Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން ލޯބި ( ފަހު ބައި)

Mimmi ❤️ Level 410 Stories500 Comments100 Comments1K Comments
May 8, 2017 9 Mins Read
45 Comments

” ހުއްޓާލަ.. ހައިކަލް ހިތަށް އައިހާ އެއްޗެއް ކޮންމެހެން އަހަރެންނާ ދިމާލަށް ކިޔާނެކަމެއްނެތް.. އަހަރެން ވަރަށް ކެތްކޮއްފިން.. ހައިކަލްއަށް ރަނގަޅަކަށް އަހަރެން ހަޤީގަތް އިގުމުން މި ކިޔާދިނީވެސް.. އެކަމް  ގޯސް މިވީ އަހަރެންނެއްނު.. ހައިކަލް ހަނދާން ކުރާތި ހުރިހާ އެއްޗެއް އިނގޭ ދުވަހުން ހައިކަލް އަންނާނެ ދެރަވެގެން އަހަރެން ކައިރިޔަށް މާފަށް އެދެން.. ” އެހެން ބުނެލާފާ އަހަރެންގޮސް ކޮޓަރިއަށް ވަދެ ބާރަށް ދޮރުލެއްޕީމެވެ.

އިރުކޮޅަކުން ދޮރުހުޅުވާލާފަ ހައިކަލް   ކޮޓަރިއަށްވަނެވެ.

” ހައިކަލް ހަމަ މިހާރު ނިކުމޭ.. އަހަރެން ބޭނުމެއްނޫން ހައިކްގެ ސޫރަ ދެކޭކަށްވެސް… އެވަރަށް އިތުބާރުކޮށްފަ އަހަރެން ހުރިހާއެއްޗެއް ކިޔާދިނީމަ ތީތަ ހަދަން އިނގުނު ގޮތަކީ.. ހައިކަލްއަށް އަދިވެސް ރާޔާ ނޭންގެނީތަ؟ އޭނަ ދަސްނުވަނީތަ..؟ އޭނަގެ މޮޅެތި ރޭވުންތަށް މީހަކަށް އަންދާޒާވެސް ކޮށްނުލެވޭނެ.. އަހަރެން މިހިރީ ހަމަ ހައިރާންވެފަ.. ޑޮކްޓަރ ހައިކަލްއަށްވެސް އަހަރެންގެ ބަހަށް ވުރެ ރާޔާގެ ބަހަށް އިތުބާރުކުރީމަ.. އަހަރެންގެ ވާހަކަތަށް ދޮގުކޮށްފަ ތި ޤަބޫލް ކުރި ރާޔާގެ   މޮޅު ވާހަކަތަށް ވިއްޔާ..” ހައިކަލް ފެނުމުން ރުޅިއައިސްގެން އަހަރެން ބުނެލީމެވެ. ރާޔާއާ އެއްކޮޅަށް ވާހަކަ ދައްކާފަ އަހަރެންމީ ދޮގުހަދާ ދޭތެރެ ޖައްސާ މީހަކަށް ހަދާފަ ދެން އަހަރެންގެ ކުރިމައްޗަށް އަންނަނީ ކީއްކުރަން ހެއްޔެވެ.

ސުވާލުގެ ނަޒަރަކުން އަހަރެން ހައިކަލްއަށް ބަލާލީ ހައިކަލް ހަމަޖެހިލާފަ އިންތަން ފެނިގެންނެެވެ.

” ޔަލް ބުނީމެއްނު އަހަރެންނަށް ހުރިހާ އެއްޗެއް އިނގޭ ދުވަހަކުން އަންނާނޭ ދެރަވެގެން މާފަށް އެދެން.. ވެލް އައި އޭމް ހިޔާ.. ގިލްޓީ ފީލްވެގެން މާފަށް އެދެން..” ހައިކަލް ހެވިލާފާ ހުރެ ބުނެލިއެވެ.

” ވަޓް.. ދެންމެ ހިތަށް އައިހާ އެއްޗެއް ކިޔާފާ މިހާ އަވަހަށް ގިލްޓީ ފީލްވޭތަ.. ހައިކްވެސް ރާޔާ ކައިރިން މަކަރު ހަދަން ދަސް ކުރީތަ.. ހަމަ ހައިރާންވޭ ހައިކް މިހާރު ތިއުޅޭގޮތުން.. ” ވާނުވާނޭންގި އިނދެ އަހަރެން ބުނެލީމެވެ.

” ހެހެ… ހާދަ ލޮއެއްބޭ ތިހެން ރުޅިއައިސްފަ ހުންނަ އިރު.. ތިއެއް ނޫނޭ.. ދީބަ ހެޑްސެޓް.. ޔަލްއަށް އޭރުން ހުރިހާ އެއްޗެއް އިނގޭނެ…” އަހަރެން އަވަސް އަވަހަށް ހެޑްސެޓްދިނީ ވާނުވާ ނޭންގި އިނދެއެވެ. ވާހަކަ ނުދައްކާ އަޑު އަހާށޭ ބުނުމުން އަހަރެން ހެޑްސެޓްގެ އެއްކޮޅު ކަންފަތަށް ޖެހީމެވެ.

” ރާޔާ.. މި ހުރިހާ ދުވަހު އަހަރެން ބައިވެރިކޮއްގެން ތި ޑްރާމާ ކުޅުނު އިރު އަހަރެންނަށްވެސް ތި އޮޅުވާލީދޯ.. ހައިކަލްގެ ދަރިއެއްވީމަ ދޯ އެވަރަށް ކިޔާއިރުވެސް ތިންމީހުން އެކުގަ ނޫޅެން ތި ނިންމީ.. ރާޔާ ރީއްޗަށް ބުނި ނަމަ ދޯ.. ކީއްކުރަން އަހަރެން ބޮޑު އޮޅުން ގަނޑެއްތެރޭ ބަހައްޓައިގެން ތިއުޅެނީ.. ރާޔާދެ އަމިއްލަ ބޭނުންތަށް ފުއްދަން ހިތު ހުރި ގޮތަށް ގެންގުޅެން ހުރި މީހެއް ނޫން އަހަރެން މީ.. ” ރުޅިވެރިކާއެކު ވާހަކަ ދައްކަމުން ދިޔަ ޝަމްމުގެ އަޑުއިވުނެވެ.

” ޝަމްމު ކިހިނެތް ވެގެންތަ ތިއުޅެނީ.. ކާކު ކޯއްޗެއް ކިޔައިގެންތަ ތިއުޅެނީ.. ޔަގީން އެ ޔަލްވީ ކޮންމެވެސް މޮޅު ވާހަކައެއް ދައްކައިގެން ޝަމްމުގެ ވިސްނުމާ ކުޅެލީ ދޯ… ޔޫން އަކީ ޝަމްމުގެ ދަރިއެކޭ ގަބޫލް ކޮއްބަ..” ރާޔާގެ އަޑުގަ ކޮންމެވެސް ވަރަކަށް ނުތަނަވަސްކަން އެކުލެވިފައިވެއެވެ.

