Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މާހާ 4

Rose Mallow Level 1
May 8, 2017 3 Mins Read
8 Comments

” ޒުލްވެސް މިގޮތަށް ބަލައްޗޭ އިނގޭ.. އޭރުން އަނެއްހެން މައްސަލައެއް ޖެހުނަސް ބޮޑު ގެއްލުމެއް ނުލިބޭނެ .. ” މާހާ އެހެން ބުނެލީ ޒުލްފާއަށްވެސް ދެރަގޮތެއްވާން ނޭނދޭތީއެވެ.

” އެހެންވީމަ ދެން އެވާހަކައެއް ނުދައްކާނަން.. އެނގޭތަ..  ކުރީދުވަހު އޭނާއަށް ލަނޑެއް ލިބުނޭ..  އޭނަ ހަމަ ވާހަކަދައްކަން ފައްޓާއިރަށް އެތަނަށް އައި މަދިރިތަކެއް އައިސް ހެފީ އޭނަ ގައިގަ.. އަހަރެން ގައިގަ އެންމެ މަދިރިއެއްވެސް ނުހަފާ.. މަދިރި މަރާފަ އޭނައަށް އަވަދި ނުވޭ.. މަދިރި ހަފާތީ މަދިރިއަށް އެއްޗިހި ކިޔާލަ ކިޔާލާ އޭނަ ހުރީ.. އޭނަ އުޅުން ގޮތުން، އަހަންނަށް ހެވޭ ވަރުންވެސް ހުރެވުނީކީވެސް ނޫން.. ހެހެހެ ” މާހާގެ ހިނިގަނޑު އެންމެ ފަހުން ފަޅައިގެން ދިޔައެވެ.

” ހެހެހެހެ . ހާދަ މަޖަލޭދޯ.. ” މާހާ ދެއްކި ވާހަކަތަކުން ޒުލްފާ ވެސް ނީނދެވިގެން ހޭންފެއްޓިއެވެ.

” ހުމްހުމް.. ހާދަވަރެކޭ ދޯ ތިވަނީ.. ޒާހިލް ހުންނައިރުވެސް ތިއަނގަ ހުޅުވޭނެނަމަދޯ.. އޭރަށް އޭނަ ކިހާ އުފާވާނެ.. ” ޒުލްފާ އަނެއްކާވެސް މާހާއާއި ދިމާކޮށްލިއެވެ.

ޒުލްފާއަކީ މާހާގެ އެންމެ ގާތްއެކުވެރިޔާއެވެ. ލޭގެ ގުޅުމެއް ނެތަސް، ޒުލްފާއާއިމެދު މާހާ ދެކެނީ އެއްބަޑު އެއްބަފާ ކުއްޖެއްގެ ގޮތުގައެވެ. ޒުލްފާވެސް މާހާއާއިމެދު ދެކެނީ ހަމަ އެފަދައިންނެވެ. އެހެންކަމުން ދެކުދިންވެސް އެކަކު އަނެކެއްގެ އިތުބާރު އަބަދުވެސް ހިފަހައްޓައެވެ. އެދެމެދުގެ އެކުވެރިކަމުގެ ގުޅުންވެސް އެހާމެ ވަރުގަދައެވެ.

