“އާލް..ދެން ކިހިނެއް އަހަރެމެން ހަދާނީ..މުލް މެން ކާރިއަކުވެސް ނުބުނެވޭނެ. އަހަރެމެންވެސް އެގޮތަށްތަ މަރުވެގެން ދާނީ..ނޫން އާލް…ނޫން…އެއީ އަޅެ ކޮންކަހަލަ މީހެއް. އިންސާނުންތަކެއް ނޮޅާލައިގެން އެކި ގުނަވަންތަކޭ އެކަނީ..އާލްގެ މަންމަ އާ ބައްޕަވެސް.. ދެން އަހަރެމެން…ނޫން އާލް.. އަހަރެން ބޭނުމެއް ނޫން މިހެން ވާކަށް އަހަރެން ބޭނުމެއް ނޫން އާލްއާ ވަކި ވާކަށް އަހަރެންގެ މަންމަ….ވެސް..ނޫން……!!!!!”
ރޭގަނޑުގެ އެ ހަމަހިމޭން ވަގުތުވެސް އަހަރެމެންގެ ބިރުވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. އެންމެން އެންމެ ހިތްހަމަ ޖައްސާލައިގެން ނިދާވަގުތު އަހަރެމެން ދެމީހުންގެ އަތުން މިވަނީ ބީވެގެން ގޮސްފައެވެ. ނަމަވެސް އަހަންނަކީ އެއްވެސް އިރަކު އަތް އުރާލައިގެން ހުންނަމީހެއް ނޫންކަމުން އަހަރެން ރޫއަށް ހިތްވަރު ދިނީމެވެ. އަހަރެމެން ދެމީހުންވެގެން މަސައްކަތް ކޮށްގެން އެނުބައި މީހާ ފުލުހުންނާ ހަވާލުކުރާށެވެ. އަހަރެންގެ ހިތުގައި ނިކަން ވަރުގަދަ އަޒުމެއް ކަނޑައަޅާލީމެވެ. އިންސާފު ނުލިބި މަރުވެދިޔަ މީހުންނަށް އިންސާފު ހޯދައިދީ އެ ނުބައި ވަލުޖަނަވާރެއްފަދަ މީހާ ޖަލައްލުމަށެވެ. އެއަޒުމުގައި އަހަރެމެން ދެމީހުން ތެދުވީ މާދަމާގެ އިރު އޮއްސުމުގެ ކުރިން އަހަރެމެންގެ މަގްސަދު ހާޞިލްކުރުމުގެ ނިޔަތުގައެވެ.
އިރުގެ ރަންދޯދިތަށް އަހަރެމެންނަށް މަރުހަބާ ކީވެސް ބަލަބަލާ ތިއްބައެވެ. މިއަދަކީ ބޮޑު ދުވަހަކަށް ވާނެއޭ އަހަރެންގެ ހިތް ބުނެލިއެވެ. އަހަރެމެން ވަރަށް ރަނގަޅަށް ވިސްނުމަށްފަހު އެންމެފަހުން މޮޅު ޕްލޭނެއް ހަދާލުމަށްފަހު ހެނދުނު ކާފަ ހޭލާ ގަޑިޔަށް އަހަރެން ގޭދޮށަށް ދިޔައިމެވެ. އަދި ދޮރުގައި ތަޅަން ފެށީމެވެ. ނަސީބަކުން ދެފަހަރު ތަޅާލާއިރަށް ދޮރު ހުޅުވުނެވެ.
