Skip to content
އެސްފިޔަ

ހިތަށް ތަދުވޭ

އޭނާގެ އެ މުށި ކުލައިގެ ރަންކޮޅެއް ފަދަ ދެ ލޮލުން އަހަންނާދިމާލަށް ބަލަން ހުށްޓެވެ. އަހަރެން އެތެރެއިން ގިރުނު ކަހަލައެވެ.  އޭނަ ހުރީ އަހަންނާ ހާދަ ކައިރިއަކުއޭ…ގަބޫލު ކުރަންވެސް ދަށްޗެވެ. އޭނަ ނޭވާލާވަރު  އަހަންނަށް ބުނެދޭން އިނގޭ. ހަމަ އެހާވެސްކައިރީގަ. އޭނަ އަށް  އަޑު ނީވުނަސް އަހަންނަށް ހަމަަ ގައިމުވެސް އަހަރެންގެ ހިތް ރޯމަހެއްހެން ތެޅޭ އަޑުއިވޭ. ދުވަހަކުވެސް އަދި މިހާ ރީތި މިހާ ފުރިހަމަ ޒުވާނަކު އަހަރެންގެ މުޅި ހަޔާތުގައިވެސް ނުދެކެން. ހާދަ ރީއްޗޭ… ރަތް ދޮނެއް ލިބިފައިވާ މޫނު ހާދަ ޗާލޭ…އަހަންނާ ހަތަރު ކަޅި ހަމަކޮށްގެން ހުރި އޭނަގެ އެެ ޖާދުވީ ދެލޯ. އޭނަގެ ކަޅު ކުލައިގެ ބުޅި ފަން އިސްތަށި ގަނޑު.އޭނަގެ ގެ ނޭފަތް. އޭނަގެ ފިޔާތޮށި މަޑު ތުންފަތް. ދިގުކޮށް ހުރި އެވަރުގަދަ ހަށިގަނޑު. ” އޯ މައި ގޯޑް!!! މަބޭނުން މީނަ.. ވަރަށް ބޭނުން..” އަހަރެން މިހެން ހިތާ ހިތާ ކިޔާލަ ކިޔާލަ އިނީމެވެ. ވިންދު އަވަސްވާން ފަށައިފިއެވެ.  އޭނަގެ ލޯބި ލޯބި މޫނު މަޑު މަޑުން އަހަންނާ ކައިރިކޮށްލިއެވެ. އަދި އަހަރެންގެ ކަންފަތް ކައިރީގައި ވައި އަޑަކުން އަހަރެންގެ ހިތް މިއޮއް ހާއިރު އަޑުއަހަން ބޭނުން ވެފަ އިން ވާހަކަ ވަރަށް މަޑުމަޑުން ބުނެލިއެވެ…

‘ބީޕް ، ބީޕް ، ބީޕް ، ބީޕް.’ ވަރަށް ފޫހިވޭ!  ކޮންމެ ފަހަރަކުވެސް!! ކޮންމެ ފަހަރަކުވެސް އަހަރެން ހުވަފެނުގެ އެންމެ ސަޅި ތަންކޮޅަށް ދާއިރަށްަ މި އެލާމް ގަޑި އަށް އެލާމް ވާން އިނގޭނީ! ކީއްވެތަ އަޅެ؟ އެއޮށް ސަޅި ހުވަފެން. އަހަރެން ގެ ކުދި ކުދި ހުވަފެންތައް.މިދުނިޔެމަތިން ވެސް އަހަންނަށް ލިބޭ ހަމައެކަނި އުފާ. މިހާރު ވަގުތުވެސް  އަހަރެންގެ އަތުން ހުވަފެންތަށް އަތުލާފަ އަހަންނަށް ދޯކާ ދޭހެން ހީވަނީ!! ހުވަފެނާއި ހަގީގަތް ހާދަ ތަފާތޭ. އަހަރެންގެ ހުވަފެނުގެ ހަޔާތުގެ ބައިވެރިޔާއަށް އަހަރެން ބުނާހާކަމެށް ކޮށްދެވޭނެ. ދުލަށް އެރިހާ އެއްޗެއް ހޯދައިދެވޭނެ. އުޑަށް އަރަން ބޭނުން ވެއްޖިޔާ އުޑަށް ވެސް އަރުވަދޭނެ. އެކަމު ހަގީގަތުގައި މީގެން އެއްކަމެއްވެސް ނުވާނެ. އަޅެ ދޮގެއްތަ މީ؟ މީގެ ކުޑަ އިރުކޮޅެއްކުރިން އަހަރެން އިނީ ޖައްވުގައެވެ.އެކަމު މިހާރުމީނީ އަހަރެންގެ ބޭއިންސާފު ދުނިޔެޭގައެވެ.ހަގީގަތަށް އަރާ ހަމަވެފައެވެ.

