Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާވާ ހަނދާން 19

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
May 3, 2017 9 Mins Read
27 Comments

ދަތުރުގެ އެއްމެހާ ބައިވެރިން ދޯންޏަށް އަރައި ހަމަޖެހިލިއެވެ. އަޝްފާގު ކުރިން ގޮސް ހުރީ އިޝާއަށް ނުފެންނަ ހިސާބުގައެވެ. އިޝާ ގެންނަން ބަހަނާއަކަށް ދެއްކީ އޮފީސް ދަތުރަކަށް ވުމުން އެންމެން އަންނަން ޖެހޭނެކަމެވެ. އަންނަން ދެކޮޅު ހެދި ނަމަވެސް އަޝްފާގު ނުދާ ވާޙަކަ ބުނުމުން ދޫ ދިނީއެވެ. ދީނާ މިދަތުރުގައި ނުގެންނަން އަރޫޝާމެން ބޭނުންވި ކަމުގައި ވިޔަސް އޮފީސް ދަތުރަކަށް ވުމުން ނައުމަށް އެދެން އެއްވެސް މީހަކަށް ނުކެރުނީއެވެ. އޮފީސް ތެރޭގައި ދެކެވޭ ސިއްރު ވާހަކަތަކުން އިޝާއާއި އަޝްފާގުގެ މާޒީ ދީނާއަށް ވަނީ އެގިފައެވެ. އަދި އެދެމީހުންގެ މެދުގައި އަދިވެސް ލޯބިވާކަން އެނގި އެކަން ހުއްޓުވަން ހިތުގައި ވަނީ ވަރަގަދަ އަޒުމެއް ކަނޑައަޅާފައެވެ. މި ދަތުރު ވެގެން ދާނީ އެކަން ހާސިލްކުރުމަށް ފެށޭ ފެށުމަކަށެވެ.

ވަކި ހިސާބަކަށް ދޯންޏަށް ދެވުނުތަނާ ފަހަތުން އިވުނު އަޑާއި އެކު އިޝާއަށް ފަހަތް ބަލައިލެވުނީ ދެލޯ ބޮޑުކޮށްގެންނެވެ. މިއީ އެއްވެސް ގޮތަކަށް އޭނާ އުއްމީދު ކޮށްގެން ހުރި އަޑެއް ނޫނެވެ. ފަހަތުގައި ހުރީ އަޝްފާގެވެ. ދެވަނަ އެހެން މީހެއްނޫނެވެ. ހައިރާންވެފައިވާ ބެލުމަކުން އިޝާ ކައިރީގައި އިން ފަޒުނާގެ އަތުގައި ހިފައި އަޝްފާގާއި ދިމާލަށް ލޯ އަޅާލިއެވެ.

“ސޮރީ ޑިއާރ. ބޭބެ އަންނަން ބޭނުންވީ” އަރޫޝާ ބުނެލިއެވެ.

“ކީއްވެ ނުބުނީ” އިޝާ ހުރީ ރުޅިއައިސްފައެވެ.

“ދެން އެވަރު ކަމެއްނޫނެއްނު. ބޭބެ އިޝާ ކައެއް ނުލާނޭ” އަރޫޝާ ބެލީ އިޝާގެ ރުޅިގަނޑު މަތަކުރެވޭތޯއެވެ. އެތައް ޝަކުވާ އަކަށްފަހު އިޝާގެ ރުޅި އޮއްބާލީ ދެން އިތުރަށް ކުރެވޭނެ ކަމެއް ނެތުމުންނެވެ. އަޝްފާގު އަންނަކަން އެގުނު ނަމަ މިދަތުރަކު އޭނަ ނައިމެވެ.

ދެ ގަޑި އިރުގެ ދަތުރަކަށްފަހު ދޯނި ބާވެފައިވާ ރަށުގެ ފާލަމާއި ކައިރިކޮށްލިއެވެ. ރަށަށް މަރުހަބާ ކިޔުމުގެ ގޮތުން އެރަށް ބަލަހައްޓާ ހުސޭނު ހިނިތުންވުމަކާއި އެކީ ފާލަމުގައި ހުއްޓެވެ.

“އައްސަލައިމަލައިކުމް” އެއްމެނަށް ހުސޭނުބެ ސަލާމް ގޮވާލިއެވެ.

“ވައަލައިކުމުއް ސަލާމް” އަޝްފާނު ކޮނޑުގައި އޮތް ދަބަސް ގާނޑިޔާއަށް ލަމަށްފަހު ހުސޭނުބޭގެ ސަލާމް އެއްމެންގެ ފަރާތުން ބަލައިގަތެވެ.

“އާންމުކޮށް ނާދޭ މިރަށަކަށް އެއްދުވަހަށް ވުރެ ގިނައިން މީހުން. ހެދުނު އައިސް ހަވީރުވާން ވާ އިރަށް ފުރާނެ. ތިކުދިން ތިއައީ ދެ ދުވަހަށްކަމުން ބޭބެ ހުންނާނެ ޓެންޓުޖަހައި ހުރިހާ ކަމެއް ކޮށްފަ. ދެން ގޮސް ހަމަ މަޖާކޮށްލަންވީ. ނަމާދަށް އެރޭ ގޮތަށް ހުންނާނެ ވަކިން ތަނެއް ހަދާފަ. ފަޅު ރަށެއްގައި އުޅޭ އިރު ޖިންތަކުން ސަލާމަތް ވުމަށް ނަމާދަކީ އެއްމެ ވަރުގަދަ ހަތިޔާރުކަން ހުރިހާ ކުދިންނަށްވެސް ހަދުމަކޮށްދެން” ހުސޭނުބެ ވާހަކަ ކުރިއަށް ގެންދަމުން ޓެންޓުތަކާއި ދިމާލަށް ހިގައިގަތެވެ. ރަށުގެ ހާއްސަކަންތަކާއި އެކި ހިދުމަތް ލިބޭނެ ގޮތް ކިޔައިދީ ދަތުރަށް އެއްމެންގެ ޝައުގު އިތުރުކުރުވިއެވެ.

އަސުރު ނަމާދުކޮށްގެން ފޭބިއިރު ދަތުރުގެ ވަރުބަލިކަން އެއްމެންގެ ފަރާތުން ފިލައިފިއެވެ. ފިރިހެންކުދިންނާއި އަންހެން ކުދިން ގުރޫޕް ހަދައިލައި ރަށުގެ މަލަމަތި ބަލާލުމަށް މިސްރާބު ޖެހިއެވެ. އިރުގެ ހޫނުކަން އަދިވެސް ހުރިނަމަވެސް ޖެހޭ ފިނިވައިރޯޅިން މޭފުރާލާ ކަހަލައެވެ.

