Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދެނީ (ފަހުބައި)

Psenhi Level 410 Stories100 Comments100 Login
April 23, 2017 6 Mins Read
29 Comments

“ޝައިމް! ޔެސް. އައި ލަވްޔޫ ޓޫ.” ލައިބާވެސް ބުނަން ބޭނުންވިއެވެ. އެފިރިހެންވަންތަ ހަށިގަނޑުގާ ބައްދާލަން ބޭނުންވިއެވެ. އެ ކޮނޑުގާ ބޯއަޅާލައިގެން އޮވެ ރޯލަން ބޭނުންވިއެވެ. ނަމަވެސް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަމުން ފަހަތަށް ޖެހިލިއެވެ.

ލައިބާއަށް މިއަދުވަނީ ގޮތް ހުސްވެފައެވެ. އެއްކޮޅުން މިއޮއްހުރިހާ ދުވަހު އެކަމަކަށް އިންތިޒާރުކުރި ލޯތްބެވެ. އެނެއްކޮޅުން ބައްޕައެއްގެ އުންމީދުތަކެވެ. އެއްކޮޅުން ލައިބާގެ ދިރިއުޅުމެވެ. އުފާތަކެވެ. އަނެއްކޮޅުން ބައްޕަގެ ރަހްމަތްތެރިޔާއެވެ. އޭނާގެ އިހްސާންތެރިކަމާ އިތުބާރެވެ. ކުޑަކުޑަ ދަރިއެއްގެ މުސްތަގްބަލެވެ. އަމިއްލަ އުފަލަށްޓަކާ އެހެންމީހުންގެ އުންމީދުތަކަށް ބީރު ކަންފަތެއް ދޭންވީހެއްޔެވެ؟ ނޫނީ އެހެން މީހުންގެ އުފަލަށްޓަކާ މިހުރިހާ ދުވަހު ދެކެމުންއައި ހުވަފެން ހަޤީޤަތަކަށް ވާން އޮއްވާ ފުރަގަސްދޭންވީ ހެއްޔެވެ؟

ލައިބާގެ މޫނު މައްޗަށް އަނދިރިވާންފެށިއެވެ. ދެން ފެނުނީ ލައިބާގެ ވަރުދޫވެފައިވާ ހަށިގަނޑު ވެއްޓުނުތަނެވެ. ޝައިމް ވަރަށް ހުށިޔާރު ކަމާއެކު ވެއްޓެމުންދިޔަ ލައިބާ އޭނާގެ އަތްދަނޑި މައްޗަށް ލިއެވެ.

އުއްބައްތިތައް ނިވިފާ ހުރި ނަމަވެސް ސާދަވިލޭރޭގެ ހަނދުގެ ރީތި އަލިން އެމޫނުގެ މައުސޫމްކަން ކިތަންމެ ރަނގަޅަކަށްވެސް ފެންނަން ހުއްޓެވެ. އެ ފުރިހަމަ މޫނަށް ބަލަހައްޓައިގެން ޝައިމްއަށް އިނދެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. އެދެލޮލުން ފޭބި ކަރުނައިން ކޯތާފަތް ތެމިފާވުމުން ލައިބާ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ހިތާމަކޮށްފައިވާކަން ޝައިމްއަށް ޔަޤީންކުރެވުނެވެ.

އަމިއްލަ އެދުން ފަހަތެށް ޖައްސަމުން ޝައިމް ހިނގައިގަތީ ޓެރެސްއިން ފޭބުމަށެވެ. ޝައިމް ލައިބާ އަތްދަނޑިމަތީ އަހިފަތެއްފަދައިން އުފުލާލައިގެން ގެންގޮސް ލައިބާގެ ކޮޓަރިއަށް ވަނެވެ. ހިތާއި ދެކޮޅަށް ނަމަވެސް އެނދުގާ ބޭއްވުމަށްފަހު މޫނަށް ފެންފޮދެއް ޖެހީ ލޯހުޅުވާލާތޯއެވެ.

ދެފަހަރަކު އެސްފިޔަ ޖަހާލުމަށްފަހު ލައިބާ ލޯ ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް އެ ނަޒަރު ގޮސް ހުއްޓުނީ ލައިބާގެ ގާތުގާ އެނދުގެ މަގަތުގާ އިށީނދެލައިގެންއިން ޝައިމްއަށެވެ. އެތޫނު ނަޒަރުން މިންޖުވުމަކީ ލައިބާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިވަގުތު ދެމީހުންނަށްވެސް އެތަށް ޝަކުވާއެއް ކުރެވުނެވެ. ނަމަވެސް ދުލާ ހަމައަށް ގެންނާނެ ހިތްވަރެއް އެކަކަށްވެސް ނުލިބުނެވެ.

“ދެން ނިދާލާ! މާދަން ވާހަކަ ދައްކާނީ! ގުޑް ނައިޓް ބޭބީ ގާލް” ޝައިމް ލައިބާއާ މުޚާތަބްކުރީ ދުވަހަކުވެސް ނުކުރާހާ ލޯބިންނެވެ. އާއެކޭ ބުނުމުގެ ގޮތުން ލައިބާ ބޯޖަހާލިއެވެ. އަދި ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ދެލޯމަރާލިއެވެ. މިމަންޒަރު ބަލަންއިރުކޮޅަކު ހުރުމަށްފަހު ޝައިމްވެސް ކޮޓަރިން ނިކުމެ ދޮރުލައްޕާލިއެވެ.

