Skip to content
އެސްފިޔަ

ޔާރާއޭ

ކަޅު ކުލައިގެ ބޮޑު ޕްރައިވެޓް ކާރު އައިސް މަޑުކޮށްލީ 5 ބުރި އަށް ނަގައިފަ ހުރި ބޮޑު އިމާރާތެއް ކައިރި އަށެވެ. އެވަގުތު އެމަގުން ހިގަމުން ދިޔާ އެތަށް ބައެއްގެ ހިނގުން މަޑުކޮށްލީ އެކާރުން ފައިބަނީ ކާކު ތޯ ބަލާލާށެވެ. އެމީހުންނަށް އަޑު އިވިފަ އޮތް ގޮތުން ވިއްޔާ ބިޒްނަސް މޭން އެއް އާއިލާ އާއެކު އެމެރިކާ އިން މިތަނަށް (މާލެ) އަށް އަންނަނީއެވެ.

ވާހަކަ ތަކުގައި ސިފަ ކޮށްދޭ ހެން އެވާނީ ހޭންޑްސަމް މީހަކަށެވެ. ވަރަށް ހަރުކަށި ވާނެއެވެ. އެކިމީހުން އެކި އެއްޗެހި ހިތަށް އަރަމުން ގެންދިޔައެވެ.

ކާރުގެ ދޮރު ހުޅުވާލާފަ ނިކުތީ ޒުވާނެކެވެ. އެއާއެކު ބައެއް މީހުންގެ އަނގަ ހުޅުވުނެވެ. އަނެއްބައި މީހުން ސިއްރުން ވާހަކަ ދައްކަން ފެށި އެވެ. ބިޒްނަސް މީހުން ލާކަހަލަ ކޯޓެއް ލާފައެއްނެތެވެ. ހުރީ އާދައިގެ ގަމީހަކާ ކަކޫ ނިވާވާވަރުގެ ސޯޓު ކޮޅެއް ލާފައެވެ. ދޮން މޫނުގައި ސޭވް ކުރުމުގެ ބަދަލުގައި ތުބުޅިހުރީ ބޮޑުތަނެއް ދިގުކޮށްފައެވެ. ފަން އިސްތަށި ކޮޅު ޒަމާނީ ގޮތަށް ޖެލް ލައި ހިއްލުމުގެ ބަދަލުގައި ހުރީ ކަންފަތާ ހަމަ އަށް ދިގުކޮށްލާފަ އެވެ. ބަލާބެލުމަށް ވަރަށް ދީނީ ކަންތަކަށް ލޯބިކުރާ މީހެއް ހެން ހީވެއެވެ.

ދެން ނިކުތީ 7 އަހަރަށްދާ ފިރިހެން ކުއްޖެކެވެ. އޭގެ ފަހުން ނިކުތީ ދެބައި އުމުރުގެ އަންހެނެކެވެ. ކަޅު ދިގު ހެދުމެއްލާފައި ވީ އިރު ހުރީ ބޮޑު ބުރުގަލެއް އަޅައިގެންނެވެ. ހީވާ ގޮތުން 30 އަހަރު ވެދާނެއެވެ.

***

“ދޮންތާ.. މިތަން ކަމުދޭތަ؟” ޒާއިން ފޮށިތަށް ހިފައިގެން ވަދެފަ ސޯފާގަ އިށީއިންނަމުން ބުނެލިއެވެ. “މަންމަ އަށް ކަމުނުދިޔަޔަސް އަޅުގަޑަށް ވަރަށް ކަމުދޭ. ދޮންބެ ހިގާ ދާން. ބުނީމޭނު މިތާ ކައިރި އޮންނަ އަތިރިއަކަށް އާއްކޮ ގޮވައިގެން ދާނަމޭ” ޒާއިން ގެ ދޮންތަ ޖިވާ ޖަވާބު ދޭން އަނގަ ހުޅުވާލިތަނާ ކުޑަކުޑަ އާހިލް ބުނެލިއެވެ. ޖިވާ ދެފަރާތަށް ބޯހޫރާލިއެވެ. “ސާބަސް ދެންމެ އޭނުން މިއައީ. ދޮންބެ ވެސް ވަރުބަލި” “ނޫނޭ ދޭ ރެޑީ ވެގެން އަންނަން ދާން” ޖިވާ ގެ ވާހަކަ ޒާއިން މެދުކަނޑާލިއެވެ. އާއިލް ވަގުތުން ޔޭ އޭ ކިޔާފަ އެތެރެއަށް ދުއްވާގަތެވެ.