“ކާފާ.. ރޫ އެކިޔަނީ ކީކޭތަ؟؟ އަހަންނަކަށް ނޭންގެ.” އަހަރެން ހަމަ ގަދަޔަށް ރޯންފެށީމެވެ. އެގެއިން އައިއރުވެސް އަހަރެން ފިޔާ ކޮޅެއް ލޯކައިރީ ހާކަން އުޅެފައެވެ. އެހެން ކަމުން ވަރަށް ފަސޭހައިން އަހަންނަށް ރޮވުނެވެ.” ރޫ ބުނީ ކާފަޔަކީ ވަރަށް ގޯސް މީހެކޯ..އަހަރެންނަށް ކުރިން ރެޔަކު ވަރަށް ބިރުވެރި ހުވަފެނެއް ފެނުނީމަ ހީކުރީ ރޫ އެދައްކަނީ ހަމަ އަސްލު ވާހަކައެއް ކަމަށް އެކަމަކު ރޭގަ ރޫ ބުނީ ކާފަ މީހުންވެސް ކަޔޯ….ކާފާ.. ރޫ ކީއްވެ އެހެން އެ ކިޔަނީ؟؟!!!” އަހަރެން ރާފައިވާ ގޮތަށް ވާހަކަ ދައްކަމުން ރޮމުން ގެންދިޔައިމެވެ.
“ދަރިފުޅާ.. ކާފަޔަށް އޭރުވެސް އިނގުނު އެއީ ކަމުދާ ކުއްޖެއް ނޫންކަން. މިގެޔަށް އައި ރޭވެސް އެކުއްޖާ ބުނި ކާފައަތުން އާލް ދުރައްގެންދާނަމޭ..ދެން ކޮން ހުވަފެނެއްތަ ފެނުނީ..އަނެއްކާ އޭގެން ވެސް ކާފަ މީހުން ކަނީތަ؟ ހހެހެހެ.. އެތެރެޔަށް ވަދޭ” ކާފަ އަހަރެންގެ ވާހަކަ ގަބޫލު ކުރީތީ އުފާވެފައިހުރެ ގޭތެރެޔަށް ވަނީމެވެ. ނަމަވެސް ހިތުގައި ވި ބިރުވެރިކަން އެންމެ ހިނދުކޮޅަކަށްވެސް ނުފިލަޔެވެ. ވާނީވެސް އެހެންތާއެވެ. އެކަނިމާ އެކަނި އުޅެންޖެހިފައި މިވަނީ އިންސާނުންކާ ޖަނަވާރަކަށް ވުރެވެސް ނުބައި މީހަކާއެވެ.
ހެނދުނުގެ ނާސްތާއަށް ފަހު އަހަރެން ބެލީ ރީސާޗެއް ހެދޭތޯއެވެ. އިންސާނުންކާ އެކަހަލަ ސައިކޯޕާތް މީހުން ހުއްޓުވަން ކުރަންޖެހޭ ކަންކަން ބަލަމުން ދިޔައިރު އަހަރެންގެ ބޯ ފަޅައިގެން ނުދިޔައީވެސް ކިރިޔާއެވެ. އެމީހުން ހުއްޓުވޭނެ ގޮތުގެ އަލިމަގެއް މިހާތަނަށް ފެނިފައި ނުވާކަމަށް އެކި ސައިޓު ތަކުގައި ލިޔެފައި ވީއިރު އެމީހުން ބައިތިއްބަން އެސައިލަމް ކިޔާތަނެއް ހުންނަވާހަކަ ލިޔެފައި ވިއެވެ. އެންމެ ފަހުންމިރޭ ފުލުހުންނަށް ގުޅަން އަހަރެން ނިންމީމެވެ. ދަބަހުގައި އޮތް ފޯނުނަގައި ނަންބަރުތަކަށް ފިތަން އުޅެނިކޮށް ކާފަ އައިސް ކޮޓަރިޔަށް ވަނުމުން މާޔޫސްވެފައި ފޯނު ބާއްވަން ޖެހުނެވެ.
“އާލް.. އެބަ އާދޭ ކާފަގެ ވަރަށް ގާތް ރަހުމަތްތެރިޔެއް މިގޭގަ ހުންނަން. މިރޭ އޭނަ ފުރާނެ..އެހެން ވީމަ އާލް ވާނެ އޭނަގެ ހުރިހާކަމެއް ކޮށްދޭން އިނގޭ….އެ އައީ ކަންނޭންގެ” ބެލް ޖަހާލި އަޑަށް އެހެން ބުނެ ކާފަ އެތަނުން ދިޔައެވެ. އަހަރެންވެސް ކާފަގެ ފަހަތުން ނިކުތީމެވެ. އޭރު ދޮރުމަތީގައި ވަރުގަދަ ބިޔަ ފިރިހެނެއް ހުއްޓެވެ. އަހަރެންގެ ހިތް ނުބައި ގޮތަކަށް ތެޅިލިއިރު މިމީހާ އައުން މީވެސް ރަނގަޅުކަމެއް ނޫންކަން ދެނެގަނެވުނެވެ.
