Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އިއުނާސް (1)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
May 1, 2017 8 Mins Read
60 Comments

މިއުވާންއަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އޭނާގެ ހަގަށް ދެ އަންހެންކުދިން ތިބެއެވެ. އާއިލާގައި އޭނާގެ އިތުރަށް ތިބީ ދެ އަންހެންކުދިންނަށްވެފައި އެކުދިންނާ އުމުރުގެ ފަރަޤު ބޮޑުކަމުން އޭނާއަށް އަބަދުވެސް އެކަނިވެރިކަން އިހުސާސްވެއެވެ. އެހެންކަމުން އޭނާގެ މަންމަ މުނީޒާއާއި ބައްޕަ މާހިރުއަށް އޭނާއާ ދޭތެރޭ ޚާއްސަ ގޮތެއް ބެހެއްޓެއެވެ. ދޮށީ ދަރިއަށްވެފައި ހުރި ހަމައެކަނި ފިރިހެން ދަރިއަށް ވާތީވެސްމެއެވެ. ނަމަވެސް ދެން ތިބި އެކުދިންނަށް އެކަން އިހުސާސް ނުވާނެހެން އެކުދިންނަށްވެސް ލޯބިދެއެވެ. ދަރިން ތަފާތުކުރުމަކީ އެކުދިންގެ މެދުގައި ކިހާ ބޮޑު ފިތުނައެއް އުފެދިދާނެ ކަމެއްކަން އެދެމަފިރިންނަށް އެނގެއެވެ.

މެންދުރުގެ ކެއުމުގެ ވަގުތުގައި އެ ކުޑަކުޑަ އާއިލާ އެއްކޮށް ބައިވެރިވިއެވެ. ކާ ގަޑިތަކުގައި އެންމެން ހަމަވުމަކީ މާހިރުގެ ނަޒަރުގައި ކޮންމެހެން ލާޒިމް ކަމެކެވެ. އެއްވެސް ބަހަނާއެއް އެކަމުގައި ޤަބޫލެއް ނުކުރެވޭނެއެވެ. ފިސާރި ގޮތެއްގައި ހުންނަ ފިރިހެނެކެވެ.

ކެއުމުގެ ވަގުތުގައި މާގިނަ ވާހަކަތަކެއް ނުދެކެވުނު ނަމަވެސް މާހިރު އިންގޮތުން އޭނާ ކޮންމެވެސް ކަމަކާ ވިސްނަމުންދާކަން މިއުވާންއަށް އެނގުނެވެ. ނަމަވެސް އޭނާ އެކަމާ ބެހޭގޮތުން ސުވާލު ނުކުރީ ކެއުމުގެ ވަގުތުގައި މާގިނައިން ވާހަކަދެއްކުމަކީ މާހިރު ވަރަށް ނުރުހޭ ކަމެއްކަން އެނގޭތީއެވެ. މާހިރު އިރުއިރުކޮޅާ މިއުވާންއަށް ބަލާލާތީ އޭނާ މިއުވާންއާ ވާހަކައެއް ދައްކަން އުޅޭހެން މިއުވާންއަށް ޔަޤީނާއި ގާތަށް ހީވިއެވެ.

“ދަރިފުޅާ މިއުވާން. ކައިގެން ބައްޕަމެން ކޮޓަރިއަށް އަންނާތި އިނގޭ.” ކައިގެން ތެދުވަމުން މާހިރު މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

“ލައްބަ ބައްޕާ.” މިއުވާންގެ ހިތް ނުތަނަވަސްވީ މާހިރު ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން ނޭނގޭތީއެވެ. ޔަޤީނުންވެސް އެއީ ބޮޑު ވާހަކައެކެވެ. ނޫންނަމަ އޭނާ ވަކިން ކޮޓަރިއަށް ގެންގޮސްފައި އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްތާއެވެ. އަނެއްކާ މާހިރު ދައްކަން އެއުޅެނީ ކޮން ވާހަކައެއްބާއޭ މިއުވާންގެ ހިތަށްއެރިއެވެ.

“ކިހިނެއްތޯ ވީ ބައްޕާ؟ ވަރަށް ބޮޑު ވާހަކައެއް ދައްކަވަން އުޅުއްވާހެން އަޅުގަނޑަށް ހީވަނީ.” މިއުވާން ކޮޓަރިއަށް ވަދެގެން ގޮސް މާހިރުގެ ކުރިމަތީ މަޑުކޮށްލަމުން އަހާލިއެވެ.

“ދަރިފުޅާ! މިތާ އިށީނދެބަލަ.” މިއުވާން އެނދުގައި އިށީނދެ ހަމަޖެހިލިއެވެ. މާހިރު އެ ދައްކަން އުޅޭ ވާހަކައެއް އަޑުއަހަން އޭނާ އިނީ ކެތްމަދުވެފައެވެ. އަނެއްކާ އޭނާއަށް ގޯސްކޮށް ކަމެއް ކުރެވުނީބާއޭ ހިތަށްއެރުމުން ހިތް ތެޅެންފެށީ އޮބިނޯންނަ ވަރަށެވެ.

“ބައްޕަ މިދައްކާ ވާހަކަ ވަރަށް ވިސްނުންތެރިކަމާއެކު ރަނގަޅަށް އަޑުއަހާތި.” މިއުވާން ބޯޖަހާލިއެވެ.

“ދަރިފުޅާ! މިހާރު ދަރިފުޅުވެސް ތިހުރީ ބޮޑުވެފަ. މީހަކާ އިންނަވަރުވެފަ. ޒުވާން ދުވަސްވަރަކީ ވަރަށް ފަސޭހައިން މީހާ މަގުން ކައްސުވާލާ ދުވަސްވަރެއް. ކިތަންމެ ވިސްނައިގެން އުޅުނަސް ގިނަފަހަރު އޮންނާނީ ގޯސް ހެދިފަ. ދަރިފުޅަށް އެހެން ވާނެއެކޭ ނޫން. ބައްޕަ މިބުނި އެއްޗެއް ވިސްނޭ ދޯ އެބަ؟” މިއުވާން ބޯ ޖަހާލިއެވެ.