ލައިބާއަށް ހޭލެވުނީ ފޯން އެލާމްވާ އަޑަށެވެ. އެންމެ ކުޑައިރުއްސުރެ ނަމާދުކުރަން އާދަވެފާވުމުން ކިތަންމެ ލަހުން ނިދިއަސް ފަތިސް ނަމާދަށް ހޭލުމަކީ ލައިބާގެ އާދައެކެވެ. ނިދާ ބޮކީގެ އަލީގެ ތެރެއިން ލައބާއަށް ވިދުމެއް ފެނުމުން އެދިމާއަށް ރަނގަޅަށް ބަލާލިއެވެ. ލައިބާގެ އަތުގެ މެދު އިނގިލީގާ އަޅާފައިވާ އަނގޮޓި ފެނުމުން ލައިބާގެ ދެބުމަ ކައިރިކޮށްލެވުނެވެ. ރަނާއި ހުދުރަން ބޭނުންކޮށްގެން ޑިޒައިންކޮށްފައިވާ އަނގޮޓީގެ މެދުގާ ވިދުންގަދަ ހުދުއެސްތަކަކުން އެސް އަކުރެއް ޖަހާފާވެއެވެ. މިއީ ރޭގައި ޝައިމް ކުރި ކަމެއްކަން ލައިބާއަށް އެނގުނެވެ. ލައިބާ އަވަސްވެގަތީ ނަމާދު ކުރާށެވެ. ނަމާދުން އަވަދިވެގެން ރަނގަޅު ހެޔޮ ވިސްނުން ދެއްވާތޯ ދުޢާކޮށް އިސްތިޙާރާ ނަމާދުވެސް ލައިބާކުރިއެވެ.

ހެނދުނުގެ ސައި ތައްޔާރުކުރުމަށްފަހު ލައިބާ އުޅުނީ އަލްކޮގެ ކަންތައްތަކުގައެވެ. އަލްކޮއާއިއެކު ވަގުތު ހޭދަކުރުމުން ހިތުގައިވާ އުދާސްތަކަށް ކޮންމެސްވަރެއްގެ ލުޔެއް ލިބިގެން ދިޔައެވެ.

މެންދުރު ނަމާދަށްފަހު ވަރުބަލިކަން އިހްސާސްވުމުން ލައިބާ އޮށޯވެލިއެވެ. އަލްކޮވެސް ނިދާފާވުމުން އެކަނިވެރިކަން އިހްސާސް ވަމުންދިޔައެވެ. ޝައިމްގެ ހަނދާންތައް އާވާންފެށިއެވެ. ހެނދުނުއްސުރެ ޝައިމް ނުފެނުމުންވެސް އެހިތް އިތުރަށް މިލާފާވެއެވެ. މިހެން އޮއްވާ އިސާހިތަކު ލައިބާއަށް ނިދިއްޖެއެވެ.

ޝައިމްއަށް ހޭލެވުނުއިރު މެންދުރުން  އަނބުރައިފިއެވެ. ރޭހަތަރުދަމު ނުނިދާ ހުރުމަށްފަހު ޝައިމް ނިދީ ފަތިސް ނަމާދު ކޮށްގެންނެވެ. މިހާ ލަހުން ހޭލެވުން ދުވަހެއް ޝައިމް ހަނދާނެއްވެސްނެތެވެ. މަންމަވެސް ގޮވާނުލީތީ ކުދިކިޔަމުން ޝައިމް އަވަސް އަވަހަށް ފާހާނާއަށް ވަނެވެ.

ނަމާދުކޮށްލައިގެން ޝައިމް ތިރިއަށް ފޭބާއިރު ކާކޮޓަރީގައި އަނީސާ އުޅެއެވެ. “މަންމާ! ވަރަށް ބަނޑުހައި! ކީއްވެތަ މަންމަ ޝައިމްއަށް ކުރިން ނުގޮވީ؟” ބަނޑުގައި އަތް އަޅައިގެން ކުޑަކުއްޖެއް ފަދައިން ޝައިމް އުޅެންފެށުމުން އަނީސާއަށް ހެވުނެވެ. “މަންމަ ހީކުރީ ދަރިފުޅު ރޭ މާ ދަންވަންދެން ނުނިދާ އުޅުނީކަމަށް. އަވަހަށް ކާންފަށާ ދަރިފުޅާ!” އަނީސާ މިހެންބުނުމުން ޝައިމް އަނީސާއާއި ދިމާއަށް ބަލާލިއެވެ. މަންމައަށް މިދަރިފުޅުގެ ހިތުގެ ހާލު އެނގޭނެ ނަމައޭ ޝައިމް ހިތަށްއެރިއެވެ. ޝައިމް ލައިބާގެ ހާލު ކިހިނެތްތޯ ސުވާލު ކޮށްލުމުން ކޮޓަރީގާ އެބައުޅޭކަމަށާއި މިހާރު ރަނގަޅުވާހަކަ ބުންޏެވެ.

