Skip to content
އެސްފިޔަ

ނޭދެން ވަކިވާކަށް…(03)

“ކުޑީ ޕްލިޒް،.. ޕްލީޒް މިހެން ނުކިޔައްޗެ މީހަކުކާރި… ޗޮކުލެޓް ވެސް ދޭނަަން ލޯބީ…” އިޔާންގެެ އަތުން ދޫވެގަނެވުމާއެކު އެއްމެ ފުރަތަމަވެސް އަހަރެން ބެލީ ލާނެތް ހިނިތުންވުމަކާއެކު ދެފަރާތަށް ބޯހޫރުވަމުން ދިޔަ ކުޑީއަށް ރިޝްވަތު ދީގެން ނަމަވެސް  އެކަން ސިއްރުކުރެވޭތޯއެވެ. އެންމެ ފަހުން ޑެއިރީމިލްކް ބޮޑު ޗޮކުލެޓަކަށް ޝަރުޠުކޮށް ކުޑީ އެއްބަސްކުރުވީމެވެ.

އެރޭ އިޔާން ގެއަށް ދިއުމުންވެސް އަހަރެންގެ ބޮލުތެރޭން އެކަންތައް ގަނޑު ފިލައިންނެއް ނުދިޔައެވެ. “ކަމޯން ޒީ… ޔޫ އާ އޮންލީ ފިފްޓީން ޔޫ ނީޑް ޓު ކޮންސެންޓްރޭޓް އޮންލީ އޮން ޔުއަ ސްޓަޑީސް… ކޮން އިޔާން އެއްތަ  އޮންނާނީ…” ކުރީ އަހަރުގެ ކެމިސްޓްރީ ފޮތް ހުޅުވާލަމުން  އަހަރެން އަމިއްލަ އަށް ބުނެލީމެވެ. އެރޭ ފޮތް ކިޔަން އޮއްވާ ނިދުންކަން ވެސް ނަސީބެވެ. އެހެން ނޫންނަމަ އެރޭ ނުނިދިގެން އުޅެން ޖެހުނީސް ކަން ޔަގީނެވެ.

ޖެހިގެން އައި ދެދުވަހު އަހަރެން އެނާއަކާ  ވަހަކައެއް ނުދައްކަމެވެ. އޭނަ ވަރަށް ގިނައިން އަހަރެން ކުރިމައްޗަށް އަރައެވެ.ސޮރީ ބުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. އެހެނަސް އަހަރެން އެއްވެސް ޖަވާބެއް ނުދެމެވެ. އެހެނެއްކަމަކު އަހަންނަށް ދިޔައީ ބުނަން ނޭނގޭކަހަލަ އިހްސާސްތަކެއް ވަމުންނެވެ. އަނގައިން ބުނާނަމޭ ހީކޮށް ދެތިންފަހަރު އަނގަވެސް ހުޅުވާލީމެވެ.އެކަމަކުވެސް އެއްޗެއް ނުބުނަމެވެ. ގަދަކޮށްލާފަ ހުރީއެވެ.

“އަމް ސޮރީ ޒީ.، ޕްލިޒް އަނގައިން ބުނެބަލަ… އެރޭ އަހަންނަކަށް ވެސް ނޭނގޭ އަހަންނަށް ވީ ގޮތެއް… އަޅެ ދެން ވާހަކައެއް ނުދައްކާނަންތަ” ފެންކަޅިވެފައިވާ ދެލޮލުން ސީދާ އަހަރެންގެ ދެލޮލަށް ބަލަހައްޓައިން ހުރެ އިޔާން ވާހަކަދެއްކިއެވެ. “ޕްލީޒް ޑޯން ގިވްމީ ކިޓީ އައިސް… އައި ފޮގިވް،..” އަހަރެން ނޫންކަމަށް ހަދާލީ އިޔާން ފެންކަޅިވެފައިވާހުރުމުން ހިތަށް ކުރިއަސަރެއްގެ ބޮޑުކަމުންނެވެ.”އައްސު ވެސްތަ” އިޔާން ވީ އުފަލެއްގެ ބޮޑުކަމުން އައިސް އަހަރެންގެ ގައިގަ ބައްދާނުލީ ކިރިޔާއެވެ.އެވެސް އަހަރެން ލޯބޮޑުކޮށްލާފައި ނޯ އޭބުނެލީމައެވެ.

