މަރުވެދާނޭ މާދަމާ ގައިމޭ (3)
ހަފްތާއެއްވެގެން ދިޔައިރުވެސް އަހަރެންނަށް ހަމަޔަކަށް ނޭޅެއެވެ. އަދިވެސް އަހަރެންނަށް ވިސްނެނީ ސަމާއާ ދޭތެރޭގައެވެ. އެވަރަށް ސަމާއަށްދިން ނަސޭކަތްތަކުގެ އަޑު ސަމާ އެހިނަމައެވެ.
ސަމާގެ ކުއްލި މަރުގެ ސަބަބުން އަހަރެންގެ ދިރިއުޅުމާމެދުވެސް ވިސްނާލަން މަޖްބޫރުވިއެވެ. އަހަރެންގެ މަރުއައިސް އަހަރެންނާ ބައްދަލްކުރާނީ ކޮންއިރަކު ކަމެއް ހުދު އަހަރެންނަކަށްވެސް ނޭންގެއެވެ. ފަރުޟް ފަސް ނަމާދު ވަގުތަށް އަދާކުރި ނަމަވެސް ސުންނަތް ނަމާދުތަކަށް އަހަރެންނަށްވަނީ ފަރުވާކުޑަ ކުރެވިފައެވެ. ދުވަހުގެ ސައުވީސް ގަޑީރުގެ ތެރެއިން ޤުރުއާން ކިޔެވުމުގަ އަހަރެންނަށް ހޭދަކޮއްލެވެނީ ދެނަމާދު ދޭތެރޭ އިންނަ ކުޑަ ވަގުތުކޮޅު އެކަންޏެވެެ. ދިރިއުޅުމާމެދު ވިސްނި ވަރަކަށް އަހަރެން ބޯ ހާސްވާން ފެށިއެވެ. މަރަކީ ކޮންމެވެސް ދުވަހަކުން ކޮންމެ މީހަކާވެސް ބައްދަލް ކުރާނެ އެއްޗެއްކަން އަހަރެން އަމިއްލަ ނަފްސަށް ވިސްނަދިނީމެވެ. އެކަލާންގެ ހަސްރަތުން ތައުބާވެ އަމަލުތަށް އިސްލާހް ކުރަން އަހަރެން އަޒުމް ކަނޑައެޅީމެވެ. މަރާމެދު ވިސްނާ ބޯ ހާސް ކުރުމަށްވުރެ މަރަށް ތައްޔާރުވުން މާ ބުއްދިވެރި ކަމުގަ އަހަރެން ދެކުނީމެވެ. އެދުވަހަށް ފަހު އަހަރެންގެ ދިރިއުޅުމުގެ ހަމަ އެކަނި މަގްސަދަކަށްވީ އާހިރަތުގެ ބާއްޖަވެރިކަން ހޯދުމެވެ. ކުރިޔަށްވުރެ ބޮޑަށް އަޅުކަމުގަ ވަގުތު ހޭދަކުރަން ފެށީމެވެ.
