ޒަޙަމް (ޕްރޮލޮގް)
(ވާހަކަ ހާއްސަކޮށްލަން ބޭނުން ވަނީ މާހާއަށް! އެއީ މި ވާހަކަ ފުރަތަމަ ކީ ކުއްޖާ، އިތުރަށް ވާހަކަ އިންތިޒާރު ކުރާތީ!)
ޕްރޮލޮގް
18 އަހަރު ކުރިން
ސަރަހައްދު: މާލޭގެ ކޮންމެވެސް ހިސާބެއް
ރާއްޖޭގެ އާބާދީ: ގާތްގަނޑަކަށް ދޮޅު ލައްކަ
“ޒާހިރު!” މަރައް ތެޅެމުންދާ އަޑަކުން އާމިރާ އޭނާގެ ފިރިމީހާއަށް ގޮވަމުން ދިޔައެވެ. އެތަށް ފަހަރަކު ގޮވުމުން ޒާހިރަށް އަޑުއިވުނެވެ. މެދުގޭގައި އިން ޒާހިރު ދުވަމުން ގޮސް ކޮޓަރިއަށް ވަނެވެ. ތަދެއްގައި އޮތް އޭނާގެ އަންހެނުން ފެނުމާއި އެކު ތެޅިގެންފައި އެމްބިއުލެންސަށް ގުޅިއެވެ. އާމިރާ އޮތީ ހަމަ ކޮންމެ ވަގުތެއްގައިވެސް ވިހާ ހާލުގައެވެ. “އާމިރާ! އަހަރެން މިހުރީ އޭ!” އާމިރާގެ އަތުގައި ހިފަމުން ޒާހިރު ބުންޏެވެ.
ހަޤީގަތުގައި އާމިރާއަށް ވުރެ ޒާހިރު މިވަގުތު އިނީ ބިރުންނެވެ. ހާސްވެފައެވެ. “ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އަހަރެން މިހުރީނުން. ޒާހިރަށް ހަދަންވީ ގޮތެއް ނޭނގެއެވެ. އެހެން ކަމުން އިނގޭ ކަންތަށް ކުރަނީއެވެ. އާމިރާއަށް ހިތްވަރު ދެނީއެވެ.
އާމިރާ ގައިގައި އަޅަމުން ދިޔަ ވޭނަށް އަޑު ދެމުން ދިޔައެވެ. ދާހިއްލަންވެސް ފަށައިފިއެވެ. ޒާހިރު އާމިރާގެ އަތުން ދޫ ނުކޮށްލާ ކުޑަކޮށް އަރިއަކަށް ޖެހިލަމުން އެނދުކައިރީއިން ނައިޓް ސްޓޭންޑާއި ކައިރިވެލިއެވެ. ވަތްގަނޑު ހާވާލަމުމަށް ފަހު ރުމައެއް ނަގައިފިއެވެ. އެއަށް ފަހު އާމިރާގެ ނިތްކުރިއަށް އެއްވެފއިވާ ދާތަށް ފޮހެލިއެވެ. އެއަށްފަހު ނިތްކުރިއަށް ދޮނެއް ދިނެވެ. “ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” ޒާހިރު މަޑުމަޑުން ހަމަ އެކައްޗެއް ތަކުރާރު ކުރަމުން ދިޔައެވެ.
ވޭން ގަދަ ވަގުތުތަކެއްގެ ނިމުމެއް ގެންނަމުން އެންމެ ފަހުން އެމްބިއުލެންސް ގެއަށް އާދެވުނެވެ. ދެ މީހަކު އައިސް އާމިރާ އެނދަކަށް ލުމަށްފަހު އެމްބިއުލެންސަށް އެރުވިއެވެ. ޒާހިރު ވެސް އެއާއި އެކު އާމިރާ ކައިރީ އިށީނެވެ. އުޅަނދުގެ މަންޒިލް އައި. ޖީ. އެމް. އެޗް އަށް ދަތުރު ފަށައިފިއެވެ. އާމިރާގެ ވަރުބަލިކަން އިންތިހާއަށް ގޮއްސިއެވެ. ލޯ މެރިފައި އޮތެވެ. ނަމަވެސް އަދިވެސް ޒާހިރުގެ އަތުންނެއް ދުލެއް ނުކުރެއެވެ. ޒާހިރެއްވެސް ދޫކުރުމުގެ ޚިޔާލެއް ނުކުރެއެވެ.