ހަވީރުގެ ވަގުތެވެ. މާލޭގެ މަގުތައްވަނީ ދުއްވާއެއްޗެހީގެ ސަބަބުން ހަލަބޮލިވެފައެވެ. ކަޅުކުލައިގެ އުސް ކާރެއް އައިސް ގ. ލޮޓަސް ގޭގެ ކުރިމަތީ މަޑުކޮށްލުމަށްފަހު އެއިން ފޭބި ޒުވާން ޖޯޑު މަޑުމަތިންދިޔަ ކިތަންމެ ބައެއްގެ ޝައުޤުވެރިކަން ހޯދިއެވެ.

ބައްޕާ! އަނިއްތާ! ގެއަށް ވަދެގެން އައި އިހްސާން ގޮވާލީ ތަންކޮޅެއް ބާރަށެވެ. އެއަޑު އިވުމުން ކޮޓަރީގައިތިބި ޝާހިދުއާއި އަނީސާ ސިޓިންރޫމަށް ނިކުމެލިއެވެ.

“ޑޭޑް! އަނިއްތާ! މިއީ ޒޭބާ. ޒޭބާއަށް އެނގޭދޯ މިއީ ކޮންބައެއްކަން؟ ޑޭޑްއަށް އާމޫނެއްނޫންދޯމީ؟ އަނިއްތާ މިއީ އަހަރެމެން އޮފީސް ކުއްޖެއް. ޑޭޑް! މިއީ އަޅުގަނޑު ރޭގަ ނަންގަން ކުއްޖަކީ. އަޅުގަނޑު ބޭނުން ޒޭބާއާ މެރީކުރަން.” އިހްސާން ދެއްކި ވާހަކައިން އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ޒޭބާއަށެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއްނެތެވެ. މިއަދު އިހްސާންގެ ޢަމަލުތައް ހުރި ގޮތުން ޒޭބާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެންމެ ފުރަތަމަ މީހަކާ މީޓް ކުރުވަން ކަމަށް ބުނެ ކާރަށް އެރުވީއެވެ. ދެން ގެއަށް ގެނައުމަށްފަހު ބައްޕަމެންނާ މީޓްކޮށް މެރީ ކުރާ ވާހަކަ ދެއްކުމުން ޒޭބާއަށް ހީކުރެވުނީ މިއީ ހުވަފެނެއް ކަމުގައެވެ.

“ސީރިއަސްލީ؟ ދޮންބެ އެންޑް ޒޭބާ” ކޮފީތަށި ހިފައިގެން ކާކޮޓަރިން ނިކުތް ޝައިމްހުރީ ދެންމެ އަޑުއިވުން ވާހަކަ ތެދެއްކަން ޤަބޫލްކުރަން އުނދަގޫވެފައެވެ.

“ޑޭޑްއަށް ވަރަށް ކަމުދޭ ދަރިފުޅުގެ ޗޮއިސް. ކޮން އިރަކުން ޒޭބާ ފެމިލީއާ މިވާހަކަ ދައްކާނީ؟” ޝާހިދު ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ.

“ޑޭޑް! އަޅުގަނޑު ޒޭބާގެ މަންމައާއި ބައްޕައާ ވާހަކަ ދައްކާލިން. މާދަމާ ރޭގަނޑު ކެއުމަކަށް ދަޢުވަތުދޭން މިވިސްނަނީ. އޭރުން ބައްޕަމެން އެންމެން ވާހަކަ ދައްކާފަ ޑޭޓެއް ކަނޑައަޅާނީ. ކުލަ ސިލެކްޓް ކުރާނީ ޒޭބާދޯ؟” އިހްސާން ލޯބިން ފުރިގެންވާ އަޑަކުން ޒޭބާއާއި މުހާތަބްކޮށް ބުންޏެވެ. ޒޭބާއަށް ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ.

“އަނިއްތަ މިއަދު ވަރަށް އުފާވެއްޖެ! އަވަހަށް ކާވެނީގެ ކަންތަކާ އުޅެންވީ. ލަސްކުރާނެކަމެއް ނެތް.” އަނީސާ ހަޤީޤަތުގައިވެސް ހުރީ ނިކަން އުފަލުންނެވެ. އިހްސާންގެ ކާވެނި ހަމަޖެހުމުގެ އިތުރުން ޝައިމްއަށް އޭނާގެ ލޯބި ލިބެން އުޅޭކަމުގެ އުންމީދު އާވުމުންނެވެ.

“ވާއު ބްރޯ! ހުރިހާކަމެއް މިހިސާބަށް ދިޔައިރު އަންގާވެސް ނުލަމެއްނު. ޒޭބާ! ދެން ދޮންބެ ދައްތަ އިނގޭ ކިޔާނީ!” ޝައިމް އިހްސާންގެ ގައިގާ އޮޅުލައިގަންނަމުން ދިމާކޮށްލުމުން ޒޭބާ ހުރީ ރަކިވެފައެވެ.

“ދެން ޝައިމްވެސް ލަސްކުރާނެކަމެއް ނެތެއްނު. ދޮންބެހެން ޑޭޑް ގާތު ބުނީމަ ވާނީ އިނގޭ. ތިހެން ހިތުގަ ބާއްވައިގެން އުޅުނަކަސް ނުވާނެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއޭ ބުނޭނުން.” އިހްސާންވެސް ޝައިމްއާ ދިމާކޮށްލިއެވެ.

