Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (ފަހުބައި)

Psenhi Level 410 Stories100 Comments100 Login
August 6, 2017 8 Mins Read
34 Comments

“އަހަރެން މިއައީ ހުރިހާ ހަޤީޤަތެއް ކިޔައިދޭން.” ސާޝާ ބުނެލިއެވެ. އޭރު އެމޫނުމަތީގައިވާ މޮޅިވެރިކަން އެއްވެސް އިންސާނަކަށް ފޮރުވިފައެއް ނުވެއެވެ. ހައިރާންވެފައި ތިބެމެ އެންމެންވެސް ސާޝާގެ ވާހަކަތައް ޝައުޤުވެރިކަމާއިއެކު އަޑުއަހަމުންގެންދިޔައެވެ.
“އަހަރެންނަކީ އޭރު ރާއްޖޭގެ ދެކުނުގައި ނަން މަޝްހޫރު ސިހުރުވެރިޔާ އަހަންމައިދީގެ އަތްދަށުވެފައިވާ ޖިންނިއެއް. އަހަރެންގެ ބައްޕަ އޭނާގެ ޚާދިމަކަށް އުޅުނުއިރު ދިމާވި ޙާދިސާއިން ސަލާމަތްކުރުމަށް އަހަރެން އޭނައާއި ކުރިމަތިލީ. ނަމަވެސް އޭނާގެ ފަރާތުން ބައްޕަގެ ފުރާނަ ސަލާމަތެއް ނުކުރެވުނު. އަދި އަހަރެން އޭނާގެ އަތްދަށުވީ. ދެން ޖެހުނީ އޭނާ ގެންގުޅޭ ބޮޑު ޖިންނިއަށް އެހީތެރިވެދެން. އޭރު މާބޮޑެތި މަސައްކަތެއް އަހަންނަކަށް ކުރާކަށް ނުޖެހޭ. އަހަންމައިދީއަށް ޢާމްދަނީ ހޯދައިދިނުމަށް ބައެއް އިންސާނުންނަށް ޖެއްސުންކޮށް ދެމަފިރިން އަރާރުންވާގޮތަށް ކަންކަންކޮށް އޭނާ ދަންނަމީހުންގެ ޢާއިލާތެރޭގައި ހަސަދަވެރިކަން އުފެއްދުން އަހަރެންގެ މައިގަނޑު މަސައްކަތަކީ. އޭރުން އެމީހުން އަންނާނެ އަހަންމައިދީގެ ގާތަށް.
އޭގެ ދުވަސްގަނޑެއް ފަހުން ދިމާވި ނުރައްކާތެރި ޙާދިސާއެއްގައި ބޮޑު ޖިންނީގެ ދުވަސްދިޔައީ. ދެން އަހަންމައިދީގެ ބޮޑެތި މަސައްކަތްތައްވެސް އަހަންނާއި ހަވާލުވާނެކަން އަހަންނަށް އެންގި. އަހަރެން އޭރު ހުރީ އިންތިހާއަށް ފޫހިވެފައި. އަހަރެން އޭނާގެ މަސައްކަތްތައް ކޮށްދެނީ ކުރާހިތަކުންވެސް ނޫން.
އެއްދުވަހަކު މީހަކު އަހަންމައިދީގެ ގާތަށް އައީ ޒުވާން އަންހެންކުއްޖެއްގެ ފޮޓޯއެއް ހިފައިގެން. އޭނާ އެދުނީ އެކުއްޖާގެ މަރު. އޭނާ އަހަންމައިދީއަށް ވަރަށް ފައިސާދިނުމަށްފަހު އެއީ ކޮންކުއްޖެއްކަން ބުނެދިން. އަދި ކަން ނިމުމުން އެފައިސާގެ ދެގުނަ ލިބޭނެ ވާހަކަވެސް ބުނި. އަހަންމައިދީ އެއްބަސްވެ އެމީހާ ފޮނުވާލި. އަހަރެން ވަގުތުން ދެކޮޅުހެދިން. ދެން އަހަންމައިދީ އަހަންނަށް ބިރުދެއްކީ. އަހަރެން އަންދާލާނެކަމަށް ބުނި. އަހަރެން ބުނިން އަންދާލިއަސް އެކަމެއް ނުކުރާނަމޭ. ދެން އޭނަ އަހަރެންގެ ޢާއިލާއާއި ކުރިމަތިލީ. އަހަރެން އެކަން ކުރުމަށް އެއްބަސްވީ ޢާއިލާގެ ދިފާއުގައި. އެނގޭތަ އެފޮޓޯގައިވަނީ ކޮންކުއްޖެއްކަން؟ އެއީ އެއީ މަައިޝާ.”
ސާޝާގެ ވާހަކަ މިހިސާބަށް ދިއަތަނާ ސަޢީދުގެ ލޮލުގެ ތެރެއިން ނަފްރަތު ފާޅުވެގެންދިޔައެވެ. ދެންތިބި މީހުންނަށް ލިބުނީ ހައިރާންކަމެކެވެ. ކޮންމެ މީހެއްގެ ހިތުގައިވެސްވަނީ މައިޝާ މަރާލަން ބޭނުންވީ ކާކުހެއްޔެވެ؟
ނަމަވެސް އެސުވާލު ކުރަންކެރުނީ ހަމައެކަނި އަލްވިންއަށެވެ.
“މައިޝާ ފުރަތަމަ އަހަންނަށް ފެނުނީ މަގުމަތިން އަލްވިންއާއިއެކު ސައިކަލްގަ ދަނިކޮށް އެދުވަހު އަހަރެން ދިމާކޮށްލިން އެކަމަކު އަލްވިންއަށް ގެއްލުމެއްދޭން ނޭދޭތީ އެކަން ހުއްޓާލީ. އެކަމަކު އޭގެ ބަދަލުގައި އަހަންނަށް ގެއްލުނީ އަހަރެންގެ ލޯބިވާ މާމަ. އަހަންމައިދީ މާމަ އަންދާލުމުން އަހަންނަށް ޔަޤީންވި އަހަރެން އޭނަގެ އެދުން ފުއްދައިނުދީފިނަމަ އޭނަ އަހަރެންގެ ޢާއިލާ ނައްތާލާނެކަން. ދެން އަހަރެން ރޭގަނޑު މައިޝާ ޑިއުޓީ ނިންމާފަ އެކަނި ގެއަށް އައި ރެއަކު ދިމާކޮށްލީ. އެރޭ މައިޝާގެ އެކްސިޑެންޓްވީ އަހަރެންގެ ސަބަބުން. އެކަމަކު އޭނަ ސަލާމަތްވީ. އޭގެ ބަދަލުގައި އަހަރެންގެ ކޮއްކޮގެ ދުވަސްދުއްވާލީވެސް އެ އަހަންމައިދީ. އަހަރެން ހޮސްޕިޓަލަށްވެސް އެރޭ ދިޔައިން މައިޝާގެ ދުވަސް ދުއްވާލަން. އެކަމަކު އެވަގުތު ހުރީ މައިޝާއޮތް ކޮޓަރީގައި ޤުރުއާން ޖަހާފަ. އެހެންވެ އެކަން ނުވީ.
