Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާވާ ހަނދާން 20

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
May 6, 2017 9 Mins Read
38 Comments

އުފާވެރި މަޖާ ދަތުރަކަށްފަހު އެންމެން ދޯންޏަށް އެރީ މާލެ ދިޔުމަށެވެ. އިޝާ އަޝްފާގު އަތުގައި ހިފައިގެން އެންމެނާއި ދުރުން ވާހަކަ ދައްކަން އިން އިރު އަޝްފާނާއި އަރޫޝާއަށް އެމަންޒަރު ބަލަން ދުރުގައި ތެބެވޭ ވަރެއްނޫނެވެ. ދެމީހުން އެކަކު އަނެކަކާއި ސައްލާ ކުރަމުން ދިޔައީ ދެން ކަންތައް ކުރަންވީ ކިހިނެތް ކަމާއި މެދުގައެވެ.
“އެއްކަން ނިމޭއިރަށް ހުވާ އަނެއްކަމެއް ކުރިމަތިވާނެ” އަރޫޝާ ހުރީ ހިތްހަމަނުޖެހިފައިކަން އޭނާގެ އަޑުން ސާފުވެއެވެ.
“ރުޝް ބުންޏަސް އަހަންނަކަށް ނުހުރެވޭނެ ބޭބެ ކައިރީ ނުބުނައެއް. މެރީ ކުރަން އެހި ފަހުން ފަޒޫ އެހުންނަނީ އޭނަ ބައްޕަ ކައިރީ ބުނާނެ އެއްޗެއް ނޭނގި އެކަމާ ކަންބޮޑުވެފަ. އިތުރަށް ދެން އިޝާ މިގޮތަށް ކަންތައް ކުރިކަން އެނގިއްޖެއްޔާ އިތުރަށް ހާސްވަނީ. އަހަރެން ނެތިން އިޝާއާއި ހެދި ފަޒޫއާއި ދެމީހުންގެ ގުޅުމަށް ބުރޫ އަރުވާކަށް” އަޝްފާން މިއަދު ގިނަ ވަގުތު ހޭދަކުރީ އިޝާ އާއި ވާހަކަ ދައްކާނެ ފުރުސަތެއް ހޯދުމަށެވެ. ޢެކަމަކު އަޝްފާގާއި ދެމީހުނަ ދެތަން ވާނެ ތަނެއް ނުފެނެއެވެ. އިތުރަށް އެވާހަކަ ނުދައްކާ އަޝްފާން ހިޔާލަކަށް ގެއްލިފައި އިން ފަޒުނާ ކައިރިއަށް ދާން އުޅުނެވެ.
“ނޫން ނުބުނާތި އެއްވެސް މީހެއް ކައިރީ. އެއްފަހަރު އިޝާއަށް ދޮގު ތުހުމަތު ކުރެވިއްޖެ. އަހަރަމެން ކިހާ ވަރެއްކޮށްގެންތަ އެދެމީހުން އަލުން ވާހަކަ ދައްކަން އެފެށީ ކިހާ ވަރެއްކޮށްގެންތަ.މިކަމުގެ ހަގީގަތް ނުބަލާ އަހަރެބް ބޭނުމެއްނޫން އެއްވެސްކަމެއް ކުރާކަށް.އަދި ދޮންބެވެސް އެއްވެސް ކަމެއްކޮށްގެން ނުވާނެ” އަރޫޝާ އަޝްފާން އަތުގައި ހިފައި ހުއްޓުވިއެވެ.
” ދޮންބެއެއް ނޫޅެން ބޭބެ ކައިރީ އިޝާގެ ވާހަކަ ދައްކާކަށް” އަޝްފާން އޭނަ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރި އަރޫޝާގެ އަތުން ދޫވެގަތެވެ.
“އެކަމަކު ރުޝްހެން އަހަރެން ވިސްނަނީ އިޝާ ދެކެއެއްނޫން. ވަގުތު ލިބުނާ އަވަހަކަށް އަހަރެން ބޭބެއަށް ހަގީގަތް ކިޔައިދޭނަން” އަރޫޝާ ކައިރިން ދަމުން އަޝްފާން އިންޒާރެއް ދިނެވެ.
“ހޭ ލަވް.ކޮން ކަމަކާއި މާބޮޑަށް ފިކުރު ބޮޑުވެފަ”ދެންމެ އަރޫޝާއާއި ދެއްކި ވާހަކަތައް އެއްފަރާތްކޮށްލަމުން އަޝްފާން ހިނިތުންވެލާއިފައި ފަޒުނާއާއި ވާހަކަ ދެއްކިއެވެ.
“ބައްޕައާއި ދޭތެރޭ.ބައްޕަ ނޫނެކޭ ބުނެފިއްޔާ ކިހިނެތް ހަދާނީ” ރާޅުތަކުން އުފެދެމުންދާ ފޮނުތަކަށް ގެއްލިފައި ހުއްޓަސް ފަޒުނާގެ ހިޔާލު ބަދެވިފައިވަނީ މުޅިން އެހެންކަމެއްގައެވެ.އާއިލާއެއްގެ ލޯބި ދޭން ހުރީ ހަމައެކަނި ބައްޕައެވެ.ކިތައްމެ އަނިޔާއަކާއި ވޭނެއް ބައްޕަގެ ހިޔާވަހި ކަމުގެ ދަށުގައި ހުއްޓައި ލިބުނަސް އެހަށިގަނޑުގައި ހިނގަނީ އެލެޔެވެ.ހިތުގައި ފަޑުވުމެއްނެތި ވަނީ ބައްޕަ ދެކެވާ ލޯތްބެވެ.އެގަދަރަކަށް ބަދަލެއް ނާދެއެވެ.ބައްޕަގެ ލޯތްބައްޓަކައި އާމިދު އާއި ކައިވެނި ކުރަން އުޅުނަސް އެ އެދުމަށް ފުރަގަސްދިނީ ފައިސާއަށް ހަށިގަނޑާއި ފުރާނަ ގުރުބާން ނުކުރުމަށެވެ.
ބައްޕަ ކައިރީ ނޫނެކޭ ބުނި ދުވަސް އަދިވެސް ފަޒުނާގެ ހިތަކުން ނުފިލައެވެ.ގުޅައިގެން ހުރެ އެވާހަކަ ދެއްކި ކަމުގައިވިޔަސް ހީވީ ކުރިމަތީ ހުރެ ހިތު ތެރެއަށް ތީރުތަކެއް ހަރާލިހެންނެވެ.އެރޭ ނުނިދި އޮވެގެން ބޯދޮށުގައި އޮތް ބާލީސް ތެތްމަމުން ދިޔައީ ހިތަށް ލިބުނު ކެކުޅުމެއްގެ ބޮޑުކަމުންނެވެ.ބައްޕާއޭ ބުނެ ރޮވެމުން ދިޔައިރު އަހަރެން މީ ކަލޭގެ ބައްޕައެއް ނޫނޭ ބުނި އަޑު އަދިވެސް ހަނދާނުގެ ކޮޅުގައި ނުފުހެވި ހުންނާނެއެވެ.
“ބަލާބަ މިކޮޅަށް.އެއްމެ ފުރަތަމަވެސް މާލެ ގޮސް ހަމަޖެހިލައިގެން ދެމީހުން ދާނީ ބައްޕަ ކައިރިއަށް.އެއްމެ ފުރަތަމަ ދައްކާނީ ފަޒް އާއި ދެމީހުން ލޯބިވާ ވާހަކަ.އެޔަށްފަހު ބައްޕަ ހަމަޖެހިގެން ހުރިއްޔާ ދެން މެރީ ކުރާ ވަހާކަ ދައްކާނީ.ފަޒް ބޭނުމިއްޔާ އަހަރެން އެކަނިވެސް ގޮސްފާނަން.އަހަރެން އަދި ވައުދު ވާނަން މަގޭ ލޯބި ރަންކޮޅަށް އެއްވެސް ގެއްލުމެއް ހިތާމައެއް ނުދޭން.ފަޒް ބޭނުމިއްޔާ އަޝްފާން އެކަނިވެސް ގޮސްފާނަން. އޭރުން ބައްޕައަށް އެއްވެސް އެއްޗެއް ނުކިޔޭނު ފަޒް އާއި ދިމާލަށް.ބައްޕަ އޯކޭ ނުވިއްޔާ ގާޟީ ކައިރީ އާދޭސްކޮށްގެން ވެސް އަހަރެންގެ މީހަކަށް ފަޒް ހަދައިދޭނަން”އަޝްފާން ބެލީ އެހިޔާލްތަކާއި ފަޒުނާ ދުރުކުރުވޭތޯއެވެ.އަދި ހުރިހާ ކަމެއްވެސް ރަގަޅުވާނެ ކަމަށް ޔަގީންކަން ދިނުމަށެވެ.
“ފަޒް އޭ.މިހާރު ނަންވެސް ބަދަލުކުރީތަ”ފަޒުނާ ހީލާފައި ބުނެލިއެވެ.
“އާން.ކިހާ ލޯބި ކުރުކޮށް ކިޔާލަން.ފަޒޫއަށްވުރެ އަހަންނަށް މާރީތި.އެހެން ނޫނަސްވާން އުޅޭ އަނބިމީހާއެއްނު.ޔުނީކްކޮށްލަން ޖެހޭނު.”އަޝްފާން ފަޒުނާގެ ނޭފަތުގެ ކުރީކޮޅުގައި ހިފައި ސަމާސާކޮށްލިއެވެ.އެހިޔާލްތަކާއި ދުރަށް ފަޒުނާ ގެންދެވުމުން އަޝްފާނަށް ހަމަޖެހުން ލިބުނެވެ.

