Skip to content
އެސްފިޔަ

މާބޮނޑި

އާދައިގެ މަތިން އިޔާން މިއަދުވެސް ދިޔައީ ހޮސްޕިޓަލް އަށެވެ. އޭޑީކޭ ހޮސްޕިޓަލްގައި ކުޑަ ކުދިންގެ ހާއްސަ ޑޮކްޓަރ ގެ މަޤާމު އަދާ ކުރަމުންދާ އިޔާން ހޮސްޕިޓަލް އަށް ވަދެ އެއްމެ ފުރަތަމަ ވެސް މިސްރާބު ޖެހީ އޭނަ އަށް ހާއްސަ ކުރެވިފައިވާ ކެބިންނަށް ދިޔުމަށެވެ. އިޔާން އަކީ އެއްމެން ގެ ހިތްތައް ކަތިލާވަރުގެ ރީތި ކަމެއް ލިބިފައި ހުރި މީހެކެވެ.

ގޮނޑީގައި އިށީ އިނުމަށް ފަހު އިޔާން މޭޒުމައްޗަށް ބަލާލީ އެއްޗެއް ޔަގީން ކޮށްލުމަށެވެ. އޭނަ ހީކުރި ފަދައިން މޭޒުމަތީ މާ ބޮނޑި އެއް އޮތެވެ. އަދި އޭގައި ތަތްކޮށްފަ އިން ގަނޑު ކޮޅުގައި “ލަވް ޒީނާ” މިހެން ޖަހާފައި އިނެވެ. އިޔާން ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު އެ ޑަސްބިނަށް ލިޔެވެ.

ޒީނާ އަކީ އިޔާން ގެ ލޯބީގައި ދީވާނާ ވެފައި ވާ މީހެކެވެ. ޒީނާ މަސައްކަތް ކުރަމުން ދަނީ ކުޑަކުދިންގެ ވޯޑުގައި ކުޑަކުދިން ބެލުމުގެ މަސައްކަތެވެ.

އިޔާން އޭޑީކޭގައި މަސައްކަތް ކުރާތަ އެއް އަހަރު ވެފައި ވީއިރު އެއްމެ ދުހާކުވެސް އެ މާބޮނޑި ނޯންނަ ދުވަހެއް ނުދާނެއެވެ. އިޔާން ގެ ހިތުގައި ޒީނާ އަށް އެއްވެސް ސައުގެއް ނޯންނަކަމާ އެ މާ ބޮނޑި ކޮންމެ ދުހާކުވެސް އިޔާން އެއްވެސް އަސަރެއްނެތި ޑަސްބިނަށް ލާކަން ޒީނާ އަށް އެނގިހުރެ އަބަދުވެސް އެ މޭޒުމަތީ އެ މާބޮނޑި އޮންނާތީ ހުދު އިޔާން ވެސް އާޝޯހުވެއެވެ.

އިޔާން އަށް ހިޔާލުން ބޭރުވެވުނީ ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހާލަމުންނެވެ. އިޔާން ހަމަ ޖެހިލުމަށް ފަހު ކަމިން އޭ ބުނެލިއެވެ. އެތެރެއަށް ވަދެގެން އައި ރަނާ ފެނި އިޔާން އަށް ބޭއިޙުތިޔާރުގައި ހިނިތުންވެލެވުނެވެ.

އެހެން ނުވާންވި ސަބަބެއް ނެތެވެ. ރަނާ އަކީ އޭނާގެ ހިތުގެ މަލަކާއެވެ. ރަނާ ވެސް އޭނަ އަށް ގަޔާވާކަން އިޔާން އަށް އިނގެއެވެ.

ރަނާގެ ފަހަތުން ފައިލް ތަކެއް ހިފައިގެން އައި ޒީނާ އަށް އިޔާން ރަަނާ އަށް ބަލަން ހުރިކަން އިގުނެވެ. އޭނާގެ ހިތުގައި ރިއްސާލި ނަމަވެސް ހިނިތުންވެލާފައި ހިގާފަ ގޮސް ފައިލްތައް މޭޒުމަތީ ބެހެއްޓިއެވެ. އެވަގުތު އޭނާގެ ލޮލުގައި ޑަސްބިނަށް ލާފައި އޮތް މާބޮނޑި އަޅާގަތެވެ. ޒީނާ ގެ ހިނިތުން ވުން ފަނޑުވިއެވެ.