އޭރު އަހަރެންގެ ޢާއިލާގައިހުރީ ހަމައެކަނި މަންމަ. މަންމަ އެދުވަހު ދިން ޚިޔާލެއް މައިޝާ މަތީތަނަކުން ތިރިއަށް ވައްޓާލުމަކީ. އަހަރެން އޭރު ރުޅިއައިއްސަ ހުރީމަ އެކަމާ އިންކާރުކުރިން. އަދި އަހަންމައިދީއާ ދުރަށްދިޔައީ. ނަމަވެސް އޭނަ މަންމައަށް ގޮތްގޮތް ހަދަންފެށުމުން އަނެއްކާވެސް އެނބުރިއައީ. އަހަރެން އައިއިރު މައިޝާގެ ކައިވެނި އަލްވިންއާއި ކުރަން ހުރިހާ ކަމެއް ހަމަޖެހިފަވަނީ. ކައިވެނި އޮތީ ޓެރެސްގައިކަން އެނގުމުން އަހަރެން ކައިވެނި އޮންނަ ދުވަހަށް އިންތިޒާރުކުރަމުންއައީ މަންމަ ބުނި ގޮތަށް ހަދަން. އެގޮތް އަހަންނަށްވެސް ފަސޭހަވާނެތީ. އަހަރެން ބޭނުންނަމަ އެހެން ގޮތްގޮތަށްވެސް މައިޝާގެ ހަށިގަނޑަށް ގެއްލުންދީ ލޭއޮހޮރުވާލެވުނިސް. އެކަމަކު އެއީ އަހަންނަށް ވާވަރުގެ ކަމަކަށް ނުވި. އެހެންވެ އެރެއަށް އިންތިޒާރު ކުރުމަށް އަހަންމައިދީ ގާތުގައިބުނީ. އޭނަވެސް އެގޮތާއި އެއްބަސްވީ އެހެން ކަންތައްތުރުމުން މީހުންނަށް އެކަމުގެ ފަހަތުގައިވާ މީހަކު ދެނެގަންނަން އުނދަގޫވާނެތީ އެއީ އެންމެ މޮޅު ގޮތްކަމަށްބުނެ. އަހަންނަށް މާފުކުރޭ! އެރޭ ކުއްލިއަކަށް މޫސުން ގޯސްވުމާއި މައިޝާ ވާރޭގެ ތެރެއަށް ނިކުތުމަކީ އަހަރެންގެ ބާރުގައިވީ ކަންކަން. އަލްވިންއަށް ތިރިއަށް ދާން މަޖުބޫރުކުރީވެސް އަހަރެން. އަދި އަލްވިންގެ ސޫރަޖެހިގެން މައިޝާގެ ލޯމަތީ އުޅެލުމަށްފަހު މައިޝާ ތިރިއަށް ވައްޓާލީވެސް އަހަރެން. އަލްވިންއަށް އެމަންޒަރު ފެންނާނެ. އަލްވިން ވަރަށް މަސައްކަތްކުރި އަހަރެން ހުއްޓުވަން. އެކަމަކު އަހަރެން އޭނައަށް ހުރަސްއެޅީ. ހަރަކާތެއްވެސް ކޮށްނުލެވޭގޮތް ހެދީ.
މައިޝާގެ ޗިސްޗިސްވެފައިވާ ގުނަވަންތައްފެނި އަހަންނަށްކުރިއަސަރު ތިމީހުނަށްވުރެ ވަކި ކުޑައެއްނޫން. އެކަމަކު އަހަންނަށް އެދުވަހު މަޖުބޫރުވީ.” ސާޝާއަށް އިތުރަށް ވާހަކަދެއްކޭވަރު ނުވުމުން ހުއްޓާލިއެވެ. އަދި މަޑުމަޑު ގިސްލުމެއްގެ އަޑު އިވެންފެށިއެވެ. އޭރުވެސް އަލްވިން ތަކުރާރުކޮށް ކުރަމުން ގެންދިޔައީ އެއް ސުވާލެކެވެ. “އެއީ ކާކުހޭ؟ ކާކުހޭ މައިޝާ މަރާލަން ފައިސާ ދިނީ؟” ސަޢީދުވެސް ރޮއިގެންފާ ހަޅޭއްލަވައިގަތެވެ. އަދި ޝައްކުގެ ނަޒަރަކުން ވަށައިގެން ހޯދާލިއެވެ.
ސިއްރު ސިއްރުން ދޮރުން ނިކުންނަންދިޔަ އަމްޖަދަށް ސިހުންލިބުނީ ކުރިމަތީގައިހުރި އަލްވިން ފެނުމުންނެވެ. އަމްޖަދު ދެލޯ ބޮޑުކޮށްލަމުން ގޭތެރެއަށް ބަލާލިއެވެ. އޭރު އެމީހުންގެ ތެރޭގައި އަލްވިންވެސް އިނެވެ.
އަލްވިން އޭނާގެ ބާރުގަދަ ދެއަތުން އަމްޖަދު ލައިގެންހުރި ޓީޝާޓުގެ ކަރުގައި ހިފާ އުފުލާލާއެވެ. އަމްޖަދުގެ ފައި ބިމުގައި ނުޖެހޭވަރަށް އުފުލާލުމަށްފަހު ގޭތެރެއަށް ހޫރާލިއެވެ.
“މިއީ އެމީހަކީ! ކަލޭމެންގެ ދިރިއުޅުމަށް ވިހަލާމީހަކީ މިއީ. އަހަރެންގެ މައިޝާގެ ޤާތިލަކީ މިއީ. އަހަންނަށް މައިޝާ މަރާލަން މަޖުބޫރުވީ މީނަގެ ސަބަބުން.” ސަޢީދުގެ ކައިރިއަށް ވެއްޓިފައިއޮތް އަމްޖަދާއި ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އެންމެންނަށް އަޑުއިވޭވަރަށް ސާޝާ ބުނެލިއެވެ. ސާޝާގެ ލޮލުން އޭރު އަލިފާންކަނިބުރައެވެ.