“މަމް.ވަރަށް މިސްވި އިނގޭ”ދަތުރަށް ފަހު އެއްމެ ފުރަތަމަ ގެޔަށް ވަނުމަށްފަހު އަރޫޝާ ބައްދާލީ މަންމަ އަމީރާ ގައިގައެވެ.
“މަންމައަށް މިފަހަރު ދަރިފުޅުގެ ވެޑިންއަށް ހެދުން ފަހަން އުޅުމުން ނުދެވުނީ.ދެން ފަހަރަކުން ދާނަން އިނގޭ”އަރޫޝާގެ ކައިވެނީގެ ހަފްލާއަށް އިޝާ އަދި ފަޒުނާގެ ހެދުން ފަހަން އަމީރާ އިނީ ފަހާފޮށި ދޮށުގައެވެ.
“ދެން ފަހަރަކުން ދެވޭތަ މަންމައަށް.ޖެހޭނު ދޮންބެއާއި ބޭބެގެ ކައިވެންޏަށް ތައްޔާރުވާން”
“ބޭބެއޭ…”އައިނެއް އަޅައިގެން އިނެއްކަމަކު އަމީރާގެ ހައިރާންވެ ބޮޑުވެފައިވާ ދެލޯފެނި އަރޫޝާއަށް ހެވުނެވެ.
“މަންމަ ކައިރީ އަހާފަ ދޮންބެ ފަޒޫ ކައިރީ އިންނަން އެހީ.ބުނި މިދަތުރު އިންނަން އަހާ ވާހަކަ.އެކަމަކު ބޭބެއޭ”ހައިރާންވެފައިވާ ދެލޯ އަދިވެސް ކުޑައެއް ނުވެއެވެ.
“އާން މަންމަގެ އެންމެ ދޮށީ ދަރިފުޅު.މުހައްމަދު އަޝްފާގު ޝާހިދު.ބޭބެއަށްވެސް ލިބިއްޖޭ ކުއްޖަކު.އެއްމެ ފުރަތަމަވެސް މާވަރަކަށް ލޯބިވެގެން އުޅުނު ކުއްޖާ.ދެމީހުން ވަރަށް ގުޅޭ.ދަތުރުމަތީވެސް އެއްތާކު ނޫނީ ނުތިބެވޭ.އަޅިގަނޑު ނެތިން ނަން ބުނާކަށް.މަންމަ އަހާބަ ބޭބެ ފެންވަރައިގެން އައިމަ”
“ތި އޮފީސް ކުއްޖެއްތަ އަނެއްކާ އެއީ.މަންމަ ކައިރީ ބޭބެ ބުނި ހަނދާންވޭ އެކުއްޖާއާއި ވަކިވީ ބޭވަފާތެރިވެގެންނޭ.މިހާރު އަނެއްކާ ކިހިނެތް އެވީ”
“އާން އޮފީސް ކުއްޖެއް.އައްސު ބޭބެއަށް އޮޅުނީޔޯ އޭނަ އެހެން މީހަކާއި އެއްކޮށް ފެނުމުން.ދެން މިހާރު ހަގީގަތް އެނގި ހީވޭ ދެމީހުން ގުޅެން އުޅެނީހެން.މަންމަ އަހާބަ ބޭބެ ކައިރީ ކޮން ކުއްޖެއްހޭ.އަޅުގަނޑު ބޭނުން ބޭބެގެ ރިއެކްޝަން ބަލާލަން” އިޝާގެ ނަން ނުބުނެ އަރޫޝާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.އަމީރާއަށް ކޮންމެވެސް ކުއްޖެއްހެން ޝައްކު ވިޔަސް އެއްޗެކޭ ނުބުނެ މަޑުކޮށްލީ ސީދާ އަޝްފާގު ކައިރިން އޮޅުންފިލުވުމަށެވެ.

