Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވިންދު ލޯބިން ޖެހި ހިތެއްގައި (1)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
August 23, 2017 8 Mins Read
47 Comments

ޖައްވަށް ވެރިވެފައިވާ ހޫނުގެ ސަބަބުން މަގުމަތިން ހިނގާ ގިނަ މީހުން ފެންނަނީ ކުޑަ އަޅައިގެން ތިބި ތަނެވެ. ކޮންމެ މީހަކުވެސް އެ މީހަކު ދާން ބޭނުންވާ ދިމާއަކަށް ހިނގަމުން ދިއައީ ނުހަނު ހަލުވި ކަމާއެކުގައެެވެ. މަގުގެ މެދެއްހާ ހިސާބުގައި ހެދިފައި ހުރި ބިޔަ ނިކަގަހުގެ ވަށައިގެން ރާނާފައިވާ ކުޑަ ފާރުކޮޅުގެ މަތީގައި ގިނަ ޢަދަދެއްގެ މީހުން އިށީންދެގެން ތިބިއިރު ޖެހޭ މަޑުމަޑު ވައިރޯޅިއާއެކު އެގަހުގެ ފެހި ފަތްތައް ހެލިލާ ގޮތުން އެއިން ކޮންމެ މީހެއްގެ ހިތަށް ވެސް ފިނިކަމެއް ލިބޭނެކަން ޔަޤީނެވެ.

ހުދުކުލައިގެ ޔުނީފޯމު ލައިގެން އެމަގުން ހިނގާފައި ދިޔަ ޔުމްނާގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ އޭނާގެ ކުރިމައްޗަށެވެ. އެއްކޮނޑުގައި ފިޔާތޮށި ކުލައިގެ ދަބަހެއް އަޅުވާލެވިފައި ވީއިރު ކަކުލުން ތިރިއަށް ފައިބައިފައިވާ އޭނާގެ ކަޅުކަން ގަދަ ފަން އިސްތަށިގަނޑު ގަތާލުމަށްފަހު ފަހަތަށް ދޫކޮށްލާފައި އޮތެވެ. ރަތް ދަކަ އަވީގެ ސަބަބުން އެ ދޮން މޫނަށް ޖަންބުކުލަ އަރާފައިވީއިރު އޭނާގެ އެއްއަތުން ލޯމަތީގައި އަތް އަޅައިގެން ދިއައީ އެ ގަދަ އަވިން ދެލޮލަށްވަމުން ދިޔަ އުނދަގުލެއްގެ ބޮޑުކަމުންނެވެ.

ނިކަގަސް ފަހަނައަޅައި ޔުމްނާ ދިޔައިރު އެތަނުގައި ތިބި ކޮންމެ މީހެއްގެ ކަޅިވެސް އޭނާއަށް ހުއްޓިފައިވިއެވެ. އެއްބަޔަކު ކައިރީގައި ހުރި މީހާގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލިއިރު އަނެއްބަޔަކު ނުރުހުމުގެ ނަޒަރުން އޭނާ އާ ދިމާ ބަލަހައްޓައިގެން ހުއްޓެވެ. ޔުމްނާ އަށް މިކަން ފާހަގަވި ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ އޭނާ ސްކޫލާ ދިމާއަށް ހިނގަމުން ދިއައެވެ.

ކުލާސްރޫމާ ހަމައަށް އާދެވުމާއެކު ޔުމްނާާ އޭނާގެ ދެއަތުން ދަބަހުގައި ބާރަކަށް ހިފަހައްޓާލަމުން ކުލާހާ ދިމާއަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ދެލޯމަރާލަމުން ފުން ނޭވާއެއް ދޫކޮށްލިއިރު ހީވަނީ ބޮޑު ކަމަކަށް ތައްޔާރުވީ ހެންނެވެ. އެއާއެކު ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ގޮސް ކުލާހުގެ ހަލަބޮލި މާހައުލަށް ވަދެގެން ދިއައެވެ. އޭނާ ވަނުމާއެކު މުޅި ކުލާސް ހިމޭންވެގެން ދިޔަކަން ފާހަގަވި ނަމަވެސް އޭނާ ބެލީ އެއިން އެއްވެސް ކުއްޖަކާ ހަތަރު ކަޅި ހަމަނުކޮށް ވޭތޯއެވެ. އިސްޖަހައިގެން ހުރެ އޭނާގެ ޑެސްކު ހުންނަ ދިމާއަށް ހިނގަމުން ދިޔަ އިރު ކުލާހުގައި ތިބި ހުރިހާ ކުދިންވެސް އޭނާ އާ ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތުން އޭނާ އިތުރަށް ޖެހިލުންވެ ހާސްވާގޮތް ވިއެވެ.

އާންމު ގޮތެއްގައި އޭނާގެ ޑެސްކު ހުންނަ ހިސާބަށް ގޮސް ޔުމްނާާ ދެފަރާތް ހޯދާ ބަލާލިއެވެ. އެތަނުގައި ޑެސްކު ނެތުމުން އޭނާ އެކި ކޮޅު ކޮޅު ހޯދާ ބަލާލިއިރު ފެނުނީ ކްލާހުގެ އެއްކަނެއްގައި އެ ޑެސްކު ބަހައްޓާފައިވާ ތަނެވެ. އެދިމާއަށް ދާން އޭނާ އަޅާލި ފިޔަވަޅު ހުއްޓުކަމަށް އައީ އޭނާގެ ކުރިމައްޗަށް ކޮންމެވެސް ކުއްޖަކު އެރުމުންނެވެ. އިސްޖަހައިގެން ހުރުމުން އޭނާއަށް ފެނުނީ ހަމައެކަނި އެ ކުއްޖާގެ ފައެވެ. އަރާފައިވި އަގުބޮޑު ހުދު ކުލައިގެ ބޫޓު އޮފުކޮށްފައިވާ ވަރުން ވެސް އެއީ ކާކުކަން ޔުމްނާާއަށް ރަނގަޅަށް އެނގުނެވެ.

“ކޮންތާކަށް؟” މަލާމާތުގެ ރާގަކަށް އެ އަންހެންކުއްޖާ އެހެން އަހާލުމުން ޔުމްނާާ އުނދަގުލާއެކު އިސްއުފުލާ އެ ކުއްޖާގެ މޫނަށް ބަލާލިއެވެ.

