Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަ

މަންމަ ދަރިފުޅު ނާ ނަ ނާ

nick Level 1
April 19, 2017 4 Mins Read
23 Comments

‘ކޮބާ ފައުޒީ؟…’ ބައްޕަގެ އަޑު ޖެހުމުން އަހަރެން ލޯހުޅުވާލީމެވެ.

‘ކޮޓަރީގަ އެއްނު ވާނީ.’ މަންމަގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުމެވެ.

‘އަދިވެސް އެސޮރުދެކެ ރުޅި އައިއްސަތަ؟’

މަންމަ އަނގައަކުން ނުބުންޏެވެ.

‘އެސޮރު ކައިފިތަ؟’ ބައްޕަ އެހިއެވެ.

‘ކުރެވުނު ކަންތައް މޮޅުވެ ނުކައި ނިދައިފި.’ އެ ފޫހިކަން އެކުލެވިގެންވާ ރާގުގައި މަންމަ ބުންޏެވެ. ‘އެހައި މޮޅުކަމެއް ކުރެވުނީމަ ބަނޑުވެސް ފުރުނީ ތޯއްޗެއް!’

‘ސައުދާ ކީއްވެތަ އެސޮރު ދެކެ ތިހާ ރުޅިއެއް ތިއަންނަނީ؟’ ހިތްހަމަނުޖެހިފައިވާ ރާގެއްގައި ބައްޕަ ބުންޏެވެ. ‘ކުދިކުދި ކަންތަކާ އެސޮރުދެކެ ތި ރުޅިއަންނަނީ މާބޮޑަށް…އެއީ އަދި ކުޑަކުއްޖެއްނު؟’

‘ކުޑައްޔާ ހެޔޮ ދޯ ކޮންމެފަދަ ކަމެއް ކުރިޔަސް! އެހެން ނޫނަސް އެއީ ތަންދޮރު ނޭންގޭ ވަރުގެ ކުޑަކުއްޖެއް ނޫނޭ! މިސޮރުގެ އަތެއް ތަނެއް ބިންދައިގެން ދިޔަނަމަ އަހަރެން ކީއްކުރާނީ؟ ނަޒީފަކަށް ނޭނގޭނޭ ފައުޒީގެ ހުންނަ ނުލަފާކަމެއް. މިސޮރާ ގާތްނުވާށޭ ބުންޏަސް ނުހުރޭ ދުރުގައެއް. ހަމަ ތަނެއްގަ ބާއްވާފަ ދުރަށް ޖެހިލާއިރަށް ކޮންމެވެސް އަނިޔާއެއް ދޭނެ.’

‘ދެންހަމަ ކަމެއް ވެދާނެ އެއްނު!’ ބައްޕަ އަހަރެންގެ ދިފާއުގައި ވާހަކަ ދެއްކިއެވެ. ‘އެސޮރުވެސް ގަސްދުގަ އެކަހަލަ ކަމެއް ނުކުރާނެ އެއްނު.’

‘އެއްގޮތަކަށްވެސް!’ މަންމަ ނަފުރަތާއެކު ބުންޏެވެ.

‘ސައުދާގެ ވާހަކަ ތިހުންނަގޮތުން ހީވަނީ ފައުޒީއަކީ ސައުދާގެ އެންމެ ބޮޑު ދުޝްމަނު ހެން’

‘ހޫނ! ކަންތަކާ ޖެހުނީއޭމި!’ މަންމަގެ އަޑު ބާރުވިއެވެ. ‘ދެން ހީވާނީ އެހެންފަދަ ކަމެއްހެން. އެކުއްޖާގަނޑު މީނައަށް ޖައްސާފަ މިހުންނަނީ ކޮންފަދަ ޖާދުލެއް ކަމެއް ނޭންގެ’

‘ބަލަ އެއީ މަގޭވެސް ދަރިއެކޭ!’ ބައްޕަގެ އަޑުވެސް ބާރުވިއެވެ. ‘މައި ލަގޮނޑިއަށް އެކަނިތަ އަސަރު ކުރާނީ!’

