Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހިތުގެ މިލްކުވެރިޔާ (ނުވަވަނަ ބައި)

azzadhil Level 210 Stories100 Comments
July 20, 2017 4 Mins Read
10 Comments

ކާރުތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އަރުޝީގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. އާރާވްގެ ނަޒަރު އިރުއިރުކޮޅާ އަރުޝީއަށް ހުއްޓެމުން ދެއެވެ. ކިތަންމެ ވަރަކަށް ނުބަލަން މަސައްކަތް ކުރިޔަސް އެމައުސޫމު މޫނަށް ނުބަލާ ނުހުރެވެއެވެ. އެމޫނަށް ބަލާލުމުން އެލިބޭ ހިތްހަމަޖެހުމަކީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ކަޅު ކުލައިގެ ސޯލްގެ ތެރެއިން އެދޮން މޫނު ފެންނައިރު ހީވަނީ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ހަނދުފާޅުވާ ހެންނެވެ. އާރާވްގެ ހިތް އަރުޝީއާއި އެއްކޮޅަށް މިލަންބުވަނީ ކޮންކަހަލަ ބާރެއް ހެއްޔެވެ. އެސާފު ރީތި މޫނަށް ބަލާލުމުން މިލިބެނީ ކޮންކަހަަލަ ހިތްހަަމަޖެހުމެއް ހެއްޔެވެ.

” ވާހަކައެއް އަހާލަންތަ” ހަމަހިމޭންކަން ފޫއަޅުވާލީ އާރާވް ގެ ފިރިހެންވަންތަ އަޑުންނެވެ. ފޯނާ ކުޅެން އިނދެ އަރުޝީ ހޫނ އަޅުވާލީ އާރާވްއަށް ބަލާލުމެއްވެސް ނެތިއެވެ. އެހެނީ އާރާވްގެ ތޫނު ބެލުންތަކުން އަރުޝީއަށް ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ.

” ކުރިން އެއްވެސް ވަރަކަށް އަހަންނާ އަރުޝީއާއި ދިމާވިތަ.. މިބުނީ ސުކޫލުންވެސް އެހެންނޫނީ ކޮލެޖަކުންވެސް” އާރާވް އަހާލީ އަރުޝީގެ މޫނަކީ ދެކެ ފަރިތަ މޫނެއްހެން ހީވާތީއެވެ.

” ނޫން ކުރިން ދުވަހަކުވެސް ނުދެކެން” އަރުޝީ ދިނީ ކުރު ޖަވާބުން އާރާވްއަށް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. އަރުޝީ އަކީ ވަރަށް ބަސްމަދު ކުއްޖެއް ކަންނޭނގެއެވެ. އެހެން ނޫނީ އާރާވް އާއި ވާހަކަ ދައްކަން ބޭނުން ނުވަނީ ކަންނޭނގެއެވެ. އަރުޝީގެ މި ފަރުވާކުޑަކަމުގެ ސަބަބުން އާރާވްގެ ހިތް ނުތަނަވަސް ވިއެވެ.

” ހެދުމުގެ ކުލަ ވަރަށް ރީތި.. އަހަންނަށް ވަރަށް ކަމުދާ ކުލައެއް.. ހީވަނީ ޑާކް ބްލޫބެރީއެއް ކައިރީގަ އިންހެން” އިރުކޮޅަކު އިނުމަށްފަހު އަނެއްކާވެސް އާރާވް އަށް ބުނި ޖުމްލައިން އަރުޝީ އާރާވްއަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ކަޅު ނޫކުލައިގެ ހެދުމަކީ ކައިސަން އަށް އެންމެ ރީތި ހެދުމެވެ. އެކުލައަކީ ކައިސަންއަށްވެސް އެންމެ ރީތި ކުލައެވެ. އާރާވް ބުނެލި ޖުމްލައިން އަރުޝީ ހަނދާންވަމުން ދިޔައީ އަރުޝީ އެހެދުންލީ އެންމެ ފުރަތަމަ ދުވަހު ކައިސަން ބުނެލި ބަސްތަކެވެ.

……………………………….

