގެ އަޑުން އަހަރެން ފިނިވިއެވެ. މަޑުމަޑުން އިސްއުފުލާލަމުން ޔާޝްގެ މޫނަށް ބަލާލީމެވެ. އެއާއެކު މުޅި އާލަމްމަތިންވެސް ހަދާން ނެތުނެވެ.އެ ރީތި ދެލޮލަށް ބަލަންހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭގުނެވެ. ” އުހުމްއުހުމް….ވާވް ނައިސް ކަޕަލްއެއް..ސަރ މިރޭ ފަހަރި ފޮރުވަންވީދޯ” އަހަރެން ލަދުން އިސްޖަހާލީމެވެ.އެއީ ޔާޝްގެ ޓީމްކަށް އެގުނީމައެވެ. އެމީހުންނަށް ލާނެއް ރައްދެއް ދެމުން ޔާޝް އަހަރެން ގޮވައިގެން ސައިކުގައި ދުއްވާލިއެވެ.

    ދެންއައީ ހިފެހެއްޓުމެއްނެތް ލޯތްބާއި އުފަލާ ހިތްހަމަޖެހުން ގެނުވި ދުވަސްތަކެކެވެ. އެ ގޮތުގައި އެއްމަސް ފާއިތުވީ ގޮތެއްވެސް ނޭގުނެވެ. ދެ ފަރާތުގެ އާއިލާއަށް ސަޕްރައިޒެއް ދިނުމަށްޓަކައި އަހަރެމެން ރޭވީ އާގޮތެކެވެ.

 އަހަރެން ޔާޝް ގެ އާއިލާއަށް ތައާރަފު ކޮއްދިނީ އެކުވެރިއެއްގެ ގޮތުގައެވެ.  އަހަރެންގެ އާއިލާއަށް ޔާޝް ތައާރަފު ކޮށްދިނީވެސް ހަމަ އެގޮތަށެވެ. ދެމީހުންގެ އާއިލާ އާއެކު ވަގުތު ހޭދަ ކުރަމުން އާއިލާ މެމްބަރެއްގެ ގޮތުގައި ގަބޫލުތޯ އެހީއެވެ. ދެފަރާތުގެ ރުހުން ލިބުމުން އަހަރެމެން ވަރަށް އުފާވިއެވެ. އެއަށްފަހު ސިއްރުން ކައިވެނީގެ ކަންތައްތައް ހަމަޖައްސައް ފެށީމެވެ. ފޯމް ނަގައިފައި ނޫނީ އެކަކު ކައިރީވެސް ނުބުނަން ނިންމައިގެންނެވެ.

     ހާލަތު ބަދަލުވާކަށް ލަހެއްފަހެއް ނޯވެއެވެ. ކިތައްމެ ފޮނި ތަދުބީރެއް ކުރިޔަސް ތަޤްދީރުގެ މައްޗަށް ބާރެއް ނުފޯރުވެއެވެ. އަހަރެންގެ ލޯ ކަރުނުން ފުރާލީ އެކިކަހަލަ ހަމަނުޖެހުންތަކުގައި ރާއްޖެ ހަލަބޮލިވުމުންނެވެ. ޤައުމުގެ ސަލާމަތަށް ޤުރުބާންވާ ސަފުގައި ޔާޝްވެސް ވާތީ ކުއްލި ގޮތަކަށް އޭނާ އެލާޓަށް ދާންޖެހުމުންނެވެ. އަބަދުވެސް އަމިއްލަ ދިރިއުޅުމަށް ވުރެ ޤައުމު އޭނާއަށް މުހިއްމެވެ. އެލާޓްގައި ތިން ހަފުތާ ވެގެންދިޔައިރު ފޯނުންވެސް އަހަރެމެން ދިމައެއް ނުވެއެވެ. އެހެނަސް ކެތްތެރިކަމާއެކު އަހަރެން އިންތިޒާރު ކުރަމުން ދިޔައީމެވެ. ޔާޝްވެސް އަހަންނަށް އެދޭކަށް އެގޭތީއެވެ.

