Skip to content
އެސްފިޔަ

ޗައިނާ ދަތުރު

އާދަނާއި ތަކުރަކީ ދެ ވިޔަފާރިވެރިންނެވެ. ތަކުރު ވިޔަފާރި ދަތުތުރުތަކުގައި ޗައިނާއަށް ގޮސްއުޅުނެއްކަމަކު މިއީ އާދަނު ޗައިނާއަށް ކުރިފުރަތަމަ ދަތުރެވެ. އެއާރޕޯޓުން ހޮޓަލަށް ދެވުމާއެކު ދެމީހުން ތިބެންހަމަޖެހިފައިވާ ކޮޓަރީގެ ތަޅުދަނޑި ޙަވާލުކުރެވިއްޖެއެވެ. ޗައިނާގައި ކިރިޔާވެސް ނިދާލެވޭވަރުގެ ހޮޓަލެއްވިއްޔާ ނުހަނު އަގުބޮޑެވެ. އެހެންވެ އާދަނާއި ތަކުރު އަދިވެސް ގިނަ ދިވެހި ވިޔަފާރިވެރިން ގޮސްތިބެނީ ވަރަށް އާދައިގެ ހޮޓާތަކުގައެވެ. މިފެންވަރުގެ ހޮޓާތަކުގެ ފާޚާނާގައި މުސްލިމް ޝަވަރެއް ނުހުރެއެވެ. ޠާހިރުވާން ހަދާނެގޮތަކާމެދު އާދަނު ވަރަށް ވިސްނިއެވެ. އެކަމަކު ތަކުރު ކާރީގައި މިވާހަކަ އަހައިފިއްޔާ އާދަނަކީ ގަމާރު މީހަކަށް ވެދާނެތީ މިވާހަކަ އެއްގޮތަކަށްވެސް ނުދައްކައެވެ. ބާޒާރުގައި އުޅުމަށްފަހު ކުއްލި ކުއްލިއަށް އާދަނު ހޮޓަލަށް އަންނަންޖެހެއެވެ. ކޮންމެފަހަރަކުވެސް ފާޚާނާއަށް ވަނދެފައި އާދަނު ނިކުންނަނީ ފެންވަރާލައިގެންނެވެ. މިއީ ތަކުރަށް އާދަނުގެ ކިބައިން އަލަށްފެނުނު ކަމެކެވެ. ބެންކޮކާއި ދުބާއީ ދަތުރުތަކުގައި އާދަނު ފެންވަރަނީ ވަރަށްމަދުންނެވެ. އެއްދުވަހަކު އެއްކަލަ ކަންތަކާ ލައިގެންފިއެވެ. އަވަސްއަރުވާލައިގެން ހޮޓަލަށް އައިސް އާދަނު ފާޚާނާއަށް ވަނދެއްޖެއެވެ. ތަކުރު ކުއްލިއަކަށް އެއްޗެއް ހަނދާންވިއެވެ.

އާދަނު ފާޚާނާއިން ނިކުތީ އާދައިގެމަތިން ފެންވަރައިގެންނެވެ. ނިކުތުމާއެކު ތަކުރު އަހައިފިއެވެ.
ތަކުރު: އާދަނާ، މިރަށަށް އައިފަހުން ބޮޑުކަމު ޙާޖަތެއް ނުޖެހޭ ހެއްޔެވެ؟
އާދަނު: ނޫން. ހިސާބަކަށް ބަނޑުދިއާކޮށް އުޅޭތީ ވަރަށްގިނައިން ބޮޑުކަމު އެބަދެވެއެވެ.
ތަކުރު: ތިޔަ ފާޚާނާގައި މުސްލިމު ޝަވަރެއް ނެތްއިރު ޠާހިރުވަނީ ކިހިނެތް ހެއްޔެވެ؟

އާދަނު ވަރަށް ކަންބޮޑުވިއެވެ. އެހެނީ އޭނަހުރީ މިސުވާލު ކޮށްފާނެތީ ކުރިއްސުރެ ކަންބޮޑުވެފައެވެ. ބުންޏެވެ.
އާދަނު: ދެން ކޮންގޮތެއް ހަދާނީވެސް؟ ބޮޑުކަމުދާ ކޮންމެފަހަރަކު ފެންވަރާލަނީ……..