އަހަރެން ލޯމަރާލުމަށްފަހު ފުން ނޭވާއެއް ލީމެވެ. އަނެއްކާވެސް އެ ޒުވާބެވެ. އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކުގެ ހަނދާންތައް ސިކުނޑީގައި ރައްކާކުރެވެން ފެށީއްސުރުވެސް އިވެމުންދާ ޒުވާބެވެ. މަންމައާއި ބައްޕަގެ ޒުވާބުގެ އަސްލަކަށް އަބަދުވެސް ވަނީ އަހަރެންނެވެ. ނަމަވެސް އަހަރެންނަށް ސަބަބު އެނގެނީ މަދު ފަހަރެއްގައެވެ.

ޒުވާބުގެއަޑު ބާރުވަމުން ދިޔަވަރަކަށް އަހަރެން ދެލޯ މަރާ ބާރުކުރަމުން ދިޔައީމެވެ. ނަމަވެސް ދެކަންފަތުގައި އަތް އަޅާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ނުރޯން ހިތްވަރުކޮއްގެން އޮއްވާވެސް ދެލޮލުގެ ތެރެއިން މަޑުމަޑުން ކަރުނަ ފޭދެން ފެށިއެވެ.

އަހަރެންނަށް ނިދުނީ ކޮން އިރަކުކަމެއް ބުނެދޭކަށް ނޭންގެއެވެ. ހޭލެވުނީ މަންމަގެ ހިތްގައިމު އަޑުން ކިޔަމުންދާ މަޑުމަޑު ނާނާއެއްގެ އަޑަށެވެ. އެއީ އަހަރެންނަށް އެތައް ފަހަރަކު އަޑުއިވި ދަސްވެފައިވާ ނާނާއެކެވެ. މަންމަ ކުޑަ ކޮއްކޮ ނިންދަވާއިރު އަބަދު ކިޔާ ނާނާއެވެ. އަހަރެން މަންމަގެ އަޑާ އެއްވަރަށް ވައިއަޑުން ކިޔަންފެށީމެވެ.

…ސަންތި މަރިޔަނބު މީ އަރާރޭ،

ގަންނަ ބިރުވޭ ހާދަހާއޭ،

ދަންވަރޭމީ އަނގަ ލައްޕާނދޭ،

މަންމަ ދަރިފުޅު ނާނަނާ،

މަންމަގެ ނާނާގެ އަޑުކެނޑި އެތައްއިރެއް ވީއިރުވެސް އަހަރެންނަށް އަލުން ނިދޭގޮތެއް ނުވިއެވެ. ނުކައި އޮތުމުގެ ސަބަބުން އިންތިހާއަށް ބަނޑުހައި ވެފައި ވާތީއެވެ. އޭރު މަންމަ ކާންގޮވުމުން ނުގޮސް އޮވެވުނީތީ މިހާރު ދެރަވެއެވެ. ކިތަންމެ ބަނޑުހައިވިޔަސް ދެން ބަދިގެއަށް ވަދެ ކާކަށް ނުކެރޭނެއެވެ. މަންމަގެ ރުޅިގަނޑު އިތުރަށް ގަދަވާނެތީއެވެ. ރިހަތެލި ހޫނުކޮށްފައި ވަނިކޮށް އެއިން ރިހަނެގުން ވާނީ އަލިފާނަށް ދަރުއެޅުން ކަހަލަ ކަމަކަށެވެ.

