Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން ލޯބި (35)

Mimmi ❤️ Level 410 Stories500 Comments100 Comments1K Comments
April 26, 2017 7 Mins Read
65 Comments

” އަނދިރިކަން އެކުލާ ވަށާ ޖައްވު ނާމާން ކޮށްފިޔޭ

އަދު ހަޔާތް މި މިސާލުގަ ބީވެދާހެން ހީވެޔޭ

އިންތިޒާރުގަ އަދު މިތާ ވޭނުގާ ހުރުމެއް ނެތޭ

ޖާނުދީ ގުރުބާން ވުމުން ވީ މޮޅެއްވެސް ހަމަ ނެތޭ ”

 

 

ޔާޝާވެސް ދިމާވެލަން ކިޔާފަ ގުޅީ އޭގެ ދެރޭ ފަހުންނެވެ. ސައިކަލްގަ ދެމީހުން ދިޔައީ ބުރުޖަހާލަންށެވެ. ރަސްފަންނަށް އަލަށްވެސް ނާންނަ ވާހަކަ ބުނުމުން އަހަރެން ރަސްފަންނު ކައިރީ ސައިކަލް ޕާކްކޮއްލީމެވެ. އަދި ހިނގާލާފަ ގޮސް އެތަނުން ހުސްކޮށްހުރި ޖޯއްޔެއްގަ ހަމަޖެހިލީމެވެ. ކިތަންމެ މީހުން ގިނަސް ހިތްގައިމް ތަނެކެވެ. އަތު ގުޅުވާލައިގެން ކޮޅު ކޮޅަށް ހިނގާ ލޯބިވެރިން މަދެއްނޫނެވެ. ބައެއް އާއިލާތައް އަވަދިނެތި ބާބިކިޔު ހެދުމުގަ އުޅޭތަން ފެނެއެވެ.

” ހިނގާބަ އަޅެ މިތަނަށް ފެމިލީ ބާބިކިއު އަކަށް އަންނަން.. ވަރަށް މަޖާ ވާނެ.. މިހާރު ދޮންބެދައްތަވެސް ހުންނާނެއްނު.. ” ޔާޝާ  ބާބިކިއު ހަދާތަނަށް އިށާރާތް ކޮއްލަމުން ބުނެލިއެވެ.

” ދޮންބެ ދައްތަ؟..” އަހަރެން ހައިރާން ވެގެން އަހާލީމެވެ.

” ހޫމް ދޮންބެ މެރީ ކުރަން އުޅެނީ.. ޔަލް ކައިރީ ނުބުނޭތަ..” ޔާޝާ އަހާލިއެވެ. ޔާނު އެންމެ ފަހުން އަހަރެންނަށް މެސެޖް ކުރިތާ އަދި ހަފްތާއެއްވެސް ނުވާނެކަން ޔަގީނެވެ. މިހާ އަވަހަށް އެހެން ކައިވެންޏެއް ކުރަން ނިންމީހެއްޔެވެ.

” ބައި ދަ ވޭ ޔަލް ނުބުނަމެއްނު ތީ ދޮންބެގެ އެކްސް ކަމެއް..” ޔާޝާއަށް އަހަރެންމީ ޔާނުގެ އެކްސްކަން އިނގުނީ ކިހިނެއްބާއޭ ހިތައްއެރިއެވެ.

” ކިހިނެތް ޔާއްކޮއަށް އިނގުނީ..” އަހަރެން ހުރީ ޔާޝާއަށް އެކަން އިނގުނުގޮތް ބަލާލަން ބޭނުންވެފައެވެ.

” ހިނގާބަ ޖޫގޯއެއް ގަންނަން.. ދަމުން ކިޔާދޭނަމޭ..” ޔާޝާ އެހެން ބުނުމުން އަހަރެންވެސް އޭނަ ފަހަތުން ހިނގާފަ ޖޫގޯ ވިއްކާތަނަށް ދާން ހިނގައިގަތީމެވެ.

” އަސްލު އިނގޭތަ ކުރީ ދުވަހު ޔަލްގެ ނަމްބަރ ހޯދަންވެގެން ދޮންބެ ފޯނު ނެގީ.. ދެން އޭގެން ފެނުނީ ދޮންބެއާ ޔަލްއާ ދެމީހުން ކޮއްފަ ހުރި މެސެޖްތަށް.. އައި އޭމް ސޮރީ ކިޔުނީމަ.. އެކަމް ޔާއްކޮއަށް ނޭންގޭ ކަމެއްވީމަ ކިޔާލާހިތްވީ މެސެޖްތަށް.. އެކަމް އައި ޑިޑް ނޮޓް ރީޑް މަޗް.. ޔަލް އެންމެ ފަހުން ކޮއްފަ ހުރި މެސެޖްއާ ހަމަޔަށް ކިޔާލެވުނީ ދޮންބެ އައިސް ފޯނު އަތުލީ ވަރަށް ހިތްހަމަ ނުޖެހިފަ ހުރެ.. ދެން ޔާއްކޮއަށް ކެތްނުވެގެން މަމް ކައިރީ ބުނިން އިނގޭ ހެއްޔޭ ޔަލް އެއީ ދޮންބެގެ އެކްސް އެކޭ.. އެހެންވެޔޭ އިނޑިއާގަ ހުރި އިރު ދޮންބެ އެގޮތަށް ރުޅިއައިސްގެން އުޅުނީ ޔަލް ދެކެ.. މަމްވެސް ބުނި ދޮންބެއާ ޔަލް މެރީ ކުރިނަމަ ކިހާ ސަޅި ވާނެހެއްޔޭ.. މަމް ބޭނުމީ ޔަލް ކަހަލަ ޅީ ދަރިއެކޯ..” ޔާޝާ ކިޔާދިނެވެ.

