Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދިރުމެއް ވިއޭ 3

Sunoo Level 1
April 16, 2017 3 Mins Read
13 Comments

ހަވީރުގެ ފިނިފިނި ވައިރޯޅިން ޖައްވުވަނީ ހަމަހެމޭންކަން ގެނުވާފައެވެ.ނަވިން ރަށުތެރެ ބަލާލުމުގެ ނިޔަތުގައި ނުކުތީ ސައިކަލުގައި ބުރެއް ޖަހާލުމަށެވެ.އެހެންކަމުން ވަކި މިސްރާބެއް ނެތި ދުއްވަމުންދަނިކޮށް  އަތިފަރާތުުގައި ވަރަށް ރީތިކޮށް އެލުވާލައިފައިވާ ޖޯލިފަތި ތަކެއްފެނުނެވެ.ސައިކަލުން ފައިބައިގެން އައިސް ޖޯލިފަތީގައި ޖައްސައިލީ ފިނިކޮށްލުމަށެވެ.އިރުކޮޅއްނުވެ ގާކޮޅެއް އައިސް ޖެހުނީ ނަވިންގެ  ބޮލުގައެވެ.ތަދުވި ވަރިން ނަވިން ކައިރިއަށް ރުޅިއައިސް ފަހތަށް ބަލަލެވުނެވެ.ފެނުނު މަންޒަރުން ވަކިން ބޮޑަށް ރުޅިއައެވެ.ތެދުވެގެން ބާރު ހިގުމެއްގައި އައިސް ދޮންވެލި ގަނޑު މަތީގައި އިން އަފްރިން އަތުގަ ހިފައި ކޮޅަށް ނެގިއެވެ.އެއްޗެއް އަހާ ލުމެއްނެތި ފައްޗަކަށް އަމުނައިލިއިއެވެ.”ތިހާ ގަޔާ ވަންޏާ އަދި ވާހަކަދައްކަން ބޭނުންވަންޏާވެސް ބުނެލައިގެން އުޅެބަލަ.”ފައިސަލުގެ ކޮއްކޮ ވީމަ އަހަރެން އަޅނުލާ މިހުންނަނީ.މިކޮޅަށް އައި ފަހުން އަހަންނަށް ފާރަލަމުން ތިދަނީ.”އހަރެން ބޭނުމެއް ނޫން ކިތައްމެ ރީތީ ވިޔަސް  ތިކަހަލަ އަޙުލާގު ދަށް ކުދިންނާއި ވާހަކަ ދައްކަން .”އަންހެން ކުދިން އަމުދުން ވާންޖެހޭނީ މަޑުމަޑުން ތިބޭ ބައަކަށް ވާން.”އެހިސާބަށް ދެވުނު ތަނާ ފަހަތުން އަަންހެން ކުދިންތަކެއް ބާރު ބާރަށް ހީގަތް އަޑު އިވުނެވެ.ނަވިންއަށް ވެގެން އުޅޭގޮތް އެވަގުތު އެގުނެވެ.އޭރުވެސް އަފްރިންގެ އަތުގަި ބާރަކަށް ހިފައިގެން ހުރެވުނެވެ.އަފްރިން އަށް  ވެގެން އުޅޭގޮތެއް ނޭނގެެއެވެ.އަފރިންގެ ކަރުނަ އެއް ހިފަހައްޓައެއް ނުލެވުނެވެ.ލޮލުން ކަރުނަ ފޭދިގެން އެލޯބި ކޯތާފަތް މަށްޗައް ނިރާލިއެވެ.ނަވިން އަށް އަފްރިންގެ އަތުން ދޫކޮށްލެވުނެވެ.އެވަގުތު ދުވެފައި އަފްރިން ގެއާއި ދިމާލަށް ދިޔައެވެ.ހިތްހަލާކު ވެފައިވާ ކުއްވެރިއަކު ފަދައިން ނަވިން ގަބުވެފައި ހުރި ތަނުގަ ހުއްަޓެވެ.ނަވިންގެ ސިކުޑިއަށް ހާސްކަމާއި ހިތްދަތިކަން އިހްސާސް ކުރެވެނީއެވެ.އެހިތް ރޮނީއެވެ.އަފްރިންގެ ހިތް އޭނައަށް  ހަލާކު ކުރެވިއްޖެއެވެ.ހިތަށް ހަމަޖެހުމެއް ދެވޭތޯ އެވަގުތު ކިތައްމެ މަސައްކަތް ކުރި ނަމަވެސް އެހިތަށް ހަމަޖެހުމެއް ނުލިބުނެވެ.

