Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައި ވިޔަސް… 2-27

writer Level 310 Stories100 Comments
June 18, 2017 4 Mins Read
29 Comments

 

ނަކީލް ފޯނެއް އައުމުން ބޭރަށް ނިކުތީ މާޔާގެ އަތުގައި ބޮސްދިނުމަށް ފަހުގައެވެ. އޮޕްރޭޝަން ކުރިތާ ހަތް ގަނޑިވީއިރުވެސް މާޔާ ހެޔެއް ނޭރުމުން ނަކީލްގެ ހިތް މާޔުސްވެފައިވީ ނަމަވެސް އުއްމީދުކަނޑައިނުލައެވެ. މާޔާ ހޭލާނޭއޭ އެހިތްބުނާތީއެވެ.  ފަނަރަ ވަރަކަށް މިނިޓް ފަހުން ނަކީލް އާދައިގެ ހިނގުމެއްގައި އައިސް ވަތް އިރު ފެނުނީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. ކުރަންވީ ކީއްކަމެއް ނުވިސްނިފައި ހުރެވުނީ ހާސްވެފައި ހުރިވަރުންނެވެ.

” މާޔާ…” އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނީ ބިރުގެންފައިވާ ހާލުގައެވެ. މީވީ ކިހިނެތްހެއްޔެވެ. މިއީ ކޮންފަދަ ބޮޑު ސަމާސާއެއް ބާއެވެ.

މާޔާގެ އެދުކައިރީ ހުށިމެޝިންތަކުން ހުއްޓުމެއް ނެތި ބީޕް ލައްވަމުން ދިޔައިރު އެދުގައި މާޔާގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. މާޔާގެ ގައިމަތީ އަޅާފައިވާ ފޮނިތަނޑު ބިންމައްޗަށް ވެއްޓިފައިވީއިރު ގަޔަށް ގުޅާފައިހުރި މެޝިނުގެ ވާތަށްވެސް ހުރީ އެދުމަތީގައެވެ. ނަކީލް ހާސްވިވަރުން ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. މާޔާ އަނެއްކާ ހޭ އެރީބާވައެވެ. އަނެއްކާ ފާހަނައަށް ދިޔާއީ ބާވައެވެ. މާޔާ ހޭއެރުމުން އެއްވެސް މީހަކު ނަކީލްއަށް ހަބަރުނުވީ ކީއްވެބާވައެވެ. މާޔާ ކޮބައިބާވައެވެ. އެކޮޓަރިއާއި އިންވެގެން ހުރި ފާހަނަވެސް ބަލާލީ މާޔާ އެތާ ހުރެދާނެކަމަށެވެ.އެހެންނަމަވެސް މާޔާގެ ނިޝާނެއްވެސް ފެންނަން ނެތުމުން ނަކީލް ހިތުގައި ބިރުވެރިކަން ވަށައިލިއެވެ. އަނެއްކާ މާޔާއަށް ކަމެއް ވީ ބާވައެވެ. ނަކީލް ހާސްވެފައި ވާ ހާލު މާޔާއަށް ގޮވަމުން ބޭރަށް ނިކޔތްނަމާ ޖެހުނީ ހޮސްޕިޓަލްގައި މަސައްކަތްކުރާ ނަރުހެއްގެ ކުރިމައްޗަަށެވެ.

” ވެއަރ އިޒް މައި ވައިފް… ތިމީހުން ތިބެނީ ބަލިމީހުން ބަލާކަށް ނޫންތަ…. ކޮބާހޭ މަގޭ އަންހެނުން…” ނަކީލް އައިސްފައިވާ ރުޅިން އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުގެ ގޮތުން އެމީހާވެސް ބިރުގަތެވެ.ެ އަވަސް އަވަހަަށް އެކޮޓަރި ތެރެއަށް ވަނީ ވެގެން އުޅޭ ގޮތެއް ބެލުމަށެވެ. އެއާއި އެކު އެކުއްޖާއަށް ވެސް ވީ ނަކީލްއަށް ވީ ވަރެވެ. ބަލިމީހަކު ޓެސްޓެއް ހަދަން އަދޮ ގެންގޮސްފައިނުވާއިރު އެ ކޮޓަރިން ބަލިމީހަކު ގެއްލޭނީކިހިނެތްހެއްޔޭވެ. އަވަސް އަވަހަށް ޑރ ކިމް އަށް ގުޅައި އެ ހަބަރު ދިން އިރު ނަކީލް ހުރީ ކެތްތެރިކަން ކޮޅުންލާފައެވެ.