” ހެހެ އަސްލުތަ.. ދެން އެކުގަ އުޅެވެން ނެތިއްޔާ ކުރެވޭނެ ކަމެއް ނެތެއްނު ދޯ.. ބައިދަވޭ ދޮންބެ މެރީ ކުރަނީ ކާކާ…” އެހާ އަވަަހަށް ޔާނުއަށް ލޯބިވެވުނީ ކާކުދެކެ ބާއޭ ހިތަށްއެރިއެވެ.

“އެއީވެސް ވަރަށް އެހެން ކަހަަލަ ވާހަކައެއް.. ދޮންބެގެ ބޭބީއެއް ހުރޭ.. އެކަން ދޮންބެއަށް އިނގުނީ ވަަރަށް ފަހުން.. އެެހެންވެ މެރީ ކުރަންނިންމީ އަވަހަށް..” ޔާޝާ ޖޫގޯ ބޮމުން ވާހަކަ ދެއްކިއެވެ.

” ވެއިޓް ވަޓް.. ބޭބީއެއް ހުރެޔޭ..؟ އަޅެ އާއިލީ ކަމެއްތަ ތީ ދެން.. ފުރަތަމަ އަހަރެންނާ ބްރޭކްއަޕްވާން ޔާނު ބުނީ ލޮއެއްބެއް ނުވެވުނޭ. ފަހުން ހައިކްވެސް ބުނީ ހަމަ އެހެން ބްރޭކްއަޕްވާން ވެގެން.. ދެން މާ ފަހުން އިނގުނީ ހައިކްގެ ބޭބީއެއް ހުންނަކަން.. އަނެއްކާ ތިބުނީ ޔާނުގެވެސް ބޭބީއެއް ހުރެޔޭ.. ” ބުނަން ބޭނުން ނުވި ނަމަވެސް މަޖަލަކަށް ހަދާލާފަ އަހަރެންގެ ހިތުގަ ވާގޮތަށް ބުނެލީމެވެ.

” ހެހެ ދޯ.. އަސްލު ދޮންބެއަށްވެސް ނޭންގެޔޭ ކިޑެއް ހުންނަ ކަމެއް.. ދޮންބެދައްތަ ދޮންބެ ބްރޭކްއަޕް ވީމަ ދޮންބެ ކައިރީ ނުވެސް ބުނޭ ޕްރެގް  ކަމެއް.. އެކަމް ވަރަށް އާދޭސް ކުރި ވާހަކަ ބުނި.. ދެން ދޮންބެ އެހެން މީހަކާ ރައްޓެހިވިކަން އިނގުނު ހިސާބުން ދޮންބެދައްތަ ބޭނުން ނުވީ ޕްރެގްއޭ ކިޔާފަ އެދެެމެދަށް ވަަންނަން.. އަހަރެން ހަމަ ހައިރާންވޭ ދޮންބެދައްތަ އެވާ ލޯބި ފެނިފަ.. ބުނީ ދޮންބެ ހެޕީކޮށް އުޅެންޔާ އޭނަށް ނިމުނީއޯ.. އެހެންވެ އޭ އެކަން ސިއްރު ކުރީ.. އެކަމް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބޭބީ ވަރަށް ބަލިވެގެން ލޭ ނުލިބިގެން ދޮންބެއަށް ގުޅާފަ ބުނީ.. އެކަމް އޭރުވެސް ނުބުނޭ ދޮންބެގެ ދަރިއެކޭ.. އެކަމް ދޮންބެއަށް އެކުއްޖާ ފެނިފަ އެކަހަލަ އެއްޗެއް ހީވެގެން އަހާލީ.. ދެން ދެ އާއިލާއިންވެސް ވަރަށް ވާހަކަ ދައްކާފަ ކައިވެންޏަކާ ހަމަޔަށް ދިޔައީ.. ދޮންބެ ހީވަނީ މޮޔަވެގެން އުޅޭހެން ބޭބީ ފެނިގެން.. އަބަދު އުޅޭނީ ގެޔަށް ބޭބީ ގެނެސްގެން.. އަހަރެން އަދި ނުދެކެން ދޮންބެ އެހާ އުފާވެފަ ހުއްޓަައެއް..” ޔާޝާގެ ވާހަކަ ތަކުން އަހަރެން ހުރީ ހަމަ ހައިރާންވެފައެވެ. އަހަރެންނަށް އެފަދަ ލަނޑެއް ނުލިބުނުކަން އެއީ ނަސީބޭ ހިތަށްއެރިއެވެ. ޔާނުއަށް އުފާވެރި ދިރިއުޅުމެއް ދެއްވީތީ އަހަރެންވެސް އުފާކުރަމެވެ. އެކި ވާހަކަ ތަކުގަ ތިބެފަ ގެޔަށް ދިޔައީ ނާއީމާއްތަ ޔާޝާ ލަސްވެގެން ގުޅަންފެށުމުންނެވެ.

ޔާނުއާ ހައިކްއާ ދެމީހުނަށްވެސް އުފާވެރި ދިރިއުޅުމެއް ލިބުނީއެވެ. މިތަނުން ބާކީ މިވީ އަހަރެންނެވެ.  މަންމަ އެ ދައްކާ ވާހަކަތަށް އަޑު އަހައިގެން އަހަރެން ޝަމްމުއާ ގުޅެން ވީ ހެއްޔެވެ. ޝަމްމުވެސް އަހަރެންނާ ލައިކްވާހެން ބައެއް ފަހަރު އަހަރެންނަށް ހީވެއެވެ. އެކަމް ޝަމްމުއާ ދެތޭރޭ އެފަދަ ނަޒަރަކުން ނުވެސް ދެކެވެއެވެ. ހައިކްއާ ޔާނު މެރީ ކުރިޔޭ ކިޔާފަ އެހާ އަވަސް ޑެސިޝަންއެއް ނަގައިގެން މީހަކާ ކައިވެނި ކުރުން އެއީ ހައްލު ނޫންކަމަށް އަހަރެންނަށް ވިސްނުނެވެ.