އެއްމަސް ފާއިތު ވެގެން ދިޔަ އިރުވެސް އަދިވެސް އަހަރެންނަށް ސަމާގެ ހިޔާލު ތަކާ ދުރަށް ދެވޭ ގޮތެއް ނުވެއެވެ. ކުއްލިޔަކަށް އަހަރެން ހިޔާލުތަކުން ބޭރަށް ނިކުމެވުނީ ފަތިސް ނަމާދު ބަންގި ގޮވާ އަޑަށެވެ. ފަތިސް ނަމާދު ކޮއްލައިގެން ޤުރުއާން ކިޔަވަން އިރުކޮޅަކު އިނދެލާފަ އަހަރެން ދިޔައީ ނިދަންށެވެ. ކުއްލިޔަކަށް ލޮލުގަ އަޅައިގަތީ ސައިޑް ޓޭބަލް މަތީ ޗާޖަށް ޖަހާފަ އޮތް ސަމާގެ ފޯނެވެ. ސަމާ ބަލިވެގެން ހޮސްޕިޓަލަށް ދިޔަ އިރު އަހަރެން ބޭގަށްލާން ފޯނު ދިން ގޮތަށް އެ ފޯނު އޮތީ އަހަރެންގެ ބޭގްގައެވެ. ފަހުން އަހަރެންވެސް އޭގެ މަތިން ހަނދާން ނެތުނީއެވެ. އެ ބޭގް ފަހުން ޔޫސް ނުކުރާތީ އަހަރެންނަށށް އެ ފޯނު ނުފެނި އޮތީއެވެ. މިރޭ އަލަމާރި ސާފް ކުރި އިރު އެ ދަބަސް ތެރެއިން އަހަރެންނަށް އެ ފޯނު ފެނުނެވެ. އެކަމް ޗާޖްގޮސްގެން ނިވިފަ އޮތީމަ އަހަރެން ޗާޖްކޮއްލީއެވެ. އަހަރެން ފޯނު ހުޅުވާލީ އެއީ ސަމާގެ އެންމެ ފަހު ހަނދާނަށް ވުމުންނެވެ. ފޯނު ހުޅުވާލި ވަގުތު ފުލުފުލުގަ އެތަށް މެސެޖްތަކެއް އައެވެ. އެތަނުން އަހަރެން އެންމެ ހައިރާންވީ ދޮންބެގެ ނަމްބާރ އިން ސަމާއަށް ގުޅި ކަމަށް މިސްކޯލް އެލާޓް އައީ މައެވެ. ސަމާ ފޯނު ވައިފައި އޮން ކޮއްފަ އިނުމުން ވައިބާރ އިންވެސް ބައިވަރު މެސެޖްއައިސްފަ ހުރިއެވެ. އެންމެ ހައިރާން ވީ ދޮންބެ ސަމާއަށް މެސެޖްކޮއްފަ އިންތަން ފެނުމުންނެވެ. އަހަރެން އެ ކޮންވަސޭޝަން ހުޅުވާލީ ތެޅި ތެޅި އޮތް ހިތަކާއެކުއެވެ. ދޮންބެ އާ ސަމާ ދައްކާފަ ހުރި ވާހަކަތަށް ކިޔަން އަހަރެން އިނީ ގަބޫލު ނުކުރެވިފައެވެ. އާންއެކެވެ. ސަމާ ބަނޑުބޮޑުވީ ދޮންބެގެ ދަރިއަކަަށެވެ. އެބޯޓްކުރަން ސަމާއަށް ފޯސްކުރީވެސް ދޮންބެއެވެ. ދޮންބެ އަކީ އެފަދަ މީހަކަށް ވެދާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަމަވެ. ސަމާވެސް އެވަރު ބޮޑު ވާހަކައެއް އަހަރެން ކައިރީ ނުބުނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އެ ސުވާލުގެ ޖަވާބުވެސް އަހަރެންނަށް އެ މެެސެޖް ތަކުން ލިބުނެވެ.
” ހަނދާން ކުރާތި! ފައިހާއަށް ސަމާ ބަނޑުގަ ތިއޮތީ އަހަރެންގެ ދަރިއެއްކަން އިނގިގެން ނުވާނެ.. ސަމާވެސް އެއްބަސް ވެގެން ހަމަ އެކަނި ފިސިކަލް ރިލޭޝަންޝިޕެއް ބޭއްވީ.. ދެން މިހާރު ކޮން ވާހަކައެއް ދައްކާކަށް.. އެދަރިފުޅު ޖެހޭނީ އެބޯޓްކޮއްލަން.. ” ދޮންބެގެ މެސެޖްތަށް ކިޔާފަ އެއީ ދިންބެ ކޮއްފަހުރި މެސެޖް ކަމަކަށް އަހަރެންނަށް ގަބޫލުވެސްް ނުކުރެވުނެވެ. ސަމާވެސް ދޮންބެ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންކަން އިނގި ހުރެވެސް އެފަދަ ގުޅުމެއް ބާއްވާނެ ކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. ދޮންބެ އާ ސަމާގެ ހިޔާލުތަކުގަ އޮއްވާ އަހަރެންނަށް ނިދުނު އިރެއްވެސް ނޭންގެއެވެ.