      މަސްދުވަސް ފަހުން އަހަންނަށް ޔާޝްފެނުނެވެ. އެސާފުރީތި ދެލޮލުން ވޭން އަހަރެން ދުށީމެވެ.ތަކުރާރުކޮށް އެ ސުވާލު އަހަރެން ކުރީމެވެ. މާ ވަރަކަށް އަހަރެން އެ ސުވާލު ކުރަން ފަށަނިކޮށް އޭނާގެ ލާނެތްބައި ކުރިޔަށް ޖައްސާލައެވެ. އަހަރެން ލަދުގަންނުވާލުމުން އެ ވަގުތަށް އޭނަ ސަލާމަތްވާތީއެވެ.އޭރު އަހަރެމެންގެ ކައިވެއްޏަށް އޮތީ އެންމެ ފަނަރަ ދުވަހެވެ. ޔާޝް ބަނޑުގައި ދެއަތުން ބައްދާލައިގެން އިންއިރުވެސް އެރީތި ދެލޯ ކަރުނުން ފުސްވަމުންދިޔައެވެ. މޫނަށް ގަދަރަތް ކުލައެއްވެރިވަމުންދިޔައެވެ. އެ މޫނަށް އެކަނި ބަލާލުމުންވެސް އޭނާއަށް ކުރާވޭން އިހުސާސް ކުރެވުނެވެ.

 އެމްބިއުލާންސް ތެރޭގައިވެސް އަހަރެން ޔާޝްގެ އަތުން ދުލެއްނުކުރަމެވެ.އުއްމީދު ގެއްލުވައެއްނުލަމެވެ. އަހަރެން ޔާޝްއާއެކު ޑޮކްޓަރ ރޫމަށް ވަންނަން ދިޔުމުން ޔާޝް އަހަރެން ކޮއްޕާލިއެވެ.އެފަދަ ކަމަކަށް ވިސްނިފައި ނެތުމުން ނުވެއްޓުނީ ކިރިޔާއެވެ. އޭގެ ދެގަޑިއިރު ފަހުން ޔާޝް އެރޫމުން ނިކުތީ ހިނގާލާފައެވެ. އެ ތުންފަތުގައި ދުވެލަދުވެލަ ހުރީ އެ ހިތްގައިމު ހިނިތުންވުމެވެ. ހޮސްޕިޓަލްތެރޭގައިވާމީހުނަށްވެސް ބެލުމެއްނެތި ޔާޝް އަހަރެންގެ ގައިގައި ކުޑަގޮތަކަށް ބައްދާލިއެވެ.

   އަހަރެންގެ އުނގުގައި ބޯ އަޅާލައިގެން ޔާޝްގެ އެނދުގައި އޮތްއިރު އިރުއިރުކޮޅުން ސީލިންގަށް ނަޒަރު ހުއްޓާލާތީ ފެނުނެވެ. ” ނިޝާ …ލޯބީ..ބީ ސްޓްރޯންގ ގާލް…ޔާޝް ނެތަސް ލައިފްގާ ޕުލުސްޓޮޕް ނުޖަހައްޗޭ އިގޭ… ލޯބީ މޫވް އޮން ކުރައްޗޭ އިގޭ ހަނީ  .” އޮތްގޮތަށް އޮވެ ޔާޝް ބުނެލިއެވެ. ” ކިހިނެތްވީ’ އަހަރެން އަހާލީ އާދައިގެ ގޮތަކަށްވިޔަސް ހިތްހީވީ ފުޑުފުޑުވިހެނެވެ.އެލާޓަށް ފަހު ޔާޝްއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަށް އަހަންނަން އެގެއެވެ. އެހާ ފޯރީގައި ކުރިޔަށް ގެންދިޔަ ކައިވެނީގެ ނަންވެސް ޔާޝް ބުނެނުލައެވެ. ” ނިޝާ ލޯބީ…އަހަންނަކީ ވަރަށް ގިނަ ބޭސް ތަކަށް އެލާޖިކްވާ މީހެއް.. ބުނެވިދާނެ ޕެނަޑޯލް އެކަންޏޭ ކެވެނީ…މި ފަހަރުގެ އޮޕަރޭޝަންގައި ވި އެންޖަރީ ރަގަޅެއް ނުވާނެ އަހަންނަން ބޭސް ނުކެވޭތީ…ލޯބީ ޔާޝްއަކީ މިހާރު ވަގުތީ މެހެމާނެއް….އަބަދަށް ޓަކައި ލޯމަރާލާނެ ވަގުތެއް ބުނަންނޭގޭ މުސާފިރެއް..” ޔާޝް އަސަރާއެކު ބުނެލިއެވެ.