އަހަންނަށް ހޭލެވުނު އިރުވެސް ރަނގަޅަކަށް ނިދިހަމައެއް ނުވެއެވެ. ކަންނެތް މޯޅިއަކަށް ދެމިލާފައި އެނދުން ތެދުވެގެން ދިޔައީ ކޮޓަރީގައި ހުރި ލޯގަނޑު ކައިރިއަށެވެ. އަހަރެން ހުރިލެއް ރީތިކަމެއް ނުވަތަ ހަޑިކަމެއް ބަލާކަށް ނޫނެވެ. އެކަމު އަހަރެންގެ މޫނުމަތިން އެއްވެސް ވަރެއްގެ ތަފަާތެއް ފެނޭތޯއެވެ. އެއްވެސް ބަދަލެއް ނާދެއެވެ. އަހަރެން ހުރީ ހަމަ މީގެ އެއް ދުވަސް ކުރިން ހުރިގޮތަށެވެ. އަދިވެސް މޫނު މަތިން ހިތާމަވެރިކަން ފެނެއެވެ. ދެލޯހުރީ އަދިވެސް ދުޅަވެފައެވެ. ޓޮމާޓޯއެއް ހެން ރަތް ވެފައެވެ. ނަމަވެސް އަހަރެން ލޯގަނޑަށް ބަލަން ހުރެ ގަދަކަމުން ނަމަވެސް ހީލީމެވެ. އަބަދަކު ކަރުނައިން ފޯވެގެނެއް ނޫޅުވޭނެއްނޫންހޭ ހިތައް އަރުވާލަމުންނެވެ. ނަމަވެސް ހިތަށާ ސިކުނޑިއަށް އެރި ވޭނަކުން ފެންކަޅި ވިއެވެ.

މާދަމާ އަކީ އަހަންނަށް ހާއްސަ ދުވަހެކެވެ. އެކަމު އަހަރެން އެދުވަސް ހާއްސަ ކަމުގައެއް ބަލައެއްނުގަންނަމެވެ.އެދުވަހުު އަހަރެންގެ ދިރިއުޅުމަށް މުޅިން އައު ބަދަަލެއްއަންނާނެއެވެ. އަހަރެން އެއްގޮތަކަށް ވެސް މަރުހަބާ ކިޔާ ބަދަލެއް ނޫނެވެ. އާނއެކެވެ. އަހަރެންެ މީހަކާ ކައިވެނި ކުރަނީއެވެ. މީ އަހަރެން އެއްގޮތަކަށް ވެސް ބޭނުންވެގެން ކުރާ ކައިވެންޔެއް ނޫނެވެ.މަޖުބޫރުވެގެން ކުރާ ކައިވެންޔެކެވެ. މަންމަމެން ކުރާ އާދޭސް ތަކުން ބޯގޮވައިގެން ކުރާ ކައިވެންޔެކެވެ.ހިޝާމްގެ ހަނދާންތަކުން ދުރުވާންވެގެން ކުރާ ކައިވެންޔެކެވެ. އަހަރެން މި އިންނަން އުޅޭމީހާދެކެ އެއްގޮތަކަށް ވެސް ލޯތްބެއްނުވަމެވެ. ލޯތްބެއްނުވެސް ވެވޭނެއެވެ. އަދި ލޯތްބެއް ނުވެސްވާނަމެވެ. އެއީ އަހަރެންގެ ހިތުގައި މަާކުރިން ވެސް މީހެއްގެ ފޮޓޯ ހަރުކުރެވިފައިވާތީއެވެ.ހިޝާމް. ހުވަފެންތަކުން އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދޭމީހާ. ނަމަވެސް ހަގީގަތުގައި އަހަރެންގެ ލޮލުން ކަރުނަ ބާލުވާ މީހާ. މީހުން ހިތަށް އަރާފާނެ އަހަރެން ކީއްވެބާއޭ އަޅެ އެކަހަލަ މީހެއް ދެކެ ލޯބިވަނީ. ޙުދު އަހަންނަކަށް ވެސް އޭގެ ޖަވާބެއް ނޭނގެއެވެ. ހުވަފެނުގައިވެސް ހިތަކަށް ނާރާ މިކަހަލަ ދެރަ ދުވަހެއް އަންނާނެކަމަކަށް. އަޅެ އެންމެފަހަރަކު ނަމަވެސް އަހަންނަށް ގުޅާފަ އަންނާށޭ ބުނެފިއްޔާ ހުރިހާ އެއްޗެއް ދޫކޮއްލާފަ ހުސްފަޔާއަންނަން މިހިރީހަމަ ތައްޔާރަށް.އެއްފަހަރު ނަމަ ވެސް ހިޝާމް ގުޅާނަމަ.

