Skip to content
އެސްފިޔަ

ޔާރާއޭ

“ދޮންތަ ވާހަކަ ދައްކަންތަ” ޖިވާ ބުނެލިއެވެ. ޒާއިން އަށް ތެޅިގަނެވުނެވެ. “ސާބަހޭ ކޮއްކޯ. ދޮންތައަށް އިގެޔޭ ކޮއްކޮ ތި ވިސްނާ ކަންތައް. ދޮންތަ އަށް ރަގަޅަށް އިގޭ ކޮއްކޮގެ ޝައުގުވެރިކަން އެ ކުއްޖަޔާ ހުންނަކަން. ދޮންތަ އެބަ އަންނަން ވާހަކަ ދައްކާލާފަ.” ޖިވާ މިހެން ބުނުމުން ޒާއިން ލަދުގަނެފަ އިނެއްކަމަކު ތޭންކްސް ދޮންތާއޭ ބުނެލިއެވެ. ޖިވާ ހީލާފަ އެކުއްޖަ ކައިރި އަށް ގޮސް އެކުއްޖަ ކައިރި އިށީއިނެވެ.

***

މީހަކު ކައިރީގައި އިން ހެން ހީވެގެން ޒާރާ ބަލާލިއެވެ. ވަގުތުން ލޮލުގައި ހުރި ކަރުނަތަށް ފޮހެލާފައި އެމީހަކަށް ފަނޑު ހިނިތުން ވުމެއް ދިނެވެ.

“ވަރަށް ރީތި ދޯ މިތަން. ވަރަށް ހިތްގައިމު.” ޖިވާ ވަރަށް ވިސްނައިގެން ވާހަކަ ފެށިއެވެ. އެ އަންހެން ކުއްޖާގެ ފަރާތުން ޖަވާބެއް ލިބޭނެ ކަމުގެ އުއްމީދު ގައެވެ. ނަމަވެސް އެކުއްޖަ ޖިވާ އާ ދިމާލަށް ބަލާލާފައި އިސްދަށަށް ޖަހާލީއެވެ. ޖިވާ އިރުކޮޅަކު ހިމޭނުން އިނދެފައި އަނެއްކާވެސް ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“އިނގޭތަ. ދައްތަ މެން މިދިޔަ ހަފްތާގައި މާލެ ބަދަލުވީ. އެއްވެސް އެކުވެރިއެއް ވެސް ދައްތަ އަށް އަދި ނުލިބޭ. ދައްތަ ބޭނުން ތި ކުއްޖައާ ފްރެންޑް ވާން. ވާނަންތަ؟ ވާނަން ދޯ. ދައްތަ އަށް ކިޔަނީ ޖިވާ. ޔޫ؟” ޖިވާ ސަލާމަށް އަތްދިއްކޮށްލިއެވެ.

އެކުއްޖާ ޖިވާގެ އަތަށް ބަލަން އިރުކޮޅަކު ހުރެފައި އެއަތުގައި ހިފާލިއެވެ. “ޒާ. ޒާރާ” ޒާރާބުނެލިއެވެ. ޖިވާގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. “ކީއްވެގެންތަ އަބަދު މިތާ އެކަނި އިންނަނީ. ފްރެންޑެއް ވެސް ނުހުރޭތަ؟” ޖިވާ އަހާލިއެވެ.

“ޒާރާ ނުހުންނާނެ އެއްވެސް ފްރެންޑެއް. ބޭނުން ވިޔަސް ނުލިބޭނެ” ޒާރާ ފެންކަޅިވެފައި ބުނެލިއެވެ. “އެކީއްވެ. މިހިރީ ދައްތަ ވެސް ހަމަ ފްރެންޑަކަށް ވެފަ އޭނުން.” ޖިވާ ހައިރާންވިއެވެ. ޒާރާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. “ދައްތަ އަށް އިނގޭ ޒާރާ އުޅެނީ ހިތާމަ އެއްގަކަން. މި ދައްތަ ކައިރި ބުނެބަލަ”

ޒާރާ އިސްދަށަށް ޖަހާލިއެވެ. މިމީހާ ވަރަށް ރަނގަޅެވެ. ނަމަވެސް ދެންމެ މި ފެނުނު މީހާއާ އިތުބާރު ކުރުން ރަނގަޅުވާނެބާއެވެ.

“ދައްތަ އަށް އިތުބާރު ކޮށްބަލަ. ދައްތަ އަށް ވެވެން އޮތް އެންމެ ބޮޑަކަށް އެހީވާނަން ކަމުގެ ޔަގީންކަން ދޭން.” ޖިވާ މިހެން ބުނެލީ ޒާރާގެ ބޮލުގައި ފިރުމާލާފައެވެ. ޒާރާ އަށް ބޭއިހްތިޔާރުގައި ރޮވެން ފެށުނެވެ. މީހަކު މިހާ އޯގާތެރިކޮށް ވާހަކަ ދެއްކި ހަނދާނެއް އޭނަ ނެތެވެ.

“ޝޫޝް. ބުނެދީބަލަ. ތިހިތަށް ވެސް ހިތްހަމަޖެހުން ލިބޭނެ.” ޖިވާ މިހެން ބުނުމުން ޒާރާ ތެދުވެ އޭނަގެ މޫނު ފޮހެލިއެވެ.

