Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައެހެނިހެންދީނީލޯބި

ބިނާކުރުވަދޭ އެތިކޮޅުތައް – ފެށުން

ColdSight Level 1
August 21, 2017 4 Mins Read
5 Comments

“މިކަން ހިނގަހިނގާ ހުންނަ ނަމަ އަހުރެން މިއުޅެނީ އަހުރެންގެ ސިކުނޑި ގޮއްވާލަން.”

އަހުރެން އެންމެ ފުލަށް ވެއްޓިއްޖެކަން ރޭކާލީ ހަގީގަތުގައި މި ބަސްތައް ބުނެވުމަށް ފަހުގަ އެވެ. އަހުރެން ހަމައެކަނި އެ ބަސްތައް ބޭރުކޮށްލީކީ އެއް ނޫނެވެ. އަހުރެން އޭގައި މާނަ ވެސް ހަރުލެއްވީމެވެ. އަހުރެންގެ ސިކުނޑި މާ ކުރިން ފެށިގެން ދިޔައީ، އެކަން ކުރާނެ ގޮތެއް ރާވަމުންނެވެ. ބައްޕަގެ ކުރީގެ އަތުބަޑި އަދިވެސް އޮތީ އަހުރެންގެ ހެދުން ކަފޭރާ ތެރޭގައެވެ. ބައްޕަ މަރުވުމުގެ ކުރިން، ބައްޕަ ގެ އަށް އަންނަ ހިނދު، މަސްތުވެފައިވާ ބާރުވެރިކަމެއްގައި އައިސް އެ ބަޑި އަހުންނާ ދިމާ އަށް ދިއްކޮށްފާނެ ކަމަށް ކަންބޮޑުވެފައިވީ ވަގުތުތަކެއް ދިޔަ އެވެ. އެކަން ވީހީ ބައްޕަގެ ޝަހުސިއްޔަތާ ދުރުގައިވި ކަމަކަށެއް ނޫނެވެ. އަދި އަހުރެންނާއި ބައްޕަގެ ތާރީޚަށް ބަލާ، ބައްޕަ އެ ކަން ކުރި ނަމަ އަހުރެން ބައްޕަ ކުށްވެރި ކުރީމުއެކޭ ވެސް އަހުރެންނަކަށެއް ނުބުނެވޭނެ އެވެ.

މައާފުކުރާށެވެ. އަހަރުންނަށް މިދެވެނީ އަހުރެންގެ ނަފުސަށްވުރެ ކުރިއަށެވެ.

ތިބާ އަށް މި ފޮތާ ކުރިމަތިލުމަށް މެދުވެރިވީ ކިހިނެއްކަމެއް ނުވަތަ ކީއްވެގެން ކަމެއް އަހުރެންނަކަށެއް ނޭނގެ އެވެ. އެކަމަކު އަހުރެންގެ ފޮރުވިފައިވާ ލަފާކުރުންތަކަކީ އެއްވެސް ހެއްކަކަށްވާ ނަމަ، މީގައި ހިނގާދާ ވާހަކަތައް ބޮޑަށް ވައްތަރުވާނީ މޮޔަމީހެއްގެ ދަތުރުކުރަމުން ދިޔަ ހުވަފެންތަކަކާ އެވެ. އަދި ފަހަރުގައި އެންމެ އެކަށޭނީ ވެސް މި ސިފަކުރުމެވެ. ފަހަރުގައި ނޫނެކެވެ. މިހާރަށް، އަހުރެންނަށް ހަމައެކަނި ލަފާކޮށްލެވޭނީ އެވެ.