މި އާއިލާގައި ތިބެނީ އެންމެ 3 މީހުންނެވެ. ޖިވާ، ޒާއިން ދެން ޖިވާގެ އާހިލް އެވެ. ޒާއިންމެންގެ މަންމަ ވަނީ ޒާއިންގެ ވިހެއުމުގެ ތެރޭން ނިޔާވެފައެވެ. ބައްޕާ ނިޔާވީ އާހިލް އަށް އެއްމެ މަހެއް ފުރެންއުޅެނިކޮށެވެ. ބައްޕަ ނިޔާވުމުގެ ކުރިން ހުރިހާ މަސައްކަތެއް ޒާއިން އަށާ ޖިވާގެ ފިރިމީހާ އާލިކް އަށް ހަވާލު ކުރީއެވެ. އާލިކް ގެ މަރު ވީ އެ ކުޑަ އާއިލާ އަށް އައި އަނެއްހިތާމަ އަށެވެ. އާލިކް ބޭންކޮކް އަށް ދިޔުމަށްޓަކައި ފުރި ފްލައިޓް ކްރަޝް ވީއެވެ. ޖިވާ ވަރަށް ރުޔެވެ. ނަމަވެސް ކެތްތެެރި ވީ އެވެސް އަންނާނެ ދުވަހެއްކަން އިނގޭތީއެވެ. މިހާރު އެމީހުން މާލެ ބަދަލު ވީ އެއްމެން ވެސް ބޭނުން ވާ ގޮތަކީ އެއީ ކަމަށް ވީމައެވެ. އަމިއްލަ ވަޒަނުގައި އުޅުމަށް އެދޭތީއެވެ. 25 އަހަރުގެ ޒާއިން އޭނާގެ ދޮންތަ އާ ކޮއްކޮ ބަލަނީ އެއްވެސް ޝަކުވާއެއްނެތި އުފަލުންނެވެ.

***

ޒާއިން އާހިލް ގޮވައިގެން ދިޔައީ އެއްމެ މީހުން ނޫޅެ އަތިރިއަށެވެ. ޒާއިން އާއި އާހިލް ވެލިގަނޑު މަތީ ހަމަޖެހިލިއެވެ. އެއަށްފަހު އާހިލް އޭނާގެ ބޮޑު ދުވަހަކުވެސް ނުނިމޭ ވާހަކަ ފެށިއެވެ. ޒާއިން ވެސް ހެވިފައި އަޑުއަހަން އިނެވެ. އެވަގުތު އެއްލި ކަޅިއަކުން އޭނަ އަށް އެތާ ތަންކޮޅެއް ދުރުގައި ވެލިގަނޑު މަތީ އިށީއިނެގެން ރުކެއްގަ ލެގިލައިގެން އިން އަންހެން ކުއްޖެއް އަޅާގަތެވެ. ކުރު ޓޮޕްކޮޅަކާ ބާރު ސްކިނީ އެއް ލައިގެން އެކުއްޖާ އިނީ ހެޑްސެޓް ވެސް ޖަހައިގެންނެވެ. އިރު އިރުކޮޅާ ތުން ތަޅުވާލިއެވެ. ބޮލުގައި ކުޑަ ކުޑަ ސްކާފް އެއް އަޅައިފައި އޮތެވެ. ޒާއިން ވީ ފޫއްސެވެ. މިޒަމާނުގެ ގޮތްގަޑަށް އުޅޭކުދިން ދެކެ އޭނާ ވަނީ ފޫއްސެވެ. މިހާ ހާމަތަނެއްގަ ލަވަ ޖަހައިގެން އިންނަން ލަދެއްވެސް ނުގަނޭ ބާވައޭ ޒާއިން ހިތަށް އެރިއެވެ. އެއްޗެއް ހީވެގެން އަނެއްފަހަރު ޒާއިން ބަލާލިއެވެ. ޒާއިން އަށް ހީވީ ރަގަޅަށެވެ. އެކުއްޖާ ލޮލުން އައި ކަރުނަތަށް ފޮހެލިއެވެ. ޒާއިންގެ ދެބުމަ ގޮށްޖެހުނެވެ. ހިތާމައެއްގައި އުޅެންޔާ ﷲ މަތިން ހަނދުމަ ކުރާނަމައެވެ.

