Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ…

Rau Level 210 Stories100 Comments100 Login
August 3, 2017 One Min Read
11 Comments

ލިޔުނީ: މަރިޔަމް ރައުހާ

(ފުރަތަމަ ބައި…)

ވެހެމުންދިޔަ ހިމަފޮދު ވާރެއިން ތެއްމަމުން ދިޔަނަމަވެސް ވާރެއިން ސަލާމަތްވާން ބަލްޚާ އެއްވެސް މަސައްކަތެއް ނުކުރެއެެވެ. ވާރޭ ފެންފޮދެއްގައި ޖެހިދާނެކަމަށް ބިރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަސްކަނިތަކުގެ ހިމާޔަތް ހޯދި މީހުން ގިނަކަމުން ބަލްޚާއަށް މަގުމަތިވަނީ “ހިތަކަށް” ލިބިފައެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް އެއްވަރުކޮށްލަމުން ބަލްޚާ ފަހަތް ބަލައިލިއެވެ. ހުދު ޔުނީ ފޯމްގެ ދިގުއަތް އޮޅާލައި ބޮލުމެދުން ފަހަތަށް އައްސާލެވިފައިވާ ފަން ދިގު އިސްތަށިގަނޑު، ވޫލްކޮޅުގެ ޤައިދުން ވަކިކުރެވި މިނިވަންކަމަށް ދޫކޮށްލިއެވެ. ހުދު ޔުނީފޯމަށް  “ވެރިވެގަނެފައިވާ” ކުލަތައް ވާރޭ ބޯކުރަމުން ދިޔަ ވަރަކަށް ފެނާއެކު ދޮވެވެމުން ދިޔަލެއް އަވަސްވަމުން ދިޔައެވެ.

ނުވެސް އެނގި ހުއްޓައި ފައިގައި ކުއްލިއަކަށް އެއްޗެއް އަޅައިގަތްހެން ހީވި ވަގުތު ބަލްޚާ ވެއްޓި މަގުމަށްޗަށް ގުޅައަކަށް ޖެހިއްޖެއެވެ. އެވަގުތު ބަލްޚާގެ މުށިކުލައިގެ ބޮޑު ދެ ލޯ ފަރުދާކުރެވިފައިވާ ނަންބަރު އައިނުވެސް އެތުނި މޫނާވަކިވެ ބިންމައްޗަށްވެއްޓި ތަޅައިގެން ހިނގައްޖެއެވެ. ބިންމަތީގައި އަތުރާލާފައިވާ ގާތަކުގެ މައްޗަށް ވެއްޓި ޖެހުނުލެއް ބާރުކަމުން ބަލްޚާގެ ކަނާތު ފައިގެ ކަކޫ ޒަޚަމްވެ ލޭގެ ކުލަވަރު ދައްކާލިއެވެ.

” ސްކޫލު ނިމުނަސް ހީނުކުރަށްޗޭ އުނދަގޫކުރުން ހުއްޓުނީ ކަމަށް… ހުރިތާކުން ހޯދައިގެންވެސް އުނދަގޫކުރާނަން… އެދުވަސް ހަނދާންހުންނާނެ އިނގޭ އުމުރަށްވެސް……”  ވާރެއާއެކު ތެމި ނިންމައްޗަށް ވެއްޓިފައިވާ ކުރު އިސްތަށިކޮޅުގައި އަތް ހިންގާލައި ބޮލު މައްޗަށް އިސްތަށިކޮޅު ނަގާ އޮމާންކޮށްލަމުން ގުދުވެ ބަލްޙާގެ ކަންފަތްދަށުގައި ވައި އަޑުން ޖައިޝްބުނެލިއެވެ. އެވަގުތުވެސް ބަލްޚާގެ ހިތުގެ ވިންދު އަވަސްވެލިއެވެ. ޖައިޝްއަކީ ކޮންމެ އަންހެންކުއްޖެއްގެ ހިތްވެސް މޮޔަކުރުވާފަދަ ރީތި ޒުވާނެކެވެ. އެކަމަކު ކުލާހުގެ އެންމެ އުޅުން ގޯސް ކުއްޖަކީވެސް ޖައިޝްއެވެ. މުޅި ކުލާހުންވެސް ޖައިޝް އެންމެ ނަފުރަތުކުރަނީ ބަލްޚާއަށެވެ. ބަލްޚާއަށް އުނދަގޫކޮށް ޖެއްސުންކުރުމަކީ ޖައިޝްގެ އުފަލެކެވެ. އެ އުނދަގޫތަކާ އެކުވެސް ބަލްޚާގެ ހިތްވަނީ އޭނާގެ އިޚްތިޔާރުން ދޫކޮށްލެވިފައެވެ. ހިތް އެދޭގޮތަށް ނުލެނބޭހާ ހިނދަކު ހިތަކީ އިންސާނާގެ ކިޔަމަނުގައި ދެމިހުންނާނޭ އެއްޗެއް ނޫނޭ އެބުނާބުނުމަކީ ކިހާ ބޮޑު ޙަޤީޤަތެއް ހެއްޔެވެ؟ ޖައިޝްއަށް ނަފްރަތު ކުރަން ބަލްޚާ ބޭނުމެވެ.