“މިއަދު މަންމައާ ބައްޕަ ލޯމަރާލިޔަސް ކޮއްކޮމެންނަށް ވާނެގޮތް ވިސްނާލަންވެސް ދަތި. ދަރިފުޅަށް އެނގޭނެ މަންމައާއި ބައްޕަގެ އާއިލާގެ އެކަކުވެސް މިދުނިޔޭގަ ނެތްކަން. އެކުދިންނަށް އަޅާލާ އާއިލާގެ ހުރިހާ ޒިންމާއެއް އުފުލަން ހުރި މީހަކީވެސް ހަމައެކަނި ދަރިފުޅު. ދަރިފުޅާ! ހަޤީޤީ ދިރިއުޅުން ފެންނާނީ އަމިއްލަ ދިރިއުޅުމެއް ފެށުނީމަ. ބައްޕަ އެދެނީ ދަރިފުޅު ވީހާވެސް އަވަހަކަށް ދިރިއުޅުމެއް ފަށަން. ދަރިފުޅު އެބަ އެކަހަލަ ޚިޔާލެއް ގެންގުޅެންތަ؟ މިހެން ބުނާއިރުވެސް އެނގޭ ތިއުމުރަށް ދާއިރު އެކަހަލަ ވިސްނުންތަކެއް ހުންނާނެކަން. އެކަމަކު ބައްޕަ މިދައްކަނީ ޓައިމް ޕާސްކޮށްލަން ބާއްވާ ގުޅުންތަކުގެ ވާހަކައެއް ނޫން. ކައިވެނީގެ ވާހަކަ.” މާހިރު އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް މިއުވާން އެއްޗެކޭ ނުބުނެއެވެ. އޭނާ އިނީ އެވާހަކަތަކާ ދޭތެރޭ ވިސްނާށެވެ.

“އެކަމަކު ބައްޕާ…”

“ބައްޕައަށް އެނގޭ އަދިވެސް ދަރިފުޅަށް އިއުނާސްގެ ހަނދާންތަކާ ދުރަށް ނުދެވޭކަން. އެކަމަކު ތިގޮތަށް ބޭކާރު ގޮތުގައި ދަރިފުޅުގެ އުމުރު ނަގާލާކަށް ބައްޕަ ބޭނުމެއް ނޫން. ކިތަންމެ ވަރަކަށް އެހަނދާންތައް އާކުރިޔަސް އިއުނާސް އެނބުރިއެއް ނާންނާނެ. ދަރިފުޅަށްވެސް އެކަން އެނގެއެއްނު.” މާހިރު މިއުވާންއަށް ވިސްނައިދޭފަދަ ގޮތަކަށް ބުންޏެވެ.

“ލައްބަ ބައްޕާ. އެކަމަކުވެސް އަޅުގަނޑަކަށް ނޭނގެ ކީއްވެކަމެއް އެހަނދާންތަކާ ދުރަށް ނުދެވިގެން މިއުޅެނީ. އަޅުގަނޑު ވަރަށް މަސައްކަތްކޮށްފިން އެހަނދާންތަކާ ދުރަށް ދެވޭތޯ. އެކަމަކު ދުރަށް ދާން މަސައްކަތް ކުރާވަރަކަށް އެހަނދާންތައް އާވުން ނޫންކަމެއް ނުވޭ.” މިއުވާންގެ ދެލޮލުން ކަރުނަ ހިލުނުތަން ފެނުމުން މާހިރުވެސް ދެރަވިއެވެ.

“ބައްޕައަށްވެސް އެނގޭ ކަންތައް ދިމާވިގޮތުން ތިހެން ވާނެކަން. އެކަމަކުވެސް ދުނިޔޭގަ ނެތް މީހަކަށްޓަކާ އުމުރު ބޭކާރުކޮށްލުމަކީ މޮޔަކަމެއް ދަރިފުޅާ. ބައްޕަ މިހެން ބުނީމަ ދަރިފުޅަށް ހީވެދާނެ ބައްޕައަކީ ވަރަށް ރަހުމުކުޑަ މީހެކޭ. އެކަމަކު އެހެނެއްނޫން. ބައްޕަ ބޭނުންވަނީ ދަރިފުޅު އުފަލުގަ ހުންނަން. ދަރިފުޅުގެ ދިރިއުޅުން ތިގޮތަށް ބޭކާރުކޮށްލާތަން ދެކޭކަށް ބައްޕައަކަށް ކުޅަދާނައެއް ނުވޭ. ދަރިފުޅާ އެއް އުމުރުގެ ކުދިން މީހުންނާ އިނދެ ދަރިން ގޮވައިގެން އުޅޭތަން ފެނުނީމަ ބައްޕަ ވަރަށް ހިތަށްއަރާ ދަރިފުޅަށް އެފަދަ ނަސީބެއް ލިބޭނީ ކޮންދުވަހަކުންބާއޭ؟ ބައްޕައަށް ކާފާއޭ ކިޔާ ގޮވާލާނެ ކުއްޖަކު ލިބޭނީ ކޮން ދުވަހަކުންބާއޭ؟” މާހިރު ދެރަވެފައި ވާހަކަދެއްކި ގޮތުން މިއުވާންވެސް ދެރަވިއެވެ.

“ބައްޕާ! އަޅުގަނޑު ހިތަކަށް ނާރާ ބައްޕައަކީ ރަހުމުކުޑަ މީހެކޭއެއް. ބައްޕަ އިއުނާސްދެކެ ވީލޯބި އަޅުގަނޑަށްވެސް އެނގޭ. އިއުނާސްގެ ކުއްލި ވަކިވެދިއުމާ ގުޅިގެން ބައްޕަ ކުރި ހިތާމަވެސް އަޅުގަނޑު ދުށިން. ބައްޕާ! އަޅުގަނޑު މިބުނާ ވާހަކައަކުން ބައްޕަވެސް އަޅުގަނޑަށް ކުރައްވާނީ މަލާމާތް ކަންނޭނގެ. އެކަމަކު ފޮރުވާކަށް ނެތިން. އިއުނާސް ވަކިވެ ދިޔަތާ ފަސްއަހަރު ވީއިރުވެސް އަޅުގަނޑަކަށް އިހުސާސެއް ނުކުރެވޭ އިއުނާސް ދުނިޔޭގަ ނެތްކަމެއް.” މިއުވާން އެހެން ބުނުމުން މާހިރުއަށް ކުއްލިއަކަށް ބަލާލެވުނެވެ.

“މަގޭ ދަރި މިހިރީ ހަމަ ރަނގަޅަށްވެސް އެކުއްޖާއާ ހެދި ދީވާނާވެފަ.” މާހިރުއަށް ހިތާހިތާ ކިޔާލެވުނެވެ.

“ދަރިފުޅާ! ބައްޕައަށްވެސް ވިސްނޭ. މީހަކުދެކެ މާބޮޑަށް ލޯބިވެއްޖެއްޔާ ތިކަހަލަ އިހުސާސްތަކެއް ކުރެވިދާނެ. އެކަމަކު ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ މަރުވުމަށްފަހު އެނބުރި ނާންނާނެކަން.” މާހިރު ބުނެލިއެވެ.

“ބައްޕާ! އަޅުގަނޑު ބައްޕަ ތިދެއްކެވި ވާހަކަތަކާމެދު ވިސްނާނަން.” މިއުވާން އެހެން ބުނެލުމުން މާހިރު، ދެން ދިޔަޔަސް އެންމެ ރަނގަޅުކަމަށް ބުންޏެވެ.