“ޒާރާ.. ޒާރާ ދުވަހަކުވެސް ބޭނުމެއް ނުވޭ މިތަނަށް އަންނާކަށް. އަމުދުން މިހެން. މިހާ ނިވާކަން ކުޑަ ހެދުމެއްގައި” އޭނަގެ ޓޮޕް ކޮޅުގައި ހިފާލަމުން ބުނެލިއެވެ. ޒާރާ އަށް ވާހަކަ ދެއްކެނީ ޒާރާ އަމިއްލޭން “ޒާރާ” ކިޔައިގެންނެވެ. ޖިވާ އަށް އެކަން ފާހަގަ ވިއެވެ. މި ކުއްޖަގެ މައުސޫމު ކަމެވެ. ޒާރާ އަނެއްކާ ވާހަކަ ފެށިއެވެ. “ޒާރާގެ ދޮންމަންމަ” ޒާރާ އަށް ރޮވެން ފެށުނެވެ. “ޒާރާގެ މަންމަ ނިޔާވީ ޒާރާ އަށް 8 އަހަރުގައި. އޭގެ ފަހުން ބައްޕަ ބެލީ. ހުރިހާކަމެއްވެސް ކޮށްދިން. ކިޔަވާވެސް ދިން ގުރޭޑް 10 އާ ހިސާބަށް. ބައްޕަ މީހަކާ އިނީ ޒާރާގެވެސް ރުހުމުގައި. ދޮންމަންމަ އޭރު ވަރަށް ރަނގަޅު. ދެން ބައްޕަ އުޅުނީ ޒާރާ މާލެ ފޮނުވަން. އޭލެވެލް ހަދަން. އެކަމް ފުރަން އެއްދުވަސް ކުރިން ބައްޕަ ނިޔާވީ. ދެން ދޮންމަންނަ ގެ އަސްލު ކުލަ ފެންނަން ފެށީ.” ޒާރާ ފުން ނޭވާއެއްލާފައި އަނެއްކާ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“ޒާރާ ބައްޕަ އަބަދު ބުނާނެ ނަމާދު ކޮށް ގުރުއާން ކިޔަވަން. ބައްޕަ ވަރަށް ރަނގަޅު. ވަރަށް ހަނދާންވޭ. ގުރޭޑު 8 ގަ އުޅެނިކޮށް ބުރުގާއެޅިން. ހިޖާބު ހެދުން އަޅަންފެށީވެސް. އަހަރެމެންނަކީ އެހާ ލިބޭ ބައެއްނޫން. ބައްޕަގެ ކުޑަ ކުޑަ ފިހާރައަކުން ލިބޭ އާމްދަނީ އިން އުޅެނީ. ބައްޕަ ނިޔާވީމަ ފިހާރަ އާ ހަވާލު ވީ ދޮންމަންމަ. ދޮންމަންމަ ވަރަށް އަނިޔާ ކުރޭ. ގަދަކަމުން ބުރުގާ ބޭލުވީ. ޒާރާ އަށް އުނދަގޫ ކުރަން އަބަދު އުޅޭނީ. ޒާރާ ހެދުން ތަށްވެސް އަންދާލީ. ދެން ދިނީ މިކަހަލަ ހެދުން. މި ލައިގެން ބޭރަށް ނުނިކުންނަން ފެށީމަ ގަދަކަމުން ކޮންމެ ދުވަހަކު ހަވީރު މިތަނަށް ގެނެސްސަ ދާނީ. ދެން ޒާރާ އިންނަނީ ގުރްއާން އަޑު އަހަން. މިކަމުން ކިރިޔާވެސް ހިތްހަމަޖެހެނީ. ނަސީބު މި ފޯނު ދީފަ އޮންނަކަން. ދޮންމަންމަ އިރު އޮއްސުނީމަ ނޫނީ ޒާރާ ގެއަކަށް ނުވައްދާނެ. ގެއަށް ވަދެވުނީމަ ހުރިހާ މަސައްކަތް ވެސް ކުރަން ޖެހޭނީ ޒާރަ އަށް. ކިޔަވަންވެސް ނުފޮނުވާ. ޒާރާ ބައެއް ފަހަރު މީހަކާ އިނދެގެން ދާން ވެސް ހިތަށް އަރާ. 22 އަހަރު ޒާރާ އަށް ވެއްޖެ ވިއްޔަ. ދޮންމަންމަ ބޭނުންވަނީ ޒާރާ އަބަދުވެސް މިހެން އުޅެން ކަންނޭގެ. ދޮންމަންމަ ބުނެފައި އޮތީ މީހަކާ ގުޅޭ ދުވަހަކުން ބައްޕަގެ ފިހާރަ އަންދާލާނަމޭ. ޒާރާ ބޭނުމެއްނޫން އެހެން ވާކަށް. ޒާރާ ބައްޕަ ފިހާރަ ދެކެ ވަރަށް ލޯބިވާނެ. މިހާރު މިހެން އުޅޭތަ 6 އަހަރު ވީ”

