އޭނާގެ އެ މުށި ކުލައިގެ ރަންކޮޅެއް ފަދަ ދެ ލޮލުން އަހަންނާދިމާލަށް ބަލަން ހުށްޓެވެ. އަހަރެން އެތެރެއިން ގިރުނު ކަހަލައެވެ. އޭނަ ހުރީ އަހަންނާ ހާދަ ކައިރިއަކުއޭ…ގަބޫލު ކުރަންވެސް ދަށްޗެވެ. އޭނަ ނޭވާލާވަރު އަހަންނަށް ބުނެދޭން އިނގޭ. ހަމަ އެހާވެސްކައިރީގަ. އޭނަ އަށް އަޑު ނީވުނަސް އަހަންނަށް ހަމަަ ގައިމުވެސް އަހަރެންގެ ހިތް ރޯމަހެއްހެން ތެޅޭ އަޑުއިވޭ. ދުވަހަކުވެސް އަދި މިހާ ރީތި މިހާ ފުރިހަމަ ޒުވާނަކު އަހަރެންގެ މުޅި ހަޔާތުގައިވެސް ނުދެކެން. ހާދަ ރީއްޗޭ… ރަތް […]