އެއީ އީދު ދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. އަރުޝީ ކައިރީގައި ތައްޔާރުވާން ބުނުމަށްފަހު ކައިސަން ދިޔައީ ރަހުމަތްތެރިއަކާ އެކު ކޮފީއަކަށެވެ. ކޮފީ ނިމިގެން އައި އިރުވެސް އަރުޝީ ތައްޔާރުވެ ނުނިމޭތީ ކައިސަން ބޭރު ސޯފާގައި މަޑުކޮށްލައިގެން އިނެވެ. އަރުޝީ ކޮޓަރިން ނިކުމެ ދޮރު ލައްޕާލި އަޑު އިވުމުން ކައިސަން އެދިމާއަށް ބަލާލިއެވެ. އެބަލާލި ގޮތަށް ކައިސަން އަށް ހުރީ އެސްފިޔަ ޖަހާލަންވެސް ނޭނގިފައެވެ. އަރުޝީގެ ބޮލުން ފެށިގެން ފަޔަށް އަދި ފައިން ފެށިގެން މޫނަށް ބަލާލިއިރުހީވަނީ މޮޔައެއް ހެންނެވެ. އަރުޝީ ލަދުން ވިރިވިރި ހުރިއިރުވެސް ހެވެމުން ދިޔައެވެ.

“މާޝާﷲ.. ހާދާ ރީއްޗޭ މަގޭ އަންހެނުން… ތީ އަހަންނަށް އެންމެ ރީތި ކުލަ.. ހީވަނީ ތިކުލައަކީ ހަމަ އާރޫއަށް ހާއްސަކޮށްފައިވާ ކުލައެއްހެން.. ހީވަނީ ހަަމަ ބްލޫބެރީ ކޮޅެއްހެން.. އަހަރެން މީގެ ފަހުން އާރޫއަށް ކިޔާނީ ބްލޫބެރީ.. އާދެބާ ކައިގެ ލޯބި ލޯބި ބްލޫބެރީކޮޅު” ދެއަތް ހުޅުވާލާ ކައިރިއަށް އަންނަން ދައުވަތު ދިނުމުން އަރުޝީ ހެމުން ހެމުން އައިސް ކައިސަންގެ އަތުތެެރެއަށްވަދެ އެތަނަވަސް މޭގައި މޫނުފޮރުވާލުމުން ކައިސަންވެސް އެދެއަތް އަރުޝީގައިގާ ވަށާލައި ބާރުކޮށްލިއެވެ.

…………………………………………

އަރުޝީ އެގޮތަށް ދެލޯ ބޮޑުކޮށްގެން ބަލާން އިނުމުން ފިރިހެނެއްކަމަކު އާރާވް ވެސް ލަދުގަތެވެ.އާރާވް ދެއިނގިލިން އަރުޝީގެ ކަންފަތް ކައިރީގައި ފުއްޓައްކެތް ޖަހާލުމާއެކު ސިއްސައިގެން ދިޔައެވެ. އަދި އަވަސް އަވަހަށް އެހެން ދިމާއަކަށް ބަލާލީ ކުރެވުނު މޮޔަ ކަންތައް އިހްސާސް ވުމުންނެވެ.

” އަރުޝީ ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވުނިއްޔާ ވަރަށް ބޮަޑަށް ސޮރީ” އަރުޝީ ހިތްހަމަނުޖެހުނީ ކަަމަށް ހީކޮށް އަރާވް ބުންޏެވެ.

” ނޫން.. އާރާވް ތިހެން ބުނީމަ އެއްޗެއް ހަނދާންވީ” ލަދުކަނޑުވާލުމަށްފަހު އަރުޝީ ވާހަކަ ދެއްކިއެވެ.

” ކުރީގެ ފިރިސޮރު މަތިން ދޯ” އާރާވްގެ ޖުމްލައިން އަނެއްކާވެސް އަރުޝީއަށް ލިބުނީ އިތުރު ސިހުމެކެވެ. އެކަން އާރާވްއަށް އިނގުނު ގޮތަކާމެދު އަރުޝީގެ ހިތުގައި ސުވާލު އުފެދުނެވެ. ކާރު އައިސް ގެކައިރިއަށް މަޑުކޮށްލީ އަރުޝީއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށެވެ. ޑްރައިވަރަށް ފައިސާ ދިއްކޮށްލެވުނީ ދެމީހުންނަށް އެކީގައެވެ. ޑްރައިވަރުވެސް ހައިރާންވެފައި ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ.