************************************************************
“ޔުސްރާ…. އާދެ ކާން.. ކުރިންވެސް ދައްތަ ގޮވިން އެކަމު އަޑު ނީވުނީމަ އަޅާނުލީ…މިހާރު އެޔޮށް އެގާރަޖެހީ..” ޔުސްރާ ސިހިފައި ގަޑިބަލާލިއިރު ގަޑިން އެގާރަޖެހީއެވެ. ފޮތް ލައްޕާލަމުން ކާކޮޓަރިޔަށް ވަންއިރު ފެނުނު މަންޒަރުން ޔުސްރާ ހައިރާންވިއެވެ. މުޅިންވެސް މުލައިލްމެންގެ ފޮޓޯތަކެވެ. ޔުސްރާ އާއި އަލާނިޔާ ގެ ފޮޓޯއެވެ. އެންމެ ބޮޑުކޮށް އެއްބިތުގައި ވަނީ ލައިތްގެ ފޮޓޯއެކެވެ. ވީއިރު މިއީ ލައިތްގެ މަންމަ ބާއޭ ޔުސްރާގެ ހިތަށް އެރިއެވެ. އަވސް އަވަހަށް ކާލައިގެން ޔުސްރާ ބޭރަށް ނިކުތެވެ. ފަހަތުން މަޒީނާވެސް ނިކުމެ ޔުސްރާއަށް އޭނާގެ ކޮޓަރި ދެއްކިއެވެ. ވަރަށް ފުރިހަމަ ކޮޓަރިއެކެވެ. ކަޅާ ނުލުން މުޅި ކޮޓަރި ޒީނަތްތެރި ކުރެވިފައިވާއިރު ހީވަނީ ޝާހީ ބޭކަލެއްގެ ކޮޓަރިހެންނެވެ. އަޅި އަދި ނޫކުލައިގެ ބެޑްޝީޓެއް އައޅައިފައިވާ އެނދުގައި އށީނދެ ހަމަޖެހިލުމަށްފަހު ޔުސްރާ އަނެއްކާވެސް އެ ފޮތް ނަގާ ކިޔަން ފެށިއެވެ.
************************************************************
އެމީހާ އަހަންނާ ދިމާއަށް ވަރަށް ބެލިއެވެ. މިކަމުން ކިތަންމެ އުދަގޫވިޔަސް އަހަރެން ބެލީ ހީލައިގެން ހުރެވޭތޯއެވެ. އެމީހާގެ ސަބަބުން އަހަރެމެންގެ ރޭވުން ނާކާމިޔާބު ވެދާނީތީ އަހަރެން ހުރީ ނުހަނު ބިރުންނެވެ. އެހެން ވެއްޖެ ނަމަ މިރޭ ވާނީ އަހަރެން އަދީ ރޫގެވެސް ފަހު ރެޔަށްކަން ޔަގީނެވެ.
އެހެން ހިތަށް އެރުމާއެކު އަހަންނަށް އަވަސް އަވަހަށް ކޮޓރިޔާ ދިމާއަށް މިސްރާބު ޖެހުނެވެ. އެވަގުތު ކޮންމެސް މީހަކު އަހަރެން ގެ ނޭފަތުގައި ކޮންމެސް އެއްޗަކުން ހިފާ ބާރު ކޮށްލިއެވެ. އެވަގުތު ހުރިހާ މަންޒަރެއް ނުސާފު ވާން ފެށިއެވެ. އަދި ކޮންމެސް ބަޔެއްގެ ހުނުމުގެ އަޑު އިވެން ފެށިއެވެ.