” ދަރިފުޅާ ” ވީ” އަންނަ ހަފްތާގަ ރާއްޖެ އަންނާނެ.. އެހެންވީމަ އައީމަ ވާނެ ދޯ ދާން.. ޝާންމެނަށްވެސް އަދި ނުފެެންނާނެ އެއްނު..” ބައްޕަ އައިސް އަހަރެން ކައިރީ ސޯފަގަ އިށީންނަމުން ބުނެލިއެވެެ. އަހަރެންނަށް ޔަލްވީ ކިޔާތީ މަންމައާ ބައްޕަ އަހަރެންނަށް ހަދިޔާކުރި ސަފާރީއަށް ކީ “ވީ” އެވެ.

” ހޫ އިޒް ” ވީ”..” ކޮޓަރިން ނިކުތް ޝަމްމުވެސް ބައްޕަ ބުނި އެތި އަޑުއިވިގެން ސުވާލު ކޮއްލިއެވެ.

” ޔަލްގެ ޓްވިންސް.. ސޯ ސަޓަރޑޭއަށް ރެޑީ ވައްޗޭ.. ” އަހަރެން ސާމާސާކޮއްލަން ބުނެލީމެވެެ. ބައްޕައަށް ހިނި އައި ނަމަވެސް ކޮންޓްރޯލް ކޮއްގެން ނުހޭން އިންތަން ފެނިފަ އަހަރެންނަށް ހެވުނެވެ. ޝަމްމު ވާނުވާ ނޭންގި ހުރެ ސުވާލު ކުރަމުން ދިޔައެވެ.

ދުވަސްތަށް މާޒީއާ އެކުވަމުން ދިޔަ ނަަމަވެސް އަހަރެންގެ ދިރިއުޅުމަށް މާ ބޮޑު ބަދަލެއް ނާދެއެވެެ. ހައިކަލްގެ ހަނދާން ނުވާ އެންމެދުވަހެއްވެސް އަހަރެންގެ ހަޔާތުން ފާއިތުނުވެއެވެ. އެ ހިޔާލްތަކުން ދުރުވާން ކިތަންމެ މަސެއްކަތް ކުރިޔަސް ކޮންމެ ފަހަރަކު އަހަރެންވަނީ ނާކާމިޔާބެވެ.

 

ކަލާ ބުނީމާ ދުރުގާ ހުރީ، ހިތާ ދެކޮޅަށް މަޖްބޫރް ވީ…

ކާލާއަށް އުނދަގުލެއްވާން މަ ނޭދޭތީ، ކަލާ އެދުނު ގޮތަށް ކަންތައްް ކުރީ…

ނަމަވެސް ތިޔަ ހަނދާނޭ ވަނީ، ދުރުވާން މަސެއްކަތް ކުރިޔަސް އިތުރަށް ހަމަ ގާތޭ ވަނީ..

ތިހަނދާން ފޮހެވޭތޯ ބެލިޔަސް އިތުރަށް ތި ހިޔާލޭ ކުރެވެނީ، ފޫހިވޭތޯވެސް ބެލިން ނަމަވެސް އިތުރަށް ހަމަ ލޮއެއްބޭ ވެެވެނީ..

ހިތަށް ކުރާހާ އަސަރުން ނިދިން މަހުރޫމްވޭ މުޅިން ބަލަން ނުވިސްނާ އޮވެވޭތޯ ލޯމަރައިން ނިދާލެވޭތޯ ނަމަވެސް ތިޔަ ހަނދާނޭ ވަނީ..

 

” ޔަލް ދައްތީ ހޭލަބަ.. ބުނީމެއްނު މިއަދު މޫދަށް ދާވާހަަކަ.. ނައު އިޓްސް ސެވެން.. ” އަހަރެންނަށް ހޭލެވުނީ ޝާން ދޮރުގަ ޖަހާއަޑަށެވެ. އަވަހަށް ތައްޔާރު ވެލައިގެން ނިކުތީ ހުކުރު ދުވަހު ހެނދުނު މޫދަށްދާން ޕްލޭންކޮއްފައޮތީމައެވެ. ޝަމްމުއާ ތިން މީހުން އެކީގަ ދިޔައީ އާޓީފިޝަލް ބީޗަށެވެެ. މޫދުގަ ސަކަރާތް ޖަހާ ހަދާލުމަށް ފަހު ޝާންއާ ދެމީހުން އެއްގަމަށް އެރީ ވަރުބަލިވެގެންނެވެ.  ބޭގުން ތުވާލި ނަގާ ކުޑަކޮށް ހިކިލައިގެން ދެމީހުން ތިބީ ސްނެޕް ކުރާށެވެ.

” އަޅެ ޗާޒް އެދިޔައީ.. ރޭގަ ހަނދާން ނެތުނީ ޗާޖަށް ޖަހަން..” އަހަރެން ފޯނު ޗާޖްގޮސްގެން ނިވުމުން ޝާން ކައިރީ ބުނެލީމެވެ.

” އަޅޭ.. ހިނގާ ދޮންބެ ފޯނުން ސްނެޕްކުރަން.. ކުރީ ދުވަހު ޝާން ދެކުނިން ދޮންބެ ކޯޑް ޖެހިތަން.. ” މޫދުގަ ފަތަފަތާ އޮތް ޝަމްމުއަށް ބަލާލަމުން އަހަރެންވެސް އެކަމުގަ ބައިވެރިވެލީމެވެ. ޝާންއަތަށް ފޯނު ދިނުމުން ފަސޭހަ ކަމާއެކު ލޮކް ހުޅުވާލިއެވެ. ފުރަތަމަވެސް އަހަރެން ލޮލުގަ އަޅައިގަތީ ވައިބާރައިން އައިސްފަ ނޯޓިފިކޭޝަންތަކެވެ. ރާ ޖަހާފައިން ނަންބަރަކުން ވަރަށް މެސެޖްކޮއްފަ ހުރުމުން އެ މެސެޖްތަށް ހުޅުވާލީ ޝަމްމު ސިއްރުން ގާލްފްރެންޑެއް ގެންގުޅޭހެން ހީވެގެންނެެވެ.