ޒާރާ ވާހަކަ ހުއްޓާލިއެވެ. ޖިވާ ވެސް އިނީ ފެންކަޅިވެފައެވެ. “ޒާރާ ދަނީ. އަސްލުވެސް ވަރަށް ހިތްހަމަޖެހިއްޖެ ދައްތައާ ވާހަކަ ދައްކާލެވުނީމަ” ޒާރާ މިހެން ބުނެ ދާން ހިނގައިގަތެވެ. “ދައްތަ ބުނީމޭނުން އެހީވާނަމޭ. ދައްތަ އެހީ ވާނަން. ދައްތަ ގެ އާއިލާ އާ ބައްދަލު ކޮށްލާފަ ދާން ވީނު” ޖިވާ ތެދުވޭ ޒާރާ އާ އަރާ ހަމަކޮށްފަ ބުނެލިއެވެ. ޒާރާ ހިނިތުންވެލިއެވެ.

ޖިވާ ޒާރާގޮވައިގެން ގޮސް ހުއްޓުނީ ޒާއިން މެން ކައިރިއަށެވެ. “މީ ދައްތަގެ ދަރިފުޅު އާހިލް. ދެން މިހިރީ ކޮއްކޮ ޒާއިން. ޒާއިން. މީ ޒާރާ” ޒާރާ އިސްއުފުލާ ޒާއިންއަށް ބަލާލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު ދެމީހުންނަށްވެސް ކުރުވީ އެހެން ކަހަލަ އިހުސާސެކެވެ. ޒާރާ އަށް ޒާއިން އެއްމެ ފުރަތަމަ ފެނުން ދުވަހުވެސް ލޮލުގައި އަޅައިގަތެވެ. އެދުވަހުވެސް ޒާއިން ޒާރާގެ ހިތާކުޅެލިއެވެ. ޒާރާއަށް ޖިވާގެ ކޮއްކޮ އަކީ ޒާއިންކަން އިނގުންނަމަ މިތަނަކަށް ނައީހެވެ. ޒާއިން ފެންނައިރަށް ޒާރާގެ އަތްފައި ފިނިވަނީ އެޔެއްމިޔެއް ބަލާފައެއް ނޫން ވިއްޔާއެވެ.

“އެހެމް އެހެމް” ޖިވާ ކެއްސާލިއެވެ. ޒާރާ އަށް ތެޅިގަނެވުނެވެ. “ދެން ދަނީ” ޒާރާ އެއްމެ ސިކުންތަކުވެސް އެތާ ނުހުރެ ދިޔައީ އިރުވެސް އޮއްސިފައި ހުރުމުންނެވެ.

ޖިވާ ޒާއިން އަށް އަލިފުން ޔާ އަށް އެއްވެސް ފިއްޔެއް ވައްޓާނުލައި ކިޔާދިނެވެ. ޒާއިން އަށް ވަރަށް އަސަރު ކުރިޔެވެ. “ދޮންތަ. އަހަރެ ބޭނުން އޭނައަށް އެހީވާން” “ދޮންތަވެސް ބޭނުމޭ” ދެމީހުން ވާހަކަ ދައްކަމުން ގެއާ ދިމާލަށް މިސްރާބު ޖެހިޔެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ޒާރާ އާ ޒާއިން މެން ބައްދަލުވެއެވެ. ޒާއިންގެ އެދުމުގެ މަތިން ކަޅުކުލައިގެ ބޮޑު ހެދުމަކާއި ބުރުގަލެއް ޒާރާ އަށް ޖިވާ ދިނެވެ. އެހެދުން ބަހައްޓަނީ ޒާއިން މެން ގޭގައެވެ. ޒާރާގެ ދޮންމަންމަ ހަފްސާ ޒާރާ އަތިރިއަށް ލާފައި ދާއިރަށް ޒާރާ ދަނީ ޒާއިން މެންގެއަށް ހެދުން ބަދަލު ކުރުމަށެވެ. ދެން 4 މީހުން އަންނަނީ އަތިރިއަށެވެ. މިހާރު ޒާއިން އާއި ޒާރާވެސް ވާހަކަ ދައްކައެވެ. ނަމަވެސް ދެމީހުންގެ ހިތުގެ ހާލު ވަނީ ފޮރުވިފައެވެ.

މިއަދު ޖިވާ އާދޭސް ކުރާވަރުން ޒާއިން ނިންމީ ޒާރާ އަށް ލޯބި ހުށައެޅުމަށެވެ. މިއަދުވެސް ޒާރާ އައުމުން 4 މީހުން އެއްކޮށް ދިޔައީ އަތިރިއަށެވެ.

އިރުއޮއްސެން އުޅެން 10 ވަރަކަށް މިނެޓް ވީ އިރުވެސް ޒާއިން ގެ އަނގަ ހުޅުވާނުލިއެވެ. މިކަމުން ޖިވާ ހުރީ ކެކި ކެކިއެވެ. ހިތުން ޒާއިން އަށް އޭތި މީތި މިހާރު ގޮވާލާފިއެވެ.