އޭނަ އިރުކޮޅެއްވަންދެން އަހަންނާ ދިމާއަށް ބަލައިން ހުރެފައި ޖީބުން ކޮންމެސް އެއްޗެއް ނެގިއެވެ.އިޔާން އަހަރެން ކާރި އަތްދައްކަބަލާށޭ ބުނުމުން އަހަރެން ހައިރާންވެ ހުރެ ލޯކުޑަކޮށްލަމުން އަތް ދެއްކީމެވެ. “ވާވް،.. ” އަހަރެންގެ އަތަށް އޭނާ ލައިދިން ކެވެލިކޮޅު ފެނިފައި އަހަންނަށް އެއްވެސް އިހުތިޔާރަކާ ނުލައަ ބުނެވުނެވެ.”ޔޫ ލައިކް އިޓް؟؟؟” އިޔާން އަހާލިއެވެ.” ލައިކް؟؟؟ އައި ލަވް އިޓް” އަހަރެން އެހެން ބުނެފަ ފަހުން ލަދުވެސް ގަތެވެ.

އެރޭ އިޔާން ގެއަށްދާން ނުކުންނަމުން އަހަރެން ޖޯލިފަތީގައި ކުޑީއާއެކު ކުޑީގެ ވެޑިން ތީމް ފައިނަލް ކުރަން އޮއްވަ އަހަރެންނާ ދިމާއަށް ފްލައިން ކިސްއެއް އުދުއްސާލިއެވެ. އަހަރެން ކުޑީއާ ދިމާއަށް ބަލާލީ ކުޑީއަށް ފެނުނު ތޯ ބަލާލުމަށެވެ. އަހަރެން ލޯބޮޑުކޮއްލުމުން ލާނެތްގޮތަކަށް ހީލާފައި އޭނާ ގެއިން ނުކުތެވެ.

އޭގެ ހަފްތާއެއް ފަހެވެ. ސްކޫލް ޗުއްޓީކަމުން އާއިލާއިން ރޭވީ ކައިރިރަށަކަށް ދާށެވެ. އެންމެންގެ އެއްބަސްވުމާއެކު ހަންޏާމީދޫ އަށް ދާން ފައިނަލްކުރެވުނެވެ.މަންމަ ބުނުއްވީ އެކުއްޖެއް ބޭނުން ފްރެންޑެއް ގެންދެވިދާނެކަމަށެވެ. އަހަރެން އެންމެ ފުރަތަަމަ ވެސް ބޭނުންވީ އިޔާންއަށް އަންގާށެވެ.އެކަމަކުވެސް ޒިމްބެ އަންގައިތޯ އަހަރެން މަޑުކުރީމެވެ. އަހަރެންގެ ނަސީބު ރަނގަޅުކަމުން ކުޑީ އިޔާންގެ އާއިލާކުރެން  ދާނަންތޯ އެހުމުން އެމީހުން އެއްބަސްވިއެވެ. ކުޑީ ހުރީ އަމަން ދާތީވެ އުފަލުން ފޮޅިފައެވެ.އަހަރެންވެސް ހުރީ އިޔާން ދާނެތީ ވަރަށް އުފަލުންނެވެ.

ފަތިހުގެ ރިހި ފަޒާ އިރުގެ ރަން ދޯދިތަކުން އަލިކުރަމުން ދިޔައިރު އަހަންނާއި ކުޑީ އަވަދިނެތި އުޅުނީ ދަތުރަށްޓަކައި ވާން ހުރި އެންމެ ފަހުގެ ތައްޔާރީތައް ވުމުގައެވެ. އޯވަ ނައިޓް ޕިކްނިކެއް ކަމުން އަހަރެން ހުރީ ވަރަށް ދާހިތުންނެވެ. އިޔާން ދާތީ އަދި ވަކިން ބޮޑަށެވެ.ފަސްގަޑިބައިވިއިރު ތިއްތައްތައާ ތިއްތައްތަބެ ވެސް އަތުވެއްޖެއެވެ.