ހިޝާމް ދެކެ އިންތިހާއަށް ލޯބިވަން..އެކަމު ހިޝާމް އަހަރެން ދޫކޮށްލާފަ ދާންޖެހުނީ ކީއްވެގެން ކަން މިއަދާހަމައަށް އައިރުވެސް މިސުވާލުގެެެ ޖަވާބު ހޯދާ ނުފެނޭ. އަހަންނަކީ ހަމަ އެހެންމީހުންނެކޭ އެއްފަދައިން ހަމަ ނޯރމަލް ލައިފް އެއް ދިރިއުޅެމުން އައި ކުުއްޖްކެވެ. އާއިލާއާއެކީ އުޅެ ބޮޑުވީ މާލޭގައެވެ. .ސްކޫލް ނިންމާފަ ރާއްޖެއިން ބޭރަށް ގޮސް ޔުނިވަރސިޓީ ގައިވެސް ކިޔެވީމެވެ. ޔުނިވަރސިޓީ ނިމުނި އިރު އަތުގައި އޮތީ ޕޮލިޓިކްސް ގެ ޑިގްރީއަކާ ހަގީގީ ލޯތްބެވެ. އަހަރެން ގެ ދިރިއުޅުން އެއީ ހަމަ އެންމެ ފުރިހަމަ ދިރިއުޅުމެކޭވެސް ބުނެވިދާނެއެވެ. ހަމައެހާ ސަޅިއެވެ. އެކަމު ޓަސްލާފަ މިހުރިހާ އުފާވެރިކަމެއް އަހަރެންގެ އަތުން ދޫވިކަހަލައެވެ. އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވީކަހަލައެވެ. އަހަރެންގެ މި ފުރިހަމަ ދިރިއުޅުން ބަދަލުވަމުން އައިއިރުވެސް އަހަންނަކަށް އެއްކަމެއްވެސް ނުކުރެވުުނެވެ.މީހުން ބުނަނީ ތެދެކެވެ.ބައެއް ފަހަރު ދިރިއުޅުމަށް އަންނަ ބަދަލުތަކަކީ ނުވެސް ބުނެ އަންނަ ބަދަލްތަކެކެވެ.

ޔުނިވަރސިޓީ އެހާއަވަހަކަށް ނިމުމަކީ އަހަރެން ބެޭނުންވިކަމެއް ނޫނެވެ. ޔުނިވަރސިޓީ އާއެކު އަހަރެން ގެ ހުރިހާ އުފާތަކެއް ވެސް ވަޅުލެވެމުން ދިޔައެވެ. ހިޝާމް ވެސް. ޔުނިވަރސިޓީ ނިމުނި އިރު އަހަރެން އަތުގަ ޕޮލިޓިކްސް ޑިގްރީއަކާ ހަގީގީ ލޯބި އޮތް ވާހަކަ ބުނެވުން ކަންނޭގެ. އެކަމު  އެއާއެކު ފުނޑު ފުނޑު ވެފަ އޮތް ހިތެއް ވެސް އަހަރެންގެ އަތުގައި އޮތެވެ. ހަގީގީ ލޯތްބަކީ އަހަންނަށް ލިބުނު އެއްޗެނޫެނެވެ..އެއީ އަހަރެން، ހިޝާމް އާދޭތެރޭ ބޭއްވި ހަގީގީ ލޯތްބެވެ.