“ޑެސްކު ބަލާ ދާން..” ދަބަހުގައި ބާރަކަށް ހިފަހައްޓާލަމުން ޔުމްނާ މަޑުމަޑުން ބުނެލިއެވެ. އެ މޫނުމަތީގައި ހާސްކަމާ ޖެހިލުންވުން އެކުލެވިފައިވިއެވެ. ޔުމްނާާ އެހެން ދިމާއަކުން ދާން މަސައްކަތްކުރި ނަމަވެސް އެ އަންހެން ކުއްޖާ ހުޝިޔާރުކަމާއެކު އައިސް އޭނާގެ ކުރިމައްޗަށް އެރިއެވެ. ކުލާހުގައި ތިބި އެހެން ކުދިން ހިމޭންކަމާ ޝަޢުޤުވެރިކާމާއެކު މި މަންޒަރު ބަލަން ތިބި އިރު ހީވަނީ ޓީވީ ޝޯވއެއް ބަލަން ތިބި ހެންނެވެ.

“މަށަށް ވެގެންވާނަމަ ކަލޭގެ ޑެސްކު މި ކުލާހުން ބޭރަށް ހޫރާލީމުސް…” ޔުމްނާާގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާ ހަރަން ބަނދެލަމުން ބުނެލިއެެވެ. ޔުމްނާާ ތުން ފިއްތާލަމުން އެކުއްޖާ އާ ދިމާއަށް ބާލާލިއިރު ހީވަނީ ދެންމެ ދެންމެ ރޮވިދާނެ ހެންނެވެ. އޭނާ ހުރީ އެހާވެސް ޖެހިލުންވެފައެވެ.

” ޝަނާ.. މަ މީތި ކުޑަދޮރުން ބޭރަށް ހޫރާލަންތަ؟” ފިރިހެން ކުއްޖަކު އެހެން ބުނެލި އަޑަށް ޔުމްނާާ ސިހިފައި އެ ދިމާ ބަލާލިއިރު އޭނާގެ ޑެސްކުގެ ކައިރީގައި ކޮޅަށް ހުރީ އާސިމެވެ. ނުލަފާ ގޮތަކަށް އެއްމިޔަކުން ހީލައިގެން ހުރެ އާސިމް ގެންދިއައީ އޭނާގެ ޑެސްކުގައި ފާޑަކަށް ފިރުމަމުންނެވެ.

“އާނ… ހޫރާލާ..” ޔުމްނާގެ ކުރިމަތީގައި ހުރި ޝަނާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އެއާއެކު އާސިމް އެ ޑެސްކު ނަގާ އުފުލާލިއެވެ.

“ނޫން…” ޔުމްނާާ އާސިމާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ނަމަވެސް ޔުމްނާާގެ އެ ލަފްޒުން އާސިމް ގާތަށް އައީ ހިންޏެވެ.

“ކަލޭ ހަމަ އެހާ ކިޔަވާ ހިތްވޭތަ؟”  ބާރަކަށް ޔުމްނާާގެ ކޮނޑުގައި ހިފައިގަންނަމުން ޝަނާ އަހާލީ މަލާމާތުގެ ރާގަކަށެވެ. ޔުމްނާާ ޝަނާއަށް ބަލާލަމުން ހިންދިރުވާލިއެވެ. އެ ކޮނޑުގައި ޝަނާ ހިފަހައްޓައިގެން ހުރި ތަނަށް ތަދުވަމުން ދިޔަ ނަމަވެސް އޭނާއަށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

“މީހުން މަރާ މީހާގެ ދަރިވެސް ކިޔަވާތަ؟” ޑެސްކު ބިންމަތީގައި ބެހެއްޓުމަށްފަހު އާސިމްގެ މިސްރާބު ޔުމްނާާ އާ ދިމާއަށް ބަދަލުކޮށްލަމުން އޭނާ އެހެން އަހާލިއިރު އެ ދެލޮލުގައި ވަނީ ރުޅިވެރިކަމެވެ.

“ކަލޭ ކިޔަވާނެކަމެއް ނެތް! ކަލޭ ވެސް ދޭ ކަލޭގެ ބައްޕައާ އެކީ މީހުން މަރަން.. އެކަމުން މާ ގިނަ ލާރި ލިބޭނެ!” އާސިމް އައިސް ޔުމްނާާ އާ ދާދި ގާތުގައި ހުއްޓި ވާހަކަ ދެއްކިއިރު އޭނާގެ އަޑު ކުރިއަށް ވުރެ ބާރުވެފައި ރުޅިވެރިކަން އެކުލެވެއެވެ. ޔުމްނާ ޖެހިލުންވެ ހުރެ އާސިމްގެ މޫނަށް ނަޒަރު ހިންގާލިއެވެ. ދެބުމަ ގޮށް ޖެހިފައިވީއިރު އާސިމްގެ ދެ ތުންފަތް ތުރުތުރު އަޅަމުން ދިއައިރު އޭނާ ރުޅިއައިސްފައިވާލެއް ބޮޑުކަން ހާމަވެއެވެ. އެމަންޒަރު ފެނި ޔުމްނާއަށް ދެން ނަޒަރު ހިންގާލެވުނީ މުޅި ކުލާސް ތެރެއަށެވެ. ބައެއް ކުދިން ޑެސްކުތަކަށް އަރާ ތިބިއިރު އަނެއްބައި ކުދިން ގޮނޑީގައި އިށީންދެގެންނާއި ޑެސްކުގައި ލެނގިލައިގެން ތިއްބެވެ. އެއެންމެންގެ ނަޒަރުވެސް ވަނީ އޭނާ އާ ދިމާއަށް ހުއްޓިފައެވެ. އެއެންމެންގެ މޫނުމަތިންވެސް ފާޅުވަނީ ރުޅިވެރިކަމެވެ. ޔުމްނާާގެ ދެލޯ ފެންކަޅިވެގެން ދިއައީ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. އޭނާ ދެކެ އެންމެން ވެސް ކިހާ ރުޅިއާދޭ ހެއްޔެވެ؟

