Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

މަލާކް… 4ވަނަބައި

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
June 4, 2017 4 Mins Read
37 Comments

“އޭތް ތުއްތޮންބޭ.. ބަލާބަލަހުންނަ ވަގުކަން.. ބިޓެއްނަގާފައަންގާވެސްނުލާ.. ” މިޝާއަށް ކެތްނުވެގެން ޖަޒްލާންކައިރިއަށް ޖެހިލާ ކޮނޑުގައިޖަހާލަމުން ވާހަކަދެއްކިއެވެ.  “މިޝްކޮއާއި މަލްކޮއަށްތަ އަހަރެމެން މިއިންތިޒާރުކުރީ..” ޖަޒްލާންވެސް ކޮއްލީ އޭނާގެ ހިތުގައިވާ ސުވާލެވެ. މިޝާއޭނައާއި ޝަމާލްގެ ވާހަކަބުނެދިނެެވެ. ” މީި.. އަސްލުވީގޮތަކީ މިރިލޭޝަަން މިއަދާހަމަޔަށްވެސް އޮތީސިއްރުކުރެވިފަ.. އަދި މިއަދު ބިންގެ އެއްބަނޑުއެއްބަފާ ދޮންބެއަށްވެސް އިނގުނީ.. . ބައިދަވޭ.. މިޝްކޮޮ.. މަލްކޮ.. މީ ބިންޔާ.. ތުއްތޮންބެގެ. އުހުމް އުހުމް .. ދެން އެނގޭނެދޯ.. ” ބިންޔާއަށް ލޯބިން ގޮވާނަމުން ގޮވަންނުކެރިގެން އެހެން ހަދާލުމުން އެންމެ އެކީގަހެން ހީލުމުން ޖަޒްލާން ރަކިވާގޮތްވެއްޖެއެވެ.
ޖަޒްލާންއަކީީ މަލާކްމެންގެ މަންމަފަރާތު ހުރި ހަމައެކަނި ބޮޑުދައިތަގެ ދަރިއެވެ. ޖަޒްލާންގެ އުމުރުންް 3 އަހަރުގައި އޭނަގެ މަންމަ ނިޔާވުމުން ގިނައިން އައިސްއުޅުނީ މަލާކްމެންނާއެކުގައި އެގޭގައެވެ. ނަމަވެސް ބޮޑުވެ 18 އަހަރުވީތަނާހެން އޭނާގެ ބައްޕަ އެގޯތި އެއްކޮށް ޖަޒްލާން އަށް ރަޖިސްޓްރީކޮށް ހަދާދީފައި މެލޭޝިޔާމީހަކާއިނދެގެން ބަދަލްވުމުން ޖަޒްލާންވެސް ގެ ކުއްޔަށްދީފައި ކިޔަވަން އޭނަގެ ބައްޕައާއިއެކުގައި ދިޔައީއެވެ. ނަމަވެސް ގެއަށްނުދެވުނަސް ގުޅައިގެންނާއި ސޯސަލްމީޑިޔާތައް ބޭނުންކޮށްގެންވެސް މަލާކްމެންނާ އޮންނަގުޅުމަށް ބުރުލެއް އެރިޔަކަނުދެއެވެ.
“ހެެއި ބިން .. ހަމައަސްލުވެސް އަހަރުމެންގެ ފަހަރިއަކަށްވަނީތަ.. އަޅެހާދައުފާވެއްޖޭ.. ” މިޝާ ބިންޔާއާއި ވާހަކަދެއްކިލެއް ގާތްކަމުން ޖަޒްލާން ހުރީ ބުނާނެ އެއްޗެއްނޭންގި އަނގަހުޅުވިފައެވެ. އެކަން މަލާކްއަށް އެނގުމާއެކު ޖަޒްލާންގެ ދަތްދޮޅީހިފާލައްޕާލަމުން ” ތިހާބޮޑަށް އަނގަހުޅުވިފަ އިންދަ މެއްސެއްވަދެދާނެ” އޭބުނުމުން ” މަލްކޮވެސް ހާދަލާނެތްވޭއްޖޭބުނެެ” ކޮލުގަހިފާލިއެވެ. މިޝާ އޭނާއާއި ބިންޔާއަކީ ސްކޫލްދައުރުގެ ދެރަހްމަތްތެރިން ކަން  އޮޅުންފިލުވައިދިނެވެ. “އެހެންވީމަ ޑޭޓަކަށްވުރެ ބޮޑަށް މިވީ ފެމިލީ ޓްރީޓަކަށްދޯ” ޝަމާލް މިހެންބުނިއިރު އޯޑަރުނަގަން އައިސް ހުރުމުން އެެމީހަކު އެންމެ ކައިރީ އިންގޮނޑިއެއްގަ އިށީންދެލިއެވެ. މަލާކްއާއި ޖެހުނީ އަރޫންކައިރީ ގައި އިންނަންކަމުން ހިތާހިތުން އުފާހާސިލްކުރަމުން ދިޔައިރު އަރޫންގެ ހާލަކީވެސް ހަމައެޔެވެ.
އޯޑަރުނަގައިގެން އެއައިމީހާދިއުމުން މިޝާއާއި ޝަމާލްގެ އިތުރުން ޖަޒްލާން އާއި ބިންޔާ އެމީހުން އަމިއްލަ ވާހަކަތަައް ދައްކަން ފެށިއެވެ. އެއާއެކު އަރޫން ވެސް ވަރަށް ހިތްވަރުކޮށްފައި ކާލުކިހިނެއްތޯ މަލާކްކުރެއް އަހާލިއެވެ. ” ރަނގަޅު..” ލަދުރަކި ހިނިތުންވުމަކާއިއެކު މަލާކް ޖަވާބުދިނުމުން އަރޫން އަށް އިތުރަށް ވާހަކަދައްކަން ކެރުނެވެ. އޭރުވެސް މަލާކްގެ ހިތް ނެގިނެގިފައި ޖެހޭއިރު ހީވަނީ ދެންްމެ ދެންމެ އޭގެ މަގާމުދޫކޮށް ނިކުމެގެން ދާން އުުޅޭހެންނެވެ. އަތް ފަޔަށް ފިނިވެފައި ހުރުމުން ދެއަތް ދެއަތާއި މޮޑެލަ މޮޑެލައިނީ ކައިރީގައި އިން އަރޫންއަށް މިއިން ކަމެއް އިނގިދާނެތީއެވެ. އިރުކޮޅަކުން އޯޑަރުކުރިއެއްޗެހި ގެނައެެވެ.
ހިޝާމް މައިޝާއާއި މީރާން އާއިއެކުގައި ކައިވެނީގެ ވާހަކަ ދައްކަންތިއްބެވެ. “ދަރިފުޅިމިހާރު ކުލައެއްނިންމައިފިންތަ..” ހިޝާމް ލޯތްބާއެކު އަހާލިއެވެ. ” ލައްބަ ބައްޕާ.. ކުޑާއަށްވެސް މަލްކޮއަށްވެސް އެންމެކަމުދަނީ ފެހިކުލަ” މަަލާކް އަބަދުވެސް ކުޑާކިޔާތީ މައިޝާވެސް މިޝާއަަށް ކިޔަނީ އެހެންނެވެ. ” އެއީ އަހަރެންނަށްވެސް ވަރަށްރީތިކުލައެއް.. ” މީރާންއަށް ވެސް އެކުލަ ރީތިވާހަކަބުނުމުން ކުލަފައިނަލްވިއެވެ. އަދި ކައިވެނީގެ ހަފްލާބާއްވަން ނިންމީ ހޮޓެލް ޖެންގައެވެ. މީރާން އަށް އެތަން މާކަމުދަނީއެވެ.