އަހަންނަށް ލޯގަނޑު ކުރިމަތީ ގައިމިހެން އެތަށް ގަރުނެއް ވަންދެން ހިޝާމްގެ ހިޔާލަށް ގެއްލިފަ އިނދެވިދާނެއެވެ. ހިތަށް އަރާ މި ލޯގަނޑުން އަހަރެންގެ ހިތް ފެންނަނަމައޭ. އެ ފުނޑު ފުނޑު ވެފަ އޮތް ހިތް ނަގާ އެއްލާލެވޭނެނަމައޭ. ހިތަށް އަރާ އަހަރެންގެ ހިތެއް ނޯންނަނަމައޭ. މިހިތަށް ހާދަ ތަދެއް ވެޔޭ. ދުނިޔެމަތިން ފޫހިވެގެން ގޮސް ހިތަށް އަރާ މަރުވާނަމޭވެސް..މިކަހަލަ ފާޑު ފާޑު ގެ އެއްޗިހި ހިތަށް އަރުވަން އިންދާ ބޭއިހްތިޔާރުގައި އަހަރެންގެ ލޮލުން ކަރުނަތަށް ހޯސް ލާފަ ފައިބައިގަތެވެ..މުޅި ބޮލުތެރޭގައި ހިޝާމް ހޭއަޑު އިވެމުން ދިޔައެވެ.. އެޭނަ މަތިން ހަނދާވެއެވެ. އޭނަ ބޭނުންވެއެވެ. ހިޝާމް އަޅެ ކީއްވެތަ އަހަރެން ދޫކޮށްލާފަ ދިޔައީ؟؟ ދިޔުމުގެ ކުރިން  އެސުވާލުގެ ޖަވާބުދިން ނަމަ ވެސް މިހިތަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބިދާނެތީތަ ނުބުނެ ދިޔައީ؟؟  އަހަރެން މޮޔަވެދާނެހެން ހީވިއެވެ. އެރި ރުޅިންނާއި ވީ ދެރައަކުން ކުރިމަތީ ހުރި ލޯގަނޑު ގައި އަތުން ޖެހި ޖެހިނުން ގޮސް ލޯގަނޑު ތެޅިގެން ފުނޑު ފުނޑު ވެގެން މުޅި ތަނަށް ފައިބައިގަތެވެ.

އެއަޑު އިވުމާއި އެކު ކުއްލިއަކަށް އަހަރެންގެ ފުރަގަހުން ބާރަކަށް އައިސް ކޮޓަރި ދޮރުހުޅުވާ ލުމަށް ފަހު ސިހިފައިކަހަލަ ގޮތަކަށް އަހަންނާދިމާލަށް ދުވެފައި މީހަކުއައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަރެން ހުރީ ފާޑަކަށް ހުއްޓުން އަރާފައެވެ. ލޯގަނޑު ގައި އަތުން ޖެހިލެއް ބާރުކަމުން އަތުން ލޭތަށް އޭރު ފައިބަމުން ދިޔައެވެ. އޭނަގެ ފަހަތުން ދުވެފައި އައި އަހަރެންގެ ކޮއްކޮ ރުހްޝީ އަށް އަހަރެން ހުރިގޮތް ފެނުމާއެކު ބަލަން ނުހުރެ ދުވެފައި ފަސްޓް އެއިޑް ކިޓް ބަލާ ދުއްވައިގަތެވެ.ރިއުމާން ވެސް ބަލަން ނުހުރެ އަހަރެންގެ އަތުން ލޭމަނާ ކުރުމަށްޓަކައި އޭނަލައިގެން ހުރި ހުދު ގަމީސް ބާލަފައި އޭތި އަހަރެންގެ އަތުގައި އޮޅަންފެށިއެވެ.. އަހަރެން ހުރީ އިސްޖަހައިގެންނެވެ. އޭނަ ކޮށްފާނެ ސުވާލަކަށް ޖަވާބު ނުދޭންވެގެންނެވެ.