“ބަލާލަ އޭނީ ވިލާގަ އޭނީ ރެއިންބޯ އެއް. ހިނގާބަ ދައްތާ” އާހިލް ޒާރާގެ އަތުގައި ހިފާފަ މޫދާ ކައިރިއަށް ގޮސް ހުއްޓުނެވެ. ޒާރާ ވެސް ހިނިތުން ވެފައި އެޔަށް ބަލަން ހުއްޓެވެ. “ހިނގާ މަންމަ އާއެކީ. އެކޮޅުން މާ ރީއްޗަށް ފެންނާނެ. ޖިވާ ވަގުތުން ވަގުތުގެ ބޭނުން ހިފާ އާހިލް ގޮވައިގެން ދިޔައީ ޒާއިން އަށް ޒާރާ ކައިރި އަށް ދިޔުމަށް އިޝާރަތް ކޮށްފައެވެ.

“ވަރަށް ރީތި ދޯ” ޒާރާ ސިއްސައިގެން ދިޔައީ ޒާއިންގެ އަޑު ވަރަށް ގާތުން އިވުނީމައެވެ. ވަގުތުން ޒާރާގެ ހިތް ތެޅެން ފެށިއެވެ. “އެ ވިލާ ކިހާ ލަކީ ދޯ. ލޯބި ރެއިންބޯ އެއް އެބައިން ވިއްޔަ. އަހަރެންވެސް ބޭނުން ރެއިންބޯ އެއް. ޒާރާ ވާން ވީނުން އަހަރެންގެ ރެއިންބޯއަށް” ޒާރާ ޒާއިން އަށް ބަލާލީ ސުވާލުގެ ނަޒަރުންނެވެ. “ހޫމް ޒާރާ. އައި ލަވް ޔޫ. އަހަންނާ އިންނަންވީނު؟”

ޒާރާ އުފާވިއެވެ. ވަގުތުން އާއެކޭ ބުނާހިތް ވިއެވެ. ނަމަވެސް. މަޑު މަޑުން ޒާރާ ފަހަތަށް ޖެހެމުންގޮސް އެނބުރިފަ ދާން ހިނގާގަތެވެ. “ޒާރާ އަހަންނަށް އެއްފަހަރު އާއެކޭ ބުނެބަލަ. ތި ހުރިހާ ކަމަކުން ވެސް ސަލާމަތްކޮށް ދޭނަމޭ” ޒާއިން ބުނެލިއެވެ. ނަމަވެސް ޒާރާ އަށް އަޑެއް ނީވުނެވެ. ނޫނެކެވެ. އަޑު އިވޭކަމަށް ނެހެދިއްޔެވެ. “ޒާރާ ދެން އެއްމެ ފިޔަވަޅެއް ކުރިޔަށް އެޅިޔަސް މި ޒާއިން އެއް ދެން އާދޭހެއް ނުކުރާނެ. ފަހަތަކުން ނުވެސް ދާނަން. ދަންނަ މީހަކަށް ވެސް ނަހަދާނަން” ޒާއިން ގެ ވާހަކައިން ޒާރާ ހިނދުކޮޅަކަށް ހުއްޓުންއެރިއެވެ. ނަމަވެސް ހިތް ހަލާކުވެފައި ހުރި ހާލު ރޮމުން އޭނަ ދުއްވާގަތެވެ.

ޒާއިން އަށް ހުރި ތަނަށް ތިރިވެވުނެވެ. އެތަނަށް އައި ޖިވާ އަށް ޒާއިން ފެނިފައި ވީގޮތް އިގުނެވެ. “ދޮންތަ ވާހަކަ ދައްކާނަން މާދެން ޒާރާ އާ އިނގޭ” ޖިވާ ޒާއިން ގެ ކޮނޑުގައި އަތްއަޅާލަމުން ބުނެލިއެވެ.”ނޫން ދޮންތާ” ޒާއިން މިހެން ބުނެ ދާން ހިނގައިގަތެވެ. “ދޮންބެ އަށް ކިހިނެއްވީ މަންމާ؟” ކުޑަ ކުޑަ އާހިލް ބުނެލިއެވެ. ޖިވާ އެއްޗެކޭ ނުބުނެ އާހިލް ގޮވައިގެން ޒާއިން ފަހަތުން ހިނގައިގަތެވެ.

އޭގެ އަނެއްދުވަހު ޒާރާ ޒާއިން މެން ގެއަށް ނުދާން ހުރެފަ ވެސް ދިޔައީ ހެދުން ބަދަލުކުރަން ބޭނުން ވީމަ އެވެ. ޒާރާ އަށް އެއްޗެހި ބަދަލުކޮށްގެން ނިކުމެވުނީ ޒާއިންގެ ކުރިމަށްޗަށެވެ. ނަމަވެސް ޒާރާގެ ހިތުގައި ރިއްސާލީ ޒާރާ ފެނުނުކަމަށްވެސް ވެސް ނަހަދާ ޒާއިން ދިޔާމައެވެ. އޭރު ޖިވާ އާއި އާހިލް ސިޓިންގްރޫމްގައި ޒާރާގެ އިންތިޒާރުގައި ހުއްޓެވެ. “ހިނގާ އަވަހަށް” ޖިވާބުނެލިއެވެ. ޒާރާ ޒާއިން ދިޔަ ދިމާލަށް ބަލާލިއެވެ. “މިއަދު ކޮއްކޮ ނުދާނެ” ޖިވާ މިހެން ބުނުމުން ޒާރާ ގަދަކަމުން ހިނިތުންވެލާފަ ދާން ހިނގާގަތެވެ. “އެކީއްވެ ދޮންބެ ނުދާނީ. ދޮންބެ ނުދަންޏާ އާއްކޮ އެއްވެސް ނުދާނަން ހުސް ގާލްސް އާ އެއްކޮށެއް” މިހެން ކިޔާފައި އާހިލް ދުވެފަ ގޮސް ޒާއިންގެ ކޮޓަރިއަށް ވަނެވެ. ޖިވާ ހިނިތުން ވެލާފައި ޒާރާ ގޮވައިގެން ނިކުތެވެ.

