Skip to content
އެސްފިޔަ

ހާސިލް ނުވި ލޯބި ދެވަނަ ބައި

އަދި އެންމެ ފަހަރަކު އެ ރީތި މޫނަށް ބަލާލަނަމޭ ހިތައި ބަލާލި ހިނދު ދެމީހުންގެ ނަޒަރު ބައްދަލުވި ވަގުތު ދެމީހުންގެ ހިތުގައި އާގޮތަކަށް ވިންދެއް ޖަހާލައިގެން ދިޔައެވެ. މިކަން އެދެމީހުންނަކަށް ރޭކައެއްނުލައެވެ.

އެވަގުތު ސްކޫލުގެ ރަނގަބީލު ޖެހިގެން ދިޔުމުން ހައިޝަމް ހައިފާއަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ހޯލަށް ދާން ލައިން ހަދަން ދިޔައެވެ. ހައިފާ ދެންވެސް އިނީ މަސްތުގައި ޖެހުންގޮތަށް އެއިންތަނުން ގުޑިލަންވެސް ނޭނގިފައެވެ. މަސްތު ނުވާންވީ ސަބަބެއްވެސް ނެތެވެ. ހައިޝަމްއަށް ލިބިފައިވަނީ އަންހެންކުދިންގެ ހިތްތަށް އެއަކަށް އަބަދުމެ ތައުރީފުކުރާފަދަ ސޫރައެކެވެ. އެ ރީތި ވަށް ދޮން މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އަބަދުމެ އަޅައިގެން ހުންނަ ލޯބޮޑު ނަމްބަރު އައިނުންނެވެ. އެ ފުރިހަމަ ހިނިތުންވުމުން މުޅި ދުނިޔެ އާށޯހުވެ އެލޮލުގައިވާ ތޫނު ނަޒަރުން އެތައް ބައެއްގެ ހިތްތަށް ކަތިލާނެކަން ގައިމެވެ. އިސްތަށިގަނޑު ތުނިކޮށް ކޮށާފައި ހުއްޓަސް ފަންކަމުން އެއިސްތަށިގަނޑު ހުންނަނީ އަބަދުމެ ކޮޅަށްޖެހިފައެވެ. ދޮންކަމުން ހީވަނީ ރާއްޖެއިން ބޭރު ކުއްޖެއްހެންނެވެ. އަހުޝަމްގެ މަސްތުގައި ޖެހިފައި އިންދާ ހައިފާާއަށް ހޭވެރިކަމެއްވީ މައިކުން އެނައުންސްމަންޓްތައް ކުރެވެން ފެށުމުންނެވެ. ލުއްކެއް ޖަހާފައި ހައިފާއަށް ކުލާހުން ނިކުންނަންް ދެވުނީ އެހެން ހުރިހާ ކުދިން ތިބީ ކުލާހުން ބޭރުގައިކަން އެނގުމުންނެވެ.

ހައިފާ ގޮސް ލައިނުގައި ހުއްޓިލުމާއެކު އެކްލާސް ހޯލަށް ދިޔުމަށް ހިނގައިގަތެވެ. ހޯލަށްގޮސް ގޮނޑީގައި އިށީންއިރު އަންހެން ކުދިން ތިބެންޖެހުނީ ފިރިހެންކުދިންގެ ފަހަތުގައެވެ. ކަން ދިމާކުރިގޮތުން ހައިފާ އިންނަން ޖެހުނީ އަހުޝަމްގެ ފަހަތުގައެވެ. އެ ރީތި ސޫރައަށް ބަލާލާ ކޮންމެ ފަހަރަކު ހައިފާގެ ގައިން ހީބިހި ނަގައިގެންދެއެވެ. ދެގަޑިއިރަށް ދިގުދެމިގެންދިޔަ އެސެމްބްލީ ނިމުންއިރު ކޮންމެ ކްލާހަކަށްވެސް އެކްލާހެއްގެ ޓީޗަރު ފެނުނެވެ. ހައިފާމެން ކްލާސް ޓީޗަރަކަށްހުރީ ބުރުގާ އަޅައިފައިހުރި އަންހެނެކެވެ. ނަމަކީ އައިމިނަތު ފަރްހީންއެވެ.

ސްކޫލުގެ ފުރަތަމަ ދުވަސްކަމުން މިއަދު ކިޔެވުމެއް ނެތެވެ. އޮތީ ތައާރަފްވުމެވެ. ފަހަރަކު ކުއްޖަކު އެކުއްޖެއްގެ ތައާރަފް ދެމުން އައިސް ހައިފާއާއި ޖެހުންއިރު ހައިފާ އިނީ ނުދަންނަ ކުދިން ގިނަވުމުގެ ސަބަބުން ކުޑަކޮށް ނުތަނަވަސްވެފައެވެ. ނަމަވެސް ހިތްވަރުކޮށްލާފަ ކްލާސް ކުރިމައްޗަށްއަރާ ތައާރަފްވެލިއެވެ.

“އަޅުގަނޑަށް… ކިޔަނީ… މަރިޔަމް ހައިފާ ހަސަން… ހައި ކިޔަސް އެންމެ ރަނގަޅު..އަޅުގަނޑަށް އެންމެ ރީތި ކުލައަކީ ނޫ ކުލަ…އަޅުގަނޑުގެ އުމުރަކީ ނުވަ އަހަރު… އަޅުގަނޑު އުންމީދު ކުރަނީ މި އަހަރަކީވެސް އަޅުގަނޑަށް އާއެކުވެރިންތަކެއް ލިބޭނެ އަހަރެއްކަމަށް…ހުރިހާ ކުދިންނަށްވެސް މިއަހަރަކީ ކާމިޔާބި އަހަރަކަށް އެދެން.. ޝުކުރިއްޔާ” ހައިފާ ތައާރަފްވެ ނިންމާލަފަ ގޮސް ގޮނޑީގައި އިށީންދެލިޔެވެ.