އަފްރިންއަށް ކޮޓަރިއައް ވަދެވުމާއެކު އެދުމަށްޗައް ވެއްޓިގަތީ ކަރުނަ ތައް އޮއްބަން މަސައްކަތް ކުރަމުންނެވެ.އަފްރިން އެދުވަހު މައާފަށް އެދެން ބޭނުންވިއެވެ.ނަމަވެސް ނުބުނެވުނީއެވެ.ނަވިންގެ ފުޅާ މޭމަތީގައި ޖެހުނު ވަގުތު އަފްރިން އަށް ވީ ގޮތުން ހިއްސުތަކަށް ވެސް ނޭނގޭ ގޮތެއްވިއެވެ.އަނގަ ބަންދުވީ އެހެންވެގެންނެވެ.ނަވިންގެ އެ ތޫނު ބެލުމުން އަފަރިން ސަލާމާތް ވާންވެގެން އަވަހަށް ދިޔައީއެވެ.ނަމަވެސް ނަވިން އޭނައާމެދު ދެކުނީ ވަރަށް ގޯސްކޮށެވެ.އަފރިން ދެރަވަނީ ކީއްވެ ކަމެއް ހުދު އަފްރިން އަކަށް ވެސް ނޭނގެއެވެ.އަފްރިން އަކީ މިހާރުވެސް މީހެއްގެ ހައްގެކެކެވެ.އަފްރިންގެ ބައަޕަގެ ދަރަނި އަދާ ކުރުމަށް އޮތް ގޮތަކީ އެއީއެވެ.ޖައިޝް އަކީ އަފްރިންގެ ބައްޕަގެ އެންމެ އެކުވެރި ފާރިޝް ހުރި އެންމެ ދަރިފުޅެވެ.އަފްރިންގެ ބައްޕަ އަްަފްރިން އަށް ކިޔަވައިދީ މޮޅު ކުރީ ޖައިޝްގެ ބައްޕަގެ ލާރިންނެވެ. އަފްރިނގެ ބައްޕަގެ ދަރަނި އަފްރިން ބޮޑުވެގެން އަދާކުރާނެ  ކަމުގެ ފޮނި އުއްމީދާއެކު ހުރި ބައްޕަ ނިޔާވިއިރު އަފްރިން ގެ ކިޔެވުން ނުނިމެއެވެ.ނަމަވެސް ފާރިޝް އެދުނީ އަފްރިން ޖައިޝްއާއި ކައިވެނި ކުރުމްށެވެ.އޭރުން އޭނައަށް ފައިދާވާނެއެވެ.އޭނަގެ އޮފީހުގެ ކަންތައްތައް އެދެކުދިނަނަށް ކުރެވުނީއެވެ.އެކަމަށް އޭރު އެއްބަސް ވެވުނީ މޮޔަކަމުންނެވެ.މިއަދު ކިތައްމެ ހިތް ނުރުހުންސް ޖައިޝް ކިޔަވާ ނިމުމުންް ޖައިޝްއާއި އަފްރިނަގެ ކައިވެނި ކުރެވޭނެއެވެ.ކުޑައިރުންސުރެ ޖައިޝް އަފަރިނދެކެ ލޯބިވެއެވެ.އަފްރިންގެ ހިތުަގަ ޖައިޝް އަށް އެމަގާމެއް ނޯވެއެވެ.ނަމަވެސް މިއަދުގެ  އޭނާއަށް ވަަނީ މަޖުބޫރު ވެފައެވެ.