މިއުވާން ކޮޓަރިން ނުކުމެވުމާއެކު ފުން ނޭވާއެއް ދޫކޮށްލިއެވެ. ކުއްލިއަކަށް ބައްޕަ އެވާހަކަ އެދެއްކީ ކީއްވެބާއޭ އޭނާގެ ހިތަށްއެރިއެވެ. ބައްޕަ ބުންޏަސް އެއީ ކުރާކަށް އެހާ ފަސޭހަކަމެއް ނޫނެވެ. އިއުނާސްއަކީ އޭނާގެ ހުރިހާ އުފަލަކާއި ގުޅިފައިވާ އަންހެންކުއްޖާއެވެ. އެ އަންހެންކުއްޖާގެ އެ ކުއްލި ވަކިވެދިޔުން އަދިވެސް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އަބަދުވެސް އިއުނާސް އޭނާގެ ކައިރީގައި ވާކަމުގެ އިހުސާސް އޭނާއަށް ކުރެވެއެވެ. ވިސްނުމުގައި ހުރެ އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު ދާދި ކައިރީގައި ހުރި މުނީޒާ ފެނި ސިހުނުވަރުން އަނގައިން ފާޑެއްގެ އަޑެއްވެސް ލައްވާލެވުނެވެ. މިއުވާންއަށް ވީގޮތުން މުނީޒާ ގާތަށް ވަރަށް ހިނިއައެވެ.

“މަންމަވެސް ދޯ؟ އަޅުގަނޑު ކިރިޔާ ބިރުން ހަލާކުނުވީ ކުއްލިއަކަށް އެހާ ކައިރިން ފެނުނީމަ.” މިއުވާން މޭގައި އަތް އަޅާލަމުން ބުނެލިއެވެ.

“ބައްޕަ ކޮން ވާހަކައެއްތަ ދެއްކީ؟” މުނީޒާ އެހެން އަހާލިއިރު އޭނާގެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. މިއުވާން ލަދުން އިސްޖަހާލީ މުނީޒާ އޭނާއާ ދިމާކޮށްލާފަދަ އިޝާރާތެއް ކޮށްލީމައެވެ.

“މީ… މަންމަ ބައްޕަ ގާތު އައްސަވާ.” މިއުވާން އެހެން ބުނެލުމަށްފަހު ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“އަހަރެން މިއުވާންއާ އެވާހަކަ ދައްކައިފިން. އެސޮރު އަދިވެސް އިއުނާސްގެ މަތިން ހަނދާނެއް ނުނެތޭ. އެކަމަކުވެސް ކައިވެންޏާ ދޭތެރޭ ވިސްނާނަމޭ ބުނީ.” މުނީޒާ އައިސް އެނދުގައި އިށީނުމުން މާހިރު ބުނެލިއެވެ.

“އާނ. ވާނީވެސް އެހެންތާ. ކައިވެންޏަށް ހުރިހާ ތައްޔާރީއެއްވެފައި އޮއްވާ ކުއްލިއަކަށް ހަމަ ކައިވެނިކުރަން އޮތްރޭ އިއުނާސް ދަންޖެހިފަ ހުއްޓާ އެ ފެނުނީ. އެހެންވީމަ އެކަން ހަނދާން ނައްތާލަން ކިހާ ދަތިވާނެ. އަދިވެސް އަހަރެންނަކަށްވެސް ޤަބޫލެއް ނުކުރެވޭ އޭނަ އަމިއްލައަށް ދަން ޖެހުނީ ކަމަކަށް.” މުނީޒާގެ ވާހަކައަށް މާހިރުވެސް އެއްބަސްވިއެވެ.

“އަދި މިއުވާން ބުނި އޭނައަކަށް އިހުސާސެއް ނުވެޔޭ އިއުނާސް ދުނިޔޭގަ ނެތްކަމެއް.” މާހިރު އެހެން ބުނުމުން މުނީޒާއަށްވެސްވީ މިއުވާން އެހެން ބުނުމުން މާހިރުއަށް ވީކަހަލަ ގޮތެކެވެ.

މިއުވާން ކޮޓަރިއަށް ވަދެފައި އަނެއްކާވެސް ނުކުތީ އޭނާ ކޮޓަރިއަށް ގެންނަންވެގެން އައިސްއަލަމާރިން ނެގި ފެންފުޅި ބަހައްޓާފައި އާދެވުނުކަން ހަނދާންވެގެންނެވެ. އޭނާ ބަދިގެއަށް ދިއުމަށްޓަކައި ގޮސް މާހިރުމެން ކޮޓަރިއާއި ހަމައަށް އެރި ވަގުތު އޭނާއަށް ހުއްޓެވުނީ މާހިރު ބުނި އެއްޗަކުންނެވެ.

“އަހަރެން ހިތަށްއަރަނީ މިއުވާންގެ ކައިވެނި ރައޫފްގެ ދަރި ރުކާންއާ ކުރުވަން ހާދަ ރަނގަޅުވާނެޔޭ. ނުލާހިކު އަޚްލާޤު ރަނގަޅު ގެވެހި މަންޖެއެއް އެއީ.” މާހިރު އޭނާ އެދޭ އެދުމެއް ހާމަކުރިއެވެ.

“އާނ. ރުކާންއަކީ އަހަރެންވެސް ވަރަށް ރުހޭ ކުއްޖެއް. އަހަރެންވެސް ވަރަށް ބޭނުންވޭ އެދެކުދިން ގުޅޭތަން ދެކެން. އެކަމަކުވެސް މިއުވާން ރުހޭ ކުއްޖަކާ އޭނަގެ ކައިވެނި ކުރުވަންވާނީ. ނޫނީ އެދެކުދިންގެ ދިރިއުޅުންވެސް ހަލާކުވާނީ.” މުނީޒާ ބުންޏެވެ.

“އާނ. ދެން އިހަށް މަޑުކޮށްލާނީ ދޯ އެސޮރުގެ ހޮވުމަކީ ކޮބައިތޯ ބަލާލަން.” މާހިރުގެ ބަހަށް މުނީޒާވެސް އެއްބަސްވިއެވެ.

މިއުވާން އަވަސްއަވަހަށް ގޮސް ބަދިގެއަށް ވަދެ ފެންފުޅި ހިފައިގެން އައިސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެވުމާއެކު ދޮރު ތަޅުލާފައި ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާ ރުކާންއާއި ގުޅުވަން މަންމަމެންގެ ހިތަށް އެރީތީވެސް އޭނާ ދެރަވިއެވެ. ރުކާންއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ރުކާންވެސް އޭނާއާމެދު އެފަދަ ގޮތަކަށް ނުވިސްނާނެކަން އޭނާއަށް ޔަޤީންވެއެވެ. އަނެއްކޮޅުން އޭނާގެ ހިތުގައި އިއުނާސްއަށްޓަކައިވާ ލޯތްބަކަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ. އެހެންވީއިރު އޭނާ ރުކާންއާ ކައިވެނިކޮށްފިނަމަ ދެމީހުންގެ ދިރިއުޅުންވެސް ވާނީ ހަލާކެވެ. ނަމަވެސް އޭނާގެ މަންމައާއި ބައްޕަ އެހާ ރުހޭ ކަމަކަށް ދެކޮޅު ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ކުއްލިއަކަށް ވިސްނަން ޖެހުނު މިބޮޑު ކަންތަކުގެ ސަބަބުން އޭނާގެ ބޮލުގައި ރިއްސަން ފެށިއެވެ.