ކައިނިމިގެން ބުރެއްޖަހާލާފަ ގެއަށް ދާން ނިންމުމުން މަލާކް އިނީ ވަރަށް ކަންބޮޑުވެފައެވެ. އަރޫންގެ ފަހަތަށް އަރަން ޖެހިއްޖެޔާ އޭނާއަށް ވާނެ ގޮތް ހިޔާލަށްވެސް ނުގެނެވޭތީއެވެ. ކަންތައްދިމާވީވެސް ހަމައެހެނެވެ. ބިންޔާއާއި ޖަޒްލާން އެކީގައިދާން ބުނުމުން މަލާކް ޖެހުނީ އަރޫންގެ ސައިކަލުުގެ ފަހަތަށް އަރާށެވެ. އަރޫންގެ ހިތް އުފަލުން ނަށާލިއެވެ. މަލާކްލަދުން ހުރެނަމަވެސް އަރޫންގެ ފަހަތަށް އެރީއަރާހިތުންނެވެ. އަރޫން ސައިކަލްދުއްވީ ވަރަށް މަޑުންކަމުން ދެންހުރި ސައިކަލްތަކަށް ވުރެ ފަހަތުގައި އެމީހުން ތިބުމުން މަލާކްވަރަށް ކަންބޮޑުވިއެވެ. “އެމީހުން އެދަނީ .. ކީއްވެ އެެހާމަޑުން ތިދަނީ..” ކެތްނުވެގެން މަލާކްއެހެން އަހާލިއެވެ. ” ބާރަށްދުއްވީމަ ބިރެއްނުގަންނާނެތަ..” އަރޫންވެސް ކޮށްލީ ސުވާލެކެވެ. “ހޫމް” އޭބުނިމާއެކު އަރޫން ސައިކަލް ސްޕީޑްހިފާލިއެވެ. އެއާއެެކު މަލާކް އަށް ލިބުން ސިހުމުގަ އަރޫންގެ އުނނަގަނޑުގައި އަތްވަށާލެެވި ބުރަކަށީގައި މޫނުޖައްސާ ބާރުކޮށްލެވުނީ އެއްވެސް އިހްތިޔާރަކާއިނުލައެވެ. އެވަގުތު އަރޫންގެ ތުންފަތަށް ވެރިވިހިނިތުންވުން ކުރިމަތީމީހަކުު ބަލަން ހުރިނަމަ ޔަގީނުންވެސް ސިއްރެއްނުވާނެއެވެ. އެހިތައް ބަޔާންނުކުރެވޭހާ އުފާވެރިކަން ވެރިވެގެންދިޔައެވެ. އެހިނދުކޮޅު އަބަދުގެ އަބަދަށް ދެމިއޮންނަން އެހިތް އެދިގޮވަމުން ދިޔައެވެ.