” ޒާހިލް އެހެން ބުންޏަސް ކުރިއަށްވުރެ ގިނައިން ވާހަކަދައްކަން.. ފުރަތަމަ ކޮޅު ހުންނަނީ ޖެހިލުންވެފަ.. ލޯބިވިއަސް ޖެހިލުންވޭ.. ޒުލްއަށްވެސް އެނގެއެއްނު.. އޭނާއާއި ފުރަތަމަ ބައްދަލު ކުރަންދިޔަ ދުވަހު ޒުލްވެސް ހުރީމެއްނު.. އެކަމަކު އަސްލު ޒުލްމެން ދުރުގަ ތިބީމަ ވީގޮތެއް ނޭނގޭނެ ކަންނޭނގެ.. އެދުވަހު ޒާހިލް އަހަރެން ކައިރިއަށް އައީމަ އަހަރެންވެސް ހީލިން..  އެކަމަކު ކުއްލިއަކަށް އެއްލުނު ކަޅިއަކުން ފެނިއްޖެ ނައްތަމެން.. އެކިލާހު ކުދިންވެސް ނައްތަ ކައިރީ ތިބީ.. ނައްތައާ އަހަރެންނާ މީ ވަރަށް ތިމާގެ ދެކުދިން ވީމަ، ފެނިއްޖިއްޔާ ގޮސް އެންމެން ކައިރީ ބުނާނެއެއްނު.. ނައްތަ ކިލާސް ކުދިންވެސް.. އެތާ ތިބި ނައްތަގެ ކިލާހު އެންމެންނަށްވެސް އަހަރެން އެނގޭނެ ވިއްޔަ.. ނައްތަ އަހަންނަށް ވުރެ ބޮޑުވީމަ ނައްތަ ހަމަ ބުނާއިރަށް އެންމެން ޤަބޫލްވެސް ކުރާނެ.. އަހަރެމެންނަށް ތިބެވުނީވެސް ނައްތަމެން ކުޑަކޮށްވެސް ބަލާލައިފިނަމަ ފެންނަ ދިމާލުގަ.. އެހެންވެ ޒާހިލް ގޮވީމަވެސް އަހަރެން އެތަނުން އަވަހަށް ދިޔައީ..  އަހަރެން އެހެން ހެދީމަ ޒާހިލްވެސް ދެރަވާނެ ދޯ.. ހީކުރާނެ އަހަރެން މީ ކޮންކަހަލަ މީހެއް ބާއޭ.. މީޓްކުރި ފުރަތަމަ ދުވަހުވެސް އަހަރެން ހެދީ މިހެންނޭ.. އެކަމަކު އެތާ އެންމެ ވަގުތުކޮޅަކުވެސް މަޑުކޮށްލިނަމަ ނައްތަމެންނަށް ފެނުނީސް..  އެކަމަކު ދެން އިނގޭތަ ؟ އެދުވަހު އިރުއްސުނީމަ އަފާއްތަ އާއެކު އަހަރެން ދިޔައީ ޓިއުޝަނަށް އިނގޭ.. އޭރު ނޭނގެ މަގުމަތީގަ އޮތް ޖޯލިފައްޗެއްގަ ޒާހިލްއޮތްކަމެއް… މީހަކު ލަވައެއް ކިޔަން ފެށީމަ އަހަންނަށްވެސް ބަލާލެވުނީ.. ބަލާލެވުނުއިރު އޭނަ އޮތީ އެތާ..  އަހަންނަށޯ ޒާހިލް އެ ލަވައެއްކިޔާދިނީ.. އަހަންނަށް ވަރަށް މަޖާވި ޒާހިލް ލަވަ ކީގޮތް.. ހެވެންވެސް ހެވުން.. ޒާހިލްއަށްވެސް ފެންނާނެ އަހަރެން ހޭތަން.. އެތާ ދެން އިން މީހަކު ކިޔަނީ  އަދިވެސް ބާރަށް ކިޔާ ބަލާށޯ.. ތިހާ މަޑުން ކިޔަންޔާ އަޑުއިވޭނެހޯ؟ އެހެންބުނިއިރު، އެކަމަކު ޒާހިލް ލަވަކީ ބާރަށޭ.. އަފާއްތައަށްވެސް އެނގިގެން، ޒާހިލްއާ ދިމަ ބަލަބަލާފަ ދެން ބެލީ އަހަންނާ ދިމާއަށް.. އަފާއްތައަށް ފެނުނީމަވެސް ޒާހިލް ލަވައެއް ނުހުއްޓި.. އެކަމަކު އަނެއްހެން އަފާއްތަ ވަރަށް ކޫލް ވާނެ.. އެހެންވެ އެއްޗެއްވެސް ނުބުނޭ.. ވަރަށް ދުރަށްދަންދެން ޒާހިލް ލަވަ ކިޔާދިން.. ފަހުން އޮންލައިން ވެވުނީމަ އަހަރެން ޒާހިލް ކައިރީ ބުނީ.. އެވާހަކަ.. ނައްތަ މެންނަށް ފެނިދާނެތީއޭ.. ” މާހާ ކިޔައިދިނެވެ.

