އުމުރަށްވެސް އެކީގައި ވާނަމޭ……3
ކުޑަކުއްޖަކު ފަދައިން އާނއެކޭ ބުނުމުގެ ގޮތުން ދެފަހަރަކު ބޯޖަހާލިއެވެ. އެހެންނޫނަސް ނުހާއަށް މިއަދު އެނޫން ގޮތެއް ނެތެވެ.
ގޭގެ ބޮޑު ގޭޓުން ކާރު ވައްދާލި އިރު ފިނިހިޔާ ފެންނަނީ ވަރަށްވެސް ފުރިހަމަ ކޮންނެވެ. ދެބުރިއަށް ނަގާފައި މިގޭގައި ލާފައި ވަނީ މަޑު ފެހިކުލައެވެ. ލޯމައްޗަށް ފެންނަލެ ނުހަނު ހިތްގައިމެވެ. ގެއަށް ވަންނަން ހަދާފައިވާ މަގުގެ ދެފަރާތުން ވަނީ ބަގީޗާ ހައްދާފައެވެ. ބަގީޗާ ވަނީ އެކި ކުލަކުލައިގެ މާތަކުން ޖަރީ ވެފައެވެ. އީންދެލައިގެން ތިބެވޭ ގޮތަށް މޭޒެއް ވަށައިގެން ގޮނޑި ޖަހާފައިވެއެވެ. ގޭޓުން އެތެރެއަށް ވަނުމާއިއެކު ފައްތާހް ބުނެލިއެވެ. “މިއީ ބޭބެގެ ގެ…ފިނިހިޔާ..” ނުހާ ހިނިތުން ވެލިއެވެ. ” ވަރަށް ރީތި….” އެގެއަށް ކުޑަ ތައުރީފެއްވެސް ކޮށްލިއެވެ. ” ޝުކުރިއްޔާ ” ޝުކުރު އަދާ ކުރަމުން ފައްތާހް ހީލިއެވެ.
ގެއަށް ވަންނަމުން ގޭގައި ގެންގުޅޭ ކައްކާއަށް ފައްތާހް ގޮވާލިއެވެ. “މަހޭޝް..މަހޭޝް އާދެބަލަ މިކޮޅަށް…” ފައްތާހް ގޮޮވާލުމާއިއެކުހެން މަހޭޝް ބާރު ހިނގުމެއްގައި ބަދިގެއިން ނުކުތެވެ. އޭނާގެ ހިނގުމުގައި ކުޑަކޮށް އަންހެން ގޮތެއް ހުންނާނެއެވެ. ވާހަކަ ދެއްކުމުގައިވެސްމެއެވެ. “ލައްބަ.. ކިހިނެއްތޯ ވީ؟..” މަހޭޝްގެ ގައިގައި ކޮންމެވެސް ވަރަކަށް ފުށް އުނގުޅިފައި ހުރުމުގެ ސަބަބުން އޭނާ އެ އައީ ރޮށި ފަތުރަން ހުރެފައިކަން އެނގެއެވެ. “އައްދެ…ފުށް އެތި ތެރޭގައި ފީނަން އުޅެފަތަ ތިއައީ…” ފައްތާހް ސަމާސާ ގޮތަކަށް އެހެން ބުނަމުން ސޯފާގައި އިށީނެވެ. ދޮރުމަތީގައި ހުރި ނުހާ ގާތަށް ކުޑަކޮށް ހިނި އައެވެ. ފައްތާހް އަކީ އެހެން މީހުންނަށް ހިތްހެޔޮ މީހެކޭ އެއްވަރަށް ސަމާސާ ކުރަން ދަންނަ މީހެކޭވެސް އެވަގުތު އަނެކަކަށް ތަޢާރަފް ކޮށް ދިނެއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލައިލާފައި ހީލިއެވެ. “ކޮބާ.. ނުހާގެ ކޮޓަރި ސާފު ކޮށްލިންތަ…އަދި ބުނިންދޯ ހެދުން ކޮޅެއްވެސް ގަންނައްޗޭ…ގަތިންތަ؟