Skip to content
އެސްފިޔަ

ފާފަ

އެއީ މީގެ ފަސް އަހަރު ކުރިއެވެ. އަހަރެންގެ އުމުރުން އޭރު ފަނަރަ އަހަރު ފުރިހަމަވީއެވެ. އޭރު އަހަރެން އުޅެނީ ގްރޭޑް ނުވައެއްގައެވެ.

އަހަންނަކީ ކުޑައިރުއްސުރެވެސް ކިޔެވުމުގައި ރަންވަނަތަކެއް ހޯދަމުންއައި ކުއްޖަކީމެވެ. އަދި އަހަރެންނާއިއެކު އުޅޭ ގިނަ ރައްޓެހި ކުލާސް މޭޓުންވެސްމެއެވެ. ކިޔެވުމަކޭ އެއްފަދައިން ކުޅިވަރު ތަކުގައިވެސް އަހަރެމެންނަކީ ފާހަގަކޮށްލެވޭ ދަރިވަރުންތަކެކެވެ. ނަމަވެސް އަހަރެން އެމީހުންނާއި ޚިޔާލު ތަފާތުވާ އެއްކަމެއް އޮވެއެވެ. އެއީ ފިރިހެންކުދިންނާއި ގައިގޯޅިވެ ގުޅުން ބޭއްވުމެވެ.

އާއެކެވެ! ޤްރޭޑް ނުވައަކަށް ދަންދެންވެސް އަހަރެން ހުރީ ހަމަ އެގޮތުގައެވެ. މިކަމާ އަހަރެންގެ ރައްޓެހިންގެ މަލާމާތާއި ދިމާކުރުން އަހަންނަށް އަމާޒުވެގެންދިޔައީ ހީނުކުރާހާ މިންވަރަށެވެ. އެމީހުންގެ މަޤްސަދަކީ ކޮންމެ އެއްޗެއް ކިޔައިގެންވެސް ފިރިހެން ކުއްޖަކު އަހަރެންގެ ޙަޔާތަށް ގެނައުމެވެ. މިހެންކަމުން އަހަންނަށް އުނދަގޫވާންފެށިއެވެ. އެކަންކަމާއި މެދު ނުވިސްނަން އަހަރެންގެ ސިކުނޑިއަށް ބާރުއަޅަން ކުރި މަސައްކަތް ވީ ބޭކާރެވެ. ނަތީޖާއަކަށްވީ ރަޙުމަތްތެރިންގެ އެދުމަށް ދެކޮޅު ނުހަދާނެކަން ސާބިތުކޮށްދިނުމުގެ ގޮތުން އެންމެ އަވަހަށް ރައްޓެހިވާން އަހާ ކުއްޖަކަށް އާބަސް ބުނާނެކަން ޔަޤީންކޮށްދިނީމެވެ. ހަމައެކަނި ރަޙްމަތްތެރިންގެ ދޫތަކުން ސަލާމަތްވުމަށްޓަކައެވެ.

ނަމަވެސް ދެން ކަންތައްވީ އަހަރެން ހިތަށްވެސް ނާރާފަދަ ގޮތަކަށެވެ. އެއްދުވަހަކު އަހަރެން ކްލާހަށް ދަނިކޮށް ފިރިހެން ކުއްޖަކު އައިސް އަހަރެންގެ އަތުގައި ހިފާ ހުއްޓުވިއެވެ. އަހަރެން އެއީ ކާކުތޯ ބަލާލީމެވެ. އެއީ މުޅި ސްކޫލްގެ އިތުރުން މުޅި ރަށުގައިވެސް ނަން މަޝްހޫރު ޤްރޭޑް ދިހައެއްގެ ކުއްޖެއް ކަމަށްވާ ޝާވިން އެެެވެ. އޭނާ އަހަރެންނާއި ރައްޓެހިވާން ބޭނުންކަމަށް ބުންޏެވެ. ދެރަކަމަކީ އޭނާ މަޝްހޫރު ވެފައިވީ ކިޔެވުމުގެ ރޮނގުންނެއްވެސް އަދި ކުޅިވަރުގެ ރޮނގުންނެއްވެސް ނޫންކަމެވެ. އެންމެ ޑިސިޕްލިން ދަށް މުދައްރިސުންނަށް އިޚްތިރާމް ނުކުރާ ދުުުުުުުުވާލަކު އަންހެންކުއްްްްްްްޖެއް ގެެެންގުުުުުޅޭ ކުއްޖެއްގެ ގޮތުގައިކަަަމެވެ. އެންމެ ދެރައީ އޭނާގެ ހުށައެޅުން ލިބުންއިރު އަހަރެންގެ ބެސްޓް ފްރެންޑްވެސް އަހަރެންގެ ގާތުގައި ހުރިކަމެވެ. އަހަރެން ވިސްނާނަން ކަމަށް ބުނެ ވަގުތުން ކްލާާާާާހަށް ދިޔައީމެވެ.