“ޔަލްވީ އަހަރެން ކައިރީ އެކަށްޗެއްވެސް ނުކިޔާ.. ކީއްވެތަ އެއްޗެކޭ ބުނާއިރަށް ޔަލްވީ އޭ ތިކިޔަނީ ރާޔާއަށް އެންމެ ރަނގަޅަށް އިނގޭނީ  މިތާންގަ ހުރިހާ ނުބައެއް ހަދަނީ ރާޔާކަން.. ޔަލްވީ އިޒް ދަ އިނޮސެންޓް ވަން..ބުނަން ވާހަކައެއް އަހަރެން ބޭނުމެއް ނޫން ދެން ތިކަހަލަ މީހަކާ އެއްވެސް ގުޅުމެއް ބާއްވާކަށް.. ޑޯންޓް އެވާ ކޯލް މީ..” ޝަމްމު އެހެން ބުނެލާފަ ފޯން ކަންޑާލިއަޑު އިވުނެވެ.

އަހަރެން ހައިކަލްއާ ދިމާލަށް ބަލާލީ މިވަނީ ކިހިނެތްހޭ އަހާލާ ފަދައިންނެވެ.

” އޯ ގޯޑް.. ޔުއާ އޯލް މައިން ބޭބީ ގާލް..” ހައިކަލް އެހެން ބުނެލާފަ އަހަރެންގައިގަ ބާރަށް ބައްދާލިއެވެ.

އަހަރެންވެސް އިރުކޮޅަކަށް އެހެން މަޑުކޮއްލީމެވެ.

” ސޯ ޓެލް މީ އެވްރީތިންގް..” އަހަރެން ހައިކަލްއާ ދުރުވެލާފަ އެނދުގަ އިށީންނަމުން ބުނެލީމެވެ.

” އަސްލު އަހަރެން ހިތަށް އެރީ ރާޔާއާ ޝަމްމުއަށް އެކަނި ހެއްޔޭ އަހަރުން ކައިރީ ޑްރާމާ ޖެއްސޭނީ.. އެެހެން ހިތާ ފޭކް ޑީއެންއޭ ޓެސްޓް ރިޕޯޓެއް ހެދީ.. ދެން މިރޭ ރާޔާ އާ ދިމާލަށް އަހަރެން ބުނިން އަހަރެންނަށް ހުރިހާ ހަގީގަތެއް އިނގިއްޖޭ.. ދެން އިތުރަށް އަހަރެންގެ ދަރިއެކޭ ކިޔާފާ އޮޅުވާޅެނެ ކަމެއްނެތޭ.. އެހެން ކިޔާފަ އަތުގަ އޮތް އަސްލު ޑީއެންއޭ ޓެސްޓް ރިޕޯޓް ރާޔާއަތަށް ދީފަ އަހަރެން ނިކުމެގެން މިއައީ.. އަހަރެން ބުނިން ދެން ގެޔަށް އަންނައިރު ތި ސޫރަވެސް އަހަރެންނަށް ފެނިގެން ނުވާނޭ.. ރާޔާ ހުރީ ވަރަށް ކަޑަވެފަ.. އޭނަ ހީވެސް ނުކޮށް އިންދާ އެގޮތަށް ބަސްޓްވީމަ ބުނާނެ އެއްޗެއްވެސް ނޭންގިފައިނީ.. ދެން މިގެޔަށް އައިސް ޑްރާމާ ޖެއްސީ ޝަމްމުއަށް އަޑު އިއްވާލަން.. ދެން ހިތަށް އެރީ ޔަލް ކައިރީވެސް ނުބުނާނީއޭ. ޔަލްވެސް ވާނުވާގަ އިންނައިރު މާ މަޖާވާނެޔޭ.. ފޭކް ޑީއެންއޭ ރިޕޯޓް ގެނައީ ޝަމްމުއަށް އޮޅުވާލަން ވެގެން.. މިހާރު ރާޔާގެ ނުހުންނާނެ އެކަކުވެސް.. ޝަމްމުވެސް އޭނައާ ހުރިހާ ގުޅުމެއް އެ ކަނޑާލީ.. ދެން  އަހަރެން އިންނާނީ ރާޔާ ފޯނަށް ފާޑެއްގެ ހިޑެން ސޮފްޓްވެއާއެއް އަޅާފަ.. އޭގެން އަހަރެންނަށް އަޑު އިވޭނެ އޭނަގަ ކޯލްތަށް.. ” ހައިކަލް އޭނަ ކަންކުރިގޮތް ކިޔާދިނެވެ.

” ހައިކް.. ވަޓް ޔޫ ޑިޑް ވޯސް ނޮޓް އަ ގުޑް ތިންގް… ރީއްޗަށް ރާޔާ ކައިރީ ހަގީގަތް އިނގެޔޭ ކިޔާފަ އޭނަ ދޫކޮއްލި ނަމަ.. ކީއްކުރަން ޝަމްމުއާ ރާޔާއާ ޖައްސަނީއެއް.” ހައިކަލް ކަންތައް ކުރިގޮތުން ހިތްހަމަ ނުޖެހިގެން އަހަރެން ބުނެލީމެވެެ.

” ވަޓް.. ޔަލް ތިހުރީ ކާކުގެ ސައިޑަށް.. މި ހުރިހާ ދުވަހު އަހަރުން ދެމީހުން ދުރުގަ ތިބެން މި ޖެހުނީވެސް ހަމަ އެ ރާޔާއާ ޝަމްމުއާ ހެދި.. ބޮޑު އޮޅުން ގަނޑެއްތެރޭގަ ދެމީހުން އުޅުނީ.. މިހާރު ކީކޭ ދެން ޔަލް ތިކިޔަނީ..” ހައިކަލް ކުޑަކޮށް ހިތަހަމަ ނުޖެހިފަހުރެ ސުވާލުކޮއްލިއެވެ.

” އަހަރެން މިހިރީ ވަކި މީހަކު ކޮޅަކަށް ނޫން.. އެކަމް ހައިކް ތިކުރިކަންތައް ހައިކް އަމިއްލައަށް ވިސްނަބަ.. މި ހުރިހާ ދުވަހު ޔޫންއަށް ބައްޕައެއްގެ ލޯބި ދީފަ ކުއްލިޔަކަށް ހައިކް ތިހެން ކަން ކުރީމަ ޔޫންއަށް ވާނެ ގޮތް ވިސްނާލިންތަ.. ރާޔާކަން ކުރީ ގޯސްކޮށްކަން އަހަރެންނަށް އިނގޭ.. އެކަމް ޔޫންގެ ކުށަކީީ ކޮބާ.. ހައިކް ޔޫންއާ ދުރުވެފަ ޔޫންގެ އަސްލު ބައްޕަ ފަރާތުންވެސް އެ ތުއްތު ކުއްޖާއަށް ލޯބި ނުލިބޭގޮތް ތިހެދީ.. އަސްލު ޝަމްމު ހާދަ ޔޫން ދެކެ ލޯބިވެޔޭ.. އެކަމް މިހާރު ޝަމްމު ޔޫންއަށް ނަފްރަތު ނޫން އެއްޗެސް ނުކުރާނެ.. އަޅެ އެއްފަހަރުވެސް ވިސްނާލިންތަ ޔޫންއާ ދޭތެރޭ.. ތި ކުޅިގަނޑުތެރަށް އެކުއްޖާ ވައްދައިގެން އެންމެންގެ ލޯބިން ތި މަހްރޫމް ކޮއްލީ.. ” އަހަރެން ނުރުހުންވެފަ ބުނެލީމެވެ.