“ވާން! ލޯ ހުޅުވަބަލަ. މިހާރު ބޮލުގަ ރިހުން ކިހިނެއްތަ؟” ބޮލަށް ލުއިވާން ފެށުމުން މިއުވާން މަޑުމަޑުން ލޯ ހުޅުވާލިއެވެ. އޭނާގެ ބޯ އުނގަށް ލައިގެން، ބޯ މޮޑެދޭން އެއިނީ އިއުނާސް ނޫން ދެވަނަ މީހެއް ނޫނެވެ. އޭނާއަށް ހިނިތުންވެލެވުނީ ދުވަސްގަނޑެއް ފަހުން އިއުނާސް އެހާ ގާތުން ފެނިލީމައެވެ.

“ނާސް! އަހަރެން…”

“ޝްޝްޝް!!” މިއުވާންގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އިއުނާސް ބޯ ހޫރުވާލިއެވެ.

“ވާން ހީކުރީ އަހަރެން މުޅި އުމުރަށް ވާންއާ ވަކިވީ ކަމަށްތަ؟ އަހަރެން ކިހިނެއް ވާންއާ ދުރުގަ ކެތްކުރާނީ؟ ވާން ނުފެންނަ ހިސާބަކު އަހަރެންނަކަށް ކެތެއް ނުވާނެ.” އިއުނާސް ކުއްލިއަކަށް ރޯން ފެށުމުން މިއުވާންގެ ހިތަށް ތަދުވިއެވެ.

“ނާސްއާނުލާ އަހަރެންނަކަށްވެސް ނޫޅެވޭނެ.” މިއުވާން ބުނެލިއެވެ.

“އެކަމަކު ވާންގެ ބައްޕަ ބޭނުންވަނީ ރުކޫއާ ވާން ކައިވެނިކުރަން. އަހަރެންނަކީ މިހާރު އެހެންމީހުންގެ ލޯމައްޗަށް މަރުވެފަ ހުރި މީހެއް. އެހެންވީމަ އަހަރެމެން ކިތަންމެ ލޯބިވިޔަސް ދުވަހަކުވެސް އަހަރެމެންނަކަށް ނުގުޅެވޭނެ. އެހެންވީމަ ވާން އަހަރެންދެކެ ލޯބިވަންޏާ ރުކޫއާ ކައިވެނިކުރޭ. އަދި އަހަރެންދެކެ ވީލޯބި ރުކޫއަށް ދީ. އަދި ދުވަހެއްގެ ކޮޅުންވެސް ރުކޫއަށް ދެރައެއް ނުދޭތި. އަހަރެންނަށް އެނގޭ ރުކޫ ވާންދެކެ ވަރަށް ލޯބިވާކަން. ފަހަރެއްގަވެސް އަހަރެންނަކަށް ވާންދެކެ އެވަރަކަށް ލޯތްބެއް ނުވެވޭނެ. އަދި އަހަރެމެން އެންމެންނަށް ވިސްނާލާފަ ވާން ރުކޫއާ ކައިވެނިކުރޭ.”

“ނާސް!” މިއުވާންއަށް ނިދިން ހޭލެވުމާއެކު ދެކޮޅު ހޯދާލިއެވެ. އެތާނގައި އެކަކުވެސް ނެތެވެ. އޭނާއަށް މި ފެނުނީ ހުވަފެނެއްތާއޭ ހިތަށްއެރިއެވެ. އެކަމަކު މިއަދަކު މިފެނުނީ ހާދަ ފާޑެއްގެ ހުވަފެނެކެވެ. މީގެކުރިންވެސް އިއުނާސް އޭނާއަށް އެކިއެކި ޚިދުމަތްތައް ކުރުމުގައި އުޅެނިކޮށް ހުވަފެނުން ފެނެއެވެ. ނަމަވެސް މިފަހަރު މުޅިން ތަފާތެވެ. މިފަހަރު އެބުނީ ރުކާންއާ ކައިވެނި ކުރާށޭއެވެ. އިއުނާސްގެ މަތިން ހަނދާން ނައްތާލާށޭއެވެ. އެއީ އޭނާއަށް ވާނެ ކަމެއްނޫނެވެ. އެފެނުނު ހުވަފެނެއްގެ ސަބަބުން އޭނާގެ ޠަބީއަތު ގޯސްވިއެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވިއެވެ. އެހުވަފެނަކީ މިއަދު އޭނާ މާބޮޑަށް އެކަމާ ދޭތެރޭ ވިސްނުމުން ފެނުނު ހުވަފެނެއްކަމާއި ހުވަފެނަކީ ބިލާހެއްކަން ހިތަށް ވިސްނައިދެމުން އޭނާ ފާޚާނާއަށް ވަނީ ފެންވަރާލާ ތާޒާވެލާށެވެ.

“ދަރިފުޅާ! ހާދަ ގަދައަކަށޭ ނިދާފަ އޮތީ. މަންމަ ވަރަށް ގޮވިން.” މިއުވާން ކޮޓަރިން ނުކުމެގެން ބަދިގެއަށް ދިޔަތަނާ މުނީޒާ ބުނެލިއެވެ. އޭރު މުނީޒާ އުޅެނީ ނިދަން ދިއުމުގެ ކުރިން ރިހަ ތެލި ހޫނުކުރާށެވެ.

“ލައްބަ މަންމާ. ބޮލުގަ ރިއްސާތީ ޖައްސާލިތަނާ ނިދުނީ. އަޅުގަނޑަކަށްވެސް ނޭނގެ ކީއްވެކަމެއް. މިއަދު ވަރަށް ގިނައިރު ނިދިއްޖެ.” މިއުވާން ބުނެލިއެވެ.

“މިހާރުވެސް ބޮލުގަ ރިއްސާތަ؟” މުނީޒާ ލޯތްބާއެކު އަހާލީ މިއުވާންއަށް ކޮފީ ތަށްޓެއް ގިރަމުންނެވެ. މިއުވާން ނިދާ ހޭލައިގެން އަންނަ ވަގުތު އޭނާއަށް ބޭނުންވާނީ ހަމައެކަނި ކޮފީއެއްކަން މުނީޒާ ހަނދާނެއް ނުނެތެއެވެ. ކާނަންތޯ ނޭހީ އެހެންވެއެވެ.

“ނޫން. ނިދާލާފަ ހޭލީމަ މިހާރު ރަނގަޅުވެއްޖެ.” މިއުވާން ބުނެލިއެވެ.