 ” ނޫން ތިހެނެއް ނުވާނެ…ޔާޝް ތިހެން ނުބުނޭ އިރާދަ ކުރެއްވިއްޔާ…..” ދެންވީގޮތެއް އަހަންނަކަށް ނޭގުނެވެ.ހޭއެރިއިރު އަހަންނަން އޮވެވުނީ ޔާޝްގެ އުނގުގައެވެ. އަހަރެންގެ މޫނާއި ބޮލުގައި ފެން އުނގުޅާލައުނގުޅާލަ ޔާޝްއިނެވެ. އަހަންނަން ރޮވުނެވެ.ފުރޮޅިލަމުން ޔާޝްގެ ބަނޑާއި އުނަގަނޑާއެކު ބައްދާލެވުނެވެ.ޔާޝްވެސް އެނދުމައްޗަށް ވެއްޓިގަތެވެ. އެއަށްފަހު އަހަރެންގެ ދެއަތުގައި ހިފާ ދަމާލަމުން އޭނާގެ މޭމަތީގައި ބާއްވާލިއެވެ. ދެމީހުން އެކަކުއަނެކަކު ގައިގައި ބައްދާލައިގެންތިބެ ރުއީމެވެ. އަހަންނަން ހޭވެރިކަންވީ އަޞްރުނަމާދު ބަންގީގެ އަޑަށެވެ.

    ފެންވަރާލައިގެން ނިކުމެ އަހަރެން ނަމާދުކޮއްލީވެސް ޔާޝްގެ ކޮޓަރީގައެވެ. ޔާޝް އޭރުވީ މިސްކިތަށްގޮހެވެ.އަހަރެން އަޒުމްކަނޑައެޅީމެވެ. ޔާޝް އަށް ލިބިފައިވާ މަދުދުވަސްކޮޅުގައި އުފަލާ އަރާމުން އެހިތް ފުރާލަ ދިނުމަށެވެ. ޔާޝް ކޮޓަރިއަށް ވަނުމާއެކު އަހަރެން ދުއްވާލަށް ދާންއެދުނީމެވެ. ފުރަތަމަ ރޭ ފަދައިން ރީތިވެލައިގެންނެވެ. ޔާޝްގެ ތުންފަތަށް ވެރިވި ހިނިތުންވުން އަހަންނަން ސިފަކޮއްދޭކަށް ނޭގެއެވެ. އޭނާ ރެޑީވީ އަހަރެންގެ ކުރިމަތީގައެވެ. އަހަރެން ލަދުން މޫނުގައި އަތްއެޅުމުން އެލާނެތް ހިނިގަނޑުގެ އަޑު އިވިގެންދިޔައެވެ.އަހަންނަން ހިނިތުންވެލެވުނެވެ.އެއާއެކު ދެލޯ ކަރުނުން ފުރުނެވެ.އަހަރެން އަވަސްއަވަހަށް ދެލޯ ފުހެލީމެވެ.

        “އަހަރެން ބޭނުން ޔާޝްއާއި މެރީކުރަން.”.އަހަރެންގެ އަޑު އިއްވާލީ ގާޑިޔާ ދޮށުގައި ކުނރުބާ ބޯން އިދެފައެވެ. ” ތި ވަރަށް ލޯބި ނުވޭ ނިޝާ ލޯބީ…” ޔާޝް ބުނެލީ އެހެންނެވެ. އެތަނުން ތެދުވެގެން މާލެވަށާ ބުރެއް ޖެހުމަށް ފަހު އަހަރެމެން ގޮސްވަނީ ވުޑްއެޕަލްއަށެވެ.ފުރަތަމަރޭގެ ހަނދާން ވުމާއެކު ދެލޯ ކަރުނުން ފުރުނެވެ. އަވަސް އަވަހަށް ދެލޯފުހެލީ ޔާޝްއަށް ފެނިދާނެތީއެވެ.އަހަރެން ވައްކަޅިން ޔާޝްއަށް ބަލާލިއިރު އޭނާވެސް ލޯފުހެލައެވެ. ” ލޯބީ…މިލަވަ އަޑުއަހާލަބަލަ.ޔާޝް ހެޑްސެޓްގެ އެއްފަޅި އަހަރެންގެ ކަންފަތުގައި  އަނެއްފަޅި ޔާޝްގެ ކަންފަތުގައި ޖަހާލިއެވެ. ލަވަ ޕްލޭ ކޮއްލެވުމާއިއެކު އަހަންނަން ޔާޝްއާއި ހަތަރު ކަޅި ހަމަކޮއްލެވުނެވެ.

” ކަލާގެއަސަރުގަ އަދު ނިމިގެން ދަނީ އެހަދާން ކުރައްވައްޗޭ

   ހަލާކުވެ ހިތްމަގޭ ވިރިގެން ދަނީ އެ ހަދާން ކުރައްވައްޗޭ.

