އިރުކޮޅަކު އެހެން ހުރެފައި ކައިރީ ހުރި ނަރުސް ކުއްޖާއަށް އަތުން އިޝާރާތް ކުރަމުން ވާޑުން ނުކުންނަން ހިނގައިގަތެވެ.ކަރުނަފހެމުން ހަސަންފުޅުވެސް ނުކުމެގެން ހިނގަައްޖެ އެވެ.
ޒާހިރު އޭނާގެ ކެބިންއަށް ވަދެ ފުން ނޭވާއެއް ދޫކޮށްލިއެވެ. ގޮނޑީގައި އިށީނދެ މޭޒުގައި ބޯ ޖަހާލިއެވެ. އެއީ ކާކުބާ އެވެ؟ އެމީހާ އެކިޔަނީ ކީކޭ ހެއްޔެވެ؟ޒާހިރަކީ ދުވަހަކުވެސް ރާއްޖެތެރޭ ރަށަކަށް ދިޔަ މީހެއްވެސް ނޫނެވެ.ދިރިއުޅުމުގެ ކަޅުއަނދިރިކަމުގައި ވަނިކޮށް އޭނާއަށް މިކުރިމަތިވީ ކޮންފަދަ ކަމަކާ ހެއްޔެވެ؟މިހުރިހައި ކަންތައްތަކާ ވިސްނުމުން މީހާ އިތުރަށް ހާސްވުން ނޫން ކަމެއް ނުވެއެވެ.އަޒުރާ އަކީ ނުލާހިކު އަނގަ ގަދަ މީހެއްކަމުން ޒީނިޔާ އަށް މިވާހަކަ އަޑު އިވިއްޖެއެވެ.ލިބުނު ޝޮކެއްގެ ބޮޑުކަމުން ޑިއުޓީ ކުރުކޮށްލުމަށްފަހު އޭނާ ވަގުތުން އައީ ގެއަށެވެ.
ފަންގަނޑެއްގައި އަލިފާން ކަންޏެއް ޖެހިގެން ރޯވެގެންދާހާ އަވަހަށް އެވާހަކަ ހޮސްޕިޓަލުގެ ނަރުހުންތެރޭ ދެކެވިގެން ދިޔަ އެވެ.
ޒާހިރު ވިސްނަމުން އެދަނީ ޒީނިޔާ އާ ކުރިމަތިލާނެ ގޮތަކާއެވެ.އެ ސުވާލުތަކާ އޭނާ ދޭނީފަހެ ކޮން ޖަވާބެއް ހެއްޔެވެ؟އޭނާގެ ވާހަކަތައް ޒީނިޔާ ގަބޫލު ކުރާނެބާއެވެ..
ޒީނިޔާއަކީ ޒާހިރުގެ ހަޔާތުގެ ބައިވެރިޔާ އެވެ. އެންއިރެއްގައި ހިޔަނިހެންވީ ނަމަވެސް މިހާރު ކަޅު އަނދިރި ކަމުގެ ތެރެއަށް އެ ހިޔަނި ވަނީ ގެއްލިފަ އެވެ. ޒީނިޔާ އަކީ ވާރަށް ރުންކުރު، ރުޅިގަދަ މީހެކެވެ.ވަރަށް ޒީލަގަދަވެސް މީހެކެވެ. ކައިވެންޏަށް 6 އަހަރުވީއެވެ. ނަމަވެސް އެކަނިވެރިކަމުގެ އިންތިހާ އެވެ. ދަރިއެއް ނުލިބުމުން އެކަމާ ޒީނިޔާ ހުންނަނީ ޒާހިރުދެކެ އަބަދުހެން ރުޅި އައިސްފައެވެ.ޒާހިރަކީ ވަރަށް މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ.މާލޭގެ މައްޝޫރު ވިޔަފާރިވެރި އެއްގެ ދަރިއެކެވެ.
އޭނާގެ ބައްޕަގެ ހުންނަނީވެސް އޭނާ އެކަންޏެވެ.ތައުލީމުގެ ހުރިހާ ހަރުފަތެއް ގިރާކުރުމަފަހު ބޭރަށް ކިޔަވަން ފޮނުވީވެސް ބައްޕައެވެ. ޑަކުޓަރީކަމުގެ ދާއިރާއިން ކުރިޔަށް ދިޔައީވެސް ބައްޕަގެ އެދުމުގެމަތިންނެވެ.އެ ބައްޕަގެ ފަހު ނޭވާވެސް ގުރުބާންކުރީ ޒާހިރަށްޓަކައެވެ.ވިޔަފާރީގެ ކަންތައް ބެލެހެއްޓުމަށް ޒާހިރު އޭނާގެ އެންމެ ގާތްއެކުވެރިޔާ ފަރުހާދާ ހަވާލުކުރީ އިތުރަށް އެ ކުންފުނި ކުރި އެރުވުމަށެވެ. ބައްޕަގެ ހަނދާންތައް ފޮހެވިގެން ނުދާނޭހެން ބެހެއްޓުމަށެވެ.