“ދަރިފުޅަށް ނުވެސް ނިދޭނެ ދޯ ދެން މިރޭ. އެކަމަކުވެސް ބޭރަށް ނުދައްޗޭ އިނގޭ މިހާ ލަސްވީމަ. ބަނޑުހައިވެއްޖެއްޔާ އެއްޗެއް ކާލާތި. އަލަމާރީގަ ހުންނާނެ ޕާންވެސް. ދެން މަންމަ މިދަނީ ނިދަން އިނގޭ.” ކޮފީތަށި ގެނެސް މޭޒުމަތީ ބަހައްޓަމުން ލޯތްބާއެކު މުނީޒާ ބުނެލިއެވެ. މިއުވާންއަށް ދެރަގޮތެއް ވެއްޖެއްޔާ އޭނާއަށް ވާނެ ގޮތެއްވެސް ނޭނގެއެވެ. އެއީ އޭނާގެ ދެލޮލުގެ ނޫރެވެ.

“ލައްބަ މަންމާ.” މިއުވާންވެސް ހީލަމުން ލޯތްބާއެކު ބުނެލިއެވެ.

މިއުވާން ކޮފީ ބޯން އިންއިރުވެސް ވިސްނަމުން ދިޔައީ މިއަދު މާހިރު ދެއްކި ވާހަކަތަކާ މެދުގައެވެ. މާހިރުވެސް އެދެއްކީ މުޅިއަކުން ގޯސް ވާހަކައެއް ނޫނެވެ. ދުނިޔޭގައި ނެތް މީހަކަށްޓަކައި އުމުރު ހުސްކޮށްލުމަކީ ބޭކާރު ކަމެކެވެ. އަނެއްކޮޅުން މައިންބަފައިން މާދަމާ ލޯ މަރާލިޔަސް އާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަން ޖެހޭނީ އޭނާއަށެވެ. އެކަންކަމަށް އޭނާއަށް ހިތްވަރުދީ އެހީތެރިވާނެ މީހަކު ބޭނުންވާނެއެވެ. އަނެއްކޮޅުން އޭނާއަކީ ސިއްހަތު ސަލާމަތުން ހުރި ޒުވާން ފިރިހެނެކެވެ. ހިއްސުތައް ސަލާމަތުން ހުރި، އިހުސާސްތަކެއްވާ ފިރިހެނެކެވެ. ކައިވެންޏެއް ނުކޮށް ހުރުމަކީ ގޯސްތަކެއް ހެދުމަށް މަގުފަހިވެދާނެ ކަމެކެވެ. އެފަދަ ކަމެއް ކުރާކަށް އޭނާ ބޭނުމެއްނޫނެވެ. ވަރަށް ވިސްނުމަށްފަހު އޭނާ ގޮތެއް ނިންމައިފިއެވެ. އޭނާ ހަމަ މާދަމާ މާހިރުއާ އެވާހަކަ ދައްކަން ނިންމިއެވެ.

ހެނދުނުގެ ސައިގަޑީގައި މިއުވާން އިރުއިރުކޮޅާ މާހިރުއަށް ބަލާލާކަން މާހިރުއާ މުނީޒާއަށްވެސް ފާހަގަވިއެވެ. މިއުވާން އެއުޅެނީ ކޮންމެވެސް ވާހަކައެއް ދައްކަންކަން އެދެމަފިރިންގެ ތޫނު ސިކުނޑިން ދެނެގަތެވެ. މިއުވާންއަކީ އޭނާ ބުނަން ބޭނުންވާ އެއްޗެއް ދިމާއަށް ބުނާ ކުއްޖަކަށްވެފައި މިފަހަރު އެގޮތަށް ކަންތައް ކުރަން ނުކެރުނީތީ، މިއުވާން އެ ދައްކަން އުޅެނީ އިއްޔެގައި މާހިރު ދެއްކި ވާހަކައާ ގުޅުންހުރި ވާހަކައެއްކަން ޔަޤީނާއި ގާތަށް ހީވިއެވެ.

“ދަރިފުޅު ސައި ބޮއިގެން ބައްޕަ ކޮޓަރިއަށް އަންނައްޗޭ.” މިއުވާންގެ ހާލަތު ވިސްނިގެން މާހިރު ބުނެލިއެވެ. މިއުވާން ބޯޖަހާލިއެވެ.

ސައިބޮއި ނިމިގެން މިއުވާން ދިޔައީ މާހިރުމެން ކޮޓަރިއަށެވެ. މުނީޒާ ދާން އުޅެފައިވެސް މަޑުކޮށްލީ އޭނާ ހުރުމުން މިއުވާން އެވާހަކަ ދައްކަން ފަސްޖެހިދާނެތީއެވެ.

“ބައްޕާ! އަޅުގަނޑު ވަރަށް ވިސްނައިފިން. ބައްޕަ އެދިލައްވަނީ އަޅުގަނޑު ރުކާންއާ ކައިވެނިކުރަން ދެއްތޯ؟” މިއުވާން އެހެން ބުނެލުމުން ހައިރާންވެފައި އިނދެ މާހިރު ބޯޖަހާލިއެވެ. މިއުވާންއަށް އެކަން އެނގުނީ ކިހިނެއްބާއެވެ. އަނެއްކާ މުނީޒާ މިއުވާން ގާތުގައި އެވާހަކަ ދެއްކީބާއެވެ.

“އަޅުގަނޑަށް އެނގޭ ބައްޕަ ތި ހައިރާންވެލެއްވީ އަޅުގަނޑަށް އެކަން އެނގުނު ގޮތެއް ނޭނގިފަކަން. އިއްޔެ އަޅުގަނޑު ބަދިގެއަށް ދަނިކޮށް ބައްޕަ މަންމަ ގާތުގަ އެވާހަކަ ދެއްކެވި އަޑު އަޅުގަނޑަށް އިވުނީ.” މިއުވާން އޮޅުންފިލުވައިދިނެވެ. މާހިރު ހީލިއެވެ.

“އަޅުގަނޑު ބައްޕަމެން އެދިލައްވާ ގޮތަކަށް ކަންތައް ކުރަން ޤަބޫލު. އެކަމަކު އަޅުގަނޑުގެ ޝަރުތެއް އެބައޮތް.” މިއުވާން އެހެން ބުނެލުމުން މާހިރު ހައިރާންވިއެވެ. އޭނާގެ ދަރިފުޅު މިދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ ކައިވެންޏަކީ ޝަރުތު ކަނޑައަޅައިގެން ކުރާ ކަމެއްނޫނެވެ.

“ދަރިފުޅާ! ކޮން ޝަރުތެއް؟ ކައިވެންޏަކީ ޝަރުތު ކަނޑައަޅައިގެން ކުރާ ކަމެއް ނޫން.” މާހިރު ބުނެލިއެވެ.