ފެރީއެއްގެ ބަދަލުގައި ބައްޕަގާތު ބުނެގެން އަހަރެމެން ހަމަޖެއްސީ ކާސިމްބެ އަލަށް ބަން  ދޯންޏެވެ. ދޯނީގައި ދަތުރުދިއުމަކީ އަހަންނަށް ވަރަށް ކަމުދާކަމެކެވެ. ހައެއް ޖެހިއިރު އެންމެންވެސް ދޯންޏަށް އަރާ ދަތުރު ފަށައިފިއެވެ.

އެއްވެސް ރަހުމަކާ ނުލައި އެއޮމާން ކަނޑުގެ ލޮނުގަނޑު ދެފަރާތަށް ކަފަމުން ކާސިމްބެ ދޯނި އޭގެ މަންޒިލަށް ފޯރައިފިއެވެ. އެ ވަގުތަށް ނިމުމެއް ނައިނަމައޭ އަހަރެންގެ ހިތަށް އެރިއެވެ.އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ދޯނީގެ އެއް އަރިމަތީގައި އަހަރެން އިށީންދެލައިގެން އިންއިރު ޒިމްބެއާއި ތުއްތޮންބެއާއި ތިއްތައްތަބެގެ އިތުރުން ކުޑޫބެއާ އިޔާން ޑެކުމަތީގައި ތިބެގެން އެކަކު އަނެކަކާ ހީސަމާސާ ކުރަމުން ގެންދިޔަ އިރު އިރުއިރުކޮޅާ އިޔާން އަރިމަތިން އަހަރެންނާ ދިމާއަށް ބަލާލާފަ ހީލައެވެ.އެ ދޭތެރޭ ވާހަކަނުދެއްކިއެއްކަމަކު އިޔާން އަހަރެންނާ މުއާޞަލާތު ކުރަމުން ދިޔައެވެ.

ދޯނިން ފޭބުމާއެކު އެންމެންވެސް އަވަސްވެގަތީ ޕިކްނިކް ސްޕޮޓެއް ހޯދާށެވެ. ރަަށުގެ ގޮނޑުދޮށުން އެންމެ ރީތިކަމަށް ފެނުނު ދިމާގައި ހަތަރު ޓެންޓު އެޅާނިމުނު އިރު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. މޫދުއެރުމުގައްޔާއި އެކިކަހަލަ ކަންތައްކެއްގައި އުޅެނިކޮށް ހަވީރުވެސް ވެއްޖެއެވެ.

ދެއާއިލާގެވެސް މަންމައާ ބައްޕަ ނޫނީ ގައިންތާހިރުވެލައިގެން ދެން ނުކުތީ ރަށުތެރެ ބަލާލާށެވެ.އެއަަށް މީހުންގެ ތެރެއިން އެންމެ ކުޑައީ އަހަރެން ކަމުން އެންމެންވެސް އަހަރެންނަށް ހިމާޔަތް ދެމުންދިޔައެވެ.އަހަރެންގެ ބުރުގާ ގަހެއްގެ އޮފިގަނޑެއްގައި އަޅައިގަތުމުންވެސް އެންމެން އެކުއެކީގައި އެ ނައްޓައިދޭން އައެވެ. އިޔާން އެމަންޒަރު ދެކެފައި އަހަރެންނާ ދިމާއަށް ބަލާލި ގޮތުން އަހަރެން ފާޑަކަށް ރަކިވިއެވެ.

އިރުއޮސްފުހުމާއެކު ޓެންޓުތަކަށް ދާން ބެލިއިރު ލިބުނު ހަބަރުން އަހަރެންގެ  ފައިދަށުން ބިންގަނޑު ކެހިގެން ދިޔައެވެ. އެހެނަސް ހިތްވަރު ކޮއްލާފައި ނުރޮއެ ހުރެވޭތޯ ބެލީމެވެ.

Comments (47)

  1. Ainth Shim

    Hanya meedhoo aky picnic island eh noon. Alhugabduge rah. Tent thah jahaigen picnic hadhaa naacharangy kulhen hurithaneh noon ?????????