އެންމެންގެ ނަޒަރު އަމްޖަދަށް ހުއްޓުމުން އޭނާ އިސްޖަހާލިއެވެ. ކުށްވެރިވީތީ ލަދަކުންނޫނެވެ. އޭނާގެ އަންހެނުންނާއި ދަރިފުޅުވެސް އެތާތިބީތީއެވެ. އެމީހުންނަށް އޭނާގެ އަނދިރިފަރާތް ފެންނަން އޭނަ ދުވަހަކުވެސް ނޭދެއެވެ. “ތިއީ ކަލޭ ހަދަހަދައިގެން ދައްކާ ވާހަކަ. ކަލޭމެން ދުވަހަކުވެސް ތެދެއް ނުބުނާނެ. ތިއުޅެނީ ކަލޭގެ ޖާދޫގެއި އެމީހުން ޖައްސައިގެން އެމީހުނަށްވެސް ދެރަގޮތެއް ހަދަން. އެއްވެސް މީހަކު ހެޔޮނުވާނެ މި އިފްރީތުގެ އަޑުއަހަން.” އަމްޖަދު ރުޅިއައިސްފައި އެހެންބުނި ނަމަވެސް އޭނަ އޮތީ ބިރުންނެވެ.
ސާޝާ އޭނާގެ ރުޅި ކޮންޓްރޯލްކުރަމުން އެހުރިގޮތަށްހުރެ އަނެއްކާވެސް ވާހަކަދައްކަންފެށީ އޭނާގެ ވާހަކަތަކުގެ ތެދުކަން އަންގައިދެމުންނެވެ.
“އޭގެފަހުން މާގިނަދުވަހެއް ނުވެ އަހަންމައިދީ ވަރަށް ބޮޑަށް ބަލިވާންފެށި. ފަހުން އަހަންނަށް އެނގުނުގޮތުގައި އެއީ މަންމަގެ ކަމެއް. އަހަންމައިދީ މަންމައަށް ދިން އަނިޔާގެ ބަދަލު މަންމަވެސް ހިފީ. އަހަންމައިދީއަށް އެކަން އެނގުމުން މަންމަގެ ދުވަސް ދުއްވާލީ. އޭރު އަހަންމައިދީވަނީ ގަދަނުވާވަރަށް ބަލިވެފަ. މާގިނަދުވަހެއް ނުވެ އަހަންމައިދީ ފާޚާނާ ތަށިތެރެއަށް ބޯކޮޅުވަތަށް ވެއްޓި މަރުވެފައޮއްވަ ފެނުނީ. އެދުވަހަކީ އަހަރެން މިނިވަންވި ދުވަސް.
އެދުވަހަށްފަހު ކުރެވިފަހުރި ފާފަތަކަށް ތަޢުބާވާ ހާލު އަހަރެންގެ ސަބަބުން ގެއްލުންވި ޢާއިލާތަކުގެ ހާލުބަލާ އެމީހުންނަށް އެހީވާން އަހަންނަށް ކޮށްދެވެންއޮތްކަމެއްވިއްޔާ އަހަރެން ކޮށްދިނިން. ނަމަވެސް މައިޝާއާއި ގުޅުންހުރި ފަރާތްތަކަށް އަހަންނަށް ދެވޭނެ ލުޔެއް އަހަންނަކަށް ނުވިސްނުނު. އެކަމާއި އަހަރެން ވަރަށް ހިތާމަކުރިން. އެހެން އުޅެނިކޮށް އެއްރެއަކު ދަންވަރުގަޑީގައި ޝިމްލާ ގެއިން ބޭރަށްލާފައި ހުއްޓާ އަހަންނަށް ފެނުނީ. ޝިމްލާގެ ސޫރަ ފެނުމުން އަހަންނަށް މައިޝާއާއި ދޭތެރޭ ކަންތައް ކުރެވުންގޮތް ހިތަށްއަރާ ވަރަށް އަސަރުކުރި. އެދުވަހުއްސުރެ ޝިމްލާގެ ފާރަވެރިއެއްގެ ގޮތުގައި އަހަރެން އުޅުނީ.
ޝިމްލާގެ ދިރިއުޅުން ހުރިގޮތަށް ބަލާފައި އަހަނަށް އުންމީދުކުރެވުނީ އަހަރެން މައިޝާގެ ގާތްމީހުންނަށް ދިން ހިތާމައަށް ކޮންމެސްވަރެއްގެ ލުޔެއް ދޭވެން އޮތް މަގަކީ ޝިމްލާ ކޮންމެވެސް ގޮތަކުން އެމީހުންނާއި ބައްދަލުކުރުވުން ކަމުގައި. އެހެނީ އަހަރެން ބެލިބެލުމުން އެނގުނު ޝިމްލާއަކީވެސް ތިޢާއިލާގެ ކުއްޖެއްކަން.
އަހަރެން ވަރަށް ވިސްނާފަ އަލްވިންގެ ސިފަޖެހިގެން ޝިމްލާގެ ކުރިމައްޗަށް އެރޭ ދިޔައީ. އަހަރެން ޝިމްލާގެ ވިސްނުމާއި ހިތާއި ކުޅެލީ އެންމެ އުންމީދެއްގައި. އެއީ ކޮންމެވެސް ދުވަހަކުން ޝިމްލާ އަލްވިންދެކެ ލޯބިވާނެކަމުގެ އުންމީދުގައި. އަލްވިންވެސް ޝިމްލާދެކެ ލޯބިވާނެކަމުގެ ޔަޤީންކަމާއިއެކު. އަދި ދެފަރާތުގެ ޢާއިލާއިންވެސް ޝިމްލާ ބަލައިގަންނާނެ ފަދަ ގޮތަކަށް ދޮންއާދަނާއި ޖިހާދު ބައްދަލުކުރުވީވެސް އަހަރެންގެ ބާރުގައި.
ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ދިޔައީ. ނަމަވެސް މިހިރަ ނުލަފާމީހާއަށް ޝިމްލާ ފެންނަންދެން.” ސާޝާ އަމްޖަދާއި ދިމާއަށް އަތް އުފުލާލުމަށްފަހު ހުއްޓުނެވެ.