މޫނުމަތީގައި ހިއްލާފައިވާ ދާތައް އަތުން ފުހެލުމަށްފަހު ސީލިންގގައި ހުރި ފަންކާއަށް އަހަރެން ބަލާލީމެވެ. ގަދަ އަޑެއް ކިޔާފައި، މަޑުމަޑުން އެނބުރޭ އެ ފަންކާއިން ކޮޓަރިތެރެއަށް ކުޑަކޮށްވެސް ފިނިކަމެއް ނުފޯރައެވެ. ނިދާބޮކީގެ ފަނޑު އަލީގެ ތެރެއިންވެސް ފަންކާގެ ފިޔަތަކުގެ ބުރު ވަކިކުރަން އެނގޭހައި ވެއެވެ. ފަންކާ ރަނގަޅު ކުރަންވެގެން ދޮންބެ އެތައް ފަހަރަކު މަސައްކަތް ކޮށްފިއެވެ. މިއަދުވެސް ތެޔޮދޯރިއަކުން ފަންކާއަށް ތެޔޮޖަހާ އުޅުނެވެ. ނަމަވެސް ފަންކާގެ އެނބުރުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދޮންބެ މަތީއެނދުގައި އޮންނަނީވެސް ފަންކާއިން ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބޭތޯއެވެ. އެކަމަކު ތިރީ އެނދުގައި އޮތް ކުޑަބެއަށް ނުވާ ފިންޏެއް ދޮންބެއްކަށްވެސް ނުވާނެކަން ގައިމެވެ. ކުޑަކުޑަ ކޮޓަރީގައި އަހަރެންގެ ތަންމައްޗަކީ އެނދު ހުންނަ ފަޅިނޫން އަނެއް ފަޅީގެ ބިތްކައިރީގައި އޮންނަ ތުނި ގޮދަޑިއެކެވެ.

ކޮއްކޮ ގޮދަޑި މަތީގައި ފުރުޅިލި އަޑު އިވުމުން އަހަރެން ކޮއްކޮއަށް ބަލާލީމެވެ. ކޮޓަރީގެ މެދުގައި، ފަންކާ ދަށުގައި އޮތްއިރުވެސް ކޮއްކޮ ވަނީ ދާހިއްލާ ފޯވެފައެވެ. މިރޭ ވަކިން ހޫނުގަދަ ރެއަކީއެވެ. އަހަރެން މަޑުމަޑުން ގޮދަޑިން ތެދުވީމެވެ. އަދި ކޮޓަރީގައި ފޮތްތަކާއި ސްކޫލް ދަބަސްތައް ބަހައްޓާފައި ހުރި ހަރުގަނޑުން ތުނި ފޮތެއް ނަގައިގެން އައިސް ކޮއްކޮގެ މޫނަށް ވިހެން ފެށީމެވެ.

ވާރޭގެ ތުނި ތިކިތައް ފުރާޅު މައްޗަށް ވެހެންފެށުމުން އަހަރެން ހިތަށް އުފާވެރިކަން ލިބިގެން ދިޔައެވެ. ކޮޓަރި ތެރޭގައިވާ ހޫނުކަން ކުޑަވެގެން ދާނެތީއެއް ނޫނެވެ. ވާރޭގެ ތިކިތަކުން ފުރާޅުގެ ޓިނުތަކުގައި އުފައްދާ މިޔުޒިކުން އަހަރެންގެ ހިތަށް ފިނިކަން ލިއްބައިދޭތީއެވެ. ވާރޭގެ އަޑު މަޑުމަޑުން ގަދަވަމުންގޮސް، ފަންކާއިން ގޮވަމުންދިޔަ ގަދަ އަޑު ފަނޑުކޮށްލައިފިއެވެ. އަހަރެން ކޮއްކޮ ކައިރިން ތެދުވެގެންގޮސް ގޮދަޑީގައި އޮށޯތީމެވެ. އަދި ލޯމަރާލާ، ވާރޭގެ ހިތްގައިމު އަޑުގެރެތެއަށް ވިސްނުން ދޫކޮށްލީމެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު މަޑުމަޑުން ޓަކި ޖަހާލިއެވެ. ލޯހުޅުވާލުމަށްފަހު ފާރުގައި ހުރި ގަޑިއަށް އަހަރެން ބަލާލީމެވެ. އޭރު ގަޑިން މެންދަމުން އަނބުރާ އެއްގަޑި ބައިވާން އުޅެނީއެވެ. އަހަރެންގެ ތުންފަތް މައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. އަދި އަވަސް އަވަހަށް ތެދުވެގެންގޮސް ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. ދޮރުމަތީގައި ޝަހޫ ދައްތަ ހިނިތުންވެފައި ހުއްޓެވެ.

‘ޝޝޫހހ!’ ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލާ، އެއްވެސް ވާހަކައެއް ނުދައްކުމަށް ޝަހޫ ދައްތަ އިޝާރާތް ކޮއްލިއެވެ.

އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.

ޝަހޫދައްތަ ކޮޓަރި ތެރެއަށް ވަނުމުން އަހަރެން މަޑުމަޑުން ދޮރު ލައްޕާލީމެވެ.