ޒާއިން ވާހަކަ ނުދައްކާށޭ ބުންޏަސް ޖިވާ އަށް އެވާހަކަ ނުދައްކައެއް ނުހުރެވުނެވެ. “ޒާރާ ކީއްވެ ނޫނެކޭ ބުނީ” ޒާރާ ޖިވާ އާ ދިމާލަށް ބަލާލައިފައި އިސްދަށަށް ޖަހާލިއެވެ. “ޒާރާ އަކަށް ނުކެރޭނެ. ދޮންމަންމަ” “ޒާއިން ކަމުދޭތަ. މިހެން މިބުނީ ދައްތައަށް ހީވޭ ޒާރާ އަށްވެސް ޒާއިން ކަމުދާހެން. ބުނެބަލަ” ޖިވާ ޒާރާގެ ވާހަކަ މެދުކަނޑާލިއެވެ.

“ކަމުދިޔަޔަސް ވާނެ ކަމެއް އޮބެއްތަ ދައްތާ. މިދުނިޔެމަތީ ޒާރާއަށް އެއްވެސް އުފަލެއްނެތީ ކަންނޭގެ. ޒާރާ ލޯބިވޭ ޒާއިން ދެކެ. އެކަމް ބަދުނަސީބު ކަމުން އެކަން ވެސް” “ޒާއިން އަށް އިތުބާރު ނެތީތަ؟” ޖިވާ އަހާލިއެވެ. “ދައްތާ އެހެނެއް ނޫން. އެކަމް” “އެއްފަހަރު ނަމަވެސް ޒާއިން އަށް އާއެކޭ ބުނެބަލަ” ޖިވާ ޒާރާގެ އަތުގަ ހިފާފަ ބުނެލިއެވެ. ޒާރާ ބޯޖަހާލިއެވެ.

“އެކަމް ދައްތާ. މިހާރު މާ ލަސް ވެއްޖެ. ޒާއިން ދެން ޒާރާ އަށް ވާހަކަ ވެސް ނުދައްކާނެ.” ޒާރާ ފެންކަޅިވެފައި ހުރި ދެލޮލުން ޖިވާ އަށް ބަލާލަމުން ބުނެލިއެވެ. “ޒާރާ އަށް ވާނެ ކަންތައްތައް ހުންނާނެ. ވާހަކަ ދައްކާނަން ދޯ ޒާއިން އަށް” ޖިވާ އެއްލޯމަރާލަމުން ބުނެލިއެވެ. ޒާރާ ބޯޖަހާލަމުން ހިނިތުންވެލިއެވެ.

އޭގެ ފަހުން ޒާރާ ޒާއިން އަށް ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. ނަމަވެސް ޒާއިން އަޅައެއްނުލައެވެ. ޒާއިން ވެސް މަދުމަދުން އަތިރިއަށް ދާކަމުގައި ވިޔަަސް ފަހުން ފަހުން ނާދެއެވެ.

ޒާއިން ގަސްތުގައި ޒާރާ އާ ދުރުން އުޅެންފެށިއެވެ. މިކަމުން ޒާރާ އަށް ބަޔާންކުރަންދަތި ވޭން ލިބެއެވެ.

ހަވީރުގެ ވަގުތެވެ. ޒާރާ ޖިވާ ޒާއިން އަދި އާހިލް އިނީ އަތިރި މަތީގައެވެ. އާހިލް ކިޔާވަރުން ޒާއިން މިއަދު އައީއެވެ. އާހިލްގެ އަޑު ނޫން އެހެން އަޑެއް ނީވެއެވެ. ބައެއްފަހަރު ޖިވާ އާހިލް ބުނާއެއްޗަކަށް އެއްޗެކޭ ބުނެލާނެއެވެ. “އަން ދައްތަ އަށް މި ލޮލީޕޮޕް. އާއްކޮ އަށް ކެވޭނީ އެކަތި” އާހިލް އަތުގައި އޮތް ލޮލީޕޮޕް ޒާރާ އަށް ދެމުން ބުނެލިއެވެ. ޒާރާ އޭގައި ހިފާލީ ހިނިގަނޑެއް ޖަހާލާފައެވެ.

