Skip to content
އެސްފިޔަ

ޒީކް… 1

“އޭތް! ކަލޭއަށް ހަމަ ކަމެއް ކުރަން ނޭނގެނީތަ؟ ހުވާ މިބުނީ ތީ މަށަށް ޖެހިފަ ހުރި ބޮޑު ކަމެއް! ދެންވެސް މިހުރި ތަށިތަށް ނަގާބަލަ!” 18 އަހަރުގެ ޒީކް އިސްޖެހިފައި ވާ މޫނަކާއެކު މިއަދު މެންދުރަށް ހެދި ބަތާ، ކުކުޅު ތަށް ބިންމަތިން ނެގިއެވެ. ޔަޤީނެވެ. ޒީކް ގެ މަންމަ ސާއިރާ އަށް އެ އެއްޗިހި ކަމުނުދިޔައީއެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ސާއިރާ އަކީ ޒީކްގެ އުފަން މަންމަ އެވެ. ނަމަވެސް ޖަނަވާރަކަށް ނުކުރާ ނަފްރަތް ސާއިރާ ޒީކްއަށް ކުރެއެވެ. ކޮންމެ ދުވަހަކު އެތަކެއް ހަޅޭތަކާ އަނިޔާތަކާ އެ ކުއްޖާ ކުރިމަތި ލައެވެ. ނަމަވެސް މިހުރިހާ ކަމަކަށްވެސް ޒީކް ކެތްކުރެއެވެ. އެހުރިހާ އަނިޔާ ކުރާއިރުގައި ޗުއްޕެކޭ ވެސް ބުނެނުލައެވެ. އޭނާ ސާއިރާއަށް އިޙްތިރާމް ކުރެއެވެ. ސާއިރާ އަކީ އެ ގޭގެ އެއްވެސް ކަމެއް ކުރާ މީހެއް ނޫނެކެވެ. އޭނާގެ ކަމަކީ އޭނާ ގެ އެންމެ ކުޑަ ދަރިފުޅުގެ ހުރިހާ މަސައްކަތެއް ކުރުމެވެ. އެ ކުއްޖާގެ ނަމަކީ ޒީޝާއެވެ. ލޯބި ލޯބި ތުއްތު އަންހެން ކުއްޖެކެވެ. އެއީ ޒީކްގެ ހުރިހަމަ އެކަނި ކޮއްކޮއެވެ. ނަމަވެސް ޒީކް އެކުއްޖާގެ ގައިގާ އިނގިލި ކުރި ޖައްސާލިޔަވެސް ސާއިރާ ނުދެއެވެ. އޭނާ ޒީކް ދެކެ އަންނަަނީ މާވަރުގަދަ ރުޅިއެކެވެ. ޒީކްގެ ހިތް ކިތަންމެ ފަހަރަކު ޒީޝާގެ ކޮލުގައި ބޮސްދީފައި ލޯބި ކޮއްލާހިތްވެއެވެ. ނަމަވެސް ސާއިރާގެ ނުފޫޒުގަދަ ކަމުން އޭނާ އެ ކުއްޖާ ހުންނަ ތާކަށްވެސް ނުދެވެއެވެ. އެގޭގެ ހުރިހާ ކެއުން ބުއިމުގެ ހަރަދުތަށް ވެސް ބަލަހައްޓަނީ ޒީކްއެވެ. އެކުއްޖާ ހޮސްޕިޓަލެއްގެ ރިސެޕްޓަނުގައި އިނދެ އެ ލިބޭ 3،000 ރުފިޔާއިންނެވެ. ކެއުމުގެ ހަރަދުތަށް ނިންމައިފައި ބާކީ ރުފިޔާތަށް ދޭން ޖެހެނީ ސާއިރާއަށެވެ. އޭނާ އަކަށް އެހެން ކުދިން ފަދައިން އާ އަންނައުނު ފައިވާނާ އެއްޗިހެއް ގަންނާކަށް ނުލިބެއެވެ. އޭނާ އަށް ލިބެނީ މީހުން ލައި ލައި ބާކޮށްފައި ހުންނަ އެއްޗިހިއެވެ. ނަމަވެސް އޭނާއަކީ ގުދުރަތީ ގޮތުން ރީތިކަމެއް ލިބިފައި ލިބިފައި ހުރި ކުއްޖެކެވެ. ފަން، މުށިކުލަ އަރާ އިސްތަށިގަނޑެކެވެ. ލަކުނެއްހާ އެއްޗެއްވެސް ނުހުންނަ ދޮން، އޮމާން މޫނެކެވެ. ރަތް ކުލައަށް ދާ މަޑު ތުންފަތެކެވެ. ލޫޅާފަތި، ބައްޓަން ރީތި ހަށިގަނޑު ފެނިފައި ޒުވާން ފިރިހެން ކުދިންގެ ހިތް ފިދާވާހާ ވެއެވެ. އޭގެ ތެރެއިން ނައުފް އަކީވެސް ކުއްޖެކެވެ. އޭނާއަކީ ވަރަށް ސްމާރޓް ، ޒުވާން އަންހެން ކުދިންގެ ހިތް ކަތިލާފަދަ އާދަތަށް ހުރި ފިރިހެނެކެވެ. އެއްދުވަހަކު ޒީކް ޑިއުޓީގައި ހުއްޓައި ނައުފް އަންނަތަން ފެނިއްޖެއެވެ. އޭނާ ދިޔައީ އޭނާގެ އެކުވެރި އަކާ އެކުގައެވެ. ޒީކްގެ ހިތްވެސް އެރީތި ސްމާރޓް ، ސާދާ ހިނގުމަށް ތައުރީފް ކުރެވުނެވެ. ދުވަހަކުވެސް ޙަޤީޤީ ލޯބި ވެވިފައި ނުވާ ޒީކްއަށް މިވަނީ އެހެން ކަހަލަ ގޮތް ތަކެކެވެ. ރީތި ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ދުވެލީ ހިތަށް އެރި އެއްޗަކުންނެވެ. ނަމަވެސް ކުއްލިއަކަށް އެ ހިނިތުންވުން ފަނޑު ވީ އޭނާގެ މަގާމު ވިސްނިފައެވެ. ނައުފް އަކީ އޭނާ މަސައްކަތްކުރާ ހޮސްޕިޓަލުގެ ވެރިޔާގެ ދަރިއެވެ. އޭނާއަކީ ފަޤީރު އާއިލާއަކަށް ނިސްބަތް ވާ ކުއްޖެކެވެ. ވީމާ އޭނާކަހަލަ ދަށް މަޤާމެއްގެ މީހަކާ ނައުފް ކަހަލަ މުއްސަނދި މީހަކު ގުޅޭނެ ހެއްޔެވެ؟. އެދުވަހު ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ދިޔައިރުގަވެސް ޒީކްއަށް ހުރެވުނީ އެ ޙިޔާލުގައެވެ. އޭނާ އެ ހިޔާލުން ބޭރު ވެވުނީ ސާއިރާގެ ހަޅޭކުގެ އަޑަށެވެ. އޭރު އޭނާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހީވާގޮތުން ނަމަ ޒީކް ނައިސްގެންނެވެ.ޒީކް ފެނުމާއެކު މިނިކާވަގެއްހެން އައިސް އޭނާ ކައިރީ ހުރި ބިތާ ދިމާލަށް ހޫރާ ލިއެވެ.”އޭތް!ކަލޭއަށް އިނގޭތަ ކަލޭ ތި ދިޔަ ތާކަށް ދިޔައިރު މަ ބޭރަށް ދާން ލާން ހުރި އެއްޗިހި ހުރީ ދާވެފަ ކަމެއް؟” ސާއިރާގެ އަޑުގައި ހުރި ނުރައްކާތެރިކަން ޒީކްއަށް އަންދާޒާ ކޮއްލެވުނެވެ. އޭނާ ތެދުވަންވެގެން ބޯ ހިއްލާލިއެވެ. ބޮލުގައި އަތް ކާއްތާ ލެވުނީ ލޭއައިސް ފައި ހުރިތޯ ބަލާލަންޝެވެ. ދެވަނަ ސިކުންތުގައި ސާއިރާ އުނދުން ކައިރި އަށްގޮސް ދަނގަޑު ދޭފަތް ދޮންކުރުމަށްފަހު ޒީކް ގެ އަތުގައި ޖެއްސިއެވެ. ޒީކްގެ އަނގައިން ވޭނީ އާހެއް ނިކުތެވެ.

