Skip to content
އެސްފިޔަ

ހެއްލުމުގެ ތެރޭގައި ވެވުނީއެވެ…….

މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި އިނދެ އަހަންނަށް ބެލެމުންދިޔައީ އޮއްސެމުންދިޔަ އިރާއި އެ އިރުގެ ދޯދިދައް ދުނިޔެމައްޗަށް ގެންނަމުން ދިޔަ ކުލަތަކާ ކަނޑުގެ ލޮނުގަނޑަށް އަޅުވަމުން އެދާ ވިދުވަރުގެ ފުރިހަމަކަމަށެވެ. ދަތުރުކުރަމުންމިދާ ލޯންޗު އޭގެ އެންމެ ބާރު ދުވެލީގައި ކަނޑުގެ ވިދުންގަދަ ލޮނުގަނޑު ދެފަރާތައް ކަހަމުންދާއަޑު ނުހަނު ހިތްގައިމެވެ. މި ހިއްގައިމުކަމުގެ އިންތިހާގައިވެސް އަހަރެންގެ ސިކުނޑީގައި މަޑުމަޑުން ކޮށައިލީ އަހަރެންގެ މާޒީއެވެ. ކެތްތެރިކަމާ އިތުބާރުގައި ހިފަހައްޓަމުން އައި އަހަރެންގެ ދިރިއުޅުން ބަދަލުވެގެން އައި ގޮތެވެ.

އަހަންނަކީ ސްކޫލް ދައުރުގައި ކިޔެވުމަށް މޮޅު ކުއްޖެއްނޫނެވެ. ކުޅިވަރުގައިވެސް ސްކޫލުން މާ ފާހަގަކުރެވޭ ކުއްޖެއްނޫނެވެ. އެހެނަސް އިނގޭހެއްޔެވެ؟ އެއްކަމެއްގައި އަހަރެން މިއީ މުޅި ސްކޫލްގެ އެއްވަނަ އެވެ. އަދި މުޅި ރަށުގައިވެސް އަހަރެންގެ އުމުރުފުރައިން އެއްވަނައެވެ. ކިޔެވުމުގައި ވިދާލާފައި ނުވިއެއްކަމަކު މުޅި ސްކޫލުންނާއި މުޅިރަށުގައި އަހަންނަށް ތައުރީފުކުރާ މީހުން އެކަމުގެ ސަބަބުން ގިނަވެގެންދިޔައެވެ. ސްކޫލް އެސެމްބްލީގައި ޕްރިންސިޕަލް ހުރިހާ ކުދިންނަށް ނަސޭހަތްދެމުން ނަމޫނާއަކަށް ބަލާށޭބުނެ އަހަންނަށް އިޝާރާތްކޮށް އަހަރެންގެ ނަން އެ އެންމެންގެތެރޭގައި އެތައް ދުވަހަކު ހާމަކުރީ އަހަންނަކީ ހަމަ ހަގީގަތުގައިވެސް އެގޮތުގައި އެއްވަނަ ކަމުގައިވީތީކަން ޔަގީނެވެ. ކޮން ކަމަކުން ކަން އިނގޭ ހެއްޔެވެ؟ ދީންވެރިކަމުގައެވެ.

އިނގޭހެއްޔެވެ؟ އެގޮތުގައި ހުރުމަށް އަހަންނަށް ހާދަ ދަތިތަކެއް ކުރިމަތިވިއެވެ. ސްކޫލުންނެވެ. ރަށުތެރެއިންނެވެ. އަހަރެންގެ ގެއިންނެވެ. އަދި އަހަރެންގެ އުފަން މައިންބަފައިންގެ ފަރާތުންވެސް މެއެވެ. ވަރަށް ކެތްކުރީމެވެ. އިންތިހާއަށް ކެތްކުރީމެވެ.