ތަކުރު ހަމައިންގޮތަށް ބަހެއްނުބުނެ އިނީއެވެ. އާދަނު ކުޑަކޮށް ނުތަނަވަސް ވެއްޖެއެވެ. އަދި އަހައިފިއެވެ.
އާދަނު: ތިޔަހެންޏާ ތަކުރު ހަދަނީ ކިހިނެއް ހެއްޔެވެ؟
ތަކުރު: އާދަނުގެ ކަންތަކާހެދި ބުނާނީވެސް ދެންކީކޭހެއްޔެވެ؟ ފާޚާނާގައި ބާލިދީއެއް ބަހައްޓައި އެއަށް ޖަގެއް ލާފައި އޮންނަތަނެއް އާދަނަކަށް ނުފެނޭހެއްޔެވެ؟
އާދަނު: ތިބާލިދީއާއި ޖަގުވެސް ދެކެމެވެ. އެކުންވާގޮތަކީ މާލޭގައި މުޅިންވެސް ބޭނުންކޮށް މިއުޅެނީ ވާގަނޑުވިއްޔާއެވެ. ހޯދާ ހޯދާ ވާގަނޑު ނުފެނުމުން ދެންހަދާނެ ހަމައެއްގޮތެއްވެސް ނޭނގި ފެންވަރާލަނީއެވެ. އެކަމަކު ބުނަންހެއްޔެވެ. ފެންވަރާ މާގަނޑުން އަންނަފެން މާބޮޑަށް ހޫނުވީމާ އަބަދުވެސް ފެންވަރާއުޅެނީ ބާލިދީއަށް ފެންއަޅައިގެން ޖަގުން ގަޔަށް ފެންއަޅައިގެންނެވެ. ދެންފެންވެރުމުގެ ތެރޭގައި ޠާހިރުވެލަނީއެވެ.
ތަކުރު: ގޯހެއްނޫނެވެ. ޖަގާއި ބާލިދީގެ ބޭނުންވެސް އެބަކުރަމުތާއެވެ. އެކަމަކު ކަލޭނޫނީ ބޮޑުކަމުދާ ކޮންމެފަހަރަކު ހިނެއިންވާޖިބުވާ މީހެއް މަށަކުވާ ނުދެކެމެވެ.

ނޯޓް: މިއީ ހަޤީގީ ވާހަކައެކެވެ. ނަންތައް އެވަނީ ބަދަލުކޮށްފައެވެ.

Comments (18)

  1. zam-aa

    HAMA HEVENEEE LOL

    1. ammi
      zam-aa

      Hehe

  2. aiminat

    !vara majaaaaaaaaaaaaaaa
    HA HA HAAAAAA

  3. samaa

    hehe
    varah salhi

  4. sama

    hehe
    varah salhi

  5. afaa

    varah obi

  6. shaahyna

    hama eh vx majaleh nun

  7. sandex sande

    v nice joke

  8. massab-123

    Salhi… Hehehehehr

  9. rosy

    wat is the “kunnu”about that…

  10. ni huu

    not majaa

  11. twinkle

    varah nice story eh

  12. No Comment Guy

    މިކަހަލަ ހަގީގީ ހާދިސާތައް ގިނައިން ގެނެސްދިނުން އެދެން. މަޖަލާއި އިބްރަތް ލިބޭނެ އެއްޗަކަށް ވާނެތީ.

  13. mysterious girl

    hehehe

  14. princess

    i don’t get this -.-

  15. ma

    varah habeys

  16. naa

    V majaa hehehe….

  17. raffu

    lolololololol…. vrh vrh vrh vrh vrh vrh vrh majaaaaa lololololololol..

Comments are closed.