…” ފައްތާހް މަހޭޝްއަށް ބަލަން އިނދެ އަހާލިއެވެ. “ލައްބަ ލައްބަ..ކޮޓަރިވެސް ސާފު ކޮށްފިން…ބޭބެ ބުނިވަރަށް ހެދުންވެސް ގަނެފަ ހުންނާނީ….” މަހޭޝް އަކީ ބޭރު މީހެއްކަމުގައިވިޔަސް ދިވެހިން ވާހަކަ ދެއްކުމުގައި ވަރަށް ފަރިތައެވެ. އޭނާ އެގޭގައި އުޅޭތާ މިހާރު އަށްއަހަރު ވެއްޖެއެވެ. “ބޭބޭ…އަޅުގަނޑު މިއަދު މިގެއަށް އައި މީހަކަށް…” ނުހާ އަށް ބުނެވުނީ މިހާ ހިސާބަށްށެވެ. “ނުހާ…ބޭބެއަށް އިނގޭ ތިބުނަން އުޅޭ އެއްޗެއް…. ބޭބެ ނުހާއަށް މި އެހީ ވަނީ އިންސާނިއްޔަތަށްޓަކައި…ޙަމްދަރްދީ ވުމުގެ ގޮތުން…” ފައްތާހް ކޮޅަށް ތެދުވަމުން ޖީބަށް އަތް ޖަހާލިއެވެ. އޭނަގެ ޖުމްލަ އަށް މަހޭޝްވެސް އެއްޗެއް އިތުރު ކޮށްލިއެވެ. ” އެއީތެދެއް ނުހާ..ބޭބެ އަކީ ވަރަށް ރަނގަޅު މާތް އިންސާނެއް…އެހެން މީހުންނަށް ވަރަށް ހެޔޮ ވާނެ..އެހެން މީހުންގެ އިޙްސާސްތައް ވަރަށް ރަނގަޅަށް ދަންނާނެ…އަޅުގަނޑުވެސް މިގޭގަ އުޅޭތާ މިހާރު އަށްއަހަރު ވީ..ހަމަ ބޭބެގެ ހިތްހެޔޮ ކަމުން… އަޅުގަނޑު އަޅާލާނެ މީހަކު ނެތި މަގުމަތީގައި ވަނިކޮށް…” މިހާ ހިސާބަށް ބުނެވުނު ތަނާހެން މަހޭޝްއަށް ރޮވިއްޖެއެވެ. “އެއްކަލަ މީހާ ފެށީދޯ…ނުހާ އަވަހަށް ފައިކުރި އޮޅާ…އިސާހިތަކުމިތާ ފެންބޮޑު ވެދާނެ….” ފައްތާހް އުޅުން ގޮތުން ނުހާ ހީންގަތެވެ. މަހޭޝްވެސް ގާތަށްވެސް ހިނިއައެވެ. އަދި އަތުގެ ނުފުށުން ކަރުނަ ފުހެލިއެވެ. “އާދޭ ނުހާ ކޮޓަރި ދައްކާނަން…” މަހޭޝްގެ ފަހަތުން ނުހާ ހިނގައިގަތެވެ. ފައްތާހްއަށް ހިތާހިތުން ޝުކުރު އަދާކުރަމުންނެވެ.
ގަޑިން ރޭގަނޑު ނުވައެއް ޖަހަނީއެވެ. ރޭގަނޑުގެ ކެއުން ނިންމާލުމަށް ފަހު ނުހާ ދިޔައީ ޓެރަސް އަށެވެ. އެކަނިވެލުމުގެ ބޭނުމުގައެވެ. ހިތަށް ހަމަ ޖެހުމެއް ހޯދުމަށެވެ. އެއީ ނުހާގެ އާދައެވެ. އޭނާ އުފާ ހޯދަނީ މިގޮތަށްށެވެ.