އިނގޭހެއްޔެވެ؟ އަހަންނަށް ރަށުމީހުންގެ މަލާމާތާއި ކުރިމަތިލާންޖެހުނެވެ. އެއްއުމުރުގެ ކުދިންނާއި ބައެއް ބޮޑެތިމީހުންގެ މަލާމާތުގެ ބަސްތައް އަޑުއަހަންޖެހުނެވެ. ގާތްތިމާގެ މީހުންގެ ނުރުހުމާވެސް ކުރިމަތިލީމެވެ. އެހެނަސް ކެތަތެރިވަމުންނެވެ.

ސްކޫލުގައި އުޅުނުކަމުގައިވިޔަސް ސްކޫލުގެ ގަވާއިދުތައް މުގުރާލާފައި ނަމަވެސް އަހަރެން އަހަރެންގެ ދީނުގެ ގަވާއިދުތަކުގައި ހިފަހައްޓަމެވެ. އެހެންކަމުން އަހަރެންގެ ތުނބުޅި މައްސަލައަކަށްވިއެވެ. ކިތަންމެ ދުވަހަކު ތުނބުޅިބޭލުމަށް އަންގައިފިއެވެ. އެހެނަސް ހަމަހިލާ އެކަން ނުކުރީމެވެ. ދެންދިމާވީ އަހަރެން ޔުނީފޯމު ފަޓުލޫނުގެ ފައިކުރީގެ މައްސަލައެވެ. އޮޅާފައި ހުންނާތީއެވެ. މިހެންގޮސް އެތައް މައްސަލަތަކެއް ފެންމަތިވެއްޖެއެވެ. އެމީހުންގެ ނަސޭހަތް ތަކުރާރުކުރަމުންދިޔައެވެ. އެހެނަސް އަހަރެން ހަމަ ބީރު ކަންފަތެއް ދީގެން ހުރީމެވެ.

އިނގޭހެއްޔެވެ؟ އަހަރެން ކުލާހުގައި އިނދެފައިވެސް ބަރާބަރު ވަގުތައް މިސްކިތަށް ދަމެވެ. އެކަމަށް ޓީޗަރުގެ ހުއްދައަށްވެސް އެދެމެވެ. ބައެއްދުވަހަކަށް ހުއްދަވެސް ލިބެއެވެ. އެހެނަސް އަނެއްބައިދުވަހަކަށް ހުއްދަ ނުލިބެއެވެ. ހުއްދަ ނުލިބޭ ދުވަސްދުވަހު އަހަރެން ކަންތައް ކުރާގޮތް އިނގޭހެއްޔެވެ؟ ޓީޗަރު ރުޅިއަޔަސް ބަންގި ގޮވުމާއެކު އެންމެ ސިކުންތެއްވެސް މަޑުނުކޮށް މިސްކިތައް ދަނީއެވެ. މިހެން ކަންތައްކުރަންފެށުމުން ބައެއް ޓީޗަރުން އެ މައްސަލަ ޕްރިންސިޕަލްއާއި ހަމައަށް ގެންދިޔައެވެ. އެހެނަސް އަހަރެންބިރެއް ނުގަންނަމެވެ. ޖެހިލުމެއްވެސް ނުވެއެވެ. އެޔަށްވުރެ އަހަރެންގެ ހިތުގައި އޮތް އީމާންތެރިކަން ވަރުގަދައެވެ.

މި މައްސަލަތަކާހުރެ އަހަރެންގެ މައިންބަފައިން ސްކޫލަށް ހާޒިރުކުރުން ގިނަވެއްޖެއެވެ. ކަންމިހެން ވާން ފެށުމާއެކު ދެންދިމާވީ ހަގީގަތުގައިވެސް އަހަރެންގެ ހިތައް ވަރަށް އަސަރުކުރުވި ކަންތައްތަކެކެވެ. އަހަރެންގެ މަންމައާއި ބައްޕަ މިކަންތަކުގައި އަހަރެންދެކެ ހިތްހަމަނުޖެހުނީއެވެ. މަންމައާއި ބައްޕަގެ ބަސްތަކުން އަހަރެންގެ ހިތް ރޮއްވާލައެވެ. ސަބަބު އިނގޭހެއްޔެވެ؟ އަހަރެންގެ ދީނުގައި ސާބިތުވެހުރުމަށް އަހަންނަށް ހިތްވަރުދީ ނަސޭހަތްދޭން ތިބި މީހުންގެ ފަރާތުން އަހަންނަށް އެފަދަ ނުރުހުންތެރިކަމެއްދެއްކީތީއެވެ. މަންމަ އަކީ ދަރިންގެ ސުވަރުގެ ނޫންހެއްޔެވެ؟ ވީއިރު އަހަރެންގެ މަންމަ މިހެދީ ކިހިނެއްޔެވެ؟ އަހަންނަށް ފެނުނީ ހަމައެކަނި އެމީހުންގެ ނުރުހުމެއްނޫނެވެ. ކިޔާލާށެވެ.