“އާލް…އޭ.. .އާލް…އަޅެ އަހަރެން އެކަނި ކޮށްފަ ނުދޭބަލަ.” އަހަންނަށް ހޭލެވުނީ ރޫ ގޮވާ ވަރުންނެވެ. ފުންމައިގެން ތެދުވެ އަހަރެން ވަށައިގެން ހޯދަން ފެށީ މިއީ ކޮންތަނެއްކަން ނޭންގޭ ހާލުއެވެ. “ރޫ….މީ ކޮންތަނެއް؟ ކޮބާ އެ ނުބައި މީހާ..؟؟؟!!!! އަހަރެމެން މިތިބީ ކޮންތާކު؟” އަހަރެންނަކީ އެއްވެސް އިރެއްގައި އެހާ ފިނޑީ މީހެއް ނޫންނަމަވެސް އެވަގުތު އަހަންނަށް ރޮވެންފެށުނެވެ.
“އާލް.. ނުރޮއެ. އަހަރެމެން މިތިބީ އިންޑިއާގަ. އެއީ އާލްގެ ކާފަގެ ކަމެއް. ހުސް ކަސްބީ އަންހެނުން ގެނގުޅޭ ބަޔަކަށް އަހަރެމެން ވިއްކާލީ.. އަހަރެން ދިޔައީ އާލްގެ މެސެޖެއް ލިބިގެން. ނަމަވެސް ހަގީގަތަކީ އެއީ އާލްގެ މެސެޖެއް ނޫންކަން. އަހަރެން ދިޔުމާއެކު އަހަރެންގެ ބޮލުގައި ވަރަށް ބާރަށް ކޮންމެސް އެއަޗަކުން ޖެހި. ދެބަދޭތެރެއިން އެމީހުންގެ ވާހަކަތަށް އަޑު އިވުން. އަހަރެމެން މިތިބީ އެމީހުންގެ ގައިދުގަ”
އިވުނު ވާހަކަތަކުން އަހަރެންގެ ހިތް ނުހުއްޓުނީވެސް ކިރިޔާއެވެ. އެކަހަލަ ފާފަޔަކަށް އަރައިގަތުމަށްވުރެ މަރުވެސް މާރަނގަޅޭ އަހަރެންގެ ހިތަށް އެވަގުތު އެރިއެވެ. އަހަރެން މިހާ ފިނޑިވީ ކޮންއިރަކު ބާއެވެ؟ އަހަރެން މީ އަބަދުވެސް އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުން އެކަމެއް ހާޞިލްކުރާ މީހަކަށް ވިއިރު މިފަދަ ބޮޑުކަމެއް ކުރިމަތި ވުމުން އަހަރެން މިހެން ރޯން އިންނަން ވީހެއްޔެވެ؟ ނޫނެކެވެ. އަހަރެން މިކަމުން ސަލާމަތް ވާނަމެވެ. ރޫއަށްވެސް އެހީވާނަމެވެ.
ތަންތަން ހޯދަންފެށީ ނިކުމެވޭނެކަހަލަ ތަންކޮޅެއް އެތަނުގައި ހުރި ތޯއެވެ. އަހަރެމެންގެ ނަސީބުވެސް ރަނގަޅީ ކަންނޭންގެއެވެ. ފެންލައިޓުން ނުހަނު ފަސޭހަކަމާއެކު ފުންމާލެވެން ހުރުމުން އަހަރެމެން ދެމީހުން އެންމެ ސިކުންތެއްވެސް ބޭކާރު ކޮށްނުލާ މީހެއް އައުމުގެކުރިން އެތަނުން ފުނަމާލީމެވެ. ދެބުރީގެ އިމާރާތަކުން ފުންމާލުމަށް އެންމެ ސިކުންތެއްވެސް ވިސްނާލުމަށް ނުނެގީ އެތަނުން ސަލާމަތްވާން ބޭނުންވެފައިތިބިލެއް ބޮޑުކަމުންނެވެ. ވެއްޓިޖެހުނުގޮތުން ކުޑަކޮށް ތަދުވިނަމަވެސް އަހަރެމެން އަޅައެއް ނުލަމެވެ. ދެމީހުންވެސް ބެލީ އެތަނާ ދުރަށް ދުވެވޭތޯއެވެ.