” އަޅެ ކީއްވެތަ ކުރިން ތިހެން ނުވިސްނުނީ.. އައި އޭމް ސޯ ސޮރީ ޔަލް.. އަސްލު ތިން އަހަރު ވަންދެން ބޮޑު އޮޅުންގަަނޑެއް ތެރޭގަ އަހަރެމެން ދެމީހުންވެސް ތިބީ ހަމަ އެރާޔާއާ ޝަމްމުއާ ހެދި. އެހެންވެ އަހަރެން ބޭނުންވީ އެދެމީހުންވެސް ޖައްސަން.. އެކަމް އެއްވެސް ވަރަަކަށް ޔޫންއާ މެދު އަހަރެންނަށް ވިސްނާނުލެވުނު.. ” ހައިކަލް ދެރަވެލާފަ ބުނެލިއެވެ.

” އިޓްސް އޯކޭ.. އަހަރެން ޝަމްމުއާ ވާހަކަ ދައްކާނަން.. ” އަހަރެން ބުނެލީމެވެ. އިރުކޮޅާކު ވާހަކަ ދައްކަން އިނދެފަ މާދަން ދިމާވާނެކަމަށް ބުނެފަ ހައިކަލް ދިޔައީ މާމަ ގުޅާވަރުންނެވެ. ހައިކަލް ދިޔުމުން އަހަރެން ބޭރަށް ނިކުތްއިރު ބަދިގޭގަ މީހަކު އުޅޭއަޑުއިވެއެވެ. ކުއްލިޔަކަށް ތައްޓެއް ތަޅާއިގެން ދިޔަ އަޑަށް ދުވެފަ އަހަރެން ބަދިގެޔަށް ދިޔައީ މަންމަ ބަދިގޭގަ ހުރި ކަމަށް ހީކޮށްށެވެ.

” ޝަމްމު..؟ އާ ޔޫ އޯކޭ..ދޭ ސިޓިންރޫމަށް.. އަހަރެން ސާފްކޮއްލަފާނަން..” ޝަމްމު ހުރިގޮތް ފެނިފަ އަހަރެން ބުނެލީމެވެެ.

ތަށި ތެޅުނުތަށް ސާފްކޮށްލާފަ އަހަރެން ބޭރަށް ނިކުތް އިރު ޝަމްމު ފެންނާކަށް ނެތެވެ. އަހަރެން މަޑު މަޑުންގޮސް ޝަމްމު ކޮޓަރީ ޓަކި ޖަހާލީމެވެ. ޝަމްމުއާ ރާޔާ ކިތަންމެ މޮޅު ރޭވުމެއް ރާވައިގެން ދިރިއުޅުން ހަލާކު ކޮއްލަން މަސެއްކަތް ކުރި ނަމަވެސް މިހާރު ޝަމްމުގެ ހާލަތުފެނިފަ ހަމްދަރްދީވެއެވެ.

” ޝަމްމު ދޮރުހުޅުވަބަ.. ” ޝަމްމުގެ ހަބަރެއް ނުވުމުން އަހަރެން ގޮވާލީމެވެ.

” ޔަލް ޖަސްޓް ލީވް މީ އެލޯން.. ޔަލްއަށްވެސް އަހަރެން ކުރި ކަންތައް އިނގޭނަމަ ތިހެން އަހަރެންނާ ވާހަކަ ނުދައްކާނެކަން ޔަގީން.”  ޝަމްމު ދޮރުހުޅުވާލަމުން ބުނެލިއެވެ. ނޫނެކޭ ބުނެފަ އަހަރެން އެ ކޮޓަރިތެރެއަށް ދެމިގަތީމެވެ.

” ޝަމްމު އަހަރެންނަށް އިނގޭ ހުރިހާއެއްޗެއް.. އަހަރެން ރާޔާއާ ޝަމްމު ދެކެ ކިތަންމެ ފޫހިވިޔަސް ޝަމްމުއަށް ހަގީގަތް އިނގެން ޖެހޭތީ މިއައީ..” އަހަރެން އެނދުގަ އިށީންނަމުން ބުނެލީމެވެ.

” މިހާރު ކޮން ހަގީގަތެއް ބާކީ އޮތީ… ތި ހަގީގަތް ތަކާ ހެދި ބޯ ފަޅައިން ދާ ވަރުވޭ..” ޝަމްމު ބުނެލިއެވެ. އަހަރެން ހައިކަލް މިރޭ ކަންތައް ކުރި ގޮތް ޝަމްމުއަށް ކިޔާދިނީމެވެ. ޔޫންއާ ދޭތެރޭ އެ ހިތު މިރޭ އުފެދުނު  ޝައްކުތަށް ފިލުވަދިނީމެވެ.

” މިހާރު ޝަމްމުއަށް އިނގިއްޖެ ދޯ އެ ގޮތަށް އޮޅުވާލީމަ ވާ ވަރު.. ޝަމްމު ތިއުޅެނީ އަދި ވަން އަވާރ ވެސް ނުވެގެން.. އެއް ފަހަރުވެސް އަހަރެންނާ މެދު ވިސްނާލިންތަ..؟ ތިން އަހަރަށްވުރެ ގިނަ ދުވަސް ވީ ތި ކުޅިގަނޑު ތެރޭގަ އަހަރެން ތަޅުވާތާ.. ހީވަނީ އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ޕްލޭން ކުރަނީ ޝަމްމުއާ ރާޔާހެން..” އެހެން ބުނެލާފަ ޝަމްމުގެ ޖަވާބަކަށް އިންތިޒާރު ނުކޮށް އަހަރެން ކޮޓަރިން ނިކުމެެގެން ދިޔައީމެވެ.