އެގޮތައް މަންމައާއި ބައްޕަ ސްކޫލަށް ހާޒިރުކުރި ދުވަހެއްގައި މަންމަގެ އަނިޔާ ވަރަށް ރަނގަޅަށް އަހަންނަށް އިހުސާސްކުރަންޖެހުނެވެ. އަނިޔާ ކޮށްގެން ނުފުދުމުން އަހަރެންގެ ފޭރާން ބާލުވާފައި މަގުމައްޗަށް ނެރުނެވެ. އިނގޭހެއްޔެވެ؟ އެދުވަހު އަހަރެންގެ ލޯބިވާ ބައްޕަ އަހަރެން ގައިގައި ދަގަނޑުބުރިއަކުން ޖެހި ހަނދާން މިއަދުވެސް ލޯމަތީގައި އެއްވެސް ބަދަލުވުމެއްނެތި ފެންނަމުންދެއެވެ. އަހަރެންގެ ގައިގައި އެދުވަހު އެޅިވޭނުގެ އަސަރު މިހާރުވެސް ހުރެއެވެ. މިހާރުވެސް އެއަނިޔާތަކުގެ އިހުސާސް އަހަރެންގެ ހަށިގަނޑުގެ އެތައް މިތަނުން ކުރެއެވެ. މަންމަގެ އަތުން ދިން އަނިޔާތައް ދުވަހަކުވެސް ނުފިލާނެއެވެ. ކާންނުދީ ބަނޑަށް ބެހެއްޓި ދުވަސްތައް މިހިތުންފިލައިގެން ދުވަހަކުވެސް ނުދާނެއެވެ. ބައްޕަގެ ފަރާތުން ފެނުނު ހަރުކަށިކަމާ ވޭންގަދަ އަނިޔާތައް އަދި އަމުދުން ހިތުން ނުފިލާނެއެވެ.

އިނގޭހެއްޔެވެ؟ އަހަންނަށް އެހުރިހާ އަނިޔާތައް ލިބުނީ ހަމަ އެންމެ ކަމެއްގެ ސަބަބުންނެވެ. ހަމައެންމެ ކަމެއްގައި ހިފަހައްޓައިގެން ސާބިތުވެ ހުރުމުގެ ސަބަބުންނެވެ. އަހަރެންގެ ލޯބިވާ އިސްލާމްދީނެވެ. އެހެނަސް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަށް އަހަރެން ކެތްކުރީމެވެ. އެހުރިހާ އަނިޔާ ދިން އިރުވެސް ދިފާއުގައި ކުޑަ ބަހެއްވެސް މި ދުލުން ބޭރުކޮށްފައެއްނުވާނެއެވެ. ކީއްވެކަން އިނގޭހެއްޔެވެ؟ އަހަރެންގެ ދީނުގެ ހައްގުގައެވެ. ހުރިހާ އަނިޔާތަކެއް ބަލައިގަންނަމުން ދިޔައިރުވެސް ދުވަހަކުވެސް މިގޮތް ދޫކޮށްލަން އަހަރެންގެ ހިތައްވެސް ނާރައެވެ.