ދެން ކަންތައްވީ އަހަންނަށް ހީވެފައި އޮތްގޮތަށެވެ. އަހަރެންގެ ރައްޓެހިން ބުނަމުން ދިޔައީ އަހަރެންގެ ވަޢުދާއި އެއްގޮތައް ޢަމަލުކުރުމަށެވެ. ޝާވިންއާއި ލޯބީގެ ގޮތުން ގުޅުމަށެވެ. އަހަރެން އެތައް ބަހަނާއެއް ދެއްކީމެވެ. އެއީ ކަމުދާ ކުއްޖެއް ނޫންކަމާއި އަހަންނާއި އެކަށީގެންވާ ކުއްޖެއް ނޫންކަމެވެ. އޭނާ އެއްވެސް އަންހެން ކުއްޖަކާ ސީރިއަސް ނުވާނެކަމެވެ. އަހަރެންގެ ޢާއިލާ ޤަބޫލް ނުވާނެކަމާއި އޭނައާއިއެކު މުސްތަޤްބަލެއް ނެތްކަމެވެ. ނަމަވެސް އަހަރެންގެ އެކުވެރިންނަކީ ފިސާރި ބޯހަރު ބައެކެވެ. އެމީހުން ހައްތާވެސް ދެއްކީ ޝާވިންގެ ރީތިކަމާއި މުއްސަނދިކަމުގެ ވާހަކައެވެ. ޝާވިންއާއި މެރީ ކުރުމަށްފަހު އަހަރެން އުޅޭނެ އުފާވެރި ދިރިއުޅުމުގެ ވާހަކައެވެ. އަހަންނަށް އެލިބުނީ ހުރިހާ އަންހެން ކުދިން ހިތުއަޅައިގެން އުޅޭ ޕްރިންސް އެއް ކަމެވެ. އަހަރެން ލިބުމަށްފަހު ޝާވިން ބަދަލުވެދާނެ ކަމަށް އުންމީދުކުރާކަމެވެ. ބަދަލު ނުވެއްޖެނަމަ ދޫކޮށްލާނީ ކަމަށްވެސް ބުންޏެވެ.

އެއީ އެހާ ފެސޭހަ ކަމެއް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިއަސް ހެޔޮކަމަށް އަހަރެން ޝާވިންއަށް އާއެކޭ ބުނީމެވެ. ރައްޓެހިން ގެއްލިދާނެކަމުގެ ބިރައްޓަކައެވެ. އެގުޅުމުގެ ސަބަބުން ނުބައި ނަތީޖާއެއް ނިކުންނާނެހެން ހީނުވާތީއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަންނާއި ޝާވިންގެ ގުޅުންވެސް ދުވަހެއް ދުވަހަކަށް ކުރިއަރަމުން ދިޔައެވެ. އަހަރެންގެ ގާތް ރައްޓެހިންގެ އެއްބާރުލުމާއިއެކު ސިއްރު ބައްދަލުވުންތައްވެސް ބޭއްވެން ފެށުނެވެ. ނަމަވެސް މިކަމުގެ އެއްވެސް އިޝާރަތެއް އަހަރެންގެ ޢާއިލާއަކަށް ނުވެއެވެ.

ޝާވިން ވީ އަހަރެން އުންމީދު ކުރި ވަރަށްވުރެ ހިތްހެޔޮ އޯގާތެރި މީހަކަށެވެ. އެލޯބި އަޅާލުމާއި ގާތްކަމަށް އަހަރެން ހޭނޭކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އެ ބީހުންތަކަށް އަހަރެންގެ ހިތް ލެނބިގެންދިޔައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރައްޓެހިވީ ދުވަހުން ފެށިގެން ތިންމަސް ފާއިތުވީއިރުވެސް ޝާވިންގެ ފަރާތުން ކުރިން ފެންނަފަދަ އެހެން އަންހެން ކުދިންނާއި ގައިގޯޅިވާ މަންޒަރުތައް ނުފެންނާތީއެވެ. އަހަރެންގެ ހާލު ބަރާބަރަށް ބަލާ ކަމެއް ބޭނުންވާ ވަގުތު ތަކުގައި އެންމެ ކައިރީގައި އެހީވާން ހުންނާތީއެވެ. ބަލިވެއްޖެނަމަ އެ އޯގާތެރިކަން އަބަދުވެސް އިޙްޞާސް ވާތީއެވެ. ޝާވިންގެ މިޖާޒު ބަދަލުވީތީ އަހަރެން ވަރަށް އުފާކުރީމެވެ. އާއެކެވެ! އަހަރެންނަށް ޝާވިންދެކެ އިންތިހާއަށް ލޯބި ވެވިއްޖެކަމަށް އަހަރެންގެ ހިތް ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ.