ފިނިބުރުނިމިގެއަށްދެވުންއިރު ބަލްޤިސް ސޯފާގައި އިނުމުން ބިންޔާދިޔައީކޮޓަރިއަށެވެ. ނަމަވެސް އަރޫން މިސްރާބުޖެހީ މަންމަކައިރީ ވަގުތުކޮޅެއްހޭދަކޮއްލުމަށް އެދިމާއަށެވެ. “މަންްމަ ހާދަ ލަސްވަންދެން ތިއިނީ.. ” “އިންނާނެއްނު.. ބިންޔާކައިރީގަ ބުނުން ލަސްވަންދެން ބޭރުގަ ނޫޅޭށޭ .. ތީ އަންހެންކުއްޖެކޭ.. އެކަމަކު ހަމައިވޭކަމަކަށްނުވިއެއްނު.. މިހާރުއެހެރަގެން އެގާރަޖެހީ.. ” އެއްފައްޗަކަށް ބަލްޤިލްސް އަމުނާލިއެވެ. އޭނާގެ މޫނުމަތިން ފެންނަންހުރި ހިތްހަމަނުޖެހުމާ ރުޅިވެރިކަން ފެނި އަރޫން އިސްޖަހާލީ މަންމަ ކޮއްކޮއަށް ތަފާތުކުރުން އަދިވެސް ނުހުއްޓާކަން ޔަގީންވުމުންނެވެ. “އަޅެމަންމާ ހިނގާބަލަ އެއްކަލަހެން މީރު ކޮފޯތައްޓެއްހަދާދޭން. މަންމަ ގިރީމަ އެލާމީރު ރަހަ އެހެންމީހުން ގިރީމަކަނުލައޭ.. ” އަރޫން ބޭނުންވީ އޭނާގެ މަންމަގެ ރުޅިގަނޑުފިނިކޮއްލާށެވެ.