“ބައްޕައަށް އެނގެއޭ ޝައިމް ނުބުންޏަސް ޝައިމް ލައިބާއާ މެރީކުރަން ބޭނުންވާކަން. އެހެންވީމަ ދެކައިވެނި އެއްކޮށް ނިންމާނީދޯ؟” ޝައިމް އެއްޗެކޭނުބުނުމުން ޝާހިދު އޭނާގެ ޚިޔާލުދިނެވެ. ޝައިމް ކޮފީތަށި އަނީސާގެ އަތަށް ދިނުމަށްފަހު ކުޑަކުއްޖެއް ފަދައިން ޝާހިދުގެ ކޮނޑުގާ އެލިގަންނަމުން “އައި ލަވްޔޫ ސޯމަޗް ޑޭޑް” އޭ ބުނެލިއެވެ. ޝައިމްގެ މިއަމަލުން އެތާތިބިއެންމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

ލައިބާއަށް ހޭލެވުނީ ހަވީރުވީފަހުންނެވެ. ފެންވަރާލައިގެން ނަމާދުކޮށްލުމަށްފަހު އަލްކޮ ކޮބާތޯ އެކޮޓަރިއަށް ބޯދިއްކޮށްލިއެވެ. އަލްކޮ ކޮޓަރީގައި ނެތުމުން ތިރިއަށް ފޭބިއިރު ލައިބާ ހުރީ ގޭތެރޭ ދެކެވެމުންދިޔަ ވާހަކައަށް ކަންފަތްދީގެންނެވެ. ލައިބާގެ މޫނަށް އެކިފަހަރު އެކި ކުލަ އަރަމުންދިޔައީ ހިތުގާ ފުނިޖެހެމުންދިޔަ ސުވާލުތަކެއްގެ ސަބަބުންނެވެ.

“ޒޭބާއަށް އެންމެ ކަމުދަނީ ނޭވީ ބްލޫކުލަ.” ޒޭބާ ބުނެލިއެވެ. “އެހެންވީއިރު ޒޭބާއާއި ޝައިމްލާނީ ނޭވީ ބްލޫ. ދެން ދޮންބެއާ ލައި ލާނީ މެރޫންކުލަ. ލައިއާ އެންމެ ގުޅޭނީ އެކުލަ.” ޝައިމް އިތުރުކޮށްލިއެވެ.

“އަހަރެމެންނަށް ދެ އަންހެން ދަރިން އެއްފަހަރާ ލިބެނީ އަނީ.” ޝާހިދު އުފަލުގެ ކޮޅެއްނެތެވެ. “އާނ. އަހަރެންވެސް ވަރަށް އުފަލުން މިހުރީ ދެކާވެނި އެއްކޮށް ކުރެވޭތީ.” އަނީސާ ޝާހިދުއާ އެއްބައިވެލިއެވެ.

މިވާހަކަތައް އަޑުއިވޭ ހިސާބުގާހުރި ލައިބާގެ ލޯ ކަރުނުން ފުރުނެވެ. އޭނާގެ އަމިއްލަ ދިރިއުޅުމާމެދު ގޮތް ނިންމުމުގެ ހައްގުވެސް މިއަދަކު ލިބިފައެއް ނެތެވެ. ނުވިތާކަށް އޭނާގެ ހިތް އެމީހަކަށް ދެވިފައިވާ މީހާ ލައިބާއާ އެއްދުވަހެއްގާ އެއްވަގުތެއްގާ އެއްތަނެއްގާ އެހެން މީހަކު ދިރިއުޅުމަށް ގެންނަތަން ދެކެން ހުންނަންވީ ހެއްޔެވެ؟ އެއް ހިޔާވައްސެއްގެ ދަށުގާ ޝައިމްގެ އުނގުތެރޭ އެހެން އަންހެން ކުއްޖެއް ވާތަން ދެކެން ކެތްވާނީ ކިހިނެތް ހެއްޔެވެ؟ ލައިބާ އެންމެ ހައިރާންވީ ރެއާއި ހަމައަށްވެސް އެދެލޮލުން ލައިބާއަށް ލޯބި ފެނުނު ދެލޮލުގާ އުފާވެރިކަން ވީތީއެވެ. ޒޭބާއާ ކާވެނިކުރަން ޝައިމް ހަމަ ހަޤީޤަތުގައިވެސް ބޭނުންވަނީ ހެއްޔެވެ؟

ލައިބާ އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައިވަނިކޮށް ހަޤީޤަތް އޮޅުންފިލީ އަނީސާގެ ފަރާތުންނެވެ.