” ވެއާ އިޒް ޝީ… ” ނަކީލް ދަތްތަކަށް ބާރުލާފައި ޑރ ކިމް ކުރެން އެހުނީ އައިސްފައިވާ ރުޅިންނެވެ. ނަކީލް ފަދައިން ޑރ ކިމްވެސް ހައިރާންވެފައިވަނީ މިވާގޮތެއް ނުވިސްނުމުންނެވެ.

“ނަކީލް…. ކާމް ޑައުން…. އަހަރުމެންނަކަށް ވެސް ނޭނގެ މިވެގެން އުޅޭ ގޮތެއް…  ” ޑރ ކިމް ބެލީ ނަކީލް ހަމަޖެއްސޭތޯއެވެ. އެހެންނަމަވެސް އެ ޖުމްލަ ވެގެން ދިޔައީ ނަކީލްގެ ރުޅިގަޑު ހަމައިން ނެއްޓިކަމަށެވެ.

” ކާމް ޑައުންއޭ… ހައު ކެން އައި ކާމް ޑައުން… އައި ވިލް ސޫ ޔޫ އޯލް… މައި އަށް ކުޑަނަމަވެސް އަނިޔާއެއްވިއްޔާ އައި ވިލް ރޫއިން ދިސް ޕްލޭސް…” ނަކީލް ޑރ ކިމް ގެ ހުދުކޯޓުގައި ހިފާފައި ބުނެލި އިރު މީހާ ރުޅިން ތުރުތުރުއަޅާހާ ވެއެވެ.

” އިޓް ކުޑް ބީ ޕޮސިބަލް ހޭއެރުމުން ބަލިމީހާ ނިކުމެގެން ދިޔައީ ކަމައްވެސް…. އެނީ ތިންގް އިޒް ޕޮސިބަލް… ލެޓްސް ހޯޕް ފޯ ދަ ބެސްޓް… އަހަރުމެން ވެވުނު ވަރަކުން މިކަމަށް އެއްބާރުލުން ދޭނަން…” ޑރ ކިމް ވިސްނުންތެރިކަމާއި އެކު ނަކީލްގެ އަތް ނައްޓުވާލިއެވެ. މާގިނައިރެއްނުވެ ފުލުުހުންނަށް ވެސް މައްސަލަ ރިޕޯޓްކުރެވި މާޔާ ހޯދުމުގެ މަސައްކަތް ފެށުނީ މުޅި ހޮސްޕިޓަލް ބެލުމުންވެސް މާާޔާ ނުފެނުމުންނެވެ.

ނަކީލް ހާސްވެފައިވާ ހާލު ކޮޅުކޮޅަށް ދުވަމުން ގެންދިޔައީ މާޔާ ފެނިދާނެކަމުގެ އުއްމީދުގައެެވެ. އެބޮޑު ހޮސްޕިޓަލް ތެރެއިން މާޔާ ނުފެނުމުން ކާރުބާރު ބޮޑު މަގުމައްޗަށް ނިކުމެ މޮޔައެއް ހެން ގޮވަމުން ދިޔާއީ މާޔާއަށެވެ. މާޔާ އަށް އެ އަނޑު އިއްވަން ކަންނޭނގެއެވެ.   މީހާ ވަރުބަލިވެގެން ގޮސް ގައިން ހަކަތަ ހުސްވާހެން ހީވުން ބިންމައްޗަށް ތިރިވީ ހިތްވަރު އެލިފައިވާ މީހެއްހެންނެވެ. މާޔާއެވެ.. ތިދިޔައީ ކޮންތާކަށް ހެއްޔެވެ. ތިހެން ނުތަޅުވާށެވެ. މިއީ މީހެއްގެ ކަމެއް ނަމަ އެމީހަކަށް ވެސް މާފެއް ނުކުރާނަމެވެ. މާޔާ ކޮންމެ ތަނެއްގައި ވިޔަސް މާޔާ ހޯދާނަމެވެ. ކިތަންމެ ދުރުގައިވިޔަސް މާޔާއަކީ ހަމައެކަނީ ނަކީލްގެ މިލްކެކެވެ. ދުރުގައިވިޔަސް ހޯދާނަމެވެ.