އަހަރެމެންގެ ގުޅުމަށް ފަސްމަސް ފާއިތުވެގެން ދިޔައިރު އަހަރެމެންގެ ޢާއިލާއާއި ހިސާބަށްވެސް މިޚަބަރު ދިޔައީއެވެ. މަންމައާއި ބައްޕަގެ އެދުމުގެ މަތިން އަހަންނާއި ވާހަކަދެއްކީ ދޮންތައެވެ. ދޮންތަ އަހަންނަށް އެރޭ ވަރަށް ނަޞޭހަތްދިނެވެ. ގޯސް ގޮތަކަށް ނޫޅުމަށާއި އިއްފަތްތެރި ވުމަށެވެ. މަންމައާއި ބައްޕަގެ ތިބި ހަމައެކަނި ދެ ދަރިންނަކީ އަހަރެމެން ދެމީހުންނަށް ވުމުން އެދެމީހުންގެ ޢަބުރާއި ޢިއްޒަތް ވަނީ އަހަރެމެންގެ މުށުތެރޭގައިކަމެވެ. ނަމަނަމަ އެމީހުން ދެރަވެ ލަދުގަންނަން ޖެހޭފަދަ ކަމެއް ނުކުރުމަށެވެ. ކިޔެވުމަށް ފަރުވާކުޑަ ނުކުރުމަށެވެ. ދީނީ ކަންކަމަށް ފަރުވާތެރިވާންވާނެކަމާއި އެއީ ހުރިހާ ނުބައިކަމަކުން ދުރުކޮށް ހެޔޮމަގު ދައްކައިދޭ ކަމެއްކަންވެސް ހެނދާންކޮށްދިނެވެ. އަހަރެން ދޮންތަ ކީ ކޮންމެ އެއްޗަކަށްވެސް ބަސްއަހާ ކުއްޖެއް ފަދައިން ލައްބައޭ ކިޔަމުން ގެންދިޔައީމެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ޤްރޭޑް ނުވައެއްގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ލިބިއްޖެއެވެ. މިއަހަރުވެސް އަހަރެން ކްލާހުން އެއްވަނަ ހޯދުމުން ޢާއިލާއިންނާއި ރައްޓެހިންގެ ފަރާތުން ތަޢުރީފުގެ ބަސްތައް އަޑުއިވުނެވެ. ޝާވިންގެ ފަރާތުން ފޯނެއްވެސް އިނާމެއްގެ ގޮތުގައި ލިބުނެވެ. މަންމަމެންވެސް މިކަމާއި ރުހިގެން ތިބީ އަހަރެން ކިޔެވުމަށް ފަރުވާކުޑަ ނޫންކަން ސާބިތުކޮށްދިނުމުންހެން ހީވެއެވެ.

އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލުވާން ފެށިއެވެ. އަބަދުވެސް ފޯނު ހިފައިގެން އެއަށް ގެއްލިފައި އިނދެވެނީ ޝާވިން ގުޅާނެކަމަށް ނުވަތަ މެސެޖެއް ނަމަވެސް ކޮށްލާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ޝާވިންއާއި ވާހަކަދެއްކޭލެއް ކުރިއަށްވުރެ ގިނަވުމުން އަހަރެން އުފަލުގެ ކޮޅެއްނެތެވެ. އަހަރެންގެ ހިތް އަބަދުވެސް އެއަޑު އަހާލުމަށް ބޭޤަރާރު ވެފައިވެއެވެ. ރޭގަނޑު ހަތަރުދަމު ފޯނުގައި އޮންނަމެވެ. ދުވާލުވެސް ގިނަވަގުތު ހުރެވެނީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ.

ނަމާދު ކުރުމަށާއި ދީނީ އެހެން ކަންކަމަށް ފަރުވާކުޑަ ކުރެވެމުން އައިސް އެކަންކަން ހަނދާން ނެތެން ފަށައިފިއެވެ. ފަތިހު ހޭލުމުގެ އާދަ ކެނޑި ގޭތެރޭގެ ކަންކަމުގައި އެއްގޮތަކަށްވެސް ނޫޅެވެއެވެ. ނުވިތާކަށް ޢާއިލާއާއިއެކު ވަޤުތު ހޭދަކުރާނެ ފުރުސަތެއް ނުލިބެއެވެ. ރައްޓެހިންގެ ޝަކުވާއަކީވެސް އެއީއެވެ.

