އުމުރަށް (ފުރަތަމަ ބައި)
ދުވާލު ހަތަރުދަމު އޮފީހުގައި އުޅުމުގެ ސަބަބުން ވަރުބަލިކަން އިޙްސާސް ކުރެވެން ފެށިއެވެ. މަސައްކަތުގެ ތެރެއަށް ގެއްލިފައި އިންވަރުން މީހަކަށް ގަޑި ކިޔާފައި ވާކަންވެސް ހަނދާންނުވިއެވެ. ގަޑިއަށް ބަލާލުމަށްފަހު އަވަސްއަވަހަށް އޮފީހުން ނިކުމެގެން ފެރީއަށް ދިއުމަށްޓަކައި ބާރު ހިނގުމެއްގައި ހިނގައިގަތީމެވެ.
އިރުއޮއްސުމާއިއެކު ދުވާލުގެ އަލިކަންފިލާ އަނދިރިކަންވަނީ ވެރިވެފައެވެ. އެހެންނަމަވެސް މަގުތަކާއި ގެތަކުގައި ކަރަންޓުގެ އެހީގައި ދިއްލާފައިވާ ބޮކިތަކުގެ ސަބަބުން މާލެތެރެއަށްވަނީ ކަރަންޓުގެ އަލިން ޒީނަތްތެރިކަން ގެނެސްދީފައެވެ.
ފެރީއަށް ލައްވާލީ ހަމަކިރިޔާއެވެ. އިށީދެލާނެ ތަންކޮޅެހޯދުމަށް ފެރީގެ ދެފަރާތަށް ލޯހިންގަމުން މަޑު ހިނގުމެއްގައި ފެރީގެތެރެއަށް ވަނީމެވެ.
“ހައި…” ފެރީގެ ގޮނޑިއެއްގައި އިށީންދެލައިގެން އިން ޒީނާ އަށް އަހަރެން ފެނުމާއިއެކު ވަރަށް ލޯބި ހިނިތުންވުމަކާއިއެކު ގޮވާލިއެވެ.
“ހައި، ކިހިނެއްތަ؟” އަހަރެންވެސް ޖަވާބުގައި ޒީނާއަށް ހައިޖަހާލުމަށްފަހު ޒީނާއިން ގޮނޑީގެ ހުސްޖާގައިގާ އިށީންދެލަމުން އަހާލީމެވެ.
“ގުޑް، ނަދީމު ކިހިނެއްތަ؟” ޒީނާ ހިނިތުންވެލާފައި ޖަވާބުދެމުން އަހަރެންގެ ހާލު އަހާލިއެވެ.
“ރަނގަޅު، ދެން އެކަހަލަ ގޮތެއް” އަހަރެން ހީލާފައި ފަރުވާ ކުޑަ ގޮތަކަށް ޖަވާބުދިނީމެވެ.
“ހާދަ ފާޑަކަށް، އަނެއްކާ ކިހިނެއްވީ؟” އަހަރެންގެ ޖަވާބާއިމެދު ޒީނާ ހިތްހަމައެއް ނުޖެހުނެވެ.
“ދެން ފަހުން ކިޔާދޭނަން” އަހަރެން އެވަގުތު އެވާހަކަ ކުރިއަށް ގެންދިއުމަށް ބޭނުން ނުވުމުން ކުރުކޮށްލީމެވެ.
“އޯކޭ” ޒީނާ ބޯޖަހާލަމުން ހިނިތުން ވެލިއެވެ.
ޒީނާ އަކީ އޭނާއަށް ލިބިފައިވާ ރީތިކަމަށްޓަކައި އޭނަ ފެންނަ ކޮންމެ މީހަކުވެސް އޭނާއަށް ތަޢުރީފު ކުރާފަދަ ރީތި އަދި އެހާމެ ހިތްހެޔޮ ރަނގަޅު ކުއްޖެކެވެ. އޭނާގެ މަންމަ އާއި ބައްޕައަށް ލިބިފައިވާ ހަމައެކަނި ދެކުދިންގެ ތެރެއިން އެއްމެ ދޮށީ ދަރިފުޅެވެ.