އަޝްފާން ކަނައަތް ޖީބަށް ޖަހައިލައިގެން ކުރިއަށް ހިގަމުން ދިޔައިރު ފަޒުނާ އަނެއް އަތުގައި ހިފައިގެން އެއްވަރަށް ހިގަމުން ދިޔައެވެ. ވަގުތު ފާއިތުވެ ރަށުގެ އަނެއް ފަރާތުގައިވާ ދޮންވެލި ތުނޑިއާއި ދިމާލަށް ދިޔަހެން ހިތުގެ ތެޅުން އިހުނަށްވުރެ ބާރުވެގެން ދެއެވެ.

“ފަޒޫ. އެއްވެސް ވަރަކަށް އަހަރަމެންގެ މުސްތަގުބަލާއި މެދު ވިސްނާލިންތަ” އަޝްފާން ދުރުދުރުން ވާހަކަ ކުރިއަށް ގެންދަން އުޅުނެވެ.

“ކިހިނެތްވީ ކުއްލިއަކަށް ތިސުވާލު ތިކޮށްލީ” ފަޒުނާ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އިތުރު ސުވާލެއްކޮށްލިއެވެ.

“އަހާލީ ދޯ. ފަޒޫ ނުވިސްނިއަސް އަހަރެން ވިސްނަން” އަޝްފާން ދައްކަން އުޅޭ ވާހަކާއިގެ ސަބަބު ފަޒުނާއަށް ނޭނގުނެވެ.

“ވެލް.. އަހަރެންވެސް ވިސްނަން” ފަޒުނާ ވަނީ އެތައް އަޝްފާނާއި ރައްޓެހިވުމުގެ ކުރިންވެސް އަޝްފާނާއި ދޭތެރޭ އެތައް ހުވަފެނެއް ދެކިފައެވެ. އެއްވަގުތެއްގައި އެ ހުވަފެންތައް ބިމާއި ހަމަވި ނަމަވެސް އަނެއްކާވެސް އެއަށްވުރެ ވަރުގަދަ ބާރަކުން އެޔަށްވުރެ ފޮނި ހުވަފެންތަކެއް މިހާރު އެބަ ކުރެވެއެވެ. ފަޒުނާ އެހެން ބުނެލުމުން އަޝްފާންގެ މޫނު މައްޗަށް ލުއި ހިނިތުންވުމެއް ގެނުވިއެވެ. މިއަދު ކުރަން މިއުޅޭ ކަމުގައި ފަޒުނާ ދެކޮޅު ނުހަދާނެކަމުގެ ސިގުނަލެއް ލިބުމުންނެވެ.

އެއްމެންގެ ފަހަތުން ހިގަމުން ދިޔަ ފަޒުނާއަށް އަޝްފާނަށް ބަލައި ލެވުނީ އެއްމެން އެއްފަހަރާއި ހެން އެދިމާލަށް ބަލަން ފެށުމުންނެވެ.

“ކީއްވެ އެއްމެން އެބަލަނީ” ފަޒުނާ ހުރީ ވާނުވާ ނޭނގިފައެވެ. ވަށައިގެން ހޯދައިލެވުނީ އޭނާއަށް ނޭނގި ކަމެއް ވަނީ ބާއޭ ހިތަށްއެރުމުންނެވެ. ފަޒުނާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޝްފާން އެއްފައި މައްޗަށް ތިރިވިއެވެ. އޭރު ފަޑުވުމެއް ނެތް ހިނިތުންވުމަކުން މޫނު މަތި ވަނީ އުޖާލާވެފައެވެ.

“އައި ލަވް ޔޫ ފަޒޫ.. ތީ އަހަރެންގެ ހަޔާތަށް އައި އެއްމެ ލޯބި އެއްމެ ރީތި އެއްމެ ހިތްހެޔޮ އަދި އެންމެ ޔުނީކް ކުއްޖާ.. އައި ޖަސްޓް ވޯންޓް މޭކް ޔޫ ފޯ އެވާރ މައިން. ވިލް ޔޫ މެރީމީ” އަޝްފާން ލޯތްބާއި އެކު ފަޒުނާގެ ލޮލަށް ބަލަމުން ބުނެލިއެވެ. ފަޒުނާއަށް އަޝްފާންގެ އެކުއްލި ހަރަކާތުން ލަދުރަކިވެ އިސްޖެހުނެވެ. ހިތުގެ ތެޅުން އަވަސްވެ މޫނު މަތީ އަތްއަޅައި ފޮރުވާލިއެވެ.

“ހޭއި.. ލަދުގަތީތަ. ނޫނީ …” އަޝްފާން ފަޒުނާގެ އަތް މޫނުމަތިން ނަގަމުން ބުނެލިއެވެ.

“ޔެސް” އިތުރު ބަހެއް ނުބުނެ ފަޒުނާއަށް ތުންފަތުގައި ދަތްއަޅައި ގަނެވުނެވެ. އެޔާއި އެކު އަޝްފާންގެ ހިތް އުފަލުން ނަށާލިއެވެ. ލޯބިން ނުހަނު އުފަލުން ފަޒުނާ ގަޔާލައި ބައްދާލއެވުނެވެ. ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް އޭނަ ވަށާލިހެންނެވެ. ނިތްކުރިއަށް އެތައް ފަހަރަކު ބޮސްދެވުނު އިރު ފަޒުނާ ހުރީ ލަދުން ވިރެން ކައިރިވެފައެވެ.

އަޝްފާނާއި ފަޒުނާގެ މި އުފާވެރި ވަގުތު އިތުރަށް އުފާވެރިކޮށްލުމުގެ ގޮތުން އެއްމެން އެދިމާލަށް އައިސް ދެމީހުން ނަގައިގެން ގޮސް މޫދަށްލިއެވެ. އަދި ކުލައާއި ޑިސްކޯއިން ދެމީހުން ތެއްމާލިއެވެ. އަޝްފާން ފަޒުނާއަށް ޕްރޮޕޯސްކުރާ ވާހަކަ އޮތީ އެއްމެން ކައިރީ ބުނެފައެވެ. އިތުރަށް އެކަން ފުރިހަމަ ކުރުމަށް އެއްމެންކައިރީ ފުއްޕާހަން އެވަގުތު ވައިގެ ތެރެއަށް ފޮނުވުމަށް ކޮންމެ މީހެއް އަތަށް ކުރިއާލައި ދިން ކަމުގައި ވިޔަސް އެމީހުން ކަންތައް ކުރީ މުޅިން ތަފާތުކޮށެވެ. އެހެންނަމަވެސް އެއީ ވަކި ދެރަގޮތެއް ނޫނެވެ. އަޝްފާންގެ ޕްލޭނަށް ވުރެ މަޖާވެފައި އުފާވެރިއެވެ. މިވަގުތުކޮޅު ވެގެންދާނީ ދެމީހުންގެ ހަޔާތުގައި ފުހެވިގެން ނުދާނޭ ހިދުކޮޅަކަށެވެ.