ނަވިންއަށް ގެއަށް ދެވުނީ ވަރށް ލަސްވި ފަހުންނެވެ.ހިތުގަ އެޅިފައިވާ ކޫރުން ނުފިލާނެއެވެ.އެހިތާމަވެރި މަޑު މޮޅި ކުއަަޖާއަށް އެޭނަގެ ފަރާތުން ދެވުނު އަނިޔާވެރި ބަސް ތައް ނަވިންގެ ކަންފަތްުގައިގުގުމަމުން ދިޔައެވެ.އެވަގުތު ލަދުވެތިކަން އިޙްސާސް ކުރެވުނެވެ.ނަވިން އަށް ނޭނގުނީ އަފްރިން އޭނައާއި މެދު ދެކޭނެ ގޮތެވެ.އަފްރިން އޭނައާއި މެދު އެއްވެސް އިންޓްރެސްޓިންއެއް ނެތެވެ.އެކަން އިހްަސާސް ކުރެވުނު ހިނދު ބުނެވުނު ބަސްތަކާހުރެ ނަވިންގެ  ބޮލަށް އުދަނގޫ ވަމުުންދިޔައެވެ.އެދުގައި އޮށޯވެގެން އޮވެވޭ ވަރެށް ވެސް ނުވިއެވެ.ރޭގަނޑު ކައިގެން ނަވިންއަށް އެދުގައި ޖައްސައިލެވުމާއެކު ނިދުނެވެ.ކުއްލިއަކަށް ހޭލެވުނީ ފިނި ބޮޑު ވެގެންނެވެ.އޭރު ގަޑިން ދިހަ ގަޑި ބައި ވަނީއެވެ ނަވިން އަށް ހޭލެވުނު އިރު ދޮރު ފޮތިގަނޑު ވަޔާ ވިހުރެމުން ދެއެވެ.ވައިބާރު ވީއެވެ.ނަވިން ދޮރު ލައްޕާލިއެވެ.ނިދޭތޯ ޖައްސައިލިއެވެ.ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ.އެހެންވުމާއެކު ތެދުވެގެން ފާހަނައަށް ވަދެ ފެންވަރާލަައިގެން ހޮޓަލަށް ކޮފީއެއް ބޯލުމަށް ސައިކަލު ދުައްވައިލިއެވެ.ވަކިހިސާބަކަށް ނުދެވެނީސް ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ.އެވަގުތު ނަވިން އެތާ ހުރި ގެއެއްގެ އަސްކަނީގައި މަޑު ކޮށްލިއެވެ.އެއްލި ކަޅިއަކުން އެގޭ އަނެއްފަރާތު ކަނުގައި މަޑުކޮށްލައިގެން ހުރި އަފްރީން ނަވިންގެ ލޮލުގައި އަޅައިގަތެވެ.ނަވިންގެ ހާސް ކަން އިތުރުވިއެވެ.ނަމަވެސް މައާފަށް އެދެން ދިއުމަށް ފިޔަވަޅުތަްއް އަޅަމުން ދިޔައެވެ.އަފްރިން އަށް ނަވިން ފެނުމާއެކު ރޯމަހެއް ތެޅޭހެން ހިތް ތެޅެމުން ދިޔައެވެ.ނަވިން ކައިރިއަށް ހުއްޓި ހުރެ މައާފަށް އެދުނެވެ.ނަމަވެސަް އަފްރިން ދިނީ ބީރު ކަންފަތެކެވެ.އެވަގުތު އައި ވަޔާއެކު އެގޭ ފުރާޅު މަތިން ޓިނުގަނޑު ހިއްލިފަ ޖެހުނު އަޑު އިވުނެވެ.އަފްރިން ގަތް ބިރުން ނަވިންގެ އަތުގައި ބާރަށް ހިފައިގަނެވުނެވެ.ނަވިންއަށް ނޭގޭ އިހްސާސެއް ވެގެން ދިޔައެވެ.މި މައުސޫމު ކުއްޖާ މެޔާލާ ބޮޑިކޮށްލަން ހިތް އެދުނެވެ.ނަމަވެސް ހިތް އެކަމަށް އެދުނަސް އެހިތަށް ނަވިން ބާރު ފޯރުވީ ގަދަކަމުންނެވެ.އެވިސްނުގަ ހުއްޓާ ބާރު ގުގުރުމެއްގެ އޑު އިވުނެވެ.އަފްރިން އަށް ބޭއިހްތިޔާރުގްއި ބިރުގަނެފައިވާ ކުޑަކުއްޖަކު ފަދައިން ނަވިންގެ ގައިގ ައިޮޅުލައިގަނެވުނެވެ.ދުވަހަކުވެސް އަންހެންް ކުއްޖަކު ހަށިގަނޑުގައި ބީހިފަ ނުވާ ނަވިންގެ އިހްސާސް ތައް ކޮޅުން ލިއެވެ.ަނަވިންގެ އަތް އަފްރިންގެ ހަށިގަނޑުގައި ވަށާލެވުނެވެ.އެހިތް އެދެމުން ދިޔައީ މުޅި އުމުރަށް ވެސް އެހެން ހުރުމަށެވެ.