‘ހެޕީ ބާރތްޑޭ!’ ކުޑަ ޕާރުސަލެއް ދިއްކޮށްލަމުން ހިނިތުންވެލާފައި ޝަހޫދައްތަ ބުނެލިއެވެ. އެ އޯގާތެރިކަމުން ފުރިގެންވާ ހިތްގައިމު އަޑު ކަންފަތުގައި ޖެހުމާއެކު އަހަރެންގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.

އަހަރެން އަވަސް އަވަހަށް ޝަހޫދައްތަ އަތުން އަހަރެންގެ އުފަންދުވަހުގެ ހަދިޔާ ލިބިގަތީމެވެ.

“HAPPY 12th B’DAY” ޕާރުސަލްގައި ލިޔެފައި އޮތެވެ.

ހަދިޔާ ކެނޑުމުގެ ކުރިންވެސް އެއީ ކޯއްޗެއްކަން އަހަރެންނަށް އެނގުނެވެ. އަހަރެން ކުޅުދިޔާވާން ފެށިއެވެ. ޗޮކްލެޓަކީ އަހަރެން އެންމެ ބޭނުންވާ ހަދިޔާއެވެ.

‘މިހާރު ނުކައްޗޭ!’ ޗޮކްލެޓް ޕާރުސަލް ކޮށްފައިވާ ކަރުދާސްގަނޑު ނައްޓާލުމުން ޝަހޫދައްތަ ބުޏެވެ. ‘ރޭގަނޑު ޗޮކްލެޓް ކޭމަ ދަތް ފަނިކާނެ!’

އަހަރެން ޝަހޫދައްތަގެ މޫނަށް ބަލާލީމެވެ.

‘ހެނދުނު ތެދުވެގެން ކާލަން އައިސް އަލަމާރީގަ ބާއްވާނީ’ ޝަހޫދައްތަ އަތްދިއްކޮށްލަމުން ބުނަޏެވެ.

އަހަރެން ދޭން ބޭނުން ނުވެހުރެ، ޗޮކްލެޓް ދިނީމެވެ. އަހަރެން ބަޑުހައިވެފައިވާ މިންވަރު ޝަހޫދައްތަ އަށް އަންގާކަށް ބޭނުމެއް ނުވިއެވެ. ޝަހޫދައްތަ މަންމައަށް ކުރާ ނަފުރަތު ހައްތަހާ ބޮޑުވާނެތީއެވެ.

ފޮތް ހަރުގަނޑު ތެރޭ ޗޮކްލެޓް ބޭއްވުމަށްފަހު، އަހަރެން ނިދާ ގޮދަޑިމަތީ ޝަހޫދައްތަ އިށީނެއެވެ. އަދި ކައިރީގައި އިށީނުމަށް އަތުން އިޝާރާތް ކޮށްލުމަށްފަހު ފާރުގައި ލެނގިލިއެވެ. އަހަރެން ޝަހޫދައްތައާއި ޖެހިގެން ގޮދަޑީގައި އިށީންދެލީމެވެ. އަދި ޝަހޫދައްތަގެ އުނގުގައި ބޯއަޅާލުމަށްފަހު ގޮދަޑިމަތީ ރަނގަޅަށް އޮށޯވެލީމެވެ. އޭރުވެސް މެދުކެނޑުމެއްނެތި ވާރޭވެހެމުން ދިޔައެވެ.

‘މިރޭވެސް މަންމަ ހަޅޭއްލެވީ ދޯ؟’ ލޯތްބާއެކު އަހަރެންގެ އިސްތަށިގަނޑުގައި ފިރުމާލަމުން ޝަހޫދައްތަ އެހިއެވެ.

އަހަރެން ޖަވާބެއް ނުދެމެވެ. ޝަހޫދައްތަގެ އޯގާތެރި ފިރުމުންތައް ލިބޭ ކޮންމެފަހަރަކު އަހަރެންގެ ހިތްފުރި، ކަރުނަ ތިކިތަކެއްގެ ސިފައިގައި ބަންޑުންވެގެން ދެއެވެ. ޝަހޫދައްތަ އެއީ އަހަރެންގެ މަންމަ ނަމައޭ ހިތަށް އަރައެވެ. މަޑުމަޑުން ލޮލުތެރަށް ޖަމާވާންފެށި ކަރުނަތިކިތައް އެސްފިޔަތަކުގެ ތެރެއިން ފޭދިގެން މޫނުމައްޗަށް ފައިބަން ފެށިއެވެ.