އެރޭ ނިދަންއުޅެއުޅެ މަލާކް ގެ ލޮލަކަށް ނިންޖެއްނައެވެ. އަރޫންގައިން ދުވި އެމީރުވަސް ނޭފަތުގައި ހަރުލާފައި ހުރިކަހަލައެެެވެ. ފޯނުން އަރޫން މިރޭއޭނާގެ ނަންބަރަށް މިސްކޯލެއްދިނުމަށް ޑައިލްކޮއްލި ނަންބަރަށްވެސް މިހާރު ބެލުނުއަދަދެއްވެސް ނޭންގެއެވެ. ގުޅާލަން ކިތަންމެހާވެސް ހިތްއެދެއެވެ. އެއަޑު އެހުމަށް ހިތްބޭގަރާރްވެއެވެ. ނަމަވެސް އަމިއްލައަށް އިސްނަގައިގެން އެކަހަލަކަމެއްކުރުން އެއީ މަލާކް ދުވަހަކުވެސް ކުރަން ބޭނުންކަމެއްނޫނެވެ. އެނދުގައި ފުރޮޅިފުރޮޅި އޮވެވުނީ ކިހާއިރަކުކަމެއްވެސް ނޭންގެއެވެ.

ކުއްލިއަކަށް ސިއްސައިގެން ގޮސްހޭލެވުނީ ފޯންރިންގްވާއަޑަށެވެ. ލޯއުނގުޅަމުން ފޯންނަގާބަލާލުމާއެކުހެން މަލާކްގެ ނިދިވެސް ފިލާދިޔަކަހަލައެވެ. ” ހެލޯ.. ހެއި މަލާ.. ނުތެދުވަންތަ ނަމާދަށް.. ” އަރޫންގެ އަޑުޖެހުމާއެކު މަލާކް އަށް ހިންދިރުވާލެވުނެވެ. ” ނޫނޭ މިހާރުމީ ތެދުވާގަޑި.. އިރުކޮޅަކުން ފޯންއެލާންވާނެ..” މަލާކް ގެ ވާހަކަދެއްކުމުގައި ހުރި ލަދުވެތިކަން އެވަގުތުވެސް އަރޫން އަށް އިހްސާސްކޮށްލެވުނެވެ. އޭނާބޭނުންވަނީ އެކަހަލަ ލަދުރަކި އުޅުުންހުރި ދީންވެރި ރީތިކުއްޖެކެވެ. އެހުރިހާސިފައެއް މަލާކްކިބައިން އޭނާއަަށްވަނީ އެކުޑަކުޑަ ބައްދަލްވުން ތަކުންވެސް ފެނިފައެވެ. “އަހަރެން މިހެން ގުޅީީމަ މަލާކް އަށް އަނެއްކާ އުނދަގުވޭތަ.. ” އަރޫން ބޭނުންވީ ކުޑައިރުކޮޅަކު އެހިތުގެ އެދުމަށް އިޖާބަދީ މާލަކްއާއި ވާހަކަދައްކާލާށެވެ. “ނޫން..  އެކަމަކު މިވަގުތު ބާއްވަނީ އަވަހަށް ފެންވަރައިގެން ތއްޔާރުވެލީމަ ވަގުތަށް ނަމާދައްއެރޭނީވެސް.. ” އަރޫންވެސް ބަސްގަބޫލުކޮށް ފޯންބޭއްވީ ފަހުން ގުޅާނެ ކަމަށް ބުނެފައެވެ. މަަލާކް ފޯނުބޭއްވުމާއެކު މޭގައި ފޯނުޖައްސާލީ ލިބިފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ.

އާދުވަހަކަށް އިރުއެރީ މަލާކްގެ ހަޔާތައް އުފާވެރިކަން ގެނެސްދެމުންނެވެެ. ހެނދުނުގެ ނާސްތާއަށް ފަހު މައިޝާ އޮފީހަށްދިއުމުން މިޝާާއި މަލާކް އަވަސްވެގަތީ ކައިވެނީގެ ހަފްލާގައި ލާނެ ހެދުންހޯދުމަށެވެެ. ދެކުދިންވެސް ހެދުން ފައްސަން ބޭނުންވުމުން ފޮތިގަނެ ފަހާތާކަށް ލުމަށްފަހު ބިންޔާއަަށް ގުޅާާ އެވާހަކަބުންޏެވެ. “އަޅެ އަސްލުގަވެސްތަ.. ބިންވެސް ވައިޓް ޑްރެސްއަކަަށް ރޭގަ އިންނާނީ އޯޑަރ ކޮއްލާފަ..” ” އެހެންވީމަ ތުއްތޮންބެ ކައިރީ ވެސް ބުނެލައްޗޭ.. .. ” މިޝާ ފޯން ކުރުކޮށްލީ ބިންޔާގެވެސް އޮފީސްގަޑިއަށްވީމައެވެ.