ވަޞިއްޔަތް ތައް މިކުރުމާއެކު މިދުނިޔޭން ވަކިވެގެން ދިޔުމުން

   މި ތަނުގާނެތްކަމަކު މިއަޅާ ހަނދާނުން ފޮހެ ނުލައްވައްޗޭ

ކަލާގެ އަސަރުގާ………….

ނުހަނު ލޯބިން އުޅުނުހިނދުގާ ކުށެއްވެވިފާ ކުރިންވަންޏާ

    މަރަށް ހާޟިރުވެދާ ހިނދުގާ އަޅާއަށް މައާފު ކުރައްވައްޗޭ

ކަލާގެ އަސަރުގާ…….

އަޅާ ފަސްދާނުލާ ހިނދުގާ އަޅާއަށް ރަޚްމަތަށް އެދެމުން

  ސަލާމް ކުރުމުގެ ގޮތުން ތިންމުއްވެލިން ހަދިޔާ ކުރައްވައްޗޭ

ކަލާގެ އަސަރުގާ…………

     ލަވަނިމުމާއެކު އަހަންނަކަށް ކެތެއްނުކުރެވުނެވެ. ފުއްމައިގެން ތެދުވެ ޔާޝްގައިގައި ބައްދައިގަންނަމުން ގިސްލާރޯންފެށުނެވެ. ” ލޯބީ…ބީ ސްޓްރޯންގ…”ފިސްވެފައިވާ އަޑަކުން ޔާޝް ބުނެލިއެވެ. އިރުކޮޅެއްފަހުން އަހަރެން ގޮޑީގައި އިށީދެލީމެވެ. ޓިޝޫ އަކުން މޫނުފޮހެލަމުން  ހިތި ހިނިތުންވުމެއް ޔާޝްއަށް ރައްދު ކޮއްލީމެވެ. ” ބޭބީ…އަދި އެއްލަވަ…” ޔާޝް ބުނެލިއެވެ. އަހަރެން ހީލީމެވެ. މިފަހަރު ހެޑްސެޓް އެޅުވީ އަހަންނެވެ. ލަވައިގެ ގޮތުގާ ޔާޝް ގެ ވަޞިއްޔަތް ބަލައިގަތުމަށެވެ.

ރިހިރޭތަކުން އާވީ އޭރުގެ ހަނދާނޭ އުފަލާއެކީ ލޯބިން އުޅެވުނުޒަމާނޭ

    އޭނާގެ ލޯތްބެއް ހިތަކުން ނުދާނޭ އަހަރެންގެހިތް އަދިވެސް އެހަދާން ކުރާނޭ

ރިހިރޭ ތަކުން…………………………………

އެކިރޭދުވާއެކުގާ އުފަލުން ގުނީމޭ، ހެކިކޮށް ހަނދާތަރިތައް ހުވައެއްކުރީމޭ

            ވަކިވުންނުވާނޭ ގޮތުގާ އަބަދަށް އެކީގާ އުޅުމަށް އަހުދެއްވެލީމޭ

ރިހިރޭތަކުން………………………………….

ތަދުބީރުތައް ނުވުމުން ދެރަވެފަ ހުރީމޭ، ތަޤްދީރުގާ އޮތްގޮތްވީތަންދުށީމޭ

  މަރުއައިސް ގޮވައިގެން ދިޔުމުން ތިންމުއްވެލިންހުރެރޮވިފާ ހަދިޔާ ކުރީމޭ

ރިހިރޭތަކުން…………………….

   އަހަރެންގެ އުނގުގައި ބޯއަޅާލައިގެން ޔާޝް އޮތެވެ.އެއީ މި ފާއިތުވެދިޔަ 3 ދުވަހުވެސް ޔާޝްގެ އާދައެވެ.އަސާސީ ބޭނުމަކަށް ނޫނީ އޭނާ ނުތެދުވެއެވެ. އަހަރެންވެސް ފޫހިކަމެއް ވަރުބަލިކަމެއްނެތި ޔާޝްގެ އެނދުގައި އޮންނަމެވެ. ” ނިޝާ …ލޯބީ..އަހަރެމެންގެ ގުޅުން ދެފަރާތުގެ ފެމެލީއަށް ސިއްރު ކުރާތި…އުފަލެއް ދެވެންނެތް އިރު ހިތާމައެއް ދޭކަށް ނުވާނެ..” ޔާޝް ބުނެލިއެވެ.އެ ކޮޓަރީގެ ކުޑަދޮރުން އަހަންނަށް ވަންނަން ޖެހޭ ސަބަބު މި އެނގުނީ އަދި ކިރިޔާއެވެ. ޔާޝްގެ ފެމެލީ މީހުންނަށް ދޭގަޑީގައި އަހަރެން ފިލަންޖެހޭ ސަބަބުވެސް މި އެގުނީ އަދި ކިރިޔާއެވެ. އަހަރެން ބޯ ޖަހާލީމެވެ.