“ކަލެއަށް ކުރަން އެނގެނީ ކޮން ކަމެއްތަ…ބޮޑު ވެފައި ހުރި އަންހެނެއްވިއްޔާ….މިހާރު އެވިރުވާލީ އަހަރެންގެ އެއޮށް އަގު ބޮޑު ބުރުގާ…ދެން އަހަރެން މިހެދުމާއެއްކޮށް އަޅަނީ ކޮން ބުރުގަލެއް….” ކޮޓަރި ދޮރުމަތީގައި ހުރި ޒާހިދާ ނުހާއާއި ދިމާލަށް އެތިވަރުތައް ގޮވަނީއެވެ. ނުގޮވާކަށް އެއްޗެއް ނެތެވެ. “މަންމާ.. އަހަރެން…އަހަރެން ކުރިން ދުވަހުވެސް ބުނީމެއްނު..މި..މި އިސްތިރި ވަރަށް ފަސޭހައިން ދޮން ގަދަވޭ.. އެހެން އިސްތިރިއެއް..ހޯދައި………” ނުހާ ބުނަން އުޅުން އެއްޗެއް ނުބުނެވުނެވެ. ހިތުގައި ޖެހުނުލެ ބޮޑުކަމުން ރޮވުނެވެ. ޒާހިދާ ހަޅޭއްލަވައިގަތެވެ. “އެއެއް ނޫން ވާގޮތަކީ….ކަލެއަށް ކަމެއް ކުރަން ޖެހިއްޖެއްޔާ އޮންނާނީ ބޮޑުވެފަ.. އަހަންނަށް ކަމެއް ކޮށްދެން ޖެހޭތީ ކަލޭ ދޮން ބޮޑުވަނީ…ދެން ކުރާނީ އަހަންނަށް ޖެއްސުމެއްނު..ހުރެބަލަ މިފަހަރު…” ޒާހިދާ ދުން ޖަހާފައި އައިސް އިިސްތިރި ނަގާ ނުހާގެ ކޮނޑުގައި ޖެއްސިއެވެ. “އައްދޯތް…..”
“އައްދޯތް…..” ނުހާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ނުހާގެ ކަނާއަތު ކޮނޑުމަތީގައި އޮތް އިސްތިރި ވާއަތުން ހޫރާލިއެވެ. ރޮމުންނެވެ. އެހެންނަމަވެސް ނުހާއަށް ހޫރާލެވުނީ ފައްތާހުގެ އަތެވެ. ނުހާ ފަހަތަށް އެނބުރި ބަލައިލިއެވެ. ފަހަތުގައި ހުރީ ފައްތާހުއެވެ. އޭރުވެސް ނުހާއަށް މާނޭވާ ލެވެއެވެ. ފައްތާހް ފެނުމުން ނުހާ ބާރުބާރަށް ފައްތާހުގެ ގައިގައި ބައްދައިގަތެވެ. “ބޭބޭ..އަހަރެން ސަލާމަތް ކޮށްދީ… އަހަންނަށް އެހީ ވެދީ…” ކުޑަކުއްޖަކު އޭނާގެ ބައްޕަގެ ކައިރީގައި ޝަކުވާ ކުރާ ފަދައިން ނުހާ ފައްތާހު ގާތުގައި ބާރުބާރަށް ރޮއުނެވެ. ފައްތާހުގެ ދެލޮލުން ވެސް ކަރުން ހިލުނެވެ. އޭނާގެ ގަޔާ ނުހާ ދުރުކޮށްލަމުން ނުހާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. “ދަރިފުޅާ ނުހާ…ބޭބެ މިހުރީ އަބަދަށްވެސް ދަރިފުޅަށް އެހީވާން… ބޭބެއަށް ނުހާގެ ދިރިއުޅުން ކިޔައިދީބަލަ…” ޓެރަސް މަތީގައި ހުރި ގޮނޑިއެއްގައި ބައިންދަމުން އޯގާތެރިކަމާއިއެކު ފައްތާހު ނުހާ ގާތު ސުވާލު ކުރަމުން ދިޔައެވެ. ނުހާ ވަރަށް ހިތް ވަރުކޮށްފައި ކިޔައިދޭން ފެށިއެވެ.