ޝާވިން އަކީވެސް އަޖާބެއްފަދަ މީހެކެވެ. ރޭގަނޑު ހަތަރުދަމު ވާހަކަ ދެއްކިއަސް ދެކިލަން ބޭނުންވާ ވާހަކައާއި ނުފެންނަނިސް ނިދި ނާންނާނެކަމަށް ބުނެ ބައްދަލުކުރަން އަންނަންފެށިއެވެ. އަހަރެންނާއި ދޮންތަ ނިދަނީ އެއް ކޮޓަރީގައި ކަމަށްވުމުން އަހަންނަށް ޖެހެނީ ދޮންތަ ނިދަންދެން އިންތިޒާރު ކުރާށެވެ. ދޮންތަ ނިދައިފިކަން ޔަޤީންވުމުން ކުޑަދޮރުން ނިކުމެ ބަދިގެ ފަރާތުގައި ހުންނަ ޖޯލީގައި ތިބެނީއެވެ.

އަހަރެން ހައިރާން ވުމުގެ ބަދަލުގައި ވީ އުފަލެވެ. ދުވާލު ވަގުތުގައި މީޓް ކުރިއަސް ޝާވިންއަށް އޮންނަނީ އަބަދުވެސް އަވަހަށް ދާންޖެހިފައެވެ. ރޭގަނޑު ކިތަންމެ ދަމެއް ވިޔަސް ދާން ބޭނުންވެގެން އަމިއްލައަކަށް ނުބުނާނެއެވެ. އަދި ނުވިތާކަށް ދެމީހުން އެކަކު އަނެކަކުދެކެވާ ލޯބި ޢަމަލުން ބަޔާންކޮށްދެވޭފަދަ މިނިވަން މާހައުލެއް ލިބުނީއެވެ. ވީއިރު އަހަރެން ކިިިިހާ އުފާވާނެ ހެއްޔެވެ؟

ދުވަސްތައް ފާއިތުވަމުންގޮސް އާ އަހަރުގެ ކިޔެވުން ފެށެން ކައިރިވެއްޖެއެވެ. އަހަރެންގެ ޖީސީއީ އިމްތިހާނު އޮންނަ އަހަރެވެ. އަނެއްކޮޅުން ޝާވިންގެވެސް ކޮލެޖްގެ ފުރަތަމަ އަހަރެވެ.

ޝާވިން މާލެދާދުވަސް ކައިރިވަމުން އާދެއެވެ. އަހަރެން މިކަމާ ހިތް ނުތަނަވަސްވީ ނަމަވެސް އެކަން ހާމައެއް ނުކުރަމެވެ. އަހަރެންގެ ދުލުން ބަޔާންކޮށް ނުދިން ކަމުގައިވިއަސް އަހަރެން ޝާވިންއާއި ދުރުގައި ހުންނަން ޖެހުމުން ދެރަވާނެވަރު ޝާވިންއަށް އެނގޭނެކަން ގައިމެވެ. ނަމަވެސް އުފާވެރި މުސްތަޤްބަލަކަށްޓަކައި އަހަރެން ކެތްކުރަންޖެހޭނެއެވެ.

ގަޑިން ރޭގަނޑު ދިހައެއް ޖެހީއެވެ. ދޮންތަ އޮފީހުގެ ފަރާތުން ދަތުރަކު ދިއުމުން އަހަރެން ކޮޓަރީގައި ރަނިކަން ކުރަމުން ގެންދިޔައީމެވެ. އެހެން ރޭރެއާއި ޚިލާފަށް ފޯނުން ދައްކަން ބޭނުން ކޮންމެ ވާހަކައެއް އެއްވެސް ޖެހިލުމެއްނެތި އަހަރެން ދައްކަމުން ގެންދިޔައީމެވެ. އަދި ޝާވިންގެ ގާތުގައި ދޮންތަ ނެތްކަމާއި މިރޭ ބާރަށް ވާހަކަދެއްކިއަސް އަޑުއަހާނެ މީހަކު ނެއްކަން ބުނެދިނީމެވެ. ޝާވިންގެ ކަންފަތާއި ހަމައަށް އެޚަބަރު ފޯރުމާއި އެކު މަންމަމެން ނިދުމުން ގުޅާށޭބުނެ ފޯނު ކަނޑާލީ އަވަހަށް މަސައްކަތްތައް ނިންމާލަނީ ކަމަށް ބުނެފައެވެ. ޝާވިން ބައްޕަގެ ފިހާރައިގައި މަސައްކަތްކުރާލެއް ބުރަކަން އެނގޭތީ އަހަރެން އިތުރު ސުވާލެއް ނުކުރަމެވެ.

