Skip to content
އެސްފިޔަ

ޒީކް…2

ދެވަނަ ސިކުންތުގައި ސާއިރާ އުނދުން ކައިރިއަށްގޮސް ދަގަނޑު ދޭފަތް ދޮންކުރުމަށް ފަހު ޒީކް ގެ އަތުގައި ޖެއްސިއެވެ. ޒީކްގެ އަނގައިން ވޭނީ އާހެއް ނިކުތެވެ.
******
އެވަރުންވެސް ސާއިރާގެ ހިތެއް ނުފުރުނެވެ. ކޮޓަރިއަށް ދަމުންވެސް ދިޔައީ ޒީކްގެ ބަނޑުގައި ކޮޅު ފައިން ޖަހާފައެވެ. ދުވަހަކުވެސް ޝަކުވާ ނުކުރާ ޒީކްގެ ހިތް ޝަކުވާއިން ފުރުނެވެ. އެ ލޯބި ލޯބި މޫނުމަތިން ފެންނަމުން ދިޔައީ ސުވާލު މާކު ތަކެވެ. އޭނާ ނެތް ހިތްވަރުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަތްއިރު އެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. އޭނާއަށް ހަށިގަނޑުން ބޭރަށް ލިބުނު އަނިޔާ އަށް ވުރެ އެތެރެއަށް ލިބުނު އަނިޔާ މާ ވޭން އަޅައެވެ.އޭނާގެ މަންމަ އޭނާއަށް ނަފްރަތު ކުރަނީ ކީއްވެގެންތޯ ހިތާ ހިތުން އަހާލިއެވެ.
ޒީކްގެ މުޅި ހަޔާތް ބަދަލު އޭނާގެ ބައްޕަ ޒުހެއިރު މި ދުނިޔެއާއި ޢަލްވަދާޢު ކީ ދުވަހުއެވެ. އާދެ. އެއީ ސާއިރާވެސް ޒީކް އަށް ކުރި ނަފްރަތުގެ ކުރި ފެޅި ދުވަހެވެ. ޒީކް އޭނާގެ މާޒީގެ ތެރެއަށް ގެނބިގެން ދިޔައެވެ.
*****މާޒީ****
އެއީ މީގެ 8 އަހަރު ކުރިއެވެ. ސާއިރާ އަކީ މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ މީހެކެވެ. ފިރިމީހާދެކެ ނުހަނު ލޯބިވާ ވަފާތެރި އަންބެކެވެ. ޒީކް ދެކެ ހިތުގެ އަޑިން ލޯބިވާ މަންމައެކެވެ. އެ އާއިލާ ގެ އުފާވެރި ކަމަށް ހިރުފަސް އެޅުނީ ޒީކްގެ ބައްޕަ، ޒުހައިރު ގެއަށް އައުން ލަސްވުމާ، ޒީކް އަށާ ސާއިރާއަށް ވަގުތު ނުވުމުންނެވެ. ސާއިރާ ސުވާލު ކުރުމުން އެދެވޭ ޖަވާބެއް ނުލިބެއެވެ. އަބަދުވެސް ބުނަނީ އޮފީހުގައި ބައިވަރު މަސައްކަތް ނިންމަންޖެހޭ ކަމަށެވެ. ބައެއް ރޭރޭ އޭނާ އަންނައިރު ހުންނަނީ ހަމައަކުވެސް ނޫނެވެ. އަނެއްބައި ރޭރޭ ގެއަށް ނުވެސް އާދެވެއެވެ. މީގެން ކޮންމެ ރެއަކުވެސް ސާއިރާ ނިދި ގުރުބާން ކޮއްގެން ޒުހައިރު އަންނަން ދެން ހުރެއެވެ.
ޒީކް އަށް ކޮންމެ ރެއަކުވެސް ހަޅޭކުގެ އަޑުތަށް އިވުން އާންމުކަމަކަށް ވާން ފެށިއެވެ. ޒުހައިރު އާއި ސާއިރާ ޒުވާބު ކުރާ އަޑެވެ. ޒުހައިރު ސާއިރާ އަށް އަނިޔާކޮށް އެއްޗިހި ހަލާކް ކުރާ މަންޒަރެވެ. ކުއްލިއަކަށް ޒުހައިރު ޒީކް އަށްވެސް އަނިޔާ ކުރަން ފެށިއެވެ. އޭރު ޒީކްގެ އުމުރުން ވާނީ އެންމެ 6 އަހަރެވެ. އެއީ ގޮތް ނޭނގޭ ކުޑަ ކުއްޖެކެވެ. ނަމަވެސް ޒުހައިރުގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. އެ ކުއްޖާ އަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް އަސަރު ތަކެއް ކުރިއެވެ. ޕޮލިހުންނަށް ޒުހައިރު މަސްތުވާތަކެތީގެ ވިޔަފާރިއެއް ހިންގާކަން އެނގި ޖަލަށް ލެވުނެވެ. އެދުވަހު ޒީކްވެސް އޭނާގެ ބައްޕަ މަންމަގެ ގައިގާ ތަޅާ ކަމާ އެއްޗިހި ހަލާކް ކުރާވާހަކަ ބުންޏެވެ. އޭގެ ގާތްގަނޑަކަށް 5 އަހަރު ފަހުން ޒުހައިރު ޖަލުން މިނިވަން ވިއެވެ. ސާއިރާ ކުރިން ވެސް ވި ދެ ގޮތެއް ނުވި ލޯބި ދެމި