ނަކީލްގެ ޖީބްގައި އޮތް ފޯނު ވަައިބްރޭޓް ވާ ހެން ހީވާތާ އިރުކޮޅެއްފަހުން ނަކީލް އެފޯނަށް ޖަވާބުދާރިވީ އަރާފައި އިންނަންބަރު ފެނުމުންނެވެ.

” ވިއާ ސޮރީ.. ވަރަށް މަސައްކަތް ކުރެއްވިއްޖެ މާޔާ ވީ ތަނެއް އެނގޭތޯ…މިވަގުތަށް ގެއަށް ގޮސް އަރާމުކޮށްލުމަށް ބުނެވޭނީ… ވީ ވިލް ކީޕް ޓްރައިން… ހިތްވަރު ކުރާތި..” ޕޮލިިހުން ގުޅާފައި ދިން ހަބަރަކުން ނަކީލްގެ އަތުން ފޯނުވެސް ދޫވިއެވެ.

………………………………………………………………………………

މޫސުން ބަދަލުވެ އުޑުމަތި ބަނަކޮށްފައިވަނީ ކަޅުވިލާތަކުންނެވެ.  އެ ކަޅުވިލާތަކުގެ ސަބަބުން ހަނދުގެ އަލިކަން ފޮރުވިފައިިވިއެވެ.ނަކީލް  ގޭގޭ ކުރިމަތީ އޮންނަ ބަގީޗާގައި ފައުންޓެއިން ކައިރީ އިށީންދެގެން އިނީ އަތުގައި އޮތް މާޔާގެ ފޮޓޯއަށް ބަލަަހައްޓައިގެންނެވެ. އެހިތުގައި ވާ ހުރިހާ ޝަކުވާއެއް ކަރުުނައިގެ ސިފައިގައި ބޭރުކުރަމުން ގެންދިޔަ އިރު ފަޒާގައި ވަނީ ނަކީލްގެ ގިސްލުމުގެ އަޑެވެ. ވެހެމުން ދިޔަ ވާރޭ ތެރޭ ނަކީލް އިނީ މަރުވެފައިވާ މީހެއް ހެންނެވެ.  މާޔާ އާއި ނުލައި ދިރިއުޅޭނީ ކިހިނެތް ހެއްޔެވެ.ނަކީލް އެންމެ ހާސްވާ ކަމަކީ މާޔާ ގަދަވެ ސަލާމަތުން ހުރި ކަމެއްވެސް ނޭނގޭތީއެވެ.  އެ ވަގުތުކޮޅަށްވެސް ބޭރަށް ނުދެވުނު ނަމަ މިހެން ނުވީސް ކަންނޭނގެއެެވެ. ވީ ނުވީ އެއް ނޭނގި މާޔާ ނުގެއްލުނީސް ކަން ނޭނގެއެވެ. މާޔާއެވެ. އަންނާށެވެ. ކޮންމެ ތަނެއްގައި ވީނަމަވެސް އަންނާށެވެ. މިހިތް މާޔާ އާއި ނުލައި އެތަށް ފަހަރަކު މަރުވަމުން ދާއިރު ދެން އިތުރަށް ކުރާނެ ހިތްވަރެއް ހަށިގަނޑަކު ނެތެވެ. މާޔާ ނެތީސް އުޅޭނެ ހިތްވަރެއް ނެތެވެ. ހީވެސް ނުކޮށް ހުއްޓާ މިވީ ކިހިނެތް ހެއްޔެވެ.

” އައި އޭމް އެލޯން މައި… އޯލް އެލޯން…އަހަރެން މުޅިން ބާކީ ވެއްޖެ… މި ޑްރީމް ޕެލަސްގެ ކިންގް އެކަނިވެއްޖެ… ޕްރިންސް ވެސް ކުއީންވެސް ތި ދިޔައީ އަހަރެން ބާކީ ކޮއްލާފަ… މާޔާ ޕްލީޒް އާދޭ..” ނަކީލް ގިސްލައި ރޮމުން ދިޔައިރު އެ ކަރުނަތަށް ފޮރުވަމުން ދިޔައީ ވާރެއިންނެވެ. ނަކީލް އިންގޮތް މީހަކަށް ފެނިއްޖެނަމަ އެހިތަކަށް ރަހުމް ނުވަދެ ނުދާނެކަން ގައިމެވެ. މީހާ ހީވަނީ ހިތާމަވެރިކަމުގެ ތަސްވީރެއް ހެންނެވެ.

……………………………………………………………………………..