އަހަރެންގެ އަތުގައި އޭތި ރަނގަޅަށް އޮޅާލުމަށް ފަހު އަހަރެންގެ އެނދުމަތީ ބައިންދާފައި އަހަރެން ކައިރީ އިށީންދުނެވެ. އެވަގުތު ރުހްޝީ ފަސްޓް އެއިޑް ކިޓް ހިފައިގެން ކޮޓަރިއަށް ވަނެވެ. “ތަންކޮޅެއް ލަސްވީދޯ” ފަސްޓް އެއިޑް ކިޓް ރިއުމާން އަށް ދިއްކޮލަމުން ބުނެލިއެވެ.އަދި އަހަރެން ކައިރީ އިށީންދުނެވެ. “ދޮންތީ! ކީއްވެތަ އަޅެ؟” އަހަންނާ ދިމާލަށް ބަލަން ހުރެފައި ރުހްޝީ އަށް ރޮވުނެވެ. އަހަރެން ބަހެއް ނުބުނެ އިސްޖަހައިގެން އިނީ އެވެ.” ކީކޭ ހިތަށް އަރައިގެން ކުރިކަމެއްތަ މީީ؟ އަނެއްކާ މާދަމާ ދޮންތި ތިއުޅެނީ މެރީކުރަން…އިހްސާން އަށް މިކަން އިނގިޖިއްޔާ އޭނަ ކީކޭ ހިތަށް އަރާނީ؟ މަންމަމެން ވެސް މިއަދު މާލެ އަންނާނެ.ދޮންތިގެ ތިގޮތްގަނޑަކަށް އަދިވެސް ބަދަލެއް ނާދޭ! ދޮންތިގެ ތިހާލު ބަލާކަށް އަހަންނަކަށް ކެތެއްނުވާނެ” ރުހްޝީ އެހެން ބުނެފައި ރޮމުން ރޮމުން ކޮޓަރިން ނިކުތެވެ.