“އަދި އެބަ ބުނޭނުން ދޮގޭމީ. ކަލޭ ޝިމްލާގެ ދުވަސްވެސް ދުއްވާލަން މަސައްކަތް ތިކުރީ. ޝިމްލާ ފެނުމުން އަހަންމައިދީގެ ޚަބަރު ބެލިއިރު އޭނަ ދުނިޔޭގަ ނެއްކަން އެނގުނީމަ ދެން އެއޮތް ބަކުރުގާތަށްގޮސް އޭނަ ގެނެސްގެން ސިޙުރުހެދީ. އަހެރެން ދެންމެ އަލިފީންގަނޑަށް މިއެއްލާލީ ކަލޭ ބުނެގެން އެބަކުރު ޝިމްލާ މަރާލަން ފޮނުވި ޖިންނި. އޭތި އަލްވިންގެ ސޫރަޖެހިގެން ޝިމްލާއާއި ކައިރިވުމަށް އެތަށް ފަހަރަކު މަސައްކަތްކުރި. އެކަން ކާމިޔާބު ނުވުމުން ކަލޭގެ އަތުން ޝިމްލާގެ ސައިތައްޓަށް ސިޙުރު އަޅައިގެން ޝިމްލާއަށް ސިޙުރު ޖެއްސީ. އަދި ނުވިތާކަށް މިދަތުރު ރޭވީވެސް މިރަށަށް އެމީހުން ގެނައީވެސް ކަލޭ. ބަކުރުލައްވާ ދޭތިންއެކައްޗަށް ސިޙުރު ހެދުވީމަ ބަލާބަލަ އެޖިންނި މަރުވުމުން އެބަކުރުގެ ފުރާނަ ނިމިގެންދިޔަ ގޮތް. އަދިވެސް ހެކި ބޭނުންތަ ކަލޭކަމަށް މިކަން ކުރުވީ. މިތިބަ މީހުންނަށް އަޑުވެސް އިވިފަ ހުންނާނީ ޓެންޓު ތެރޭގައި ކަލޭ ލެވި ހަޅޭކާ ކީއެއްޗެހި. މިތިބީ ބަކުރުގެ އެކުވެރިން. އެމީހުންވެސް ހެކިވާނެ މީތެދުކަމަށް. އަދިވެސް އަހަރެންދޯ ދޮގުހަދަނީ.” ސާޝާގެ އަޑު ކުރިއަށްވުރެ ގަދަވިއެވެ. ހީވަނީ ދެންމެދެންމެ އަމްޖަދުގެ ކަރުގައި ހިފާފާނެހެންނެވެ. ނަމަވެސް އަމްޖަދުގެ އުނަގަނޑުގައި އޮތް ތަވީދުގެ ސަބަބުން އެކަންވާކަށްނެތެވެ.
އެންމެންގެ ނަޒަރު އަމްޖަދަށް ހުއްޓިފައިވެއެވެ.
“ކީއްވެ؟ އަމްޖަދު ކީއްވެ؟ އެހެންވެ ދޯ އަހަންނަށް ތަވީދު އަޅައިދޭން އުޅުނީ. އަހެރެމެން ދެމައިންގެ ރައްކަލަކަށޭ ކިޔާ ތަވީދުގެނެސްދިނެއްނު. އަހަރެންދެކެ ލޯބިވާނަމަ އަހަރެންގެ ޢާއިލާއާއި ދޭތެރޭ ތިހާ އިހާނެތިކޮށް ކަންތަކެއް ނުކުރާނެ. އެމީހުން އަހެރެމެންނަށް ނުކޮށްދެނީ ކޮންކަމެއް؟” ޘަނާޔާ އަޑުންއަޑުނަގާ ރޯންފެށީ ހިތަށްވީތަދުން ކެތްނުވެގެންނެވެ. އަމްޖަދު އެފަދަ ގޮތަކަށް ކަންތައްކުރާނެޔޭ އޭނާގެ ހިތެށްވެސް އަރާފައި ނެތީއެވެ. އޭރު އެންމެންގެ މޫނުމަތިންވެސް އަމްޖަދުއަށްޓަކައި ނަފްރަތު ފެންނަމުންދިޔައެވެ.
“އަހަރެން ހުރިހާކަމެއް ކުރީ އަހަރެންގެ ދަރިފުޅުގެ މުސްތަޤްބަލަށްޓަކައި. ހުރިހާކަމެއް ސަޢީދު ބޭނުންގޮތަށް ކުރާތަން ދެކެން އަހަންނަށް ކެތްނުވީ. ބަލަ އެއީ ޘަނާގެވެސް ބައްޕަގެ މުދަލޭ. އޭނަ ބޭނުންހާގޮތެއް ނުހެދޭނެދޯ؟ އޭނަ އެޅިހާ ބަތަކަށް ރިހަ ވެގެން ކިހާދުވަހަކު އުޅެންވީ. އަހަރެން އޭރުވެސް ބުނިން ދެމީހުންނަށް މުދާ ބަހަން. އެކަމު އޭނަ އެހެނެއްވެސް ނުހެދި ދެކުދިން އެއްކޮށް އުޅޭނީއޭ ކިޔާފަ. ހުރިހާ މޮޅެއް އޭނަގެ ދަރިއަށް ހޯދަދޭން. އާނ އަހަރެން މައިޝާ މަރާލީ. ޝިމްލާވެސް ޖެހޭނީ މަރުވާން. ކަލެއަކަށް އަބަދަކު ޝިމްލާ ޙިމާޔަތެއް ނުކުރެވޭނެ.” އަމްޖަދު ހަޅޭއްލަވައިގެންފައި އުނަގަނޑުގައިއޮތް ތަވީދުނަގާ އަވަސް ހަރަކާތަކާއިއެކު ސާޝާގެ ކަރުގައި ބެއްދިއެވެ. ސާޝާ ނުވިސްނާ ހުއްޓާ އަމްޖަދު މިކުރިކަމަކުން ހީވީ ސާޝާއަށް ލިބިފައިވާ ޒަހަމްތަކުގައި ލޮނުމިރުސް އެޅިހެންނެވެ. ކުއްލިއަކަށް ސިފަ ބަދަލުވެ ސަލާމަތްވުމަށް ތެޅިގަތެވެ. އަލްވިން އަވަސްވެގަތީ އަމްޖަދުގެ އަތުން އެތަވީދު އަތުލުމަށެވެ. އަލްވިންގެ މަސައްކަތުން ތަވީދު އަތުލެވުނުއިރު ސާޝާއަށްވަނީ އިންތިހާ ދަރަޖައަށް އަނިޔާލިބިފައެވެ.
އެވަގުތު ބާރު އަޑުފަށްގަނޑެއް އިވިގެން އެންމެންވެސް ދިމަދިމާއަށް ނަޒަރުހިންގަންފެށިއެވެ. އެންމެންގެ މޫނުމަތިން ހާސްކަން ފެނިގެންދިޔައެވެ. މުޅި ގޭގެ ވަށަިގެން އަލިފާންރޯވެފައިވާކަން ފެންނަ މަންޒަރުތަކުންނާއި އަރާ ހޫނުން ހާމަވެއެވެ.
“އެންމެން ބޭރަށް! އަވަސްކުރޭ!” ސަޢީދު އަޑަށް ލެވުނުހާ ބާރެއްލާފައި ގޮވާލިއެވެ. އެއަޑަށް އެންމެން ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ހަމައެވަގުތު އަލިފާންރޯވެފައިވާ ރުކެއް ވެއްޓި ގޭގެ ފުރާޅުގައިޖެހި ފުރާޅުން ބައެއް ތިރިއަށް ވެއްޓުނެވެ. އަދި ނިކުންނަން ހުރި ދޮރު ބަންދުވިއެވެ. ކޮންމެ މީހަކުވެސް ކައިރީގައިހުރި މީހާގެ ގައިގާ ހިފަހައްޓާލީ ގޮތްހުސްވެފައިވާ މީހަކުފަދައިންނެވެ.