    ކުއްލި އަކަށް ޔާޝްގެ ނޭވާ އަވަސް ވާންފެށިއެވެ.ޔާޝްގެ އާއިލާއަށް ގޮވަމުން އަހަރެންނަށް ރޮއިގަނެވުނެވެ. އެ އާއިލާ އެންމެންގެ ކުރިމަތީ ޔާޝްގެ ފުރާނަ ދިޔައީ އަހަރެންގެ އުނގުގަ އޮވެއެވެ. އެ ނާޒުކު ވަގުތުގައިވެސް އަހަރެންދެކެ ލޯބިވާވަރު ޔާޝް ބަޔާންކޮއްދިނެވެ.

ގިސްލެވޭ އަޑަކުން އަހަރެން ޔާޝްއަށް ޝަހާދަތް ލައިދިނީމެވެ.އަހަރެންގެ ނަމަށް ފަހު އޭނާކީ ޝަހާދަތެވެ. ފަރި ހިނިތުންވުމެއްގައި އޮތްއިރު އެ މޫނުމަތީގައިވަނީ އުޖާލާކަމެވެ.ދެންމެދެންމެ ލޯ ހުޅުވާލާނޭ ހީވިއެވެ. އަހަރެން އިނީ ގަނޑުވެފައެވެ.ރޯލަންވެސް ނޭގިފައެވެ. ފަހަރީއޭ ކިޔާ އަހަރެންގެ ދެކޮޑުގައިހިފާ ގުޑުވާލީ އޭނާގެ ބެސްޓްފުރެންޑްއެވެ.ޔާޝްގެ ހަށިގަނޑު ސީދާ ކޮއްލުމަށް ފަހު އެނދުމަތީގައި ރީތިކޮށް ބާއްވާލިއެވެ.އޭނާ ޙަރަމަށް އަތްނެގީވެސް އަހަންނެވެ. ޔާޝްއާއެކު ގެންދެވި ނަމައޭ އެވަގުތު ހީވިއެވެ. ދެން ވީގޮތެއް ނޭގުނެވެ.

      ހޭއެރިއިރު ޔާޝް ކަފުންކޮއްވެސް ނިމިއްޖެއެވެ. ޔާޝް އެދުނު ފަދައިން ތިންމުއްވެލިން އަހަރެން ހަދިޔާ ކުރީމެވެ.އަހަރެންގެ އާއިލާ އަށް މި ގުޅުން ސިއްރު ކުރީމެވެ. ޔާޝްގެ އާއިލާއަށް އެގުނަސް ސިއްރު ކޮއްދިނުމަށް އެދުނީމެވެ.ކައިވެނީގެ އުފަލާ އަރާމް އިހުސާސް ކުރެވިފައިނެތަސް، ޔާޝް ދިޔުމުން ހުވަފަތްވީ ކަމުގެ އިހުސާސް އަދިވެސް ކުރެވެއެވެ. އެ ދެލަވައަކީ މިހާރު މިހިތުގެ ހަމަޖެހުމެވެ.އަހަންނަކީ ދުނިޔޭގެ ކުރިމަތީގައި ނިހާޝާ އެވެ.ރައްޓެހިނަށާ އާއިލާގެ ކުރިމަތީގައި ނިހާއެވެ.އެހެނަސް ހަމައެކަނި ޔާޝްގެ ނިޝާއެވެ. އަހަރެންގެ އުއްމީދު ފެނަށްވިޔަސް ޔާޝް އެދުނީތީ މޫވް އޮން ކުރެވޭތޯ  ބަލާނަމެވެ.އަނެކުންނަށް ޓަކައި ހިނިތުންވެލެވޭތޯ ބަލާނަމެވެ.