” ބޭބީ ގާރލް.. އައި ކާންޓް ވެއިޓް އެނީމޯ.. ބޭނުމީ ވީހާވެސް އަވަހަށް ކައިވެނި ކަންތަށް ހަމަ ޖައްސަން.. މިދޭތެރަށް އިތުރު މީހަކަށް ދެން ވަދެވޭނެ ޖާގަ ދޭކަށް ބޭނުމެއް ނޫން.. މާދަން ވާނެ ދެ އާއިލާ ބައްދަލް ކޮއްގެން ކައިވެނީގެ ވާހަކަ ދައްކަން.. ދެން ނިދާލާ އިނގޭ… މިރޭ ދަންވަރު ޑިއުޓީ ވީމަ ޑިއުޓީއަށް ދާން މިދަނީ.. ގުޑް ނައިޓް ބޭބީ..”  ކޮޓަރިއަށް އައިސް ފޯން ބަލާލިއިރު ހައިކަލްގެ މެސެޖެއް އިނެވެ. އަހަރެންވެސް ރިޕްލައި ކޮއްލާފަ ފެންވަރާލައިގެން ނިދީ ހެނދުނު ޑިއުޓީވީމައެވެ.

 

ހެނދުނު ހޭލެވުނީ ހައިކަލް ގުޅާވަރުންނެވެ. އަވަހަށް ތައްޔާރު ވެލައިގެން ނިކުތްއިރު ހައިކަލް އަހަރެން ބަލާ އައިސް އިނެވެ. ޑިއުޓީގަ އިނދެފަ ކުއްލިޔަކަށް ޒައިން މަތިން ހަނދާންވެެގެން ގުޅާލީމެވެ.

” ޒައިން ޔޫ ނޯ ވަޓް..” އަހަރެންގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޒައިން ވާހަކަަ ދެއްކިއެވެ.

” ޔެސް އައި ނޯ އެވްރީތިންގް.. މިގަޑީ ކުޑަކޮށް ބި×ޒީ.. ހައިކް ކިޔާވަރުން އެގެއަށް ޗޭންޖްވާން މިއުޅެނީ..” ޒައިން އެހެން ބުނެލާފަ ފޯނު ބޭއްވިއެވެ. ދިރިއުޅުމުގެ ކަންތައް ރަނގަޅުވަމުން ދާތީ  އުފާވި ނަމަވެސް ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ. ދެން ކުރިމަތި ވާނީ ކޮންފަދަ ތޫފާނަކާ ކަން ނޭންގޭތީއެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނޭ ބުނާފަދައިން ދިރިއުޅުމުގެ ކަންތައް ބަދަލް ވެދާނެތީ އަހަރެން ބިރުގަންނަން ފެށިއެވެ. އެކަމް މިހާރު ކޮންމެ ފަދަ ކަަމަކާ ކުރިމަތިލާން ޖެހުނަސް އަހަރެން ހިތްވަރު ދޫކޮށްށެއް ނުލާނަމެވެ. ކުރިން އެކަނިވެސް އަހަރެން ކަންކަމާ ކުރިމަތިލީއެވެ. މިހާރު ހައިކްއާ އަހަރެންގެ ކުޑަކުޑަ އާއިލާވެސް އަހަރެންނާއެކު ތިބޭނެކަން ޔަގީނެވެ.

ޑިއުޓީ ނިންމާލާފަ ގެޔަށް ދިޔައިރު ހައިކަލް ބައްޕައާ ވާހަކަ ދައްކަން ސިޓިންރޫމްގަ އިންތަން ފެނިފަ އަހަރެން ހައިރާންވިއެވެ. ބައްޕަމެން ކައިރީ އެވާހަކަ ނުބުނެވިގެން އުޅެނިކޮށް މިހާރު ހައިކަލް އައިސް އެވާހަކަ ދެއްކީތާއޭ ހިތަށްއެރިއެވެ.

” ދަރިފުޅާ މިއަދު ހާދަ ލަހުން ތި އައީ.. އާދޭ ސައިބޯން..” ބަދިގޭން ނިކުމެގެން އައި މަންމަ އަހަރެން ފެނިގެން ބުނެލިއެވެ.

” ހޫމް ކުޑަކޮށް ބިޒީވީމަ ލަސްވީ… ބަޖިޔާތަ ހެދީ..” އަހަރެން ވެސް އައިސް މަންމަ ކައިރީ ސޯފަ އިށީންނަމުން ބުނެލީމެވެ. މުޅިތާންގަ ހެދިކާގެ ވަސް ހިފާާލާފަ ހުރުމުން ކުޅުދިޔާވާގޮތްވިއެވެ.

” އެހެންވީމަ ކޮންދުވަހަކު ކައިވެނި ކުރާގޮތަށް ހަމަ ޖައްސަނީ.. ހައިކަލް އާއިލާއާ ވެސް ބައްދަލް ކޮއްލާފައެއްނު ތާރީހެއް ކަނޑައަޅަން ވާނީ.. ” ބައްޕަ ހައިކަލް އާ މުހާތަބްކޮށް ބުނެލިއެވެ.

” މާދަންވެސް އަޅުގަނޑަށް މައްސަލައެއް ނެތް.. ދެން ބޭނުމެއް ނޫން އެންމެ ދުވަހެއްވެސް ލަސް ކުރާކަށް.. ބައްޕަ ބުނީ ދުވަހެއް ފައިނަލް ކޮށްފަ ބުނާށޭ އޭރުން އެދުވަހަށް ރާއްޖެ އަންނާނަމޭ..”

ކައިވެނީގަ ކަންތައް ހަމަޖެހިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ހައިކަލް މިހާރު ބޭނުން ވަނީ ވީހާވެސް އަވަަހަށް ކައިވެނި ކުރާށެވެ. ދެ އާއިލާ ބައްދަލްކޮށް ކައިވެނީގެ ތާރީހެއްވެސް ފައިނަލް ކުރެވިއްޖެއެވެ.

” އެހާ ބޮޑުކޮށް ޕާޓީ ނުބޭއްވިޔަސް ރަނގަޅުވާނެ.. އަޅުގަނޑުމެން ބޭނުމީ ކުޑަ ހަފްލާއަކުން މިކަން ނިންމާލަން.. ”  ދެމީހުންވެސް ޕްލޭންކޮއްފަ އޮތްގޮތް ހައިކަލް ބައްޕަމެން ކައިރީ ބުނެލިއެވެ.

” ދަރިފުޅުމެން ބޭނުންގޮތަކަށް ހަމަ ކުރިޔަށް ގެންދަން ވީ ދޯ ބަލްޤިސް ” މަންމައަށް ދޯ ދެމުން ބައްޕަ ބުނެލިއެވެ.

 

ދެދުވަސް ފަހުން ޝަމްމުމެންވެސް އެހެން އެޕާޓްމެންޓެއް ލިބިގެން އެތަނަށް ބަދަލްވީއެވެ. އަހަރެން ކުރިމަތީ އުޅެން އޭނައަށް އުނދަގޫވީމަ ކަންނޭންގެއެވެ. ބައްޕައަށްވެސް ހުރިހާއެއްޗެއް ހައިކަލް ކިޔާދީފަ ވުމުން މިފަހަރު އެމީހުން ހުއްޓުވާކަށް ބައްޕަ މަސެއްކަތެއް ނުކުރެއެވެ.