“ބައްޕާ! އިހަށް އަޑު އައްސަވާ. އަޅުގަނޑުގެ ޝަރުތަކީ ރުކާން ޤަބޫލު ނޫންނަމަ މިކައިވެނި ކުރުމަށް މަޖުބޫރު ނުކުރުވުން. ބައްޕަ ރައޫފްބެމެންނާ ވާހަކަ ދައްކަވާއިރު މިވާހަކަ ނަންގަނެދެއްވާތި. އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑުގެ ސަބަބުން ރުކާންގެ ދިރިއުޅުން ހަލާކުވާކަށް. އަދި އަޅުގަނޑުގެ ދިރިއުޅުންވެސް.” މިއުވާން އެހެން ބުނެލުމުން މާހިރުއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

“ބައްޕަ އުފާކުރަން މިއުވާން ކަހަލަ ވިސްނުންތެރި ބަސްއަހާ ދަރިއަކު ބައްޕައަށް ލިބުނީތީ.” މާހިރު ފެންކަޅިވެފައި އިނދެ މިއުވާންގެ ބޮލުގައި ފިރުމާލިއެވެ.

“އެހެންވީމަ ބައްޕަ ރައޫފްމެންނާ މިރޭ ވާހަކަދައްކާނަން އިނގޭ.” މާހިރު އެހެން ބުނެލުމުން މިއުވާން ބޯޖަހާލަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.

ހަމަ އެރޭ މާހިރުއާ މުނީޒާ ރައޫފްގެ ދެމަފިރިންނާ ބައްދަލުކުރިއެވެ. ދެއާއިލާގެ ދުވަސްވީ ރަހުމަތްތެރިކަމުގެ ގުޅުން އާއިލީ ގުޅުމަކަށް ބަދަލުކޮށްލުމުގެ މަޝްވަރާތައް ކުރިއެވެ. އެކަން ވެގެންދިޔައީ ރައޫފްއާއި ރަހުމާވެސް ނުހަނު އެދިހުރި ކަމަށެވެ.

“އަހަރެމެން ވަރަށް ބޮޑަށް އެދެން މިކަމުގަ ރުކާންގެ ޚިޔާލެއް ހޯދުން. އަހަރެމެން މިކައިވެނި ކުރެވެން ބޭނުންވަނީ ރުކާންގެ ރުހުމުގަ. ރުކާން ނުރުހުނިއްޔާ މަޖުބޫރު ނުކުރުވަން ރައޫފްމެން ގާތު ބުނެލައްޗޭ މިއުވާންވެސް ބުނެފަ އޮތީ. އަހަރެމެންގެ މި ރަހުމަތްތެރިކަން ބަދަހިކުރާށޭ ކިޔާފަ ދަރިންގެ ދިރިއުޅުން ހަލާކުކޮށްލާކަށް ނުވާނެއެއްނު ދޯ؟” މާހިރުގެ ވާހަކައަށް ރައޫފްގެ ދެމަފިރިންވެސް އެއްބަސްވިއެވެ.

“އެންމެ ރަނގަޅު މިވަގުތު ޖަވާބެއް ނުދިނަސް. ރުކާންއާ ވާހަކަދައްކާލާދަ ޖަވާބެއް ދިނީމަ ރަނގަޅުވާނެ. ދެން އަހަރެމެން މިވަގުތު ގޮސްލަނީއޭ.” މާހިރު އެހެން ބުނެލުމުން ރައޫފް އެމީހުން ހުއްޓުވިއެވެ.

“ނޫނޭ. މިރޭ ދާންވާނީ މިގެއިން ކައިގެން. މިހާރު ލައްކަ ދުވަސްވެއްޖެ މިގޮތަށް ގެއިން ދިމާނުވާތާ. އެހެންވީމަ އާދެވުނު ފަހަރު ވާނީ ކައިގެން ދާން. ރަހުމާ! ގޮސް ކާން ހަދާ.” ރައޫފް އެވަރަށް ކިޔުމުން މާހިރުމެންނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.

“އެންމެ ރަނގަޅު. އެކަމަކު މިއުވާން ހުންނާނީ ނުވެސް ކައި.” މުނީޒާއަށް ބުނެވުނެވެ.

“މިއުވާންއަށް ގުޅާފަ ބުނެބަލަ މިގެއަށް އަންނާށޭ.” ރައޫފް އެހެން ބުނެލުމުން މުނީޒާ މިއުވާންއަށް ގުޅާލިއެވެ.

“ހަލޯ މަންމާ. ކިހިނެއްތޯ ވީ؟” މިއުވާން އަދަބުވެރިކަމާއެކު އަހާލިއެވެ.

“މީ… ރައޫފްބެ ބުނެގެން މިގުޅާލީ ކާން އަންނަން ބުނަން.” މުނީޒާ ބުނެލިއެވެ.

“ސޮރީ މަންމާ. މަންމަ ތަންކޮޅެއް ކުރިން ބުނުއްވިނަމަ. އަޅުގަނޑު މިއިނީ ކާން. ޔާމިންއާއެކު ރެސްޓޯރެންޓްގަ.” މިއުވާން ބުނެލިއެވެ.

“އެހެންތަ؟ އެހެންވިއްޔާ ދެން އަޅާނުލާ އިނގޭ މިފަހަރު. ދަރިފުޅު ނުކައި ހުންނާނެ ވާހަކަ ބުނީމަ ރައޫފްބެ އެހެން ބުނީ.” މުނީޒާ އެހެން ބުނުމުން މިއުވާން އެހެން ފަހަރަކުން އެގެއަށް ކާން ދާނަމޭ ރައޫފްބެ ގާތުގައި ބުނާށޭ ބުނެފައި ފޯނު ބޭއްވިއެވެ.

“މިއުވާން! ކަލޭ އަދިވެސް ބޮޑެއް ނުވެޔޭ ދޯ؟” ޔާމިން ދިމާކޮށްލިއެވެ.

“ސާބަހޭ! މަންމައޭ ގުޅީ. ދުވަހަކުވެސް މައިންބަފައިންނަށްވުރެ ދަރިން ބޮޑެއްޗެއް ނުވާނެ.” މިއުވާންވެސް ދެރަނުވާންވެގެން ބުނެލިއެވެ.

“ތިނޫން ވާހަކައެއް ނޫނޭ. ގައިމު މިހާރު ތީ ފަންސަވީސް އަހަރުވެފަ ހުރި ބޮޑު ފިރިހެނެއް. އެކަމު ކިރިޔާ ފޭއަކަށް ޖެހިލާއިރަށް ކޮންތާކުތޯ ބަލަން ގުޅާ ވިއްޔަ. އަދި ތިއޮއް ވާހަކަދައްކާ ގޮތެއްވެސް. އެހާ އޮފިޝަލްކޮށް ވާހަކަ ނުދެއްކިޔަސް އިޙްތިރާމް ކުޑަކުރިކަމަކަށް ނުވާނެޔޭ.” ޔާމިން ބުނެލިއެވެ.