ދެކުދިންނަށްވެސް ސިހުމެއް ލިބިގެން ދިޔައީ ކައިރީގައި ހުރި ރުކުން ކާއްޓެއް ފައިބުޑަށް ވެއްޓުނީމައެވެ.ނަމަވެސް މިނިކަމެތި ކުއްޖާގަތީ ބިރެވެ.ނަވިން ލައިގެން ހުރި ޓީޝާޓުގައި ހިފާ ބާރުކޮށްލެވިފައިވާ ދެއަތަށް ނަވިން އަށް ބެލުނެވެ.އަދި މަޑުިމަޑުން އަތް ދުރުކޮށް އަފްރިން އާއި ދުރުވެލިއެވެ.އަފްރިން އަށްހޭވެރިކަން އިޙްސާސް ވީހިނދު ލަދުން ބޯ ހިއްލާލަން ނުކެރިފަ ހުއްޓެވެ.ދެކުދިންވެސް ހީވަނީ ވާހަކަ ނުދެއްކޭ ދެމަންމަނުން ހެންނެވެ.ނަވިން އަށް މާގިނަ އިރަކު އަނގަ މަޑުންލައިގެން ނުހުރެވުނެވެ.”ދެންމެ ވެގެން ދިޔަ ކަންތަކާމެދު ވިސްނާހެން ނަވިން އަށް އެބަހީވޭ.ނަމަވެސް އަފްރިން ދެރަވާވަރު ކަމެއް ނަވިން އަށް ކުރެވިފައިވާނަމަ އަހަރެން މަޢާފަށް އެދެން”ގަސްތުގަ ނުންކަން ނަވިން އަށް އެނގޭ.ނަމަވެސް ސުވާލެއް ކޮށްލަންތަ؟ހުއްދަ ދީފިނަމަ އިގޭ.ނަވިންއަށް އެއްވެސް ޖަވާބެއް ނުލިބުނެވެ.ނަވިން ހައިރާން ވިއެވެ.އަފރިން މަގުން ކުރިއަށް ހިގައިގަތެވެ.އޭރުވެސް ވާރޭ  ބޯކޮށް ވެހެވެ.ނަވިންއަށް ވީގޮތެއްވެސް ބުނެދޭން ނޭގުނެވެ.ނަވިން އަފްރިން އަށް ގޮވާލިއެވެ.ނަވިން އެންގީ ވާރެއާއި ތެމިގެން ނުދިއުމަށެވެ.ނަމަވެސް އަފްރިންއަށް ބަލައިލެވުނީ އަތު ކުރީ ގަޑިއަށެވެ.އޭރު ގަޑިން 11:30 ވަނީއެވެ.އަފްރިންގެ މިޢަމަލުން ގެއަށް ދާން ލަސްވެއްޖެ ކަން ނަވިން އަށް އެގުނެވެ.އަދި އެކުއްޖާ އެކަނި ފޮނުވުމަށް ހިތްނުރުހުނެވެ.އަހަރެން ދާނަން އަފރިން ގެއަށް ލައިދޭން.”މިހާދަންވީމަ އަންހެންކުއްޖަކު އެކަނި ފޮނުވުމަށް އަހަރެން ހިތެއް ނޭދޭ.”ސޯ ޕްލީސް އަހަންނަށް އަފްރިން ގެއަށް ލާން ހުއްދަދީ.އަފްރިން މަޑު ޖެހިލިއެވެ.އެގޮތަކީ އެނަމެ ރަނގަޅު ގޮތް ކަމަށް އަފްރިން އަށް ނިިންމުނެވެ.ނަވިން އަފްރިން އާއި އަރާ ހަމަކުރިއެވެ.އަފްރިންގެ މިއަމަލުން ނަވިން ވަރަށް އުފާވިއެވެ.އެކުގައި ދެމީހުން ދިޔަ ކަމުގައި ވިޔަސް އެކަކުވެސް އަނގައިން ނުބުނެއެވެ.ވާރޭ ވެހެމުން ދާތީ އަފްރިންގެ ހަށިގަނޑު ތުރުތުރު އަޅަމުންދާހެން ނަވިން އަށް އެގުނެވެ.ނަމަވެސް ނަވިން އަށް ކުރެވޭނީ ކީއްހެއްހެއްޔެވެ؟ނަވިންއަށް އިރު އިރު ކޮޅާ އަފްރިން އަށް ބެލެއެވެ.ބަލާލާ ކޮންމެފަހަރަކު ނަވިންގެ ހިތަށް ބުނެދޭން ނޭގޭ ގޮތް ތަކެއް ވަމުން ދިޔައެވެ.އަފްރިން އެންމެ ފަހަރަކު ވެސް އޭނާއާއި ދިމާލަކަށް ނުބަލަައެވެ.އަދި ވާހަކަވެސް  ނުދައްކައެވެ.ނަވިން އެންމެ ދެރަވަނީ އެއްފަހަރުވެސް އަނގައިން ނުބުނާތީއެވެ.އެއަޑު އަހާލަން ކިތައްމެ ހިތް އެދުނަސް އެކަމެއް ވާކަން ނެތެވެ.ދެރަވެ ހިތާމަ ކުރުން ނޫން ކަމެއް އަފްރިން މޫނުން ދުވަހަކުވެސް ނަވިންއަށް ނުފެނެއެވެ.އެހަމަހިމޭން ކަން ދައްކުވައި ދެނީ ކޮންކަމެއްކަން ނަވިން ދެނެގަންނަން ބޭނުން ވެއެވެ.އޭނާ އެސުވާލުގެ ޖަވާބު ހޯދާނެއެވެ.އެއީ ނަވިންގެ ހިތުގެ އެދުމެކެވެ.