ގައިގައި ޑިސްކޯއާއި ކުލަ އުގުޅުފައި ހުއްޓަސް މޫދުގައި ދެމީހުން އެކަކު އަނެކަކު އަތުގައި ހިފަހައްޓައިގެން އޮތް އިރު އެއިން އެއްވެސް ކަމެއް ހަނދާންނެއް ކަހަލައެވެ. ދެމީހުންގެ ނަޒަރުން އެތައް އުފާވެރި އިހްސާސެއް ހިއްސާކުރަމުން ދިޔައެވެ.

“ތޭންކު ޔޫ ފަޒޫ. އަސްލު ވަރަށް ބިރުން އަހަރެން ހުރީ” އަޝްފާން އޭނާގެ އަތު ތެރެއަށް ފަޒުނާ ގެނައެވެ.

“ތެންކުޔޫ ބުނާކަށް ނުވާނެ. މީ ފަޒޫވެސް ބޭނުންވާ ކަމެއް” އޮޔާއި އެކު ޖެހެމުންދާ ފެންގަނޑު ހުރީ ދެމީހުންގެ މެޔާއި ހަމައަށެވެ. ދެލޯބިވެރިން މާފޮޅުވުމަށް ވަގުތު ދެމުން އެހެން އެއްމެން އެތަނުން ދިޔައެވެ.

 

މައުރިބް ނަމާދުން ފައިބައިގެން އެއްމެން އުޅުނީ ރޭގަޑުގެ ކެއުމަށް ނޫޑުލްސް ކައްކާށެވެ. ދަރުން ބޮޑު އަލިފާންގަނޑެއް ރޯ ކުރުމަށްފަހު ބޮޑު ތެއްޔެއް އުނދުން މައްޗަށް އުދިއެވެ.އަޝްފާން އުޅުނީ ފަޒުނާގެ ފަހަތުން ނުނެއްޓިގެންނެވެ. ދާކޮންމެތާކަށް ފަޒުނާގެ ފަހަތުން ދެޔެވެ.

“ފަޒޫ ނުދާނަމޭ ދުރަކަށް. އެއްފަހަރު ދޭބަލަ އެ ތިބަ ފިރިހެނުން ކައިރިއަށް” ފިޔާ ކޮށަން އިން ފަޒުނާ ހެމުން ބުނެލިއެވެ.

“ދެން ތިހެންނެއްނު އުޅޭނީ މެރީ ކުރަންދެން. މެރީ ކުރީމަ ކައިރިއަށް ނައިސް ބަލާނީ ދުރަށް ދެވޭތޯ. މިހާރު އުޅޭނީ މާ ވަރަކުން.” އިޝާ ސަމާސާކޮށްލިއެވެ.

“އައްދެ ތި ހީވާ ގޮތް. އަހަރެން ދުވަހަކުވެސް ދުރަކަށް ނުދާނަން. އަބަދުވެސް ލޯބިވާނަން” އަޝްފާން އިޝާގެ ބަހަށް ރައްދު ދިނެވެ.

“ނޫނޭ.. މަށަށްވެސް ފެނެޔޭ މީހުން. ރައްޓެހިވެގެން އުޅޭ އިރު ބުނާނެ އުޑުން ތަރިވެސް ބާލާނަމޭ. އެކަމަކު މެރީ ކުރީމަ އެއްކޮށް ފިހާރައަކަށް ދިޔުންވެސް އޮންނާނީ ބޮޑު ކަމަކަށްވެފަ” އިޝާ ބުނެލިއެވެ.

“ތި ހީވާގޮތް އިޝާއަށް. ދޭބަލަ ބޭބެ ކައިރިއަށް. ރައްޓެހިވެއްޖާ އަދި މެރީކޮށް ފިއްޔާ އުޑުން ތަރި ކީއްކުރަން ހަނދުވެސް އިޝާއަތަށް ގެނެސްދޭނެ” އަޝްފާން މައުޟޫ އިޝާ ކޮޅަށް އަބުރާލިއެވެ. އެއާކު އިޝާ ތުންއަބުރާމަށްފަހު އިތުރު އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ.

“މިހާރު ކިހިނެތްތިވީ.. ދޮންބެއަށްވެސް ނުހުރެވޭނެ މަޑަކުން.. އެކަމަކު އިޝާ އެއްފަހަރު ބޭބެއާއި ވާހަކަ ދައްކާލަންވީ އެއްނު. އޭރުންނެއްނު އެނގޭނީ އުޑުން ހަނދުވެސް ބާލައިދެވޭނެކަން” މޫނަށް ގޮތެއް ހަދާލަމުން އެތަނގައި ހުރި އަރޫޝާ ބުނެލިއެވެ.

“އަހަރެން ބޭނުމެއްނޫން ހަނދެއް. އަހަރެން އަތުގަ އެބަހުރި ވާވަރަށް އެއްޗިސް. ކޮންމެހެން ފިރިހެނެއްގެ ފަހަތުން ނުދުވިޔަސް ބޭނުން ކޮންމެ އެއްޗެއް އަމިއްލައަށް ހޯދޭނެ” އިޝާ ގަދަ ހަދާލިއެވެ. އަދި އިތުރަށް އެތާނގައި މަޑު ނުކޮށް ދުރަށް ދިޔައެވެ.

ކާން އެއްމެން ބަށްބުރެއްހެން އަލިފާންގަނޑުގެ މެދުގައި އިށީނެވެ. ނޫޑްލްސް މީރުކަމުން ބައެއް ކުދިން ދެތިން ފަހަރު އަޅައިގެންވެސް ކެއެވެ. މިހުރިހާ ވަގުތަކު އަޝްފާގު އިޝާއަށް ބަލަހައްޓާއިގެން ހުރި އިރު އިޝާ ބެލީ އަޝްފާގު އެތާނގައި ނެތް މީހެއް ފަދައިންނެވެ.