“ނޫނޭ. ތިކަހަލަ ކަމެއްނޫން. އަސްލު ވީގޮތަކީ މަންމަމެން ރައޫފްބެމެން ގެއަށް ގޮސްވީ. ދެން އެމީހުން ކާން ބުނީމަ މަންމަ އަހަރެން ނުކައި ހުންނާނެ ވާހަކަ ބުނީމަ ރައޫފްބެ ބުނިއްޔޯ އަހަރެންނަށް ގުޅާފަ ބުނާށޭ ކާން އަންނަން. އެހެއްވެޔޭ އެގުޅީ. މި ޔާމްބެ އަބަދުވެސް ވިސްނާނީ ކޮންމެ ކަމެއްވެސް އެންމެ ގޯސްކޮށް.” މިއުވާން އެހެން ބުނެލުމުން ޔާމިން ހިނިގަނޑެއް ޖަހާލާފައި މަންމަގެ ތުއްތު ބަބާއޭ ކިޔާ ދިމާކޮށްލިއެވެ. މިއުވާން ހީލަމުން ބޯހޫރުވާލީ އެކުވެރިޔާގެ އެގޮތް ބަދަލުވާނީ ކޮން ދުވަހަކުންބާއޭ ހިތަށް އަރާފައެވެ.

“އޭތް. ރައޫފްބެއޭ ބުނީމަ މި ހަނދާންވީ. އެގޭ ރުކާން އަދިވެސް ހުންނަނީ ހުހަށްތަ؟” ކުއްލިއަކަށް ޔާމިން އެހެން އަހާލުމުން މިއުވާން ހައިރާންވިއެވެ.

“ކިހިނެއްވީ؟” ޔާމިންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މިއުވާންވެސް ކޮށްލީ ސުވާލެކެވެ.

“އެގޮނޑިއަށް ކުރިމަތިލާންކަމަށް.”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ސިންދުރެއްލާ(1)

Next

އެދެމޭކަލާޔާ ގާތުގާ ވުމަށް (ފުރަތަމަބައި)

Next
May 1, 2017

އެދެމޭކަލާޔާ ގާތުގާ ވުމަށް (ފުރަތަމަބައި)

Previews
May 1, 2017

ސިންދުރެއްލާ(1)

60 Comments!

  1. yaanaa says:
    May 1, 2017 at 8:13 am

    Its awesome saandy.. im your fan.. varah gina vaahaka kiyan. Ekm vx comment eh nukuran. Masha allah… keep it up..

    1. Saandy says:
      May 1, 2017 at 10:48 am

      ThanQ Yaanaa… V ufaavejje comment nukuriyas kiyaakan en’guneema adhi Saandyge fan akah veema 🙂

  2. Mari says:
    May 1, 2017 at 8:24 am

    Saandy ur the best ??..masha allah?. varah reethi ..saandy bunaa dhuvah vahaka up koh dheythi varah ufaa vey..love yuh❤
    Thankiu so much ?
    Obiness to the max..!?
    Ur the best writer in this site??..and my fav too??

    1. Saandy says:
      May 1, 2017 at 10:49 am

      ThanQ Mari… V ufaavejje 🙂

  3. nonns says:
    May 1, 2017 at 8:32 am

    Vvreethi. Im hoping that the upcoming parts ves varah reethi vaane kamah. Keep it up saandy. Konirakun next part up kohdheny

    1. Saandy says:
      May 1, 2017 at 10:50 am

      ThanQ Nonns… Reethi kureveythoa Saandy mi masakkaiy kurany… Wednesdayga up kohdheynan… Insha Allah!! 🙂

  4. ithoo says:
    May 1, 2017 at 8:59 am

    Awwhh..finally..v reethi mi part saandy..so kuriah oihthaa adhi maa reethi vaane kamah mi visnany ingeyy..??

    1. Saandy says:
      May 1, 2017 at 10:52 am

      ThanQ Ithoo… Reethi kureveythoa Saandy mi masakkaiy kurany 🙂

  5. shafu says:
    May 1, 2017 at 9:56 am

    vvv reethi ……when next part

    1. Saandy says:
      May 1, 2017 at 10:52 am

      ThanQ Shafu… Wednesdayga 🙂

  6. RiMu says:
    May 1, 2017 at 10:00 am

    Story salhi.. Kyp it up
    Vee varakun avahah up koh dhehcheyy.. Waiting.. ?

    1. Saandy says:
      May 1, 2017 at 10:53 am

      ThanQ RiMu… Konme 2 dhuvahun 1 dhuvahaku up kohdheynan… Insha Allah!! 🙂

  7. Addu manje says:
    May 1, 2017 at 10:22 am

    Yayy… saandy is back.. mi vaahka ves varah reethi vaanehen heevey.. when is next part.. cant wait to read the next part.. ☺☺

    1. Saandy says:
      May 1, 2017 at 10:54 am

      ThanQ Addu manje… Wednesdayga 🙂

  8. Any says:
    May 1, 2017 at 10:37 am

    Saandy ge vaahaka tha v nice ekamu any yakah biruveri vahaka kiyakah nukeryne?????

    1. Saandy says:
      May 1, 2017 at 10:55 am

      ThanQ Any… Ehentha? Biru gannanyaa nukiyaathi in’gey 🙂

  9. Ithoo's fan☺☺☺ says:
    May 1, 2017 at 10:42 am

    Salhi

    1. Saandy says:
      May 1, 2017 at 10:55 am

      ThanQ Ithoo’s fan 🙂

  10. Saandy says:
    May 1, 2017 at 10:47 am

    Assalaam A’laikum!! Miothy “IUNAAS” vaahakaige furathama bai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… Saandy v edhey kameh vaahakain faahaga kurevey kuhthakaai thikudhinge khiyaaluthah hushahalhaidhinun… Midhuvaskolhu Saandy v busykoh ulheythy mivaahaka up vaany dhedhuvahun ehdhuvahukan thikudhinnah buneladhen… Love u & miss u all 🙂

    1. raf says:
      May 1, 2017 at 11:02 am

      saandy v v nice meethi ?

    2. Saandy says:
      May 1, 2017 at 12:51 pm

      ThanQ Raf 🙂

  11. Appy says:
    May 1, 2017 at 11:22 am

    Ohh saandy vareh neh …..bunaa dhuvah up kohdheythy …vv rythi feshun ..mivaahaka akee vx thafaathu adhi rythi vaahaka akah vaane kamahh ummedhukuran. ……?

    1. Saandy says:
      May 1, 2017 at 12:54 pm

      ThanQ Appy… Saandy nubunaanan thafaathu vaahakaekey… Eyeh kan’da-alhaany kiyuntherin… Reethi vaahakayakah hedheythoa mi masakkaiy kurany 🙂

  12. ????? says:
    May 1, 2017 at 11:53 am

    Vrh heevey yashfa aee saandyy ge fan ehhenxxx….adhii sandyge vaahaka thah kiyaairu undhagoo vey abadhuvzx hunnaanee english liyaa kolhun lifefa..dhen para feshey hisaabugavxz fullstp eh indhedhaane….n vrh reethii mii vaahaka…????