ނަމަވެސް ދެމީހުންވެސް ސިހުނީ ކުއްލިއަކަށް ގޯޅިއަޅާލި ވޭން ދެމީހުންނާދިމާއަށް ދިމާއަށް އައުމުންނެވެ. އެންމެ ފަހުކަމަކަށް ހަނދާން ހުންނަނީ ރޫގެ ވޭނީ ރުއިމުގެ އަޑެވެ.
ލޯހުޅޫވާލެވުނު އިރު މި އޮވެވުނީ ގޭގައި ކަން އިނގުމުން އަހަރެން ވަރަށް ހާސް ވިއެވެ. އެއީ އަނެއްކާވެސް އެ ނުބައި ޖަލަށް އާދެވުމުންނެވެ. ފޮތްނެގިތަނާހެން މީހަކު ދިރުގައި ޓަކިޖަހަންފެށިއެވެ.
************************************************************
އެ ހިސާބަށް ކިޔުމަށްފަހު ޔުސްރާ ނުހަނު ހައިރާންވިއެވެ. އިތުރު އެއްވެސް އެއްޗެއް ލިޔެފައި ނެތުމުންނެވެ. މި އިނގުނު ވާހަކަ ތަކުގެ ސަބަބުން ޔުސްރާ ހައިރާންވެ ދެރަވެފައި ވުމާއެކު ހިންހަމަ ޖައްސާލުމަށްޓަކާ ބޭރަށް ނިކުމެލިއިރު މަޒީނާވެސް އިނެވެ.
“ނިމުނީ ދޯ..އާދެ މިތާ އިށީންނަން..” އެއްވެސް އެއްޗެކޭ ބުނުމެއް ނެތި ޔުސްރާ ގޮސް ސޯފާއެއްގައި އިށީނެވެ.” އާލްމެން އެކްސިޑެންޓު ވީއިރު އެތަނުގައި ހުރި ފުލުހެއް. އޭނަ އާލް އަހަރެމެން ކާރިޔަށް ގެނަސްދިނީ.. އެކަމަކު ބުނި އިތުރު ކުއްޖެއް ނުފެނުން ވާހަކަ. އަހަރެމެން ތިބީ ވަރަށް އުފަލުން އެކަމަކު އާލްގެ ކަބަޑަށް ހެދުން އަޅަނިކޮށް އަހަންނަށް އާލްގެ ޑައިރީ ފެނުނީ… އަދި ކާސިމްގެ ނުބައިކަން އިނގުނީ..ކުރީގަ މިރަށުން ވަރަށް ގިނަ މީހުން ގެއްލުނު… އެކަކަށްވެސް އެއީ ކީއްވެ ކަމެއް ނޭންގުނު. އެދުވަހު އަހަންނަށްވެސް އިނގުނީ މީހުން ގެއްލެނީ ކީއްވެކަން. ދެން އަހަރެން ހުރީ ލައިތްމެންނަށް ހުރިހާ އެއްޗެއް ކިޔާދޭން. އެކަމަކު ކާސިމު މުޅިގޭގަ ރޯކޮށްލީ. އެހާދިޘާގަ ކާސިމު ވެސް ވަރަށް އާދަޔާ ހިލާފު ގޮތަކަށް މަރުވިއިރު އެ ތިންކުނދިންގެ ކުރީގެ ހަނދާންތައްވެސް ފޮހެވުނީ…ދެން މިހާރު ޔުސްރާއަށް ތި ލިބިފައޮތް ފުރުސަތުގެ ބޭނުން ކޮށްގެން މީހުން މަރަމުން އެދާ މީހަކު އަވަހަށް ހޯދާ. އަހަރެންގެ ހިތް ބުނޭ އެއީ ކާސިމޭ. އޭނަ ނޫން މީހަކު އެހެން މީހުންމަރަމަކުން ނުދާނެ. އޭނަގެ މަރަކީ އަސްލެއް ނެތް ކަމެއްހެން ހީވަނީ.. ޔުސްރާ އެކުދިންނަށް އެހީވެދީ..”