“އިޝާ، އަރޫ އަށް ކަމެއް ކޮށްދީފާނަންތަ” ތަށި ދޮންނަން ދެމީހުން ތިބި އިރު އަރުޝާ ވާހަކަ ފެއްޓިއެވެ.

“ކޮންކަމެއް. ވެޑިންގެ ކަމެއްތަ އަނެއްކާ” އަރޫޝާއަށް ވުރެ ބޮޑަށް މި ކައިވެނި ޕާޓީއަށް އިޝާ ފާޅުކުރާ ޝައުގުވެރިކަން މާބޮޑެވެ. ތަންތަން ޑިސައިންކުރުމާއި އޮގަނައިޒު ކުރުމަކީ އެއްމެ ލޯބިވާ ކަންކަމެވެ.

“ނޫން ވެޑިންގެ ކަމެއްނޫން. އެކަމަކު ވެޑިންގެ ކުރިން އަހަރެން ކުރަން ބޭނުންވާ ކަމެއްމީ” އަރޫޝާ ދުރުދުރުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

“އަހަރެން ވަރަށް ލޯބިވާ ދެމީހުން ތީ. އަހަންނަށް އެނގޭ ދެމީހުން އިތުރު އެއްވެސް މީހެއް ދެކެ ލޯބިނުވާކަން. އަދި އެއްވެސް މީހެއް ތި ދެމީހުންގެ ލައިފަށް ގެންނަން ބޭނުންނުވާނެކަން”

“އަރޫ ޕްލީސް. ދެން ތިވާހަކަ ނުދައްކަބަލަ” އިޝާއަށް އަރޫޝާގެ ވާހަކައިގެ މިސްރާބު އެނގުނެވެ.

“އިޝާ.. އިޝާ މައްސަލައަކަށް ތި ދައްކަނީ ޓުރަސްޓްގެ ވާހަކަ. އިޝާއަށް އެނގޭތަ ލާމި އަހަންނަށް ހެދުމުން އަހަރެންނަށްވެސް ފުރަތަމަ ހަގީގަތް ނުބަލާ ދުރަށް ދެވުނީ. އިޝާ ބުނިހެން މިފެމިލީ ޑީއެންއޭގަ ހުންނަ ކަމެއް ކަންނޭނގެ. އެކަމަކު އިޝާ ހަގީގަތް އެގުނު ފަހުން އަހަންނަށް ފުރިހަމައަށް ލާމިއަށް ޓުރަސްޓު ކުރެވެން ފެށުނު. އަދި މިހާރު ހީވޭ ކުރިއަށްވުރެ ބޮޑަށްހެން. އަހަންނަށް އިނގޭ ބޭބެ. ބޭބެ ނުބަލާ ައަދި ނުވެސް ބަލާނެ އެހެން އަންހެން ކުއްޖަކަށް. ބޭބެ އިޝާ ދެކެ ލޯބިވާ ވަރުން ޖެލަސްވީ އިޝާ އެހެން މީހަކާއި އެކީ އެއްކޮށް ފެނުމުން. ކޮންމެ މީހަކުވެސް ރުޅި އަންނާނެ ދޯ ހަމައެކަނި ލޯބިވާ ފަރާތް އެހެން މީހަކާއި އެއްކޮށް ފެނުމުން. އިޝާއަށް ވެސް ވާނީ އެހެނެއް ނޫންތް. އައި އޭމް ޖަސްޓް އާސްކިން ދެމީހުން ދެމީހުނަށް އަދަބު ދިނުމުގެ ބަދަލުގައި ޖަސްޓް ޓޯކް. އިތުރު ޗާންސެއް ދީ. އެހެންނޫނީ އަބަދު ތިހާލެއްގަ ދެމީހުން އުޅެން ޖެހޭނީ” އިޝާ އަތް ދޮވެލުމަށްފަހު ކައިރީގައި ހުރި ލަކުޑި ބުރިމަތީ އިށީދެލިއެވެ. އަދި އަރޫޝާގެ ވާހަކަތަކާއި މެދު ފުންކޮށް ވިސްނާލިއެވެ.

“ބޭބެ އެބައިން އެތާ ގަސްކައިރީ. ދޭބަލަ ވާހަކަ ދައްކާލަން” އިޝާ އަރޫޝާއަށް ބަލާލުމަށްފު ޓެންޓާޢި ދިމާލާށް ހިގައިގަތެވެ. އޭރު ދީނާއާއި ދެތިން ކުދިން އޮލަ ވާހަކައެއްގައި ތިއްބެވެ. ފަޒޫ އޮތީ މަސްބާނަން ގޮސްހުރި އަޝްފާނަށް ގުޅައިގެންނެވެ. ޗާޖު ހުސްވާން ކައިރިވެފައިވާ ފޯން ޗާޖިން ޕެޑްގައި ޖަހާލުމަށްފަހު މޫނު ދޮވެ ފުރެޝްވެލިއެވެ. 10 ވަރަކަށް މިނެޓް ވިސްނުމަށްފަހު އަޒުމާއި އެކީ ބޭރަށް ނުކުތީ އަޝްފާގު ކައިރިއަށް ދިޔުމަށެވެ. އިޝާ ބޭރަށް ނުކުތުމުން ދީނާ އިޝާގެ ފޯނަށް ބަލައި ހިނިތުންވެލިއެވެ.

“މަސްބާނަން ނުދަންތަ” އިޝާ ގަހުގައި ލެގިގެން އިން އަޝްފާގު ކައިރީ އިށީނެވެ.

“ދިޔައިއްޔާ މިތާކު ނީއްނާނަމެއްނު، އިޝާ ނުނިދަންތަ” އަޝްފާގު އިޝާއާއި ވާހަކަ ދައްކާލަން ހުރީ ކެތްމަދުވެފައެވެ.

“އަދި ނިންޖެއް ނާދޭ.. ” އިޝާ ޖަވާބު ދިނެވެ.

އަޝްފާގުގެ ހިޔާލްތަކާއި ދުރުވާން މަސައްކަތް ކުރި ކަމުގައި ވިޔަސް މިއަދު ބޭނުމީ އެމޭތެރޭގައި އަބަދަށް ފޮރުވޭށެވެ. އަޝްފާގުގެ ކޮނޑުގައި ބޯއަޅާލި އިޝާގެ ކޮނޑުގައި ހިފައި ގަޔާއި އިތުރަށް ކައިރިކޮށްލިއެވެ. އަދި ނިތްކުރީގައި ދެތިން ފަހަރު ލޯބިން ބޮސްދިނެވެ. މާޒީގެ ހަނދާންތައް ދެމީހުންވެސް ހަނދާނުން ފޮހެލި ކަހަލައެވެ.އެތައް އިރަކު އެތައް މައުޟޫއަކަށް ވާހަކަ ދެއްކީ ފޫހިކަމެއް ނެތިއެވެ.ލޯބިންނެވެ. އަނެކާގެ އަޑު ކަނުލައި އަޑުއަހަމުންނެވެ.