އިނގޭހެއްޔެވެ؟ އޭރު އަހަރެން މުޅިންވެސް ވަގުތު ހޭދަކުރަމުން ދިޔައީ މިސްކިތުގައެވެ. ނަމާދުކުރުމުގައެވެ. ޤުރުއާންކިޔެވުމުގައެވެ. ސްކޫލުގައިނަމަ ހުސްގަޑިތަކުގައި ލައިބްރަރީގައި ދީނީ ފޮތްތައް ކިޔުމުގައެވެ. އަހަރެންގެ ދުވަސް ފެށެނީ ފަތިސްނަމާދުންއޭގެވަގުތުގައެވެ. ވަގުތަށް ރައްކާތެރިވުމުގައިވެސް އޭގެ އިންތިހާގައި ހިފެހެއްޓީމެވެ. އަހަރެންގެ ދުވަސްތައް ތަކުރާރުވަމުންދިޔައީ އެއްގޮތަކަށެވެ. ސްކޫލަށް ނޫނީ މިސްކިތައްދާން ނޫންގޮތަކަށް އަހަރެން ގެއިން ނުކުންނަލެއް ވަރަށް މަދުވާނެއެވެ. ބައެއްދުވަސްދުވަހު ފުޓުބޯޅަކުޅެން ދަމެވެ.

އަހަންނަކީ ގޯލްކީޕަރެކެވެ. އެހެނަސް ކިތަންމެ މުހިންމު މުބާރާތަކަސް ކިތަންމެ މުހިންމު މެޗަކަށްވިޔަސް އަހަރެން އަންނަނީ ނަމާދުކޮށްގެނެވެ. ގިނަ ދުވަސްދުވަހު އަހަންނަށް ދަނޑަށް ހާޒިރުވެވޭއިރު ގައުމީ ސަލާމްވެސް އޮންނާނީ ނިމިފައެވެ. އެހެނަސް އެކަމާ އެއްޗެއް ހިތަކަށް ނާރައެވެ. އަހަރެން އޮންނާނީ ޓީމާއި ކޯޗުކައިރީގައިވެސް ނަމާދުގަޑިޔަށް އަހަރެން ބަދަލުކޮށްދިނުމަށް އެދިފައެވެ. ފެންވަރައިގެން ވަގުތައް މިސްކިތަށް ދެވޭހާ ވަގުތުއޮއްވައި ބަދަލުނުކުރިޔަސް އަހަރެން ދަނޑުން ފައިބައިގެންވެސް ދަމެވެ.

އިނގޭހެއްޔެވެ؟ ކޮންމެ ހޯމަ ބުރާސްފަތިދުވަހަކާއި ކޮންމެ ހަނދުމަހެއްގެ ތިން ދުވަހު އަހަރެން ރޯދަ ހިފަމެވެ. ހާއްސަކޮށް ރޯދަމަހުގައި އަޅުކަންތަކަށް އިތުރަށް ސަމާލުކަންދެމުން ދިޔައީމެވެ. މެންދުރު ނަމާދާއި އަސުނަމާދާއި ދެމެދު އެއްކޮށް މިސްކިތުގައި ހޭދަކުރަނީ ޤުރުއާންކިޔެވުމުގައެވެ. މިނޫނަސް ކޮންމެ ނަމާދެއްގެ ފަހުގައި ޤުރުއާން ކިޔެވުމަކީ އަހަރެންގެ އާދައެވެ. ޤުރުއާނަކީ އަހަރެންގެ އެންމެގާތް އެކުވެރިޔާއެވެ. މަގުދައްކައިދީ މަގުގައި ސާބިތުކޮށްދިން އެހީތެރިޔާއެވެ. އަހަރެން ޤުރުއާނަށް ލޯބިޖެހިފައިވީ ވަރަށްވެސް ބޮޑަށެވެ.