ފުރަތަމަ ގަޑި ފެށޭ ރަނގަބީލު ޖެހުނު އަޑަށް ކުދިންތައް އެ ކުއްޖެއްގެ ގޮނޑީގައި އިށީންދެ ހަމަޖެހެން މަސައްކަތްކުރިއެވެ. އާސިމް ވެސް ޔުމްނާާ އާ ދިމާއަށް އަލިފާނުގެ ނަޒަރަކުން ބަލާލުމަށްފަހު އޭނާގެ ޑެސްކާ ދިމާއަށް ހިނގައިގަތީ އިތުރު އެއްޗެކޭ ނުބުނެއެވެ. އަދިވެސް ޔުމްނާާގެ ކޮނޑުގައި އެއްއަތުން ހިފަހައްޓައިގެން ހުރި ޝަނާ ޔުމްނާ ފަހަތަށް ކޮއްޕާލުމަށްފަހު ދުރަށް ހިނގައިގަތެވެ.  އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ޔުމްނާ ކުލާހުގެ އެއްކަނެއްގައި ހުރި އޭނާގެ ޑެސްކާ ދިމާއަށް ހިނގައިގަތެވެ. މަޑުމަޑުން ގޮސް ގޮނޑީގައި އިށީން އިރު އަނެއްކާވެސް އެ ދެލޮލުން ތާޒާ ކަރުނައިގެ ތިކިތައް ފައިބަން ފަށައިފިއެވެ.

މުދައްރިސް އައުމާއެކު ހުރިހާ ކުދިން ވެސް ކައިރީގައި ހުރި ކުއްޖާއާ ދައްކަން ހުރި ވާހަކައެއް ދޫކޮށްލުމަށްފަހު އެދިމާއަށް ސަމާލުކަން ދިނެވެ. އެއްކަނެއްގައި އިން ޔުމްނާާ އެ ހުރިހާ ކުދިންނަށް ނަޒަރު ހިންގާލީ މަޑުމޮޅިކަމާއެކުގައެވެ. އެއިން ކޮންމެ ކުއްޖެއްގެ ގާތުގައި ވެސް އެހެން ކުއްޖެއް އިންއިރު އޭނާ އިންނަން ޖެހެނީ އެ ހުރިހާ ކުދިންނާ ވަކިން މާ ދުރުގައެވެ. ހުރިހާ އެންމެން ވެސް އޭނައަށް ކުރާ ނަފުރަތު ފެނި އެ ހިތަށް ކުރާ އަސަރު ދެނެވޮޑިގެންވާނީ ހަމައެކަނި މާތް ﷲ އެވެ. ކުލާހުގެ އެހެން ކުދިން އޭނާ ބާކީކޮށްލާ ކޮށްލުމާ ރަށުގެ މީހުން އޭނާ އާ ދިމާއަށް ކިޔާއެއްޗެހިން އެ ހިތް ކޮންމެ ދުވަހަކު އެތައް ހާސް ފަހަރު މަރުވެއެވެ. އޭނާއަށް އެ ހުރިހާ ވޭނެއް އެ ލިބެނީ އޭނާގެ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ އޭނާގެ ބައްޕަ ކުރި ކުށެއްގެ ސަބަބުން އޭނާއަށް މިހާ ބޮޑު ކެކުޅުމެއް ލިބުމަކީ ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟ ނަމަވެސް އޭނާއަށް އިންސާފު ހޯދައިދޭނެ އިންސާނަކު މުޅި އެރަށުގައި ވެސް ހުރިހެންނެއް ހިޔެއް ނުވެއެވެ.

ކުލާހަށް ވަތް މުދައްރިސް ފުރަތަމަ ވެސް ނަޒަރު ހިންގާލީ ކުލާހުގެ އެއްކަނެއްގައި އެކަނި މާއެކަނި އިން ޔުމްނާާއާ ދިމާއަށެވެ. ޔުމްނާާ އެގޮތަށް ހުރިހާ ކުދިންނާ ވަކިން އިން އިރުވެސް އޭނާގެ ހިތަށް އެއްވެސް އެއްޗެެއް އެރިހެންނެއް ހިޔެއް ނުވެއެވެ. އެހެން ކުދިންނާ މަޖާކޮށްކޮށްފައި އޭނާ ވާހަކަދައްކަމުން ދިޔައިރު ޔުމްނާާއަކީ އެކުލާހުގައި އިން ކުއްޖެކޭ ވެސް އެހިތަށް ނާރާ ކަހަލައެވެ. ޔުމްނާާ އެންމެ ދެރަވާ ކަމަކީ މިއީއެވެ. ސްކޫލުގައި އުޅޭ މުދައްރިސުންވެސް އޭނާއަށް އެހާ ނަފުރަތު ކުރެއެވެ. އެހެން ކުދިންނަށް އެއްޗެއް ނޭންގުމުން އަލުން އެ އޮޅުން ފިލުވައިދޭ ގޮތަށް އޭނާއަށް އެމީހުން އޮޅުން ފިލުވައެއް ނުދެއެވެ. މިހުރިހާ ކަމެއް މިހެން ހުރި އިރުވެސް ޔުމްނާާ ކިޔަވަން މަސައްކަތް ކުރެއެވެ. އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުވާ ވަރަށް އޭނާ އަބަދުވެސް ފާސްވެއެވެ.

އޯލެވެލް އިން ފަސް މާއްދާއިން ފާސްވުމާއެކު ޔުމްނާާ ގްރޭޑް އެގާރައަށް ވަނީ މިދިޔަ އަހަރެވެ. މިހާރު 12 ގައި ތަޢުލީމު ހާޞިލްކުރަމުންދާ ޔުމްނާ އަކީ ކިޔެވުމަށް ޝަޢުޤުވެރިކަން ހުންނަ ކުއްޖެކެވެ. އެއްވެސް މުދައްރިސަކު އޭނާއަށް އަޅާނުލާއިރުވެސް އަމިއްލައަށް ލައިބްރަރީއަށް ގޮސް އެކި އެކި ފޮތްތައް ހޯދައިގެން ކިޔަވަން މަސައްކަތްކުރެއެވެ.