އޮތެވެ. ޒުހައިރުވެސް ޒީކް އަށް ކުރެވުނު އަނިޔާއަށް މާފަށް އެދުނެވެ. ޒީކް ވެސް ހެޔޮހިތުން މާފް ދިނެވެ. އެއްރެއަކު ކެއުމަަށްފަހު ސާއިރާ އާއި ޒުހައިރު ވަރަށް އޮލަ ވާހަކައެއްގައި ތިއްބެވެ. ކުއްލިއަކަށް ޒުހައިރު ސާއިރާ މޫނުމަތީގައި ޖެހިއެވެ. އެއާއެކު ގެއިން ނުކުމެގެން ދިޔައެވެ. ޒުހައިރު ނިކުމެގެން ދިޔަތަން ބަލަން ސާއިރާ ރޮވިފައިހުރި މޫނަކައިގެން ހުއްޓެވެ. އޭގެ ގަޑިއިރެއް ހާ ފަހުން ލިބުނު ފޯނު ކޯލުން ސާއިރާ ދެލޯ ބޮޑުވިއެވެ. މުޅި ހަށިގަނޑު ފިނިވީ ޒުހައިރު މި ފަނާވަނިވި ދުނިޔެއާއި ޢަލްވަދާޢު ކީމައެވެ. އާނއެކެވެ. ދެންމެ އެ ލިބުނު ފޯނު ކޯލަކީ ޒުހައިރު ގެ އެންމެ ގާތް ރަހްމަތްތެރިޔާ ހާޝިމްގެ ކޯލެކެވެ. ޒުހައިރު ކާރު އެކްސިޑެންޓެއްވެ ނިޔާވީއެވެ. ސާއިރާ ޒީކް ގޮވައިގެން ހޮސްޕިޓަލްއަށް ދިޔައެވެ. އޭރު ޒުހައިރުގެ މަރު ސާބިތުކުރަނީއެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. ސާއިރާ ގެ ލޮލުން ކަރުނަ ނުވެސް ހިކެއެވެ. އޭނާ ދުވަސްކޮޅަކަށްފަހު ހަމަޖެހުނަސް އެ ދުވަސް އޭނާ ދުވަހަކުވެސް ހަނދާނެއްނުނެތޭނެއެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި ޒުހައިރު މަރުވީ ޒީކް ގެ ވާހަކައެއް ދެއްކުމުން ކަމަށެވެ. އެހެންވެ އޭނާ ދުވަހަކުވެސް ޒީކް އަށް މައާފެއް ނުކުރާނެއެވެ.
***************
ޒީކް އެ ހިޔާލުތަކުން ދުރުވެ ފެންވަރާ ތާޒާވެލަން ފާހާނައަށް ދިޔައެވެ. ނަމަވެސް ހިނދު ކޮޅަކަށްވެސް ބަނޑުގެ ރިހުން މަޑުވާ ކަމަކަށް ނުވިއެވެ. ރީތި ވެލުމަށްފަހު ގޭތެރެ ސާފުކޮއް ސައި ހަދާލަން ދިޔައިރު މަންމަ އުޅެނީ ހާޝިމް އާ ވާހަކަ ދައްކައެވެ. ޒީކް އަޅާނުލާ ގޮސް އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އޭނާއަށް އެއީ އާކަންތައްތަކެއް ނޫނެކެވެ. ޒުހައިރު މަރުވުމަށްފަހު ސާއިރާގެ ހިތާމަތަކާ ދުރު ވީ ހާޝިމް ގެ ސަބަބުންނެވެ. ޒުހައިރު މަތިން ހަނދާން ނުވަނީ ހާޝިމްގެ އެ ގައިގޯޅި ކަމުންނެވެ. އޭނާގެ ހިތް އެ މީހަކަށް އެއްކޮށް ދެވުނީ ހާޝިމް އެ ހޫނު ބީހުންތަކުންނެވެ. ޒީޝާއަކީ ހާޝިމް އާއި ސާއިރާގެ ފުރަތަމަ ދަރުފުޅެވެ. އެ ދުވަހު ހަވީރުގެ ސައި ތައްޔާރު ކޮއް ނިންމާފައި އޭނާ ހިތްހަމަ ޖައްސާލުމަށް ބޭރަށް ނުކުތެވެ.
“‘އެއޮތް އަންނަނީ ޒީކް.. އޯ… އެހެރަ ފަރި ހިނގުމެށް.. މަގޭ ހިތް ހިބަ ކޮއްދީފިން.. އޭ ތަމްބެ. އޭނަ ރީއްޗެއް ނޫންތަ އަޅެ؟؟” ނައުފް ދުރު ބަލަމުން އައި ޒީކް އަށް އިޝާރާތް ކޮއްލަމުން ކައިރީ ހުރި ތަހްމީނަށް ދައްކާލިއެވެ. ” ޔާ! ޝީސް ހޮޓް. ސެޓު ކޮއްދެންތަ؟”ތަހްމީން ނައުފް ގެ ޖަވާބަކަށް އިންތިޒާރު ނުކޮށް ގޮސް ޒީކްއަށް ގޮވާލިއެވެ. ޒީކް ހިނިތުން ވުމަކާއެކު ޖަވާބުދިނެވެ. ތަހްމީން ޒީކް ކައިރީ އަހައިލި އެއްޗަކުން ރަތް ވެގެން ދިޔަ މޫނު ބަލަން ހުރި ނައުފް ހުރީ ހެވިފައެވެ. އިރު ކޮޅަކުން ތަހްމީން އައެވެ. “އޭތް ތަމްބެ!ކަލޭ ތިޔައީ ކޯއްޗެކޭ ކިޔާފަ؟” ތަހްމީން ދިން ޖަވާބުން ނައުފްގެ ދެލޯބޮޑުވިއެވެ.
ނުނިމޭ..