ސްކޫލް ދައުރު ނިމުމުން އަހަރެން ބޭނުންވީ ކިޔެވުމަށް މާލެ ދާށެވެ. އަހަރެން ކިޔަވަން ބޭނުންވީ ޤުރުއާން ޓީޗިން ނޫނީ ޤާރީ ކޯސް ފަދަ ކޯހެކެވެ. ނަސީބަކުން އަހަރެންގެ މައިންބަފައިން އަހަރެން މާލެ ފޮނުވިއެވެ. އަހަރެންގެ ސަބަބުން ރަށުމީހުންގެ ފަރާތުން އެމީހުންނަށް ރައްދުވާ ބަސްތަކުގެ ސަބަބުންކަމެއް ނޫނީ އެހެން ސަބަބަކާހުރެކަމެއް ބުނެދޭކަށް ނޭނގެއެވެ.

މާލެއަށް ބަދަލުވީމެވެ. އަހަރެންގެ އުޅުމަށް އެއްވެސް ބަދަލެއްނާދެއެވެ. ބަދަލެއްގެންނަން ހިތައްވެސް ނާރައެވެ. އެގޮތުގައި ސާބިތުވެ ހުރެ ކިޔަވަމުންދިޔައީމެވެ. އިނގޭހެއްޔެވެ؟ މާލޭގައި އުޅެންޖެހުނީ ވަރަށްވެސް ދަތިކޮންނެވެ. ހުންނަ ގެއިން ކާންލިބެނީ ހާލަކުން ފަހަރެއްގައެވެ. މަންމަމެންގެ ހާލަތު ހުންނަގޮތުން އެހާ ރުފިޔާ ފޮނުވޭ ގޮތެއް ނުވެއެވެ. އެހެނަސް ބުނެދެންހެއްޔެވެ؟ އަހަރެންގެ އަތްމަތި ދުވަހަކުވެސް ހުސްނުވެއެވެ. ދުވަހަކުވެސް ބަނޑަށް ހުންނަން ނުޖެހެއެވެ. އަހަރެންގެ އަތުގައި ބަނޑުފުރާ ކައިލެވޭވަރަށް ރުފިޔާނުހުންނަ އެންމެ އިރެއްވެސް ނުދާނެއެވެ. ހުދު އަހަރެންވެސް އެކަމާ އަޖާއިބުވެއެވެ. ހީވެސް ނުކުރާ ގޮތްގޮތުން ރިޒުޤު ލިބެމުންދިޔައެވެ. ޝުކުރުކުރުންމަތީ އަހަރެން އުފަލާއެކު ދެމިހުރީމެވެ.

އަހަރެންގެ ހަޔާތައް ތޫފާންއައީ އެގޮތުގައި ދުވަސްތައް ގުނަމުން ދަނިކޮށެވެ. އަހަރެންގެ ރަށުގެ އެކުވެރިޔަކު މާލެ އައީއެވެ. އެޔަށްފަހު އޭނައާއެކީގައި ވަގުތުތައް ހޭދަކުރަން އޭނަ ބާރު އަޅަމުންދިޔައެވެ. އަހަރެންވެސް އެއީ ރަނގަޅު އެކުވެރިޔެއްކަމުގައި ދެކިގެން އުޅެންފެށީމެވެ.

އެކުވެރިޔާއާއެކުގައި ދުވަސްތައް ހޭދަކުރަންފެށުމުން ހަވާ ނަފްސު އަހަންނަށް ގޮވަންފެށިއެވެ. އެވަގުތުގެ ޝައިތޯނާ އަހަރެންގެ އެކުވެރިޔާ އަހަންނަށް ބާރު އަޅަމުން ދިޔައީ ބިޓެއް ނެގުމަށެވެ. ކުއްޖަކާ ގުޅުމަށެވެ. އެހެނަސް އަހަރެންމިއީ ދުވަހަކުވެސް އެކަހަލަކަމެއް ނުކުރާ އެކަހަލަ ކަންތައް ނުވެސް ދަންނަ މީހެއްކަމުން އެކަމާ ވަރަށް ދެކޮޅު ހެދީމެވެ. އެހެނަސް ނޭނގުމުގައި ހުއްޓާ އަހަރެންގެ އެކުވެރިޔާ އަހަރެންގެ މަގު އޮޅުވާލައިފިއެވެ. އެތައްދުވަހެއްގެ އެތައް މަސައްކަތަކުންނެވެ.