” އިޓްސް އޯކޭ އަރުޝީ.. އަހަރެން ދީފާނަން..” އާރާވް މިހެން ބުނުމުން އަރުޝީވެސް އިތުރަށް ބަހެއް ނުބުނެ އަތުގައި އޮތް ފަންސަވީސް ރުފިޔާ ވޮލެޓަށް ލިއެވެ. ކާރުން ފައިބައިގެން ލިފްޓަށް އެރީ ދެމީހުން އެކީގައެވެ. ދާންވީ ފްލޯރ ގެ ނަމްބަރަށް ފިއްތާލަން އެދިމާއަށް އަތް ގެންދެވުނީވެސް ދެމީހުންނަށް އެކީގައެވެ. އެއާއެކު އަތް ތިރިކޮށްލެވުނީވެސް އެކީގައެވެ. އެންމެ ފަހުން އަރުޝީ ފަހަތަށް ޖެހިލުމުން އާރާވް ހަތްވަނަ ނަމްބަރަށް ފިއްތާލިއެވެ.

ލިފްޓު ތެރޭގައި ދެމީހުންވެސް ތިބީ ވަރަށް މަޑުމަޑުންނެވެ. އަރުޝީ އެއްއަތުން އަނެއްއަތުގެ އުޅަބޮށީގައި ހިފަހައްޓައިގެން ތިރި ބަލަން ހުރިއިރު އާރާވް ދެޖީބަށް އަތްޖަހާލައިގެން އެއް ދިމާލެއްގައި ލެގިލައިގެން ހުއްޓެވެ.

ފަސްވަނަ ފަނގިފިލާއާއި ހަމަވިތަނާ ކުއްލިއަކަށް ލިފްޓު ހުއްޓުނެވެ. މުޅިތަނަށް އަނދިރިކަން ވެރިވުމުން ކަރަންޓު ކެނޑުނީކަން އެނގުނެވެ.

” މިވީ ކިހިނެއް… އަހަރެން ބޭނުން މިތަނުން ނިކުންނަން” އަރުޝީ ބިރުގަނެފައި ހުރިވަރު އޭނާގެ އަޑުންވެސް އެނގެއެވެ.

” ބިރުނުގަނޭ.. މީއެވަރު ކަމެއް ނޫން.. ކަރަންޓުއައިމަ ރަނގަޅުވާނެ” އަރުޝީއަށް ވިސްނާދެވޭތޯ މަސައްކަތް ކުރަމުން އާރާވް ބުންޏެވެ.

” ޕްލީޒް.. މިތަން ހުޅުވަދީ.. އަހަރެން ބޭނުން މިތަނުން ނިކުންނަން” ރޮވިފައިވާ އަޑަކުން އަރުޝީއަށް ބުނެވުނެވެ.

” އަރުޝީ ހަމަޖެހިބާ.. ނުވާނޭ އެއްވެސް ކަމެއް..” އާރާވްގެ ޖުމްލަ ރަނގަޅަށް ނުނިމިގެން އުޅެނިކޮށް އަރުޝީ ލިފްޓްގެ އެކި ތަންތަނަށް ފިއްތަން ފެށިއެވެ. އާރާވް އަވަސް އަވަހަށް ޖީބުން ފޯނު ނަގާ އަލިކޮށްލިއެވެ. އޭރު އަރުޝީ މޮޔައެއްހެން އެތަނުން ނިކުތުމަށް މަސައްކަތް ކުރަނީއެވެ.

” އަރުޝީ އެންމެ ފަހަރަކުވެސް ހެއްދެވި ފަރާތެއް ވާކަން ހަނދުމަ ކޮށްބަލަ” އަރުޝީގެ ހަރަކާތްތަކަށް ކިރިޔާވެސް ހުއްޓުމެއް އައީ އާރާވް މިހެން ބުނުމުންނެވެ.

” ތަވައްކުލް ކިޔާ ބަހެއް ދަންނަންތަ.. އެއީ ހުރިހާ ކަމެއްގައިވެސް އެކަލާނގެ މައްޗަށް ބަރޯސާވުން.. އެކަލާނގެއަށް ފުރިހަމައަށް ވަކީލުކުރުން.. އެއީ ހިތްތަކަށްވާ އަލިކަމެއް.. އެއަލީގެ ސަަބަބުން ހިތްތަކަށް މަޑުމޮޅިކަން ގެނެސްދޭ.. އަރުޝީ ފުރިހަމައަށް އެކަލާނގެއަށް ބަރޯސާވާ ނަމަ ތިހެންނެއް ނޫޅޭނޭ.. އެއްވެސް އަޅަކަށް އެކަލާނގެ ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން އެނގެން ޖެހޭނެ.. އަދި ބޭނުން ގޮތަކަށް ކަމެއް ނުވިޔަސް އޭގެ ފަހަތުގަ ކޮންމެވެސް ރަނގަޅު ސަބަބެއްވާނެ ކަމުގައި ދަންނަންޖެހޭނެ.. މިއީ އިމްތިހާނުގެ ވަގުތު ކަމަށް ހީކޮށްލާ އެކަލާނގެއަށް ވަކީލު ކުރޭ” އާރާވްގެ ބަސްތަކުން އަރުޝީގެ ހިތަށް ހަމަޖެހުން ލިބޭން ފެށިއެވެ. އަރުޝީ ބިރުގެންފި ނަމަ ކައިސަންވެސް ދައްކާނީ މިފަދަ ވާހަކަތަކެކެވެ.

ބައިގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ކަރަންޓް ނައުމުން އާރާވް ކައިލް އަށް ގުޅަން ފޯނުނެގިއެވެ. އެއާއެކު ޗާޖް ހުސްވެގެން އާރާވްގެ ފޯނު ނިވުނެވެ. އަރުޝީ ފޯނުން ގުޅަން ބަލާލިއިރު ފޯނުގައި އެއްވެސް ވަރަކަށް ލާރިއެއް ނެތެވެ. އެހެންކަމުން ކައިލްގެ ފޯނަށް މެސެޖްއެއް ފޮނުވާލުމަށްފަހު ޖަވާބެއްގެ އިންތިޒާރުގައި ވަގުތު ގުނަން  ފެށިއެވެ.

…………………………………………………………………………

އާރާވްގެ އިންތިޒާރުގައި ރައިހާނާ ގޭތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. މިހާރު އާރާވްގެ ފޯނަށްވެސް އެތައްފަހަރަކު ގުޅިއްޖެއެވެ. ނަމަވެސް ފޯނު އޮންނަނީ ނިއްވާލާފައެވެ. އާރާވްގެ ހަބަރެއް ނުވެ ގިނައިރުވާން ފެށުމުން ރައިހާނާގެ ހިތްބަރުވާން ފެށިއެވެ. އާންމުކޮށް އެގާރާ ގަޑި ބައިވުމުގެ ކުރިން ގެއަށް އަންނަ ކުއްޖާ ބާރަ ޖެހިއިރުވެސް ގެއަށް އަންނާކަށް ނޫޅުނެވެ. އެންމެ ފަހުން މާބޮޑަށް ކަންބޮޑުވާން ފެށުމުން ރައިހާނާ ޒިވާންގެ ކޮޓަރިއާ ދިމާއަށް ދިޔައީ އާރާވް ހޯދަން ޒިވާން ފޮނުވުމަށެވެ. ދެތިން ފަހަރު ޓަކި ޖަހާލުމުންވެސް ޒިވާން ކޮޓަރި ނުހުޅުވުމުން ރައިހާނާ ދޮރު ހުޅުވާލާފައި އެތެރެ ބަލާލިއެވެ. ޒިވާން އެއް އެތެރެއަކު ނެތެވެ. ފާހާނާއިގެ ބޮކި ނިއްވާލާފައި ހުރުމުން ފާހާނާއިގައިވެސް ނޫޅޭކަން ރައިހާނާއަށް އެނގުނެވެ. ކޮަޓަރިން ނިކުމެގެން ދެން ރައިހާނާ މިސްރާބުޖެހީ ޒިވާންގެ ސްޓަޑީ ރޫމާ ދިމާއަށެވެ.

ގެސްޓް ރޫމުން ނިކުމެގެން ގަމީހުގެ ގޮއްތައް އަޅުވަމުން އަންނަ ޒިވާން ފެނުމުން ރައިހާނާ ކުޑަކޮށް ހައިރާންވިއެވެ. ޒިވާން އަށް ގޮވާލީވެސް އެހައިރާންކަން މަތީ ހުރެއެވެ. ރައިހާނާގެ އަޑަށް  ޒިވާން ދިޔައީ ސިއްސައިގެންނެވެ. ނިތްކުރީގައިވާ ދާތައް ފޮހެލާ ރައިހާނާއަށް ހިނިތުންވުމެއްދިނެވެ.

” މިގަޑީގަ އެކޮޓަރިއަށް ކީއްކުރަން ވަނީ.. މާބޮޑަށް ދާހިއްލާލާފަ ކީއްކޮށްފަ ތިއައީ” ރައިހާނާ ސުވާލުތައް ބަންޑުންކޮއްލިއެވެ.

“މި..މި..މިއައީ.. ކުޑަކޮށް ކަސްރަތުކޮށްލާފަ.. މެރީ ކުރަންވާއިރަށް ތަންކޮޅެއް ފިޓުވާން ޖެހޭނު..” ހީލަން މަސައްކަތް ކުރަމުން ޒިވާން ބުންޏެވެ.