ގަޑިން ބާރަގަޑި ދިހައެއް ހިނގިއިރު ޝާވިން އައިސް އަހަރެންގެ ކޮޓަރީ ކުޑަދޮރުގައި ޓަކި ޖަހައިފިއެވެ. އަހަރެން މަޑުމަޑުން ދޮރުފަތް ހުޅުވާލީމެވެ. ޝާވިން ފައިވާން އަތަށް ނަގަމުން އެތެރެއަށް ދެމިގަތެވެ. އަހަރެން ދޮރު ރަނގަޅަށް ތަންޑުއެޅީމެވެ.

ޝާވިން އަހަރެންގެ އަތަށް ދިއްކޮށްލީ ކުޑަ ޕާރްސަލެކެވެ. އަހަރެން ޝައުޤުވެރިކަމާއިއެކު އެ ކެނޑުމަށްފަހު އޭގައިވާ އެއްޗެއް ނަގާ ބަލާލީމެވެ. ނިދާބޮކީގެ އަލި މާ ފަނޑުނުވުމުން އެއީ ރަތްކުލައިގެ ލޭސް ނައިޓީއެއްކަން އަހަންނަށް ނަގައިގަނެވުނެވެ. އެއާއިއެކު އަހަރެންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ.

އަހަރެން މަޑުމަޑުން ފަހަތައް ޖެހިލީމެވެ. އަދި ބޮލުގެ ޢިޝާރާތުން ނޫނެކޭ ބުނީމެވެ. ޝާވިން އަހަންނާއި ގާތްވެލަމުން އަހަންނަށް ވިސްނާދެން މަސައްކަތް ކުރިއެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާކަމާއި އަހަރެންވެސް ޝާވިންދެކެ ލޯބިވާކަމަށް ޔަޤީންކުރާކަމެވެ. އަހަންނަށް ދުވަހަކުވެސް ދެރައެއް ނުދޭނެކަމާއި ދޫކޮށް ނުލާނެކަމެވެ. މިއީވެސް އެކަމުގެ ހެއްކެއް ކަމާއި މިފަދަ ފުރުސަތެއްގެ އިންތިޒާރުގައި ވަރަށް ކެތްކޮށްފިންކަމާއި ދެން މިފަދަ ފުރުސަތެއް ނުލިބޭނެކަމެވެ. ދެން އެންމެ އަވަހަށް ފުރާ އެއްޗަކުން ޝާވިން މާލެ ދާން ޖެހޭކަމެވެ. އަހަރެން ބޭނުން ނޫންނަމަ މަޖުބޫރުކަމެއް ނެތްކަމާއި އަބަދުވެސް ލޯބިވާނެކަމެވެ. އަހަރެން ލޯބި ނުވާނަމަވެސް ކުރިން އެވާހަކަ ބުނެދިނުމަށް އެދެމުން ޝާވިން ނޭފަތް ދަމާލިއެވެ. އޭރު އެދެލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތައް ބަބުޅަން ފަށައިފިއެވެ. އަހަރެންވެސް ފެންކަޅިވެފައިވާ ހާލު ޝާވިންގެ ދެލޯ ފުހެދިނުމަށްފަހު އެ ހަށިގަނޑުގައި ބައްދާލީމެވެ. سبحنالله އެވެ! އެފަދަ ބޮޑު ފާފައަކަށް އަރައިގަންއިރު އަހަރެންގެ ހިތުގައި ކުޑަނަމަވެސް ބިރުވެރިކަމެއް ނެތީ ހެއްޔެވެ؟ އާއެކެވެ! އަހަރެންގެ އީމާންތެރިކަންވަނީ އެހާވެސް ދަށްވެފައެވެ. ޝައިތާނާވަނީ އަހަރެންގެ ބޮލަށް ސަވާރުވެފައެވެ.

އަހަންނަށް ހޭލެވުނީ މަންމަ ގޮވާއަޑަށެވެ. މޯޅިއަކަށް ދެމިލަމުން ސައިޑް ޓޭބަލްމަތީއޮތް ފޯނުން ގަޑި ބަލާލިއިރު ގަޑިން ނުވަގަޑި ބައި ވަނީއެވެ. ލައިގެންއޮތް ރަތްކުލައިގެ ތުނި ނައިޓީ ލޮލުގައި އަޅައިގަތީވެސް އެވަގުތެވެ. ރޭގައި ޝާވިންއާއިއެކު ހޭދަކުރެވުނު ލޯބިންފުރިގެންވާ އުފާވެރި ވަގުތުކޮޅު ހަނދާންވުމުން ހިނތުންވެލެވުނެވެ. ޖެހިގެން އައި ސިކުންތުގައި ފުންމައިގެން ތެދުވެ ތުވާލި ކޮނޑަށް ލައިގެން ފާޚާނާއާއި ދިމާއަށް ދެވުނު ގޮތެއްވެސް ނޭނގެއެވެ.