” ވަޓް ދަ…” އަހަރެންނަށް ބޭއިހްތިޔާރުގަ ބުނެލެވުނެވެ. ލޮަލަށް މި ފެންނަމުން ދާ ހަގީގަތް ގަބޫލު ނުކުރެވިފަ އަހަރެން އެ މެސެޖްތަށް ކިޔަން އިނީމެވެ.

” ޔަލް ދައްތި ހާދަ ސްލޯއޭ.. ދޮންބެ މޫދުން އެ އަރަނީ  މިހާރު..” އެހެން ބުނެލާފަ އަހަރެން އަތުން ފޯނު އަތުލައިގެން ލޮކް ކޮއްލަން ހަދާލި ތަނުން އަހަރެން އަވަސް އަވަހަށް ފޯނު ހިފައިގެން މޫދާ ދިމާލަށް ދުއްވައިގަތީމެވެ. ދުވެފަ ގޮސް ޝަމްމު ގައިގަ ޖެހިގަތް ގޮތަށް ފޯނު މޫދަށް ވެއްޓުނު ކަމަށް ހަދާލީމެވެ.

” އޫޕްސް.. ޝަމްމު ފޯނު އެ ވެއްޓުނީ މޫދަށް.. އަދި ޝާން އަތު ނުޖެހެން ވެގެން މިދުވަނީވެސް..” އަހަރެން ހާސްވާކަމަށް ހެދިލާފަ ބުނެލީމެވެ.

ޝަމްމު ހާސްވެގެން ފޯނު ނަގައިގެން ހުޅުވޭތޯ ވަރަށް މަސެއްކަތް ކުރިއެވެ.

” އައި އޭމް ސޯ ސޮރީ.. ތި ފޯން ހިޔެއްނުވޭ ހެދޭނެހެނެއް.. ޔަލް ގަނެދޭނަން ފޯނެއް..” އަހަރެން ރުޅިއައި ނަަމަވެސް އެކަން ޝަމްމުއަށް ނުދައްކާ ބުނެލީމެވެ. ޝަމްމުވެސް ހިތްހަމަ ނުޖެހިފަ ހުރި ނަމަވެސް އެކަން ހާމައެެއްނުކުރެއެވެ. ގެޔަށް ގޮސް ފެންވަރާ ތާޒާވެލައިގެން އަަހަރެން ޖައްސާލީ މޫދަށް ދިޔުމުން ވަރުބަލިވެފަ ހުރުމުންނެވެ. މިއަދު ޝަމްމުގެ ފޯނުން އެ ފެނުނީ އަހަރެންނަށް ފެންނަން ނުޖެހޭ އެއްޗެއް ނަމަވެސް އެތަށް ސިއްރުތަކެއް ހާމަވެގެން ގޮސްފިއެވެ. މިހާރު ޓްރަސްޓް ކުރާނެ މީހެއްވެސް ނޭންގުނެވެ. ނަމަވެސް ހައިކަލް ލިބޭނެ ކަމުގެ އުންމީދުގެ ހުޅުކޮޅު ދިއްލުން ކަހަލައެވެ. އަހަރެން ފޯނު ނަަގައިގެން ހައިކަލްއަށް ގުޅާލީމެވެ.

” ހައިކް.. އެބޮތް ވަރަށް މުހިންމު ވާހަކައެއް.. މިރޭ ދިމާކޮއްބަ.. ވަރަށް އާޖެންޓް… އެކަމް އެކަކު ކައިރީވެސް ނުބުނައްޗޭ ޔަލްއާ މީޓްކުރަން އަންނަ ވާހަކަ..” ހައިކަލް ފޯނު ނެގުމާއެކު އަހަރެން ބުނެލީމެވެ.

” ހުންނަ ލަދުހަޔާތް ކުޑަކަން.. ލަދެއް ނުގަނޭތަ މީހުންގެ ފިރިންނަށް ގުޅާފަ ދިމާކުރަން ކިޔާކަށް.. އަދި ބުނެފިއެއްނު އެކަކު ކައިރީވެސް ނުބުނައްޗޭ..” ރާޔާ ވާހަކަދައްކާ އަޑު އިވުމުން މޫނު މައްޗަށް ފޯނު ކަނޑާލީމެވެ. އެހާ މުހިންމު ވާހަކައެއް ބުނަން ގުޅީމަވެސް ފޯނު ނަަގަން އިނގެނީ އެ ރާޔާގަނޑަށް ހެއްޔެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ހައިކަލްއަށް ގުޅާހިތްވެސް ކެނޑިއްޖެއެވެ. އެހެނަސް ހައިކަލްއަށް ހަޤީގަތް އިނގުން މުހިންމެވެ. ބޮޑު އޮޅުންގަނޑެއް ތެރޭގަ ހައިކަލް ބަަހައްޓާކަށް އަހަރެން ބޭނުމެއްނޫނެވެ. އެހެނަސް ދެން ހައިކަލްއަށް ގުޅޭނެ އިތުރު ގޮތެއްވެސް ނޯންނާނެއެވެ. އަނެއްކާ ހައިކަލް ނަމްބަރ ރާޔާއަށް ދިނީ ހެއްޔެވެ؟ އަނެެއްކާވެސް މެންދުރުފަހު ހައިކަލްއަށް ގުޅާލަން ނިންމީމެވެ.