“ދަރިފުޅު އަނެއްކާ މިކައިވެންޏަށް ޤަބޫލްތަ؟ އިހްސާން ބޭނުންވަނީ ޒޭބާއާ މެރީކުރަން. ޝައިމްވެސް ލައިބާއާ ކާވެނިކުރަން ބޭނުންވާތީ ދެކާވެނި އެއްކޮށް ހަމަޖެއްސީ. އެކަމަކު ދަރިފުޅު އަދި ރެޑީ ނޫނިއްޔާވެސް ބުނާތި. އެއްވެސް މަޖުބޫރުކަމެއްނެތް.” އަނީސާ ވަރަށް ލޯބިން ލައިބާގެ ބޮލުގާ ފިރުމާލިއެވެ. ލައިބާއަށް ވަގުތުން ރޮވުނެވެ. އުންމީދުވެސް ނުކޮށް ހުއްޓާ ލިބުނު އުފާވެރި ހަބަރަކުންނެވެ.

ލައިބާ ރޯތަން ފެނުމުން އެންމެން އައިސް ލައިބާގެ ވަށާލިއެވެ. ވީކީއްތޯ ސުވާލުކުރަން ފެށުމުން ލައިބާ ލަދުން އިސްޖަހާލިއެވެ. ޝައިމްއާއި ދޭތެރޭ ކުށް ހީއެއް ކުރެވުމުން ދެރަވެސްވިއެވެ. އެމޫނުން މިހާރުވެސް ލައިބާއާ ދޭތެރޭ ވިސްނާވަރު ފެންނަން އެބަހުއްޓެވެ. “އެއީ އުފަލުންގޮސް ރޮވުނީ.” ލައިބާ ރަކި ގޮތަކަށް ހީލަމުން ޖަވާބުދިނެވެ. އެންމެންވެސް އެއްފަހަރާ ހީގަތެވެ.

“އިހޫއަށް ކިހިނެތް އެހާ ޔަގީންކަން އޮތީ ޒޭބާ މެރީކުރަން އެއްބަސްވާނެކަން؟” ޒޭބާ އެނބުރި ގެއަށްދިޔަ މަގުމަތީ ސުވާލުކޮށްލިއެވެ.

“އަސްލު މިކޮޅަށް އައިއްސުރެވެސް ވަރަށް ކަމުދޭ ޒޭބާ. ދެން ކުރިން ލައިފްގަ ދިމާވި ގޮތުން ކުރިއަށްދާން ނުކެރިފަ ހުރީ. ދެން ޑޭޑްމެން އަހަރެންގެ ކާވެނި ކުރުވަން އުޅޭކަން އެނގުނީމަ އައި ޓޯލްޑް ދެމް އައި ލައިކް ސަމްވަން. އައި ޑިން ވާންޓު ލޫޒްޔޫ. ދެން ޒޭބާ ހިތުގަ އޮތް އެއްޗެއް ބަލަން ރީނާ ކައިރީ ރޭގަ ގުޅާފަ އެހީ. އެއީ ޒޭބާގެ އެނމެ ކްލޯޒް އޮފީސްމޭޓްވީމަ. ވަރަށް އާދޭސްކޮށްގެން ބުނީ ޒޭބާވެސް އިހޫއާ ލައިކްވާވާހަކަ. ދެން މިއަދު ތިގެއަށްގޮސް މޮމްމެންނާ ޓޯކްކުރީ.” އިހްސާން ކިޔާދިނެވެ.

މިރެއަކީ ވަރަށް ހާއްސަ ރެއެކެވެ. ފެންވަރުގެ ގޮތުން ބެލިއަސް ހަރަދުގެ ގޮތުން ބެލިއަސް މިއަހަރު މާލޭގާ ބޭއްވޭ ކާވެނި ޕާޓީތަކުގެ ލިސްޓުގެ އެންމެކުރިން ޖާގައެއް ހޯދާނެ ކާވެނި ޕާޓީއަކަށް މިރޭ ‘ލައިފް ލައިން ހޮޓެލް’ ގާ މިއޮތް ޕާޓީ ވެގެންދާނެއެވެ. މުޅި ހޮޓެލްގެ އެތެރެއާއި ބޭރު ގަދަނޫކުލައާއި ގަދަރަތްކުލައިގެ ބޮކިން އަލިކޮށްލާފާވެއެވެ. ޕާޓީގެ ތީމްއަކަށް ‘ރޯޔަލް’ ހަމަޖައްސާފާވުމުން ހޮޓެލްގެ ތެރެއަށް އަންނަމުންދިޔަ މެހްމާނުން ހީވަނީ ކާޓޫން ތަކުގާ ޕެލެސްގައި އޮންނަ ޙާއްސަ ޕީޓީތަކަށް ހެދުންއަޅީފާ ތިބޭ ކެރެކްޓާރސް ތަކެއްހެންނެވެ. އެހެން ހީނުވާންވީ ސަބަބެއް ނެތެވެ. ހޮޓެލްގެ ވަންނަ ދޮރުން ފެށިގެންގޮސް މުޅި ހޮޓެލްގެ އެތެރެވެސް ޑިޒައިންކޮށް ޒީނަތްތެރި ކޮށްފާވަނީ ދެކޭ މީހުންނަށް އެއީ ގަނޑުވަރެކޭ ހީވާފަދަ ގޮތަކަށެވެ. ޕީޓީއަށް އަންނަ ހުރިހާ މެހްމާނުންވެސް އެކަމަށް ތަޢުރީފުކުރެއެވެ.