ކުއްލިޔަކަށް އަހަރެން ސިއްސައިގެން ދިޔައީ މީހަކު ކޮޓަރީ ދޮރުހުޅުވާލި އަޑަށެވެ. އަހަރެން ސިހިފަ ބަލާލިއިރު ކުރިމަތީ ރުޅިވެރި ކަމާއެކު އަހަރެންނަށް ބަލަން ދޮންބެ ހުއްޓެވެ. . ދުވަހަކުވެސް ދޮންބެ އެހާ ރުޅިއައިސްފަ ހުއްޓާ އަހަރެން ނުދެކެމެވެެ.
” ފައިހާދޯ ސަމާ ފޯނުން އޮންލައިންވެގެން ތިއިނީ.. އޭރުވެސް ހިތަށް އެރިޔޭ..” ދޮންބެ ރުޅިވެރިކަމާއެކު ބުނެލިއެވެ.
” އައި ކާންޓް ބިލީވް ދިސް.. އަހަރެން ހިޔެއް ނުކުރަން ދޮންބެތީ ތިކަހަަލަ ވިޔާނުދާ މީހެއް ކަމަކަށް.. ސަމާ އެހާލުގަ މަރުވެގެން ދިޔުމުން ދޮންބެ ހިތަށް އެކައްޗެއްވެސް ނާރާތަ..؟ ” އަހަރެންގެ ޖުމްލަ ފުރިހަމަ ނުވަނީސް ދޮންބެގެ އަތުގެ ހޫނު އެތިފަހަރެއް އަހަރެންގެ މޫނުމައްޗަށް އެރިއެވެ.
” މީގެން އެއްވެސް ވާހަކައަށް އެއްވެސްމީހަކަށް އިނގިގެން ނުވާނެ..!” ދޮންބެގެ ރުޅިވެރި ބަސްތަކުން އަހަރެންވެސް އިތުރަށް ރުޅިއަންނަ ގޮތްވިއެވެ.
” ކީއްކުރެވޭނީ.. މަންމަމެން ކައިރީ ބުނާނަން… ސަމާގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ދޮންބެ.. ” ދޮންބެ އައި ރުޅީގަ މިނިކާ ޖަނަވާރެއްހެން އަހަރެން ގައިގަ އޮޅުލައިގަތުމަށްފަހު އެނދުމައްޗަށް ވައްޓާލިއެވެެ.
ބިރުން ހަޅޭލަވާ ގަތުމާއެކު އަހަރެންނަށް ހޭލެވިއްޖެއެވެ. ފެނުނީ ހުވަފެނެއްކަން އިނގިފަ ކޮންމެވެސް ވަރަަކަށް ހިތަށް ހަމަޖެހުން ލިބުނެވެ. ދޮންބެ ހޭލުމުން ސަމާ ވާހަކަ ދޮންބެއާ ދައްކަން އަހަރެން ނިންމީމެވެ.