ފަހުން ދެތިން ފަހަރު ގުޅީމަވެސް ފޯނެއްނުނެގިއެވެ. އަނެއްކާ އަހަރެން ގުޅާކަން އިނގުމުން ރާޔާ ފޯނު ފޮރުވީ ކަންނޭންގެއެވެ. ކޮންމެ ގޮތެއް ހަދާފަވެސް ހައިކަލްއާ ދިމާކުރަން އަހަރެން ބޭނުމެވެ. މެންދުރު ކައިގެން އަހަރެން ޔާޝާއަށް ގުޅާލީމެވެ. ޔާޝާއާ އެކު ހަވީރު ބޭރަށްދާން ޕްލޭންކުރީވެސް ހައިކަލްއާ ދިމާވޭތޯއެވެ. އެންމެފަހުން ކެތްނުވެގެން ޔާޝާ ކައިރީ ހައިކްއަށް ގުޅާލަދޭށޭ ބުނީމެވެ. ޔާޝާ ގުޅުމުން ފޯނު ނެގީ ހައިކަލްއެވެ.

” ހައިކް.. އިޓްސް މީ ޔަލް.. އައި ވޯނަ މީޓް ޔޫ ރައިޓް ނައު.. ދެއާ އިޒް ސަމްތިންގް ޔޫ ނީޑް ޓް ނޯ..  ޔަލްމެން މިިތިބީ އާޓިފިޝަލް ބީޗް ކައިރީ.. އެންޑް ރާޔާއަށް ނޭންގޭ ގޮތަށް އިނގޭ އަންނާނީ..” ހައިކަލްއާ ވާހަކަ ދައްކަމުން ބުނެލީމެވެ.

” އޯކޭ.. އަނެއްކާ ކިހިނެތް ވީ.. ” ހައިކަލް ވާނުވާ ނޭންގިފަ ހުރެ ސުވާލު ކޮއްލިއެވެ.

” ފޯނުން އެހާ ބޮޑު ވާހަކައެއް ކިޔައެއް ނުދެވޭނެ.. އާދެބަ. އޭރުން ހުރިހާއެއްޗެއް ކިޔާދޭނަން..” އެހެން ބުނެލާފަ އަހަރެން ފޯނު ބޭއްވީމެވެ. ޔާޝާމެންގެ ހުންނަނީ އެތާ ކައިރީގަ ކަމުން ޔާޝާ ގެޔަށް ލާފަ ހައިކަލްގެ އިންތިޒާރުގަ އަހަރެން ވަގުތުގުނަމުން ދިޔައީމެެވެ.

އަހަރެން ވިސްނަމުން ދިޔައީ  ހައިކަލްއަށް ހަޤީގަތް ހާމަ ކުރާނެ ގޮަތަކާމެދުއެވެ. ހައިކަލް ފަރާތުންވެސް އަހަރެންނަށް އިނގެން ޖެހޭ ބައިވަރު ވާހަކަތަށް އެބަހުއްޓެވެ. ހުރިހާ ހަޤީގަތެއް އަހަރެން ކިޔާދޭނީ ހައިކަލްވެސް އަހަރެންނަށް ހުރިހާ އެއްޗެއް ތެދުތެދަށް ކިޔާދިނީމައެވެ. މާގިނައިރުތަކެއްނުވެ ހައިކަލްއައިސް ސައިކަލް މަޑުކޮއްލިއެވެ. ހައިރާންވެފަ އަހަރެންނާ ދިމާލަށް ބަަލަންއިނީ ފެންނަމުން ިމދާ މަންޒަރު ގަބޫލު ނުކުރެވިގެންނެވެ.

” ހިނގާ ހުޅުމާލެ ދާން..” އަހަރެން ޖެހިލުންވެ ހުރެ ބުނެލީމެވެ.

” ކީއްކުރަން ހުޅުމާލެ ދަނީ.. މާލޭގަ ތިބެ ނުދެއްކޭތަ ތި ދައްކަން އުޅޭ ވާހަަކައެއް..” ހައިކަލް ފާޑަކަށް ބުނެލިއެެވެެ.

” ހޫމް.. އަހަރެން ބޭނުމީ ހަމަ ޖެހިލައިގެން މިވާހަކަ ދައްކަން..” އަހަރެން އެހެންބުނެލީ އެއްވެސް މީހަކަށް އެ ސިއްރުތަށް އިނގެން ބޭނުން ނުވާތީއެވެ.

ހައިކަލް އޯކޭ އޭ ބުނުމަށްފަހު މިސްރާބް ޖެހީ ހުޅުމާލޭ ފެރީ ޓާމިިނަލްއާ ދިމާލަށެވެެ. ފެރީގައިން އިރުވެސް އަހަރެންނަށް އިނދެވުނީ ކަޅި ޖަހާނުލާ ހައިކަލްއާ ދިމާލަށް ބަލާށެވެ. ހައިކަލްއަށް އެހެން ހީވެގެން ބަލާލާ ކޮންމެ ފަހަރަކު އަހަރެން އިސް ޖަހާލަމެވެ. އަހަރެން ހިތުގަ އެތަށް ޝަކުވާއެއް ފުނިޖެހެމުން ދެއެވެ.

ދެކެފީމޭ ބީވި މަންޒަރު އެހެނަސް ހަމަ ހިތްހެވޭ

ތިޔަލޮއެއްބެއް ނުލިބުނޭ އަދު އެހެނަސް ހަަމަ ހިތް ހެވޭ

ލޯބީގާ އަދިވެސް ބޭނުމޭ އަބަދަށްވެސް އަހަރެން ހިތް ހެވޭ

ދެގޮތެއް ނުވާނޭ ބުނެފާ އެ ކީއްވެބާއޭ ވަކިވީ

އުފަލުން އެކީގާ އުޅެފާ އެއީ ކީއްވެބާއޭ ދުރުވީ

އެގޮތެށް ނިކަން ބުނާށެ އަހަރެން މުޅިން އެކަނިވީ

ވަކިވާކަށް ހެޔޮ ނުވާނޭ ދުވަހަކުވެސް ނޭދެމޭ

ލޯބީގާ އަދިވެސް ބޭނުމޭ އަބަދަށްވެސް އަހަރެން ހިތްހެވޭ

 

” ޔަލްއަށް އިނގޭތަ އަހަރެން ޔަލްއާ އެކު ހުޅުމާލެ ނާންނަން އުޅުނީ ކީއްވެކަން؟ ޔަލްއާ އެކު ގިނަ ވަގުތު ހޭދަކުރިވަރަކަށް ޔަލްއާ ދުރުވާން އުނދަގޫ ވަތީ..” ހައިކަލް މަޑު މަޑުން އަހަރެންގެ ކަންފަތްދަށުގަ ބުނެލިއެވެެ. އަހަރެން އިތުރު އެއްވެސް އެއްޗެކޭ ނުބުނީ ހައިކަލްއަކީ މީހެއްގެ ފިރިޔަކަށްވެފަ އަހަރެންގެ އިހްސާސްތަށް ކޮންޓްރޯލް ނުވެދާނެތީއެވެ.