ވާނީވެސް އެހެންތާއެވެ. އޭނާ އަށް އިޔާން ނުލިބޭނެ ކަމުގެ ހެއްކެއް ވިއްޔާއެވެ. އިޔާން ލޯބިވަނީ ވެސް އެހެން މީހެއްދެކެ އެވެ. ނަމަވެސް އެ ބަސް ނާހާ ހިތުގެ ސަބަބުން މާ ބޮނޑި ބޭއްވެނީ އެވެ.

މާބޮނޑި އަށް ބަލަހައްޓައިގެން އިން ޒީނާ ފެނި އިޔާން އަށް އުނދަގޫވިއެވެ. “އަމް. ޒީނާ ދެން އެއްމެ ރަގަޅު ދިޔަޔަސް” އިޔާން ރަނާ އާ އެކީ އެކަނި ވެލަން ބޭނުން ވީ ކަމަށް ނިންމާ ޒީނާ އަވަހަށް ބޭރަށް ނިކުތެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މިހާރު އޭގެ ފަހުން އެއްމަސްވީ އެވެ. މި ވޭތުވެދިޔަ ކޮންމެ ދުހާކުވެސް ޒީނާ މާބޮނޑި ބާއްވަނީ އާއުއްމީދާ އެކުއެވެ. ނަމަވެސް އަދާ ޖެހެންދެން ކާމިޔާބެއްނުވެއެވެ. އަނެއްކޮޅުން އިޔާންއާއި ރަނާގެ ގުޅުން ދިޔައީ ބަދަހި ވަމުންނެވެ.

މިރޭ މީ ނާސް ޑޭ ފާހަގަކުރުމުގެ ގޮތުން ހޮޓެލެއްގައި ޕާޓީ ބާއްވާރެޔެވެ. އިޔާން މިރޭ ނިންމީ ރަނާ އަށް ލޯބި ހުށައަޅާށެވެ. އިޔާން ޕާޓީ ތެރޭ ހޯދަމުން ދިޔައީ އޭނާގެ ހިތުގެ މަލަކާއެވެ.

“އޭ ޒީނާ މިރޭ ހާދަ ރީއްޗޭ” އިޔާން އަށް މި އަޑު އިވުމުން ފަހަތް ބަލާލިއެވެ. ތެދެކެވެ. މިއަދު ޒީނާ އަށް ތައުރީފު ހައްގެވެ. އެހާ ވެސް ރީއްޗެވެ. ރަތް ކުލައިގެ ދިވު ހެދުމެއް ލާފައި ވާއިރު އެ ފަން އިސްތަށި ގަނޑު ވަނީ ފަހަތަށް ދޫކޮށްލާފައެވެ. ތުންފަތުގައި ވަނީ ގަދަ ރަތް ކުލައެއް ޖައްސާފައެވެ.

“ޕޮއް” އިޔާން އަށް ސިހުން ލިބުނީ ރަނާ އައިސް ކޮނޑުގައި އަތްލުމުންނެވެ. އިޔާން ވަގުތުން ދެފަރާތަށް ބޯ ހޫރުވާލުމަށް ފަހު މިރޭގެ މަގްސަދު ހަދާންވުމުން ވާހަކަ އެއް ބުނަން ބޭނުން ކަމަށް ބުނެލިއެވެ.

ރަނާ ތިޔާވާހަކަ އެއް އަޑުއަހަން ކޯކް އެއް ހިފައިގެން އެބަ އަންނަމޭ ކިޔާފަ ދިޔައެވެ. އިޔާން ފުންނޭވާ އެއް ލިޔެވެ. އޭނައަށް އެހެން ބުނަން ކެއްވަނީ އެއްވެސް ނޫނެވެ. އެހެން ހުއްޓަ އިޔާން ލޮލުގައި އަޅާގަތީ މޭޒުމަތީ އޮތް މާބޮނޑި އަށެވެ. އިޔާން ގޮސް އެ މާބޮނޑި ނެގިއެވެ. އޭގަ ކުރިއެކޭ އެއްފަދައިން ލަވް ޒީނާ ޖަހާފަ އިނެވެ. މަންޒަރު ބަލަން އިން ޒީނާ ހުރީ ދެން ވާނެ ގޮތަކާމެދު ކަންބޮޑު ވެފައެވެ. އޭނަ އަށް އިޔާން މިރޭ ވަކިން ރީތިވުމުން ހަމަ ކެއްނުވެގެން އެ ބޭއްވުނީއެވެ.