މުދައްރިސް ބޯޑުގައި ލިޔަމުން އެއްޗެއް ކިޔައިދެމުން ދިޔައިރު ޔުމްނާާ އިނީ އެކިޔާ އެއްޗެއް ކަނުލާ އަޑުއަހާށެވެ. މުދައްރިސް ކިޔާދޭވަރުން މޭޒުމަތީގައި އޮތް ނޯޓު ފޮތުގައި އެއްޗެހި ނޯޓުކުރަމުން ދިއައީ އޭނާގެ ސިކުނޑިން އެއެއްޗެހި ހަނދާންނެތިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އޭނާގެ ހަނދާނުން އެ އެއްޗެހި ކައްސާލައިފިނަމަ އޭނާއަށް އެ ފިލާވަޅު އަލުން ކިޔައިދޭނެ މީހަކު ނުހުންނާނެކަން އޭނާ ދަނެއެވެ.

ސްކޫލުގެ ގަޑިތައް ނިމުމާއެކު ގުރޫޕު ގުރޫޕަށް ކުދިންތައް ކުލާހުން ނިކުމެގެންދާ މަންޒަރު ބަލަން ޔުމްނާާ އިނެވެ. އެންމެ ފަހު ކުއްޖާ ކުލާހުން ނިކުތުމާއެކު ޔުމްނާާ ތެދުވެގެން ގޮސް ހުއްޓެލީ ކުޑަދޮރު ދޮށުގައެވެ. އޭރު ހިމަފޮދު ވާރޭ ވެހެމުން ދިޔައިރު ގިނަ ބެލެނިވެރިން އެމީހުންގެ ދަރިންނަށް ކުޑަ ހިފައިގެން އައިސް ތިއްބެވެ. މިމަންޒަރު ފެނުމުން ޔުމްނާާ ފުން ނޭވައެއް ދޫކޮށްލިއެވެ. ކިތަންމެ ބޯކޮށް ވާރޭ ވެހުނަސް ކުޑަ ހިފައިގެން އޭނާ ބަލައި އަންނާނެ މީހަކު ނުހުންނާނެކަން އޭނާއަށް އިނގެއެވެ. ގޮނޑީގައި އޮތް ދަބަސް ނަގައި އޭގައި ބައްދައިގެން ހުރެ އޭނާ ކުލާހުން ބޭރަށް ނިކުތީ ވާރޭ ބޯކުރަން ވާއިރަށް ގެއަށް ދިއުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނާއަށް ދެތިން ފިޔަވަޅު ނޭޅިގެން އުޅެނިކޮށް ވާރޭ ބޯކޮށްލީ ހަމަ ކުއްލިއަކަށެވެ. އަނެއްކާވެސް ގޮސް އެނބުރި ކުލާސް ކައިރީގައި މަޑުކޮށްލީ އޭނާގެ ފޮތްތައް ތެމިދާނެތީއެވެ.

ދަބަހުގައި ބައްދާލައިގެން ވާރޭގެ ތެރެއަށް ނަަޒަރު ހުއްޓާލައިގެން ޔުމްނާާ ހުއްޓާ ހުރިހާ ކުދިން ކަހަލަ ގޮތަކަށް ގެއަށް ގޮސް ނިމިއްޖެއެވެ. ސްކޫލުގެ ބޮޑު ގޯތިތެރޭގައި މަސައްކަތު މީހެއް ފިޔަވައި އެހެން މީހެއްގެ ހިލަމެއް ނުވާތަން ފެނުމުން ޔުމްނާާ ގޮސް ކުލާސްތެރޭގައި ހުންނަ ކަބަޑަށް އޭނާގެ ދަބަސް ލުމަށްފަހު އެނބުރި ބޭރަށް ނިކުތެވެ. ބޯކޮށް ވެހެމުން ދިޔަ އެ ވާރޭތެރެއަށް އޭނާ ނިކުމެލާ ހިތްވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ވާރޭގެ ތެރެއަށް ދެތިން ފިޔަވަޅު އެޅުމަށްފަހު އޭނާ ދެފަރާތަށް ވާގޮތަށް ދެއަތް ދަމާލިއިރު އެމޫނުމަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. އޭނާގެ ހަށިގަނޑު ވާރެއާ ތެމެމުން ދިޔައިރު އެހިތަށް ލިބެމުން ދިއައީ ބުނެދޭން ނޭނގޭ ކަހަަލަ ހިތްހަމަޖެހުމެކެވެ. އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު އޭނާ ދުވެފައި ގޮސް ސްކޫލުގެ ގޯތިތެރެއިން ބޭރަށް ނިކުތެވެ. ސްކޫލާއި ޖެހިގެން ހުންނަ ކުޑަކުދިންގެ ޕާކުގައި އެލުވާފައި ހުރި އުނދޯލިތައް ފެނުމުން އޭނާ މިސްރާބުޖެހީ އެދިމާއަށެވެ. މަޑު ހިނގުމެއްގައި ގޮސް އޭނާ އެއިން އުނދޯއްޔެއްގައި އިށީންދެ ލޯމަރާލުމަށްފަހު ހެއްލަން ފެށީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. ވާރޭއާ އޭނާގެ ހަށިގަނޑު ތެމެމުން ދިޔައިރު ލައިގެން ހުރި ޔުނީފޯމު އެ ހަށިގަނޑުގައި ތަތްލަވާފައި ވިއެވެ. އަރައިގެން ހުރި ބޫޓު ބިންމަތީގައި ހެދިފައިވާ ފެންގަނޑުތަކުގެ ސަބަބުން ޗަސްތެޅެމުން ދިޔައިރު އޭނާ އެކަމަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

“ހައި..” ޔުމްނާާ ސިހިފައި ދެލޯ ހުޅުވާލީ ފިރިހެންވަންތަ އަޑެއް އޭނާ އާ ވަރަށް ކައިރިން އިވުމުންނެވެ. ޖެހިގެން އިން އުނދޯލީގައި ވާރެއާ ތެމިފޯވެގެން އިން ފިރިހެން ކުއްޖާ ފެނި އޭނާއަށް ތެޅިގަނެވުނެވެ. ނަމަވެސް އެ ޒުވާނާ އޭނާ ދާ ސްކޫލު ޔުނީފޯމު ލައިގެން ހުރިތަން ފެނުމުން ހައިރާންވިއެވެ.