މާޔާ ގެއްލުނު ހަބަރު ނިހާލްއަށް ލިބުމުން ނިހާލްއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. މިކަމުގައި މީހެއްގެ އަތެއް ވާނަމަ އެމީހަކު ހޯދުމަށް ބާރުގެ ބޭނުން ކޮށްގެން މަސައްކަތް ފެށީ އަމިއްލަ ދަރިފުޅުގެ ނެގިމަޑުވެފައިވާ މިޒާޖުފެނުމުންނެވެ. މިއާއި ހިލާފަށް މެލިސާއަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެންެނެވެ. އެމޫނު މަތިން ހިނިތުންވުން އެންމެ ފަހަރަކު ވެސް ނުފިލާއިރު ތިމާ އަތުން މިނަގައިލީ ދަރިއެއްގެ މުސްތަޤްބަލްކަންވެސް ނުވިސްނުނެވެ.

މިވީ ދެމަސްތެރޭ ނަކީލްގެ މިޒާޖަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ފުލުހުންގެ މިންނެތް މަސައްކަތުންވެސް މާޔާ ވީ ތަނެއް ނުހޯދުނެވެ. އެންމެ ފަހުން އެމީހުން އެކޭސް ކްލޯޒް ކޮށްލީ މާޔާ މަރުވީ ކަމަށް ނިންމަމުންނެވެ. ނޫނީ މީހަކު މަރާލީކަމަށް ނިންމަމުންނެވެ. އެހެނީ ކިޑްްނޭޕް ކުރިނަމަ ލާރި ހޯދަން ވެސް ފޯން ކޯލެއް އަންނާނެނޫން ހެއްޔެވެ. މިވީ ދެމަސްތެރޭ ނަކީލްގެ މިޒާޖަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. މީހަކާއި ވާހަކަ ދައްކަނީ ވެސް ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް އޮތިއްޔާއެވެ. ކުރިން އެމޫނުމަތިން ފެންނަން ހުރި ހިނިތުންވުން އެކީ ރުޅިވެފައިވާ ފަދައެވެ. ނިހާލްއަށް ނަކީލްގެ ހާލަތަށް ކެތްކުރަން ދަތިވުމުން އެގެއަށް އެތަށް ފަހަރަކު ބަދަލުވާން ނަސޭހަތް ދިނެވެ .އެހެން ނަމަވެސް ނަކީލް ގެ ޖަވާބަކަށް ވަނީ އަބަދުވެސް އެއްޗެކެވެ.” މައި އަންނާނެ އަދި… އައި ނީޑް ޓު ބީ ހެޔަރ… އަންނަ އިރު ނެތިއްޔާ މައި ކިހާ ބިރު ގަންނާނެ… ” ތެދެކެވެ. ނަކީލް އިންތިޒާރުކުރަމުން ގެންދަނީ މާޔާ އަންނާނެ ދުވަހަކަށެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް މާޔާ ދުނިޔޭގައި ނެތް ކަން ނަކީލް ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ. މުޅިއުމުރުވެސް މިގޮތުގައި ހުސްކޮށްލަން ޖެހުނަސް ވަރިހަމަ ފަދައެވެ.

ނޯޓް : މިއީ ހަތާވީސް ވަނަ ބައިގެ ކޮންޓިނުއޭޝަން..  … މިބައި ހިމާނާނެ ވަގުތު ނެތުމުން ނުލިޔެވުނީ.. ނިހާޔަތަށް މާފަށް އެދެން … އުންމީދުކުރަން ކަމުދާނެ ކަމަށް

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ނޭނގުމެއްގެތެރޭގައި..(4)

Next

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ސާދަވަނަބައި)

Next
June 18, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ސާދަވަނަބައި)

Previews
June 18, 2017

ނޭނގުމެއްގެތެރޭގައި..(4)

29 Comments!

  1. writer says:
    June 18, 2017 at 11:47 pm

    This is part 2 of episode 27… confuse nuwahchey… correct me if i am wrong… happy reading

  2. Someone says:
    June 18, 2017 at 11:50 pm

    Fake

    1. writer says:
      June 19, 2017 at 12:01 am

      Someone fake v sababu bunedhy…thank you

  3. maroon says:
    June 18, 2017 at 11:51 pm

    What.. dhurugai viyas hope u r doing fine mayaa ?
    Love the story and plz make the ending happy ??
    Waiting for next ep

    1. writer says:
      June 19, 2017 at 12:03 am

      Thank you maroon… maroon ge vaahaka gavaaidhun kiyan… i just love it

  4. nonns says:
    June 18, 2017 at 11:51 pm

    Alhey. Varah hama jehilaafa adhi kiyan feshy. feshi kameh neynge story nimijje. Hehehe. Kon irakun 28 vana part up kolladheyny

    1. writer says:
      June 19, 2017 at 12:04 am

      Part 1 and two eh kohlyma dhigu part eh kiyunu kamah heekohla….28 upkohdheynan after exam… on thursday in sha allah… sorry ingey

  5. Kuddy says:
    June 18, 2017 at 11:53 pm

    Ouww… alhe ehn nahadhaba kyl ah ?…. varah reethi ekam..

