Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔަނާލް…!! (3)

Thuhu Level 1
May 28, 2017 One Min Read
9 Comments

އެއްއަތުން ދަބަހުގައި ހިފައިގެން އަނެއް އަތް ޖީބަށް ޖަހައިގެން މަޑު ހިނގުމެއްގައި ހިނގައިފައި ގެއަށް ވަންނަން އައި ޒާހިރަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުއްނެވެ.ބަލަން ހުރެވުނީ ލޮލަށް އއމަންޒަރު ފެނުނަސް ހިތަށްގަބޫލު ނުކުރެވިގެއްނެވެ.ޒީން.. ޒާހިރަށް މަޑުމަޑުން ގޮވާލެވުނެވެ.ނަމަވެސް ފެނުނީ ޒީނިޔާ ފޮށި ހިފައިގެން ގެއިން ނުކުންނަން އައިތަނެވެ.ޒީން ކޮންތާކަށް؟… ޒީނިޔާ އަށް ރީއްޗަށް އެއަޑުއިވުނު ނަމަވެސް، ރަނގަޅަށް ވިސްނާލިނަމަ އެ އަޑުގައިވި ހިތްދަތިކަމާއި ރިހުން އިހުސާސްވީހެވެ.މަންމަމެންގެއަށް.. އެއަޑުގައިވި ރުޅިވެރިކަން އެނގި އިތުރަށް އެއްޗެކޭ ނުބުނެވެނީސް ޒީނިޔާ ދާން ހިނގައިގަތެވެ.
އެކަމުން ޒާހިރުގެ ހިތަށް ބަޔަަންކުރަންދަތި އަސަރެއް ކުރުވިއެވެ. މޭގައި އަތް އަޅުވާލެވުނީ އެހެންވެއެވެ.ލޯ ފޮހެމުން އެތެރެއަށް ވަދެގެން އައި ޒާހިރު އިސްޖަހައިގެން ހުއްޓަސް އެ ކަރުނަތައް ހައްވައަކަށް ސިއްރެއް ނުވިއެވެ.ހއްވައަކީ އޭނާގެ ބައްޕަގެ އިރުއްސުރެން އެގޭގެ މަސައްކަތު މީހެކެވެ.ހައްވަ ހުރީ ކާގޭގައި ފުޅި ތަކަކަށް ފެންއަޅާށެވެ.އޭނާއަކީ ވަރަށް މުރާލި،ހިތްހެޔޮ،ވިސްނުން ތޫނު މީހެކެވެ.ޒާހިރުގެ ހުރިހާ ކަމެއްހެން ބަލަމުން އައީ ހައްވަ އެވެ.އޭނާގެ ހތަށް އަރަމުންދިޔައެވެ. އަނެއްކާ ކިހިނެތްވީބާއެވެ.ޒީނިޔާގެ އެގެއިން އެ ދިޔައީ ވަރަށް ބޮޑުކަމެއް ވީމައެވެ.އަނެއްކާ ކިހިނެއްވީބާއެވެ.ޒާހިރުގެ ހާލުފެނި އެތައް ފަހަރަކު އެހަގީގަތް އޭނާއަށް ކިޔައިދޭންވެސް ހިތަށް އަރައެވެ.ނަމަވެސް އޭނާ އަލިމަނިކުގެ ވަސިއްޔތުގައި ހިފާނެވެ.
ޒާހިރު އޭނާގެ ތަނަވސް ބޮޑު ކޮޓަރީގެ ތެރެއަށް ވަނުމާއެކު،އޭނާޔާ ބައްދަލުކުރީ ހަމަހިމޭންކަމެވެ.ޓައީ ނައްޓާލަމުން ގޮސް އެނދުގައި އުއްޑުން އޮށޯތެވެ.ފަންކާގެ ފިޔަތަކަށް ނަޒަރު ހުއްޓައިލައިގެން އޮތް ޒާހިރުގެ ސިކުނޑި ވަނީ ވަރަށް ބަރުވެފައެވެ.އެސްފިޔަތަކުގައި ފަރުދާވެފައިވާ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތުގާ ފިރުމަމުން ދެއެވެ.ދެ ލޯ މެރެމުންދިޔައިރު މަޑުމަޑު ގިސްލުމެއް ކޮޓަރިތެރެޔަށް ވެރިވެގެންދިޔަ އެވެ.،………..
ވަށައިގެން ވަނީ ވެލީގެ ހަނަފަސް ސަހަރާއެކެވެ. *ބައްޕާ! ދުރުން ކުއްޖެއްގެ އަޑުޖެހުނެވެ. ދުވެފައި 15ވަރަކަށް އަހަރުގެ ކުއްޖަކު އެދިމާޔަށް އަންނަތަން ޒާހިރުއަށް ފެނުނެވެ.*ބައްޕާ!ބައްޕަ ކޮންތާކަށްތަ ދިޔައީ…؟ބައްޕަ ޔަނާލް ދޫކޮއްލާފަ ކޮންތާކަށް ދިޔައީ؟.. އަޅެ އެމީހުން ވަރަށް އަނިޔާ ކުރޭ ވަރަށް ތަޅާ…  ބަލާލަބަލަ އެވަގުތު އެ ކުއްޖާގެ ހަށިގަނޑުގައިވި ޒަޙަމްތަށް އޭނާއަށް ފެނުނެވެ.އެ މައުސޫމް ފުރާނަ  އާދޭސް ކުރަމުންދިޔައީ އޭނާ ސަލާމަތްކޮށްދިނަށެވެ. ނަމަވެސް ޒާހިރު ޖެހިބުދެއްހެން ހުރީ ވާނުވާ ނޭނގިފައެވެ.