Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެނު ޕަރީ

nyna Level 1
December 22, 2013 2 Mins Read
10 Comments

ވަށް ބުރަށް އުޑުމެދުގައި ހުރި ޝާއްބަ ހައްދު އޭގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ކަޅު ވިލާ ތަކުން އުޑު މަތި ބަނަވެ ދުނިޔެ ކަޅު ބޯ ސާލެއްގެ ތެރެއަށް ލަމުން ދިޔައެވެ. މަގުމަތީގައި ހުރި ގަސްތަކަށް ބާރު ވައިރޯޅީގެ ހަމަލާތައް އަމާޒުވަމުންދިޔައެވެ. ކަޑުގެ ލޮނުގަނޑު ކެކެމުންދިޔއީ ބަލާމީހުން ސިއްސުވާލާފަދަގޮތަކަށެވެ. ޒައިޝާ އޭނާގެ ހިގުން ކުރިއަށް ވުރެވެސް ބާރުކޮށްލީ ތޫފާނުގައި ނުޖެހި ގެއާއި ހަމައަށް ދެވޭތޯއެވެ.އޭނާގެ އުނަގަޑާއި ހަމައަށް ތިރިއަށް ގޮސްފައިވާ ބޯ ފަން އިސްތަށިގަޑުއޭނާގެ ހުއްދަޔާއި ނުލައި އޭނާގެ ދޮން ރީތި ކަދުރާގައި ބީހިލުމަށްފަހު މޫނުގައި ބޮސްދެމުން ދިޔައެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ޕާކިސްތާނު ހެދުމުގެ ދޯޕައްޓާ ވަޔާއި ވިހުރެމުން ދިޔައިރުވެސް އޭނާއަށް ރޭކާލާ ހެނެއް ހީނުވެއެވެ. އެއަރވުރެ އޭނާ ގެ ވިސްނުން ހުރީ ވާރޭ ގައި ނުތެމި ގެޔާއި ހަމައަށް ވާސިލް ވޭތޮއެވެ.
ޒައިޝާ އަކީ މަޝްހޫރު ވިޔަފާރިވެރިޔާ ގ.ހަވޭލި އަސްއަދު މުޙައްމަދުގެ ހަމައެކަނި ދަރިފުޅެވެ.ޒައިޝާ އަކި މުއްސަދިކަން ލިބިފައިވާއިރުވެސް އެންމެ ސާދާ ކޮށް އުޅޭ ކުދިންގެ ތެރެއިން ހިމެނޭ ހިތްތިރި އޯގާތެރި ރިތީ ކުއްޖެކެވެ.
ޒައިޝާ ކޮލެޖް ނިންމާލުމަށްފަހު ގެއަށް އައުމަށް ނިކުއް އިރު އުޑު މަތި ސާފު ވީ ނަމަވެސް މިހާރު މޫސުމް ގޯސް ވެފައިވާތި ހިތަށް ބިރުވެރިކަން ވަނެވެ. ކާރު ފޮނުވާލުމަށްފަހު ހިގާފައި އަންނަން ކުރެވުނު ހިޔާލާއި މެދު ދެރަވިއެވެ. އޭނާ ބާރު ބާރަށް އެދަނި ތުފާނުން ސަލާމަށް ވޭތޮ އެވެ. ނަމަވެސް ވާރޭ ޒައިޝާއަށް ފުރުސަތެއް ނުދީ އޮހިގަތީ އެތައް އިންޒާރެއް ދިނުމަށްފަހުގައެވެ. ކުރެވޭނެ މާބޮޑުކަމެއް ނެތުމާއި އެކު ކައިރީގައި ހުރި ގޭގެ އަސްކަނި ދޮށުގެ އެހީ ހޯދިއެވެ. އެހީ ހޯދުނުއިރު ލައިގެން އިން ހެދުން ކޮންމެވެސް ވަރަކަށް ތެމިއްޖެއެވެ. އެހެން ކަމުން އަޅައިގެން އިން ދޯޕައްޓާ ކަރުން ނައްޓުވާލުމަށްފަހު އެއްފަރާތަށް ވާގޮތަށް އައްސާލިއެވެ. އަދި ބޮލުގައި ހުރި ފެންތައް ހިއްކުމަށް އެ ފަން އިސްތަށިގަޑު އެއްފަރާތަށް ވައްޓާލިއެވެ. އެވަގުތު އެ ދޮން ކަދުރާގައި ހަރުލާއިވީ ފެންތިކިތައް ވިދައިގަތެވެ. އެ ދޮންކަދުރާގައި ބޮސް ދެވޭތީ ފަހުރުވެރިވާކަހަލައެވެ. މިހުރިހާ ކަމެއް ޒައިޝާ ކުރަމުން ދިޔައިރު މީހަކު ޒައިޝާގެ ހަރަކާތްތައް އެހާ ކައިރިން ބަލަމުން ދާކަމެއް އިޙްސާސެއް ނުކުރެވުނެވެ.ޒިޔާން ހުރި އެސްފިޔަޖަހަންވެސް ހަދާން ނެތިފައެވެ.
ޒިޔާން އަކީ އައި.ޖީ.އެމް. އެޗް ހޮސްޕިޓަލާއި އެންމެ ފަހުން ގުޅުނު ކާޑިއަލޮޖިސްޓެވެ. ދިގު އިސްކޮޅަކާއި ފުޅާ ބައިމަތި ޝަޙްސިއްޔަތުގެ ވަރުގަދަކން ދައްކައެވެ. ފަން އިސްތަށި ގަޑާއި ވަރުގަދަ ބުމަ އެއީ އޭނާގެ ރިތިކަމަށް ގެނެސްދޭ ޕްލަސް ޕޮއިންޓެކެވެ. އަންހެން ކުދިން ދީވާނާ ކޮށްލަނީ އޭނާގެ އެމަރަލްޑް ފެހި ދެލޮލުންނެވެ.ހަމުގެ ކުލަ އަލިއެވެ.
ޒިޔާފް ގޭގެ މަދޮރޯށި ދޮށަށް ނިކުތީ ރަށްޓެއްސެް އަންނަި ކަމަށް ބުނުމުންެވެ. އެކަމަކު ކުލިއަކަށް ކުރިމަތިން ފެނިގެން ދިޔައީ ފެނު ޕަރީ އެއް ބާވައޭވެސް އޭނާ ހިތަށް އެރިއެވެ. ޒައިޝާގެ ފަރި ހަރަކާތަށް ގެއްލިގެން އިނުމަށްފަހު ޒިޔާފް ހޭވެރިކަން ވީ ކާރެްގެ ބަރުގޮނުގެ އަޑަށެވެ. އެއިރު ޒައިޝާ ދުވެފައި ކަހަލ ގޮތަކަށް ގޮސް ކާރަށް އަރަނީ އެވެ. ފުންނާބު އުސް ފައިވާނަކަށް އަރައިގެން އިންނަމަވެސް ފަރިތަކަމާއި އެކު ދުވެލި ގޮތުން ޒިޔާފް ހުރި ހުއްޓުން އަރާފައެވެ. ޒައިޝާ ކާރަށް އެރުމަށްފަހު ކާރު ދުއްވާލިއިރުވެސް ޒިޔާފް އެހުރިގޮތަށް ހުއްޓެވެ. ޒައިޝައަށް ރޭކާ ނުލިތާގައި މި ދެވެނީ މީހެއްގެ އަގު ބޮޑު އެއްޗެއް ހިފައިގެން ކަންވެސް ނޭގުނެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nyna