“އޭޝް ހީވޭތަ ދެމީހުން އަލުން ގުޅިއްޖެއްޔާ އުފަލުގައި އުޅެވޭނެހެން” އެތައް ވާހަކަޔަކަށްފަހު އިޝާ އަހާލިއެވެ.

“އަހަރެންގެ ކުށް ގަބޫލްކުރަން. ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެކަމަށް އަހަރެން ވައުދުވަން” އިޝާގެ ސުވާލަށް އަޝްފާގު ޖަވާބުދިން އިރު ހިތުގައި އޮތް ޝައްކު ޔަގީނަށް ބަދަލުކުރިއެވެ. ކޮންމެ ހާލަތެއްގައިވެސް އިޝާއާއި ދުރުނުވުމަށް އަޒުމް ކަނޑައެޅިއެވެ.

“އެކަމަކު އޭޝް. ކުރިންވެސް ތިހެން ބުނީމެއްނު. ކިހިނެތް އެގޭނީ ދެން އެހެން ނުވާނެކަމެއް. އެންމެން ބުނެގެން އިޝާ މިރޭ އޭޝްއާއި ބައްދަލުކޮށްލަން މިއައީ. އެމީހުން ބޭނުންވަނީ ދެމީހުން ގުޅެން. އިޝާއަށް ވަރަށް އުދަގޫ ކަމެއް މީހެއް ކައިރީ ނޫނެކޭ ބުނުމަކީ. އުދަގޫވިޔަސް އިޝާ ވިސްނަންޖެހޭނެ ދޯ އިޝާގެ އަމިއްލަ ނަފްސާއި ދޭތެރޭ” ރާޅުތައް ދޮންވެލިގަނޑުގައި ބީއްސަމުންދާ މަންޒަރަށް ބަލަން އިދެ އިޝާ ވާހަކަ ދައްކަމުން ދިޔައެވެ.

“އައި ލަވް ޔޫ. އިޝާ ލޯބިވަނީ ހަމައެކަނި އޭޝް ދެކެ. އެކަމަކު..” އިޝާގެ ވާހަކަ ހުއްޓާލަން ޖެހުނީ އަޝްފާގު ކޮޅަށް ތެދުވި މަންޒަރު ފެނިފައެވެ.

“ކޮންތާކަށް ދާން ތިއުޅެނީ” އިޝާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޝްފާގު އަތް ދިއްކޮށްލިއެވެ. އިޝާ އަޝްފާގުގެ ބާރުގަދަ އަތުގައި ހިފައި ކޮޅަށް ތެދުވިއެވެ.

“ހިނގާބަ ހިގާލަންދާން” އަޝްފާގު ކުރިއަށް ހިގައިގަތެވެ. ނަމަވެސް އަޝްފާގުގެ ފަހަތުން ދިޔުމުގެ ބަދަލުގައި އިޝާ ހުރި ފިޔަވަޅު މަތީ ހުރީއެވެ. މިއޮތް ދަންގަޑީގައި އަޝްފާގު އޭނަ ގޮވައިގެން ކޮންތާކަށް ދާން އުޅެނީބާއެވެ. އަޝްފާގު ދެތިން ފިޔަވަޅު އަޅައި ފަހަތަށް ބަލައިލި އިރު ހުއްޓުން އަރައިފައި ހުރި އިޝާ ކުޑަކޮށް ހިނިއައެވެ. އޭރު އިޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.

“ތީ ޖިންނިއެއްތަ” އިޝާ ހުރީ ބިރުންކަން ޖެހިލުންވެފައިވާ އަޑުން އަޝްފާގަށް ފާހަގަވިއެވެ. އޭނާ ބޭނުންވީ މާދުރަށް ނުގޮސް ޓެންޓުތަކަށް ފެންނަ ހިސާބުގައި އިޝާ ގޮވައިލައިގެން ހިގާލުމަށެވެ. އެތައް އިރަކު އިށީދެ އިނުމުން ފައިޔަށް ވަނީ އައްސިކަން ކަނޑުވާލައި ހިތްގައިމު ދޮންވެލި ތުނޑިމަތީގައި އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލާށެވެ.

“ފަހަރެއްގަ ވެދާނެއެއްނު” އަޝްފާގު ލާނެތް ހިނިތުންވުމަކާއި އެކީ ބުނެލިއެވެ.

“އެކަމަކު ފައި ބިންމަތީގަ ޖެހެއެއްނު. އެނެއްކާ ކައްޓެއް އެބަހުރިތަ” އިޝާގެ ކުޑަ ކުއްޖެއްގެ ހިޔާލު ފެނި އަޝްފާގަށް ހެވުނެވެ.

“މަޖަލެއް ނޫނޭ. މީ ފަޅު ރަށަކޭ. އޭޝް ނުބެލިއަސް އަހަރެން ބަލަމޭ ބިރުވެރި ފިލްމު. ބަލާބަ އިޝާގެ ލޮލަށް. ޖިންނިއެއް ވެއްޖެއްޔާ ހުންނާނީ އެއްކޮށް ކަޅު ކަޅިއެއް. ރިފްލެކްޝަން ނުފެންނާނެ”  އަޝްފާގަށް ވުރެ އިޝާ ކުރުވުމުން އިޝާ ހުންނަން ޖެހުނީ ކޮޅުފަޔަށެވެ.