މޭޒުމަތީ ސައި ހަދަން ހުރި އަމީރާ އެކަން މެދުކަނޑާލުމަށްފަހު އަޝްފާގުގެ ކޮޓަރިއަށް ދިޔައެވެ.ފަހަތުން އެވަގުތު ބަދިގޭގައި ހުރި އަރޫޝާވެސް ދިޔައެވެ.އަމީރާ އަދި އަރޫޝާއަށް ކޮޓަރިއަށް ދެވުނު އިރު އަޝްފާގު ހުރީ ހޭވިފައިވާ އިސްތަށިގަނޑު ކުރާށެވެ.
“ދަރިފުޅާ.މި އަރޫޝާ މިދައްކަނީ ހެޔޮ ވާހަކައެއްތަ” އަޝްފާގު އަރޫޝާއާއި ދިމާލަށް ބަލައި ލޯ ކުޑަކޮށްލީ އަރޫޝާ މަންމަ ކައިރީ ދައްކައިގެން އުޅޭ ވާހަކައެއް ނޭނގޭތީއެވެ.
“ދެކުދިން އަލުން ގުޅުނީތަ.އެއީ ކޮން ނަމެއް ކިޔާކުއްޖެއްތަ”ދުރުދުރުން ވާހަކަ ގެންދިޔުމުގެ ބަދަލުގައި އަމީރާ ސީދާ ސުވާލުކޮށްލިއެވެ.
“އެއީ…”އަޝްފާގު ހީވީ އަލަށް ލޯބީގައި ދީވާނާ ވެގެން އުޅޭ މީހެއްހެންނެވެ.މަންމަ ކައިރީ އިޝާގެ ނަން ބުނަން ފުރަތަމަ ފަސްޖެހުނެވެ.
“ޢަދި ނޭނގެ.މިރޭ އަހަންކަމައް މިއުޅެނީ”ސުވާލުގެ އެއްބަޔަށް އަޝްފާގު ޖަވާބު ދިނެވެ.އިޝާ އާއި ދެމީހުންގެ ގުޅުމުގެ އޮށް މިދަތުރުން ވަނީ ފަޅާފައެވެ.އިތުރަށް ދުރުވުމުގެ ބަދަލުގައި އަޝްފާގު ބޭނުންވަނީ އިޝާއަށް ޔަގީންކަންދީ އޭނަގެ މީހަކަށް ހަދާށެވެ.އެންމެ ކުރިން ވެސް އޮތް ދެމީހުންގެ ގުޅުމަށް އެބުރި ދާށެވެ.
“ދެން ކުރިން ފަހަރު ހެދިހެން ނުހަދާ މިފަހަރު.މަންމަ ކައިރީ ބުނެބަލަ ކޮންކުއްޖެއްކަން.އަޅުގަނޑަށްވެސް ޝޮކެއް ލިބުނީ އެއީ ކާކުކަން އެނގުނު ދުވަހު”ރަކިވެފައިވާ ބޭބެ އިތުރަށް ރަކިކޮށްލަން އަރޫޝާ ބޭނުންވިއެވެ.ވީވެސް އެހެންނެވެ.ލޯ ކުޑަވެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ.
“އިޝާ”އަޝްފާގު އިޝާގެ ނަން ބުނެލީ ކިރިޔާ އަޑުއިވޭ ވަރަށެވެ.
“މިގެޔަށް އެ އަންނަ އިޝާ.އަޝްފާގުގެ އިޝާ”އަޑުގައި ހައިރާންކަން ހުއްޓަސް އަމީރާގެ މޫނުމަތިން އެކަން ފާޅުނުވެއެވެ.ހީވީ ކުރިންވެސް އެނގޭހެންނެވެ.
“މަންމާ.އިޝާއަކީ އެއްވެސް ދުވަހަކު ދޮންބެގެ މީހެއް ނޫނޭ.މިހިރީނު އިޝާގެ..އހމ އހމ”އަރޫޝާ މަޖާވެގެން ކަރުކެހިލިއެވެ.
“މަންމާ އަޅުގަނޑު ދަނީ.ލަސްވަންޏާ އަޅުގަނޑު ގުޅާލާނަން”އަޝްފާގު މަންމަ ކުރިމަތީ ހުރުމުން ލަދުގަތެވެ.
“މަންމަގެ ރަންދަރިއެއްނުތީ.ލަސްވަންޏާ ކިހާ ހާސްވާނެ.އެހެންނޫނަސް މިރޭ ދެން ލަސްވާނު.މާފޮޅުވުމެއްނު އޮންނާނީ ދެމީހުން”އަޝްފާގު ގަޔަށް ސެންޓު ޖަހަމުން ދިޔައިރު އަރޫޝާ ދިމާކުރަމުން ދެއެވެ.އަޝްފާގު ކޮޓަރިން ނުކުމެގެން ދިޔައިރު ދިޔައީ އޭގެ ރައްދެއްގެ ގޮތުން ލޯއަޅާލާފައެވެ.
…..
“ހާދަ ފިންޏޭ މިތަން.އިޝާގެ ފައިގަ ރިއްސަން ފަށައިފި”ރެސްޓޯރެންޓުގައި ރޭގަޑުގެ ކެއުމަށް ދެމީހުން އިންސާފު ކުރަމުން ދިޔައިރު އޭސީގެ ފިނިން އިޝާގެ ފަޔަށް ބާރު ކުރަމުން ދިޔައެވެ.އެއްގަޑި އިރު ފާއިތުވެގެން ދިޔައިރުވެސް އަޝްފާގަށް ބުނަން ހިތުލައިގެން އައި ވާހަކަ ދެއްކޭވަރެއް ނުވެއެވެ.ކޮންމެ ފަހަރަކުވެސް ދުރުދުރުން ވާހަކަ ގެންގޮސް މިސްރާބު ބަދަލުވެގެން ދަނީއެވެ.އިޝާ ފައިގައި ރިއްސާ ވާހަކަ ބުނުމުން އިތުރަށް އެތާނގައި މަޑުކުރަން އަޝްފާގު ބޭނުންނުވިއެވެ.އެހެންނަމަވެސް އޭނގެ ކުރިން އެއްވާހަކަ ދައްކަން ފަށައިގަތެވެ.މިފަހަރު މިސްރާބުން ކައްސާނުލައި ސީދާ މަންޒިލާއި ހަމައަށް ދެވޭތޯ އެވެ.
“އިޝާ.މިހާރު އިޝާއަށް އަހަންނަށް ޓުރަސްޓު ކުރެވެންޏާ އޭޝްއާއި އަލުން ގުޅިދާނަންތަ”ސީދާ ސުވާލު މިފަހަރު ކޮށްލިއެވެ.އިޝާ ހުރީ އަޝްފާގު އެހެން އަހާނެ އިރެއްގެ އިންތިޒާރުގައިކަން މޫނުމަތިން ހަނދެއްހެން ފާޅުވި ހިނިތުންވުމުން ދޭހަވިއެވެ.ޖަވާބުގައި ބޯޖަހާލަމުން ކުރިމަތީ އިން އަޝްފާގަށް ލުއި ހިނިތުންވުމެއް ހަދިޔާކުރިއެވެ.
“އޭޝް ވައުދުވަން ދުވަހަކުވެސް އެކުށް ތަކުރާރު ނުކުރުމަށް.ދުވަހަކުވެސް އިޝާ ދޫކޮށްނުލާނަން.އައި ލަވް ޔޫ އިޝާ”އަޝްފާގާއި އިޝާ އެރޭ އެއްކޮށް އެކަކު އަނެކަަށް ވައުދާއި ހުވާ ކުރުމުގައި ހޭދަކުރީ މާދަމާ ދެމީހުންނަށް ކުރިމަތިވާނެ އިމްތިހާނުގެ ކުޑަ ނަމަވެސް ހިލަމެއް ނުވެއެވެ.
….
އިޝާއާއި އަޝްފާގު ލޯބީގެ އާލަމުގައި ހިނިތުންވެ ތިބި އިރު އަޝްފާން މުޅިރޭހެން ހޭދަކުރީ ބިރުގެންފައިވާ ފަޒުނާގެ ހިތް މަސަލަސްކުރުމުގައެވެ.އެތައް އިރެއްގެ ނަސޭހަތަކަށްފަހު ދެމީހުނަށް ނިދޭ ވަރުވީ ދަންވެ ދޭއްޖަހައި ބޮޑުވި ފަހުންނެވެ.
…
“ރަގަޅަށް ނުވެސް ނުދޭދޯ”އަޝްފާން ފަތިސް ނަމާދުން ފައިބައިގެން ބަދިގެޔަށް ވަން އިރު ފަޒުނާ އިނާ ހޫނު ކޮފީތައްޓެއް ބޯށެވެ.
“ކިހިނެތް ނިދޭނީ.ހުވަފެނުގަވެސް ފެންނަނީ ބައްޕަ ހަޅޭއްލަވާތަން”ހަމަ ނިދި ނުލިބުމުގެ ސަބަބުން ފަޒުނާގެ ލޯކަިރިވަނީ ކަޅުވެ ކުޑަކޮށް ދުޅަވެފައެވެ.
“ބައެއް ހުވަފެނަކީ ބިލާހެކޭ.މިއަދު ހެދުނު ދާކަށްނު މިއުޅެނީ ބައްޕަ ކައިރިއަށް.އިން ޝާ ﷲ ހުރިހާ ކަމެއްވެސް ރަގަޅުވާނެ”ފަޒުނާގެ ބޮލަށް ދޮނެއް ދެމުން ޖެހިގެން ހުރި ގޮނޑީގައި އަޝްފާން އިށީދެލިއެވެ.
…..
“އައްސަލައިމަލެއިކުން”ކުޑަކޮށް ހުޅުވިފައިވާ ދޮރުން އެތެރެއަށް އަޑުއިވޭނެ ވަރަށް އަޝްފާން ސަލާމް ގޮވާލިއެވެ.އޭރު ފަހަތުގައި ފަޒުނާ ބާރަށް ހިފަހައްޓައިގެން ހުއްޓެވެ.
“ވައަލައިކުމުއް ސަލާމް.ކޮން ކުއްޖެއްތީ”ދުފާ ތަކެތިން ފުރިބާރުވެފައިވާ ލަތީފާއަށް އަނގަ ހުޅުވައިލެވެނީ ހަމަ ކިރިއާއެވެ.
“އަޅުގަނޑަކީ އަޝްފާން.މިގެޔަށް މިއައީ ނާޒިމް ކިޔާ ބޭފުޅަކާއި ބައްދަލުކޮށްލަން”އަޝްފާން އިހުތިރާމާއި އެކީ ވާހަކަ ކުރިއަށް ގެންދިޔައެވެ.ފަހަތުގައި ހުރި ފަޒުނާ ލަތީފާއަށް ނުފެންނާތީ އޭނާ ހުރީ ހަމަޖެހިލައިގެންނެވެ.