ސާޝާ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނާއިއެކުވެސް ތެދުވެގެންގޮސް ވެރިފައިވާ ހޫނު ޓިނުތަކުންބައެއް އެއްފަރާތް ކުރުމަށްފަހު ފުރާޅުގަނޑު އުފުލާލިއެވެ. އަދި އެންމެން ނިކުތުމަށް ތަންދެއްކިއެވެ.
އެންމެ ފަހު މީހަކަށް އަލްވިން ނިކުތުމަށްފަހު އެނބުރި ބަލާލިއެވެ. އޭރު ފުރާޅުގެ ބާކީ އޮތްބައިވެސް އެތެރެއަށް ވެއްޓިއްޖެއެވެ.
“ސާޝާ!” ޝިމްލާއަށާއި އަލްވިންއަށް އެއްފަހަރާ ގޮވާލެވުނެވެ.
“ޝިމްލާ! އަހަންނަށް މާފުކުރޭ! އަހަރެން އަބަދުވެސް ޝިމްލާދެކެ ވަރަށް ލޯބިވޭ! އަލްވިން ޝިމްލާއަށް ދެރައެއް ލިބުނަނުދޭތި! އެއީ މިހާރު އަލްވިންގެ ޙައްޤެއް!” ބަލިބަލި ކުރެހިފައިވާ އަޑަކުން ވަރަށް އުނދަގުލުން ސާޝާ ގޮވާލިއެވެ. ދެންފެނުނީ މުޅިގޭގައި ހުޅުހިފި މަންޒަރެވެ. އަދި ސާޝާ ހަޅޭކުގެ އަޑެވެ. އޭރު އެންމެންގެ ލޮލުން ހޫނު ކަރުނަ ފާޅުވާން ހުއްޓެވެ. އިރުކޮޅަކުން އިވެންފެށީ އަމްޖަދުގެ ބާރު ހުނުމުގެ އަޑެވެ.
“ބައްފާ! އަޅުގަނޑު ހިއެއް ނުކުރަން ބައްޕަތީ ތިހާ ވިޔާނުދާ މީހެއް ކަމަކަށް. އަޅުގަނޑު މިއަދު ލަދުގަނޭ ބައްޕައަށް ބައްޕަ ކިޔަންވެސް. ބޭނުމެއްނޫން މުދާގަނޑެއް. އެއްވެސް މީހަކު މިދުނިޔެ ދޫކޮށްފަ ދާއިރު ތިޔަބުނާ މުދާތައް ހިފައިގެނެއްނޫންދަނީ. އަޅުގަނޑު ބޭނުމީ އަޅުގަނޑުގެ ޢާއިލާ. އެމީހުންގެ ލޯތްބާއި އަޅާލުން އެއީ ތިޔަބުނި މުދަލަށްވުރެ އަޅުގަނޑަށް މާ އަގުހުރި މުދަލެއް. އަޅުގަނޑަށް އެދުވަހު ގެއްލުނީ އެއްބަނޑު އެއްބަފާ ދައްތައެއްފަދަ ކުއްޖެއް. އެންމެ ގާތް އެކުވެރިއެއް. ބޮޑުބޭބެއާއި ފަތިއްތަ ދުވަހަކުވެސް މައިދޮންތިއާއި އަޅުގަނޑާއި ދެމީހުން ތަފާތެއް ނުކުރޭ. އަޅުގަނޑަކީވެސް އެމީހުންގެ ދަރިއެއްގެ ގޮތުގައި ދެކުނީ. ތިއީ ބައްޕައެއްތަ؟ ޗީ!” ލުމްނާވެސް ރޮމުން ވާހަކަދެއްކިއެވެ.
“ދަރިފުޅާ! ބައްޕައަށް މާފުކުރޭ!” އަމިއްލަ ދަރިފުޅުގެ އަނގައިން މިފަދަ ބަސްތަކެއް ރައްދުވުމުން އަމްޖަދުގެ ހިލަހިތަށް އަޞަރުތަކެއް ކޮށްފިއެވެ. ފުރަތަމަ ފަހަރަށް ކުރެވުނު ވިޔާނުދާ ކަންތަކާއިމެދު ދެރަވެ ލަދުގަތެވެ. އިސާހިތަކު ދެލޯ ފެންކަޅިވެއްޖެއެވެ.
“ބައްޕާ! މާފަށް އެދުމުން މައިދޮންތި އެނބުރި އަންނާނެތަ؟ ލިބުނު ގެއްލުން ފޫބެއްދޭނެތަ؟ ނޫން. އަހަރެންގެ ހިތް ބައްޕަޔަށް ހެޔޮކުރާނީ ކިހިނެތް؟ އެކަމަކުވެސް ބައްޕަ ކުރެވުނު ކުށަށް ތަޢުބާވެ އަމިއްލައަށް އަދަބުލިބިގަނޭ! އޭރުން އަހަރެން ޤަބޫލްކުރާނަން ބައްޕަ އަހަރެންދެކެ ލޯބިވާކަމަށް. އަހަރެން ބައްޕައަށް ހެޔޮ ދުޢާކޮށްދޭނަން.” ލުމްނާ ޘަނާޔާގެ ގައިގާ އޮޅުލައިގެންފާ ކުރިއަށްވުރެ ބާރަށް ރޮއިގަތެވެ.
“ހިނގާއަވަހަށް ގޮނޑުދޮށަށް ދާން. މިތާތިބުން ރައްކާތެރިއެއްނޫން.” އެއިވުނީ ސަޢީދުގެ އަޑެވެ. އެންމެންވެސް އަތިރިމައްޗާއި ދިމާއަށް ދުއްވައިގަތެވެ.
***
“އެދިމާލުން ދުންއަރަނީ! އެއީ އެރަށް.” ލާންޗު ފެންނަންއޮތް ފަޅުރަށާއި ދިމާއެށް އަނބުރާލަމުން ކެޕްޓަން ބުނެލިއެވެ. ޖިހާދުގެ ހިތް އޭރުވެސް ބާރުބާރަށް ތެޅެމުންދެއެވެ. އަލުވިން އެރަށަށް އައިކަމާއި ދެން ކަންތައްވީގޮތް ކެޕްޓަން ކިޔާދިނީއްސުރެ އޭނާއަށް ހަމަޖެހިލައިގެން އެންމެ ނޭވައެއްވެސް ދޫކޮށެއް ނުލެވެއެވެ. ކޯސްޓްގާޑުވެސް އޭރު އެމީހުންނާއިއެކު އަލްވިންމެން ހޯދުމުގެ މަސައްކަތް ކުރަންފަށައިފިއެވެ.