އަޝްފާގުގެ ދެއަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ އިޝާ ދެ ލޮލަށް ފުންކޮށް ބަލާލިއެވެ. ދެމީހުންގެ ކަތަރު ކަޅި ހަމަވި ވަގުތު ނާރުތަކުގެ ސިގްނަލްތައް އަވަސްވެ ދެމީހުންގެ ހިތުގެ ވިންދު އިހުނަށް ވުރެ ބާރުވިއެވެ. އަޝްފާގު މަޑު މަޑުން އިޝާއާއި ކައިރިވިއެވެ. އޭނާގެ ހޫނެ ނޭވާ އިޝާއަށް އެޅޭ ހިސާބަށެވެ. ބޭއިހްތިޔާރުގައި އިޝާއަށް ލޯމަރައި ލެވުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. އިޝާގެ އެލަދުރަކިކަން ފެނި އަޝްފާގުގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިނެވެ. އެދިގު ކަޅު އެސްފިޔަތަކުގެ ތެރޭގައި އެވާ ދުނިޔޭގެ ރަސްކަން ލިބޭނެ ނަމައެވެ.ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގައި ބޮސްދޭ ހިތްވިއެވެ. ހަމުގެ ކުލަ އެދޮން މޫނުގެ ކޯތާފަތުގައި އަޝްފާގު ބީހިލަމުން ގޮސް “އައި ލަވް ޔޫ” އިޝާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އަދި ކޯތާފަތުގައި ބޮސްދިނުމަށްފަހު އިޝާގެ މޫނުން އަތް ނަގައި ދުރަށްޖެހިލިއެވެ. އިތުރަށް އިޝާ ކައިރީގައި އެންމެ ހިނދުކޮޅަކު މަޑުކުރި ނަމަވެސް އޭނާގެ ހިތް މަތަނުކުރެވޭނެކަން ކަށަވަރެވެ.އަމިއްލަ އެދުމުގެ މައްޗަށް ބާރު ފޯރުވައި އަވަސް ހިގުމެއްގައި ފިރިހެނުންގެ ޓެންޓާއި ދިމާލަށް ހިގައިގަތެވެ.

އަޝްފާގު އޭނާގެ މޫނުން އަތް ދޫކޮށްލިކަމުގައި ވިޔަސް އިޝާއަށް އިންތިޒާރު ކުރެވެމުން ދިޔައީ އެފަދަ ލޯބި ދެވަނަ ފުރުސަތަކަށެވެ. ނަމަވެސް ސިކުންތުކޮޅެއް ފާއިތުވެ ދިޔައިރުވެސް އަޝްފާގުގެ ހިލަމެއް ނުވުމުން މަޑުމަޑުން ލޯ ހުޅުވާލީ ކުރިމަތީ އަޝްފާގު ހުންނާނެ ކަމުގެ އުއްމީދުގައެވެ. ކައިރީގައި ނެތުމުން އިޝާ ދުރަށް ބަލައިލި އިރު ފަހަތްވެސް ބަލާނުލައި އަޝްފާގު ކުރިއަށް އެދަނީއެވެ. އަޝްފާގުވެސް ލަދުގަތީއޭ ހިތަށް އަރައި އިޝާއަށް ތިރީ ތުންފަތުގައި ދަތްއަޅައި ގަނެވުނެވެ.އިޝާވެސް އިތުރަށް އެތާ މަޑު ނުކޮށް އަންހުންގެ ޓެންޓާއި ދިމާލަށް ހިގައިގަތެވެ.

ޓެންޓަށް ވަނުމުގެ ކުރިން އިޝާ އަޝްފާގު ފެނޭތޯ ވަށައި ހޯދާލިއެވެ. އަޝްފާގު ފެންނަން ނެތުމުން އިޝާ އެތެރެއަށް ވަދެ ނިދޭތޯ މަސައްކަތް ކުރިއެވެ. އެއްމެން ގަދަ ނިދީގައި ތިބި އިރު އިޝާގެ ހިޔާލު ހިޞޯރުކޮށްގެން އުޅެނީ އަޝްފާގެވެ. އިޝާގެ އޭޝްއެވެ. ބޯ ދޮށުގައި އޮތް ބާލީސް ނަގައި ގަޔާލާއި ބޮޑިކޮށްގެން އޮތް އިރު ފަޑުނުވާ ހިނިތުންވުމެއް އިޝާގެ މޫނުމަތީގައި ވިއެވެ. މި ހިޔާލީ އޮއިވަރުގައި ޖެހި އިޝާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ. އިޝާ މިހާލުގައި އޮތް އިރު އަޝްފާގަށް ވެސް ފިކުރު ކުރެވުމުން ދަޔައީ އިޝާ އާއި ދެމީހުންގެ ގުޅުމާއި މެދުގައެވެ. މިރޭ އިޝާގެ ފަރާތުން އެ ފެނިގެން ދިޔައީ އޭނާ އެދެމުންދާ ކަންތަކުގެ ފެހި ސިގްނަލަކެވެ.

ފަތިސް ނަމާދަށް ބަންގި ގޮވާ ގަޑިއާއި ދިމާކޮށް އެއްމެން ނިދިން ހޭލިއެވެ. ނަމާދަށް ފަހު އަންހެނުން ހެދުނުގެ ސައި ތައްޔާރު ކުރުމުގައި މަޝްއޫލުވެގެން އުޅޭ އިރު ފިރިހެނުން އެކި ކަންތަކުގައި އެހީވެ ދެމުން ދިޔައެވެ.

ދަރުން ރޯކޮށްފައިވާ އުދުން މަތީގައި ހުރި ތަވާއިން ދީނާ ބިސްގަނޑު އަޅަމުން ދިޔައެވެ. ނަމަވެސް އެއްކޮށް ނުނިމެނީސް ހުޅުގަނޑު ނިވެން ފެށުނީ އަދާނެ އިތުރު ދަރުކޮޅެއް ނެތުމުންނެވެ.

“ބޭބޭ.. ދޭބަލަ  ދަރުކޮޅެއް ހިފައިގެން އަންނަން” ދީނާއަށް އެހީ ވެދޭން ހުރި އަރޫޝާ އެވަގުތު އެތާނގައި އަޝްފާގު ހުރުމުން އެދުނެވެ.

“މިއަންނަނީ.. އެކަމަކު ގާނޑިޔާ ނެތުމުން އެއްފަހަރާ ބައިވަރެއް ނުގެނެވޭނެ” އަޝްފާގު އެހެން ބުނެލި އަޑަށް އިޝާއާއި ދީނާއަށް އެދިމާލަށް ބަލައިލެވުނެވެ. އަޝްފާގަށް އެހީ ވެދޭން ދާނަމޭ ހިތައި ދީނާ އަވަސް އަވަހަށް އަތުގައި އޮތް ދޭފަތް އަރޫޝާ އަތަށް ދިނެވެ. އަދި ފަހަތަށް އައްސައިފައިވާ ބުރުގާ ހެޔޮވަރުކޮށްލާއި ރީތި ކޮށްލިއެވެ.