އައިނައި ތަނެއްނޭނގި ބަޔަކު އައިސް އެކުއްޖާގެ އަތުގައި ހިފާ ދަމަމުން ޒާހިރާ ދުރަށް ގެންދަންފެށިއެވެ.ނޭނގޭ ސަބަބަކާހުރެ ޒާހިރުގެ ދެލޮލުން ކަރުނަ އޮހިގެންދިޔައެވެ.”ޔަނާލް!!”” ހަޅޭއްލަވައިގަނެފައި ވަށައިގެންވާ މާހައުލަށް ބަލާލިއެވެ. ފެނުނީހަމަހިމޭންކަންވެރިވެފައިވާ ކޮޓަރި އެވެ.ދެންމެ ފެނުނީ ހުވަފެނެއްކަން ޔަގީންވީދެނެވެ. އެއީ އަބަދުވެސް ފެންނަ ހުވަފެނެއް ނަމަވެސް އެ ހުވަފެނާ މެދު ވިސްނާލަން ޖެހުނީ މިއަދު އެމީހާގެ ވާހަކަތަކާ އެ ހުވަފެނާ ގުޅުން ހުރީމައެވެ.ޒާހިރަށް އެކަށްޗެއްވެސް ނުވިސްނެއެވެ. ވާނީވެސް އެހެންތާއެވެ.ހުވަފެނުގައި އެކުއްޖާވެސް އޭނާޔާ ވާހަކަދެއްކީ ބައްްޕަ ކިޔައިގެންނެވެ  އެއުމުރުގެ ކުއްޖަކަށް އޭނާގެ ބައްޕަ އޮޅިދާނެހެއްޔެވެ…ހިޔާލުތަކުން ބޯހާސްވާން ފެށުމުންޒާހިރު ނުކުތީ ފެންޑާޔަށެވެ.މަރުފަދަ ހިމޭންކަމުގެ ތެރެއިން އިވެނީ ހަމައެކަނި ފާރުގއި ހުރި ގަޑީގެ އަޑެވެ.ޒާހިރު ގޮސް ކުޑަދޮރުކައިރިޔަށް ހުއްޓުނެވެ.ކުޑަދޮރާ ގާތްވުމުން ހައްވަ ކޮޓަރިން ރޭޑިޔޯގެ އަޑު އިވިގެން ދިޔަ އެވެ.އަނނަނީ ދިވެހި ލަވައެކެވެ. އެވަގުތު ޒާހިުގެ ހިތަށް އެރިއެވެ.ޝާއިރުންވެސް މޮޅީއެވެ. އެ ލަވަ ހީވަނީ އޭނަޔަށް އަމާޒުކޮށް ހަދާފައިން ލަވައެއްބާއެވެ….. .. *އެކަނިވެރިކަން..ވަށައިގެން ފެންނަމުންދޭ.. ހަނދުގެ އަލިކަން ހަނދުވެސް ފަނޑުވަމުނދޭ މާޒީގެ ފުންހަނދާންތައް ގެނުވަމުންދޭ… ހިތިމި އަސަރުން ހިތާމޭ ރޮއްވަމުންދޭ…މާޒީގެ ފުން ހަނދާންތައް ގެނުވަމުންދޭ…………މީ މިހިތުގެ ޝަކުވާއޭ…މާފު ނުކުރާނަން މިތުރާއޭ…ދީފަދިޔައިމާ އަނިޔާއޭ…… ޒީނިޔާ ދިޔުމުން ހަގީގަތުގައިވެސް އޭނާ ހުރީ ވަރަށް ދެރަވެފައެވެ.                    ހިތަށް ހަމަޖެހުމެއް ލިބޭނީ ކޮން ދުވަހަކުންބާއޭ ޒާހިރުގެ ހިތަށް އެރިއެވެ.. އެވަގުތު އޭނާގެ ފޯނު ރިންގްވި އަޑު އިވުނެވެ. ގުޅީ ހޮސްޕިޓަލުންނެވެ.އެކްސިޑެންޓެއްވެ އެމެޖެންސީގައި ކުއްޖަކު ގެނައި ވާހަކައެވެ. ވަގުތުން ޒާހިރު ދިޔައީ ހޮސްޕިޓަލަށެވެ.އެމަޖެންސީ ރޫމްގެ ދޮރު ހުޅުވާލައިފައި ވަން ޒާހިރަށް އެނދުމަތި ކުރެވިފައިވާ މީހާފެނުނެވެ. އެހެންކަމުން ޒާހިރު އޭނާގެ މަސައްކަތފެއްޓިއެވެ.އެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. ޑަކުޓަރުންގެ ހާއްސަ ޓީމެއް ވަށައިލައިގެން ތިބެ ދެގަޑިއިރުގެ އޮޕަރޭށަނެއް ކާމިޔާބު ކުރެވިއްޖެއެވެ. އެ ޒުވާނާގެ ސިކުނޑިން ބޮޑުބައެއް ދުޅަވެފައި ވުމުން ހަނދާނުނވަންީ ބޮޑުބައެއްވަނީ ފޮހެވިފައެވެ. އެރޭ އެކަމުން ނިމިގެން ޒާހިރަށް ގެއަށް އާދެވުނީ ގަޑިން ބަރާބަރު 3.45ހިނގި އިރުއެވެ.     ދުވަހަކަށްވުރެ ދުވަހެއްދާލެއް އަވަސްހެން ހީވެއެވެ.މާޔޫސްކަމުގައިވި ޒާހިރު އިތުރަށް މާޔޫސް ކުރުވީ ފިހިގެން ގެނައި ކުއްޖާ މަރުވި ޙަބަރު ލިބުމުންނެވެ. ތަގުދީރުގައިވާގޮތެއް ބަދަލެއް ނުކުރެވޭނެތާއެވެ.