    1. Mal
      Ainth Shim

      Hahaha….bodu kameh…mi vaahaka ekey dhariyaaa

    2. Taxi
      Ainth Shim

      K haadha varakah thiya fuppany…..my story ekey
      Haadha island dheke loabifulhu veyey dho! Bodu vary igey thee ainthshim!

    3. hahaa
      Ainth Shim

      Hanyaa meedhoo akee naacharangy kulhen onna rasheh.. Hama gos beachga tentaa ehchehs jahaigen anbaaraaves jahsan v

    4. Lenora
      Ainth Shim

      ???? thihn bunyma hinivs aadhey….. Bt swry islandlover….

    5. MIKK
      Ainth Shim

      Haadha rulhi aasfa

    6. Ainth Shim
      Ainth Shim

      Maaa balaabodu vathy thi
      Hanya meedhoo aku beynun gadeh nuganeveyne

    7. imagination
      Ainth Shim

      eyy i went to hanyameedhoo last year.. it was seriously fun.. thanks thirashuge mehemaan dhaariiah ainth shim.. btw.. story reethi v

    8. Taxi
      Ainth Shim

      Hoon then ulhey gothun hyvany meenaage ekani rasheh hen. Maa fuppaafa.huh!baby ainthshim

    9. Mai
      Ainth Shim

      Hanya meedhoo aky aharemen atoll rasheh e rashaa ves n e rashu kudhin naa ves nubeheythi..dhw shim

  2. ?Mal?

    Liyuntheriyaa ah bunelan othy vaahakaiga sifukurunthah ithurukuraashey… Eyrah vaahaka rythi kamah dhakkaani. Jumla thah bodah fashuvi kollaafa ibaaraaiy kurun ithuru kollyma hama habeys vaane ingey…. Gud luck. I hope u will consider this ❤❤

    1. ReeXa
      ?Mal?

      I agree with that… n good luck Lenora

    2. Lenora
      ?Mal?

      Thanx n ill surely consider that…???

  3. Maree

    Hahahahaha manje haadha rulhigadhavee mee vaahakaekey

  4. Reen

    Rythi.. bodhah sifa koh dhineema adhi rythi vaane

  5. Lenora

    Thnx for ur support guys… Means a lot… ???

  6. Afy

    Hanyameedhoo thy onna rasheh kan ves mashah mieguny mivaahaka in. Btw dhonkanbulo dhn ehaa rulhi naadhey miiii vaahaka ekey. Adhi naacharangy eh kulhey vaahaka eh nuves dhakka ennu. Hehheheheh

  7. Lenora

    balaa aky kwch kan ngign thihen kiyahche… by the way this is an imaginary story…

  8. Nana

    Salhi?

  9. esfiya

    lenora dhera nuvey beynu rashe jeheyne waahaka eh vehjeyaa

  10. Anee

    Nice story.

  11. Iffath

    Maves mee hanyameedhoo myheh. Ainth thidhen kon kameh. It’s just an imaginary idea eh. Ehn noonas rashah dhera koffa eh liyuntheriyaa eh nei. Thi ehen noonas hagygathuga rashuge agu vattany. Dhattha akah vythy ves *ladhu*

  12. Iffath

    Saabas saaabas saaaabas saaaaabas

  13. Iffath

    ??????????????????

  14. Mash

    Mee chat kuraa site eh tha any way lenora dhera nvey vaahaka liyanyaa beynun rashehge name eh jehidhaane mee vaahaka site eh so thikahala beykaaru vaahaka nudhahkaa vaahaka kiyanyaa kiyaa nukiyanhaa hurey… keep it up lenora story is amazing love this story

  15. Haha

    Hini gandu matha nuwe.. Ewaru kuda kuda kamakaa meeru koh giraalaafa boan thi dhiny? Haha.. Mae kokko ah es ingey ne stwrii ehga rasheh liyelun e e massaya eh nuun kan.. And you shuld b proud dhw thirah liyunyma es.. ekam maa fuhpaawelaaha.. Baeh myhun nah nuwis neythywe dhw! Hama hini ahnany.. And maa rah dheke lwbi wegn mithaa nubai ehchehi gowanyaa hama rashah dhw huthuru waany? Mee public thanehh.. Amihla ah amihla rah haama kohfa rah dheke lwbi wegn auguraana go v ma hama rashah huthuru wany.. eygen es ingeny e rashehge baehge fenwaru!