ރިއުމާން އަދިވެސް އެއްޗެކޭ ނުބުނެ އަހަންނާދިމާލަށް ބަލަން އިނެވެ.އަދި މަޑު މަޑުން އަހަރެންގެ ކޮނޑުގައި އަތް އަޅާލައިފައި ސުވާލުކޮށްލިއެވެ.”ހިޝާމް؟؟” އަހަންނަށް އެ ނަން އިވުމުން އަނެއްކާވެސް ރޮވޭ ގޮތް ވިއެވެ. އަދި ރިއުމާން އާ ދިމާލަށް އެދުވަހު ފުރަތަމަ ފަހަރަށްް ބަލާލައިފައި ބޯޖަހާލީމެވެ.”މަމީ ރުހާއުގެ ބެސްޓް ފްރެންޑް ކަން ވެސް ހަނދާންނެތުނީތަ؟” ރިއުމާން އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ. އަހަރެން އޭނައާ ހަތަރު ކަޅި ހަމަކޮށްލާފައި ބަލާލީމެވެ.ރިއުމާން ހުރީ ފެންކަޅިވެފައެވެ.”ރިއޫ…ސޮ..ސޮރީ…” ރޮވޭގޮތް ވާތީ އަހަންނަށް ވާހަކަ ދައްކަންވެސް އުނދަގޫ ވިއެވެ. “ފްރެންޑްސް ނެވާރ ސޭ ސޮރީ އޯރ ތެންކިޔޫ. އަހަރެން އަސްލު ވަރަށް ދެރަވޭ ރުހާއު ތިހެން އުޅޭތީ. ރުހާއު ދެރަވަންޔާ މަށާ ޝެއާރ ކޮށްބަ ވާހަކަތަށް…ތިހެން އެކަނި އިނދެ ރުއީމަ ނުވާނެ އެއްކަމެއްވެސް. ހިޝާމް ރުހާއު ދޫކޮށް ލާފަ ދިޔަތާ މިހާރު 2 އަހަރު އެވަނީ…!! އެއްފަހަރުވެސް އޭނަ ގުޅިތަ ރުހާއުގެ ހާލު ބަލާލަން…އެއްފަހަރުވެސް އައިތަ ރުހާއު ދެކިލަން؟؟ ރުހާއު އޭނަ މަތިން ހަނދާން ނައްތާލާ!!” ރިއުމާން އޭނަގެ ވާހަކަ ފަތިފަށްޗައް އަސަރާއެކު އަމުނާލަމުން ދިޔައެވެ.” ރުހާއު ޕްލީޒް…ޑޯންޓް ކްރައި ފޯރ ޕީޕަލް ހޫ ޑޯންޓް ކްރައި ފޯރ ޔޫ. ބަލާބަ ރުހާއުގެ އަތަށް ވެފަ  އޮތް ގޮތް..އަޅެ ތަދެއް ނުވޭތަ؟” ރިއުމާން އަށް މިހެން އަހަމުން ރޮވުނެވެ. “ދެން އަހަރެންގެ ހިތޯ؟ ހިތަށް ތަދުވޭތޯ އެއް ނާހާނަން ތަ؟؟ މިއަތަށް ވުރެ މަގޭ ހިތަށް މާ ބޮޑަށް ތަދުވޭ” އަހަރެން ބުނެލީމެވެ. “އިނގޭ ރުހާއު އަށް ތަދުވާކަން..އިނގޭ ރުހާއު އަށް އުނދަގޫވާކަން..އިނގޭ ރުހާއު ހިޝާމް ދެކެ ލޯބިވާކަން..އިނގެޭ ރުހާއު މެރީ ކުރަން ވެސް ތިއުޅެނީ ހިޝާމް މަތިން ހަނދާން ނައްތާލަންކަން..” ރިއުމާން މިހެން ބުނަމުން ދިޔައިރު އޭނަގެ ލޮލުން ކަރުނަތަށް ފައިބަމުނަ ދިޔައެވެ..”ރިއޫ އަށް ނޫނީ ދެން ކާކަށް އިނގޭނީ…ދެން ޕްލީޒް ސްޓޮޕް ކްރައިން..ކްރައި ބޭބީ!” ރިއުމާންގެ ލޮލުން ކަރުނަތަށް އަހަރެން ފޮހެލީމެވެ އަދި އޭނަ ހިތްހަމަޖައްސާލަން އަހަރެން ކުޑަކޮށްނަމަވެސް ހީލީމެވެ. އޭނާ ވެސް ސްމައިލް އެއް ދީފައި އަހަރެންގެ ކަރުނަތަށް ފޮހެލަދިނެވެ. އަދި ވަރަށް ސީރިއަސް ވެފައި އަހާލިއެވެ. ” ރުހާއު ހަމަ އަސްލުވެސް އިހުސާން އާ މެރީ ކުރަނީ ތަ ދެން؟ ރުހާއު އަދިވެސް އެބޮތް އެއްދުވަސް ރަނގަޅަށް ވިސްނާލާ…ރުހާއު އަށް އޭނަ ރަނގަޅު ނޫން ވެޖިއްޔާ އޯ؟؟ އަސްލު ތެދަށް ބުނާނަމަ މަ އެހާ ގަބޫލެއް ނޫން ދޯ އޭނަޔާ ރުހާއު މެރީ ކުރާކަށް…ރުހާއުގެ މަންމަ  މެނަށް ކަމުދިޔަސް މަށަކަށް އެހާ ކަމަކު ނުދޭ އިހްސާން އެއް.” ރިއުމާންގެ މޫނު މަތިން ސީރިއަސް ކަން ފެނުނެވެ. “ރިއޫ އަށް ހަމަ އިނގެއެއްނު އަހަރެން މިމެރީ ކުރަނީ ބޭނުންވެގެނެއް ނޫންކަން..”ދެކޮނޑު ހިއްލާލަމުން އަހަރެން ބުނީމެވެ. “ދެން ކީއްވެ؟ ރުހާއު! ކުރަން ބޭނުން ނުވާކަމެއް ނުކުރޭ! ޕްލީޒް. މެރީ ނުކުރޭ! ރުހާއު އަދި އެއްފަހަރު ވިސްނާލާ!”ރިއުމާން ކަންބޮޑުވެފައި ބުނެލިއެވެ. “އޯކޭ… ވިސްނާނަން! ބައި ދަ ވޭ.. ރިއޫ މި ގޭގަ ހެނދުނު ހެނދުނާ އައިސް ތިއުޅެނީ ކީއްކުރަން؟” ކުޑަކޮށް މައުލޫއޮޅުވާލަމުން އަހާލީމެވެ. “މިއައީ ރުހާއު މަތިން ހަމަ ހަނދާން ވާތިވެ. މަގޭ ސްވީޓް ބެސްޓް ފްރެންޑާ އެކީ ކޮފީއެއް ބޯލަން ކަމަށް..އެކަމު ދެން ކޮފީ ބޮއެގެން ވެސް ގެއަކަށް ނުދެވޭނެ ދޯ!! ” ރިއުމާން ހެވިލާފައި ބުންޔެވެ.”އެއީ ކީއްވެގެންނޯ؟” އަހަރެން ވެސް ހެވިލާފައި އަހާލީމެވެ..” މި ގޮލާ ފަކީރުގެ ގަމީސް ކޮޅު ތިއޮތީ މެޑަމް ގެ އަތުގަ އޮޅާފައެއްނު” ފާޑަކަށް ހެމުން ރިއުމާން ބުނެލިއެވެ.އަހަރެން ރިއުމާން ކައިރީ މަޑުކުރާށޭ ކިޔާފަ ދޮންބެ ކޮޓަރި އަށް ވަދެ ދޮންބެ ގެ ޓީޝާރޓެއް ހިފައިގެން އައިސް ރިއުމާން އަށް ދިއްކޮށްލީމެވެ. “އަން! މިލައިގެން ހިނގާބަ ދެންވެސް ކޮފީ ބޯން!” އަހަރެން ބުނެލީމެވެ. ރިއުމާން ވަގުތުން އެ ޓީޝާރޓް ލިޔެވެ. “ހުމމ..ހިނގާބަލަ” ތެދުވަމުން ރިއުމާން ބުނެލިއެވެ. “ރިއޫ…ހީވޭތަ މަށަށް އިހްސާން އާ އެކީ ހެޕީ ކޮށް އުޅެވޭނެހެން؟”ރިއުމާން ތެދުވިތަނާ އޭނަގެ އަތުގައި ހިފާލަމުން އަހަރެން އެހީމެވެ.ރިއުމާން ގެ މޫނު މަތިން ކުޑަ ކުޑަ އުފާވެރިކަމެއް އަހަންނަށް ފެނުނެވެ.”މަގޭ ކައިރީ ހަމަ ރީއްޗަށް ބުނެބަލަ ދެޓް ޔޫ އާރ ނޮޓް އެޓް އޯލް އިންޓެރެސްޓެޑް ޓު މެރީ ހިމް! އޭރުން މަ ހެލްޕް ވެދޭނަން ރުހާއު އަށް ތި ކައިވެނި ކެނަސަލް ކޮށްދޭން”ހެވިލާފައި ރިއުމާން ބުނެލިއެވެ. “ރިއޫ މަށެއް ބޭނުމެއް ނޫން އޭނަޔާ އިންނާކަށް…ޕްލީޒް ހެލްޕް މީ.. މަ ބުނާ ކަމެއް ކޮށްދެވިދާނެތަ؟” އަހަރެން ސުވާލެއް ކޮށްލީމެވެ. “ތީދެން އަހާވަރު ކަމެއްތަ؟ ވަޓް އާ ފްރެންޑްސް ފޯރ..ރުހާއު ބުނާ ކޮންމެކަމެއް މަ އުފަލުން ކޮށްދޭނަން..ދެން ބުނެބަލަ ތިކަމެއް.” އަހަރެންގެ ކޮލުގަ ހިފާލަމުން ރިއުމާން ބުނެލިއެވެ.”އިހަށް ހިނގާ ކޮފީ ބޯން..ހަމަޖެހިލައިގެން އިނދެ ކިޔައިދޭނަން..” ކޮޓަރިން ނުކުންނަމުން އަހަރެން ރިއުމާންކައިރީ ބުނެލީމެވެ.(ނުނިމޭ)