އަލްވިން ފެނުމާއިއެކު ޖިހާދު ލާންޗުން ފުންމާލައިގެން އެއްގަމަށް އަރާ އަލްވިންގެ ގައިގާ ބައްދާލިއެވެ. ބައްޕަގެ މިޢަމަލުގެ ސަބަބުން އަލްވިންއަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބުނެވެ. ލާންޗަށް ހުރިހާ ސަޢީދުގެ އާއިލާއާއި އަލްވިން އަދި އޭނަގެ ބައްޕަ އެރުމަށްފަހު ދެންތިބި މީހުން މާލެ ގެންދިޔައީ ކޯސްޓްގާޑްގެ އެހީގައެވެ.
އެކުޑަކުޑަ ފަޅުރަށް ފުސްވަމުންގޮސް ލޮލުގެ ކުރިމަތިން ގެއްލެންދެން ޝިމްލާއަށް އިނދެވުނީ އެރަށާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ސާޝާގެ ފަރާތުން އެންމެ ފަހުވަގުތާއި ޖެހެންދެން ލިބުނު އޯގާތެރިކަމާއި ލޯތްބަކީ އޭނާ ދުވަހަކުވެސް ހަނދާންނެތޭނެ ކަމެއްނޫނެވެ. އިންސާނަކަށް ނުވިއަސް ސާޝާއަކީ ދެވަނައެއް ނުވާފަދަ އެކުވެރިއެކެވެ. ޝިމްލާ އެންމެ ބޭނުންވީ ވަގުތު އޭނާއަށް އަޅާލި މިތުރެކެވެ. ޝިމްލާގެ ހިތުގައި ސާޝާއަށް ޚާއްސަ މަޤާމެއް ދެވިފައިވާކަން ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކިވެސް ހެކިދެއެވެ.
***
އެއްމަސްފަސް…
މިރެއަށްޓަކައި ގ. ސްނޯމައުންޓަން ގޭގެ ޓެރެސްވަނީ ތައްޔާރުކުރެވިފައެވެ. މީރުވަސްދުވާ މާމެލާމެއްޔާއި ރީތި ކުލަކުލައިގެ ބޮކިތަކުން ޒީނަތްތެރިކޮށްފައެވެ. އެހެންނަމަވެސް މީހުންގެތެރޭގައި ވާހަކަދެކެވުނުގޮތާއި ޚިލާފަށް މިރޭގެ ޙަފްލާއަށް ދަޢުވަތުދީފައިވަނީ ހަމައެކަނި ގާތްތިމާގެ މީހުންނަށާއި އަލްވިން އަދި ޝިމްލާގެ ގާތް އެކުވެރިންނަށެވެ. އެއީ އެދެމީހުންވެސް ބޭނުންވިގޮތެވެ.
ޑިޒައިން ފޮތީގެ ގަމީހަކާއި ހަމައެފޮތީގެ ޓައީއެއް އަޅާ މަތިން ނޫކުލައިގެ ކޯޓަކާއި އެކުލައިގެ ފަޓްލޫނެއް ލައިގެން އަލްވިން އޭނާގެ ފިރިހެންވަންތަ ހިނގުމުގައި އައިސް ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ މޭޒުދޮށުގައެވެ. ކަންފަތުން ތިރިއަށްހުރި ފަން އިސްތަށިކޮޅު ތިރިއަށް ވައްޓާލާފައިވުމުން އަލްވިންއާއި ވަރަށް ގުޅެއެވެ.
ޝިމްލާވެސް އޭނާގެ ތުނިތުނި ލޫޅާފަތި ހަށިގަނޑު ފާޅުނުވާފަދަ ގަދަނޫކުލައިގެ ޖިލްބާބެއްލައިގެން ފަރި ހިނގުމެއްގައި އައިސް މޭޒުދޮށުގައި އިށީނެވެ. އަޅައިގެންއިން ނެވީ ބްލޫކުލައިގެ ބުރުގާގެ ތެރެއިން ފެންނަންހުރި ދޮންމޫނަށް އަލްވިން ބަލާލީ ކުޑަކޮށް ބޯ އަރިކޮށްލާފައެވެ. މާބޮޑު މޭކަޕެއް ކޮށްފައިނެތަސް އެއީ އަލިގަދަ ހަނދެއްފަދަ މޫނެކޭ އަލްވިންގެ ހިތަށް އެރިއެވެ.
“އަނބި ޤަބޫލްކޮށްފިން.” އަލްވިންގެ ދުލުން ބޭރުކޮށްލި ޖުމްލައާއިއެކު ޝިމްލާގެ ފިނިވެފައިވާ އަތްތިލަ އިތުރަށް ގަޔާއި ކައިރިކޮށްލުމަށްފަހު ލޯބިވާ ފިރިމީހާއަށް ބަލާލިއެވެ. ދެލޯބިވެރިން ރަކި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ދެން ފެނިގެންދިޔައީ ދެފަރާތުގެ ޢާއިލާއިންނާއި ގާތްމީހުން އައިސް މަރްޚަބާ ކިޔަމުންދިޔަ މަންޒަރާއި ދެޖިންސުގެ މީހުން ކާއެއްޗެއްސަށް އިންސާފުކުރަމުންދާ މަންޒަރެވެ.
***
“އަންނާނަން ފެންވަރާލައިގެން. އެވާލަށްވެސް ނޭނގުނު މިރޭ ނޫނީ އަހަރެންގެ ބޮލަށް ސީލާކަށް. ދުވަހަކު ވީކަމެއްނޫންމީ.” އަލްވިންގެ ވާހަކަދެއްކި ރާގުން އޭނާ ހިތްހަމަނުޖެހިފައި ހުރިވަރު ހާމަވެއެވެ. ނަމަވެސް ޝިމްލާ ރަކި ގޮތަކަށް ހީލުމުން އަލްވިންވެސް ހީލިއެވެ. އަދި ތުވާލި ކޮނޑަށް އެއްލުމަށްފަހު ޝިމްލާގެ ކަންފަތްދޮށުގައި ސިއްރުން އެއްޗެއް ބުނެފައި ފާޚާނައަށް ވަނީ ޝިމްލާގެ މޫނުގެ ކުލަ ފިޔާތޮށިކުލައަށް ބަދަލުކޮށްލާފައެވެ.