ނިމުނީ

Share Article

Follow Me Written By

Shiu

Level 1100 Login

Other Articles

Previous

މަންމަގެ ޑައިރީ 11 ވަނަ ބައި (ސުވާލު)

Next

މަންމަގެ ޑައިރީ 12 ވަނަ ބައި (ގުޅުން ބަދަހިވުން)

Next
January 25, 2014

މަންމަގެ ޑައިރީ 12 ވަނަ ބައި (ގުޅުން ބަދަހިވުން)

Previews
January 20, 2014

މަންމަގެ ޑައިރީ 11 ވަނަ ބައި (ސުވާލު)

10 Comments!

  1. ނާޝިދާ says:
    January 21, 2014 at 7:18 am

    ވަރަށް ސަޅި ދޮންބެދައްތަގެ ހިތުގެ އަޑު އިއްވާލި ގޮތް. ދައްތާ ޝިދާ ވެސް ގަބޫލު ކުރަން ތީ ދޮންބެ ވައިފުގެ ގޮތުގާ. އަބަދުވެސް ގަބޫލު ކުރާނަށް. އެކަމަކު ދޮންބެ އެދުނު ގޮތަށް މޫވް އޮން ކުރޭ ދައްތާ، ދެން ޝިއު ވަރަށް ސަޅި މި ރިއަލް ސްޓޯރީ ވާހަކަ އެއްގެ ސިފައިގައި ގެނެސް ދިން ގޮތް..ދޮންބެ ގެ ވަދާއީ މަންޒަރު ސިފަ ވެގެން ހިގައްޖެ..

  2. razeel says:
    January 21, 2014 at 9:21 am

    ވަރަށް ރީތި ވާހަކައެއް….ޙަޤީޤީ ވާހަކައެއް ވީމަ އަދި ވަރަށް ޓަޗިންގ……ނިހާ މޫވް އޮން ކުރޭ…. ޔާނިޝްގެ ވަޝިއްޔަތެއް ކަމަށް ބަލާ އުފަލުގަ ދުވަސްތައް ހޭދަކުރެވޭތޯ ބަލާ

  3. Al.haa says:
    January 21, 2014 at 1:26 pm

    awwn such love

  4. shai says:
    January 22, 2014 at 4:42 pm

    niha u move u have to full fill ur lovely boy dream …..v salhi igey carry on….bst of luck………always be happy:-)

  5. ނިހާ says:
    January 23, 2014 at 8:01 am

    ކޮމެންޓު ތަކުން ހިއްވަރު ލިބުނަސް ނިހާ އަށް އެ ލޯތްބާ ދުރަކަށް ނުދެވުނު، އެހެން ބައިވެރިއެއް ގަބޫލެއް ނުކުރެވުނު. ސޮރީ ޔާޝް، އައި ލަވް އޮންލީ ޔޫ

  6. ނާނީ says:
    January 27, 2014 at 8:51 pm

    އަސްލުވެސް ވަރަށް ލަކީ ކުއްޖެއްތީ ޝިއު.. ކުޑަ ދުވަސްކޮޅަކަށްނަމަވެސް އެހާ ލޯބިވާމީހަކު ލިބުމަކީ ވަރަށް މަދު މީހަކަށް ނޫނީ ނުލިބޭނެ ނަސީބެއް.. އެންމެންނަކަށް ތިމާދެކެ އެހާ ލޯބިބާ މީހުންނެއް ނުލިބޭނެ.. ޝިއުއަށް ޔާޝްގެ އުފާވެރި ހަނދާންތަކާއެކު ދިރިއުޅުމައިގެން ކުރިއަށް ދެވިދާނެ.. ޝިއުއަށް ވުރެ ހާލުގައިވާ މީހުންވެސް އުޅޭނެކަން ދަންނަންވާނެ.. ތިވަރުގެ ނަސީބެއްވެސް ނެތްމީހުން އުޅޭނެ. އިރާދަކުރެއްވިއްޔާ ޝިއުއާއެކީ އާއިލާ އެބަތިބި.. އިންޝާﷲ އެމީހުން ޝިއު އެކަނިވިޔަކަ ނުދޭނެ..
    ޔާޝްއަށް ހެޔޮ ރަޙްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އެއާއިލާއަށާއި ޝިއުއަށް ކެތްތެރިކަން ދެއްވާށި
    އާމީން

  7. axoo says:
    January 27, 2014 at 9:22 pm

    it’s amaxin…

  8. athiq says:
    April 17, 2014 at 9:41 pm

    Insha Allah I’ll see you happily married with lots of kids, before I die. <3

  9. athoo. says:
    January 23, 2015 at 2:09 pm

    May god give u patience. Wish u luck.

  10. Rozy says:
    September 14, 2016 at 6:26 pm

    Good story
    Rose

Comments are closed.



All Right Reserved!