ކޮންމެއަކަސް، މި އައު ފަރުވާއާމެދު އަހުރެންނަށް މިހުރެވެނީ ކުޑަ ޝައްކުކަމެއްގެ ތެރޭގައެވެ. އަހުރެންގެ ޑަކުޓަރުގެ ބުނުމުގައި ވާ ގޮތުން ނަމަ، ވަގުތު ދަތުރުކުރުމުގެ ( ޓައިމް ޓްރެވެލްގެ) ސިއްރުތައް ސައިންސުދާނުންނަށް މިހާރު ވަނީ ހޯދިފަ އެވެ. ކުރިއަށް ގޮސް އަދި އެއްފަހަރު އެބައި ކިޔާލާށެވެ. އާނއެކެވެ. އަހުރެންނަށް އެނގެ އެވެ. އަހުރެން ވެސް ހީކުރީ ތިގޮތަށެވެ. މިވާންވާނީ ކޮންމެވެސް ވައްތަރެއްގެ ޑުރާމާ އަކަށެވެ. އެހެންނޫން ހެއްޔެވެ؟ އާނއެކެވެ.  މިދިޔަ ފަންސާހަކަށް އަހަރުތެރޭ ޓެކުނޮލޮޖީ ވަރަށް ބޮޑަށް ކުރިއަރައިފައި ވާކަން އަހުރެންނަށް އެނގެ އެވެ. ބިއްލޫރި އިސްކުރީނު ޓީވީތައް ވަނީ ހޮލޮގުރާމަށް ބަދަލުވެފަ އެވެ. ބިމުގައި ދުއްވާ ކާރުތައް އުދުހެވޭ އެއްޗިއްސަށް ވެއްޖެ އެވެ. އެންމެ ކުޑަމިނުން ސިފައިންގެ އަސްކަރުތަކުގައި ބޭނުންކުރެވޭ ތަފާތު ބަޑިތަކާއި ނަފުސު ދިފާއު ކުރުމުގެ އާލަތްތައް އެއްފަރައިކޮށް، ލޭޒަރު ހަތިޔާރާއި، ނުފެންނާނެ ފަދަ ހެދުންއެޅުންތަކަށް ތަރުހީބުދޭން ފަށައިފި އެވެ.

އެކަމަކު ވަގުތު ދަތުރުކުރުން ހެއްޔެވެ؟ އަސްލަށް ވެސް އެ ވާންވާނީ ބުހުތާނަކަށެވެ.

ކޮންމެއަކަސް، އަހުރެން ގަބޫލުކުރި ގޮތަކީ އެއީ އެވެ. އަހުރެންގެ ސިއްހީ ތައުމީނު ޝަރިކާ (ހެލްތު އިންޝުއަރެންސް ކޮމްޕެނީ) އަށް ގުޅުމުގެ ކުރިންނެވެ. މިކަން ފަހުމުކުރާށެވެ. އެމީހުން ހުރިހާ ހަރަދަކަށް ޒިންމާދާރުވި އެވެ. ތައުމީނު ޝަރިކާއެއްގެ ފަރާތުން އެއްވެސް ކަހަލަ ފައިސާ އެއް ލިބުމަކީ އަބަދުވެސް ނާދިރުވުމާ ގާތުގައިވާ ކަމެކެވެ. ނާއަސްލީ، ތަހުލީލު ކޮށްފައި ނުވާ، އަދި ބަލައިނުގަނެވޭ ހަރަކާތަކަށް އެމީހުން އެއްބަސް ވެދާނެ ކަމަކަށް އަހުރެންނަށް ތަޞައްވުރު ވެސް ނުކުރެވެ އެވެ. ސިއްހީ ތައުމީނާ ނުލައި އަހުރެންނަށް ކިހާވަރެއް ހަރަދުކުރަން ޖެހުނީސް ބާވައޭ ހިތައްއަރަ އެވެ. އާހް، ހަމައެކަނި އެކަމާމުދު ވިސްނާލުމުން ވެސް، އެކަން އަހުރެން ރުޅިއަރުވައެވެ. އެކަމަކު މިއީ އެހެން ވަގުތަކަށް އެހެން މައުޟޫއެކެވެ.