ޒާރާއޭގައި ހިފިތަނާ ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ވަގުތުން ހަތަރު މީހުން އެތަނުގައި ހުރި ގަހެއްގެ ދަށަށް ވަނެވެ. ވާރޭ ހުއްޓާލީ 10 މިނަޓް އަށް ވުރެވެސް ގިނައިރު ވީ ފަހުންނެވެ. “އޭނީ ރެއިންބޯ އެއް އައިއްސަ” އާހިލް މިހެން ބުނުމާއެކީ ޒާއިން އަށާ ޒާރާ އަށް އެކަކު އަނެއްކަކާ ދިމާލަށް ބަލާލެވުނެވެ. ދެމީހުން ހަތަރު ކަޅި ހަމަވުމާ އެކީ މޫނު އަނބުރާލީ ޒާއިންއެވެ. ޖިވާ ސިއްރުން އާހިލް ކައިރި އެއްޗެއްބުނެލިއެެވެ.

“ހިނގާ” އާހިލް މިހެން ބުނެފަ ޒާއިން އާއި ޒާރާގެ އަތުގައި ހިފާފަ މޫދާ ދިމާލަށް ދުއްވާގަތެވެ. އާހިލް ގޮސް ހުއްޓުނީ މޫދު ކައިރީގައެވެ. ހުއްޓުނު ހެން ހީނުވެ އާހިލް އަނބުރާ ޖިވާ ކައިރިއަށް ދިޔަޔައެވެ. ޖިވާ އިޝާރާތުން ބޮޑުވައި އިގިލި އާހިލް އަށް ދައްކާލާފަ ބަރާބަރޭ ބުނެލިއެވެ.

ޒާއިން އާހިލް ދިޔަ ދިމާލަށް ބަލަން ހުރެފައި ދާންހިނގާގަތެވެ. ނަމަވެސް ޒާއިންގެ އަތުގައި ޒާރާ ހިފާ ހިފެހެއްޓިއެވެ.

“ޒާއިންގެ ވިލާގައި އިންނަ ރެއިންބޯ އަށް ވާން އަހަންނަށް ފުރުސަތެއް ދެވިދާނެތަ؟” ޒާރާ މިހެން ބުނުމުން ޒާއިން މަޑު މަޑުން ޒާރާގެ އަތް ނެއްޓުވިއެވެ. “ޒާއިން. އައި ވޯންޓް ބީ ދަ ރެއިންބޯ އިން ޔުއާ ކްލައުޑް” ޒާއިން ފަސް އެނބުރި ޒާރާއަށް ބަލާލިއެވެ. ޒާރާ އިން ވައްތަރުން ޒާއިން ނިއްއަރުވާލިއެވެ.

ޒާރާ އިނީ އެއްކަކޫ މައްޗަށް ތިރިވެ އާހިލް ދިން ލޮލީޕޮޕް ޒާއިން އަށް ދިއްކޮށްގެންނެވެ. “އައި ލަވް ޔޫ. ޕްލީޒް މެރީ މީ” ޒާރާ ބުނެލިއެވެ.

އެތާ ތިބި މަދު ބަޔަކު ހުރީ އާމުކޮށް ނުފެންނަ މަންޒަރެއް ވީމަ ބަލާށެވެ. ވާނީވެސް އެހެންނެވެ. އަންހެން ކުއްޖެއް “ޕްރޮޕޯޒް” ކުރާ ތަން އެޔަކީ ފެންނަ މަންޒަރެއްނޫނެވެ. އަމުދުން މަލުގެ ބަދަލަށް ލޮލީޕޮޕް އެއްދިއްކޮށް ގެންނެވެ. ދުރުގައި މަންޒަރު ބަަލަން ހުރި ޖިވާގެ ހިނިގަނޑު ދިޔައީ ފަޅާގެންނެވެ.

“ޒާރާ ތީ ކޮންކަމެއް” ޒާއިން މިހެން ބުނެ ލޮލީޕޮޕް ގައި ޖަހާ ވައްޓާލާފައި ދާން ހިނގާގަތެވެ. ޒާރާގެ ދެ ބުމަ ގޮށް ޖެހުނެވެ. ” ޒާއިން ދެން އެއްމެ ފިޔަވަޅެއް ކުރިޔަށް އެޅިޔަސް ޒާރާ ދާނަން ފަހަތުން އާދޭސް ކުރަމުން” ޒާއިން ހުއްޓުނެވެ. “މި. މިބުނީ ހުއްޓުނަސް ދާނަން” ޒާރާ ގަދަ ވެލާފަ މިހެން ބުނެފަ ޒާއިންގެ ކުރި މައްޗަށް އެރިއެވެ.

“ޒާއިން ޕްލީޒް ޒާރާ އަށް ފުރުސަތެއް ދީ. ޒާރާ ބޭނުން ޒާއިން އަށް މެރީ ކުރަން. އެދުހު ކަންތައް ކުރެވުނު ގޮތުން ޒާރާ ދެރަވޭ. ޒާރާ އަށް ސޮރީ.” ޒާރާ މިހެން ބުނި އިރު ރަނގަޅަށްވެސް ހުރީ ރޮވިފައެއެވެ. “ޝޫޝް. ސާބަހޭ މޮޔަޔާ. އިން ޝާ ﷲ ވަރަށް އަވަހަށް ތީ ޒާއިންގެ މީހަކަށް ހަދާނަން” ޒާއިން މިހެން ބުނެ ޒާރާގެ އަތުގައި ހިފާލިއެވެ.