ވަގުތީގޮތުން މަޖަލަކަށް ކުއްޖަކާ ގުޅުނީމެވެ. އެކުވެރިޔާ ހޯދައިދިން ކުއްޖެކެވެ. ގިނަފަހަރަށް އަހަރެން ގުޅަން ނުކެރިފައި އިންނަ އިރު އެކުވެރިޔާ އަހަރެންގެ ފޯނު އަތުލައިގެން ގުޅާފައި އަހަރެންގެ ކަންފަތުގައި ފޯނު ޖެއްސުމަށްފަހު ވާހަކަ ދައްކަން ވީ ގޮތާ ދައްކަންވީ ވާހަކަ ކިޔައިދޭނެއެވެ. މިގޮތުގައި ދުވަސްތައް ދަމުން އެކުއްޖާއާ ބައްދަލުކުރަންދިޔައީމެވެ. އަންހެންކުއްޖާއަށް އަހަރުމެން ނުފެންނަނިސް އަހަރެމެންނަށް އެކުއްޖާ ފެނުނެވެ. މަގުމަތީގައި ކަމަށްވުމުން އަދި އެކުއްޖާއަށް އަހަރެމެން ނުފެނިގެން އުޅެނީއެވެ. އަހަރެން ވަގުތުން ގޯޅިގަނޑަކަށްވަދެ ފިލައިފީމެވެ. އަހަރެންގެ އެކުވެރިޔާ އައިސް ފިނޑިމީހެކޭ ކިޔާ ދިމާކޮށްގަނެގެން އަހަރެން ގެންގޮސް އެކުއްޖާއާއި ބައްދަލުކުރުވައިފިއެވެ.

އޭގެފަހުން ވަރަށް ގިނައިން ދިމާވެއެވެ. ބައްދަލުކުރަންދަނީ އެ އަންހެންކުއްޖާގެ މަންމައަށް އޮޅުވާލައިގެން ދަރުސްތައް އޮންނަރޭރޭގައި ދަރުހަށް ކަމަށް ބުނެފައެވެ. އޭރުވެސް އަހަރެން ބަރާބަރަށް ނަމާދުކުރަމެވެ. އެހެނަސް އެހެން ކަންތައް ދިޔައީ މަޑުމަޑުން ދުރުވަމުންނެވެ. އަހަންނަށް އިހުސާސްނުވާފަދައެވެ.

އެއީވެސް އަހަރެން ފަދައިން ކޯސް ހަދާކުއްޖެކެވެ. ކިޔެވުމުގެ އިތުރަށް އަހަރެން އައީ ޕާޓްޓައިމް ޖޮބެއްވެސް އަދާކުރަމުންނެވެ. އެހެންނަމަވެސް ޖޮބަށް ފަރުވާކުޑަކުރަމުން އަހަންނަށް އާދެވުނީ އެ އަންހެންކުއްޖާއަށް ސަމާލުކަން ދެވެމުންނެވެ. ކުލާހަށް ގެންގޮސްދީ ގެޔަށްގެންގޮސް ހަދަނީ އަހަންނެވެ. ދުވަސްތައް މިގޮތައް ވޭތުވާންފެށުމުން އަހަންނަށް އެކުއްޖާދެކެ މިކިޔާ އިޝްގީ ލޯބި ވެވިއްޖެއެވެ. ދެން އަހަރެންގެ ރަހުމަތްތެރިޔާ ލަފާދެމުންދިޔައީ ނުބައި އަމަލުތަކަށް އަރައިގަތުމަށެވެ. އަދި އަހަރެންގެ ބައިވެރިޔާވެސް ދިޔައީ އެކަމަށް އަހަންނަށް ހިތްވަރުދީ ދައުވަތުދެމުންނެވެ. މަގުގެއްލެމުންގޮސް ކުޑަކޮށް އޭނާގެ އަތުގައި ހިފާލައިހަދަންފެށީމެވެ. ރަނގަޅު ނަސޭހަތެއްދޭނެ އެއްވެސް މީހަކުނެތި އަހަރެން މަޑުމަޑުން ހަލާކުވަމުން ދިޔައެވެ. އެހެނަސް އެންމެ ނުބައި އަމަލަކަށް އަރައިގަންނާކަށް ނުކެރުނެވެ.