ޖެހިގެން އައި ހުކުރު ދުވަހު ޝާވިން މާލެ ދާން ފުރައިފިއެވެ. އެތަށް ވަޢުދުތަކެއް ވުމަށްފަހުއެވެ. ދުރުގާ އުޅެން ޖެހުނު ނަމަވެސް އަހަރެމެންގެ ގުޅުމަށް ބަދަލެއް ނާންނާނެކަމަށް ބުނަމުންނެވެ. އަބަދުވެސް އަހަރެންދެކެ ލޯބި ވާނެކަމާއި ކޮންމެ ދުވަހަކުވެސް ގުޅާނެކަމަށް ބުންޏެވެ. އަހަރެންވެސް ޝާވިން އަންނާނެ ދުވަހަކަށް އިންތިޒާރު ކުރާނެކަމަށް ބުނީމެވެ. އަހަންނެށް އެދުވަހު ވަރަށް ރޮވުނެވެ. އަހަރެން ހަމައަކަށް އެޅުނީ އޭގެ ފަހުން ޙަފްތާއެއް ފާއިތުވީ ފަހުންނެވެ.

ދުވަސްތެއް ފާއިތުވަމުންދެއެވެ. އަހަރެންވެސް އާ ހިތްވަރެއް ނެރެ ކިޔެވުމުގައި ގިނަވަގުތު ހޭދަކުރަން ފެށީމެވެ. ކުރިއާއި ޚިލާފަށް ޝާވިންއާއި ވާހަކަ ދެއްކެނީ ރޭގަނޑުގެ އިރާކޮޅުން ބައެއްގައި ކަމުން އެހެން ކަންތައްތަކަށް ވަގުތު ދެވެންފެށިއެވެ.

ޝާވިން މާލެ ދިއުމަށްފަހު ތިންމަސް ފާއިތުވީއިރު އަހަރެންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އަހަރެން ބަލިވެ އިނީކަން ޔަޤީންވީ އަހަރެން ބޯއަނބުރާ މޭނުބައިކޮށް ހޮޑުލެވެން ފެށުމުން ވަރަށް އިތުބާރުހުރި ރައްޓެއްސެއްގެ އެހީގައި އަމިއްލައަށް ކުރި ޓެސްޓަކުންނެވެ. އަހަރެންނަށް ހަދާނެ އެއްވެސް އިތުރު ގޮތެއް ނުވިސްނޭ ހާލު ޝާވިން އަށް ގުޅާފައި އެވާހަކަ ބުނީމެވެ.

ޝާވިން ބޭނުންވީ އަވަހަށް ދަރިފުޅު ވައްޓާލާށެވެ. ނަމަވެސް އަހަންނަށް ވަގުތުން ދެކޮޅު ހެދުނެވެ. އެރޭ ކުރެވުނު ބޮޑު ފާފައިގެ މަތިން ހަނދާންވެ ހިތަށް ބިރުވެރިކަން ވަން ފަހަރެއް މި ނޫނީ ނާދެއެވެ. އިތުރު ފާފައަކަށް އަރައިގަންނަން އަހަރެންގެ ނަފްސު އެއްބަހެއް ނުވިއެވެ. އެތަށް ގޮތަކަށް ވިސްނާދޭން ޝާވިން މަސައްކަތް ކުރި ނަމަވެސް އަހަރެން އެކަމާ ފާޅުގައި ދެކޮޅު ހެދީމެވެ. ކިޔެވުން ދޫކޮށް މުޅި ރަށަށް ބޭޒާރުވާން ޖެހުނަސް ހެޔޮކަމަށް ބުނެއެވެ. އެންމެ ފަހުން ޝާވިން އަހަރެންނާއި ގުޅުން ކަނޑާލުމަށްފަހު ފޯނު ބޭއްވީ ތިއީ މަގޭ ދަރިއެއް ނޫނޭ ބުނަމުންނެވެ.

އަހަރެން އަޑުން އަޑުނަގާ ރޮއިގަންނަމުން ކަކޫ މައްޗަށް ތިރިވީމެވެ. އެނދުގައި ލެނގިލައިގެން އިނދެ ގިސްލަގިސްލާފައި ރުއީމެވެ.