Comments (40)

  1. m

    feshun v reethi.. ummedhu kuran rythi vaane kamah.. n eh para akah liyunyma v udhagoo kiyan… uhmeedhu kuran agalhu kuraane kamah…

    1. Star gurl
      m

      Thanq for the comment m.☺ i’ll try my best to improve.

  2. Someone

    Varah reethi story ge feshun! I like it! Hope nimendhen gennaane kamah! Waiting for the next part ?

    1. Star gurl
      Someone

      Thanq for the comment. Im glad you liked it..??

  3. kiaara

    alheyyy…. heevey story vr vr reethi vaane henn….gud luck neekko… 🙂

    1. Star gurl
      kiaara

      Thankq kia….☺☺
      Neekko???

  4. Mysha

    Next part ah inthizaaru kuran….
    Vaahakaige feshumun heevey v reethi vaanehen, will wait for the next part!!!

    1. Star gurl
      Mysha

      Thanq for the comment.☺☺ im glad you liked it♡♡

  5. Adha?

    Varah reethi feshun.. heevey varah reethivaanehen..?? when next part?
    Waiting ❣

    1. Star gurl
      Adha?

      Thanq for the comment…☺☺

  6. Star gurl

    Hey guys mi story up vaane days thah mikiyaaladheny..
    Sundays
    Tuesdays
    Thursdays..

  7. sam♥

    nice stry waiting next part

    1. Star gurl
      sam♥

      Thanq for the comment sam. Glad you liked it??

  8. Sparkles

    Nimendhen genesdhehchey igey ☺️☺️☺️

  9. Star gurl

    Thanq for the comment. ☺☺ yes dear ill

  10. Neekko

    woww vvv cute… neekko ah heevey reethi vaanehen… waitin… ????

    1. Star gurl
      Neekko

      Thanq for the comment.??

  11. nonns

    Wow. Reethi vaane hen heevey feshun kiyaalaafa ves. Good luck dear

    1. Star gurl
      nonns

      Thanq nonns

  12. Afoo

    Waiting for the next part!!feshun v reethi..

  13. Star gurl

    ???

  14. Ainth

    V reethi story nimendhen genesdhehche

    1. Star gurl
      Ainth

      Thanq for the comment…??
      Glad u liked it

  15. Azu

    Kon kon days thakeh ga up kuran ninmaafa othee ??

    1. Star gurl
      Azu

      Only sundays,tuesdays and thursdays

  16. Noor

    Feshun varah reethi..paragraph thah vaki kollyma adhi maa furihama vaane..gdluck dear.??

    1. Star gurl
      Noor

      Thanq noor..??

  17. Maany

    Wow feshun varah reethi ???

    1. Star gurl
      Maany

      Thanq dear maaany

  18. Hish?

    Koirakun next part inee Varah reethi feshumeh?

    1. Star gurl
      Hish?

      Thanq hish..
      Tmrw ga

  19. Liaa

    Reethi ☺
    Waiting for the next part..

    1. Star gurl
      Liaa

      Thanq liaa…??

  20. Reader

    Alhe aanmukoh up kuraa vaguthu bunefaanantha ?

    1. Star gurl
      Reader

      Alhugandakee ehaa free myheh noon mi vaahaka up vaane ireh bunaakah neyngeyne hama konme fadha kamehves dhimaa vedhaane story up kuran bunaa gadyga. Alhugandu beynumehnoon ehaa yageen nuvanyakaa bunaaakah, e gadyga up nukurevejjeya readers bunaane dhw ‘what kind of writer is this?’.. so ekm miadhu vaahaka up vaane haveeru like 4:30 kan haairu… and ya dhigu vaane

  21. Reader

    And next part dhigukollaathi

  22. Ainth

    Koniraku story up kuranee

  23. Xabaa

    V good..masha Allah haadha ragalhu writer ekey…

    1. Star gurl
      Xabaa

      Thanq xabaa

  24. Star gurl

    Sorry guys. Miulheny net slow kamun .abdhu ves araa innany pending story update kuran ulhunas

Comments are closed.