“އެއީ މީގެ ބާރައަހަރު ކުރި…. އޭރު އަހަރެންގެ އުމުރުން އެންމެ ހަތް އަހަރު….ބައްޕަ އޭރު ވަރަށް ބަލި..އަހަންނަކަށް ނޭނގެ އެއީ ކޮން ކަހަލަ ބައްޔެއް ކަމެއް….އޭރު އަހަރެމެން ގޭގައި ބައްޕަގެ އެއްބަނޑު އެއްބަފާ ދައްތަވެސް އުޅޭނެ..އޭނަގެ ދެކުދިންވެސް އުޅޭނީ ހަމަ އަހަރެމެން ގޭގަ………”
“ދަރިފުޅާ…ބައްޕަ ދެން….މި..ދުނިޔަކު މާގިނަ ވަގުތަކު އޮންނާނެ ހެންނެއް ހިއެއް ނުވޭ…މމ..މަންމަގެ ބަސް..އަހައިގެން އުޅޭ..ތި…” ބަލި އެނދުގައި އޮތް ނުހާގެ ބައްޕަ ނުހާއަށް ނަސޭހަތް ލައިދެމުން ދިޔައެވެ. ހީވާ ކަހަލައެވެ. އޭނާ އެއޮތީ މަރަށް ހާޞިރުގައެވެ. އެނދުކައިރީގައި ރޯލަރޯލާ ނުހާ އިނީ އޭނާގެ ބައްޕަގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އޭނާގެ ލޯބިވާ ބައްޕަގެ ބުނާގޮތް ނުހާ ހަދާނެއެވެ. “ދަ..ދަ..ދަރިފުޅު ނުރޮއްޗޭ…މަން..މަންމަ އަތުގައި އޮ..އޮންނާނެ ސިޓީއެއް…އަދި މިގެ..ދަރިފުޅުގެ ނަން….” ނުހާގެ ބައްޕައަށް ބުނެވުނީ މިހާހިސާބަށްށެވެ. އޭނާ ދުނިޔެއަށް އެންމެ ފަހު ނޭވާ ލުމަށް ފަހު މިދުނިޔެއަށް އަލަވަދާޢު ކިއެވެ. “ބައްޕަ ނިޔާވުމަށް ފަހު މަންމަ އަހަންނާ ދޭތެރޭ ކަންތައް ކުރަނީ ވަރަށް އެހެން ކަހަލަ ގޮތަކަށް.. ގޭގައި ގެންގުޅޭ ނޯކަރަކާއި ދޭތެރޭ ކަންތައް ނުކުރާނެހާވެސް ގޯސްކޮށް…ބައްޕަ ނިޔާވަމުން ގެވެސް ވަނި މަންމައަށް ހިބަ ކޮށްފަ..އެހެންވެ ބޮޑުދައިތަ އާއި އޭނަގެ ދެކުދިން ގޭގަ އުޅުނަކަ ނުދިން..އެމީހުން ވެސް ގެއިން ނެރުނީ…ސްކޫލަށް ދިޔަޔަސް އަހަންނަކަށް ރަނގަޅަކަށް ނުކިޔެވޭ.. ގޭގައި ހުރިހާ ކަމެއް ކުރަމުން ކިޔެވޭތޯ ވަރަށް މަސައްކަތް ކުރަން..އެކަމަކު..ކިޔަވަން އިނަސް…..” އަނެއްކާވެސް ނުހާއަށް ވަރަށް ބާރަށް ރޮވުނެވެ. އެގެއިން ނުހާ ނެރެލި ވާހަކަވެސް ފައްތާހް ގާތު ބުނެވުނީ ވަރަށް އުނދަގުލުންނެވެ.