ޒީނާ އަކީ އަހަރެން ސަރުކާރުގައި މަސައްކަތްކުރިއިރު އަހަރެންނާއިއެކު މަސައްކަތްކުރި އަހަރެންގެ ބެސްޓް ފްރެންޑެވެ. އޭއްރުއްސުރެ އުފެދިފައިވާ އެގާތް ރަޙްމަތްތެރިކަމަށް ބަދަލެއްނައިސް މިއަދާއި ހަމައަށް ވެސް އަހަރެންނާއި ޒީނާ އަކީ ބެސްޓް ފްރޭންޑުންނެވެ. ދެމީހުންނަށްދިމާވާ ހުރިހާ ކަމެއްވެސް އެކަކު އަނެކަކަށް ދިޔައީ ޙިއްޞާ ކުރަމުންނެވެ. އެހެންނަމަވެސް އަހަރެން ސަރުކާރުން ވަކިވިފަހުން ވަރަށް މަދުންނޫނީ ޒީނާ އާއި ބައްދަލު ނުވެއެވެ. މަސައްކަތް ހުންނަ ގޮތުން އަހަރެން ޒީނާމެންގެ ގެއަށް ދާނެ ވަގުތެއް ނުލިބެއެވެ. އެކަމަކީ ޒީނާ އަބަދުވެސް އަހަރެންނާއި ކުރާ ޝަކުވާ އެވެ.
“ކީއްކުރަން ހުޅުމާލެއަށް ތިދަނީ؟” ޒީނާ ހުޅުމާލެއަށްދާ ސަބަބު އޮޅުންފިލުވާލުމުގެ ގޮތުން އަހަރެން އަހާލީމެވެ.
“ފްރެންޑެއް ކައިރިއަށް” ޒީނާގެ ޖާވާބުދިނެވެ.
“އަނެއްކާ ބިޓެއްފަދަ ފްރެންޑެއްތަ؟ ހެހެ..” އަހަރެން ޒީނާއާއި ސަމާސާ ކޮށްލުމުގެ ގޮތުން ހީލަމުން އަހާލީމެވެ.
“ނޫން…ބިޓެއް ނަގައިފިއްޔާ އެއްމެ ފުރަތަމަވެސް ބުނާނީ ނަދީމު ކައިރީގަނުން… ދޯ؟” ޒީނާ ހިނިތުންވުމާއި އެކު އެސުވާލަށް ޖަވާބުދިނެވެ.
“ހޫމްމް… ތީގެ މާނައަކީ ޒީނާ އަދިވެސް ހުސްކޮށްށޭ ދޯ؟ ހެހެހެ” އަހަރެން ސަމާސާ ކޮށްލުމަށް އެހެން ބުނުމުން ޒީނާގެ މޫނުމަތީގެ ކުލަ ބަދަލުވިއެވެ. އޭނާ ދެރަވިކަން އަހަރެންނަށް އިޙްސާސް ކުރެވުނެވެ.
“ސޮރީ، އަނެއްކާ ނަދީމު އަށް ގޯސް އެއްޗެކޭ ބުނެވުނީތަ؟” އަހަރެން ބުނިއެއްޗަކުން ޒީނާގެ އުފާވެރިކަން ގެއްލުނީމަ އަހަރެން މަޢާފަށް އެދުނީމެވެ.
“ނޫން. ނަދީމު އެއްވެސް ކަމެއް ނުކުރޭ، ކަމެއް ޚިޔާލަށް އައީ” އުފާވެރިކަމެއްނުވާ ހިނިތުންވުމަކާއިއެކު ޒީނާ ޖަވާބު ދިނެވެ.
“ނަދީމު. އެތެރެއަށް ވަދެލާނަން” ޒީނާ ދެރަވުމުން އެވަގުތު ކޮޅު އޭނާއަށް ދިނުމުގެ ގޮތުން ގޮނޑީގެ އެތެރެއަށް ކުޑަ ދޮރުކައިރިއަށް އަހަރެން ޖެހިލީމެވެ.
ޝަކުވާއިން ފުރިފާ ގޮތަކަށް ޒީނާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ޖަވާބުގައި އަހަރެން ޒީނާއާއި ދިމާއަށް ހީލުމަށްފަހު ކުޑަދޮރުން ބޭރު ބަލާލީމެވެ.
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


ޒީނާތަ، ނޫނީ ޒީދާތަ؟؟؟
އެއްވާހަކަ ނުނިމެނިސް އަނެއް ވާހަކަ ފަށަނީ ކީކުރަން…….cotiniu kohbala nge
hama Zeenaa…
މިއީ ކުރިން ވެސް އެހެން ސައިޓަކުން ކިޔަން ފެށި ވާހަކައެއް ހެން ހަނދާން ވޭ، ޒިމް ގެ ބައެއް ވާހަކަ ކުރިން ކިޔާފަ ހުރިހެން ހީވެ ، އެކަމަކު އެއްވެސް ވާހަކައެއް ނީމޭ ހިސާބައް ކިޔުނު ހަނދާނެއް ނުވޭ، ހީކުރްނ މިވާހަކަ ނިމެންދެން ކިޔާލަން ލިބޭނެކަމަށް 🙂