އަރޫން އާއި ޝަމާލް މެންދުރުވުމުން ގ.ޒިޔާދާމަންޒިލްއަށް ދިޔައީ ބުނެވެސް ނުލައެވެ. އޭރު މިޝާއާއި މަލާކް ގޭގައި އެކަނިވިނުން ތިބީ ސޯފާގައި ފިލްމެއްބަލަން އޮށޯވެލައިގެންނެވެ. ހިޝާމްވެސް ރަސްމީދުވަހެއްކަމުން ވީ އޮފީހުގައެެެވެ. ގޭގެ ބެލްޖަހާލުމާއެކު މަލާކްގޮސް ދޮރުހުޅިވާލީ އެއްވެސް ވަރަކަށް އަރޫން ހުރެދާނެ ކަމަކަށްނޫނެވެ. ދެލޯބޮޑުކޮއްލުމަށްފަހު ކަމަކުތޯއަހާލެވުނީވެސް އިސްޖަހާލައިގެންހުރެއެވެ. ” ހޭ މަލްކޯ އެސޮރު ނުވައްދާނަންތަ..” ޝަމާލްއަށް މާލަކް އަށްވީގޮތްފެނި އޭނައަށް ހީވަމުންދާ ހީވުމަށް ބޮޅެއްއިތުރުވެ އަހާލިއެވެ.

“އަވަހާވަދޭ..” ރަކިވުމާއެކު އެހެންބުނެ މަލާކް އެތެރެއަށް ވަދެގެން ދިޔައެވެ. ކޮޓަރިއަށް ގޮސްވަނުމާއެކު މަލާކްއަށް މެސެޖްއެއް އަައިއަޑުއިވުނެވެ. އަވަހަށްގޮސްބަލާލިި އިރު “ކީއްވެތަ އަރޫންފެނުނީމަ ތިފިލަނީ.. ” މިހެންޖަހާފައިން މެސެޖެއް ފޮނުވާލާފައި އިނެެެވެ. ” ކަމެއްނުވޭ.. ” ވަރަށްކުރުކޮށް މަލާކްވެސް ރިޕްލައިކޮށްލިއެވެ. ” އަޅެ އެހެންވީޔާ ނިކުމެބަލަ.. ޓެރަހަށް ބޭނުން ވާހަކަ ދައްކާލަަން.. ވެދާނެތަ.. ” އަނެއްކާވެސް އަރޫންގެ މެސެޖްއެއްއައެވެ. ބޭއިހްތިޔާރުގައި “ޔެސް” ޖަހާ ރިޕްލައިކޮއްލެވުން  ފަހުން މަލާކް ފިނިވާގޮތްވެއްޖެއެވެ. އެގޮތައް މިހަކާ ބައްދަލްނުކުރާ ކުއްޖަކަށް ވުމުން “ނޫން ” އޭ ބުނެ މޫނުގައި ބާލިސް އަޅާާ އެނދުމައްޗަށް ވެއްޓިގަނެވުނީ އެވެ.

އަރޫން ފޯނެއް އަންނަކަމަަށް ހަދާ މިޝާ އާއި ޝަމާލް ފިލްމަށް ގެއްލިފައި ތިއްބާ އެބައަންނަމޭބުން ދިޔަނުދިޔަ ތަނެއްނޭންގުނެވެ. އަރޫން ޓެރަހަށް އެރުމަށްފަހު އެއްކަނެއްގައި ހިޔާކޮއްލެވިފައިވާާ އުނދޯލިގެއާއި ދިމާއަށް މިސްރާބްޖެހީ މަލާކްއަށް މެސެޖްކޮއްލަމުންނެވެ. ” ކޮބާ.. މިހުރީ ޓެރަހުގަ .. ” އަތްފަޔަށް ނޭންގޭ ފިންޏެއްވަމުން ދާއިރުވެސް ހިތްއެދޭ ސޫރަ ދެކެލަން ކެތްމަދުވެފައި ހުރެ އަރޫން ގޮސް އުނދޯލީގައި އިށީންދެލިއެވެ.