“ކާކު އެއްޗެއް” އެ އިވުނީ ރަނާގެ އަޑެވެ. ރަނާމިހެން ބުނެ އެ މާބޮނޑި އަތުލިއެވެ. އެއަށް ފަހު އޭގަ އިން އެތި ކިޔާލިއެވެ. ސިކުންތެއްގެ ތެރޭ ރަނާ ގެ މޫނުގެ މިޒާޖު ބަދަލުވިއެވެ. ވަގުތުން އެ މާބޮނޑި އިޔާން އަތަށް ދީފައި އެއްވެސް ގުޅުމެއް ބާއްވަން ބޭނުމެއް ނޫނޭ ކިޔާ ޕާޓީ އިން ނިކުމެގެން ދިޔައީ އިޔާން ގޮވަ ގޮވާ ހުއްޓައެވެ.

އިޔާންއަށް އަތް މުއްކަވާލެވުނެވެ. އެ ޒީނާގެ ކަންތަކެވެ. އިޔާން ދިޔަ ގޮތަށް ގޮސް ޒީނާގެއަތުގައި ހިފައިގެން އެތަނުން ބޭރަށް ނިކުތެވެ. ބޭރަށް ނިކުމެ ކުރިމަށްޗަށް ޒީނާ ހޫރާލިއެވެ.

“ކަލޭ ހީކުރީ ކީކޭ. މި މާބޮނޑި ކޮންމެ ދުހާކު މޭޒުމަތީ ބޭއްވީމަ އަހަރެ ކަލޭ އާ ހިތް ކިޔާނެ ކަމަށްތަ. ނޫން. މި އިޔާން އެއް ދުހާކުވެސް ތި ޒީނާ އަކަށް ނުލެނބޭނެ. އަންހެނަކަށް ވެ ހުރެ ލަދެއްވެސްނުގަނޭތަ ތިހެން އުޅޭކަށް. ތި ގޮތް ގަޑާ ހެދިން އަހަރެ ކަލޭ އަށް ނަފުރަތު ކުރަން މިހާރު. އައި ހޭޓް ޔޫ. އަހަރެ ކުރިމައްޗަށް ވެސް ނާންނާތި.” އިޔާން މާބޮނޑި ޒީނާ ގެ މޫނުމައްޗަށް ހޫރާލަމުން ކިޔާނެ އެއްޗެއް ކިޔާފަ ދިޔައިރުވެސް ޒީނާ ހުރީ ޖެހި ބުދެއް ހެންނެވެ.ޒީނާ އަށް ރޮވެން ފެށުނީ ކުއްލިއަކަށެވެ.

އާދައިގެ މަތިން އިޔާން މިއަދުވެސް ހޮސްޕިޓަލް އަށް ދިޔުމަށް ތައްޔާރުވަމުން ގެންދިޔައެެވެ. ރޭގަ ވީ ކަންތައްތައް އޭނަ ހަނދާން ނުނެތެއެވެ. އޭނާ ޒީނާ އަށް އެއްޗެހި ކިޔައިގެން ނުވާނެކަން އޭނާއަށް ވިސްނެއެވެ.

އިޔާން އެންމެ ފުރަތަމަ ކެބިން އަށް ވަދެފަވެސް ބޭއިހުތިޔާރުގައި މޭޒު މައްޗަށް ބަލާލެވުނެވެ. މާބޮނޑި ނުފެނުމުން ކުޑަކޮށް އެތާހުރި އެއްޗިހި ހިއްލާލާފަވެސް ބަލާލިއެވެ. އެކަމަކުވެސް ނެތެވެ. އިޔާން ވިސްނާލިއެވެ. މާބޮނޑި ނެތަސް އޭނައަށް ކީއްހެއްޔެވެ.