ހައިފާގެ ތައާރަފަށްފަހު ދެން އިނީ ހައިޝަމްއެވެ. ހައިޝަމް ގޮސް ކްލާސް ކުރިމަތީ ހުއްޓިލަމުން މުޅި ކްލާހަށް ނަޒަރު ހިންގާލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.” އަޅުގަނޑަށް ކިޔަނީ މުހައްމަދު ހައިޝަމް… އުމުރަކީ ނުވައަހަރު… އެންމެ ރީތި ކުލައަކީ ރަތް ކުލަ…ދެން ހޯޕް ވީ ކޭން ބީ ފްރެންޑްސް” ފުރިހަމަ ހިނިތުންވުމަކާއެކު ތައާރަފްވުން ނިންމާލަމުން ހައިޝަމް ހައިފާއަށް ބަލާލަމުން އެއްލޯމަރާލިއެވެ.

– ނުނިމޭ

Comments (27)

  1. Maurifa

    What the ****
    Dhamakun jahaali dhavana badives baareh nethi sikuntheh negy. Ehaaaves kuru

  2. shafu

    vvvvv reethi….

  3. ReeXa

    Interesting… when next part

  4. Maasha

    V hama nujehey kanthah mivaahakaigai gina emme 9 year ge kujjeh dhw neyngeyen ekahala ihusaaseh ehaa bodah kuraakah i cant believe it

  5. mode

    thivarun vaahaka nuliyan v nu dhn.

  6. Me

    Mee koncheh.. 9yrs ge 2 kudhinge loabeege vaahaka eh??… saabas.

  7. ??

    9 yrs?? love?? R u serious?? ? ? ?
    Let’s see Wats gonna happen..??

  8. Een

    Mee Dhen vaahaka eh tha??
    Ahusham tha noony haisham tha mi ulheniii

  9. Maasha

    Aslu vx dhw 9 yrs ge kujjakah neyngeyne 15 yrs nama vx dhn ok

  10. Chum handi

    umm… a little bit confuse…. love of 9 yrs olds????? haisham or ahusham????

  11. ssss?

    Rythi….. But thankolheh kurii

  12. Mine

    This is disgusting..9 yrs kuhjjeh nuhunaaane ehn firehn kuhjjeh fenign aasooh vefa eh..Hiyaaali vaaahaka liyaaa iruvs balan vaaane dho..Vaahaka reeethi..Ekm dehn maaa kuri.. Interest gehleyne kameh kiyun terin ge

  13. Nikko

    Hiyaaly vaahakaiga konmeecheh vx liyeveyne. 6yrs ge kudhinnah vxloabi veveyne…… Alhugandu hanu…..

    1. Su
      Nikko

      *** This Comment has been removed due to violation of Esfiya rules. ***

    2. Nikko
      Nikko

      Hmm varu kudhinvx loabivaane. Mi hiyaaly aekey…… Asleh nuney…

    3. Me
      Nikko

      Su…. jahaafa in namun ves enge ehnun ei moya ehkan. True. 6yrs kudhin ves loabivaane.. bt not this ishqee masti love.. nikko kuda v ma adhi nuvisneny.. bodu v ma visneyne.. :p ingey kokko. Eyrun comment kuran madukohla

    4. Nikko
      Nikko

      Magey commenteh nuney nunthoa remove kuran v eh. Mikahala vaahaka nuliyan v nunthoa. N esfiya ga vaahaka liyaakudhin hama bunany hiyaaly vaahaka vx…. Thats y ma ehenbuny….. ?

  14. Lamm

    Im srry guys if this story doesnt make sense…
    Its ahusham..not haisham..im really srry..it wud be alot for me if you support me..nd i really am srry for the typing error..

  15. Me

    Kudaminun teen age ga himanaali nama ves… thankolheh bo hama jehunees

  16. Sam

    Hehe .. Dhn boa hama jehey myhun avahah vaahaka liyan fashaa ????

  17. Me

    Bo hamajehey konme meehaku nujehe vaahaka liya meehakah vaakah.. ekamaky liya meehun liyan vaany hamajehey ehcheh dhw.. kithanme foni vefa comment kuriyas. Thi kuri commentun ves engijje thee ves kiha hamanujehey meeheh kan.. lol

  18. Anonymous

    eumuruge kujjahkah neyngeyne ishqee loabivaakah loabi engidhaane ekamaku reethi ehchehi fenuneema e reeti vaahaka bunelaane ekamaku ishqee nazarun anhenkudhinnah nuvatha firihenkudhinnah balaaka neyngeyne elhahithuga ekahala vindhe nuvesjahaane aharengeves ebahuri 9 aharuge kuhjjeh ehenve mibunee ulhey ulhumahbalaafa

  19. Anonymous

    ahannah heevanee mi vaahaka liunumeehaahen kureega boahama jehey tho balanvee ey na boa hama jehintha ehenbaehge boa hama jahssnee

  20. fka twings

    hama konmme vaahaka akha jeheythr robert ge photo laan..

    1. Lamm
      fka twings

      If you dnt like I’ll change in the next chapter

  21. Maiha

    varah reethi

  22. Ruway

    Vv loabi vaahaka

Comments are closed.