ލަސްނުކޮށް ލަތީފާ އޭރު ޓީވީ ބަލަން އިން ނާޒިމް ގާތަށް އަޝްފާން ގެންދަން އުޅުނެވެ.އަޝްފާނާއި އެއްކޮށް އެތެރެއަށް ވަދެގެންއައި ފަޒުނާ ފެނި ލަތީފާގެ މޫނު ކުނިކޮށްލިއެވެ.
“ކަލޭ ކީއްކުރަން އަންނަ ތަނެއްމީ” އަޑަށް ބާރުލާފައި ލަތީފާ ބުނި އިރު މޫނުމަތީ ހުރި ހިނިތުންވުން ވަނީ ރުޅިގެ ހުޅުގަނޑުން އަދާފައެވެ.
“ނާޒިމް އާއި ބައްދަލުކޮށްލެވިދާނެތޯ” އަޝްފާން ލަތީފާގެ ރުޅިގަނޑު ނުފެންނަ ކަމަށް ދައްކައި އަޝްފާން ސުވާލު ތަކުރާރުކޮށްލިއެވެ.މީގެން ލަތީފާގެ ރުޅިގަނޑު އިތުރަށް ކައްކާލި ނަމަވެސް އެކަން ނުދައްކައި ފަޒުނާމެން ގޮވައިގެން ނާޒިމް ކައިރިއަށް ގެންދިޔައެވެ.
“ކީކޭ ހިތަށް އަރައިގެން މިގެޔަށް އަހަރެންގެ ހުއްދަ ނުހޯދައި ތިވަނީ.މަށަށް ބައްޕަ ނުކިޔަން އަންގާފަ އޮތްވާ އަހަރެންނަށް ކުރާ ޖެއްސުމެއްތަމީ”ލަތީފާހެން ފަޒުނާ ފެނި ނާޒިމްގެ ލޭވެސް ދިޔައީ ކެކިގެންނެވެ.ބައްޕަގެ ރުޅިގަނޑު ފެނި ފަޒުނާ އަށް ފަހަތަށް ޖެހުވުނެވެ.ނަމަވެސް އަޝްފާން އަތުގައި ހިފައި ކުރިއަށް ގެނައެވެ.
“ބައްޕަ ނުކިޔުއްވާށޭ ބުނި ކަމުގައި ވިޔަސް މި ހަށިގަނޑުގަ ހިނގަނީވެސް ހަމަ ތި ލޭ.ބައްޕަ ނުކިޔުއްވާށޭ ބުނުއްވިޔަސް ފަޒުނާ އަޅުގަނޑާއި އިންނަން ބޭނުންވާތީ މިއަދު ތި ބައްޕަ ކައިރިއަށް މިއައީ.އަދިވެސް ކުރާ އިހްތިރާމާއި ގަދަރު ކުޑަ ނުވާތީ”އަޝްފާން މާތް ބަހުން ވާހަކަ ދެއްކިއަޔަސް ޖުމްލަތަކުގައިވި ހިތް ނުތަވަނަވަސްކަން އެންނެމެން ދެނެގަތެވެ.
“ގަދަރޭ!އިހްތިރާމޭ! ކަލޭގެ އަމާ ކަލެއަށް ދަސްކޮށްދިން އެއްޗެހި ދޯ އެއީ.އޭނަ މަރުވުމުގެ ކުރިން ތިކިޔާ އެއްޗެހި ވަނީ މަރުވެފަ.ތީ އޭނަ ދަންނަ އެއްޗެއް ނޫން.މަ ކަލެއަށް ކާންދީ ކިޔަވައިދީ ހެދީ.މަގޭ ބުރަ މަސައްކަތުން ކަލޭ ތިހާވަރުކޮށްދީފަ ތިހިރީ.މިހާރު ދުނިޔެ ފެނިގެން އަމިއްލަ ބަފާ މަތިންވެސް ހަނދާން ނައްތާލީ.އަހަރެންގެ އެދުމުގަ ކޮޅުފައިން ޖެހި އިރު ވިސްނާލިންތަ އަހަރެންގެ ގަދަރަށް.އަހަރެން މާލޭގެ މުއްސަނދި ގެދޮރު ހުރި މީހަކު ހޯދައި ދިނީމަ އޭނަ އެއްލާލާފަ މިހާރު މީ ކޯއްޗެއް.ލަދުން ހަލާކު”ކުރިމަތީ ހުރި އަޝްފާނާއި ފަޒުނާއާއި ދިމާލަށް އިނގިލި ދިއްކުރަމުން ދިޔައިރު ނާޒީމް ހީވަނީ ދެންމެ ދެންމެ އަކު ފަޅައިގެން ހިގައިދާނެހެންނެވެ.އޭރު އެއް ފަރާތުގައި ހުރި ލަތީފާގެ މޫނު މަތީވަނީ ވިހަ ހިނިތުންވުމެކެވެ.
“ފަޒުނާގެ ބައްޕަ ވީމަ އަހަރެން އެއްވެސް އެއްޗެއް ނުކިޔާނަން.ދެން ތި މާ ވަރެއް ނެތިގެން އުޅޭ އިމާދުތަ.. އާމިދުތަ..އަޅެ މަށާއި ތިމީހެއް އަޅުވާ ކިޔާބަލަ.އަހަރެންގެ ނެތީ ކޯއްޗެއްތޯ ބަލަންހުރޭ.އަހަރެންގެ ގެ އަމިއްލަ ކުންފުޏެއް ހުރޭ.އެއްމެ އެއްޗެއް ނޫން ދޭތި” އަޝްފާން އަތުން ދެ އިނގިލިދައްކާލިއެވެ.
“މާލޭގެ ބޮޑު ގޯއްޗެއް އޮވޭ.މިބުނާ މީހާ އަތުގަ އެކަނިތަ އެއްޗެހި ހުރެގެން ތިއުޅެނީ.އާނ.އަހަރެން ހަނދާން ނެތުނީ.އޭނަ އަތުގައި މަދު ނުވާވަރަށް ހުންނާނެ ކިބުރުވެރިކަމާއި ބޮޑާކަން.އެހެންވެ އެއްނު މީސްމީހުންގެ ދަރިން ފަހަތުނަ ދުވަނީ ތިމާގެ މުދަލޭ ގެޔޭ ކިޔާފަ.އަދިވެސް ކިޔަންވީތަ.އޭނަ މުސްކުޅިވީމަ ބޮލުގަ އަހަންނަށް ވުރެ ގިނައިން ނުރަވެސް ހުންނާނެ.އެޔަށްތަ އަމިއްލަ ދަރީގެ އިއްޒަތް ތިވިއްކާލަނީ.ބުނަން ކަލޭ ހުއްދަ ނުދިނަސް ފަޒޫއަށް އަހަންނާއި މެރީ ކުރެވޭނެ.އޭނަގެ ހިތްހެޔޮކަމުން ކަލެއަށް ކުރާ އިހްތިރާމެއްގެ ބޮޑުކަމުން އައީމަވެސް ބަލާބަ ކިޔާ އެއްޗިސް.ކަލޭ ލަދު ގަންނަހެން އަހަރެންވެސް ލަދުގަނޭ ފަޒޫގެ ބައްޕައަކީ ތިއޭ ބުނަން”ފަޒުނާއާއި ދިމާލަށް ނާޒިމް އެއްޗެހި ކިޔުމުން އަޝްފާނަށް މަޑުން ނުހުރެވުނެވެ.އެއްވެސް މީހެއް ފަޒުނާއާއި ދިމާލަށް ނުރުހުމުގެ ލޮލަކުން ބަލާލިއަސް އަޝްފާނަށް ކެތްނުކުރެވޭނެއެވެ.ފަޒުނާ އަޝްފާންގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރި އިރު މުޅި މީހާ ދިޔައީ ރޫރޫ އަޅަމުންނެވެ.ނާޒިމްގެ އެއްމެ ބަލާލުމަކުންވެސް މުޅި މީހާ ފިހިދާނެހެން ހީވާ ހާލުގައެވެ.