ބިއްލޫގަނޑުން ބޭރަށް ބަލަން ޒާހިރު އިނެވެ. ވިސްނަމުން ދިޔައީ ޙަޔާތަށް އަންނަން އުޅޭ އުފާވެރި ކަމަށެވެ. ކުއްޖެއް ލިބެން އުޅެނީއެވެ. ދެމަފިރިއެއްގެ އެންމެ އުފާވެރި ވަގުތަކީ އެއީއެއް ނޫން ހެއްޔެވެ؟ ކައިވެނީގެ ފޮނި މޭވާ ލިބޭ ދުވަހެވެ.
ދެމީހުން ގެ އިތުރުން އެކަކަށްވެސް ނޭނގޭ ކަމަކީ ފަހުން ވާން އޮތް ކަމެވެ. ހަޔާތުގައި އާންމު ދިރިއުޅުމެއް އުޅެވޭނޭ އެންމެ ފަހު ދުވަސް ކަމެއް ޒާހިރަކަށް ނޭނގެއެވެ. މަގު މައްޗާއި ދުއްވާ އެއްޗެހި މިގޮތަށް ފެންނާނެ ފަހު ދުވަސް ކަމެއް ނޭނގެއެވެ. ކުރިއަށް އަރަން އޮތް ހަރުފަތުގެ އުސް ކަމެއް އަދި ޒާހިރަކަށް ނޭނގެއެވެ. އެކަކަށށްވެސް ނޭނގެއެވެ. ނޫނެކެވެ. އެނގޭ ބަޔަކުވެސް އެބަތިއްބެވެ. މިޔަދަކީ ގިނަ ބައެއްގެ ދިރިއުޅުމުގެ ފަހު ދުވަސްކަމެއްވެސް ގިނަ ބަޔަކަށް ނޭނގެއެވެ.
މަޖާ ކަމެއް ނޫން ހެއްޔެވެ؟ އުފަލުން ފުރިފައި އޮތް ހަޔާތެއް އެފުށުން މިފުށަށް ޖެހޭކަށް ފަޅި ސިކުންތެއްވެސް ނުނަގާ ކަމެވެ. ހަޔާތުގެ ބުރަކީ އެކަހަލަ އެއްޗެއް ނޫން ހެއްޔެވެ؟
ޒާހިރާއި އޭނާގެ އަންހެނުން އޮޕަރޭޝަން ތިއޭޓާރ އަށް ވެއްދުނެވެ. އިރުތަކެއްގެ ވޭން ތަކަކަށް ފަހު އެމީހުންގެ ދެޔެއް ތިނަކަށް ބަދަލުވެއްޖެއެވެ. ކައިވެނީގެ ބަގީޗާގައި މާފޮޅުނީއެވެ. އިތުރު މެމްބަރެއް އާއިލާއަށް އައީއެވެ. “އަންހެން ކުއްޖެއް!” ޒާހިރު އުފާވެފައިވާ އަޑަކުން ބުންޏެވެ. އާމިރާއަށް ކުއްޖާ ހަވާލު ކުރަމުންނެވެ. “އެބަ ފެނެއޭ!” އާމިރާ ވަރުބަލިވެ ތުރުތުރު އަޅަމުންދާ އަޑަކުން ބުންޏެވެ.