މަލާކްއަށް ހަދާނެގޮތްހުސްވެ ދެކޮޅުދެޅަށް ހިނގާލަހިނގާލާހުއްޓާ މެސެޖްލިބުމުުން އިތުރަށް ހާސްވެ މީހާ އެއްކޮށް ގަނޑުވިކަހަލައެވެ. ބޭރަށް ނިކުުތުމަށް ހިތްއެދިގޮވާއިރުވެސް ޖެހިލުންވަނީއެވެ. މަޑުމަޑުން ބޭޭރަށްނިކުންނަށް އިންދޮރުކަހާލަ ބޯދިއްކޮއްލީީ ބޭރުބަލާލާށެވެ. ނަމަވެސް ކުއްލިއަކަަށް އަރޫން އައިސް ކުރިމަތީ ހުއްޓުމުން ދޮރުކަހާލާ ލައްޕާލަން ހިފުނީ ސިހުނުވަރުންނެވެ. މަލާކް އަށް ދޮރު ލެއްޕުނަނުދީ އަރޫން ހިފާއްޓާލުމުން ދެމީހުނަަށް އެކަކުއަނެކަކަށް ބަލާލެެެވުނެވެ. ހަތަރުކަޅިހަމަވެގެން ދިއުމާއެކު މަލާކްއަށް އެލޮލުގެ ތެރެއަށް ފީނައިގަނެވުނީ ކިހިނެއްކަމެއްވެސް ނޭންނެވެ. އޭނާއަަށް އަރޫންގެ ލޮލުން ލޯބިނޫން އެއްވެސް އެއްޗެއް ނުފެނުނެވެ. މަޑުމަޑުން އަރޫން މަލާކްގެ އަތުގައި ހިފާ ބޭރަށް އައުމަށް އެދުމުން އެހުރިގޮތައް ހުރެ ބުދެއްހެން މަލާކްއަށް ދެވުން އިރުވެސް ނޭންގުނެވެ.

މަލާކް ސިހުނީ އުނދޯލީގައި އޭނާ ބޭންދުމުންނެވެ. ލަދުން މޫނުގައި އަތް އެޅުމާއެކު އަރޫން އަށް މަލާކްގެ އެހަރަކާތްވެސް ވަރަށް ކަމުދިޔައެވެެ. ކައިރީގައި މަލަކް އިށީނދެލުމާއެކު މަލާކްގެ ހިތް ތެޅިލީ އެހިތުގައި އާވިންދެއްޖަހަމުންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (43)

Next

ދުރުގައިވިޔަސް… (22ވަނަ ބައި)

Next
June 4, 2017

ދުރުގައިވިޔަސް… (22ވަނަ ބައި)

Previews
June 3, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (43)

37 Comments!

  1. AKI says:
    June 4, 2017 at 12:47 pm

    haadha rangalhey.. mi first dho

    1. Layaa says:
      June 4, 2017 at 2:02 pm

      Hehe thankyou .. ya AKI first ?

  2. Windy says:
    June 4, 2017 at 12:59 pm

    Mee second dhww…..varah reethi

    1. Layaa says:
      June 4, 2017 at 2:04 pm

      Yah second.. thank you windy?

  3. zuloo says:
    June 4, 2017 at 1:05 pm

    Haadha salhiey

    1. Layaa says:
      June 4, 2017 at 2:04 pm

      Thank you zuloo

  4. Zee says:
    June 4, 2017 at 1:10 pm

    Wow varah reethi

    1. Layaa says:
      June 4, 2017 at 2:06 pm

      Thank you zee?

  5. Maany says:
    June 4, 2017 at 1:17 pm

    Varah reethi???❤❤❤

    1. Layaa says:
      June 4, 2017 at 2:07 pm

      Thank you maany ??

  6. AKI says:
    June 4, 2017 at 1:20 pm

    adhi mirey one part up kohla dheebaa pls pls

  7. Noor says:
    June 4, 2017 at 1:23 pm

    Wow wow..interesting.. waiting for the next part…gdluck..?❤

    1. Layaa says:
      June 4, 2017 at 2:08 pm

      Thank you dear Noor ??