“ހިނގާ ދާން”އަޝްފާން ފަޒުނާގެ ަަތުގައި ހިފައިގެން އަވަހަށް އެތަނުން ދާން އުޅުނެވެ.ނަމަވެސް ގަބުވެފައިވާ ފަޒުނާއަށް އެންމެ ފިޔަވެޅެއްވެސް ކުރިއަށް ނޭޅުނެވެ.
“ދޫނި އޭ ނުރޮއި”އަޝްފާން ކަރުނުން ތެމެމުން ދިޔަ ދެއަތުން ފުހޮދިނެވެ.
“ބަލާބަ.ފަޒް.. ކުޑ އިރުވެސް ފަޒޫ އެއްލާލީ.އަނެއްކާ ކިހާ އަނިޔާއެއް އއފަހުންވެސް ދިން.ދޫނި.. ވިސްނަބަލަ.ދެން ވެސް ހަދާނީ އެހެން.ކޮން ޔަގީންކަމެއް އޮތީ ދެން އެކަން ތަކުރާރު ނުކުރާނެ ކަމަށް.ހިނގާ ދާން. ފަޒް އަކީ ދަރިއެއް ކަމަށް ނުބަލާ މީހަކަށް ކީއްކުރަން ބައްޕައެއް ކަމަށް ދެކެންވީ”އެތައް ނސޭހަތަކަށްފަހު ފަޒުނާ ފަސް އެބުރި ނުބަލާ ކުރިއަށް ހިނގައިގަތީ ބައްޕަގެ އެލޯތްބަށް އަަބަދަށް އަލްވަދާއު ކިޔާ ހާލުގައެވެ.
“ހަނދާން ކުރާތި.ދެން މަށަށް ދުއްތުރާކުރަން އައިސްފިއްޔާ މަގޭ އަތުން ކަލެއަށް ގެއްލުމެއް ވެދާނެ”ދޮރުން ނިކުމެގެން ދިޔަ ފަޒުނާއަށް ނާޒިމް އިންޒާރު ދިނެވެ.
“ކަލޭ ހީކުރީތަ ދެން އޭނަ އަންނާނެ ކަމަށް ކަލޭ ދެކެން. އަދި ވިސްނޭނެ. އަންނާނެ ފަހަތުން ރޮމުން. އެދުވަހު އެގޭނެ މުއްސަދިކަމަކީ އަގެއް ނެތް އެއްޗެއްކަން”އަޝްފާން ދެބުމަ ގޮށްޖަހާލަމުން އެއްމެ ފަހު ބަހަކަށް ބުންޏެވެ.އަދި ބާރަށް ދޮރު ލައްޕާފައި ދިޔައީ އައިސްފައިވާަ ރުޅި މަތަނުކުރެވޭތީއެވެ.
___
ގެޔަށް ދެވުމާއި އެކު ހިތުގައިވި އުދާސްތައް ވީ ބޮޑެވެ.އެހެންކަމުން ސިކުޑި އެކަމުން ދުރުކުރުމަށްޓަކައި އަޝްފާން ފަޒުނާ ގޮވައިގެން އޮފީހަށް ދިޔައެވެ.
“ކޮންކަމަކާ މާދެރަވެފަ”އިޝާއަށް ފަޒުނާ މޫނުމަތީގައިވި މޮޅިވެރިކަން ފެނި އަހާލިއެވެ.
“ބައްޕައާއި ޒުވާބުކޮށްފަ” ފަޒުނާ ހުރީ އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވެފައިކަން އިޝާއަށް އެގުނެވެ.
“ރީތިތަ”އިޝާ އަތުގައި އޮތް ކެވެލި ކޮޅު ފަޒުނާއަށް ދައްކާލިއެވެ.
“އޭޝް ދިނީ ދޯ.ވަރަށް ލޯބި”ވިލު ނޫ ކުލައިގެ އެސްތައް ޖަހައިފައިވާ ކެވެއްޔަށް ބަލަމުން އިދެ ފަޒުނާ އަހާލިއެވެ.
“ރޭގަ ދިނީ.އެންޑް ވީ އަރ ބެކް”އިޝާ ވިންކް ކޮށްލަމުން ބުނި އިރު ހުރީ ހިނިތުންވެފައެވެ.30 ވަރަކަށް މިނެޓް ވާހަކަ ދެއްކުމަށްފަހު އިޝާ ސައިބޯން ގެޔަށް ދިޔައީ އަރޫޝާ އައުމުންނެވެ.ފަޒޫނާ އެކަނިވެރިޔަ ނުދޭން ލަސްކޮށްލީއެވެ.
“ރުޝް ދޮންބެ މިއުޅެނީ އެވާހަކަ ބޭބެ ކައިރީ ބުނަން”އަޝްފާން ނޭނގޭ ގޮތަށް އެވާހަކަ އަރޫޝާއާއި ދެއްކީ ކައިރީގައި ފަޒުނާ ހުރުމުންނެވެ.
“ދޮންބެ ޕްލީސް.ރޭގަ އެމީހުން އަލުން އެފެށީވެސް.ބޭބެއަށް ކުޑަ ވަގުތު ކޮޅެއް ދީބަލަ”އަރޫޝާ އިން ގޮނޑިން ތެދުވެ އަޝްފާނާއި ކުރިމަތިލިއެވެ.
“ނޫން.އަހަރެން ބޭނުމެއްނޫން އެއްވެސް ކަމެއް ލަސްކުރާކަށް.މިއަދުން މިއަދަށް ނިންމަން ބޭނުމީ”އަޝްފާން އަދިވެސް ހުރީ ފަޒުނާގެ ބައްޕަ އަށް އައިސްފައިވާ ރުޅިގަނޑު މަތަނުކުރެވިގެންނެވެ.އެހެންކަމުން އޭގެ ބާރު އެހެންކަންތަކަށްވެސް ފޯރުވަނީއެވެ.އަޝްފާން އަވަސް ހިގުމެއްގައި ގޮސް އަޝްފާގުގެ ކެބިންއަށް ވަނެވެ.އަދި ލަސްނުކޮށް ތަޅުލީ ފަހަތުން އަންނަމުންދާ އަރޫޝާ ހުރަހަކަށް ނުހެދުމަށެވެ.
“ބޭބެ. ޢަހަރެން ބޭނުން ވާހަކައެއް ބުނަން.އެގޭ ބޭބެ ފުރަތަމަ ރުޅިކަން އަންނާނީ.އެކަމަކު ރަގަޅަށް ވިސްނާފަ ނޫނީ ޖަވާބެއް ނުދޭތި”އަޝްފާން އޭނާގެ ވާހަކަ ދައްކަން ފެއްޓުމުގެ ކުރިން އެދުނެވެ.