ކުއްލިއަކަށް މުޅި ތަނަށް ގުޑުމެއް އައެވެ. ވަރުގަދަ ގުޑުމެކެވެ. އެއަށްފަހު އިވުނީ ހަމަހިމޭން ކަމެވެ. ދެވަނަ ގުޑުން އައީ ޒާހިރު ފުން ނޭވާއެއް ދޫކޮށްލިތަނާއެވެ. އެއަށްފަހު އަނެއް ގުޑުމެވެ. އެއަށްފަހު އަނެއް ގުޑުމެވެ. “އެބަ އަންނަން.” ޒާހިރު އާމިރާގެ ބޮލުގައި ފިރުމާލުމަށް ފަހު ބުންޏެވެ. އެއާއި އެކު މައްޗަށް ހިނގައިގަތެވެ. ބޭރުން މަގުތަށް ފެންނަ ކުޑަދޮރެއް ކައިރީ މަޑުކޮށްލިއެވެ. ކުޑަދޮރުގެ މިއްލޫރި އިންނަންވީ ތާގައި މިހާރު އެކައްޗެއްވެސް ނެތެވެ. ބިއްލޫރީގެ ފޮތިތަށް ބިންމަތީ ހުއްޓެވެ.
ކާޅުގެ އަޑުން މުޅި ސަރަހައްދު ވަނީ އެއް އަޑުވެފައެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ޒާހިރަށް ނަގައިގަނެވުނީ ދެނެވެ. ނަމަވެސް ޒާހިރު ޤަބޫލު ކުރަން ބޭނުމެއް ނޫނެވެ. ހަމަ ބަލަން ހުރެވުނީއއެވެ. އެކި ހިސާބުގެ ބޮޑެތި އިމާރާތްތަށް ހުރި ހިސާބުން މިހާރު ފެންނަން ހުރީ ހަމައެކަނި ދުންގަނޑުތަކެވެ. ޒާހިރު މެންގެ ހަޔާތަށް އައު މެމްބަރެއް އައީ ދެންމެއެވެ. ވާން މިއުޅޭ ގޮތުގެ ހިލަމެއް ޒާހިރަކަށް ނޭނގެއެވެ. އެކަކަށްވެސް އެނގޭނެބާއެވެ.
(ނުނިމޭ)
10 Comments!
Comments are closed.


Prologue Hama Gaimuves Intense
Mivisnany Hanguraamaehge Feshumeh Hen
Haabeys Vaane Kamah Mibalany
Thank You Thafaathu Vaahakaeh Gennaathy 🙂
ރާއްޖޭގެ އާބާދީ: ގާތްގަނޑަކަށް ދޮޅު ލައްކަ
މަޢާފް ކުރައްވާ! އެއީ މާލޭގެ އާބާދީ..
ރާއްޖޭގެ އާބާދީ އަކީ އަސްލު ގާތްގަނޑަކަށް ހަތަރުވަރަކަށް ލައްކަ.. 🙂
ޝުކުރިއްޔާ!
Kon fadha vahaka eh mee?? Birun thuthuru alhaa ahibes ba.!!!!!
ވާނުވާ ނޭނގުނީ ތޯ؟ ފުރަތތަމަ ބާބުގައި ކުޑަ އައިޑިއަރ އެއް ލިބިލައްވާނެ.. ހީކުރަން ކިޔާނެ ކަމަށް 🙂
V nice vaahaka eh… Inthixaaru kuranee next episode ah…. 🙂
ޝުކުރިއްޔާ! ވަރުގަދަ އަންހެން ޝަޚްޞިއްޔަތެއް ކަމުދަންޏާ މިވާހަކަ ކަމުދާނެ ކަން ޔަގީން! 🙂
ޝުކުރިއްޔާ! 🙂 🙂
Kobaa meege aneh bai. Feshun v kiyaa hiyva gothakah mi othy.
ބިގް ލަވް!!! އަވަސް ކުރޭ. ކެތް މަދުވަނީ…