 

ކުއްލިޔަަކަށް އަހަރެންނަށް ހޭލެވުނީ  ފޯން ރިންގްވާ އަޑަށެވެ. މުޅިތަނަށް ވެރިވެފައިވަނީ ކަނު އަނދިރި ކަމެވެ. އަދިވެސް އަހަރެން އަނދިރިކަމުގެ ސަބަބުން ޖެހިލުންވާ ގޮތްވެއެވެ.

ނަމަވެސް އެނދު ކައިރިން ކޮންމެވެސް ވަރަކަށް އަލި ކަމެއް ފާހަގަ ވާތީ އަހަރެން ބަލާލީމެވެ. ދޮރާ ހަމަޔަށް ދާންދެން ކުދި އުއްބައްތި ތަކެއްގެ އަލިކަން ފެންނަން ހުއްޓެވެ. ބިރުގަތް ނަމަވެސް ތެދުވެ ކޮޓަރީގަ ބޮކި ޖައްސާލީމެވެ. އަހަރެންނަށް ހީވީ ރަނގަޅަށެވެ. އެނދުން ފެށިގެން ދޮރާހަމަޔަށް ކުދި އުއްބައްތި ތަކެއް ޖަހާފަ ހުއްޓެވެ. އަހަރެން މަޑު މަޑުންގޮސް ދޮރުހުޅުވާލީމެވެ.

” ހެޕީ ބާތު ޑޭ ޔަލް…” އެންމެން އެއްފަހަރާ އެހެން ކިޔާލުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. މިއަދު މީ އަހަރެންގެ އުފަން ދުވަސްކަން ހަނދާންވީވެސް ދެނެވެ. ބޮކި  ޖެއްސުމުން މުޅިތަން އަލިވެގެން ދިޔައެވެެ. އެކި ކުލަ ކުލައިގެން މަލުން ޖަރީކޮށް ލެވިފައިވާ ” 26″ މޭޒުމަތީ ހުރި އިރު އެތާ ކައިރީ ބޮޑު ފްލޯރަލް ކޭކެއް ހުއްޓެވެ. ކޭކުގެ ވަށައިގެން ކަޕްކޭކް ތަކުން ޖަރީކުރެވިފައިވެއެވެ. މަންމައާ ބައްޕަގެ އިތުރުން ޒައިންއާ އައިޝާ އަދި ހައިކަލްވެސް އަހަރެންގެ ވަށާލައިގެން ތިއްބެވެ.

” އައި އޭމް ސޯ ހެޕީ..” ފަހަރަކު މީހެއް ގައިގަ ބައްދާލަމުން ބުނެލީމެވެ. ކޭކް ފަޅާ ނިމިގެން މަންމައާ ބައްޕަ ނިދަން ދިއުމުން ހަތަރު މީހުން ތިބީ ޓީވީއިން އަންނަމުންދިޔަ މަޖާ އިނގެރޭސީ ފިލްމެއް ބަލާށެވެ. ފިލްމަށް އެއްވެސް ސަމާލުކަމެއް ނުދީ ހައިކަލްގެ ނަޒަރު ހުއްޓިފައިވަނީ އަހަރެންނަށްކަން އިނގެއެވެ.

” ހައިކް.. ތިވަރަށް ނުބަލަބަ.. ޒައިންމެން ދިމާކުރަން ފަށާފާނެ.. ” ޒައިންނަށް އަޑުނީވޭވަރަށް އަހަރެން ބުނެލީމެެވެ.

” ތިހާ ލޯބި ލޯބި ކުއްޖެއް ކައިރީ ބަހައްޓައިގެން އިނދެ ކިހިނެތްތަ ޓީވީއަށް ބަލާނީ..” ހައިކަލް ކުޑަކޮށް އަހަރެންނާ ގާތްވެލަމުން ބުނެލިއެވެ.

” އެހްމް.. އެހްމްް..” ޒައިން ކަރުކެހިލި އަނޑަށް ދެމީހުނަށް ސިހިފަ ދުރަށް ޖެހިލެވުނެވެ.

” އަޅެ ހާދަ ރޮމޭންޓިކް ކަޕްލް އެކޭ ދޯ… އަހަރުމެންވެސް އެބަތިބީމޭ މިތާންގަ… ކެތްކޮއްލަބަ ދެން ކައިވެނި ކުރެވެންދެން.. މާގިން ދުވަހެއްވެސް ނެތެއްނު..” ޒައިން ލާނެތްގޮތަކަށް ބުނެލިއެވެ. ޒައިންގެ ބަސްތަކުން ކުޑަކޮށް ލަދު ގަންނަ ގޮތްވިއެވެ.

” ހައިކްގެ ކަންތަކޭ..” އަހަރެން ޒައިންއަށް ނޭންގޭނެހެން ހައިކް އާ ދިމާލަށް ކަޅިއަޅާލާފަ ބުނެލީމެވެ.

” ސޮރީ.. އެކަމް މެރީ ކުރެވުނީމަ އަދި އުޅެން ޖެހޭނީ ހާލެއްގަ އިނގޭ..” އެއް ލޯ މަރާލަމުން ހައިކަލް ބުނެލިއެވެ.

” ފިލްމް ނިމުނު އިރުވެސް މިދެމީހުނަށް ރޭކާވެސް ނުލާ.. އެހެންނު ވާނީ ދެމީހުންވެގެން މިތާ ތިބެ ފިލްމް ވިއްޔާ ކުޅެނީ..” ޒައިން އަނެއްކާވެސް ދިމާކޮއްލިއެވެ.

” އަހަރެން ދިމާކުރަން ފަށަން ވީތަ.. އޭރުން މާ ނުބައިވާނެ އިނގޭ..” ޒައިން ގައިގަ ޖަހާލަމުން ހައިކަލް ބުނެލިއެވެ. މާދަން ރޭގަ ދިމާވަން ބުނެފަ ހައިކަލްވެސް ޒައިންއާ އައިޝާއެކު ގެޔަށްދިޔައީއެވެ.

ރޭގަ ލަހުން ނިދުމުގެ ސަބަބުން ހޭލެވުނީވެސް ތަންކޮޅެއް ލަހުންނެވެ. އަވަހަށް ތައްޔާރުވެގެން ގަޑިނުޖެހި ހޮސްޕިޓަލްއަށް ދެވުނީ ކިރިޔާއެވެ. ޑިއުޓީ ނިންމާފަ ގެޔަށް އައިރު ވެފަ ހުރި ވަރުބަލިކަމުގެ ސަބަބުން ޖައްސާލިއިރަށް ނިދިއްޖެއެވެ.

” ޔަލް… ޔަލް… ހޭލަބަ.. އަޅެ އެއިޓްއަށް ރެޑީވާށޭ ބުނީމަވެސް ހަމަ ނިދަނީތަ..” އަހަރެންނަށް ހޭލެވުނީ ހައިކް ގޮވާއަޑަށެވެ.