‘މިއަދު މަގުމަތިން ބައްޕަ އާ ދިމާވި.’ އަހަރެންގެ ކަރުނަތައް ފުހެލަދެމުން ޝަހޫދައްތަ ބުންޏެވެ. އަހަރެން ލޯ ހުޅުވާލުމަށްފަހު ޝަހޫދައްތަގެ މޫނަށް ބަލާލީމެވެ. ‘އެހި ފައުޒީގެ ހާލު ކިހިނެއްތޯ’

‘ބައްޕަ ތުއްތުބެއަށް ހަދިޔާ ގެނެސްދިން.’ އަހަރެން ބެދިފައިވާ އަޑަކުން ބުނީމެވެ. އިއްޔެ އަކީ ތުއްތުބެގެ އުފަންދުވަހެވެ.

‘އަޅާނުލާ! ބައްޕަ ނުދިނަސް ޝަހޫދައްތަ ހަދިޔާ ގެނެސްދީފީމެއްނު.’

‘ކީއްވެތަ އެންމެން އަހަރެންދެކެ އެހާ ރުޅި އަންނަނީ؟’ އެތައް ސަތޭކަ ފަހަރަކު ކުރިޔަސް ޖަވާބު ނުލިބޭނޭ ސުވާލު އަހަރެން ކުރީމެވެ. ސުވާލެއްގެ ގޮތުގައެއް ނޫނެވެ. ޝަކުވާއެއްގެ ގޮތުގައެވެ.

‘އެކަކު ލޯބި ނުވިޔަސް، ޝަހޫދައްތަ ވަރަށް ލޯބިވޭ!’ ނިތްކުރީގައި މަޑުމަޑުން ބޮސްދެމުން ޝަހޫދައްތަ ބުނަޏެވެ. ‘މާދަމާ އެއްކަލަ ތަނަށް ދާންވާނެ ދޯ؟’ ޝަހޫދައްތަ މަޢުލޫ ބަދަލު ކޮށްލިއެވެ. ‘މިހާރު އެތަން ވަރަށް ސަޅި.’

އަހަރެން މަޑުމަޑުން ލޯ ފުހެލުމަށްފަހު ހިނިތުންވެލީމެވެ. ‘ކޮން އިރަކުން؟’ އަހަރެން އެހީމެވެ.

‘ހަވީރު.’

އަހަރެން އަވަސް އަވަހަށް ބޯޖަހާލީމެވެ.

‘ދެން އަވަހަށް ނިދާ. އެހެންނޫނީ ސްކޫލަށް ދާކަށް ނުހޭލެވޭނެ!’

އަހަރެން ބަސް އަހައިގެން ލޯމަރާލީމެވެ.

ޝަހޫދައްތަ އަހަރެންގެ ބޮލުގައި ފިރުމަމުން ނާނާ ކިޔަން ފެށިއެވެ.

…ސަންތި މަރިޔަނބު މީ އަރާރޭ،

ގަންނަ ބިރުވޭ ހާދަހާއޭ،

ދަންވަރޭމީ އަނގަ ލައްޕާނދޭ،

ދަައްތަ ކޮއެފުޅު ނާނަނާ،

(ނުނިމޭ)

Share Article

Follow Me Written By

nick

Level 1

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (19)

Next

ފުން އިހުސާސެކޭ 6

Next
April 19, 2017

ފުން އިހުސާސެކޭ 6

Previews
April 19, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (19)

23 Comments!

  1. vifrrr says:
    April 19, 2017 at 2:12 pm

    Obinexx to the maxxx…. whn next part??