ޕާޓީހޯލްގެ ކަނާތް ފަރާތުގާ އުސްކޮށް ފަރުމާކޮށްފާހުރި ރޯޔަލް ދެ ސޯފާކޮނޑީގާ މިރޭގެ ޕާޓީ އެބަޔަކަށް ޚާއްސަވާ ދެޖޯޑު ތިއްބެވެ. ކުރިމަތީގައި ވަރަށް ރޯޔަލްގޮތް ދައްކުވައިދޭ އުސް ކޭކެއް އިނެވެ.

ތަންކޮޅެއް ދުރުގާ އާއިލާގެ ބޮޑެތި މީހުންނާއި ކުޑަކުދިން ނަލަހެދިގެން ތިއްބެވެ. އަނީސާގެ އަތުގާ ހިފާލައިގެންހުރި އަލްސަންވެސް މިރޭ ހީވަނީ ކުޑަކުޑަ ޕްރިންސެއްހެންނެވެ.

ކަނާތް ފަރާތު ގޮނޑީގާ ޝައިމްއާއި ލައިބާ ތިބިއިރު ދެކުދިންގެ އަތް ގުޅުވާލެވިފާވެއެވެ. އަނބި ގަބޫލްކޮށްފީމޭ ބުނި ހިސާބުން ފެށިގެންވެސް ޝައިމްގެ އަތް ލައިބާގެ އަތުން އެންމެ ވަގުތު ކޮޅަކަށްވެސް ދޫކޮށްލާކަށް ބޭނުމެއްނޫނެވެ.

ޝައިމްގެ ތޫނު ނަޒަރު އިރުއިރުކޮޅާ ލައިބާއަށް ހުއްޓިފާ ހުރެއެވެ. މެރޫންކުލައިގެ ދިގު ވެޑިން ޑްރެސްއާއިއެކު މެރޫން ޝޯލްއަކުން ބޯ ނިވާކޮށްލެވިފާ ވާއިރު އެ ދޮން މޫނުގާ މިރޭވަނީ އާދައިގެ މޭކަޕެއް ކުރެވިފައެވެ. ޝޯލްގެމަތިން ބޮލުގާ އަޅާފާވާ ތާޖުގެ ސަބަބުން އެއީ ރާނީއެއްކަމަށް ދައްކައެވެ. ތުންފަތުގާވާ މެރޫން ލިޕްޓިކްގެ ސަބަބުން އެތުންފަތައް ނަޒަރުހުއްޓޭ ކޮންމެ ފަހަރަކު ކަރުހިއްކައިގެންފާވާފަދަ އިހްސާސެއު ޝައިމްއަށް ކުރެވެމުންދިޔައެވެ. އެ ބޮޑު ދެލޮލުގެ ދިގު އެސްފިޔަތަކުގާ މަސްކަރަ ޖައްސާފާވުމުން ލައިބާއާ ހަތަރުކަޅި ހަމަވާވަގުތު އެފުންލޮލުގެ ތެރެއަށް ގެނބިގެންދާފަދަ އިހްސާސެއް ޝައިމްއަށް ކުރެވެއެވެ.

މިރޭ ގިނަ އަންހެން ކުދިން ސިއްރުސިއްރުން ޝައިމްގެ ރީތިކަމަށް ތައުރީފްކުރިއެވެ. ހުދު ގަމީހުގެ މަތިން ނޭވީބްލޫ ކުލައިގެ ކޯޓެއްލާ ހަމަ އެކުލައިގެ ފަޓްލޫނެއްލާ ކަޅު ބޫޓަކަށް އަރާފައެވެ. ބޮލުގެ ފަން އިސްތަށިކޮޅު ރީތިގޮތަކަށް ސްޓައިލްކޮށްފާވާއިރު މެދުމިނަކަށް ކޮށާފައިވާ ތުނބުޅިވެސް އެއްވަރުކޮށްލާފާވެއެވެ. ޖީބުގައިވާ މެރޫންކުލައިގެ ފިނިފެންމަލަކީ ލައިބާގެ ހެދުމާ ގުޅުވާލަން ޖަހާފައިވާ މަލެކެވެ.

ލައިބާއަށް އިހްސާސް ކުރެވެމުންދިޔައީ ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ ލިބެން އުޅޭކަމެވެ. ޝައިމްގެ ޖާދުވީ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ލަދުން އިސްޖަހާލެވެނީ ޝައިމް އެހާވަރަށް ބަލާތީއެވެ. އަތުގައިވާ ނޭވީ ބްލޫއާއި މެރޫންކުލަ ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ބޮކޭއަށް ނަޒަރު ހުއްޓާލައިގެން މާގިނައިރު އިނދެވޭގޮތްނުވަނީ ސިއްރުސިއްރުން ޝައިމް ލައިބާގެ ކަންފަތް ދޮށުގާ ތަފާތު ވާހަކަތައް ދައްކަމުންދާތީއެވެ.

އިހްސާންއާއި ޒޭބާގެ ހާލަކީވެސް މިއީއެވެ. ދެމީހުންގެ ހެދުން އެޅުންވެސް ލައިބާމެންނާއި ވަރަށް އެއްގޮތެވެ. ތަފާތަކީ ލައިބާގެ ހެދުމުގާ ބޭނުންކޮށްފާވާ ކުލަ އިހްސާންގެ ކޯޓާއި ފަޓުލޫނުގާ ހުރެފާ ޝައިމްއާއި އެއްކުލައިން ނޭވީބްލޫ ކުލައިގެ ބޮޑު ވެޑިން ޑްރެސްއެއް ލާފާވުމެވެ. އެދެޖޯޑަށްމެސް މެހްމާނުންގެ ތައުރީފުގެބަސްތައް އޮހޮރެމުންދިޔައެވެ.