    1. writer says:
      June 19, 2017 at 12:09 am

      Keekurany dhw kyl ah huri goi mee… thank you…

  6. Eeny says:
    June 19, 2017 at 12:02 am

    Varah reethi, good luck ?

    1. writer says:
      June 19, 2017 at 12:11 am

      Thanks Eeny

  7. sam♥ says:
    June 19, 2017 at 12:47 am

    wow … stry haaadha reechey. ekm keel evarh nurohvaa haadha dhera vey … mayaa maruveetha hama??
    waiting next part

    1. writer says:
      June 19, 2017 at 3:13 pm

      Thi suwaalu ge javaabu varah avahah egigendhaane…lets keep reading dhw

  8. naju says:
    June 19, 2017 at 1:38 am

    Love this part … Ekam maya maraanulahchey

    1. writer says:
      June 19, 2017 at 7:36 pm

      Thank you. Lets see dhw

  9. Khadheeja says:
    June 19, 2017 at 3:21 am

    Alhe mayaa fennaane insha allah V dhera alhe dhen mayaa maruvaanee ehnun

  10. Any says:
    June 19, 2017 at 5:25 am

    Vaahaka v reethi

  11. Sinaa says:
    June 19, 2017 at 7:58 am

    Salhi hama keep it up

  12. Mary says:
    June 19, 2017 at 10:15 am

    ICU ga onna Bali meeheh gendhaa iru neyguny ma v Hama nujehey,, aee abadhu vx ethaa nurse MN thibey,, Bali meeheh ovehjeh yaa

    1. writer says:
      June 19, 2017 at 3:05 pm

      Nooney… baeh bodehthi gaunuthakuge hospital ga hunaany vip rooms in icu ves… ekahala thanthaaka beyruge inna section eh ga inany… kameh goas vanya egeyne beeper ehge zariyaa in… thi visnany raajeyga inna gothah kamah vedhaane… write visny anehhrn

  13. Anonymous says:
    June 19, 2017 at 11:06 am

    unexpected koh kantah mi vany.. waiting for another part.. vvvvv nice mi bai vx..

  14. Adha? says:
    June 19, 2017 at 11:18 am

    Varah reethi mi part ves.. ?alhe maaya ehaa serious koh ohva ethanun gendhiyaama libenvaa faruvaa nulibenyaa annehkaa maru nuvaanetha???? writer dhen kyl thihaavarah nurohvaa.. varah dheravey…? good luck to ur exam writer❣?
    Waiting…….?

    1. writer says:
      June 19, 2017 at 3:08 pm

      Hus javaabu beynun vaa suwaalu thah dhw… higaa dhw kuriyah vaagotheh balamaa. Thank you

  15. zee says:
    June 19, 2017 at 3:10 pm

    alhey varah kiyaa hithun huhtar nimuny ?? waiting for the next part plz avahah up koh dhehchey ???

  16. smile says:
    June 20, 2017 at 2:17 pm

    haadha lahey vaahaka up date vaaleh 🙁

  17. writer says:
    June 21, 2017 at 4:17 pm

    Hello readers… i have a bad news for u… writer mi visnany after i am done with ny finals vaahaka upload kuran fashan… midhuwas varu varah busy and this becomes a pressure too… so will see u all after july 20… sorry… hope u ll understand

  18. Adha? says:
    June 21, 2017 at 5:59 pm

    Oohh? haadha sad habarekey dw.. but it’s ok.. alhugandu wait kuraanan.. see u soon?

  19. Aki says:
    June 22, 2017 at 7:55 pm

    Alhey??? ekamu mirey part e up kolha dheebaa pls

  20. ???? says:
    June 25, 2017 at 7:34 pm

    Mi vaahaka avahah nerebala

Comments are closed.

Next Episodeދުރުގައިވިޔަސް….. (ނޯޓް)←


All Right Reserved!