ޒާހިރަށް ކުރެވިފައިވާ އެންމެ ބޮޑު ކުށަކީ ލޯބި ނުވާމީހަކާ އެކީ ދިރިއުޅުމުގެ ނަވުގައި ދަތުރުފެށުމެވެ. ބައްޕަގެ އެދުމުގެ މަތިން ފެށި ދރިއުޅުން ހިފެހެއްމެއްނެތި އޮޔާދާންފެށީ ވަކިމަންޒިލެއް ކަނޑަނޭޅި ދުއްވުނީމައެވެ. ހަޔާތުގެ ކޮންމެސް ހިސާބަކުން އުސްގަނޑެއް ފެންނާނެކަމުގެ އުންމީދު އަބަދުވެސް ޒާހިރުކުރެއެވެ.ގަދަވިއްސާރަ ކަނޑަށްފަހު އަމާން އޮމާން ކަނޑެއްގައި ދަތުރު ކުރެވޭނެ ކަމަށް ހީކުރެއެވެ.
މެންދުރުން އަނބުރާ ދޭއްޖެހިކަން ފާރުގައި ހުރިގަޑިން އިއުލާން ކޮއްލިއެވެ.ސިހިފައި ޒާހިރަށް ގަޑިއަށް ބަލާލެވުނެވެ.މީގެކުރިންވެސް އެތައްފަހަރަކު އެގަޑި އެލަރމް ވިއެވެ. ޒާހިރަށް އެކަން މޭރުންނުވީ އޭނާ އިނީ އެހެންކަމަކަށް ސަމާލުކަންދެވޭ ވަރަށްވުރެ ބޮޑަށް ވިސްނުމަށް ގެއްލިފައެވެ.ީ
އިތުރަށް އެކަމާ ވިސްނަން ފުރުސަތު ނުލިބުނީ ޑިއުޓީގެ ބުރަކަމުންނެވެ. ޑިއުޓީ ނިމުމުން ޒާހިރު އޭނާގެ ކާރުގައި ގެޔާ ދިމާއަށް ދުއްވާލީ ތެޅި ތެޅި އޮތް ހިތަކާއެކު އެވެ. ދޭނެޖަވާބެއް ނުވިސްނި ހުރެއެވެ.ޒީނިޔާގެ ހަރުކަށިކަމަކީ ޒާހިރުގެ ބަލިކަށިކަމެވެ. ގަރާޖަށް ކާރު ލުމަށްފަހު ގެޔާދިމާއަށް ނަޒަރެއް ދެމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އިސްޖަހާލަމުން ހިނގައިގަތެވެ.އެއްއަތުން ދަބަހުގައި ހިފައިގެން އަނެއް އަތްޖީބަށް ޖަހައިގެން މަޑު ހިނގުމެއްގައި ހިނގައިފައި ގެޔަށް ވަންނަން އައި ޒާހިރަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުންނެވެ. ބަލަންހުރެވުނީ އެ މަންޒަރު ލޮލަށް ފެނުނަސް ހިތަށް ގަބޫލުނުކުރެވިގެންނެވެ.
15 Comments!
Comments are closed.

Yeyy.. Me 1st
Mivaahaka ehen site akun kee handhaaneh vey
haadha kureyyyy
next part dhigu vaane kamah ummeedhu kuran
Reethi?
I don’t get this story ????
First part kyma getu vaany
Varah reethi…keep it up dear ?
Varah reethi ?
Vaahaka get vaanee fahun.. Aee ehnu vaahaka thakuge molhukan… Bxy time in liyeveyvaru mee.. Ok inshallah..iraadha kurehvihyaa dhn ahna part miah vure dhiguvaane…. Thanks for the support all..
Mee hama copy eh, v v foohi. Amihla vaahaka eh liyaany kn dhuvahakun baa thuhthu
Foohi. Copy eh dho. Mi vaahaka kiyan vx foohi vehje
? ?
Acchi haadha kurukoh. Aammukoh kudhin genesdhey myge 10 Guna ah. Midhen evves eccheh noonennu
Thanks all
Mihama copy vaahaka eh. Dhen amilla kuran kudabadhaleh genayas copy eh vaany copy akah