“މީ އަޝްފާން… ” ހިނިތުންވެލައިގެން ހުރެ އެ ޒުވާނާ އެހެން ބުނެލަމުން، ޔުމްނާއާ ދިމާއަށް އަތް ދިއްކޮށްލުމާއެކު ޔުމްނާ އެއަތާ ދިމާއަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. އިރުކޮޅެއްވީ އިރުވެސް ޔުމްނާ އޭނާއާ ސަލާމް ނުކޮށްލުމުން އަޝްފާން އެ އަތް ތިރިކޮށްލިއެވެ.

“އަހަރެން ނޫޅެމޭ ކައިލާކަށް…” އަޝްފާނު މަޑު ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އޭރުވެސް ޔުމްނާާ ދެލޯ ބޮޑުކޮށްގެން އަޝްފާނާ ދިމާއަށް ބަލަން ހުއްޓެވެ. ސްކޫލުގައި އުޅޭ އެއްވެސް ކުއްޖަކު އޭނާއާ ވާހަކަ ދައްކަން ޖެހިލުންވާއިރު އަޝްފާނު އެހާ ކެރިގެން އޭނާއާ އެ ވާހަކަ ދައްކަނީ ކީއްވެބާއޭ އެހިތަށް އެރިއެވެ. ‘މީހުން މަރާ މީހާގެ ދަރި’ ކަމަށް އޭނާ މުޅި ސްކޫލުގައި މަޝްހޫރުވެފައި ވާއިރު އަޝްފާނަށް އޭނާއަކީ ކާކުކަން ނޭނގެނީ ހެއްޔެވެ؟

“ތިހުރީ މިރަށު ކުދިން އަހަންނާ މެދު ކަންތައް ކުރާ ގޮތް… އަހަންނަށް އެއްވެސް ރައްޓެއްސެއް ވެސް ނުލިބޭނެ ކަންނޭނގެ…” ފުންނޭވައެއް ދޫކޮށްލަމުން އަޝްފާނު އެހެން ބުނެލީ ތެމިފައިވާ އޭނާގެ ފަން އިސްތަށިގަނޑުގައި އެއް އަތް ހިންގާލަމުންނެވެ.

“އަހަރެން މީ ކާކުކަމެއް ނޭނގޭތަ؟” ޔުމްނާ ޖެހިލުންވެ އިނދެ އަހާލިއެވެ.

“ތީ އަހަރެން އިންނަ ކުލާހުގައި ހުރި ކުއްޖެއްނު…؟ ” އަޝްފާނު އެހެން ބުނުމުން ޔުމްނާ އިހުނަށްވުރެ ބޮޑަށް ހައިރާންވިއެވެ. އަޝްފާނު ކިޔާ ކުއްޖަކު އެކުލާހުގައި ނޫޅޭކަން އޭނާއަށް ޔަޤީންވެއެވެ.

“ނޭނގުނު ދޯ؟ އަހަރެން މިރަށު ސްކޫލަށް މިޔަދު އަލަށް މިއައީ… އެހާ ފްރެންޑްލީއެއް ނޫން ދޯ މިރަށު ކުދިންނެއް؟” އަޝްފާން އެހެން ބުނުމުން ޔުމްނާާ އިސްޖަހާލިއެވެ. އަޝްފާން އެކުރި ސުވާލުގެ ޖަވާބު ދޭނެ ގޮތެއް އޭނާއަށް ނޭނގޭތީއެވެ.

“ކީއްވެ ތެމިގެން ތިއައީ؟ ބަލާ ނާންނަނީތަ؟” ޔުމްނާ އެއްޗެކޭ ނުބުނުމުން އަނެއްކާވެސް އަޝްފާން އަހާލިއެވެ. އެ ސުވާލަށްވެސް ދޭނެ ޖަވާބެއް ނޭނގިފައި ޔުމްނާާއަށް ހިނދުކޮޅަކު ހުރެވުނެވެ. އަޝްފާނު މިޔަދު އެކުލާހުގައި އިނިއްޔާ ޝަނާމެން އޭނާއާ މެދު ކަންތައް ކުރި ގޮތްވެސް ފެންނާނެއޭ އޭނާގެ ހިތަށް އެރިއެވެ.

“އަޝްފާނު ނުދެކެންތަ ކުދިން އަހަންނާ މެދު ކަން ކުރާ ގޮތެއް؟” ތުރުތުރު އަޅާ އަޑަކުން ޔުމްނާާއަށް އެހެން އަހާލެވުނީ އާސިމްއާ ޝަނާ އޭނާއާ މެދު ކަންތައް ކުރާ ގޮތް ހިތަށް އެރުމުންނެވެ.

“ދެކުނިން…” ދުރު ބަލާލަމުން އަޝްފާން އެހެން ބުނެލި ގޮތުން ޔުމްނާ ދެރަވިއެވެ. އޭނާއަށް އެއްވެސް އެކުވެރިއެއް ނުވަނީ ހަމަ އޭނާގެ ސަބަބުންކަމުގައި ހިތާހިތުން ނިންމުނެވެ.

“އެކަމަކުވެސް އަހަންނާ ވާހަކަ ދައްކަނީތަ؟ އެކަކުވެސް އަހަންނަކާ ވާހަކައެއް ނުދައްކާނޭ..” ޔުމްނާާއަށް ވައި އަޑުން އެހެން ބުނެވުނީ ވެފައިވާ ދެރައެއްގެ ބޮޑުކަމުންނެވެ. އޭނާވެސް އެހެން ކުދިން ގޮތަށް ރައްޓެހިން ބޭނުމެވެ. ނަމަވެސް އޭނާއަށް އެކަން ތަޤުދީރުގައި ނެތީއޭ އެވަގުތު އެހިތަށް އެރިއެވެ.

“ހުމްމް.. އަހަރެން ބޭނުން ފްރެންޑްވާން…” އަޝްފާން ދުރު ބަލަހައްޓައިގެން ހުރެ އެހެން ބުނެލުމުން ޔުމްނާ އަޝްފާނާ ދިމާ ބަލާލިއެވެ. އަޝްފާން ހަމައަސްލުވެސް އެއުޅެނީ އޭނާގެ ރަހުމަތްތެރިއަކަށް ވާން ބާއޭ އެވަގުތު އެހިތަށް އެރިއެވެ.