އަހަރެންނަށް މިއަދު ކޮންމެވެސް ވަރަކަށް ހައިކަލްގެ މަޖުބޫރީ ހާލަތު އިނގުނު ނަމަވެސް އަދި އިންގެން ބޭނުންވާ ބައިވަރު ކަންތައް އެބަހުއްޓެވެެ.

ހުޅުމާލެ ދެވުމާއެކު އަހަރެން ބޭނުންވީ ޑައިނަމޯއަށް ދާށެވެ. އެތާންގަ ތިބެ ހަމަޖެހިލައިގެން ވާހަކަ ދައްކާށެވެ. އަހަރެންގޮސް އިށީންދެލީ އެންމެ ފަހުންވެސް ހައިކަލްއާ ދެމީހުން ތިބި މޭޒް ކައިރީގައެވެ.

” އަހަރެން ބޭނުންވީ މިތަނުން އަހަރެންނަށް ދިން އެއްޗަކަށް ވުމުން ހަމަ މިތަނުން މި ހަވާލް ކުރަން..” އަހަރެން އިނގިލީގަ އޮތް ހައިކަލް އަޅުވަދިން އަނގޮޓީ ނަގާ ހައިކަލް އަތަށް ދެމުން ބުނެލީމެވެ. އަހަރެން ބޭނުންވީ ހައިކަލްގެ މޫނު މައްޗަށް އަރާ ކުލަވަރުތަށް ދެނެގަންނާށެވެ.

” މުހިންމު ވާހަކައެއް ދައްކަންށޭ ކިޔާފަ ތި ގެނައީ މި އަނގޮޓި ދޭންތަ..” ހައިކަލް ނުރުހުންތެރި ކަމާއެކު ބުނެލިއެވެ.

” ހައިކްއަށް އިނގޭތަ ހައިކް ބޭވަފާވީކަން އިނގުނު ދުވަހުވެސް އަހަރެންގެ ހިތަށް ނޭރިޔޭ މި އަނގޮޓި ނަގަން.. ހައިކްގެ ހަނދާންތަކާ ދުރަށްދާން އެވަރަށް މަސެއްކަތް ކުރި އިރުވެސް މި އަނގޮޓި އަހަރެން ނަގާކަށް ބޭނުމެއް ނުވި… ” އަހަރެން ވާހަކަ ދައްކަ ދައްކާ ހުއްޓާ ހައިކަލް އަހަރެންގެ އިނގިލީގަ އެ އަނގޮޓި އަޅުވަދިނެވެ.

” އެހެންވިއްޔާ ދެންވެސް ޔަލް އަތުގަ ބާއްވާ އިނގޭ… އަހަރެމެންގެ ލޯބީގެ ނިޝާނަކަށް..” ހައިކަލް އަހަރެންގެ އަތުގަ ހިފާލަމުން ބުނެލިއެވެ. އަހަރެން ކުއްލިޔަކަށް އަތް ދުރަށްލީ ހައިކަލްއަކީ މީހެއްގެ ފިރިއެއްކަން ހަނދާންވުމުންނެވެ.

” ހައިކް އަހަރެންނަށް އިނގޭ ހައިކް އަހަރެންނަށް ވަރަށް ބޮޑު ކަމެއް ސިއްރުކުރާކަން.. އަހަރެންނަށް ތެދަށް ހުރިހާއެއްޗެއް ކިޔާދީބަ..” އޯޑާރ ދިނުމަށްފަހު ހަމަ ޖެހިލަމުން އަހަރެންވެ މައުލޫއާގެން ކުރިޔަށްދިޔައީމެވެ.

 

? ނުނިމޭ ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mimmi ❤️

Level 410 Stories500 Comments100 Comments1K Comments

? ? Inspired by reader's comments ? ?

Other Articles

Previous

އިންތިޒާރެއް މަ ނުކުރާނަމޭ (1)

Next

ޝައިހާ

Next
April 26, 2017

ޝައިހާ

Previews
April 26, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (1)

65 Comments!

  1. Mimmi ❤️ says:
    April 26, 2017 at 2:40 am

    Guys here is 35th Part ? Enjoy Reading ? Love you all ?

  2. niky says:
    April 26, 2017 at 3:10 am

    Mimmi haadha kurukho mi part genesdhinee next part miahvuren dhigu khodheythi…mi story v reethi keep it up :-* :-* :-*

    1. Mimmi ❤️ says:
      April 27, 2017 at 11:07 am

      Thankx niky ?

  3. Rish says:
    April 26, 2017 at 3:32 am

    When next part?n this part also very nice.its my first comment on this side.pls next part dhigu kohgenes dhejje.

    1. Mimmi ❤️ says:
      April 27, 2017 at 11:14 am

      Thankx Rish ?

  4. Yal says:
    April 26, 2017 at 3:46 am

    Hadha kurey koniraku dhen up kodhenee

    1. Mimmi ❤️ says:
      April 27, 2017 at 11:14 am

      Uploaded ?

  5. Any says:
    April 26, 2017 at 6:56 am

    V nice love you

    1. Mimmi ❤️ says:
      April 27, 2017 at 11:15 am

      Thankx Any ?