Level 1

Other Articles

Previous

ބިރުވެރި ސަމާސަ

Next

ފެނު ޕަރީ (2)

Next
December 22, 2013

ފެނު ޕަރީ (2)

Previews
December 17, 2013

ބިރުވެރި ސަމާސަ

10 Comments!

  1. Rai says:
    December 22, 2013 at 7:54 pm

    Eh faharu xiyan aneh fahar ziyaf… Mihaar olhijje boy ah kiyanee kon nameh kan…

    1. Rai says:
      June 21, 2014 at 11:25 am

      thidhen boduvaru…dhen dhaan veenun ehliyedhey thivaruvanyaa…. 🙂

  2. Sea hostess says:
    December 22, 2013 at 8:01 pm

    aslu xiyan kiyanee ingey.. liyumuge mistake eh e e.. sorry.. dhen faharakun ragalhu kohlaanan.. n thanks a lot for u r comment.ragalhu kuranjehey kanthah bunahchey.. 😀

    1. Rai says:
      December 22, 2013 at 9:29 pm

      Thanks sea hostess….. But story v kamudhey… Waiting for the next part….

  3. afsa says:
    December 22, 2013 at 8:07 pm

    V aammu haadhisaa eh furathama baiga vex bt v reethi….hope next part vex reethi vaane kamah

  4. nonni says:
    December 22, 2013 at 8:48 pm

    Kamudhey……. nexst part konirakun

  5. nonni says:
    December 22, 2013 at 8:49 pm

    Kamudhey……. nexst part konirakun
    ………..:-)

    1. gorate.polyvore.com says:
      February 18, 2014 at 6:04 pm

      You have shed a ray of sunshine into the forum. Thanks!

  6. shif says:
    December 23, 2013 at 8:16 am

    އިނުން ބޭނުން ކުރަނީ އިށީންދެގެން އިންނާތީ، ހުރުން ބޭނުންކުރާ ތާކަށް އިނުން ބޭނުމެއް ނުކުރެވޭނެ، އެހެންކަމުން އިނީގެ ބަދަލުގައި އެތަންތަނަން ހުރީ އޭ ބުނެ ވާހަކަ ރަގަޅު ކޮށްލަނިކޮށް ވަރަށް ފުރިހަމަވާނެ.

  7. mainaa says:
    January 7, 2014 at 6:12 pm

    dhen mivaa gothey negey gey keekey bunane.

Comments are closed.

Next Episodeފެނު ޕަރީ (2)←


All Right Reserved!