“އަޝްފާނު އަހަންނާ ތިގޮތަށް ވާހަކަ ދައްކަންޏާ ކުދިން އަޝްފާނަށް ވެސް މަލާމާތްކުރާނެ… އަޝްފާނަށް ވެސް އެހެން ރައްޓެހިން ހޯދުން ވާނީ މުސީބާތަކަށް… އަހަރެން ބޭނުމެއް ނޫން އަހަންނާ ހެދި މީހަކަށް އެހެން ވާކަށް… އެހެންވީމަ މީގެ ފަހުން އަަހަންނާ ވާހަަކަ ނުދައްކާތި…” ޔުމްނާާ އެހެން ބުނުމަށްފަހު އުނދޯލިން ތެދުވިއިރު ދެލޮލުން ކަރުނަ ފާއްދާލާފިއެވެ. ނަމަވެސް އޭނާގެ މޫނުގައި ބޮސްދެމުން ދިޔަ ވާރޭގެ ތިކިތަކުގެ ސަބަބުން ބަލާ މީހަކަށް އެކަމެއް ނޭނގޭނެއެވެ. އަޝްފާނުގެ ރަހުމަތްތެރިކަމަށް އެދި އެހިތް ގޮވަމުން ދިޔަ ނަމަވެސް އޭނާ އެ ހިތުގެ އެދުމުގައި ކޮޅުފައިން ޖެހީއެވެ. އޭނާ ޤަބޫލުކުރާ ގޮތުން އޭނާ އަކީ އެކަނިވެރިއެކެވެ. އެއްވެސް މީހެއްގެ ހަމްދަރުދީއާ އަޅާލުން ހައްޤުނުވާ ނިކަމެއްޗެކެވެ.

ޔުމްނާ އެނބުރި ސްކޫލާ ދިމާއަށް ދާން އަޅަ އަޅާ ހުރި ފިޔަވަޅު ހުއްޓުމަކަށް އައީ އޭނާގެ އަތުގައި މީހަކު ހިފެހެއްޓުމުންނެވެ. ފަހަތް ބަލާލިއިރު އެއަތުގައި ހިފަހައްޓައިގެން ހުރި އަޝްފާނާ ހަތަރު ކަޅި ހަމަވުމުން ޔުމްނާގެ ހިތަށް އާދަޔާ ޚިލާފު ގޮތެއް ވެގެން ދިއައެވެ. އެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެން ފެށިއިރު އޭނާގެ ނޭވާ އަވަސްވެގެން ދިޔައެެވެ. އަޝްފާނުގެ މަޑު މުށިކުލައިގެ ކަޅިއާއި އެ ތޫނު ދެލޮލުގައި އެވަނީ ކޮންފަދަ ޖާދުލެއްބާއޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ. އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު އަޝްފާނު ގެނައި ކުއްލި ހަރަކާތާއެކު އޭނާ ގޮސް އަޝްފާނުގެ މޭގައި ލައްވިއެވެ. އަޝްފާނުގެ ދެއަތް އޭނާ ވަށާލިއިރު ޔުމްނާ އަށް ހުރެވުނީ ގަނޑުވެފައެވެ.

“އައި ލަވް ޔޫ… ނަން ނޭނގުނަސް… ތި ކުއްޖާއާ ބެހޭ އެއްވެސް އެއްޗެއް ނޭނގުނަސް.. އަހަންނަށް ތި ކުއްޖާ ދެކެ ލޯބިވެވިއްޖެ… ތީ ކޮންމެ ތާކު އުޅޭ ކޮންމެ ކަހަލަ ކުއްޖަކަސް އަހަންނަށް ހެޔޮ… ” އަޝްފާންގެ އެ ޖުމްލަތަކުން ޔުމްނާާގެ ހިތަށް ހަމަޖެހުމެއް ލިބެމުން ދިއައީ ކީއްވެކަން ޚުދު އޭނާއަކަށްވެސް ނޭނގުނެެވެ. އަޝްފާން އޭނާގެ ހަށިގަނޑުގައި ކުރިއަށްވުރެ ބާރަށް ބައްދާލުމުން ދުުރުވާންވެސް ނޭނގިފައި އޭނާއަށް ހުރެވުނެވެ.

“ކުލާހަށް ފުރަތަމަ ވަތް އިރުވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ތި ކުއްޖާ… ތި ކުއްޖާއާ މެދު ކުދިން ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް އަހަރެން އަބަދުވެސް ތިކުއްޖާއާ އެކު ހުންނާނަން…” އަޝްފާން އެހެން ބުނުމުން ޔުމްނާާއަށް ގިސްލެވެން ފެށީ ބޭއިޚްތިޔާރުގައެވެ. މީގެ ކުރިން އެއްވެސް މީހަކު އޭނާ އަކީ އެއްވެސް ވަރަކަށް މުހިންމު މީހެއް ކަން ހާމަކޮށްދީފައެއް ނުވެއެވެ. ނަމަވެސް މިޔަދު އަޝްފާން އެ ބުނެލި ބަސްތަކުގެ ސަބަބުން އޭނާއަކީވެސް މުހިންމު މީހެއްކަން އިހުސާސްކުރެވިއްޖެއެވެ. މީހެއްގެ ލޯތްބާއި އޯގާތެރި ބަސްތަކަކަށް އިންތިރާޒުކުރަމުން ދިޔަ ޔުމްނާ އަށް އޭނާގެ އެ އިންތިޒާރުގެ ނިމުން އައި ކަހަލަ އިހުސާސެއް ކުރެވިގެން ދިއައެވެ. ޔުމްނާާވެސް އަޝްފާން ގައިގައި ބައްދާލީ އަޝްފާންގެ ހިމާޔަތައް އެދޭ ފަދައިންނެވެ. ޔުމްނާާގެ މި ޢަމަލުން އަޝްފާންގެ މޫނުމަތީގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ދެމީހުން އެތައް އިރެއް ވަންދެން އެގޮތުގައި ތިއްބެވެ.