 

Comments (29)

  1. Reader

    V salhi. Me first dhw

    1. Star gurl
      Reader

      Yey.. reader ah first..??
      Thanks alt.☺ face change kohlee..☺☺

  2. sheen

    v nice me 2nd dw

    1. Star gurl
      sheen

      Yey.. sheen ah 2nd.?
      Thanks sheen..☺

  3. Rishy Rishie

    Waitn 4 3rd part….. V salhi…. 😉

    1. Star gurl
      Rishy Rishie

      Thanks Rishy Rishie.☺?

  4. kiaara

    Vr intresting mi story? ….waiting 4 next part…?

    1. Star gurl
      kiaara

      Thanks kia..? ?

    2. kiaara
      kiaara

      Wlc…?

  5. nonns

    Wow. Varah reethi story. Kon I next part??? Waiting………

    1. Star gurl
      nonns

      Thanks alt nonns..? next part thursday.. plz keep waitin..?

  6. sam♥

    wow so cute … really v lovely ♥♥♥mi stry igey .. waiting waiting waiting … next part ….. thankx stry up kohladhinyy maaa

    1. Star gurl
      sam♥

      Awwwn..samm…. thanks alt for reading this story..actually mihen milibey positive comments in ,i mean it gives me the strenthg kuriyah dhan.. thanks once again sam..

  7. Adha?

    Varah reethi…? waiting for next part ?❣

    1. Star gurl
      Adha?

      Thanks alt adha..☺☺

  8. Juvey

    V salhi vaahaka 3 vana bai kiyaahithun mihuree ?

    1. Star gurl
      Juvey

      Thanks alt juvey.? 3rd part tmrw ga up kohdheynan..

  9. Ainth

    V reethi story thanks up kohla dhineema waiting 4 next part.

    1. Star gurl
      Ainth

      Thanks alt Ainth..?☺ keep waiting

  10. sam

    V reeth

    1. Star gurl
      sam

      Thanks sam.. ?
      Ahaan, ehen sam eh dhw..? ?

  11. nizam

    Varah hadi.. hivany 2 ge kuhjaku liyefa oih echeh hen!?

    1. Star gurl
      nizam

      Alhe.. anyways, im very thankful coz u wasted ur time to read this ‘rubbish’. im sorry cuz’ i didn meet ur execptations and i disappointed you.
      Thank you alt for reading this and telling me the mistake. Insha Allah i’ll try to meet your excaptations and make my story better..☺

  12. aminath

    very nice

  13. Xabaa

    Ey plx 2 part

  14. Ainth

    Koniraku 3 part up vanee thi vaahaka reethi kamun v v kiyaalaa hithun.

  15. Shau

    Mi vaahakaige aneh bai kon irakun up kuranee?

  16. azmaa

    Kobaa 3 vanaa bai

  17. azmaa

    Kobaa 3 vanaa bai. Varah kiyaahihvey eba?

Comments are closed.