“ނޫން!” އަހަރެންގެ އަޑު ކެނޑުނީ ދޮންތަގެ ހަޅޭކުގެ އަޑަށެވެ. އޭރު ފާޚާނާއިން ނިކުތް ގޮތަށް ހުއްޓުން އަރާފައި ދޮންތަ ހުއްޓެވެ. ދޮންތައަށް އަހަރެން ދެއްކި ވާހަކަ އަޑު އިވުނީކަން އަހަންނަށް ޔަޤީންވިއެވެ.

އާއެކެވެ! އަހަރެންގެ ކިޔެވުން ބަރުބާދުވީއެވެ. އަހަރެން މުޅި ރަށަށް ފަޟީހަތްވީއެވެ. އަހަރެންގެ ކުރީގެ އެކުވެރިން އަހަންނާއިއެކު އުޅެން ލަދުގަނެއެވެ. ނުވަތަ އެކުދިންގެ މަންމަމެން އެކަން މަނާކުރީއެވެ.

މައިން ބަފައިން ދަރިންގެ މުސްތަޤުބަލަށްޓަކައި ހާދަ އުންމީދެއް ކުރާނެއެވެ. އެގޮތުން އަހަރެންގެ މަންމައާއި ބައްޕަވެސް ހާދަ ބުރައެއް އުފުލިއެވެ. އަދި ޚާއްސަކޮށް ވޭތުވެދިޔަ ދިހަ އަހަރު ހާދަ ޚަރަދެއް ކުރިއެވެ. ހާދަ އުންމީދެއް ކުރިއެވެ. ނަމަވެސް އޭގެ ބަދަލުގައި އެ ދިހަ އަހަރުގެ ނަތީޖާ އަހަންނަށް ދެވުނީ ކޮންފަދައަކުންތޯއެވެ! ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އޭރު ރައްޓެހިންގެ ބަސް ޤަބޫލް ނުކުރެވުނު ނަމައެވެ. އެދުވަހު ދޮންތަ ދެއްކި ވާހަކަ ޤަބޫލްކުރެވުނު ނަމައެވެ. ކުޑައިރުއްސުރެ މަންމައާއި ބައްޕަ ދިން ނަޞޭހަތުގައި ހިފުނުނަމައެވެ. ދީނީ ކަންކަމަށް ފަރުވާކުޑަ ނުކުރެވުނު ނަމައެވެ. ނަމަވެސް ދެން އެކަމެއް ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް މިއަދުވެސް އަހަރެން ހިތްވަރު ލިބިގަންނަމުން މިދަނީ އަހަރެންގެ މަންމައާއި ބައްޕަގެ އޯގާތެރިކަމުންނެވެ. އާއެކެވެ! މައިންބަފައިން ދަރިންދެކެ އެވާ ލޯތްބަކީ ދެގޮތެއްނުވާ ލޯތްބެކެވެ.

ނުވަމަހާއި ނުވަދުވަހުގެ ވޭނާއި ތަދު އިޙްޞާސް ކުރުމަށްފަހު އަހަރެން ވިހެއީ ލޯބި ލޯބި އަންހެން ކުއްޖެކެވެ. އަހަރެން އެކުއްޖާއަށް ސުމައްޔާ އޭ ކިޔާ ނަންދިނީމެވެ. އަހަރެންގެ ކުޑަކުޑަ އާއިލާ އެކުއްޖާ ބަލައިގަތީ ނުހަނު ލޯތްބާއި އެކުއެވެ. ތެދެކެވެ! އެކުއްޖާގެ ކުށަކީ ކޮބާ ހެއްޔެވެ؟ ފާފަކުރީ އެހެން ބައެކެވެ. އެއީ ޠާޙިރު ފުރާނައެކެވެ.

ވިހެއުމަށްފަހު އަހަރެން އަހަރެންގެ ކުށަށް ތަޢުބާވެ އަދަބު ލިބިގަތީމެވެ. އަހަރެންގެ ކުދި ބޮޑު އެންމެހާ ކުށްތައް ޢަފޫ ކޮށްދެއްވުންއެދި އަބަދުވެސް الله ހަޟްރަތުގައި ދަންނަވަމެވެ. ނަމަވެސް ޝާވިން އެކަމުން ބޯ ދަމައިގަތީ ކުރިން ބުނި ފަދައިން އޭނާގެ ދަރިއެއް ނޫންކަމަށް ބުނެއެވެ.

