Skip to content
އެސްފިޔަ

ނޭދެން ވަކިވާކަށް…(02)

*ފްލެޝް ބެކް ތެރެއިން…*  އެއްރެއެއްގެ ދެނަމާދުދޭތެރެ ވަގުތެވެ. އާދަޔާ ހިލާފަށް ގޭގައި މީހުން ގިނަވެފައި ހަލަބޮއްޔެވެ. އަހަރެންނަށް އަންގާނުލައި ގޭގައި މިވަނީ ކީއްތޯ ބަލާލުމުގެ ނިޔަތުގައި އަހަރެން އެދިިމާއަށް ހިނގައަގަތީމެވެ. ޒިމްބެ އިށީންދެ އިން ސޯފާގެ އެއް އަރިމަތީގައި އަހަރެން ގޮސް އިށީނީމެވެ. ވާނުވާގައެވެ.

އަހަރެންނާ ދިމާ ކުރިމަތީގައި އިޔާން ވެސް އިނެވެ. އަހަރެން އިޔާން އަާ ދިމާއަށް ބުމަ އެއްލީ ކީއްވީހޭ އަހާލުމުގެ ގޮތުންނެވެ.އަހަރެންގެ އާއިލާގެ އިތުރުން އިޔާން ގެ ބޭބެއާ މަންމައާބައްޕަ ވެސް އެތާ ތިބީތީއެވެ. އިޔާން ލޮލުގެ އިޝާރާތުން މަޑުކުރާށޭ ބުނުމުން އަހަރެން ތުން އޫ ކޮށްލާފައި ކޮޓަރިއާ ދިމާއަށް ދަާން ސޯފާއިން ތެދުވީމެވެ.

ނަމަވެސް ހިނގައި ނުގަނެވެނީސް ހުއްޓުން އެރީ މަންމަ ގޮވާލީމައެވެ. “ދަރިފުޅާ ޒީ،.. ބަލާލަ ކުޑީގެ މެރިޖް ފިކްސް ވެއްޖެ،..” އަހަންނަށް ފުރަތަމަ ވެސް ބަލާލެވުނީ އިޔާން އާ ދިމާއަށެވެ. އިޔާން އާ ކުޑީގެ އޭޖް ދާދި އެއްވަރުވެއެވެ. ވީނުވީއެއް ނޭނގި އަހަރެންގެ ހިތް އޭރު ވަނީ ނުތަނަވަސް ވެފައެވެ.އިޔާން ބަލާލީ އޭނަގެ ބޭބެ އަމަންއާ ދިމާއަށެވެ.އަހަންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. އަހަރެން ހިނިތުންވެލަަަމުން ކުޑީއަށް މަރުހަބާ ކީމެވެ. އަމަން އަށް  ކޮންގްރެސް ކީ ކުޑީއާ ދިމާކޮށްލުމުގެ ގޮތުން ކުޑޫބެއޭ ކިޔާފައެވެ.

ދެއަާއިލާގެ މީހުން ވާހަކަދައްކަން ތިއްބަ އަހަރެން ކޮޓަރިއަށް ދިޔައީ ފްރެޝް ވެލައިން އެބަ ނުކުންނަމޭކިޔާފައެވެ. އަހަރެން ކޮޓަރިއަށް ވަދެ ދޮރުލައްޕާލާފައި ފުންނޭވާއެއް ދޫކޮށްލީމެވެ. އަހަންނަށް މިވަނީ ކީއްހެއްޔެވެ؟… އިޔާން އަކީ އަހަރެންގެ ކާކު ހެއްޔެވެ؟؟ މިހިޔާލުތައް އަހަރެންގެ ހިތުގައަ ތަކުރާރުވަމުން ދިޔައެވެ.

އަހަރެން މޫނު ދޮވެލައިން ސިޓިންރޫމަށް ނުކުތް އިރު މެހެމާނުން ދާން ތައްޔާރު ވަނީއެވެ. އިރުކޮޅެއް ފަހުން އެކިމީހުން އެކި ދިމާއަށް ގޮސް ހުސްވެއްޖެއެވެ.މަންމަ އާއި ކުޑީވެސް ބަދިގެއާ ދިމާއަށް ހިނގައްޖެއެވެ.ބާކީ ތިބީ އަހަރެންނާ އިޔާންއެވެ. ސިޓިންރޫމްތެރެއަށް ވެރިވެފައި ވީ ހަމަހިމޭންކަން ފޫއަޅުވާލީ އިޔާންގެ ފިރިހެން ވަންތަ އަޑެވެ. ” ސޯ ޒީޝަން.، ދެންމެ ކީއްވެތަ ފާޑަކަށް ތުން ތިދެމީ… އެނީ ޕްރޯ،..” “މަކޮންއިރަކުތަ ތުންދެމީ މަށަކަށް ގޮތެއް ނުވެއޭ،.. ” އަހަރެން ރުޅިއައިސްކަމަށް ހަދާލީމެވެ. އަހަންނަށް އޭގެ އިތުރުން ހަދާނެ ގޮތެއް ނޭނގުނީމައެވެ.

ބަލަން ބަލާކަށް ނުހުރެ އިޔާން އަހަރެން އަތުގަ ހިފާ އޭނަގެ ގައިގަތަތްކޮއްލިއެވެ.  ” އަދިވެސް ގޮތެއް ނުވޭތަ،..” އިޔާން ގަދަ ދައްކާލިއެވެ. އަހަރެން ތުރުތުރުއަޅަމުން ދިޔަނަމަވެސް ހިތްވަރުކޮށްލާފައި ދެފަރާތަށް ބޯހޫރުވާލަމުން ނޫނެކޭ ބުނެލީމެވެ. އޭރުވެސް އިޔާން ހުރީ އޭނަގެ ގަޔާލާ އަހަރެން ބޮނޑިކޮށްލައިންނެވެ.ކުއްލިއަކަށް އޭނާ އަހަރެން ދޫކޮށްލީ ކުޑީ ކަރުކެހިލި އަޑަށެވެ.

Comments (18)

  1. Mash

    Nice ekm maa kury

  2. Naa

    Nimuny tha???

    1. Lenora
      Naa

      Noo… Adhi nunimey

  3. Nikko

    Mivaru nuliyebala…. Miah vure dhigu kurun manalytha fahe

    1. Lenora
      Nikko

      Nikkoo…. Alhe haadha undhaguley dhivehin liyan phn ga….

  4. Chum handi

    story is nice… but if you make it a lil bit long we’ll love it fot sure…

  5. Maree

    vv reethi dhen oiy part miahvuren dhigukohdheyne kamah unmeedhukuran

  6. ReeXa

    Vaahaka thankolheh dhigukoh genes dhyba plx plx plx

  7. Lenora

    Okeii okeii… I’ll try guys… N thnx for ur support…

  8. Aneedha Abdulla

    Var Nice

  9. Esfiya

    Salhi ehkam maakuree

  10. Nana

    Story nice.. Ekm thankolheh kury.. Miah vure dhigukohla dhyba nxt part if u can… Plx?

  11. Inasha

    Maaaa kuru

  12. MIKK

    Varah hithaama veri vaahakaeh dhw thi

  13. Zaee

    Haada kurey ????

  14. eyenee

    lenoraaaaaaaaaaaaaaaaaaaa!!!!!!!
    episode thah thankolheh dhigukh genes dheeeeeeebala!!
    mibaivs reethi

    1. Lenora
      eyenee

      ok i m trying nxt part dhigukuraanan

  15. bestie

    vrh salhi mi part vx…

Comments are closed.