މަޒީނާ ދެއްކިވާހަކަތަކުން ޔުސްރާ އިނީ ބުނާނެ އެއްޗެއް ވެސް ނޭންގިފައެވެ. މަޒީނާއަށް ހުރިހާކަމެއް މި އިނގޭ ގޮތެއް ނޭންގޭއިރު ޔުސްރާމެންގެ ފޮޓޯތަކާ އެއްޗެހި ވެސް އޭނާގެ އަތުގައި އެބަހުއްޓެވެ. ވީރު މިހުރިހާ ކަންކަން ހޯދާ އަލާނިޔާއަށް އެހީވާން ޔުސްރާ ބޭނުން ވިއެވެ.
ޔުސްރާ ނިދަން ދިޔައިރުވެސް ވިސްނެނީ ދެން ކަންތައް ވޭނެ ގޮތަކާ މެދުއެވެ. މުލައިލްމެންގެ ޓީމާ ގުޅުމަކީ މީހުން މަރަމުން އެގެންދާ މީހާ ހޯދުމަށްފަހު އެއީ ކާސިމް ތޯ ނޫނީ ޔުސްރާ ގެ ހިތުގައި އޮތް ޝައްކު ޔަގީނަށް ބަދަލު ކުރެވިދާނެ ކަމެއްކަމުގައި ޔުސްރާ ދެކުނެވެ. ފަތިހުގެ ފްލައިޓުން ފުރަން ޖެހޭތީ ދަބަސް ތައްޔާރު ކޮށްލުމަށްފަހު ޔުސްރާ ލޯމަރާލިއެވެ.
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.





here is the fifth vana part. n mihaaru m feeling better ingey.. sorry habareh nuvevunima. and dont worr mi bai kuru viyakas. in sha aalah maadhan dhigukoh adhi one part upp koh dheynan.. <3 luv u all.. n hope u wait for tomorrows part..
Alhe… Yusraa-ah dhera gotheh nuhadhahchey… Waiting for the next part 🙂
yusraa dhw.. hehe .. balamaa dhw dheera gotheh vanii kaakah thoa.. thanks saandy
Mi story ga main character aky kaaku
friends group aslu.. haahsakoh alaaniyaa and roo
Yeyy..finally stry kiyaalan libunee dww.. Ithoo mihaaru hithah vx araifi imagination kobaa baa ey..mi part vx v v reethi ingey..keep it up dearr??
sorry ingey ithoo… i wasnt feeling well.. thanks a lott
well great job imagination.. v nice.. awerher next part upp koh dheh chey… kiyaaahithun maru verny me..
v salaam n loved the imaginated ways you have in creating astory of your own.. loved it so much..
lots of love
‘ pritty’
alheyy.. this is soo loaaabii <3 i cry hama mi comment loabi kamun.. eheheh. thanks <3 <3
hehe.. hithaamaveri vaahaker liyaa kudhin nurone..
Most WELCOME
when next part dear… ?? cnt wait…. aner bai kiyaa hithun
Alhe v reethi mi stry..Nxt prt avas kohdheythi ingey..V reethi..
Thafath vaahaka eh
But kaasim geyga roa koh liyma muail men enmenge memory lose vaan viy kiy ve???
I feel confused???
And thibuniy india ga fenuniy enme kuhjekey so dhen ehenviy iru kobaa ruhaa!!!
Anehkaa ruhaa ves miyhun maran feshiy tha???
finally you are back dho??. Mised you dear?. Waiting for next part ingey?
Aal ge diary hifaigen kihineh india ah dhiyaee.. India ga v accident ge vaahaka eh diary ga kihineh liyunee..
thafaathu vaahaka eh…. Alah imagination ge vaahaka mi kiyani. cool inge. waiting next part ah…
nice stry <3 waiting for the next part 🙂
V fake
Vahaka kuriah nugen dhiun edhen