Share Article

Follow Me Written By

Thuhu

Level 1

Other Articles

Previous

ކަކުނި 19

Next

ލޯބި އަހަރެން ވާނަމޭ (10)

Next
May 29, 2017

ލޯބި އަހަރެން ވާނަމޭ (10)

Previews
May 28, 2017

ކަކުނި 19

9 Comments!

  1. Thuthi says:
    May 28, 2017 at 10:24 pm

    Thankolheh dhigu nukohleveyneth??
    Maa kuru..

  2. Hhhhh says:
    May 28, 2017 at 10:34 pm

    Luv it dear keep it up
    ?????

  3. Noor says:
    May 28, 2017 at 10:36 pm

    Hama varah salhi..??❤

  4. shafu says:
    May 28, 2017 at 11:13 pm

    vvv reethi….. ekam next part dhigukohdechey…………

  5. Aisha says:
    May 28, 2017 at 11:15 pm

    Varah reethi… Keep it up dear.. ? waiting igey?

  6. Kudaa says:
    May 29, 2017 at 10:48 am

    Varah reethi. Waiting. Bt thankolheh kuru hen heevanii.ekm ves varah reethi mi vaahaka.

  7. shahaa says:
    May 29, 2017 at 8:03 pm

    Mi vaahaka Thankolheh dhigu kohlan vehje dhoa. Hyvany mee kuda kudhin nah genes dhey kuru vaahaka eh hen. Bodu copy, v foohi

  8. Jelly says:
    May 30, 2017 at 4:06 am

    Nice

  9. Sheni says:
    May 31, 2017 at 12:00 am

    Salhi ekam mistake tha ebahuri.. ragalhu kolaa best of luck…

Comments are closed.



All Right Reserved!