  16. Afy

    Ma huvaa mibuny hyhy eba baduga rissaaa
    Miothyvaa kameh
    Aneh part up vaa ireh balaalan check kolli iru mihira comment thakeh
    Maaai kamo

  17. Anee

    Ainth shim!! Thi dhn boduvaru vany. Saiko islandlover… Maa rah dheke lowbi vaa myheko mi dhn. Avaguraana gova govaafa.

    1. @
      Anee

      Dhww anew
      Meena jeheyba phycologist akah dhakkan
      Island Craze Love disorder???????

  18. Mash

    Dhn bodu varu dhw

  19. Lenora

    knme meehaku knme ehcheh kiyas esfiya in publish kuraahaadhuvahaku mi story continiu kuraanan,.. nd ainthshim mashah ekaku thihn kiyaafa komment kuriyakas heenuvaane ekahchekeyvs.., thnx for ol others fr ur support,,, kiyaameehaku kiyanvee nukiyaameehaku nukeema nimuny,,???????

    1. Taxi
      Lenora

      Yes
      Haha buni hen eyna eulhey gothakun e rashah ves ladhu
      Psychologist akah dhakkan feney
      Story habeys igey lenoraa barah kuriah

    2. Taxi
      Lenora

      Ya right!!go forward with the story dear

  20. hanyaa meedhoo

    Meehaku dhuranu iligandey lavvabala ainthshim….✌✌✌✌

  21. Lenora

    Guys… nxt part kudakh lasvedhaane… mirey komnt kiyaafa rahdhu dheedhee liyevey vareh nuvi… n tmmrrw vrh bxy… ekmvs balaanan veehaavs avahakah liyveytho

  22. Khajja

    Stry v rythi n coment kuraa kudhinnah bunelan othy my public thaneh v ma thikahala bey adhaby kanthah nukuraashey thikamun thimaage aguvetttun noon kamennuvaane thivygothun thirashavves huthuruvaane dhw so pls thikahala thaakunthaaku nujehey kanthakaa rulhi isnukurey ehennoonas eki stryga eki rashuge nan laigen dhw liyefa hunnany thivygothun hyvany thibunaa hanyaameedhooga thibeny rah dheke loabivaa kamah hedhiganegen ulhey v d grade myhunhen anyway lenora stry hama super keep it up gud nyt

  23. eyenee

    goodmorning
    heehee halaaku?????? mihira comment thakeh dhw ??
    ainthshim thihaa rahdheke loabivanyaa mivaahaka nukiya dhuruga hunnanvyehnu
    btw story is nice

  24. Ammadey

    Dhontha moya vegen tha thiulheny. Thy boduvaru.

  25. Ma

    Ma kuri comment publish eh nukuri

  26. Ma

    Rah dheke loabi viyakas ladhu hayaathuge kuda minvareh vx thi Ainth shim ge neh dw

  27. Ainth Shim

    Bodu udhaguleh

    1. Anee
      Ainth Shim

      Furathama amilla ah kiyey ehchessaa medhuga visnaalaa…

  28. fithuna H

    Hanyaa meedhooga picnic nukureve a buny kaaku thi ainth shim kairi…maa faadu faadu naaruvahche nge Hanyaameedhooga vs picnic kureveyne…

  29. Lenora

    Mhr 4th epi submit khfin… Publish vaane irehneyge ekm bunaakah…

  30. Vaahaka

    Good.. Ainth shim mi vaahakaige kuriyah huri episode thah nukiyaa dhuruga hunnaathi govaalan

  31. Lenora

    Adhivs nuvey publish eh…. ???

  32. Lenora

    Site manage kuraa kujja out of country ve dhn vaahaka post vaany dhethin dhuvaheh fahun. Coz its not getting auto updated….. swry guys..

Comments are closed.