“ޒާރާ” އެ އިވުނީ ޒާރާގެ ދޮންމަންމަގެ އަޑެވެ. “މީ ދޯ މިތަނަށް އައިސް ގަންނަ ގަނޑަކީ. ހިނގާ ގެއަށް ކުޅި ދައްކާލާނަމޭ. ބަލާލަ އަދި ލާފައި ހުރި ހެދުން. ލާހިކެއް ނޫން ދެން މިތަނަށްވެސް އަންނާކަށް” ހަފްސާ އައިގޮތަށް ޒާރާގ އަތުގައި ހިފައިގެން ގެންދަން ފެށިއެވެ. ޒާރާ ޒާއިން އަށް ބަލާލީ ފެން ކަޅިވެފައި ހުރެއެވެ.

ޒާއިން އެރޭ ހަތަރު ދަމު ވިސްނަމުން ދިޔައީ ކުރާނެ ކަމަކާ މެދު އެވެ. އެގޮތުން ޖިވާގެ ވެސް ހުއްދަ އާއެކީ ޒާއިން ގޮތެއް ނިންމިއެވެ.

***

“އައްސަލާމްއަލައިކުމް” ހަފްސާ ނިކުތީ މީހަކު ސަލާން ގޮވީމައެވެ. “ކަލޭ. ކަލޭ ކީއްކުރަން މިތަނަށް ތި އައީ. އޭ ކަލޭ ކައިރި ބުނަން ރަނގަޅު ވާހަކަ އެއް. ޒާރާ އާ ދުރުގައި އުޅެއްޗޭ. ދެން ނިކުމޭ މިތަނުން” ޒާއިން ފެނުމާ އެކީ ހަފްސާ ފެށިއެވެ. “އަޅުގަނޑު ދައްކާ ވާހަކަ އެއްފަހަރު އަޑު އަހާލައްވާ” ޒާއިން މިހެން ބުނުމުން ހަފްސާ ފާޑަކަށް ޒާއިން އަށް ބަލަން ހުއްޓެވެ. “ތި ދައްކާ ވާހަކަ އެއް އަވަހަށްދައްކާ” ހަފްސާ ފޫހިކަމާއެކު ބުނެލިއެވެ.

“އަޅުގަނޑު ބޭނުމީ ޒާރާ އާ ކައިވެނި ކުރަން. ޒާރާގެ ބައްޕަގެ ފިހާރަވެސް” “އާޗާ. ދައްކާލި ވާހަކަ. ބުނެލީމަ މަ ދޭނެ ތަ.” ހަފްސާ ބުނެފައި އެތެރެއަށް ދާން ހިނގާގަތެވެ. “5 ލައްކަ ރުފިޔާ ދޭނަން” ޒާއިން މިހެން ބުނެލުމާއއކީ ހަފްސާ އަށް ހީވީ ބޮމެއްގޮވި ހެންނެވެ. ހުއްޓުން އަރާފައި ހުރިއްޔެވެ. “ކީކޭ” “އާން 5 ލައްކަ ރުފިޔާ ދޭނަން” ޒާއިން އަށް މީ އެއްމެ ރަގަޅު ގޮތް ނޫންކަން އިގެއެވެ. ނަމަވެސް ޒާރާ މިކަމުން ސަލާމަތް ކުރަން ޒާއިން ބޭނުމެވެ. “އެއްމެ ރަނގަޅު” ހަފްސާ ދަތްތައް ފެންނަވަރަށް ހީލަމުން ބުނެލިއެވެ.

“ޒާރާ ނީންނާނަން” ކައިވެނި ކުރަން އޮތް ދުވަހު ޒާއިން ރުފިޔާގެ ވާހަކަ ޒާރާ ކައިރި ބުނެލިއެވެ. “ޒާރާ ދެން އެކަން އެ އޮތީ ނިމިފަ އޭ. އަޅާނުލާބަ” “ޒާއިން 5 ލައްކަ އޭ. އެ އާދައިގެ ވަރެއްތަ. ޒާރާ މިއަދު ލަދު ގަނެއްޖެ. ދޮންމަންމަ ވެސް. ޗީ” “ޒާރާ ޕްލީޒް” “އެއްމެ ރަނގަޅު. އެކަމް ގޮތެއްގެ މަތިން. ޒާރާ މެރީ ކޮށްފަ ދާނަން ޖޮބް އަށް 5 ލައްކަ ރުފިޔާ ޒާއިން އަށް ދެވެންދެން.. އެގޮތަށް އޯކޭ ވިއްޔަ ބުނޭ” ޒާރާ ބުނެލިއެވެ. ޒާއިން އެގޮތަށް އެއްބަސް ވިއެވެ.

***
2 އަހަރު ފަސް

“މިއޮއް އައީ” ޖިވާ އޭނާގެ ފިރިމީހާ ހުސެން އާއެކީ ވަދެގެން އަންނަތަން ފެނި ޒާރާ ބުނެލިއެވެ. ފަހަތުން އާހިލް ވެސް އައެވެ. ޖިވާ އާއި ހުސެން ކައިވެނި ކުރިތާ އަދި މިވީ މަހެކެވެ.