“ދޮންބޭ ބަންގި ބަންގި. އަވަހަށް ހިނގާ މިސްކިތަށް” އާހިލް ބުނެލިއެވެ. އިރުއޮއްސޭ ބަންގި ގޮވިއްޔެވެ. ޒާއިން ހިނިތުން ވެލާފަ އަވަހަށް ތެދުވިއެވެ. އެއްކަލަ ތާ އިން އަންހެންކުއްޖާ ވެސް ހީވީ ފޫކޮޅަށް ކައްޓެއްޖެހި ހެންނެވެ. ވަގުތުން ތެދުވެ ޒާއިން މެން ހުރަަސްކޮށްފައި ދިޔައީ އާހިލް އަށް ހިނިތުން ވެލާފައެވެ. ޒާއިން ހައިރާން ވިއެވެ.

މީ ކޮންކަހަލަ ކުއްޖެއްބާއެވެ. އަހަރެންނާ ދިމާލަށް ބަލާވެސް ނުލިއެވެ. އެހެންޏާ އެކަހަލަ ހެދުން ލައިގެން ހުންނަކުދިން ހުންނާނީ ފިރިހެނެއް ނުފެނިގެން ވިއްޔާއެވެ. ކޮންމެއަކަސް މި ގޮތްނޭނގޭ ކުއްޖާގެ މައުލޫމާތު ހޯދަން ޒާއިންގެ ހިތް ބުނެލިއެވެ.

***
އޭގެ ފަހުން ކޮންމެ ދުވަހަކު ޒާއިން އާހިލް ގޮވައިގެން އެ އަތިރިއަށް ދެއެވެ. ބައެއް ދެވަސްދުހު ޖިވާ ވެސް ދެއެވެ. މީން ކޮންމެދުވަހަކު ވެސް އެ އަންހެން ކުއްޖާ ރުއްކައިރި އިންނާނެއެވެ. ހެޑްސެޓް ޖަހައިގެންނެވެ. އިރުކޮޅަކުން ރޯލަ ފާނެއެވެ. ޒާއިން އަށް އެއްކަމެއް ފާހަގަ ވިއެވެ. އެ އަންހެން ކުއްޖާ ކުރިމަތިން ފިރިހެނެއް ދަންޏާ އެއަންހެން ކުއްޖާ ބިރެއް ފެނިގެން އުޅޭ ކުއްޖެއްހެން ދެފައިތިލަ ނުފެންނަހެން ފައި ވަށްކޮށްލާފަ މޫނުވެސް ފައިމަތީ ބޯޖަހާގެން ފޮރުވާލައެވެ. ޒާއިން ހުންނަނީ ރަގަޅަށްވެސް ވާނުވާގައެވެ.