  8. silver mist says:
    June 4, 2017 at 1:44 pm

    Wow v v reethi?
    Can’t wait for nxt part

    1. Layaa says:
      June 4, 2017 at 2:09 pm

      Thank you silver ?

  9. Book Lover says:
    June 4, 2017 at 1:55 pm

    Layaa haadha reechey dho mi bai ves… kon irakun dhen aneh bai up kurany?? Maadhan noon aneh dhuvahu tha?? Mi vaahaka fahun tha hithaama veri vaanyy??
    Mi part haadha cute ey dhoo… anekka malaak ah kithah years thah??
    Btw… v impatient vefa mihury next kiyaalan beynun vaa varun!!??

    1. Layaa says:
      June 4, 2017 at 2:11 pm

      Insha allah maadhamaanun anehdhuvahu upkohdheynan .. ekamaku eyahvurekurin typekohlevijjeeyaa avassvaane? .. Hehe ehaa avahah roanveema karyna hussvedhaanu dhw book lover ? malaak Hana teenage ga Adhi hama

  10. Some one says:
    June 4, 2017 at 2:00 pm

    V lwbi!!! When nxt part??? N i also want malaak ge age???

    1. Layaa says:
      June 4, 2017 at 2:12 pm

      Thank you some one.. ? teenage.

  11. Ainth says:
    June 4, 2017 at 2:58 pm

    Varah salhi next part avahah nerila dehchey

    1. Layaa says:
      June 4, 2017 at 5:06 pm

      Thank you ainth .. ? insha allah will try

  12. sam♥ says:
    June 4, 2017 at 3:25 pm

    wow ehme reeethi hisaabun thinihmaalyy layaa …. story v v v lovely♥♥♥ ..dhen kihineh baaa vaaanyy dhww hehehe ….. waiting next part …. thankx layaa…. love u so much

    1. Layaa says:
      June 4, 2017 at 5:09 pm

      Dhw vaagoibalanvaane Hehe.. thanks Goethe lovely comment.. love u too sam?

  13. ????❤ says:
    June 4, 2017 at 3:37 pm

    Nyc.malak ulheni schul ga tha?

    1. Layaa says:
      June 4, 2017 at 5:07 pm

      Thankyou 5hrt ..yes schoolga

  14. Aishath says:
    June 4, 2017 at 7:25 pm

    Varah varah salhi……nxt prt avahah up kohladhee…..plx

    .

  15. Merr says:
    June 4, 2017 at 8:34 pm

    Varah reethi ❤
    Next part avahah uokolladheythi ☺

    1. Layaa says:
      June 4, 2017 at 9:13 pm

      Thank you merr…? insha allah balaanan..

  16. Aisha says:
    June 4, 2017 at 11:15 pm

    Varah reethi alhe kieehvetha balqis ehaa rude eiee.. Story is awesome waiting 4 the next part ?

  17. Adha? says:
    June 4, 2017 at 11:48 pm

    This is great layaa? keep going?

    1. Layaa says:
      June 5, 2017 at 5:50 am

      Thank you adha??

  18. Zail says:
    June 5, 2017 at 12:42 am

    Interesting?
    BTW layaa knirakun next last genesdheyne?

    1. Layaa says:
      June 5, 2017 at 5:52 am

      Thankyou zail .. ? insha Allah .. mirey upkohleveythw mihaaru midhanee typekuramun

  19. Chum handi says:
    June 5, 2017 at 5:14 am

    Wow…. when nxt prt….

    1. Layaa says:
      June 5, 2017 at 5:54 am

      Tnx chum? insha allah mirey

  20. r♡♡♡ says:
    June 5, 2017 at 5:12 pm

    Enme reethi hisaabun thi ninmaalee….
    But very nice♥♥♥♥

  21. haw shia shaba shi r says:
    June 7, 2017 at 12:56 am

    Mashaa Allah v reethi vaahaka eh.adhi mikiyaalevanee ehkoh,kuriyah ohbaithahves reethi vaane kamah uhmeedhukuran.adhi story nimen dhen up kuraane kamah ves uhmeedhukuran,keep it up dear,

Comments are closed.

Next Episodeމަލާކް… 5ވަނަބައި←


All Right Reserved!