” ސޮރީ ޓަޔަޑް ވެފަ ހުރީމަ ނިދުނީ.. މި ނިކުންނަނީ ރެޑީ ވެލައިގެން..” އަހަރެން އެހެން ބުނެލާފަ އަވަހަށް ފާހާނާއަށްވަދެ ކުޑަކޮށް ފެންވަރާލައިގެން ނިކުތްއިރު ހައިކަލް ފެންނާކަށް ނެތެވެ. ތައްޔާރު ވެލައިގެން ބޭރަށް ނިކުތްއިރު އަހަރެންގެ އިންތިޒާރުގަ ހައިކަލްއިނެވެ.

” ސޮރީ..” ގަޑިއަށް ތައްޔާރު ނުވެވުމުން އަހަރެން ބުނެލީމެވެ.

” ސޮރީ އަކުން ނުފުދޭން..” ހައިކަލް އަހަރެންގެ އަތުގަ ހިފައިގެން ބޭރަށް ނިކުންނަމުން ބުނެލިއެވެ.

” އެއްކަލަ ހައިކް.. ބައިދަވޭ ކޮންތާކަށް މިދަނީ..” އަހަރެން ކާރަށް އަރަމުން އަހާލީމެވެ.

” ޔަލްގެ ބާތު ޑޭ ޑިނާރއަށް.. ރޭގަ އެއީ ފެމިލީ ސެލެބްރޭޝަންއެއް ވީމަ ދެމީހުން އެކުގަ ސެލެބްރޭޓްކޮށް ނުލެވުނީމަ އަސްލު.. ” ހައިކަލް ބުނެލިއެވެ. ހައިކަލް އުޅޭ ގޮތަ ހާދަ ލޮއެއްބެވެ. އެފަދަ ކުދި ކުދި ކަންތަކުން ނުވަތަ ބުނެލާ ލޮބުވެތި ބަސްތަކުން އަހަރެންގެ ހިތް ލޯބިން ފުރާލައެވެ.

ރެސްޓޯރެންޓްގެ އިން ވީ އައި ޕީ ބައި ޑެކަރޭޓް ކޮށްލާފަ ވަނީ ހުސް ކަޅާ ފިޔާތޮށި ކުލައިގެ ބެލޫންސް އިންނެވެ. މުޅި އެ އޭރިއާ ހީވަނީ އަހަރެންގެ އުފަންދުވަހަށް ހާއްސަ ކޮއްލާފަ ވާ ހެންނެވެ. ދެމީހުން އެކުގަ ތަފާތު ވާހަކަ ދައްކަމުން ކައި ނިމުނު ތަނާ ވެއިޓަރ ކުޑަ ކޭކެއް ގެނެސް ދިނެވެ.

” ހެޕީ ބާތު ޑޭ ބޭބީ ގާލް..” ކޭކު ކައިރީ އޮތް ވަޅި އަހަރެން އަތަށް ދެމުން ހައިކަލް ބުނެލިއެވެ. އަހަރެން އުފަލުން އިނދެ ކޭކު ފަޅާލާފަ ހައިކަލްއަށް ކޭކު ކޮޅެއް ކާންދިނީމެވެ. އިރުކޮޅަކުން ވެއިޓާރ ބިލް ގެނެސްދީފިއެވެ.

” ބަލާލަބަ ކިހާ ވަރެއްތޯ އެރީ…” ހައިކަލް ވޮލެޓް ނަގަމުން އެހެން ބުނެލުމުން އަހަރެން  ބިލްކޮޅު ލާފަ އިންއެތި ހުޅުވާލީމެވެ.

” އޯ މައި ގޯޑް.. ” ބިލް ކޮޅު ލާފަ އިން އެތީގަ އޮތީ ” ވިލް ޔޫ މެރީ މީ” ޖަހާފައިން ކުޑަ ގަނޑު ކޮޅެކެވެ. ހައިކަލް އެވަގުތު އެއްކަކޫ މައްޗަށް ތިރިވެ އަހަރެންނަށް ރަތް ފިނިމެން މަލެއް ދިއްކޮއްލަމުން އެ ބަސްތަށް ތަކުރާރު ކޮއްލިއެވެ.

” ޔެސް…. ޔެސް… ޔެސް…” އުފަލުން އަހަރެންނަށް ކިޔާލެވުނެވެ. އަދި ހައިކަލް ގައިގަ ބައްދާލީމެވެ.

” ޓޫ މޯ ޑޭސް ޓްގޯ..” ހައިކަލް ލޯބިން ބުނެލިއެވެ.

 

 

ހީވެސް ނުކުރާހާ އަވަހަށް ދެދުވަސް ފާއިރުވެގެން ގޮސްފިއެވެ. ކައިވެނި ކުރާ ދުވަސް އައިސް ޖެހުނު އިރު އަހަރެން ހުރީ ހިތް ނުތަނަވަސްވެފައެވެ. ފުރަތަަމަ ފަަހަރުވީމަ ކަންނޭންގެއެވެ. ކައިވެނި ކުރާ ގޮތަށް ހަމަ ޖެއްސީ އަހަރެންގެ ސަފާރީގައެވެ. ބޮޑު ޕާޓީއެއް ނުބޭއްވި ނަމަވެސް އާއިލާ މީހުނާ ރައްޓެހިންނަށް ދައުވަތު ދިނީމެވެ.  ކައިވެނީގެ ހަފްލާ ފެށުމާއެކު އަތް ފައި ފިނިވެ ދާހިއްލާ ގޮތްވާން ފެށިއެވެ. ކޮންމެ މީހަކުވެސް އަލަތު ކައިވެނި ކުރާއިރު ކުރަނީ މިފަދަ އިހްސާސްތަކެއްބާއޭ ހިތަށް އެރިއެވެ.

” އަނބި ޤަބޫލް ކޮއްފިން…” ހައިކަލްގެ އެ ޖުމްލައާއެކު އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ.  ކައިވެނީގެ ހަފްލާ ނިމިގެން ދިޔައީ އެންމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސް ދެމުންނެވެ. މާމަވެސް އުފަލުން އައިސް އަހަރެން ގައިގަ ބައްދަ ބައްދާފަ އުޅޭގޮތުން އަހަރެންނަށް ރޮވުނެވެ. ހަފްލާނިމިގެން އެންމެން ދިޔުމުން އަހަރެންނާ ހައިކަލް ސަފާރީގަ އެކަނިވިއެވެ. ކުރިންވެސް ނިންމާފަ އޮތީ އެރޭ ސަފާރީގަ ހޭދަ ކުރުމަށް ފަހު އަނެއް ދުވަހު ހަނީމޫނަށް ދާން ފުރާގޮތަށެވެ.