އިޔާން ކުޑަދޮރުން ބޭރު ބަލާލިއެވެ. އެހެންޏާ ފައިލްތައް ގެންނަ ޒީނާ އެފައިލް ތައް އެހެން މީހަކަށް ހަވާލު ކުރަނީއެވެ. އެ ހަމަ އަހަރެ ކުރިމައްޗަށް ނާރާށޭ ބުނީމަ ބާއޭ އިޔާން ހިތައްއެރިއެވެ. އެވަގުތު އޭނާގެ ހިތުގައި ރިއްސާލިއެވެ.

ދުވަސްތައް ފާއިތުވެގެން ދެއެވެ. އިޔާން އަށް އެ މާބޮނޑި އަށް އިންތިޒާރު ކުރެވެން ފެށުނެވެ. ނަމަވެސް ނުލިބެއެވެ. ޒީނާ އަށް އިޔާން ފެންނަ އިރަށް ދުރަށް ދެއެވެ. މިކަމުން އެއްމެ އަސަރު ކުރަނީ އިޔާން ގެ ހިތަށެވެ. އިޔާން އަށް ވެސް އޭނައަށް މިވެވުނީ ލޯބި ކަން އިގުނެވެ. އެއްމެ ފަހުން ކެއްނުވެގެން ނިދަން އޮއްތާފަ ޒީނާ އަށް ސޮރީ މެސެޖް އެއް ފޮނުވި އެވެ. އެޔަށް ޒީނާ އިޓްސް އޯކޭ އޭ ބުނެލިއެވެ. ނަމަވެސް ދެން އިޔާން ކީއްކުރަނީ ހޭ ކިޔާ މެސެޖް ކުރުމުންވެސް ޖަވާބެއް ނުލިބުނެވެ.

އޭގެ ދެދުވަސް ފަހެވެ. ޒީނާ ގޮސް އޭނަ އިއްތާ މޭޒު ދޮށުގައި އިށީ އިނެވެ. އެވަގުތު އޭނާގެ ލޮލުގައި މޭޒުމަތީ އޮތް މާ ބޮނޑި އަޅައިގަތެވެ. އެނަގާ ބަލާލިއިރު “ލަވް ޔާން” މިހެން ޖަހާފަ އިނެވެ.

މީ ކޮންކަހަލަ ސަމާސާ އެއްހެއްޔެވެ. އޭނަ އިޔާން އާ ދުރުގަ މި ހުންނަނީ ހާދަ ހިއްވަރެއް ކޮށްގެންނެވެ. ދެން މިކަހަލަ ސަމާސާ މީހަކު ކުރަން ޖެހޭ ހެއްޔެވެ. ޒީނާ މާ ބޮނޑި އޮތްތާ ބާއްވާފައި ސައިން އިން ވެލުމަށް ދިޔައެވެ. ސައިން އިން ވެލުމަށް ފަހު އެނބުރުލީއިރު އަނެއްކާ އެހެން މާ ބޮނޑިއެއް ފެނުނެވެ. އޭގަވެސް ލަވް ޔާން ޖަހާފަ އިނެވެ.

ޒީނާ ދެފަރާތަށް ބޯހޫރުވާލުމަށް ފަހު ކުޑަކުދިންގެ ވޯޑަށް ވަނެވެ. ސުބުހާނަﷲ އެވެ. މިތަން އަނދިރި ކޮށް މިއޮތީ ކީއްވެ ހެއްޔެވެ. އަނެއްކާ ވަގަކު ވަނީބާއެވެ. ހިތަށް ވަން ހިޔާލުން ވަގުތުން ލައިޓް ޖައްސާލިއެވެ. ޒީނާ އާޝޯހު ވިއެވެ. މުޅި ތަން ވަނީ މާބޮނޑިން ޒީނަތްތެރި ކުރެވިފައެވެ.