” ހެހެހެހެ.. އެހެންތަ.. ޒާހިލްއަކީ ހާދަ ކެރޭވެސް މީހެކޭދޯ.. ދެން ތިދެމީހުން އުޅޭ ގޮތް ހާދަ ލޯތްބޭ.. އަހަންނަށްވެސް އެހެން ލަވަކިޔާދޭނެ ބޯއީފްރެންޑެއް ލިބޭނެނަމަ.. ” ޒުލްފާ ހެމުން ހެމުން ބުނެލިއެވެ. ޒާހިލް ކުރާ ޖެއްސުންތަކުންވެސް މާހާގެ ހިތް ޒާހިލްއަށް ލެނބެމުން ދާ މިންވަރު ޒުލްފާއަށް ދެނެގަނެވުނެވެ. ” ހުމްމް.. އިރާދަކުރެއްވިއްޔާ ޒުލްއަށްވެސް އަދި ލިބޭނެއޭ.. ޒުލް ސިންގަލްއަސް މިހާރު ވެސް ކުއްޖަކާ ވާހަކަދައްކަމެއްނުދޯ.. ވެދާނެ އެއްނު އެއީ އެކަހަލަ ބޯއީއެއްކަމަށްވެސް.. ” ޒުލްފާއާއި ދިމާކޮށްލާނެ ރަގަޅު ފުރުސަތެއްވެސް މާހާއަށް ލިބުނެވެ. ” ހުމްމް.. އިރާދަކުރެއްވިއްޔާ ޒުލްއަށްވެސް އަދި ލިބޭނެއޭ.. ޒުލް ސިންގަލްއަސް މިހާރު ވެސް ކުއްޖަކާ ވާހަކަދައްކަމެއްނުދޯ.. ވެދާނެ އެއްނު އެއީ އެކަހަލަ ބޯއީއެއްކަމަށްވެސް.. ” ޒުލްފާއާއި ދިމާކޮށްލާނެ ރަގަޅު ފުރުސަތެއްވެސް މާހާއަށް ލިބުނެވެ.

” ހެހެހެ.. އާނ ވެދާނެ.. އެކަމަކު  އޭނަ އަދި އަހަންނަށް އެއްވެސް ލަވައެއް ނުކިޔާދޭ.. ” ޒުލްފާވެސް މަޖާވެލާފައި އެހެން ބުނެލިއެވެ. ” ވެދާނެ އެއްނު  އޭނަ ޒުލްއާ ރައްޓެހިވެވުނީމަ ލަވަކިޔަން މަޑުކުރީކަމަށްވެސް.. .. މިހާރު ފަރިތަ ކުރަނީ ކަމަށްވެސް.. ޒާހިލް ކައިރިއަށް ފަރިތަކޮށްލަން ފޮނުވަންވީދޯ.. ހަހަހަ.. ” މާހާވެސް އެމަޖަލުގައި ބައިވެރިވެލިއެވެ.

” އޭ.. މަ މިދަނީ އިނގޭ.. ދެން ދުވަހަކުން އަނެއްކާ ތިވާހަކަ ދައްކާނީ .. ” މާހާގެ ގެއާ ހިސާބަށް އާދެވުމުން ޒުލްފާ ހުއްޓުނެވެ. “އާނ .. ދެން އެހެން ދުވަހަކުން.. ” އެހެން ބުނެފައި މާހާވެސް ގެއަށް ވަނެވެ.

…………………………………….

އެރޭ ރޭގަނޑުގެ ކެއުމަށްފަހު، މާހާ އޮންލައިން ވިއެވެ. އޭރު ޒާހިލްވެސް އޮންލައިންގަ އިންދާ މާހާއަށް ފެނުނެވެ.

މާހާ : ޕޮއް.    ( އެހެންނަމަވެސް ޒާހިލްގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ.)