    1. Saandy says:
      May 1, 2017 at 1:02 pm

      ThanQ dear… V ufaavejje vaahaka kamudhiyaeema… Ekam thikujjaayah kudakoh olhifa oiy kameh buneladheynan… Saandy hama liyefa hunnaany Dhivehi liyaa kolhun… Thikujjaayah English liyaa kolhun fennanama e’ee thikujjaa phone noony thi beynun kuraa device ehge massalaeh… Ehen evves kujjakah e massala dhimaavegen faahaga kollaafaeh nuvey… Dhen baeh paragraph feshey thanuga fullstop e onnany copy paste kollaathy… Kuriyah huri baithakuga ekanthah ran’galhu kollan masakkaiy kuraanan… Kurin evves kujjaku ekan faahaga kohfa netheema ekan Saandyge samaalukamah nais eothy… Ehenveema adhives ehfaharu shukuriyyaa ekan Saandyge samaalukamah genaeema 🙂

    2. Saadh says:
      May 1, 2017 at 7:18 pm

      Sandy thee Yash ge fan eh tha

  13. saandy's big fan says:
    May 1, 2017 at 12:17 pm

    wow saandy.. i jst luv u.. m a big fan of urs.. ur storoes r jst awesum… masha allah.. jst luv it <3

    1. Saandy says:
      May 1, 2017 at 1:04 pm

      ThanQ Saandy’s big fan… V ufaavejje Saandyge vaahakathah ehaa kamudhiyaeema 🙂

  14. Arkaa says:
    May 1, 2017 at 12:35 pm

    Vrh reethi vaahaka…saandy ge vaahaka kiyan n I love all ur stories…hope mi story vx vrh reethi thaafaathu vaahaka akah vaane kamah..n thnkiew saandy buni date ah up khdhineema??

    1. Saandy says:
      May 1, 2017 at 1:08 pm

      ThanQ Arkaa… V ufaavejje Saandyge vaahakathah kiyaa kujjehkan en’guneema adhi evaahakathah kamudhiyaeema… Saandy nubunaanan mee thafaathu vaahakaekey… Ekan kan’da-alhaany kiyuntherin… Reethi vaahaka-akah hedheythoa Saandy mi masakkaiy kurany 🙂

  15. imagination says:
    May 1, 2017 at 1:25 pm

    hei saandy.. v reethi vaanehen heevani..mee saandy ge v bodu fan eh.. ingeynu dhw.. hhehe.. anyways.. really looking forward.. <3 <3

    1. Saandy says:
      May 1, 2017 at 1:27 pm

      ThanQ Imagination… Aan en’gey… hehehe 🙂

  16. Coco says:
    May 1, 2017 at 3:24 pm

    Whn next part

    1. Saandy says:
      May 1, 2017 at 6:42 pm

      ThanQ Coco… Wednesdayga 🙂

  17. Chum handi says:
    May 1, 2017 at 4:23 pm

    wowowowowww… vrh salhi…………. kon dhuvas thakaku up vaany… waiting….

    1. Saandy says:
      May 1, 2017 at 6:43 pm

      ThanQ Chum handi… 2 dhuvahun 1 dhuvahu 🙂

  18. Rainy princess says:
    May 1, 2017 at 4:35 pm

    stry reethi ekam ehaa biruveri eh nuunn..kuri ah huri part tha biruveri vaane kama umeedhu kuran…

    1. Saandy says:
      May 1, 2017 at 6:45 pm

      ThanQ Rainy princess… Hmm… Furathama bai veema biruveri thankolheh nuly… Fahun anna baithakuga annaane biruveri thanthan… Ekam ehaa biruveri nuvedhaane Saandyge furathama biruveri vaahaka veema v aavaane 🙂

  19. daily reader says:
    May 1, 2017 at 6:23 pm

    Mi part kiyaala fa heevani miuvan ge dad iunas maraali hen. Lets see waiting to see wat will happen in the next part. Reethi vaane hen heevey love it <3

    1. Saandy says:
      May 1, 2017 at 6:50 pm

      ThanQ Daily reader… Vedhaane dhw hama… Hmm dhen vaagothehves balaalamaa dhw 🙂

  20. Rym says:
    May 1, 2017 at 6:24 pm

    Awwnn v salhi waiting for the next part ?

    1. Saandy says:
      May 1, 2017 at 6:51 pm

      ThanQ Rym 🙂

  21. naz nax says:
    May 1, 2017 at 8:53 pm

    vv nice story. meega nan thakakee yashfa ge RUKAAN story ga vaa dhe nan. ekamves vvv nice feshun.

    1. Saandy says:
      May 2, 2017 at 1:07 am

      ThanQ Naz Nax 🙂

  22. Lam says:
    May 1, 2017 at 9:02 pm

    Wow…vvv reethi….keep it up…i love ur strys saandy?

    1. Saandy says:
      May 2, 2017 at 1:08 am

      ThanQ Lam… V ufaavejje Saandyge vaahakathah Lam ah kamudhaathy 🙂

  23. Shaa says:
    May 1, 2017 at 10:01 pm

    V reethi vahaka eh..

    1. Saandy says:
      May 2, 2017 at 1:10 am

      ThanQ Shaa 🙂

  24. Mary says:
    May 2, 2017 at 12:12 am

    Alheyyyy… vvvvvb ryythi. Waiting dear…

    1. Saandy says:
      May 2, 2017 at 1:12 am

      ThanQ Mary 🙂

  25. Maree says:
    May 2, 2017 at 8:27 am

    furathama part vvvvvv reethi

    1. Saandy says:
      May 2, 2017 at 9:11 pm

      ThanQ Maree 🙂

  26. raany says:
    May 2, 2017 at 9:45 am

    Aharen mi site in kiyaa hithun kiyaany saandy ge vaahaka eh.. v inthizar krevijje.. ekam ehaa biruveri kohfiyya kiyaakah nukereyne.. ekam vv nice mi part..

    1. Saandy says:
      May 2, 2017 at 9:12 pm

      ThanQ Raany 🙂

  27. Shahoo says:
    May 2, 2017 at 11:10 am

    Saandy ge vaahakathah v kiyan n v reethi bt biruveri vaahaka eh v maa?. Ekam vs kiyaanan IA

    1. Saandy says:
      May 2, 2017 at 9:13 pm

      ThanQ Shahoo 🙂

  28. Zoyaa says:
    June 10, 2017 at 2:35 am

    Varah furihama ..

    1. Saandy says:
      June 10, 2017 at 3:45 am

      ThanQ Zoyaa 🙂

  29. Shifu says:
    October 4, 2017 at 8:07 am

    Saandy vvv reethu

    1. Saandy says:
      October 9, 2017 at 8:28 pm

      ThanQ Shifu 🙂

Comments are closed.

Next Episodeއިއުނާސް (2)←


All Right Reserved!