އިރުކޮޅެއް ފަހުން އަޝްފާން ޔުމްނާާގެ ދެކޮނޑުގައި ހިފައި ދުރަށް ޖައްސާލަމުން ޔުމްނާ ގެ ދޮން މޫނަށް ބަލާލިއެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ އެ ބޮޑު ދެލޯ މަތީގައި އޭނާ ފިރުމާލީ ލޯތްބާއެކީގައެވެ. އޭނާގެ މިޢަމަލުން ޔުމްނާ ގެ ހިތަށް ފިނިކަމެއް ލިބިގެން ދިއައެވެ.

“ދެން ބުނެބަލަ… ތިކުއްޖާއަށް ކޮން ނަމެއްތަ ކިޔަނީ؟” ޔުމްނާ ގެ ދަތްދޮޅީގައި ހިފާލަމުން އަޝްފާން ލޯތްބާއެކު އަހާލިއެވެ. ޔުމްނާ ލަދުން އިސްޖަހާލިއިރު އެމޫނުކޮޅަށް ޖަންބު ކުލަ އަރައިގެން ދިއައެވެ.

” ޔުމްނާާ…” އިސްޖަހައިގެން ހުރެ ޔުމްނާާ މަޑުމަޑުން ބުނެލިއެވެ.

” ޔުމްނާާ… ވަރަށް ރީތި ނަމެއް…” އަޝްފާނު އެހެން ބުނެލުމުން ޔުމްނާާ އިތުރަށް ރަކިވިއެވެ.

ވާރޭ ކުޑަކޮށް ތުނިކޮށްލުމާއެކު ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައިން ޔުމްނާާ ސްކޫލާ ދިމާއަށް ދުއްވައިގަތްއިރު އެ މޫނުމަތިން ހާސްކަން ފާޅުވޭވޭ ހުއްޓެވެ. ޔުމްނާާއަށް މިއައި ކުއްލި ބަދަލާމެދު ހައިރާންވެ ހުރެ އަޝްފާނުވެސް ފަހަތުން ދުއްވައިގަތެވެ. އޭނާ ސްކޫލު ގޯތިތެރެއަށް ވަދެގެން ގޮސް ކުލާހާ އަރާ ހަމަކުރިއިރު  ދަބަސް ހިފައިގެން ޔުމްނާ ކުލާހުން ނިކުންނަނީއެވެ.

“ކިހިނެއްވީ؟ ކުއްލިއަކަށް ދިއައީ ކީއްވެ؟” ޔުމްނާ އުޅުނު ގޮތުން އަޝްފާން އެހެން އަހާލީ ހިސާބަކަށް ހާސްވެ ހުރެއެވެ.

“ދަނީ.. ގެއަށް… ލަސްވެއްޖެ…” ޔުމްނާާ އެހެން ބުނުމަށްފަހު ސްކޫލުން ނިކުތުމަށް ދުއްވައިގަތެވެ.

” ޔުމްނާ !” ސްކޫލު ގޭޓާ ހަަމައަށް އަރާފައި ޔުމްނާާ ހުއްޓުން އެރީ އަޝްފާން އޭނާއަށް ގޮވާލުމުންނެވެ. ފަސްއެނބުރި ބަލާލިއިރު ކުލާސް ދޮރުމަތީގައި އަޝްފާން ހުއްޓެވެ.

“މާދަމާ ދިމާވާނެ ދޯ؟” އަޝްފާން ބާރަކަށް އެހެން ގޮވާލުމުން ޔުމްނާ ދެކޮޅު ހޯދާ ބަލާލީ އަޑުއިވޭ ހިސާބުގައި އެއްވެސް މީހަކު ހުރިތޯއެވެ. ބޯ ޖަހާލުމަށްފަހު އޭނާ ދުވެފައި ގެއާ ދިމާއަށް މިސްރާބުޖެހިއިރު އެ މޫނުމަތީގައި ވަނީ މާނަވީ ހިނިތުންވުމެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އަގެއްނެތްލޯބި 3 ވަނަ ބައި

Next

ހިތުގެ މިލްކުވެރިޔާ (ވިހިވަނަ ބައި)

Next
August 23, 2017

ހިތުގެ މިލްކުވެރިޔާ (ވިހިވަނަ ބައި)

Previews
August 23, 2017

އަގެއްނެތްލޯބި 3 ވަނަ ބައި

47 Comments!

  1. Liaa says:
    August 23, 2017 at 1:08 pm

    Hey guys. So here is the story. If u like the begining, plx leave a comment. 🙂
    And I missed u guyss mathin soo much! kihineh tha hurihaa kudhin? ^-^
    Loves <3

    1. Raiya says:
      August 23, 2017 at 1:25 pm

      Yeyyyy… lia is back… v rythi mi part. Kury vaahaka thah fadhain mi vaahakaves v rythi vaanr kamah ummeedhu kuran. Keep it up liaa…. btw im first?????to my self

    2. Liaa says:
      August 23, 2017 at 2:04 pm

      Yayy! hehe
      Thanks Raiya 🙂

  2. Shaai says:
    August 23, 2017 at 1:24 pm

    Wow… v rythi vaanehen hiyve

    1. Liaa says:
      August 23, 2017 at 2:06 pm

      Shukuru Shaai:)

  3. ROMAN REGINS says:
    August 23, 2017 at 1:54 pm

    Wow nice when next part

    1. Liaa says:
      August 23, 2017 at 2:08 pm

      Shukuru Roman Regins

    2. Liaa says:
      August 23, 2017 at 10:15 pm

      Thankyw hurihaa kudhin. 🙂 <3

  4. Mona says:
    August 23, 2017 at 1:55 pm

    Feshun v reethi…
    Unmeedhu kuran gavaaidhun up kohdheyne kamah…konme story eh 2 or 3 parts liyefa author gehlumaky mi site ge writers geadhaeh…

    1. Liaa says:
      August 23, 2017 at 10:11 pm

      Thanks Mona 🙂

  5. Kiara says:
    August 23, 2017 at 1:56 pm

    Emme dhuvahakun i love you.?? Ajaibu heevey hama..
    Hama fenna dhuvahu bahdhan vs jeheyne.. pis piss..
    Ethankolhu dhn v fake..
    Vaahaka v salhi ekm..