މީ ވެސް އޭގެ ދުވަހެކެވެ. ޒާއިން އާއި ޖިވާ އަދި އާހިލް ދިޔައީ އެ އަތިރިއަށެވެ.އެއްކަލަ ކުއްޖާ ލޯމަރައިގެން ކުރިން ވެސް އިންނަތާ ހެޑްސެޓް ޖަހައިގެން އިނެވެ. ޒާއިން މެން އެކުއްޖާ ކުރިމަތިން ހުރަސް ކުރަން އުޅުނުވަގުތު އެތަނުން އައި ކުއްޖެއް އެ އަންހެން ކުއްޖާގެ ގައިގައި އަޅައިގެންފައި ވެއްޓުނެވެ. އެވަގުތު އެ އަންކުއްޖާގެ ހެޑްސެޓް ފޯނާވަކިވިއެވެ. އެވަގުތު އިވިގެން ދިޔަ އަޑުން ޒާއިން އަށް ހުއްޓުން އެރިއެވެ.

އިވުނީ ގުރުއާނުގެ އަޑެވެ. އެ އަންހެން ކުއްޖާވަގުތުން ވެއްޓުނު ކުއްޖާ ނަގާފަ ފޯނުން ގުރުއާން ޕައުސް ކޮށްލާފަ ހެޑްސެޓް ޖެހިޔެވެ. ޒާއިންމެން ގޮސް ތަންކޮޅެއްދުރުގައި އިށީއިނެލިއެވެ. ޒާއިން އަށް ބެލެނީ އެކުއްޖާއަށެވެ.

ބޭރުތެރޭން ފެންނަފެނުމަށް ފާޑު ނުކިޔަން މީހުން ބުނަނީ ކީއްވެގެންކަން ޒާއިން އަށް މިއަދު ވިސްނިއްޖެއެވެ. އެއަންހެންކުއްޖާ ލާހެދުމުގެ ފަހަތުގަ ވެސް ކޮންމެވެސް ސިއްރެއް އޮންނާނެ ހެން ޒާއިން އަށް ހީވިއެވެ. އެކުއްޖާ ޒާއިންއަށް ހާއްސަ އެވެ. ނޫނެކެވެ. ވަރަށް ހާއްސާއެވެ. އޭނަގެ ކަންތައް ހޯދަން ޒާއިން ބޭނުމެވެ. ޒާއިން އަށް މިވެވެނީ ލޯބިކަން ޒާއިން އަށް އިގެއެވެ.

ޒާއިން ބޭނުނުންވަނީ އެކުއްޖަގެ އަނދިރިފަރާތެއްވާނަމަ އެކަން ހޯދާށެވެ. އެކުއްޖާ އަބަދު މިގަޑީ މިތާއިންނަނީ ކީއްވެބާއެވެ؟ ރޮނީކީއްވެބާ؟ ގުރްއާން އަޑުއަހާފަވެސް ރޮވިދާނެތާއެވެ. އެކަމް އެހެންވެ ކަމަކަށް ޒާއިން ގެ ހިތެއް ނުބުންޏެވެ. އޭނާ މިހެން ހިތަށް އެރިޔަސް އެ އަނދިރިފަރާތް ހޯދޭނީ ކިހިނެއްކަމެއް ޒާއިންއަކަށް ނޭގެއެވެ.

“ދޮންތަ ވާހަކަ ދައްކަންތަ” ޖިވާ ބުނެލިއެވެ. ޒާއިން އަށް ތެޅިގަނެވުނެވެ. “ސާބަހޭ ކޮއްކޯ. ދޮންތައަށް އިގެޔޭ ކޮއްކޮ ތި ވިސްނާ ކަންތައް. ދޮންތަ އަށް ރަގަޅަށް އިގޭ ކޮއްކޮގެ ޝައުގުވެރިކަން އެ ކުއްޖަޔާ ހުންނަކަން. ދޮންތަ އެބަ އަންނަން ވާހަކަ ދައްކާލާފަ.” ޖިވާ މިހެން ބުނުމުން ޒާއިން ލަދުގަނެފަ އިނެއްކަމަކު ތޭންކްސް ދޮންތާއޭ ބުނެލިއެވެ. ޖިވާ ހީލާފަ އެކުއްޖަ ކައިރި އަށް ގޮސް އެކުއްޖަ ކައިރި އިށީއިނެވެ.