  6. Sham cham says:
    April 26, 2017 at 7:09 am

    When next part?? N this part also very nice…keep it up…waiting for the next part…

    1. Mimmi ❤️ says:
      April 27, 2017 at 11:15 am

      Thankx Sham ?

  7. Chum handi says:
    April 26, 2017 at 7:18 am

    wow… lov it… waiting for the next part……

    1. Mimmi ❤️ says:
      April 27, 2017 at 11:16 am

      Thankx Chum ?

  8. Ninni says:
    April 26, 2017 at 7:30 am

    Dhen haadha kurey. Pls next part dhigukoh genesdhechchey.. vvv reethi mi vaahaka..

    1. Mimmi ❤️ says:
      April 27, 2017 at 11:16 am

      Thankx Ninni ?

  9. mau says:
    April 26, 2017 at 7:50 am

    Haadha kurey genesdheyleh…. Week aku ehfaharu genesdhinas thankolheh genes dheny…. Kada… Ithooooooo ge story balaabala haadha bestey eheedhigukn genesdheny vx… Midhen boduvaru Kane.. Anyways nice mi story vx

    1. Saandy says:
      April 26, 2017 at 1:21 pm

      Sorry reply eh dheyn jeheythy… Ekamves thibuni ehchakun hama hageegaiy neyngi oiyhen heevegen bunelany… Ithoo aa Mimmi aa 2 kudhinnakeeves v bixykoh ulhey dhekudhin… Ekam Ithooge story aky ekkoh liye nimifa oiy story eh… So v dhigukoh genesdhinumuge possibility onnaane… Mi vaahaka-aky konme partehves vaguthun liyefa up kuraa story eh veema ehaa dhigukoh genesnudheveny kamah Saandy ah qaboolu kureveny… Don’t take it wrong… It’s the truth… Saandy mihen buneema baeh kudhin v hiyyhama nujehifa comment kuraanehen Saandy ah heevany… But I don’t care… Aslu eki writers alhaakiyumaky v dhera kameh… Hama bunely

    2. Aff says:
      April 26, 2017 at 2:32 pm

      Good point saandy?

    3. Imagination says:
      April 26, 2017 at 6:59 pm

      What u said is so true saandy.. Aslu vaguthun liyefa upp kurumakii hama v burs kameh… Ine can only understand when they do it.. Mi story hama v baraabaru. <3

    4. Mimmi ❤️ says:
      April 27, 2017 at 11:21 am

      Thankx mau ? Life kanthah hunna gothun ehaa time nulibeny dhigukoh liyelan.. Ekamves try kuraanan dhigukoh genesdheveythw..
      Saandy thankx for supporting me ?. Asluves dhw imagination.. Gina faharu ekan understand vaany ekamaa face kuran jehunyma.. Anyways Thankx ?

  10. lara says:
    April 26, 2017 at 7:57 am

    v salhi. ekam dheythere akun laafa ehunna lava thakun ehaa kamaku nudhey. its not important

    1. Mimmi ❤️ says:
      April 27, 2017 at 11:22 am

      Thankx lara ?

  11. warah vaahaka says:
    April 26, 2017 at 8:40 am

    midhen waahaka ? wahaka kiyaa myhun hama inthizaaruge gitaa jahany. wahaka update waa iru dhefukaa bai -.- waahaka reechas mihen wanya foohiwaane kiyan

    1. Mimmi ❤️ says:
      April 27, 2017 at 11:23 am

      I am so sorry kurukoh genesdheveythi.. Aslu ehaa time nuvany dhigukoh liyelan ?

  12. dailyreader says:
    April 26, 2017 at 9:18 am

    Oh raaya dhw shammu ah landu dheefa dhiyai. Vedhane ehen v irun shammu ge kid haik boluga alhuvaigen raya ulheni kmah. Foohi meeheh mi raaya mi enmen eynage malhi jassan evareh neh. Mimmi avahah eyna bust kohllaba plz

    1. Mimmi ❤️ says:
      April 27, 2017 at 11:24 am

      Hehe dhw.. Thankx dailyreader ?

  13. Reader says:
    April 26, 2017 at 9:19 am

    Aharen mee mi vaahaka baraabarah kiyaa commentves kiyaa meeheh. Mimmi kuree episode thakugaves bunefa ebain bxy kamunney dhigukoh genesnudheveny. Writer aa dhimaalah thigothah ehches kiyumuge badhaluga writerge situation understandvun muhinmu dhw. Office ah gosfa anehkaa college ah dhamun dhimaa madhu time kolhuga story liyaairu dhigukoh nuliyevidhaanekamah ves understand vaan vaane dhw. Mimmi kairy bunelaanee kudhin egothah kiyas alhaa nulaashey. mimmi ah up kurevey varakun upkohlyma ok vaane. mi partves vara reethi

    1. Azu says:
      April 26, 2017 at 10:45 am

      Yes….u r right…?

    2. Mimmi ❤️ says:
      April 27, 2017 at 11:25 am

      ThankxReader.. Thigothah understand vaane nama dhw ehn kudhinves ?

  14. Mary says:
    April 26, 2017 at 9:24 am

    Story varah reethi.. Speechless hama.. avahah upkohladhehchey

    1. Mimmi ❤️ says:
      April 27, 2017 at 11:25 am

      Thankx Mary ?

  15. Xaan says:
    April 26, 2017 at 9:31 am

    V salhi dhen avahah hageegai kiyaadheeber thankolheh avahah

    1. Mimmi ❤️ says:
      April 27, 2017 at 11:26 am

      Thankx Xaan ?

  16. Faithful ithoo says:
    April 26, 2017 at 9:53 am

    Mimmi mihaaru ehaa lahun genna iru ehaa kurukoh gennany kyvve. Mimmi ves fake vaan feshytha?
    Varah dhera vey ehn vejjeyaa

    1. Mimmi ❤️ says:
      April 27, 2017 at 11:27 am

      Nooon fake v eh noon.. Hama buxy kamun kurukoh genesdheveny ?