ނުނިމޭ

Share Article

Follow Me Written By

Sunoo

Level 1

Other Articles

Previous

ލޯތްބާނުލާ…!

Next

ނޭދެން ވަކިވާކަށް…(04)

Next
April 16, 2017

ނޭދެން ވަކިވާކަށް…(04)

Previews
April 16, 2017

ލޯތްބާނުލާ…!

13 Comments!

  1. shafu says:
    April 16, 2017 at 2:34 pm

    wowwwwwww. v reethi mi part ves …ekam haadha lahun up kury…..

    1. Sunu says:
      April 16, 2017 at 3:21 pm

      Tnxxx

  2. Maree says:
    April 16, 2017 at 2:35 pm

    vv reethi

    1. Sunu says:
      April 16, 2017 at 3:23 pm

      Tnxx

  3. anm says:
    April 16, 2017 at 2:52 pm

    Salhi. Haadha kurey

  4. Nana says:
    April 16, 2017 at 4:09 pm

    Salhi

  5. Sunu says:
    April 16, 2017 at 11:12 pm

    Tnxxx oll

  6. Khajja says:
    April 16, 2017 at 11:34 pm

    Masha allah v rythi ekam haadhakurukon mi stry thigenesdheny n mi prt haadha lahunney thi up kollyves dhen faharakun rangalhukollaane kamah ummydhu kuran keep it up

  7. Faa says:
    April 17, 2017 at 12:23 am

    Wow

  8. Aliya says:
    April 17, 2017 at 6:48 pm

    Mi koacheh vahakaeh tha mives

  9. Paris says:
    April 17, 2017 at 9:41 pm

    After 15 years I’m reading a dhivehi story.. Hope this will not lemme down 😉

    1. Sunoo says:
      April 23, 2017 at 1:22 pm

      Keep reading

  10. Xamu says:
    April 18, 2017 at 8:53 am

    varah salhi mi story… upcoming parts upload soon ok 😉

Comments are closed.



All Right Reserved!