“ހިނގާ އަހަރެން ގޮސްދާނަން. އޭރުން ތަންކޮޅެއް ގިނައިން ގެނެވޭނެ އެއްނު. އަދި ޖެހޭނެ އެއްނު މެންދުރަށް ކައްކަންވެސް” ދީނާއަށް ނުދެވެނީސް އިޝާ އަޝްފާގާއި އެކީ ދާން އިސްނެގިއެވެ. ރޭގަ ވީ ކަންތައް އަރޫޝާއަށް އަދި އަޝްފާގާއި އިޝާ ކައިރީ ނޭހިގެން އުޅުނަސް ދެމީހުންގެ ދޭތެރޭ އޮތް ގުޅުން އިހުނަށް ވުރެ ރަގަޅުވެއްޖެކަން އަރޫޝާއަށް ފާހަގަވިއެވެ. ނަމަވެސް މިމަންޒަރު ފެނި ދީނާ ގާތަށް އައީ އަމަކަށު ރުޅިއެއްނޫނެވެ. ތަވައަށް އަޅާފައި އޮތް ބިސްގަނޑު އަދަމުން ދާއިރުވެސް ދެބުމަ ގޮށްޖަހައިލައިގެން ބަލަހައްޓައިގެން ހުރީ ދަރުބަލައި އަޝްފާގާއި އެކު ދިޔަ އިޝާއަށެވެ. ހީވަނީ އެރުޅިން އިޝާ ރޯކޮށްލަފާނެހެންނެވެ. ކައިރީގައި ހުރި އަރޫޝާއަށް މިކަންތައް ފާހަގަވެ ހެވެން އުޅުނަސް އެކަން އޮއްބާލިއެވެ.

“އިޝާއާއި އަޝްފާގު ގުޅުނީތަ” ދީނާއަށް އޭނާ ކުރިމަތިން ފެނުނު މަންޒަރުން ޝައްކު ވިއެވެ.

“ނޭނގެ. އެދެމީހުން ނުލާހިކު ލޯބިވޭ. ގުޅުނިއްޔާ ކިތައްމެހާވެސް ރަގަޅު” އަރޫޝާ އުޅުނީ ދީނާގެ ރުޅިގަނޑު އިތުރަށް ކައްކާލާކަށް ނޫނެވެ. އެހެން ނަމަވެސް އޭނާ ބޭނުންވީ ދީނާއަށް އަޝްފާގަކީ އިޝާގެ މީހެއްކަން އަންގަދޭށެވެ. އަދި ނުސީދާކޮށް ނަމަވެސް އެދެމެދަށް ނުވަނުމަށް ދީނާއަށް ނަސޭހަތްތެރިވާށެވެ. އަރޫޝާ ދެއްކި ވާހަކަތަކުގެ މާނަ ދީނާ ނެގީ މުޅިން އިދިކޮޅަށެވެ. އޭނާއަށް ހީވީ އިޝާ އަކީ އަރޫޝާގެ ރައްޓެއްސެއްކަމުން އަރޫޝާ އެކަމާއި މާބޮޑަށް ގަބޫލްވަނީކަން އަންގައިދެނީކަމަށެވެ. ދީނާއަށް ގަބޫލްކުރެވޭ ގޮތުގައި އިޝާއަށް ވުރެ ބޮޑަށް އަޝްފާގު ދެކެ އޭނާ ލޯބިވެއެވެ. އަދި އެކަން އެއްމެނަށް ސާބިތުކޮށްދޭން ހިފާލިއެވެ.

ނިދިން ލޯ ހުޅުވުމާއި އެކު އެއްމެ ފުރަތަމަވެސް ފޯން ބަލާ އަޝްފާން މި ދަތުރުގައި ފޯނާއި ދުރުވިއެވެ. ހެދުނު ސަޔާއި ފުޓުބޯޅައަށް ފަހު ފެންވަރައިގެން އައިސް ޗާޖަށް ޖަހައިފައިވާ ފޯން ނެގިއެވެ. މަންމަ އެއްފަހަރު ގުޅާފައި އޮތް އިރު ފަސް މެސެޖު އައިސްފައި އެބަ އޮތެވެ. މަންމައަށް ގުޅުމުގެ ކުރިން އަޝްފާން މެސެޖުތައް ހުޅުވާލިއެވެ. އެޔާއި އެކު އޭނާއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ހަތަރު ފަސް ފަހަރު އިޝާ ކޮށްފައިވާ މެސެޖުތައް ކިޔާލީ ލިޔެފައި އެއްޗެއް ގަބޫލްނުކުރެވިގެންނެވެ. ޓެންޓުން ނުކުމެ ބާރު ހިގުމެއްގައި ގޮސް ލާމިއު އާއި ވާހަކަ ދައްކަން ހުރި އަރޫޝާގެ އަތުގައި ހިފައި އެއްމެނާއި ދުރަށް ގެންދިޔައެވެ.

“ދޮންބޭ ކޮންކަމަކާއިތަ ރުޅިއައިސްގެން ތިއުޅެނީ” އަރޫޝާއަށް ހީވީ އަޝްފާން ހުރީ ރުޅިއައިސްފައި ކަމަށެވެ.

“ރުޅި އެއްނާދެ. އެކަމަކު ބަލާބަލަ މިއޮތް ކަމެއް” އަޝްފާން އިޝާ ރެއާއި މިއަދު އޭނާއަށް ކޮށްފައިވާ މެސެޖުތައް އަރޫޝާއަށް ދައްކާލިއެވެ. އެޔާޢި އެކު އަރޫޝާއަށް ވީ އަޝްފާނަށްވެސް ވީވަރެވެ.

“ވަޓް. މީ ހަމަ އިޝާގެ ނަންބަރުތަ” ހިތުދަސް އިޝާގެ ނަންބަރު ބާރަށް ކިޔަމުން މެސެޖު އައިސްފައިވާ ނަންބަރާއި ދިމާވޭތޯ އަރޫޝާ ދެތިން ފަހަރު ކިޔާލިއެވެ.

“މީ ސަމާސާއެއް ދޯ ދޮންބޭ” އަރޫޝާ ހުރީ ގަބޫލްކުރަން ދަތިވެފައެވެ.

“ނޭނގެ ދޮންބެއަކަށް. ގައިމު މިވަރު ސަމާސާއެއް އިޝާ ކުރަންވީ ސަބަބެއް އަހަންނަކަށް ނޭނގެ” ހާސްވެފައިވާ ވަރުން ހޫނުވެގެން މޫނުގައި އުފެދުނު އޮއްދާތައް އަޝްފާން އެއްއަތުން ފުހެލިއެވެ.