” އެދުވަހު ކުރެވުނު ކަންތަކަށް އަހަރެން މާފަކަށް ނޭދޭނަން.. އިތުރަށް އުނދަގޫ ކުރާކަށް ޖައިޝްއަށް ދެން އަހަންނެއް ނުވެސް ފެންނާނެ….” މަޑުމަޑުން ކޮޅަށް ތެދުވެ އިސް ޖަހާލަމުން ބަލްޚާ އެހެން ބުނެލުމާއެކު ޖައިޝްގެ މުލައްދަނޑީގައި ލުއި ގޮތަކަށް ހިފަހައްޓާލައިގެން ހުރި އަނުމްގެ ތުންފަތުގައި ކުޅެލީ މަލާމާތުގެ ހިނިތުންވުމެކެވެ.

“ކަލޭ ހޯދަން ޖައިިޝް އެބައުޅޭތަ؟” ދެބުމަ ގޮއްޖަހާލަމުން ރުޅިވެރިކަމާއެކު އަނުން ބުނެލިއެވެ. އެވަގުތު ވަރަށް ސިއްރު ނަޒަރަކުން ބަލްޚާ ޖައިޝްއަށް ބަލައިލިއެވެ. އެމޫނު މަތިން ކޮންމެވެސް ވަރެއްގެ ހިމޭންކަމެއް ބަލްޚާއަށް އިހްސާސްކުރެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ދިހައެއް ( ތިންވަނަ ބައި )

Next

ދުރުގައިވިޔަސް… 30 ވަނަ ބައި

Next
August 3, 2017

ދުރުގައިވިޔަސް… 30 ވަނަ ބައި

Previews
August 3, 2017

ދިހައެއް ( ތިންވަނަ ބައި )

11 Comments!

  1. aish says:
    August 3, 2017 at 6:15 pm

    V reethi vanehen hyvey.. Next part thankolheh dhigukoh genesdhehchey..

  2. Yessiy says:
    August 3, 2017 at 6:42 pm

    Nice vaane hen hyvey…waiting for the next part n thankolhen dhigukoh genesdhechey❤

  3. zuvana Z says:
    August 3, 2017 at 6:47 pm

    daily koh u kohdheythi. eyrun dhw dhen , and ineresting feshun . heeve v reethi vaanehen.

  4. zuvana Z says:
    August 3, 2017 at 6:55 pm

    feshun reethi . ummeedhu kuran reethi vaane kamah . n daily koh up kuraathi .

  5. Xna says:
    August 3, 2017 at 7:14 pm

    Nice pic..v reethi vaane hen heevey stryves.. thabkolheh dhigukoh genesdhehchey?. V thafaathu Nan Nan ??Kon dhuvas thakeh ga upkohdhenee?

  6. Mysh says:
    August 3, 2017 at 8:09 pm

    V rythi feshunn..rau kon rashehtha?

  7. Xxxx says:
    August 3, 2017 at 8:54 pm

    Feshun v.reethi??

  8. Hafee Lilly says:
    August 3, 2017 at 9:00 pm

    vaahakaige feshumunves heevanee mivaahaka varah reethivaanehen.ekamaku thankolheh liyefa innaleh kuda ee

  9. Shaai says:
    August 3, 2017 at 11:34 pm

    Haadha kurey.. v rythi vaanehen hiyve… plz plz pkz daily koh upload kohdhibs

  10. click a shot ? says:
    August 4, 2017 at 4:37 pm

    Reethi vaanehen hyvany……daily koh up kohdene kamah umeedhukuran…..ehen strys aa thafaathu kohlachey ☺️

  11. މަރިޔަމް ރައުހާ says:
    August 5, 2017 at 8:42 am

    Thanx hurihaa kudhinnah.
    Insha Allah komme frday Saturday eh ga noony hurihaa dhuvahaku mivaahaka genes dheveytho masaikai kuraanan…. ??

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ…←


All Right Reserved!