“ވަރަށް ފޫހިވާ މީހާ ގަނޑެއް ހުވާ”އަރޫޝާ އެތައް ފަހަރު ތަޅުލާފައިވާ ދޮރުގައި ތެޅުމުން ދޮރު ނުހުޅުވުމުން ރުޅިއައެވެ.
“ކިނެތެއް ވެގެންތަ އެއުޅެނީ”އަރޫޝާ ދެކޮޅަށް ހިގަ ހިގާ ހުރުމުން ފަޒުނާ އަހާލިއެވެ.
“ނެނގޭތަ ވެގެން އުޅޭ ގޮތެއް.މި ދޮންބެގަނޑު”އަރޫޝާއަށް މާނޭވާ ލެވުނެވެ.
“އިޝާ ގެ ނަންބަރުން ދޮންބެއަށް ފާޑެއްގެ ދެތިން ހަތަރު މެސެޖް ކޮށްފަ އޮތީ.ދެން ދޮންބެ އެހީކުރަނީ އެއީ އިޝާ ބޭބެ ފަރާތުންނާއި އޭނަ ފަރާތުން ބަދަލު ހިފަން ކުރާ ކަމެއްހެން.އެކަމަކު އެއްމެ ފަހަރަކުވެސް އަހައެއް ނުލާ އިޝާ ކައިރިން ވެގެން އުޅޭ ގޮތެއް”އަރޫޝާ ސްކްރީންޝޮޓް ނަގާފައިވާ މެސްޖްތައް ފަޒުނާއަށް ދައްކާލިއެވެ.
“އައި ސްޓިލް ލަވް ޔޫ މޯތޭން އަޝްފާގު” ފަޒުނާ ފަހަރަކު މެސެޖެއް އަޑު ހަރުކޮށް ކިޔާލިއެވެ.
“މީ އެންމެ ފަހު ޓުރިޕް ތެރޭކޮށްފަ ހުރި މެސެޖް. ޢެފަހުން ގުޑް މޯނިން އެއީ މިކޮޅުގަ ހުއްޓާ”އަރޫޝާ ކިޔާދިނެވެ.
“ނޫން..”ފަޒުނާ ފޯން ހިަފއިގެން ދުއްވާއި ގަތީ ސައި ކޮޓަރިޔާއި ދިމާލަށެވެ.
“ދީނާ.މީ ދީނާގެ ކަންތައް ދޯ.”ފަޒުނާ އަރޫޝަގެ ފޯން ދީނާގެ މޫނަށް ޖަހައިލިއެވއ.
“ކީއްކުރަންމަ.ހަމަ ކަމެއްވާ އިރަށް ދުވެފަ އާދޭ އެހެން މީހުންގެ ބޮލުގައި އިލްޒާމް އަޅުވަން”ދީނާ ދެލޯ ކުޑަކޮށްލިއެވެ.
“ބޮލުގައެއް ނާޅުވަން.މިއަހަނީ ސުވާލެއް.މީ ދީނާ ކުރި ކަމެއްހޭ ނޫނީ ނޫންޙޭ”ދިނާ އަޑު އިވޭ ކަމަކަށްވެސް ނުހެދިއެވެ.އެކުގައި ތިބި ދެތިން ކުދިން ތިބީ ބަސްހުއްޓިފައެވެ.
“ކަލޭ ތީ ކާކު.ހަމަ އައިސް މާބުރެއްހެން އުދަގޫ ނުކޮށްދޭބަލަ.އިޝާ ފަކީރަށް އެހެން ހަދާފަ އަހަރެން ބޮލުގަ އެބަ އަޅުވައެއްނު.އަޝްފާން ކަމުނުދަނީ ދޯ އަޝްފާގު ފެނިފަ”ދީނާގެ މޫނުމަތިން ހިންގާލީ ވިހައެވެ.
“އަހަރެންމީ ކާކުތޯ އަހާބަލަ.ދީނާ މިހާރުވެސް ވަޒީފާއިން ވަކިކުރެވިދާނެ.އަހަރެން ބުނުން އެކަނި އޮންނާނީ.ބޭބެ ކައިރީ އާދޭސް ކުރިއަަސް ވާނެކަމެއް ނޯންނާނެ.ސޯ ޔޫ ބެޓާރ ޓެލް ދަ ޓުރުތު އޯއެސްލް”އެވަގުތު އެތެނަށް އައި އަރޫޝާ ބާރުގެ ބޭނުންކުރަން އުޅުނެވެ.
“އަހަރެން ނުކުރަން އެއްވެސް މެސެޖެއް.އެހެން ނޫނަސް ކީއްކުރަން އަހަރެން ކުރަންވީ ކަމެއްމީ.”ވަޒީފާގެ ބިރުގަތަސް ދީނާ ހަގީގަތް ހާމަ ކުރާކަށް ބޭނުންނުވިއެވެ.
“ދީނާ.ދެން ކީއްކުރަން ދޮގު ހަދަންވީ.އިޝާ އެރޭ އަޝްފާގާއި ވާކަހަ ދައްކަން ދިޔައއި ފޯން ޗާރޖަށް ޖަހާފަ.އިޝާ ދިޔުމުން އަހަރެން ދުށިން ދީނާ ގޮސް އިޝާގެ ފޯން ނެގިތަން”ފަޒުނާ ދީނާ އޮޅުވާލަން އުޅޭ ހަގީގަތް ހާމަ ކުރަން ފެށިއެވެ.
“ހަ.. އަހަރެން އެ ފޯން ނެގުމަކީ މައްސަލައެއްތަ.އޮފީހުގަ އުޅޭ އިރުވެސް އެއްމެންގެ ފޯންވެސް ނަގަން.ފުރެންޑްސްވީމަ ކޮބާ މައްސަލައަކީ.އަރޫޝާވެސް ފަޒުނާވެސް ނަގަމެއްނު އިޝާގެ ފޯން.ހަމައެކަނި އަހަރެން ނެނގީމަ މައްސަލައަކަށް ވެގެން ތިއުޅެނީ”ދީނާގެ ރުޅިގަނޑު ހޫނު ވިއެވެ.
“ދީނާ އަހަރެން ދެކެން އަޝްފާންގެ ފޯނުން އެދެމީހުން ރައްޓެހިވެގެން އުޅުނު އިރު ކޮށްފަ ހުންނަ މެސެޖު.އަހަރެންނަށް ދައްކައިގެން ކިތައްރޭ އިޝާއަށް މެސެޖްކުރޭ.އިޝާ އަބަދުވެސް ވައި އަކުރުގެ ބަދަލުގަ ލިޔަނީ ޑަބަލް އީ.އަހަރަމެންނަށް މެސެޖް ކުރާއިރުވެސް.ދޯ އަރޫ.އެހެންނޫނަސް އިޝާ ލޯބިން އަޝްފާނަށް މެސެޖް ކުރަންޏާ ކުރާނީ “އަޝް”އޭ ކިޔާފަ.ސޯ ވައި މިހާ ޑެސްޕެރޭޓް ވެގެން އުޅެންޏާ ލޯބިން ނުގޮވަންވީ.އައި ތިންކް ޔޫ ނީޑް ޓު ޑޫ މޯ ރިސާރޗު.މާ ޑެސްޕެރޭޓުވެގެން އަމިއްލައަށް ނޫޅެ”ފަޒުނާ ބޮޑު ސްޕީޗެއް ދީ ނިއްމާލުމަށްފަހު ނުކުމެގެން ދިޔައިރު ދީނާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.އަމިއްލަ އަތަށް ބޮން ގޮވީއެވެ.