މާހާ: ކިހިނެއްވީ ؟   ( ޒާހިލްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން މާހާ ދެރަވާގޮތްވިއެވެ.)

ޒާހިލް : ކަމެއްނުވޭ..

މާހާ : އެހެންނެއް ނުވާނެ.. ކޮންމެވެސް ކަމެއް ވެއްޖެ.. ކިހިނެއްވީ ؟

ޒާހިލް: މާހާ. ދެން ތި ލަދު ކަނޑުވަންވެއްޖެ އެއްނު.. އަބަދު ދެން ލަދުން ތި އުޅެނީ.. މާހާދެކެ އަހަރެން ވަރަށް ލޯބިވޭ.. އެހެންވެއޭ މިހެން މިކިޔަނީވެސް..

އެހެން ޒާހިލް ބުނެލި ގޮތުންވެސް މާހާގެ ހިތަށް އެވަގުތު ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަނެވެ. މާހާއާ މީޓް ކުރާއިރު ޒާހިލް އެފަދަ އެއްވެސް އެއްޗެއް ނުބުނެއެވެ. އެކަމަކު އޮންލައިން އިން ދިމާވާއިރު ވަރަށް ގިނަފަހަރަށް ޒާހިލް އެފަދަ އެއްޗިހި ބުނެލައެވެ. އެކަންމާހާ ފާހަގަ ކުރެއެވެ. މީޓްވީމަ  ޒާހިލް އުޅޭނީ އަބަދު މަޖާވެފަ ސަކަރާތް ޖަހާށެވެ. އެކަން މާހާއަށް އެނގުނު ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.  މާހާ އެއްޗެއް ނުބުނަނީވެސް މައްސަލަ ޖެހޭނެކަން އެނގޭތީއެވެ. އަދި އެނގުނުކަން ޒާހިލްއަކަށް ނުވެސް އަންގައެވެ.

މާހާ: އަހަރެންވެސް ލޯބިވެއޭ ޒާހިލްދެކެ. ޒާހިލްއަށް އެނގެއެއްނު އަހަރެން ލަދުގެންނެވީމަ އެހެންވާކަން.. އަހަރެން ބުނީމެއްނު އެހެންވެއޭ.. އެހެން ބުނީމަވެސް ޒާހިލް އެހެން ހަދަނީ ..  ދެންވެސް ޒާހިލް އަހަރެން އެހާ ލަދުނުގަންނަވައްޗޭ..

ޒާހިލް : ހުމްމް.. އޯކޭ.. ދެން އީދުދުވަހު ދޯ ދިމާވާނީ..

ޢީދުދުވަހު ދިމާވުމަށް އެއްބަސްވަމުން ދެމީހުންވެސް އޮފްލައިންވިއެވެ.

Share Article

Follow Me Written By

Rose Mallow

Level 1

Other Articles

Previous

މިހަޔާތް އަލިކޮށްލި ނޫރު

Next

ޝައިން (ޕާޓް-22)

Next
May 8, 2017

ޝައިން (ޕާޓް-22)

Previews
May 8, 2017

މިހަޔާތް އަލިކޮށްލި ނޫރު

8 Comments!

  1. nonns says:
    May 8, 2017 at 8:59 pm

    Wow. Varah reethi mi part. But maa kuru. When next eposide

    1. nonns says:
      May 8, 2017 at 9:00 pm

      And btw me first dhw :O 😀

  2. Natha says:
    May 8, 2017 at 9:03 pm

    V rythi❤. When next part.

  3. Aisha says:
    May 8, 2017 at 9:11 pm

    Varah reethi mi part ves ? konirakun next part genesdheyniee

  4. Chum handi says:
    May 8, 2017 at 11:11 pm

    vrh reethi…. whn nxt prt…….

  5. Jinni says:
    May 9, 2017 at 1:20 pm

    Then no parts. Break forever

    1. Jinni says:
      May 9, 2017 at 1:21 pm

      Dho?

  6. Faathu says:
    May 26, 2017 at 10:47 am

    V reethi…. when next part?

Comments are closed.



All Right Reserved!