ފައްތާހްއަށް ވެސް ޖެހުނީ ކަރުނަ ފުހޭށެވެ. “ދަރިފުޅާ ނުހާ….މީގެ ފަހުން މިއީ ނުހާގެ ބައްޕަކަމަށް ދެކިގެން ނުހާ އުޅޭނީ މިގޭގަ..އިނގޭ…އަދި އެއްވާހަކަ ބުނަންތަ…ދިރިއުޅުމުގަ އެކިކަހަލަ ކަންތައްތަކާ ދިމާވާނެ…ޖެހޭނީ ކެތްތެރި ކަމާއި އެކު ކުރމަތިލާން…ބޭބެވެސް ވަރަށް ހިތްދަތި ކަމަކާ ކުރިމަތިލިން… އަހަރެންގެ ދަރިފުޅު ލުފްޝާންގެ މަންމަ ނިޔާވި ދުވަސް…” ފައްތާހް މިހެން ބުނުމުން ނުހާ ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. “ލުފްޝާންއޭ…” ކުޑަކޮށް ހިނިތުން ވެލަމުން ފައްތާހް ބުނެލިއެވެ. އެއީ ތެދެކޭ…އަދި ލުފްޝާންގެ ވާހަކައެއް ނުބުނެވޭދޯ…އެއީ އަހަރެންގެ ހުރި ހަމަ އެކަނި ދަރިފުޅު… އޭނާ ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ލުފްޝާންގެ މަންމަ ނިޔާވީ…އޭރު ލުފްޝާން ވަރަށް ކުޑަ…ހިއެއް ނުކުރަން ލުފްޝާންވެސް ދުނިޔޭގައި އޮންނާނެ ކަމަކަށް…ނަމަވެސް މާތްﷲ ގެ އިރާދަފުޅުން ލުފްޝާން އައީ ރަނގަޅުވަމުން….” “ދެން މިހާރު ލުފްޝާން ކޮބާ؟..” އަނެެއްކާވެސް ނިހާ ކޮށްލީ އިތުރު ސުވާލެކެވެ. “މިހާރު އޭނަވީ ލަންޑަންގައި…އިތުރަށް ކިޔަވަން ގޮސް… މިހާރު މިވީ ހައަހަރު…މިއީ އޭނަގެ ފަހު އަހަރު…އަންނަ މަަހު މިކޮޅަށް އެއްކޮށް ނިމިގެން އަންނާނެ..” މިހެން ބުނުމުން ނުހާ ހިނިތުން ވެލުމަށް ފަހު ކޮޓަރިއަށް ދިޔުމަށް ހިނގައިގަންނަމުން ބުންޏެވެ. “އެހެންތަ..ބޭބޭ..ދެން އަހަރެން ނިދާލަން ދިޔަސް އެންމެ ރަނގަޅުތަ؟..” ” އާން..ވަރަށް ވަރުބަލި ވެފައެއްނު މިހާރު ހުންނާނީ….ދޭ އަވަހަށް..” މިހެން ބުނަމުން ފައްތާހްވެސް ނުހާ އާއި އެކީ ހިނގައިގަތެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


ކޫމްސް އަށް ވަރަށް ބޮޑަށް ތޭންކްސް އިނގެ….
ސަޅި. އެހާ އަވަހަށް ވާހަކަ ނުނިންމާތި އިނގޭ..!!
ވވވވވވވވވވވވވވވވވ ބޮޑަށް ތޭންކްސް އައިޝާ…. އެހާ ދިގެއް ނުވާނެ މިވާހަކައެއް… އެކަމަކު ވެސް ދިގު ވެދާނެ… ހެހެހެހެ
This vaahaka v reethi ❤❤❤