ކޮންމެއަކަސް، ވަގުތު ދަތުރުކުރުމުގެ ފިލާވަޅުތަކުގެ ފުރަތަމަ ކިލާސް ހަމަޖެހިފައި އޮތީ ހޯމަ ދުވަހުގެ ހެނދުނަށެވެ. އަހުރެން ލަފާކުރަނީ، ބައެއް މީހުން އެބައިމީހުންގެ މާޒީ އަށް ގޮސް އެބައިމީހުންގެ ޅަފުރާގެ ތަޖުރިބާތައް ފާޅުކުރުމަށް މި ލިބޭ ފުރުސަތަށް ފުންމައިގަންނާނެ ކަމަށެވެ. އަހުރެންނެއް ނޫނެވެ. އަހުރެން އެ ކަމަށް މި ބިރުހީވަނީ އެވެ. ޑަކުޓަރު ގަބޫލުކުރައްވާ ގޮތުގައި މިކަން ކޮށްގެން، އަހުރެން ނުލާހިކު ފުނަށް ޒަހަމު ކުރުވާ ތަދުކުރިވި ހަނދާންތައް އަހުރެންނަށް ބަލައިގަނެވި، ރައްބުގެ ރޭވުމުގައި އަހުރެންގެ ދައުރު ރަނގަޅަށް ފަހުމުވެރި ކުރުވަދޭނެ އެވެ.

ރައްބުގެ ރޭވުމެވެ. އާނއެކެވެ. ދީންވެރިން ޓީވީތަކުގައި ރައްބާ ބެހޭގޮތުން ދައްކާ އުޅުނު، – ކަލާނގެ ހަމައެކަނި ބޭނުންވަނީ ރައްބު އުފައްދަވާފައިވާ މަހުލޫގުންނަށް ރަނގަޅުގޮތް ވުމޭ، އަދި އަހުރުމެން މިތަނަށް ފޮނުއްވާފައި ވަނީ އަނިޔާލިބިގަތުމަށް ނޫން ކަމަށާއި އެކަމަކު ކާމިޔާބުވެރި ވުމަށޭ ފަދަ – ވާހަކަތައް އަހުރެން އެއްއިރެއްގައި ގަބޫލުކުރީމެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އަށް އީމާންތެރިކަން އަދާކުރުން އެއީ އަހުރެން ކުޑައިރުންސުރެން ބެހެއްޓި ހަރުލެއްވުމެކެވެ. ޔައުނީ އަހުރެންނާއެކު ވީ ހަމައެކަނި ކަލާނގެ އެކަންޏެވެ. ކޮންމެވެސް ޝެއިޚެއް ރައްބާ ބެހޭގޮތުން ދައްކާ ވާހަކަތައް އަޑުއެހުމަށް، އާދިއްތަދުވަސް ތަކުގެ ހެނދުނުތަކުގައި އަހުރެން އަވަހަށް ހޭލައި އުޅުނީމު އެވެ. އަދި މަންމައާއި ބައްޕަގެ ފުށުން ކޮންމެވެސް ކަމެއް ބަދަލުވުމަށް އެދި އަހުރެން ވަރަށް ބުރަކޮށް ދުޢާކޮށް ހެދީމު އެވެ. ސަބަބަކީ އެއިރުން ކޮންމެވެސް ދުވަހަކުން އެމީހުން ވާނީ މުޅިން ތަފާތު ބަޔަކަށެވެ. އަހުރެން ބޭނުންވީ އެމީހުން އާދައިގެ ބެލެނިވެރިންނަށް ވުމަށެވެ. އަހުރެން ބޭނުންވީ އެމީހުންގެ އަބަދާއަބަދުގެ ތަޅާފޮޅުންތައް ހުއްޓާލުމަށެވެ. އަހުރެން ބޭނުންވީ އަހުރެންގެ މަންމަ މަސްތުވުމުން ދުރުވުމަށެވެ. އަހުރެން ބެނުންވީ ބައްޕަ އަހުރުމެންނަށް ހަޅޭއްލެވުން ހުއްޓާ، ހަމައެކަނި އަހުރުންމެންދެކެ ލޯބިވުމަށެވެ. އަހަރުތަކަކަށް އަހުރެން މިކަންކަންވުމަށް އެދި މަތިމަތިން ދުޢާކޮށް ހެދީމެވެ. ޝެއިޚަކު ބުނެއުޅެތެވެ. މުންކަރާތްތައް ކޮންމެ ދުވަހަކު ކުރިމަތިވެއެވެ. އެހެންކަމުން އަހުރެންނަށް ވިސްނުނީ،  ކޮންމެވެސް ވަގުތަކުން އަހުރެންގެ ގޭގައި ވެސް މުންކަރާތެއް ހިނގަން ވާނެ ކަމަށެވެ. ކޮންމެވެސް ދުވަހަކުން އަހުރެން އަބަދު ވެސް ބޭނުންވިފަދަ އާއިލާ އެއް އަހުރެންނަށް ލިބޭނެ އެވެ.