  17. Nuxu says:
    April 26, 2017 at 9:56 am

    All i can say is WOW Keep it up mimmi love

    1. Mimmi ❤️ says:
      April 27, 2017 at 11:27 am

      Thankx Nuxu ?

  18. Aish says:
    April 26, 2017 at 10:19 am

    Mihaaru esfiyaiga in enme reethi story ekam kudhin ebunaahen thankolheh dhigukoh genesdhinyma enme perfect vaane

    1. Mimmi ❤️ says:
      April 27, 2017 at 11:28 am

      Thankx Aish.. Try kohlaanan dhigukoh genesdheveythw ?

  19. Kiara says:
    April 26, 2017 at 10:22 am

    Wow..??
    Dhn vaagotheh balaa hithun hurevenee eh nun..

    Mi part kuru varah..ekm aee kiyaa hithun ineema kury..ehaa vs reethi viyya..
    Kameh bust vaan ulhefa ninmaaleema adhi kihaa kuruhen heevaane..aee hama kiyaa hithun vaagoih..
    Next part when up kurany..??

    1. Mimmi ❤️ says:
      April 27, 2017 at 11:29 am

      Yah dhw.. Kiyaahithun hurymaves ehn feel vaane. ehn part thakahvure mi part dhigukoh ekam mimmi genesdhiny.. Thankx Kiara ?

  20. Hykal says:
    April 26, 2017 at 10:27 am

    Mimmi Thank you so much thihaa busykoh ulhemun story upkohla dheythi ? baeh readers ah understand nuviyas I do understand your situation sis ? Keep it up ?

    1. Mimmi ❤️ says:
      April 27, 2017 at 11:30 am

      Awwwn Thankx Hykal ?

  21. mary says:
    April 26, 2017 at 10:36 am

    Wow v v v reethi waiting for next part ????

    1. Mimmi ❤️ says:
      April 27, 2017 at 11:30 am

      Thankx Mary ?

  22. Faathee says:
    April 26, 2017 at 10:40 am

    Wow obiness to the max. V reethi. Thanks mimmi. Kuru koh genes dhinas ok, but khonme dhuwahaku up kohla dheveyne gothe nuvaane tha? Story reethi kamun kiyaa hithun hama

    1. Mimmi ❤️ says:
      April 27, 2017 at 11:31 am

      Thankx Faathee.. Try kuraanan dailykoh upkohla dheveythw ?

  23. Raayaa says:
    April 26, 2017 at 10:46 am

    Yalvee kaley visnaigen hunnaany aharenge dharifulhaa dhiriulhumu therah vadhefa kaleyah vaki ufalaku noolheveyne

    1. Mimmi ❤️ says:
      April 27, 2017 at 11:32 am

      Hehe raayaa ?

  24. silver mist says:
    April 26, 2017 at 11:45 am

    Vrh vrh vrh reethi..pls pls pls avahah nxt part up kohdhiibaa … Can’t wait

    1. Mimmi ❤️ says:
      April 27, 2017 at 11:32 am

      Thankx silver mist ?

  25. Saandy says:
    April 26, 2017 at 1:25 pm

    WOW!! V salhi… E-ee Haikalge dharieh noon 99.9% sure… Mi Raayaage nulafaakan hahdhu fahana alhaafa dhw… I hate Raayaa… Next partge inthizaaruga mihury… Pls up it soon… N miahvure dhigukolladhehchey pls… Keep it up Mimmi 🙂

    1. Mimmi ❤️ says:
      April 27, 2017 at 11:37 am

      Thankx Saandy ?

  26. Maly says:
    April 26, 2017 at 1:42 pm

    Alhey yal ah kon kamehbaa mi inguny.. anekka raaya ge dhari aky shammu ge dhari eh baa.. haikal ah kon majuboorehbaa vy?? waiting for next part.. v v reethi mi part ves.. thank u mimmi.. keep it up..

    1. Mimmi ❤️ says:
      April 27, 2017 at 11:42 am

      Thankx Maly ?

  27. Sidhu says:
    April 26, 2017 at 2:30 pm

    Wow.?mimmi ge story haadha reechey…obiness to da max❤❤I. Luv it….
    Thihaa buxy koh ulhemunvex kiun therinnan vaahaka update kohdheythi sukuru verivan.thankx mimmi.????

    1. Mimmi ❤️ says:
      April 27, 2017 at 11:43 am

      Awwwn thank you so much sidhu ?

  28. Aysha says:
    April 26, 2017 at 2:47 pm

    Varah reethi mi bai ves. Thankolheh kuree eh ee aslu kiyaa hithun iny ma kan neynge dho.varah habeys mimmi waiting waiting for next part. U r great.

    1. Mimmi ❤️ says:
      April 27, 2017 at 11:43 am

      Thankx Aysha ?

  29. tui says:
    April 26, 2017 at 3:38 pm

    vvv salhi mivahaka mee mihar mi site ga in enme enme salhi vahaka thankolheh avas avaha up kohleema v best vane keep it up mimmi ????????????thank u

    1. Mimmi ❤️ says:
      April 27, 2017 at 11:44 am

      Awwwn thank you tui .. So happy to know that ?

  30. sam says:
    April 26, 2017 at 6:38 pm

    Vvvvvv nice igey please up next part ……waiting

    1. Mimmi ❤️ says:
      April 27, 2017 at 11:44 am

      Thankx sam ?

  31. ella says:
    April 26, 2017 at 7:45 pm

    Its awesome.vrh vrh riithi.next part kiya hithun mi hunnanii hama.yal aa haik gulhuniima enme riithi vaanii

  32. Mimmi ❤️ says:
    April 27, 2017 at 11:45 am

    Thankx Ella.. Yal & haik is perfect together ?

Comments are closed.

Next Episodeފުން ލޯބި (36)←


All Right Reserved!