ނުނިމޭ

ނޯޓު: މިއަކީ ކުރުވާހާކައެކެވެ. އަޅުގަނޑު މިވާހަކަ ލިޔެލާނީ 2 އެޕިސޯޑު އަށް ބަހާލައިގެންނެވެ.
-ޝުކުރިއްޔާ-

Comments (33)

  1. Ram

    Next part in sha allah maadhen igeyy.. knme kuhjehvx kiyaalaafa comment eh kohlahcheyy..??

  2. Shaai

    Wow v intrust vehjje…. avahah upload kohdhehche….

    1. Ram
      Shaai

      Yesss… keep waiting ?

  3. ishaa

    VAHAKA V REETHI VAANE HEN HEEVEY…MEYHUN BUNANEE HAMA THEDHEH …MEYHEH GE SIFA AH BALAAFA GOI NUKIYAN..

    1. Ram
      ishaa

      Yaaa thats so true.. thankx dear.. ?

  4. Adam

    Varah salhi ram keep itup

    1. Ram
      Adam

      Thankx Adam ?

  5. Ethan

    Hello Ram…. so Zaain is interested dhw…but interest vaan jehunu reasons thah thankolheh ginain genai nama varah reethi vees…anyway this part is nice…waiting fr the next .. good luck 🙂

    1. Ram
      Ethan

      Interest vaa reasons innaane ekm detail koh nuliyevunyma kamah vedhaane.. thats a mistake.. thankyou Ethan faahaga kohlyma.. next story thakuga i will try to improve.. ?

  6. Juvey

    V salhi ..ram u r grt .???

    1. Ram
      Juvey

      Happy to here that.. thankyou so much juvey

  7. Aki

    mi part v reethi… ??kuriyah huri part tha reethi vaane kamah mibalanee..??

    1. Ram
      Aki

      Dhn othyy emme part eh.. in sha allah e part Aki kamudhaane kamah mi balany.. keep waiting ?

  8. Xxxx

    Dear v.reethi n different..?????keep it up… waiting 4 next part

    1. Ram
      Xxxx

      Thankx so much dear.. keep waiting ?

  9. Saa

    Vaahaka feshun v furihama..
    Nimunvx ehaa furihama vaane kamah unmeedhu kuran

    1. Ram
      Saa

      In sha allah… alhugadu vx ummeedhu kurany thihen.. thankx saa ?

  10. Adha?

    Varah salhi mi story.. varah interesting… great work ram?
    Waitingss ❤❤❤❤

    1. Ram
      Adha?

      Thankyou so much Adha.. keep waiting ?

  11. Naa

    V kiyaalaa hivejje, mihaaru migenna atory thakaa thafaathu kamah dhah kaa

    1. Ram
      Naa

      Alheyy… so happy to here that.. thankyou Naa ?

  12. YRAM?

    Nyc story❤

    1. Ram
      YRAM?

      Thankx dear ❤❤

  13. Nikko

    Gavaidhun nimen dhen up kohdheh chey. Me hama ekani story wirter ge kibain edhey kamaky reethi vaanrh hen hyvey

    1. Ram
      Nikko

      Yess dear.. in sha allah maadhen fahubai kiyaalan libeyne.. keep waiting ?

  14. Hawwi

    V interesting story eh..
    .maadhamage bayah wait kurannn

    1. Ram
      Hawwi

      Thankx Hawwi.. keep waiting ?

  15. Merr

    Varah reethi ?
    Waiting for the next part dear ram ❤

    1. Ram
      Merr

      Awwn.. thankx dear Merr ??

  16. XAAN

    V Reethi

    1. Ram
      XAAN

      Thankyou XAAN ❤❤

  17. Rishu

    Vrh reethi mi part vx next part vx vrh reethi vaane kamah unmeedhu kuranyyy

    1. Ram
      Rishu

      Thankx Rishu ?

Comments are closed.