މިރޭގެ މެހްމާނުންގެ ތެރޭ އެދެޖޯޑުވެސް ފެންނާނެކަމަށް އުންމީދުނުކުރާ އެތަށް މޫނުތަކެއް ފެނުނެވެ. ލައިބާގެ ބިގް ސަޕްރައިޒް އަކަށްވީ އޭނާގެ ބެސްޓީ ސަމާ ޗައިނާގާ މެޑިކަލްސް ކިޔަވަން ހުރުމަށްފަހު ލިބުނު ކުޑަ ޗުއްޓީގާ އަންގާވެސްނުލާ މިރޭ ޕާޓީއަށް އައުމެވެ. އެކުގާ ސީމާއާއި އޭނާގެ ފިރިމީހާ ދާސްގެ އިތުރުން ލީލާއާއި ނިޒާމްވެސް ތިއްބެވެ. އިހްސާންއަށްވެސް މިރޭވީ ހުރިހާގޮތަކުންވެސް ވަރަށް ޚާއްސަ ރެއަކަށެވެ. ރާއްޖެ އައިފަހުން ފުރަތަމަ ފަހަރަށް މަންމައާއި ބައްދަލުވުމުންނެވެ. މަންމައާއި އެއާއިލާގެ ބައެއް މީހުން މިރޭ ޕާޓީއަށް އައިސް އެދެޖޯޑަށް މަރްހަބާ ކިއެވެ. އަދި އުފަން ދަރިއަކާމެދު އެގޮތަށް ކަންތައް ކުރެވުމުން ފަރީދާ އިހްސާންގެ ކިބައިން މާފަށްވެސް އެދުނެވެ.

ޕާޓީ ނިމިގެން ގެއަށްދިޔައިރު އެންމެންވެސް ތިބީ ވަރުބަލިވެފައެވެ. އެހެންކަމުން އެންމެންވެސް ނިދަން ވަދެއްޖެއެވެ. އަނީސާވެސް ނިދާފާއޮތް އަލްސަން ގޮވައިގެންގޮސް ކޮޓަރިއަށްވަނީ އިހްސާންއާއި ޒޭބާއަށް ވަގުތު ދެމުންނެވެ.

ކޮޓަރިއަށް ވަދެގެންދިޔަ ލައިބާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ދޮރުގެ ތަންޑު އެޅުވުނު އަޑަށެވެ. ހިތަށް ވެރިވި ލަދުވެތި އިހްސާސެއްގެ ސަބަބުން ލޯމަރާލެވުނީ ބޭއިޚްތިޔާރުގައެވެ. ކުއްލިއަކަށް ލޯ ހުޅުވާލެވުނީ ޝައިމް އައިސް އަތްދަނޑި މައްޗަށް އުފުލާލުމުންނެވެ.

“ލައި! ސުވާލެއް ކޮށްލަންތަ؟” ޝައިމް ލައިބާ އެނދުމަތީ ބައިންދަމުން އަހާލިއެވެ. ލަދުގަނެފާއިން ލައިބާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “ޝައިމް ފުރައިގެން ދިޔަ ދުވަހު މެސެޖެއް ކުރިވާހަކަ ބުނީމެއްނުން. ބުނެދީފާނަންތަ އެމެސެޖްގަ ލިޔުނީ ކީކޭކަން؟” ޝައިމްގެ ސުވާލުން ލައިބާގެ ކޮލުގަވާ ފިޔާތޮށިކުލަ ގަދަވިކަން ޝައިމްއަށް އެނގުނެވެ. “އައިލް ބީ ވެއިޓިން ފޯރޔޫ.” ލައިބާ އިސްޖަހައިގެން އިނދެ ބުނެލިއެވެ. ޝައިމްގެ މޫނުގެ ކުލަ އިތުރަށް އުޖާލާވިއެވެ.

ޝައިމް ލައިބާގެ ދަތްދޮޅީގައިހިފާ ހިއްލާލިއެވެ. އަދި ވަރަށް ފުން ނަޒަރަކުން އެމޫނަށް ނަޒަރުހިންގާލިއެވެ. ޝައިމް މަޑުމަޑުން ލައިބާގެ މޫނާ މޫނު ކައިރިކޮށްލިއެވެ. އަދި ލައިބާގެ މަޑުމަޑު ތުންފަތުގާ ލޯބިކޮށްލިއެވެ. ލަދުން އިނދެ ލައިބާވެސް ޝައިމްއާއި ބައިވެރިވިއެވެ. ދެން ފެނުނީ ކޮޓަރީގާ ދިއްލާފައިވާ ނިދާބޮކީގެ އަލި ފަނޑުވެގެންދިޔަ މަންޒަރެވެ.