” ފައިނަލީ… ޔު އާ މައިން..” ހައިކް އައިސް އަހަރެން އަތްދަނޑިމައްޗަށް ލައިގެން ކޮޓަރިއާ ދިމާލަށް މިސްރާބް ޖެހިއެވެ. މުޅި ކޮޓަރި ތެރެ ޒީނަތްތެރިކޮއްލާފަ ވަނީ އެކު ވަރު ވަރުގެ އުއްބައްތި ތަކުންނެވެ. އެނދުވަނީ ރަތް ފިނިފެންމާ ފިޔައިން އަލަތު ކަިއިވެނީގެ ރެޔަށް ފުރިހަމަޔަށް ތައްޔާރު ކޮއްލާފައެވެ.

” ޔަގީން މީ ޒައިންއާ އައިޝާގެ ކަންތައްކަން..” ހައިކަލް އަހަރެން އެނދުގަ ބައިންދަމުން ކޮޓަރި ތެރަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

” އެބަ އަންނަން ޗޭންޖް ކޮއްލައިގެން..” އެހެން ބުނެލާފަ އަހަރެން މިސްރާބްޖެހީ ފާހާނާ އާ ދިމާލަށެވެ.

” ނޯ ނުދެވޭނެ.. އަހަރެންގެ ލޯ ކުރިމަތިން އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ނުދެވޭނެ.. ހާދަ އިންތިޒާރެއް ކޮއްފީމޭ ޔަލްއަށްޓަކާ..” އެހެން ބުނެލަމުން އަހަރެން ގާޔާ ކައިރި ކޮއްލިއެވެ. އަހަރެންވެސް ދެކޮޅު ހެދުމެއްނެތި ހައިކަލް ގައިގަ ބައްދާލީމެވެ. އެންމެ ފަހުން ދެމީހުންގެ ލޯބި މި ހާސިލް ކުރެވުނީ ހާދަ ދުވަހަކު ހާދާ ކަންތައްތަކަށް ކެތްކޮއްގެންނޭ ހިތަށްއެރިއެވެ. ހައިކަލް އަހަރެން ގަޔާ ދުރުކޮއްލަމުން ފުން ނަޒަރަކުން އަހަރެންގެ ލޮލަށް ބަލާލިއެވެ.

” ޝައި ބޭބީ..” ހައިކަލް އަހަރެންނާ ދިމާކޮއްލިއެވެ. ހަމަ އަސްލުވެސް އަހަރެން ހުރީ ލަދުގަނެ ޖެހިލުންވެފައެވެ.

” ލަދުން ހުއްޓަސް ސަލާމަތެއް ނުވެވޭނެ އިނގޭ.. ކިތަންމެ ބާރަށް ސަލާމަތްވާން ހަޅޭލެވިޔަސް އަނޑު އިވޭނެ މީހެއްވެސް ނުހުންނާނެ..” ހައިކަލް އަހަރެންނާ ކައިރިވެލަމުން ލާނެތްގޮތަކަށް ބުނެލިއެވެ. އަހަރެން އިސްނަގާ ހައިކަލް ގައިގަ ބައްދާލީމެވެ. ހައިކަލްއަށް ވެސް ހިއްސުތަށް ކޮންޓްރޯލް ކުރެވުނީ އެހިސާބަށެވެ. އަރާމާ ލައްޒަތުގެ ކަނޑަށް ދެމީހުން ޤަރަޤްވެގެން ދިޔައީ ނޭންގި ތިއްބާއެވެ. އެތަށް ދުވަހެއްގެ އިންތިޒާރަށްފަހު އަހަރެންނަށް ހައިކަލްގެ ލޯބި ލިބުނީއެވެ.

 

ދިރިއުޅުމަކީ އިމްތިހާނެކެވެ. އެ އިމްތިހާނުން ފާސް ވެވޭނީ ކެތްތެރި ކަމާއެކު ކަންކަމާ ކުރިމަތި ލައިގެންނެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނޭ މީހުން ބުނާ އަޑު އަބަދުވެސް އަހަރެން އަހަމެވެ. އެއީ ކިހާވަރެއްގެ ހަގީގަތެއްކަން މިއަދު އަހަރެންނަށް ގަބޫލް ކުރެވިއްޖެއެވެ.

? ނިމުނީ  ?

Share Article

Follow Me Written By

Mimmi ❤️

Level 410 Stories500 Comments100 Comments1K Comments

? ? Inspired by reader's comments ? ?

Other Articles

Previous

އިންތިޒާރެއް މަ ނުކުރާނަމޭ (8)

Next

މިހަޔާތް އަލިކޮށްލި ނޫރު

Next
May 8, 2017

މިހަޔާތް އަލިކޮށްލި ނޫރު

Previews
May 7, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (8)

45 Comments!

  1. Mimmi ❤️ says:
    May 8, 2017 at 12:14 pm

    MORAL OF THE STORY: Whatever has happened to you, whether it be a relationship gone wrong or numerous relationships continuing to go wrong until you’re head spins. Maybe there has been family issues. Maybe you struggle with your own internal battles and battles against mental health whether it is depression, suicide, anxiety or any sort of other that falls in that category. keep trying no matter how many times you may stumble or relapse or make a mistake or endure a new battle in your day.

    All of these things have made you a better, stronger more beautiful person even though it doesn’t seem fair that things have been more difficult for you than others.

    But you know a lot more about the world than those who haven’t endured the struggle.

    Don’t ever give up. Don’t ever think whatever the obstacle before you is something you can’t handle because you can make it.

    Going through a lot of tough times teaches you to appreciate the world in a way others never will be able to and that makes you beautiful dear. ?

    1. Manje says:
      May 8, 2017 at 12:30 pm

      alhe mimmi thi bas kolhundhivehin genesdheebala . manje men nah ingireysi eh neyngey .kiyan ingunas liyan ingunas maaana eh neyngeyey . manje men kahala nukiyavaa kudhin kudhinnah koahcheh tha igeynee.???

  2. Princess Sandy says:
    May 8, 2017 at 12:21 pm

    Pürplïsh Më balaaaba

  3. shabaa says:
    May 8, 2017 at 12:27 pm

    Vvvvvvv reethi vaahaka eh

    1. Mimmi ❤️ says:
      June 7, 2017 at 1:10 pm

      Thankx Shabaa 

  4. miniii :* says:
    May 8, 2017 at 12:34 pm

    Wow best story Eva….. 🙂 <3

  5. Maly says:
    May 8, 2017 at 12:37 pm

    V inthizaaru kohfin.. v v reethi mi story.. thanks mimmi.. adhives mimmi ge mikahala storythakeh kiyan libeyne kamah unmeedhu kuran.. luv u..

  6. Anonymous says:
    May 8, 2017 at 12:38 pm

    Wowwww nice story

  7. saaaaa says:
    May 8, 2017 at 12:39 pm

    alhey v v nice story….hama ekkon nimunytha..dhen koniraku new story eh kiyaalan libeyny mimmi

  8. nonns says:
    May 8, 2017 at 12:41 pm

    Varah reethi story.keep it up dear. Im waiting mimmi ge ehen beautiful story akah

  9. luhan says:
    May 8, 2017 at 12:45 pm

    Inthizaaruga hre hure varubali v fahun stry up v..V salhi..