“ކޮބާ އާއްކޮގެ ކަޒިން ބްރޯ؟” އާހިލް ބުނެލިއެވެ. “މިހިރީ” ޒާއިން 4 މަހުގެ ރަޔާން ގޮވައިގެން އަންނަމުން ބުނެލިއެވެ.

“ޒާރާ ދެން ޖޮބް އަށް ނިކުންނަނީ ކޮންއިރަކުން؟” “ދެން ރަޔާން އަށް އަހަރެއް ވީމަ ދެން ތިކަމާ އުޅޭނީ” ޒާރާ ބުނެލިއެވެ. ޒާރާ މިހާރު އުޅެނީ މޫނުބުރުގާ އަޅައިގެންނެވެ.

ޒާރާ އަދިވެސް މަސައްކަތް ކުރަނީ ރުފިޔާ ހަމަ ވޭތޯއެވެ. އެކަމަށް ޒާއިންގެ ފުރިހަމަ އެއްބާރުލުން ޒާރާ އަށް ލިބެއެވެ. ހަފްސާ އުޅޭގޮތެއް ޒާރާ އަކަށް ނޭގެއެވެ. ނަމަވެސް އޭނަ އުފާވަނީ ބައްޕަގެ ފިހާރަ އަކީ މިހާރު އޭނަގެ ތަނަކަށް ވީމައެވެ.

ޒާރާ މިހާރު އުޅެނީ ވަރަށް އުފަލުންނެވެ. ހުރިހާ ޝުކުރެއް ހައްގީ ޒާއިން އަށެވެ. އެފަދަ ބައިވެރިޔެއް ވަރަށް މަދުން ނޫނީ ނުލިބޭނެއެވެ.

ނިމުނީ

Comments (30)

  1. Adam

    Wow vrah salhi

    1. Ram
      Adam

      Thankxx Adam ❤

  2. Xxxx

    Wooooowww…v.nice dear.. good job????????????????

    1. Ram
      Xxxx

      Thankyou so much dear ?

  3. ????

    Wowwwww beautiful. ….. dhigu vaahaka akah vi nama dhw????

    1. Ram
      ????

      November hisaabuga dhigu vaahaka eh liyeveythw balaanan igeyy dear.. thankyou ?

    2. Ram
      ????

      Here is the last part.. hurihaa readers ah vx kamudhaane kamah ummeedhu kuran.. plxx leave your view as a comment.. luvs ? c yuh guyx sooon ❤❤

  4. yaina

    Ooh vvv reethi ماشا الله ?

    1. Ram
      yaina

      Thankyou so much Yaina ??

  5. Rishu

    Wow vrh furihama mi part vx.. ram ge ehn vaahaka akh inthizaaru kuran. ..miss u?

    1. Ram
      Rishu

      Awwwn thankx dearr… miss yu too ????

  6. Hawwi

    Story v salhi dhigu vaahakayah inthizaar mi kurani

    1. Ram
      Hawwi

      Awwn thankx Hawwi ?

  7. Shaai

    Wow

    1. Ram
      Shaai

      Thankx shaai ❤❤

  8. Navya

    Vvv reethi mi vaahaka ?

    1. Ram
      Navya

      Thankyou Navya ?❤

  9. ramko

    ސަޅި

    1. Ram
      ramko

      Thi sticker eh nuveh feney ram ge phone akah.. dhe golhi eh fennany.. hehe.. btw thankx for the comment ramko ❤❤

  10. Shaai

    V reethi..

    1. Ram
      Shaai

      Awwn thankx shaai ?

  11. princess

    Really v nice???

    1. Ram
      princess

      Thankyou dear ??❤

  12. khajja

    Oh wow wow ??? masha allah v rythi v furihama alhe mi stry miavvuredhigukonves genes dhevunyhennu eyravves v furihamavys kan yageen mistry v furihama will miss u n ur stries wait ur long stries ram thank u somuch 4 the luvly stry keep it up gud nyt ly???❤❤❤???????

    1. Ram
      khajja

      ???

  13. khajja

    Oh wow wow?? masha allah v rythi ?? haadha avahakah thinimmaaly mi stry miavvure dhigukonves mihaarythikonliyeveyne maa avahah thinimmaaly zaaraage step mom ge habarevves fahun nuvi eyna ulheygoiy balailan v beynunvi ehaa edhumaigen laariyaagen ulhunyma ?? will miss u n ur strys gud nyt ly keep it up??❤❤???????

    1. Ram
      khajja

      Awwwn… ?dhn burakun dww dhigu kohlaany.. heheh… thankyou so much khajja.. ?? will miss yuh more and ly too ❤❤

  14. Adha?

    Varah loabi happy ending eh dw… varah salhi mi story? hope to see more from you dear ❤❤❤❤

    1. Ram
      Adha?

      Awwn thankxx darling ??❤❤

  15. huvaa bunan

    Mives Dhen vaahaka Eko ??

Comments are closed.