މިހާރު އަހަރެންގެ އުމުރުން ވިހި އަހަރު ފުރިހަމަވީއެވެ. މާތް الله ގެ ރަޙްމަތްފުޅާއިއެކު އަހަންނަކީ މިހާރު އެކަލާނގެއަށް ބިރުވެތިވާ ކިޔަމަންތެރި އަޅަކީމެވެ. އަހަރެންގެ ފިރިމީހާ ހުސްނީއަކީ ދީންވެރި ތަޤްވާވެރި ފިރިއެކެވެ. އަދި މިކައިވެންޏަށް އިތުރު ފިރިހެން ދަރިއަކުވެސް ވަނީ ލިބިފައެވެ. ސުމައްޔާއާއި ލޫތުއާއި ދެކުދިންގެ މެދުގައި ހުސްނީ ތަފާތެއް ނުކުރެއެވެ. އެދެކުދިންނަކީ އަހަރެމެން ދެމަފިރިންގެ ގޭގެ އުފާވެރިކަމެވެ.

– ނިމުނީ –

Comments (41)

  1. Psenhi

    SLM. Psenhi GE vahakathah kiyuvva huriha beyfulhunnahves mi vahaka rythivanekamah heekuran. Hama hithah ery different story eh liyelaaniyyey. Thank you for reading n psenhige “manma- aguhuri niumathekeve” mivahakaves kiyane kamah unmeedh kuran. Jazakallah khairan

  2. shafu

    vv reethi

    1. Psenhi
      shafu

      Jazakallah khairan shafu

  3. RiMu

    Salaam.. Mee first.. NYC story..

    1. Psenhi
      RiMu

      Jazakallah khairan RiMu. Second dhw

  4. Addu manje

    Varah reethi.. ❤

    1. Psenhi
      Addu manje

      Jazakallah khairan Addu manje

  5. Z,M

    Varah furihama

    1. Psenhi
      Z,M

      Jazakallah khairan :p

  6. Aisha

    Masha Allah varah furihama varah iburaiytheri vaahakaeh

    1. Psenhi
      Aisha

      Jazakallah khairan Aisha

  7. Naby

    Reethi

    1. Psenhi
      Naby

      Jazakallah khairan Naby

  8. Wendy

    Varah reethi and unique?☺psenhi ge ehn vaahaka thakahves inthizaaru kuraanan☺

    1. Psenhi
      Wendy

      Jazakallah khairan Wendy. Insha Allah adhives mifadha vahakathah fennane

  9. Noor

    Varah furihama vaahakaeh..?

    1. Psenhi
      Noor

      Jazakallah khairan Noor

  10. Aish

    Vvvvv reethi…?

    1. Psenhi
      Aish

      Jazakallah khairan

    2. Psenhi
      Aish

      Jazakallah khairan laii

  11. Anonymous

    mi link ga in vaahakaya varah ehgoiy…almost same…..please check…https://www.esfiya.com/6751/

    1. Psenhi
      Anonymous

      Jazakallah khairan. Alsvs ehgoikameh ebahuri dhw. BT v Gina goigothun difference vs hurihen heevey

  12. laii

    Maasha allah.. vrh reethi

  13. If

    V reethi

    1. Psenhi
      If

      Jazakallah khairan If

  14. Book Lover

    Maasha Allah…. Psenhi ge vaahaka tha vvvvv reethi ……ehkala mamma vaahaka ves vv reethi adhi v ibraitheri…??

    1. Psenhi
      Book Lover

      Jazakallah khairan Book Lover. 🙂 v ufavejje

  15. Xxxx

    Maasha Allah great story.. nice.

    1. Psenhi
      Xxxx

      Jazakallah khairan Xxxx

  16. Shiboo

    V reethi

    1. Psenhi
      Shiboo

      Jazakallah khairan shiboo

  17. Adha?

    Maasha allah varah iburaiytheri ehaame reethi vaahaka eh
    ?

    1. Psenhi
      Adha?

      Jazakallah khairan Adha

    2. Adha?
      Adha?

      “Wa antum fa jazakumullahu khayran” psenhi

  18. Shahoo

    Reethi??

    1. Psenhi
      Shahoo

      Jazakallah khairan shahoo 🙂

  19. Khajja

    Masha allah v rythi v ibraiytheri zamaanaagulhey stry eh n thanks 4 the luvly stry❤❤❤??

    1. Psenhi
      Khajja

      Jazakallah khairan khajja. Unmeedhu kuranyvs ibrai libiganegen miulhey kudhin mikama visnane kamah

  20. Pink

    Ma’sha allah
    v reethi story eh
    Ummeedhu kuran mikahala ithru vaahaka eh kiyaalan libeyne kamah ?

    1. Psenhi
      Pink

      Jazakallah khairan. Thikahala visnumeh ebahuri

  21. naxema

    vara derave mikiyaafa ?rulhivesai?ufaavesvee ?miee salhi vaahaka eh hurihaa rahae ekulevigenvaa furihama molhu vaahakaeh

Comments are closed.