___
“ވާވް ލޯޔާރ. ޔޫ ޖަސްޓް ކިލްޑް އިޓް.ދެން ހިނގާ މަގޭ ދެބޭބެއަށް ވިސްނަ ދޭން”އަރޫޝާ އަވަސް އަވަހަށް ގޮސް އަޝްފަގުގެ ކެބިންގެ ދޮރުގައި ބާރަށް ތަޅައިގަތެވެ.
___
“އައްދެ މީހަކު ހާދަ ސީރިއަސްވެފަ.ކިހިނެތްވީ؟”އަޝްފާނަށް ބަލާލަމުން އަޝްފާގު ބުނެލިއެވެ.
“ބޭބެ.މީހަކު ކުށެއް ކޮށްފިއްޔާ ބޭބެ ކީއްކުރާނީ.އަޅުގަނޑު މިބުނީ އެމީހަކީ ބޭބެ ވަރަށް ލޯބިވާ މީހެއް ނަމަ.އަދި އެކުށަކީ މާފް ނުދެވޭވަރުގެ ކުށެއް ނަމަ”އަޝްފާން ދުރުދުރުން ވާހަކަ ގެންދިޔައެވެ.
“ބޭބެއަށް އެނގިއްޖެ ވެގެން އުޅޭ ގޮތް.މިދިޔަ ހަފްތާގެ ބިޑް ކާމިޔާބު ނުވީދޯ.އެއީ މައްސަލައެއްނޫނޭ.ފައިސާ ހަރަދުކޮށްގެން ކުރިއަށް ދެވޭނޛ.ރިސްކް ނަގަން ޖެހޭނެ”އަޝްފާގު އޭނާއަށް ހީވި ކަމަކަށް ބިނާކޮށް ވާހަކަ ކުރިއަށް ގެންދިޔައެވެ.
“ނޫން.ތިކަމުގެ ވާހަކައެއްނޫން ދައްކަން މިއައީ.އެކަމަކުވެސް ވަރަށް ބޮޑަށް ސޮރީ އެދުވަހަށް.އަޅުގަނޑަށް ރެޑީނުވެ ދެވުނީ.”
“ދެން ކޮން ވާހަކައެއް” އަޝްފާގު ދެބުމަ ކޮޅަށް ޖަހައިލިއެވެ.
“މިބުނަނީ ލައިފްގަވެސް ތިކަހަލަ ރިސްކް ނަގަން ކެރޭނެހޭ”
“މަންމަ އެއްޗެކޭ ބުނީތަ.އާން.ލައިފްގަވެސް ރިސްކް ނަގަންޖެހޭނެ.އެހެންނޫނީ އެއްވެސް ސަޕްރއިސެއް ނުވާނު”އަޝްފާގު ކޮންމެ ފަހަރަކުވެސް ވާހަކާއިގެ މިސްރާބު ބަަދަލުކޮށްލާތީ އަޝްފާން ރުންކުރުވާ ގޮތްވިއެވެ.
“ނޫން.މަންމަ އެއްޗެކޭ ނުބުނޭ.އަޅުގަނޑު މިދައްކަނީ އިޝާގެ ވާހަކަ..އިޝާ ބޭވަފާތެރި ވެއްޖެއްޔާ ބޭބެ ކިހިނެތްހޭ ހަދާނީ”އަޝްފާން އިޝާގެ ވާހަކަ ދައްކަން ފެށިއެވެ.
“އޭއި.އިޝާ ބޮލުގަ ތިހަކަލަ އިލްޒާމް ނާޅުވާތި.އެހެންނޫނަސް އިޝާ އަކީ ދުވަހަކުވެސް ބޭވަފާތެެރިވާނެ ކުއްޖެއްނޫން.ސޯ އައި ޑޯންޓު ހޭވް ޓު ވޮރީ”ދެމީހުންގެ ވާހަކަ މިހާ ހިސާބަށް ދެވުނުތަނާ ކެބިންގެ ދޮރުގައި އަރޫޝާ ތަޅައިގަތް އަޑު އިވުނެވެ.އަޝްފާން ދޮރު ހުޅުވަން ދެކޮޅު ހެދިއަސް އަޝްފާގު ގޮސް ދޮރުހުޅުވީ މިވަގުތު އަޝްފާން ދައްކަމުންދާ ވާހަކަ އެހާ ކަމުނުދާތީއެވެ.އަޝްފާގު ދޮރު ހުޅުވާލުމާއި އެކު އަރޫޝާ އެތެރެއަށް ދެމިގަތެވެ.
“އާދެބަ.ވާހަކައެއް ބުނަން”އަރޫޝާއާއި ފަޒުނާ އަޝްފާން ގޮވައިގެން ގޮސް ހަގީގަތް ކިޔައިދިނެވެ.އެޔާއިއެކު އަޝްފާނަށް ފުން ނެވާއެއް ދޫކޮށްލެެވުނެވެ.ހީވީ ބަރު އެއްޗެއް ބޯމަތިން ނެގިހެންނެވެ.އަޝްފާގާއި އިޝާގެ ގުޅުން އޭނަ އަތުން ހަލާކު ނުކުރެވުނީތީ ﷲ އަށް ޝުކުރުވެރިވިއެވެ.ފަހުން އަޝްފާގު އެވާހަކަތަކުގެ ވާހަކަ ދައްކަން އުޅުމުން ބޭބެ ތަޅުވާލަންކަމަށް ބުނެ ވާހަކަ އޮޅުވާލައެވެ.އަމިއްލަ ނަފްސަށް އެދޭ އުފާ ބޭބެއަށްވެސް އެދޭ ހާލުގައެވެ.ބޮޑު ހައިޖާންގަނޑަކަށް ނުހެދުމަށެވެ.
_____
5 މަސް ފަސް
އަޝްފާގާއި އަޝްފާން ބެކް ޑުރޮޕް ކުރިމަތީ ގޭޓާއި ދިމާލަށް ހުއްޓިގެން ހުރީ ހިތުގައި އިންތިޒާރުގެ ވިންދު ޖަހާހާލުގައެވެ. އިރުކޮޅެއް ފަހުން ގޭޓުން ވަދެގެން އައި އިޝާއާއި ފަޒުނާ ފެނި ދެމީހުންގެ ހިތް އުފަލުން ނަށާލިއެވެ.
މިކައިވެނީގެ ހަފްލާއަކީ އެތައް ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ހަފްލާއެކެވެ.މެރޫން ކުލައާއި ބިސްތޮށި ކުލައިން މުޅި މާހައުލުވަނީ ޒީނަތްތެރިކުރެވިއެވެ.ވިންޓޭޖް ތީމަކަށް އިޝާ ވެޑިން ހޯލް ޒީނަތްތެރި ކުރިއިރު މީ ހަޔާތުަގއި ކުރި އެންމެ ލޯބިވާ ކަމެވެ.ކުރީ ޒަމާނުގެ އުއްބައްތިތަކާއި ލައިޓްތަކުން އަލިކަން ވަނީ ގެނެސްދީފައެވެ.މާ ބޮޑިތަކާއި ކުދި ކުދި ގަސްތަކެވެ.ހިނިތުންވެފައިވާ މޫނުތަކެވެ.ފަޑުވުމެއް ނެތް އުފާވެރިކަން ދެ ޖޯޑަށް އަރިސްކުރަމުން މިވާހަކަ ނިއްމާލަން.❤❤❤❤❤