~ ފުރަތަމަ ފަހަރު ވާހަކަ ލިޔާތީވެ ސިލީ މިސްޓޭކްސް ހުރެދާނެ.ވާހަކަ ކިޔާލުމަށް ފަހު ކޮމެންޓް ކޮށްލުމަކީ ފާރީ ގެ ވަރަށް ވަރަށް ބޮޑު އެދުމެއް. ޝުކުރިއްޔާ! (:

Comments (15)

  1. shif

    ދެން އޯކޭ އަލަށް ބަލާފަ، އެކަމަކު ވާހަކަ ހުއްޓާނުލާތި ނުނިމެނީސް، މިހާރުގެ ގިނަ ކުދިން ދެދުވަހަކު ވާހަކަ ލިޔެލާފަ ހުއްޓާލަނީ ކޮންމެވެސް ބަހަނާއެއް ދައްކާފަ، ނޫނީ އެވެސް އެއްޗެއް ނާންގާ ތިބެދާނެ އެތައް ދުވަހެއް ވަންދެން، އަނެއްކާ އެހެން ފަހަރަކު ހަމަ އެބައި ފަށައިގެން ތަންކޮޅަކަށް ގޮއްސަ ހުއްޓާލަފާނެ، އެހެންވީމަ، ދޭން އޮތްހާވެސް ނަސޭހަތަކީ ކަމެއް ކުރަންޏާ އެކަން ފުރިހަމަ ކުރަންޗޭ ރަގަޅަށް. keep it up

  2. aNglE

    “Ekamaku tass laafa aa”mi kahala than kolhu leema ehaa reethi eh nun loabi ge vaahaka ah… a e heevny magumathy ulhey bad kudhinn ge vaahaka hennn… konme kmh ves furuthama alh dw fashaany… feshyma kuriah dhaaany… keep goin….. all the best adhi vaaaha reeethi a hadi a bunan ingeyny adhi eh part kiyaalaaafa…

  3. ޒީ

    އަލަށް ލިޔާ ވާހަކައަކާ ބަލާފަ ރީތި… ތަންކޮޅެއް އަވަހަށް އަނެއްބައި ގެނެސްދޭތީ

  4. Reesh

    Paragraph thah Maa digu koh liyuneema EHAA kamaku nudhey… Mi buni thankolhu rangalhu kollyma Hama v Obi vaane…. Heevey mi vaahaka reethi vaane hen… Ekam vaakahaka nunimenees hutta nulahchey… Gina meehun mihaar than kolheh liyefa huttaalafaane… V v vai dhen ehen vaathee… Heekuran faareen ehen nahadhaane kamah… BEST OF LUCK:-)

  5. Phaarie

    faary balaanan mistakes thah rangalHu kuran..n i’ll try my best to keep this story go on..,thank you for the comments

  6. Sanny

    alah liya kujjakaabalaafa hama salhi e buneveyny. konmeves konmeves ruhaau ah dhera gotheh nahadhahchey. erun hama salhi vaane. sanny ah ragalhy vaahakaige heroine happy koh huryma.

  7. SUHAM

    VVVVV HADI MIVAAHAKA VAANUVAA NEYGEH

  8. Phaarie

    .thnk you sanny

    1. HIYVARU
      Phaarie

      BULHI FAN ISTHASHI GANDU HUREYTHA

  9. boahalaaku

    Wat nonsense is this. Feeling blaa blaa blaa.

  10. awesome gal

    Mage namuger wahaka liyanyer es thankolheh ohtaru huri eche liyeba dw ? mashah ess huthuru

  11. hahahahaa

    kaleah ekani dhw nan kiyaany haadha galhi ey dhw

  12. Noora

    Coment kurairu mehunge feelingsah visnafa koment kohbala… v reethi… Next part avhah upkohladehcey…

  13. Feelings

    Oh plxx

  14. Nauu

    Phaarie dear…first paragraph ga jumlathah nin maafahuri iru eve sheve beynun nukoh hurikan faaahaga kurevey…so plx keep that in mind???if u keep trying ..someday ur gonna be a really great story writer ☺☺???remember. ..practice makes it perfect…meeehun kuraa Negative comments thah balaigannan vaanee negative kosheh noon…positive koh …be optimistic. ..?negative comments thahkaky ves hithvareh kamh balaigen??

Comments are closed.