“މަންމަ މިގަޑީގަ މިތާ ކީއްކުރަނީ.. ހުރިހާ ކަމެއް ރަނގަޅުތަ” ޒިވާން ސުވާލުކޮށްލިއެވެ.

” މިއުޅެނީ އާރަވް ގެއަށް ނައިސްގެން.. ފޯނުވެސް ނިއްވާލާފައޮތީ.. އަޅެ ޒިވާން ދާންވީނު އެސޮރު ގޮވައިގެން އަންނަން” ރައިހާނާ ހާސްވެފައި ހުރެ ބުންޏެވެ.

” މަންމަ ހާސްނުވެބާ… އިންނާނެ މިހާރު ކޮންމެސް ރައްޓެއްސަކާ އެކީ ކޮފީއެއްގަ.. އެހެން ނޫނަސް މިއޮއްބޮޑު މާލެއިން ކޮންތާކަށް އޭނަ ހޯދަން ދާނީ.. މަންމަ ދޭބާ ހަމަޖެހިގެން ނިދާލަން.. އަހަރެން އިންނާނަން އާރާވް އަންނަންދެން” ރައިހާނާ ގޮވައިގެން އޭނާގެ ކޮޓަރިއާ ދިމާއަށް ދަމުން ޒިވާން ވާހަކަ ދެއްކިއެވެ.

…………………………………………………..

ކަރަންޓު އައީ އެރޭ އެކެއް ޖަހާން އުޅެނިކޮށެވެ. އަރުޝީ އިށީނދެގެން އިނދެފައި ތެދުވާން އުޅުނު ތަނާހެން ހެދުން މައްޗަށް ފައިން އެރި ވެއްޓެން ދިޔަ ވަގުތު އާރަވް ހުށިޔާރު ކަމާއެކު އަރުޝީ ގައިގާ ހިފެހެއްޓިއެވެ. އަރުޝީ ހެދުން ފައިދަށުން ދަމައިގަތުމަށްފަހު އާރާވް ދުރަށް ކޮއްޕާލީ އެއްވެސް ހިލޭ ފިރިހެނަކު އަރުޝީ ގައިގާ އަތްލުމަކީ އަރުޝީއަށް ރުހެވޭނެ ކަމަކަށް ނުވާތީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ

Next

މައާފު ކުރާށެވެ. ނިމި މިދަނީ ކެއްނުކުރެވިގެނެވެ.

Next
July 20, 2017

މައާފު ކުރާށެވެ. ނިމި މިދަނީ ކެއްނުކުރެވިގެނެވެ.

Previews
July 20, 2017

ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ

10 Comments!

  1. Ram says:
    July 21, 2017 at 7:06 am

    Wow ?

  2. Adha? says:
    July 21, 2017 at 12:08 pm

    Wow!varah reethi mi part ves ? aaraav ge innany kai ge heart dw.. transplant kohfa?… aaraav and arushee gulheny.. zivaan aa marry kuruviya nudhehchey ingey.. i dnt think zivaan is good?waiting ❤❤

  3. Aashaa says:
    July 21, 2017 at 12:13 pm

    Guest room ga keeh kohffabaa zivaan miaee.

  4. Shahoo says:
    July 21, 2017 at 2:31 pm

    Maashaa allah v reethi mi part vs???

  5. Director says:
    July 21, 2017 at 3:08 pm

    Zivaan e hurihaa nubaeh mi story ga….kaisan is not died I guess aarav aee kaisan.. Surgery hadhaafa knneynge zivaan ehery arusheege beynumuga n maybe kaisan ge hadhaan ves fuhevifa hury dhimaaavi kamakun

  6. maroon says:
    July 21, 2017 at 3:18 pm

    Azza !!!! Zivaan goas kurany dhw ?
    Story is fabulous ???

  7. Xxxx says:
    July 21, 2017 at 7:17 pm

    Hey dear story iz just fabulous…next part ah waiting ??☺???

  8. Shi says:
    July 21, 2017 at 9:01 pm

    Thi kon rashege kujehtha azalea dhil I think I know you

  9. Truth says:
    July 22, 2017 at 12:22 am

    Its azzadhil not azalea dhil

  10. inaa? says:
    July 22, 2017 at 8:05 pm

    varah reethi mi part vesss…azza knirakun next part

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (ދިހަވަނަ ބައި)←


All Right Reserved!