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (28)

Next

އިއުނާސް (4)

Next
May 7, 2017

އިއުނާސް (4)

Previews
May 6, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (28)

38 Comments!

  1. maroon says:
    May 6, 2017 at 10:18 pm

    This is my first story. If u like it plz leave a comment. If u dnt plz say why so i can improve. Varah bodah thanks mi vaahaka kiyaa kudhinna. Haassakoh comment kollaa kudhin. I love u. V bodah encourage vi. ❤❤??

  2. maroon says:
    May 6, 2017 at 10:26 pm

    There might be alot of mistakes.plz help me to find out so i can improve.Thankolheh dhigu kollan beynunvi. But i dnt have enough time. Hope u wud appreciate

  3. Fareeeaa says:
    May 6, 2017 at 10:37 pm

    Vvv reethi story.keep it up

    1. maroon says:
      May 6, 2017 at 10:45 pm

      Thanku dear❤

  4. Ahaanaa says:
    May 6, 2017 at 10:40 pm

    Awnn..nimunytha hama…love the story..ehaa avahah nimunyma v sad..???..maa avas aruvaalaafa ninmaalaafa hurikan faahaga kurevey…btw story hama vvvvvv reeethi..u have done a grt job hama…adhives mihaa reethi story eh kiyaalan libeyne kamah hope kuran…thanks for the lovely story…❤❤❤❤

    1. maroon says:
      May 6, 2017 at 10:44 pm

      Yh dhn avas aruvaalaafa ey dhw buneveyny. Mi dhuvaskolhu v busy. Mihaaruves V inthizaaru kurevuvaifin dhw. Dhn anna story eh ekkoo lieyefa noony up kuran nufashaanan.❤
      Loves

  5. Ahna says:
    May 6, 2017 at 10:52 pm

    Reethi varah
    Maroon ge ehen vaahaka akah inthizaaru kurevey

    1. maroon says:
      May 6, 2017 at 11:13 pm

      Thanku ahna ❤

  6. cenhi says:
    May 6, 2017 at 11:06 pm

    V reethi feshunissureves me mivahakayah inthixarkuran. kiyahithun indha nimuny. Ninmun kuda thankolheh odu. Hyvany asl liyan beynunvavara nuliyevi kurukohlafavaahen. BT still k he he. Kyp it up

    1. maroon says:
      May 6, 2017 at 11:12 pm

      Cenhi thanku dear ❤
      Adhi eh episode dhigu kollan beynunvefa hury. Dhn mifaharu vee goiy dhw. Tc

  7. Maureen says:
    May 6, 2017 at 11:11 pm

    Nice nimuneedho

    1. maroon says:
      May 6, 2017 at 11:18 pm

      Yes nimunee thanku ❤

  8. meee says:
    May 6, 2017 at 11:14 pm

    v reeyhi mi stry???

    1. maroon says:
      May 6, 2017 at 11:21 pm

      Thanku meee ❤

  9. nonns says:
    May 6, 2017 at 11:18 pm

    Vv reethi mi story. But ending thankolheh reethi koh genainama hama perfect vaane. That is my objection. No offence :D. And maroon ge ehen beautiful story akah inthizaaru kurevey eba

    1. maroon says:
      May 6, 2017 at 11:20 pm

      I knw dear ? abt the ending .. dhn faharakun dhw. Thanku nonns. Happy to see ur comment ❤

  10. Blume says:
    May 6, 2017 at 11:56 pm

    Alhey..stry nimunytha???Varah kiyaahihvaa stry eh mii..Not bad 4 ur first stry..Maroon adhi ehen loabi ge complicated stry eh liyaafa up kohdhehchey..Cnt wait for another stry of ur’s..mi stry mathi v miss vaane❤❤❤

    1. maroon says:
      May 7, 2017 at 12:01 am

      Was waiting for ur comment blume. Sorry nimmaalan jehunyma. Loves ❤

  11. Chum handi says:
    May 6, 2017 at 11:58 pm

    Amazing ? ekam maa avahakah nun thi nin maalee… anyways story hama habeys… dhen maroon ge story eh libeynee kon irakun…. bye.. gdnyt.. Ly… will miss you ?❤?????????

    1. maroon says:
      May 7, 2017 at 12:03 am

      Thanks chum handi. Happy to ur comment. Dhn ekko liyefa up kohdheynan ❤
      In sha allah soon
      Will miss u ❤

  12. I.s.H.a says:
    May 7, 2017 at 12:31 am

    Haadha avahakanshey thi nimmrlee.. ehaa kiyaa hithun indha vrhaka nimijje..? dhn liyaa vaahaka eh up kuraa iru kurin up kuri episode ge thankolheh laafa up kurahchey.. BTW, story hama???.. ❤❤? waiting… Waiting… dhn anna vrhaka ah…

    1. maroon says:
      May 7, 2017 at 7:25 am

      Sure i s h a
      Thanku alot❤❤
      In sha allah dhn anna vaahaka miahvure reethi vaane

  13. Khajja says:
    May 7, 2017 at 1:46 am

    Wow masha allah v v v rythi stry eh alhe nimmaalytha thi dhynaa ge kanthah falhaaaruvaalaafa nimmaalinama v furihamavaane kamah feney n first stry aa balaafa v habeys nxt sty akah inthizaaru kuran insha allah baajjaveri re akan edhen?????❤❤❤❤❤

    1. maroon says:
      May 7, 2017 at 7:27 am

      Khajjaa will miss u
      Thanku varah bodah
      Thy maroonge vaahakayah always comment kuraa kujje ❤❤❤

  14. ithoo says:
    May 7, 2017 at 2:00 am

    Nimunytha hama?? Btw stry v v reethi dearr..n cover pic ga varah alhaigen ingeyy..reethi kamun..hehe..hope kuran hama mikahala reethi stry akaa eku kuriah oihthaa maroon fennaane kamah..???

    1. maroon says:
      May 7, 2017 at 7:30 am

      Yes nimunee dhn ?
      Thanku ithoo. I love ur story ❤❤
      Cover pic dhw ?
      In sha allah soon
      Loves-❤

  15. Maree says:
    May 7, 2017 at 8:25 am

    vvv reeerhi haadha avahakah thi ninmaalee

    1. maroon says:
      May 7, 2017 at 1:33 pm

      Thanku dear❤
      Busy kamun nuliyeveythy ?

  16. Fathun says:
    May 7, 2017 at 10:08 am

    Varah reethi…kuriyah oyythanuga ithuru reethi vaahaka liyaanekamah ummeedhugaa vakivelan….hehehe ??

    1. maroon says:
      May 7, 2017 at 2:04 pm

      In sha allah ❤
      Thanku fathun

  17. rosy says:
    May 7, 2017 at 12:47 pm

    VVVVVVVVVVVV furihama vahaka e mi….

    1. maroon says:
      May 7, 2017 at 2:06 pm

      Thanku rosy

  18. cheeku? says:
    May 7, 2017 at 3:02 pm

    story v salhi….but ashfaan ge hagygai naangaa ninmaalyma kada….??

  19. shuzy says:
    May 7, 2017 at 3:16 pm

    Haadha avahakah ninmaalee dhen emeehunge life kuriah dhaa gothaa dheena makaruverikan enmehnan falhaa erun vs jeheyne liyan alun miaa gulhuvaigen second part fashamaade

  20. maroon says:
    May 7, 2017 at 3:26 pm

    Thanku shuzy and cheeku.
    Varaha beynun ithurah liyan. Ekam midhuvaskolhu ginain beyruga ulheythy nuliyevuny ?
    V inthizaaru kuruvaifin mi part ahves.. m sorry in sha allah dhn vaahakayeh mihen nuvAne ?

  21. Reader says:
    May 8, 2017 at 11:19 am

    Nimmun ehgothakahves kamaku nudhey, varah kiyaahithun kee vaahakaeh but nimmaali gothun vaahakaage reethikan gehlifa

  22. shafu says:
    May 9, 2017 at 11:50 am

    alhey haadha avaha thinihmaaly

  23. Afy says:
    May 15, 2017 at 11:41 pm

    Alhe haaaadha dhuvahekey dear minagany
    Komme dhuvahaku balan up vi tho ?

Comments are closed.



All Right Reserved!