ރޯދަމަސް ކަމުން މެންދުރު ނަމާދު ކޮއްލައިގެން އަހަރެން ޤުރުއާން ކިޔަވާލަން މަޑުކޮއްލީމެވެ. ޤުރުއާން ކިޔަވާ ނިންމާލައިގެން ބަދިގެޔަށް ދިޔައިރު ދޮންބެ ދަައްތަވެސް މަންމައާ އެކު ހެދިކާ ހަދަން އެހީތެރިވެދޭން އުޅެއެވެ. ދޮންބެ ދައްތަ ދުވަހަކުވެސް ނަމާދު ކުރާތަނެއް އަހަރެންނަކަށް ނުފެނެއެވެ. އަހަރެން އެކަމާ ސުވާލުކުރި ނަމަވެސް ދޮންބެދައްތަ މާ ބޮޑަށް އެވާހަކައަކާ ނުވާނެއެވެ. ފަރުޟު ފަސް ނަމާދު ނުކުރެވޭއިރު ކީއްކުރަން ހިފާ ރޯދައެއްބާވެސް އަހަރެން ހިތަށް އަރައެވެ. ދިވެހި މުޖްތަމައުގެވެސް އާދައަކީ އެއީއެވެ. ރަމަޟާން މަސް އައުމުން އެންމެން ފޯރި ދައްކާފަ ރޯދަ ހިފި ނަމަވެސް އަޅުކަން ކުރުމުގަ ވަގުތު ހޭދަ ކުރަނީ މަދުބައެކެވެ. ހަމަ އެކަނި ނުކައި ހުރެގެން ރޯދަ ހިފުނީ ކަމަށް އެމީހުނަށް ގަބޫލް ކުރެވެނީ ކަންނޭންގެއެވެ.
” ދޮންބެދައްތައަށް އިނގޭތަ ނަމާދު ނުކޮށް ރޯދަ ހިފާކަށް ނުވާނެ.. ނަމާދަށް ފަހު ރޯދަ އަންނާނީ.. ރޯދައިގެ ފުރިހަމަ ސަވާބު ލިބޭނީ ރޯދައަށް ހުރެ ގިނަ ގިނައިން އަޅުކަން ކުރުމުން..” ހިތަށް އުނދަގޫވެގެން އަހަރެން އެންމެ ފަހުން ދޮންބެދައްތައަށް ވިސްނޭނެހެން ބުނެލީމެވެ.
” ޔާ ކޮކީ ދޮންބެދައްތައަށް މިހާރު އެކަން ގަބޫލު ކުރެވޭ.. ރޭ ޓީވީ ހުޅުވާލިއިރު އައި ދަރުސްއެއް އަޑު އިވިފަ ދޮންބެ ދައްތައަށްވެސް ގަބޫލު ކުރެވިއްޖެ މި އުޅެވެނީ ރަނގަޅަށް ނޫން ކަމަށް.. އިރާދަކުރެއްވިއްޔާ ދެން އެއްވެސް ނަމާދެއް ނާޅާނަން..” ދޮންބެދައްތަގެ ބަސްތަކުން އަހަރެން ހިތްހަމަ ޖެހުނެވެ.
” ހާދަ އޮލަ ވާހަކައެއްގަ..” ކުއްލިޔަކަށް ދެމީހުން ސިއްސައިގެން ދިޔައީ ދޮންބެގެ އަޑަށެވެ. ދޮންބެ ފެނުމުންވެސް އަހަރެންނަށް އުނދަގޫވިއެވެ. އެކަމް ދޮންބެއާ ވާހަކަދައްކަން ބޭނުންވާތީ އަހަރެން ދޮންބެ ގޮވައިގެން ކޮޓަރިއަށް ދިޔައީމެވެ.
” ދޮންބެ އަހަރެންނަށް އިނގިއްޖެ ހުރިހާ އެއްޗެއް މިހާރު.. އަހަރެން ހިޔެއް ނުކުރަން ދޮންބެ އެހެން ކަންކޮއްފާނެ ކަމަކަށް.. ” އަހަރެންގެ އެ ޖުމްލައާއެކު ކުއްވެރިއެއް ފަދައިން ދޮންބެ އިސްޖަހާލިއެވެ.