އަލްވިންގެ އިންތިޒާރުގައި ހަދާނެގޮތެއް ނޭނގިފައި ދެކޮޅަށް ހިނގާލަހިނގާލާހުރި ޝިމްލާއަށް ސިހުމެއް ލިބުނީ ކައިރިން މީހެއްގެ ހިޔަނިވީހެން ހީވުމުންނެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޝިމްލާގެ ނަޒަރު ގޮސް ހުއްޓުނީ ރަތް ފިނިފެންމާތަކުން ޒީނަތްތެރިކޮށްފައިވާ އެނދަށެވެ. ހިތުގެ ބައްޓަމަށް ފިޔަތައް އަތުރާލާފައި ކައިރީގައި އެސް އަކުރަކާއި އޭ އަކުރެއްވެސް ހަދާލާފައިވެއެވެ. ޝިމްލާގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދިނެވެ. ނަމަވެސް ދެން ފެނުނު މަންޒަރުން ބިރުން އޭނާގެ މޭގައި އަތްއަޅާލެވުނެވެ. އެނދާއި ދިމާލުން ފާރަށް އެޅިފައިވަނީ ބުޅަލެއްގެ ހިޔަންޏެވެ.
“މަންމާ!” އަލްވިންގެ ފިނިފިނި އަތުން ޝިމްލާގެ މަޑުމަޑު އަތްތިލައިގާ ހިފާލުމާއިއެކު ޝިމްލާ ދިޔައީ ސިއްސައިގެންނެވެ. “ހާދަ ބާރަކަށް ތި ހަޅޭއްލަވަނީ!” އަލްވިން އެއްމިޔަކަނުން ހީލާފައި ބުނެލިއެވެ. އޭރު ޝިމްލާގެ ނަޒަރު ހުއްޓިފައިވަނީ ހަމައެކަނި ތުވާލިއޮޅާލައިގެންހުރި އަލްވިންގެ ހަށިގަނޑަށެވެ.
ޝިމްލާ ވީގޮތް ކިޔާދިނުމުން އަލްވިން ޝިމްލާއަށް އެއީ ވަހުމެއްކަމާއި އެފަދަ ޚިޔާލުތައް ސިކުނޑިން ނެރެ އެއްލާލުމަށް ބުންޏެވެ. ” އޭއްޗެތި އަބަދުވެސް އަހަރެމެންގެ ތެރޭގައި އުޅޭނެ. އެކަމަކު އަހަރެމެން ރަނގަޅަށް އުޅެފަ ކިޔަންވާ ދުޢާތައް ކިޔަންޏާ އެތަކެއްޗަކަށް އަހަރެމެންނާއި ގާތެއް ނުވެވޭނެ. ބިރުން އުޅޭތީއޭ ބިރުގަންނުވަން އެއުޅެނީ. މިހާރު އަމްޖެދުވެސް އެހެރީ އެކަމަށް އިސްލާހުވެ އަދަބުލިބިގަތުމަށް ޖަލުގައި. ދެން އެކަމާ ނުވިސްނަބަލަ. ތިކަމާ ވިސްނަންހަދައިގެން ދެން ފިރިމީހާއާއިމެދު ވިސްނާނެ ވަގުތެއް ކިހިނެތް ހޯދާނީ. މިހާރުވެސް ވަރަށް އިންތިޒާރު ކުރެވިއްޖެ. އަދިވެސް އިންތިޒާރުކުރުވަންތަ ބޭނުމީ؟” އަލްވިން ޝިމްލާއާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ. އޭރު ދެހަށިގަނޑުގައިވެސް އާ އިޙްޞާސެއް އަށަގަންނަން ފަށައިފިއެވެ. އަލްވިން އޭނާގެ ބާރުގަދަ އަތްދަނޑިމަތީގައި ލުއި ފަތެއްފަދައިން ޝިމްލާ އުފުލާލައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. އޭރު ޝިމްލާއޮތީ އޭނާގެ ދެއަތްތިލައިން މޫނު ނިވާކޮށްލައިގެންނެވެ. އަލްވިން އަވަސް ހަރަކާތަކާއިއެކު ކޮޓަރީގެ އަލި ފަނޑުކޮށްލިއެވެ.
“އަހަރެން އަދި އަންނާނަން! ކަލޭމެންގެ ބާރު ދެރަވެ އަހަރެންގެ ބާރު ގަދަވާ ދުވަހަކަށް އަހަރެން އަބަދުވެސް އިންތިޒާރު ކުރާނަން. ކަލޭމެންގެ އީމާންތެރިކަން ބަލިކަށިވާ ދުވަހަކީ އަހަރެމެން ކަލޭމެންގެ މައްޗަށް ވެރިވެގަންނަ ދުވަސް. އާނ. އަދި އަންނާނަން. ކަލޭ ތިހުރީ އަހަރެންގެ ހުރިހާ އުފަލެއް ފޭރިގަނެފަ. ކަލެއަކަށްވެސް ތިގޮތަށް އުފަލަކު ނޫޅެވޭނެ.” ބެލްކަނީދޮރުގެ ތެރެއިން ބޭރަށް ނިކުތް އަލްކާގެ އެޑުގައިވަނީ ހަރުކަށިކަމެވެ. ކަޅު ބުޅަލެއްގެ ސޫރައިގާ އިންއިރު ދެލޯ އަނގުރު އަލިފާންފަދައެވެ. އަލްކާ ކުއްލިއަކަށް ބެލަނިން ތިރިއަށް ފުންމާލުމާއިއެކު ވައިގެ ތެރެއަށް ގެއްލިއްޖެއެވެ.
-ނިމުނީ-