ޔަގީނުން ވެސް އެކަމެއް އެއްގޮތަކަށް ވެސް ނުހިނގައެވެ. އަހުރެންނަކަށެއް މާ ރަނގަޅަކަށް އެއީ ކީއްވެކަމެއް ނޭނގެ އެވެ. ކޮންމެވެސް އެއް ސަބަބު ނޫނީ އެހެން ސަބަބަކަށްޓަކައި، އަހުރެންނަށް އެކަން ހައްގު ވެސް ނުވީ އެވެ. ހާލަތު ކޮންމެގޮތަކަށް އޮތް ނަމަވެސް، އަހުރެން ދުވަސްވަމުން ދިޔަ ވަރަކަށް، ރައްބުގެ ރައްކައުވަންތަވެރި ކަމާމެދު އަހުރެންގެ އީމާންތެރިކަން ގެއްލޭންފެށި އެވެ. ނުވާ ހިމާޔަތްތެރި މައުދަނެއް އަހުރެންނަށް ހިފަހައްޓައިގެން އުޅެވެނީއޭ އިޙުސާސް ކުރުވަދިން ކަހަލަ އެވެ. ކޮންމެގޮތެއްވި ނަމަވެސް، އަހުރެން އަދިވެސް ކަލާނގެ ވޮޑިގެން ވާކަން ގަބޫލުކޮށް، އުނދަގުލުގައިވާ ހިނދު، ރައްބުގެ ފަރާތުން އެހީ ލިބޭނެކަމަށް އުންމީދު ނުކުރުމަށް އަހުރެން ދަސްކޮށްފީމެވެ. އަހުރެންގެ ތަގުދީރުގައި ވެސް ވަނީ އަހުރެން އެކަނި ވުމަށެވެ. އަދި އެކަން ތަހައްމަލު ކުރަން އަހުރެން މަސައްކަތް ކޮށްފީމެ އެވެ.

އެކަމަކު ދެން،އަހަރުންނަށް ހީވާގޮތުގައި އަހުރެން ތެރަޕީގައި އުޅޭއުޅުމުން ދޭހަވަނީ، އަހުރެން އުންމީދުކުރި ވަރަށް އަހުރެން އެކަން ތަހައްމަލުކޮށްފައި ނުވާ ކަމަށެވެ. އަހުރެންނަށް ހީވަނީ އަހުރެން އެކަން ޔަގީން ކުރާނީ ހޯމަ ދުވަހުހެން ނެވެ.