    1. nick says:
      April 19, 2017 at 3:11 pm

      Thanks.. will update this story on sunday, tuesday and thursday next week

  2. mary says:
    April 19, 2017 at 2:14 pm

    alhey.. haadha salhi ey.. avahah next part upload kohdhehchey

    1. nick says:
      April 19, 2017 at 3:12 pm

      thanks 🙂

  3. fan says:
    April 19, 2017 at 2:20 pm

    nice story

    1. nick says:
      April 19, 2017 at 3:12 pm

      thanks fan

  4. mezzo says:
    April 19, 2017 at 2:20 pm

    v v v reethi. this is called heart taching story…………………………………

    1. nick says:
      April 19, 2017 at 3:13 pm

      awwn thanks

  5. Fa says:
    April 19, 2017 at 3:18 pm

    Wow wow wow very interesting story. Ibaaraai kurun ves hama eh vana.

  6. NAAZ says:
    April 19, 2017 at 4:56 pm

    varah reethi mivaahaka.next part avahah up kurahchey??????

  7. Solah says:
    April 19, 2017 at 5:46 pm

    Remember reading this story from a blog or somewhere. I hope you will continue. I am expecting to read full story this time.
    Wish you all the best. keep it UP!

  8. Observer? says:
    April 19, 2017 at 5:52 pm

    mee monchi eyna ge blog ga 2007 ga liyunu vaahaka eh. Akurah fiyyaka badhale naadhey. Blog vaahaka oi gotha genedheefa vanee. Thee eyna tha???

  9. Saad_naa says:
    April 19, 2017 at 6:01 pm

    this story was uploaded on vaahaka.blogspot.com. Its an 18+ story. Specially for Adults.

  10. Maree says:
    April 19, 2017 at 6:17 pm

    maves mivaahaka keemey monchi ge blog in

  11. shafu says:
    April 19, 2017 at 8:37 pm

    vvvvv salhi when next part

  12. Naan says:
    April 19, 2017 at 9:23 pm

    V salhi

  13. Nana says:
    April 19, 2017 at 10:34 pm

    Vrh salhi

  14. nick says:
    April 20, 2017 at 9:24 am

    i read this story from his blog and i was like omg this is so good.

    but the story never ended so i thought i would publish his episodes and then post a FANFICTION ENDING. famous stories aa tv series thakah ves meehun hadhaa fanfiction ending, ehenve hithah eree rangalhu vaane ey. Rangalhu nuvaane tha?

    Monchi ah story credits dheyn handhaan nethuny. Sorry!
    second episode upload kuraairu credits dhey gothah photo gaves monchi ge nan jahaafa hadhaafa onnaany. i should have at least mentioned that in a comment handhaan nethuneema. Sorry again!

    1. mary says:
      April 20, 2017 at 9:36 am

      Fanfiction ending eh genesdhinumaky massala eh noon. credits dheyn handhaan nethuneema dhera ee.
      ekam rangalhu vaane. publish this story. okay?

    2. sha says:
      April 20, 2017 at 9:55 am

      ITS OKAY NICK. I ALSO REALLY WANT TO READ AN ENDING FOR THIS STORY

    3. U says:
      April 20, 2017 at 2:03 pm

      fanfiction hadhanee hama thihenbaa

  15. nick says:
    April 20, 2017 at 3:03 pm

    i have decided not to publish this.

    you can read the story from the link below

    http://vaahaka.blogspot.com/2007/10/mamma-dharifulhu-naa-na-naa.html

  16. Monchi Relative says:
    April 22, 2017 at 7:44 pm

    so this is over and done with now, but I will still make a comment.

    It is sad that Maldivians are acting in this way without any shame, or even any respect towards original creators.

    Just because you find something that you think others don’t know, doesn’t mean you have to claim it as your own and take credit for that. Now it has been a long time since this story was originally published. So there are many who don’t know about it. But many do. As can be seen from the comments.

    And saying you are going to make it a fan fiction and give credits to the original author? Don’t make me laugh, you already replied to several people complimenting the story while forgetting to mention that it was yours. really???

    And now have decided not to publish this?? you never had the right to. And the original is still up for anyone to read.

    If you really had the skill or desire to do a fan fiction, then why didn’t you continue from where it ended and start that here (hopefully with permission from the writer, though it is not usually the case with fan works).

    Amilla fenvaru nei iru ehen meehunge massakkai veri kollaathee massala akee.

Comments are closed.



All Right Reserved!