“އެކަމަކު އަހަރެން ގަބޫލެއް ނުކުރާނަން އިޝާ އަކީ މިކަހަލަ މީހެއް ކަމަށް. އަހަރެން ދަންނަ އިޝާ އަކީ މިކަހަލަ މީހެއް ނޫން. އިޝާ ނުލާހިކު ލޯބިން އެއުޅެނީ ބޭބެ އާއި އެއްކޮށް. ކީއްވެ ދެން މިހާރު” އަރޫޝާގެ ހިތުގައި އެތައް ސުވާލެއް ފުނިޖެހެމުން ދިޔައެވެ.

“އަނެއްކާ ބަދަލް ހިފަން ކުރާ ކަމެއްތަ މީ. ބޭބެ ކުރިމަތީ އިޝާ އެދައްކަނީ ހުސް އެކްޓްތަ. ” މިއަދު އެރި އިރާއި އެކު އަޝްފާގާއި އިޝާގެ ގުޅުން އާ ފެށުމަކުން ފެށުނީހެން އެއްމެނަށް ހީވިއެވެ. ސައިބޮއި ހެދީވެސް ދެމީހުން އެހެންމީހުނާއި ވަކިންނެވެ. އެއްމެން އެކުގައި ކުޅިވަރުގައި ފޯރި ނަގަމުން ދިޔައިރު ދެމީހުން ވަކިން އުޅުނީ އެކަކު އަނެކެއްގެ ފޫހިފިލުވައި ދިނުމުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ދުރުގައިވިޔަސް… (15ވަނަ ބައި)

Next

އިންތިޒާރެއް މަ ނުކުރާނަމޭ (5)

Next
May 3, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (5)

Previews
May 3, 2017

ދުރުގައިވިޔަސް… (15ވަނަ ބައި)

27 Comments!

  1. maroon says:
    May 3, 2017 at 11:42 pm

    sorry for the late upload. offyhun aadhevuny iru ossunu vaguthu. avahah liyegen mibely 12 ge kurin upveyveythw. sorry kudhinge comment thakah reply nukurevuny last episode ga. mifahru sure kuraanan..
    thanku all thidhey hiyvarah

  2. Aki says:
    May 4, 2017 at 12:08 am

    meee fast dho…. dheena ge kanthah falhaa aruvaalabaa pls pls..

    1. maroon says:
      May 4, 2017 at 12:14 am

      Yay u first. ❤ Fuppaahamehhen falhaalanvy dhw ?

  3. max says:
    May 4, 2017 at 12:09 am

    Hey. Me first…. Nice story

    1. maroon says:
      May 4, 2017 at 12:15 am

      Thanku MAX ❤

  4. baby says:
    May 4, 2017 at 12:10 am

    wow varah reethi. alhe dhen vaaney kihine baa

    1. maroon says:
      May 4, 2017 at 12:16 am

      Thanku BABY ❤
      Kihinei baa ?

  5. cenhi says:
    May 4, 2017 at 12:13 am

    Thiha bxykoh ulhemunves vahaka upload kohlyma v happy. Its v nice. Keep going

    1. maroon says:
      May 4, 2017 at 12:17 am

      Cenhi thanku dear ❤

  6. Amm says:
    May 4, 2017 at 1:10 am

    Oh no… mee e dheenage kanthah dhoa…
    V reethi part ves ❤️
    Dhen koniraku tha up kuranee
    Waiting ingey???

    1. maroon says:
      May 4, 2017 at 7:10 am

      Thanku AMM ❤
      Next part 2 days therey ?

  7. Chum handi says:
    May 4, 2017 at 7:13 am

    mi dheena gandu ge nulafaa kan dho….. eyna ge vaahaka bust koh laba…. vrh salhi story eh… when next part….

    1. maroon says:
      May 4, 2017 at 8:52 am

      nulafaa myheh dhw.. hehe. thanku chum handi. 2 days therey

  8. Maureen says:
    May 4, 2017 at 8:16 am

    Nice

    1. maroon says:
      May 4, 2017 at 8:53 am

      thanku maureen

  9. Maly says:
    May 4, 2017 at 8:16 am

    V reethi mi part ves.. dheena e ulheny ash aa hedhi moyavegen.. dheena heekurany ash isha ah nulibi liben jeheny eyna ah kamahtha.. hama hilaa ehn nuvaaane.. mifaharu ash isha kairin vee goi rangalhah olhun filuvaathi ingey.. thi dhemyhun enme perfect couple aky.. thanks maroon. Next part ah inthizaaru kuran..

    1. maroon says:
      May 4, 2017 at 10:03 am

      THANKU MALY .. i LOVE your comment .. hehe.. in sha allah ash ah heyo visnun libeyne..
      much love

  10. Maree says:
    May 4, 2017 at 8:31 am

    vvv reethi

    1. maroon says:
      May 4, 2017 at 3:39 pm

      Thanku mareee ❤

  11. shavin says:
    May 4, 2017 at 10:26 am

    are u single??????plxxx reply

    1. maroon says:
      May 6, 2017 at 10:12 pm

      hehe 🙂

  12. haw shia shaba shi r says:
    May 4, 2017 at 4:28 pm

    Mashaa Allah v reethi mi part ves,keep it up, next part soonplx,dheenaa ge nulafaa kan dw mee,avahah falhaa aruvaalaa ehen noonee eash moyavedhaane,and asfaan rulhi gadha vegen falhaigen higaidhaane

    1. maroon says:
      May 6, 2017 at 10:13 pm

      thanku dear 🙂

  13. I.s.H.a says:
    May 5, 2017 at 12:53 am

    Woowow????… kiyaa kiyaa foossehvs nuvi… me adhi miadhu kiyan mi feshy mi vaahaka… dhn vaane gotheh balan vgn eh episode nimmrfa aneh episode kiyan feshey.. ehaa kiyaa hithun indha enimunee.. avahah aneh part up kurahchey.. btw.., v salhi story base koffa in goiy…???.. I really like it!!?

  14. ? says:
    May 5, 2017 at 7:55 pm

    shavin single tha javaabu beynun v avaha

  15. Lam Herr says:
    May 6, 2017 at 10:41 am

    V v v nice… V dhuvax knfa mi vaaahakah mi kyaaalevuny … Buxy kamun hama nukiyeny… Free v ma hama kiyaaalii mi v v kiyaaaa hithun… Kiyaaahithun kyhnma avahan nimuny.. Ekm v v v v nice story…. When next part……

  16. Shavin says:
    May 10, 2017 at 1:21 pm

    Yes i m single

Comments are closed.

Next Episodeއާވާ ހަނދާން 20←


All Right Reserved!