    1. Adam says:
      August 23, 2017 at 2:49 pm

      Hehe furathama naxarun ves lowbivaa zamaanekey Mee Adam ah heevanee ehen hen eveee

    2. Liaa says:
      August 23, 2017 at 10:12 pm

      Thanks Kiara. Liaa ves mee adhi dhaskuramun anna writer eh. so e kahala mistakes hunnaane. Thanks bunedhineema 🙂

  6. maaz says:
    August 23, 2017 at 2:29 pm

    v reethi mivaka ves.plx liaa ge adhirifaraaye vahaka genes dheeba v evahaka kiyaa hivay.plx plx plx

    1. Liaa says:
      August 23, 2017 at 10:13 pm

      Thanks Maaz. Andhirifaraai S2 iraadha kurevviyaa Liaa ah veevarakun genasdheynan.

  7. Adam says:
    August 23, 2017 at 2:47 pm

    Varah reethi vaanehen heevey mi vaahaka

    1. Liaa says:
      August 23, 2017 at 10:13 pm

      Thanks Adam 🙂

  8. ??? says:
    August 23, 2017 at 3:14 pm

    Story v reethi kuryge story’s hen mi story bes reeti vaane kamah umeedu kuran. Whn next part up kurany???? ❤❤
    u r story

    1. Liaa says:
      August 23, 2017 at 10:14 pm

      Thankyw Dear 🙂

  9. nux says:
    August 23, 2017 at 4:08 pm

    wow nice story feshun v reethi hope kuran v reethi story akah vaanekamah knmedhuvahakuvess up kohladhehchay plx plx keep it up dear???

    1. Liaa says:
      August 23, 2017 at 10:15 pm

      Thankyw nux 🙂

    2. ??? says:
      August 23, 2017 at 11:07 pm

      Thanks we can understand don’t worry every thing will be all right maadan up kurachy pls pls vrh kiyaa hithun mi uhleny waitinggg ?

  10. Dhim says:
    August 23, 2017 at 4:14 pm

    Koba adhiri faraah im still waiting ??
    V nice feshun

  11. Loona says:
    August 23, 2017 at 4:17 pm

    Was waitinn for this srory???

  12. Al says:
    August 23, 2017 at 4:23 pm

    Just luv de beginning… Love at first sight.. Wowsome..

  13. naaanu says:
    August 23, 2017 at 4:59 pm

    Varah reethi feshun..afshaan haadha avahakah loabi vee.anekka revenge ehttha

  14. Aishath says:
    August 23, 2017 at 5:22 pm

    Varah varah salhi…next part kon irakuntha…kiyaa hithun hureveny eh noon…

  15. Adha? says:
    August 23, 2017 at 6:44 pm

    Liaa u r back dw?.. varah reethi mi feshun.. waiting for the next ep..❤❤❤❤

  16. korea says:
    August 23, 2017 at 7:41 pm

    korean drama i miss you balaagen liyefa oyy vaahaka akaa v vahtharu..ehenve v reethi..i miss you is my one of my fav kdrama..

  17. Juvey says:
    August 23, 2017 at 8:57 pm

    Wow liaa is back. .v happy vehjje?v v v nice ???

  18. Juvey says:
    August 23, 2017 at 8:58 pm

    Kon dhuvas thakeh ga tha vaahaka up kuranee.

  19. Rai says:
    August 23, 2017 at 9:28 pm

    Korean drama eh kamahvaa I miss u thanthankolhu copy khfa hurikan v faahagavey .e drama balaafa huri kujjakah vyya meee thedhehkan igeyne.

  20. Liaa says:
    August 23, 2017 at 10:21 pm

    Thankyou Hurihaa kudhin! <3 🙂 ^_^

  21. Liaa says:
    August 23, 2017 at 10:21 pm

    And Kdrama I miss you copy koffa ey bunaa kudhinnah… Liaa nubalan e drama eh kuriakun. But kudhin thihen bunaathyve Liaa balaalaafin e drama ga vaanuvaa. I promise this is not a copy and its going to be different. kommeves varakah eh goi kan Liaa ah ves faahaga kurevijje. ekam Liaa gasthga eh noon. Fahun thafaath vaane. 🙂

    1. Anonymous says:
      August 24, 2017 at 12:18 am

      haadha avahah balaa nimaaly. don’t be so obvious dear Xx

    2. Liaa says:
      August 24, 2017 at 9:28 am

      balaa nimmaaleekeeeh noon. Wikipedia in e drama ga vaanuvaa balaalii 🙂

  22. Hawwi says:
    August 23, 2017 at 11:43 pm

    Nice begining.hope this will be heart touching

  23. Shaileen says:
    August 24, 2017 at 12:53 am

    Wow nice story….? when next part….??

  24. ummuaan says:
    August 24, 2017 at 7:38 am

    when next.. ?

  25. Any says:
    August 24, 2017 at 8:35 am

    Nice story

  26. ?JuM? says:
    August 24, 2017 at 8:54 am

    Wow. V v v obii. ?

  27. Liaa says:
    August 24, 2017 at 9:30 am

    Thankyou hurihaa kudhin 🙂 <3

  28. shannu annu says:
    August 24, 2017 at 12:24 pm

    salhi dhw dhn…

  29. imagination says:
    August 24, 2017 at 1:49 pm

    Woah.. Mee hama mihaaruge meehun. Abadhu meehunnah balne kuraani. I literally cried. V reethi ingey. Shama v foohi vey meehunnah blame kohffa e faadah ulheythi. Lia avahah up kohdheh chey ingey. U know ehnnu how much i love ur stories

  30. jazlee says:
    August 28, 2017 at 10:46 am

    kiya kahaani hai…..
    wow…..

  31. leena says:
    August 28, 2017 at 11:08 am

    varah nice storyeh lia haada inteligentey dhw keep it up

  32. rym says:
    September 1, 2017 at 9:58 pm

    KOREAN DRAMA E GE CO-PY E

Comments are closed.

Next Episodeވިންދު ލޯބިން ޖެހި ހިތެއްގައި (2)←


All Right Reserved!