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ހިތުގެ މިލްކުވެރިޔާ (ތޭރަ ވަނަބައި)

Next

ގޮއްޔެ (8)

Next
August 6, 2017

ގޮއްޔެ (8)

Previews
August 6, 2017

ހިތުގެ މިލްކުވެރިޔާ (ތޭރަ ވަނަބައި)

34 Comments!

  1. Psenhi says:
    August 6, 2017 at 11:38 pm

    Story nimuny. V inthixar kurevijje dhw. Sry for da delay. Unmeedh kuran kamudhiyakamah. Insha Allah kiyuntherinna adhives bahdhalvaane kamah hykuran. N psenhige ehen stories vs kiyalan beynun kudhin fb in Psenhi PsenHi’s Storytime follow kohlevvun Edhen. Thank you ol for da support n love

  2. Psenhi says:
    August 6, 2017 at 11:42 pm

    N plx comment n let me know da things I hv 2 kyp in mind when I write my next story.
    އަޅުގަނޑު ދެން ލިޔާ ވާހަކައެއްގައި ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް ކޮމެންޓެއް ލިޔެލަދެއްވުމަކީ ވަރަށް އެދޭ ކަމެއް. ޝުކުރިއްޔާ

  3. reader says:
    August 7, 2017 at 12:01 am

    mi vaahaka ige new season eh nikunnaane dhw

    1. Psenhi says:
      August 7, 2017 at 6:51 am

      He he. New season eh liyany khiyaleh adhi neh. Ekahala khiyaleh aisiyyavs liyevey kahala gothaka mininmaaly 🙂

  4. iru says:
    August 7, 2017 at 12:15 am

    Alhey..nimunee dhw…story ha habeysss

    1. Psenhi says:
      August 7, 2017 at 6:52 am

      Hmm numuny. Thnkx

  5. remoo says:
    August 7, 2017 at 4:36 am

    v reethi nimmun nimmi gothun heevany adhi 2 vana season eh nikunnaaane hen….

    1. Psenhi says:
      August 7, 2017 at 6:53 am

      Thnkx. Nuney adhi neh thikahala visnumeh

  6. Adha? says:
    August 7, 2017 at 10:14 am

    E thedheh… story ninmaafa in gothun heevany season 2 eh liyefaanehen… but nuliyunass ehen story eh kiyaalan libeyne dw adhi?
    Varah varah salhi mi story ❤❤❤❤

    1. Psenhi says:
      August 7, 2017 at 10:41 am

      Hehehe. Insha Allah adhi ithuru story eh liyanan. Horror stories r not my type I guess. Thnkx Adha

  7. Shii says:
    August 7, 2017 at 11:18 am

    V salhi

    1. Psenhi says:
      August 7, 2017 at 12:12 pm

      Thnkx

  8. Saadhu says:
    August 7, 2017 at 11:37 am

    V reethi.psenhi ege ithuru vahakayaka inthizaaru kura.

    1. Psenhi says:
      August 7, 2017 at 12:13 pm

      Thnkx saadhu. Insha Allah fennane

  9. Juvey says:
    August 7, 2017 at 11:45 am

    Juvey ah vx fenney mi vaahaka ige season 2 eh fashan coz it is awesome story ???

    1. Psenhi says:
      August 7, 2017 at 12:14 pm

      Thnkx. Dhn konmes dhuvahakun may b 🙂

  10. nux says:
    August 7, 2017 at 1:04 pm

    nice ending hama superb lvu???alhey kaakutha a e alkaa aky v baynun mi storyge 2nd season eh kiyaalan plx plx genessdhey vissnaba ??

    1. Psenhi says:
      August 7, 2017 at 1:19 pm

      Story feshigen kiyalanvynun adhi. Aikange kohko n Sashage wife ey

    2. Psenhi says:
      August 7, 2017 at 1:25 pm

      Thnkx nux

    3. nux says:
      August 7, 2017 at 10:35 pm

      aley ???nux kymay story feshigen nimendhenvess ???asslu fahun handhaan v
      a e kaaku kan??buxy kamun fahun rply nukurevuny???foni foni psenhi gandaa rulhin ???aslhu buneba psenhi ge full name! plx plx

    4. Psenhi says:
      August 7, 2017 at 11:24 pm

      🙂

  11. Coco says:
    August 7, 2017 at 1:16 pm

    Alka ethaa hure ky ehves ehcheh ge maana eh neyngunu can u plx tell what she was trying to say n y she said that

    1. Psenhi says:
      August 7, 2017 at 1:23 pm

      Story feshigen kiyalanvynun adhi. Aikange kohko n Sashage wife ey Alma aky. So she believes Shimla ge sababunney eynage loabiva faraithah nimidhiyaee

    2. Psenhi says:
      August 7, 2017 at 1:24 pm

      *Alka aky

  12. YRAM? says:
    August 7, 2017 at 6:05 pm

    This is my very frst comment to this story..bt baraabarah kiyan hama.v nyc mi story.one of my fav.thnx Psenhi.❤

    1. Psenhi says:
      August 7, 2017 at 6:51 pm

      Thank you YRAM. 🙂

  13. click a shot ? says:
    August 7, 2017 at 6:14 pm

    Finally last part up vehje…comment nukuriyas abadhuves mi vaahaka kiyan…mi stry ves hama salhi???

    1. Psenhi says:
      August 7, 2017 at 11:22 pm

      Thnkx 🙂

  14. princess says:
    August 7, 2017 at 10:07 pm

    Meege adi devana bai innane doa e ee alkage udagoo emeehunnah foara hisaabu ekamaku saasha salamaiy vefa hunnan jeheyny konmeves gothakun eyru wow

    1. Psenhi says:
      August 8, 2017 at 7:35 am

      He he. Thnkx 4 da lovely idea

  15. Haidhar says:
    August 8, 2017 at 12:12 pm

    Wow.. mi story ge season2 eh genes dhiniyyaa v salhivaane adhi.. btw a nic

  16. Beauty says:
    August 9, 2017 at 12:06 pm

    Story was owsm… ❤❤

  17. univ says:
    October 21, 2018 at 2:21 pm

    Vara sales for inuandvittu

  18. univ says:
    October 21, 2018 at 2:21 pm

    Vara sales for inuandvittu

Comments are closed.



All Right Reserved!