” ކޮކީ ދޮންބެއަށް އިނގޭ ދޮންބެއަށް ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން.. ދޮންބެ ފުރަތަމަ ސަމާ ކައިރީ ބުނީ އެބޯޓްކޮއްލަން.. ސަމާ ވަގުތުން އެއްބަސްވި.. އެކަމް ފަހުން ދޮންބެއަށް ވިސްނުނީ.. ދެން ސަމާއަށް ގުޅާފަ ބުނިން ހިނގާށޭ އެކުގަ އުޅެން ދަރިފުޅަށްޓަކާ ސަނާއާ ކައިވެނި ކުރުންވެސް ކެންސަލް ކޮއްފާނަމޭ.. އެކަމް ސަމާ އެއްބަހެއް ނުވި.. ދެން ދޮންބެވެސް ފަރުވާކުޑަކަމުން އަޅާ ނުލެވުނީ.. ސަމާ ކޮންމެވެސް ރައްޓެއްސެއްލައްވާ ބޭސް ގަނެގެން ކެއީ.. ސަމާ މަރުވި ވާހަކަ އަޑުއިވިފަ ދޮންބެވެސް ވަރަށް ދެރަވި.. ކަންތައް ކުރެވުނު ގޮތުން އަމިއްލަ މީހާ ކުއްވެރި ކުރެވުނު.. އެކަމް ފަހުން ތައުބާވެފަ ދޮންބެ އެފަދަ ކަންކަަމުން ދުރުހެލިވާން އަޒުމް ކަނޑައެޅިން.. އިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް އެފަދަ ފާފައަކަށް އަރައެއް ނުގަންނާނަން..” ދޮންބެ ވާހަކަތައް ނިމުނު އިރު ހުރީ ރޮޮވިފައެވެ.. އަހަރެން ދޮންބެއަށް ހިތްވަރުދިނީމެވެ.
ދުނިޔެއަކީ ކުޑަ ވަގުތުކޮޅެއްގެ ތަނެކެވެ. މަރުއައިސް ބައްދަލްކުރާނީ ކޮންވަގުތަކު ކަމެއް އެކަކަށްވެސް ނޭންގޭނެއެވެ. ދުނިޔޭގެ ރަން ދަޅަތަކަށް ނުހެއްލި މަރުވެދާނެކަމަށް ވިސްނާ ހެޔޮ އަމަލުތަށް ގިނަކުރަން މަސެއްކަތް ކުރުމީ ދެދުނިޔޭގެ ބާއްޖަވެރިކަމަށް ހުޅުވިގެން ދާނެ ދޮރެކެވެ.
ނިމުނީ
15 Comments!
Comments are closed.





Wow. Varah reethi iburathun furigen vaa vaahaka eh. Alhe mi story ves nimuny dhw. Kon irakub mimmi ge ehen story eh fennaany?
Me first dhw 😀
Varah iburaytheri story eh vvvvv salhi
V ibraiytheri story eh! Assu es! V molhu mimmi!! Ma sha allah! N alhugaa adhi mimmi ge frst story mi kii es! ?Waiting 4 ur nxt story. . . . . . .
Wow..mi stwry v rythi..Thankolheh kury..ekam ves v ibraihtheri..rythi vaahaka eh ..Kyp it up mimmi..ly❤❤
Wow…. mimmi!!what a piece… haadha rythchey masha Allah. Keep up ur gud work..???????
Mashaa Allah v reeethi mivaahaka .. v ibureh theriii .. mi vaaakaa …keep it up ..
Varah reethi❤
Maasha allah varah reethi ehaame iburaiytheri…? adhives ithuru vaahaka liyahchey mimmi.. ly..?❣
Nice story with a good message dear.
Varah iburaiitheri.. 🙂
Varah rangalhu vaahaka eh mee, thanks mimmi ?❤??
Maasha allah. V rythi n iburaiytheri story eh.
Masha Allah varah furihama. Varah iburaiytheri.
Keep it up. Mikahala iburaitheri vaahakathakun meehegge mulhi dhiriulhunves badhalu kurevidhaane.