ނިމުނީ

(ކުދިންނޭ ވާހަކަ ނިމުނީ. މިއީ އަޅުގަނޑު މިގޮތައް ޕަބްލިކް އަށް ފެންނަ ގޮތަށް އަދި ވެބްސައިޓެއްގައިވެސް ލިޔުނު ފުރަތަމަ ވާހަކަ. އެހެންކަމުން ވަރަށް ގިނަ ކުށްތައް ލިޔެވިފައި ހުރެދާނެ. އަދި ވަރަށް ހިތްހަމަޖެހިއްޖެ ވާހަކަ ނިންމާލެވުނީމަ. ތިޔަ އެންމެހާ ކިޔުންތެރިން ދެއްވި ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. އަދި ސައިޓްގެ މެނޭޖްމެންޓަށްވެސް. ތިޔަ ކިޔުންތެރިންނަށް މިވާހަކަ ކަމުދިޔަ ކަމަށް ހީކުރަން)

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ހާސިލް ނުވި ލޯބި ދެވަނަ ބައި

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (21)

Next
April 23, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (21)

Previews
April 23, 2017

ހާސިލް ނުވި ލޯބި ދެވަނަ ބައި

29 Comments!

  1. Xoii says:
    April 23, 2017 at 2:56 pm

    No meethi hama habeys

  2. maroon says:
    April 23, 2017 at 2:57 pm

    sweet ending ❤?
    Waiting for another story ?

  3. Nana says:
    April 23, 2017 at 2:57 pm

    Eyyy vrh salhi ingey story

  4. Chum handi says:
    April 23, 2017 at 3:03 pm

    wonderful… I love it… waiting for another story….

    1. Faithful ithoo says:
      April 23, 2017 at 3:54 pm

      Aaaa maly ah thiothy hama first libifa. Thittha ah heveny maly first ey liyefa inthan fenunyma

    2. Faithful ithoo says:
      April 23, 2017 at 3:55 pm

      Sorry maly ge comment ah kuri reply eh aslu
      Hehheheheh

  5. Maly says:
    April 23, 2017 at 3:05 pm

    Me first dhw.. V v reethi mi story ves… ashives mi kahala story kiyaalan libeyne kamah unmeedhu kuran.. keep it up cenhi..

  6. nee says:
    April 23, 2017 at 3:06 pm

    beautiful story….

  7. ssss? says:
    April 23, 2017 at 3:17 pm

    Mi vaahaka varah rythi… Hope kuran cenhi ge ithuru vahakaa eh varah avahah fennaane kamah

  8. Anee says:
    April 23, 2017 at 3:27 pm

    Var reethi vaahaka

  9. Lam Herr says:
    April 23, 2017 at 3:34 pm

    Wonderful… Love it…waiting for next story.. ..

  10. haja says:
    April 23, 2017 at 3:47 pm

    Really v nice mi story

  11. Amin says:
    April 23, 2017 at 3:47 pm

    Masha allah ? v reethi

  12. Cherry says:
    April 23, 2017 at 3:52 pm

    Vaaahaka kamu nudhaan vy evves sababeh nethennu. Nulaahiku rythi viyya. Dhn aslu cherry varah shaim miss vaane. Adhives shaim ge character laigen ehn vaahaka eh genesdheynan dhw. Hehehheh
    Nice 1 dear
    You really did it hama ??

  13. rosy says:
    April 23, 2017 at 4:06 pm

    VVVVVVVVVVVVVV reethi nimun….

  14. shafu says:
    April 23, 2017 at 4:07 pm

    wow v nice ………. waiting for another story

  15. Cenhi says:
    April 23, 2017 at 4:07 pm

    Thnkx ol. In Sha Allah adhi fennane Ehen vahakaeh in future

  16. Maree says:
    April 23, 2017 at 4:08 pm

    v reethi

  17. Someone ? says:
    April 23, 2017 at 4:19 pm

    Obiness to the max …. !!! ♥♥♥♥♥♥♥♥♥?????????

  18. ReeXa says:
    April 23, 2017 at 5:21 pm

    Happy ending… vaahaka reethi

  19. Areesha says:
    April 23, 2017 at 5:23 pm

    Awesome

  20. Khajja says:
    April 23, 2017 at 6:56 pm

    Masha allah v loabi stry n nxt stry akah v wait kuran insha allah luv u??????❤❤❤❤

  21. xim says:
    April 23, 2017 at 7:58 pm

    story ge konme part ehvx v reethii…..waiting 4 next story..miss yu sis??

  22. Cenhi says:
    April 23, 2017 at 8:28 pm

    Thnkx ol. In Sha Allah in a near future Ehen story eh fennane

  23. Hajja says:
    April 24, 2017 at 1:00 pm

    Furathama vaahaka ah balaairu varah ves reeth kuh ves maa gina kamakah nuvee vaahaka reethi veema

  24. Shahy says:
    April 24, 2017 at 5:40 pm

    V reethi mivaahaka.. ehnvahaka akah umeedhu kuran 🙂

  25. Cenhi says:
    April 25, 2017 at 4:47 am

    Thank u

  26. Shau says:
    May 12, 2017 at 6:23 pm

    V r

  27. Yana says:
    May 26, 2017 at 2:47 pm

    Habeys hama waiting for the next story…. ❤❤❤❤❤❤❤

Comments are closed.



All Right Reserved!