“އަހަންނަށް ހަގިގީ ލޯތްބަކީ ކޮބާކަން ދަސްކޮށްދިނީ ތި ޒީނާ.” އެ އިވުނީ އިޔާންގެ އަޑެވެ. ޒީނާ ދެކޮޅަށް ބަލާލިއެވެ. ނަމަވެސް އިޔާން އެއް ނުފެނުނެވެ. އެހެންވެ ހުރިތާ ހުރެ އިޔާން ކިޔާ އެއްޗެއް އަޑުއަހަން ހުރީ އެވެ. “އަހަރެންގެ ވެސް ލޯބިވާނެ ހިތެއް އޮތް ކަން އަންގާދިނީ ތި ޒީނާ. އެންޑް މިކަމަށް މެދުވެރިވި އެއްމެ ބޮޑު ސަބަބަކީ މާބޮނޑި. ޒީނާ. އަހަންނަށް ހަގީގަތިގައވެސް މާފު ކުރޭ އެރޭ ކިޔުނު އެއްޗެއްސަށް. ޔޫ ނޯ ވަޓް. އަހަރެންގެ ހަޔާތުގެ އެއްބައި ކަމަށް މާބޮނޑި ވެއްޖެ މިހާރު. ހެެހެ. އައި ލަވް ޔޫ ޒީނާ އައި ލަވް ޔޫ” އެއްމެ ފަހު ޖުމްލަ އިޔާން ބުނެލީ ޒީނާގެ ފަހަތުން ބައްދާލަމުންނެވެ.

ޒީނާ އަށް ދެލޯ މަރާލެވުނެވެ. އެ ލަފްޒު އަޑު އިވޭނެ ކަމަކަށް އޭނާ ދުހާކުވެސް ހިޔެއް ނުކުރެއެވެ. ވީ އުފަލުން މަޑުމަޑުން އައި ލަވްޔޫ ޓޫ އޭ ބުނެލެވުނެވެ.

“ސޯ މިސް ޒީނާ ހުސެއިން. ވުޑް ޔޫ ލައިކް ޓު ބީ މިސިސް އިޔާން އަހުމަދު؟” އިޔާން ޒީނާ ގެ ކުރިމައްޗަށް އަރާ އެއްފައި މައްޗައް ތިރިވެފަ އަނގޮށްޓިއެއް ނަގަމުން ބުނެލިއެވެ. އެވަގުތު މަތިން މާބޮނޑީގެ ފިޔަތަށް ވެރެން ފެށިއެވެ. ޒީނާ އަށް ބޭއިހުތިޔާރުގައި ރޮވެން ފެށުނެވެ. އުފާވިލެއް ބޮޑު ކަމުންނެވެ.

**********************************

“މަންމީ” އަތުގައި އޮތް އިޔާން އިއްޔެ ގެނެސްދިން މާބޮނޑި އަށް ބަލަން އިން ޒީނާ ސިހިގެން ދިޔައީ އޭނާގެ 2 އަހަރުގެ އަންހެން ދަރިފުޅު ޔާނާ ގޮވާލި އަޑަށެވެ. ވަގުތުން މާ ބޮނޑި މޭޒުމަތީ ބާއްވާފަ އެދިމާލަށް ބަލާލިއެވެ. އޭރު އިޔާން ހުރީ ޔާނާ އުރައިގެންނެވެ.

“މަންމި އެހެރީ ބައްޕި މެންގެ ލަވް ސްޓޯރީ މަތިން ހަނދާންވެފަ. އެހެންޏާ ފަހެ މިތާ ހުރެ ދިހަ ބުރު ގޮވިއްޖެ” އިޔާން ލާނެއްކަމާއެކީ ބުނެލިއެވެ. ޒީނާ ރަކިވި ވަރުން އައިގޮތަށް އިޔާން ޔާނާ އުރައިގެން ހުރި ފަޅި ނޫން އަނެއްފަޅީގައި ހުއްޓި އިޔާން ގެ މޭ މަތީ ލައްވެލިއެވެ. އިޔާން ޒީނާ ގެ ބުރަކަށީ އަތް ވަށާލީ ދުވަހަކުވެސް ދޫނުކޮށްލާނަމޭ ބުނާފަދައިންނެވެ.

ނިމުނީ

Comments (52)

  1. Pinkish

    Hlw guyx.. hama hithah eryy kuru vaahaka eh genesdheyny eyy… vaahaka aa medhu dhekey goiy buneladhehcheyy… ??

    1. Pinkish
      Pinkish

      Awwwn… thankxx addu manje…. ??

  2. Addu manje

    Varah reethi.. looking foward for new stories.
    Good luck..
    ☺

    1. Pinkish
      Addu manje

      Addu manje ah kuri comment mathyga eyothyy.. hehee

  3. ????

    Yeyyy….. first dhw ….. thanks ……

    1. Pinkish
      ????

      Yeyyy… ??

  4. jummu

    Wow wArah wes furihama

    1. Pinkish
      jummu

      Awwn thankx jummooo.. ??