  10. Any says:
    May 8, 2017 at 12:58 pm

    V.v.v reethi ? vaahakaeh I love it

  11. Zail says:
    May 8, 2017 at 1:01 pm

    Story vx nimunyh dho hehe story vrh reethi..keep going mimmi?

  12. Pürplïsh Më says:
    May 8, 2017 at 1:20 pm

    Alheyy thnk u princess sandy ……????

    1. Princess Sandy says:
      May 8, 2017 at 4:51 pm

      Welcome maajiii❤

  13. cenhi says:
    May 8, 2017 at 1:59 pm

    Nice story mimmi.

  14. M Shahina Ahmed says:
    May 8, 2017 at 2:07 pm

    ❤❤❤????????

  15. Faathee says:
    May 8, 2017 at 2:20 pm

    Mimmi ge ithuru story eh roadha mas therey genesla dheveyne tha? Roadha kuru kuran mi kahala reethi story eh beynun vaane kiyaalan. Pls mi kamaa visnaa lahchey. Mi story vara reethi. Ekamku aslu furathama season aa balaafa ibaarai kurumuga kuda koh mahsala huri kama faahaga vi. Anyway keep going ?. Love ur stories

    1. ra says:
      May 10, 2017 at 1:41 pm

      Rodha kuru kuran dhyny vaahaka thah kiyya maa salhivaane. Savaab vx libeyne.. sorry mihen bnevunythy..

  16. silver mist says:
    May 8, 2017 at 2:35 pm

    Vrh vrh reethi mi story …??

  17. Hope says:
    May 8, 2017 at 2:39 pm

    life àa v gulhey gave me more hope to continue dreaming thankx

  18. ssss? says:
    May 8, 2017 at 3:04 pm

    Wow…. V v rythi mi story

  19. ithoo says:
    May 8, 2017 at 3:36 pm

    Alhe hama nimunytha dearr… Btw v v reethi mi stry mimmi.. N hope kuran kuriah oihthaa v avahah mimmi ge aa stry eh kiyaalan libeyne kamah..???

  20. Henry says:
    May 8, 2017 at 4:50 pm

    Tbh v kada ninmun . egey thy nun kan ninman ulhunu goih

  21. Sidhu says:
    May 8, 2017 at 5:37 pm

    Alhe hama nimunytha…mihaa reethi story eh miadhu kahala special dhuvahaku nimunima happyvejje…midhany sidhuge life ga v special dhuvaheh…mimmi.? hama habeys story eh thi genesdhiny. ….m

  22. Maree says:
    May 8, 2017 at 6:54 pm

    vvv reethi alhe hama thi ninmaaleetha

  23. Saandy says:
    May 8, 2017 at 8:03 pm

    V inthizaaru kuri fahun mi vaahaka kiyaalan mi libuny… V reethi vaahakaeh mee… Ummeedhu kuran adhives Mimmige mikahala reethi vaahakathakeh kiyaalan libeyne kamah 🙂

  24. Aliya says:
    May 8, 2017 at 8:37 pm

    V reeethi when next part

  25. Aisha says:
    May 8, 2017 at 9:05 pm

    Really love this story mimmi ? dhiriulhmugaa naakaimiyaabiee aar kurimathi vefaivaa kudhinnah ragalhu iburatheh haasil vaane thi vaahakain.. Hope kurin mimmi ge ithuru story eh kiyaalan libeynekamah

  26. reysh says:
    May 8, 2017 at 9:27 pm

    Varah reethi..vaahaka liyun mee haadha kuladhaana kamekey,kiyaa meehun hama ragalhah ves eyah gebigen dhey☺ hama gaimuves alhugadah vee ehen ?vaahaka thi ninmaalee vaaka ah inthizaaru kuri kiyun therinnah ves message eh dheefa dhw good… waiting for your next story..

  27. Chum handi says:
    May 8, 2017 at 10:51 pm

    wow…. vrh salhi… but hama ninmaalee tha… anyways story hama habeys and can someone plxx tell me why are some names in grey color…. no offence… just wanted to know…. waiting to see your next story mimmi… kureege pretty i guess… gdnyt… ly…

  28. Amm says:
    May 8, 2017 at 11:05 pm

    V reethi mi vaahaka ❤️❤️❤️❤️

  29. Afoo says:
    May 9, 2017 at 9:08 am

    Varah furihama ninmumeh. Mimmige ehn story akah varah inthizaaru kurevey

  30. pooh says:
    May 9, 2017 at 11:09 am

    Mi story baraabarah kiyan ekam comment koh nulevey varah. One of the best story. Keep up the good work mimmi. Looking forward to another beautiful story from you

  31. Aish says:
    May 9, 2017 at 11:33 am

    I feel so jelouse about yal..haik is such a perfect husband..Wish I could get someone like him.

  32. nuha says:
    May 9, 2017 at 12:00 pm

    konirakun mimmige new story eh kiyaalan libeyni?

  33. Shile says:
    May 9, 2017 at 12:57 pm

    Foonubedhey kanthah ebahuri Why Shammu did all these and it says he loves this Raya. still own kid and lover is living with another person. let her married to another person And he is OK with that. He needs only this girl for his needs and If she fullfill her needs with Haikal he is still OK. What kind of person is he? Very unreasonable.

    1. Aish says:
      May 9, 2017 at 1:20 pm

      Its not unreasonable. Read the story again then you’ll understand it better

  34. maahii says:
    May 10, 2017 at 2:04 am

    Dhnnnnn heyoooo ehaa avahah nimmaaaleema v vaiiii… but v habbu mi stry huvaaa….. loookiinnnn fwwrddd tu see yu rr next stry

  35. Yal says:
    May 10, 2017 at 5:59 pm

    varah Nice story 🙂 duty ga free time ga foohi vathee kiyan feshy, akam hama akkoh nukiyaa hinhama ae nujehunu… adhi ves mikahala loabi loabi stories thah liyachey mimmi 🙂

  36. Faathee says:
    May 23, 2017 at 9:28 pm

    Kobaa tha mimmi? Reply ves koh nulaa thee alhe

  37. T says:
    May 26, 2017 at 10:02 pm

    Wow! D best story eva! ❤❤

  38. Near Cher says:
    July 22, 2018 at 10:23 pm

    Mathiveri niyaa ah ves mi story hama varah cute?❤❤

  39. Rifa says:
    March 30, 2019 at 7:50 pm

    Nice

  40. KIMSAMUEL says:
    October 21, 2020 at 4:02 pm

    Ohhhhhh wowwww ❤️ Heekuri gothashennu Mi vy. Emme fahun yalvy nd haikal gulhuny I’m so happy ufalun hama rovijje ? ?

Comments are closed.



All Right Reserved!