ކޮންމެއަކަސް، ޑަކުޓަރު ލަފާއަރުވާފައި ވަނީ، ކޮންމެ ފިލާވަޅެއްގެ ފަހުގައި، އަހުރެންނަށް ފެންނަ ކަންކަމާއި އިވޭ އަޑުތަކާމެދު، އަހުރެންގެ އިޙުސާސްތައް ހުރިގޮތް ދެނެގަތުމަށް މި ފޮތުގައި ލިޔުމަށެވެ. އަހުރެން ލިޔާއިރު އެ ލިޔާ އެއްޗެއް ހަމަޖެހުން މުހިންމެއް ނޫނެވެ. ޑަކުޓަރު ބުނެ އެވެ. ވަގުތާއެކު ޑަކުޓަރު ގަބޫލުކުރަނީ އެކަންކަން ހަމަޖެހޭނެ ކަމަށެވެ. ހަމަ ޔަގީނުން ވެސް އަހުރެންނަށް އެބުނާ އެއްޗަކާމެދު ޝައްކު އުފެދެ އެވެ. އަހުރެންނަށް އަހުރެންގެ ދިރިއުޅުމުގައި ހިނގާދިޔަ ކަންކަން އެނގެ އެވެ. އަހުރެންގެ ވަށައިގެންވީ ދުނިޔެއާމެދު ޝައުގެވެރިކަން ގެއްލުވާލާ ، ހިތިކަން އިޙުސާސް ކުރުވަދީ، އަދި މުޖުތަމައު އެކަންކަން މެދުވެރިކުރުވި ހާދިސާތައް އަހުރެންނަށް ސާފުކޮށް ހަނދާންހުރެ އެވެ. އަހުރެންގެ ފުރަތަމަ ތަޅާފޮޅުމުން ގޮސް  މަންމަގެ މަރާ ހަމައަށް ހިނގާދިޔަ ހުރިހާ ކަމެއް އަހުރެންގެ ހަނދާނުގައި ފޮރުވިފައިވެ އެވެ. އަދި އެކަންކަން ހޭލާހުންނަ ކޮންމެ ގަޑިއިރެއްގެ ކޮންމެ ދުވަހަކު އަހުރެންނަށް ދުއްތުރާކުރުވަ އެވެ. އެ މަންޒަރުތައް އަހުރެންގެ ހަނދާނުން ފިލާފައިވާ ނަމަ، އެ ގިލަންވެރި ހުރިހާ ހަނދާންތަކެއް އެކަނިވެރި ކޮށްލެވާނެ ގޮތެއް އޮތް ނަމަ، އަހުރެން އެކަން ޒަމާންތަކެއް ކުރިން ވީހީ ކޮށްފަ އެވެ. ޑަކުޓަރު އުންމީދުކުރަނީ ކޮންކަމެއް ސާބިތު ކޮށްދޭން ކަމެއް އަހުރެންނަކަށެށް ނޭނގެ އެވެ. އެކަމަކު އަހުރެންނަށް ހީވަނީ، އެކަން ހޯދަން އުޅެގެން ނުރައްކަލެއް ނޯންނާނެ ކަމަށެވެ.

އެހެނީ، މި ހުރިހާކަމެއް ނިމުމުން ވެސް، ބައްޕަގެ ބަޑި އަދިވެސް އެތާ އޮންނާނެ އެވެ.

އަހުރެންގެ ނަމަކީ ހާބާރޓް އެވެ. އާނއެކެވެ. ކުރިއަށް ގޮސް ހޭށެވެ. އެހެން މީހުން އެކަން ކުރެ އެވެ.

  • – ނުނިމޭ –

……………………………………………………….

ނޯޓު: މިއީ ތަރުޖަމާ ކުރުމުގެ ތެރެއިން ކުރެވިފައިވާ މަސައްކަތެކެވެ.

Share Article

Follow Me Written By

ColdSight

Level 1

Other Articles

Previous

ޢެދެމޭ އުފާ…..(ޓްރެއިލާ)

Next

އަގެއްނެތްލޯބި 2 ވަނަ ބައި

Next
August 21, 2017

އަގެއްނެތްލޯބި 2 ވަނަ ބައި

Previews
August 20, 2017

ޢެދެމޭ އުފާ…..(ޓްރެއިލާ)

5 Comments!

  1. Anonymous says:
    August 21, 2017 at 10:02 am

    whats the name of this book

  2. Al says:
    August 21, 2017 at 10:36 am

    What nonsense…. V Hama nujeheyy ..

  3. Tobby says:
    August 21, 2017 at 11:35 am

    I hope mi’ee miulhey Athiest eh meehun magu furadhan liunu echeh noon kamah.

  4. Psenhi says:
    August 21, 2017 at 1:35 pm

    Tharjama kurairu islam dhyna idhikolhu ibaraithah annanya eythi badhalkohlaigen liyelun rangalhuvane. Hope you will think about it. Mihar kuriah dhaagoi eha salhiehnoon

  5. Psenhi says:
    August 21, 2017 at 1:37 pm

    Ekm name kiyalyma hyvany story v reethivanehen. Good luck

Comments are closed.



All Right Reserved!