    2. Adha?
      jummu

      Ey jummu thy “bunaashey loabi nuvany hey” story liyaa kujja tha eyge next part genesdheeba plz

    3. Pinkish
      jummu

      Thedheh jummu.. v reethi evaahaka.. still waiting.. ?

  5. Adha?

    Wow.. varah reethi mi story??

    1. Pinkish
      Adha?

      Thankxx dear ??

    2. Pinkish
      Adha?

      Hehe.. thankx naaanu… adhi libeyne.. ??

  6. naaanu

    Ey aaachaaa ❤?varah loabi vaahaka eh.kiyaa nimun iru hevi dhilifa iny moya eh hen …alhe egothah maabondi eh libeynama ?❤?❤?

    1. Pinkish
      naaanu

      Naaanu ah kuri comment vx mathyga.. shit.. hehe.. ??

  7. Erzi

    wow varah salhi

    1. Pinkish
      Erzi

      Thankxxx Erzi… ??

  8. Aisha

    beautiful ?

    1. Pinkish
      Aisha

      Thankxx Aisha.. ??

  9. zaisha

    Such a wonderful story.. love it!! ❤❤❤

    1. Pinkish
      zaisha

      Thankxx zaisha ??

  10. rooby

    Baeh words thah hama nujeheykan faahaga vey..misaalakah”dhuhaakuvx” so v odd gotheh eba huri..hope kuran eknthah rangalhu vaane kamh..n story reethi ?

    1. Pinkish
      rooby

      Thankxx.. aslu vx gaboolu kuran weak kn adhi vx.. but practice make perfect dww.. hehe… try kuraanan igeyy… thankxxx dear ??

  11. ????

    Vvv rythi dhigu vsahaka akah inthizaaru kurann…avahah kiyann libeyne kamah???

    1. Pinkish
      ????

      Awwn thankx dear… ??

  12. Zail

    Nice bt zail ah ehr nugulhey ihthaa n ohthaa egothah liyefa hureema..negative comment eh nun ingey pinkish.n I guess first time I read ur story eh well I like it ..maabondi eh libeythw huhnaanan zailvx?hehe

    1. Pinkish
      Zail

      Hehe… thankxx.. ragalhu kureveythw balaanan igey… adhi libeyne maabondi eh zail ah.. hehe.. thankx again zail.. ??

  13. Anekaku

    ???

    1. Pinkish
      Anekaku

      ????

  14. Saadhu

    V reethi?

    1. Pinkish
      Saadhu

      Thankx dear.. ??

  15. haw shia shaba shi r

    Mashaa Allah v reethi mi vaahaka, I like it

    1. Pinkish
      haw shia shaba shi r

      Thankxxxxxx ????

  16. Chum handi

    fantastic……

    1. Pinkish
      Chum handi

      Thank you Chum handi.. ??

  17. Al

    s akuruge badhaluga X akuru beynun kuri nama varah furihama vaane

    1. Pinkish
      Al

      Knthanehge tha dear?

  18. Flower pririncess

    Varah reethi. Looking forward for new stories.

    1. Pinkish
      Flower pririncess

      Thankyou dear.. ??

  19. Raanee

    bunan beynun vanee adhives detail koh sifa kurinama bodah reethi vaaney. ebahuri baeh ibraai kurumuge kuh ves. adhi kuruvaahaka yakas maa avas yaan zeena dheke loabi vileh. but the feelings were nicely described.
    hope to see more stories from you, good luck

    1. Pinkish
      Raanee

      Thankxx Raanee ??

  20. xeyboo

    salhi

    1. Pinkish
      xeyboo

      Thankyou.. ??

  21. XAAN

    SALHI

    1. Pinkish
      XAAN

      Thankxx XAAN.. ??

  22. warah vaahaka

    AHAHAHAHA mihaa joke wahaka eh nukiyan adhi esfiya akun !!

    1. Pinkish
      warah vaahaka

      Ehntha.. hehe..

  23. Ulya

    varah reethi ??waiting for more stories ❤❤

    1. Pinkish
      Ulya

      Thankxx dear.. ???

  24. Woww

    V v v reethi.. kuru vaahaka thakah balaafa hama v v reethi.. ??

    1. Pinkish
      Woww

      Thankxx dear.. ??

  25. Shazu

    V rythi

Comments are closed.