ދުވަސްތައް މިގޮތައް ދަމުންގޮސް އެކުއްޖާގެ ގޮތް ރަނގަޅަށް ދަސްވާންފެށިއެވެ. ރުންކުރު ގޮދޫނުކުރާ ކުއްޖެކެވެ. ނުބައި ފިރިހެން ރައްޓެހިން ގެންގުޅޭކުއްޖެކެވެ. އަހަރެން ނަސޭހަތްދީ އެމީހުންނާ ގުޅުން ނުބާއްވަން ބުނުމުންވެސް ވީ ފައިދާއެއް ނެތެވެ. އަހަންނާވެސް ފަހުންފަހުންއައިސް ވާހަކަދައްކަނީ ވަރަށް ހަޑިކޮށެވެ. އަގެއްނެތްމީހަކަށް ހަދާފައެވެ. އަހަރެން މޮޔަވިއެވެ. އެކުއްޖާ އެއީ ފުރާނަކަމުގައި ހީކުރެވުނެވެ. އެކުއްޖާގެ ކައިރީގައި ރޮއި އާދޭސްކުރީމެވެ. ނުލިބިއްޖެނަމަ މަރުވާނަންކަމުގައި ކިޔާ އެތައް ވާހަކައެއް ދެއްކުނެވެ. އަހަރެންވީ މުޅިން ހަލާކުވެފައެވެ. މަޑުމަޑުން އަހަރެން ޤުރުބާންްވަމުންއައި އަހަރެންގެ ލޯބިވާ ދީނަށް ފަރުވާކުޑަކުރެވެން ފެށުނީ ނޭނގުމުގެ ތެރޭގައި ހުއްޓައެވެ.

ބައިވެރިޔާގެ އަމަލުތައް ހުންނަ ގޮތުން ކެތްނުވެގެން ރުޅިވާން ޖެހުނީއެވެ. ވަރަށް ރުއީމެވެ. ހިތާމަކުރީމެވެ. އެހެނަސް ދެންވެސް އަހަރެންގެ އަސްލު މަގަށް ރުޖޫއަވާކަށް އަހަރެންގެ އެކުވެރިޔާ ތަނެއް ނުދިނެވެ. އަހަރެންގެ އެ އެކުވެރިޔާގެ ބަހަށް ދެން އަހަރެން ނިންމީ އެއްވެސް އަންހެންކުއްޖަކާ ސީރިއަސްކޮށް ނުގުޅުމަށެވެ. ހަމަ މަޖަލަކަށް ކުދިން ގެންގުޅުމަށެވެ.

އަހަރެންގެ އަތޮޅުން އެހެންކުއްޖަކާ ވާހަކަދައްކަމުންދިޔައީމެވެ. މަޖަލަކަށް ވަގުތު ދުއްވާލުމުގެ ބޭނުމުގައެވެ. ފޫހިފިލުވާލާށެވެ. އެގޮތައް ދެތިން ކުއްޖަކު ގެންގުޅުނީމެވެ. އެހެނަސް ވަގުތު އައިސް ޖެހުމުން ކައިވެނިކުރަންޖެހުނީ މަޖަލަށް ގުޅުނު ކުދިންތަކުގެ ތެރެއިން އެއްކަލަ އަހަރެންގެ އެކުވެރިޔާ އެންމެ ހިތްހަމަނުޖެހުނު ކުއްޖާއާއެވެ. އިބްރަތެއްކަން ޔަގީނެވެ.

އަހަންނަށް ހުރިހާއެއްޗެއް ވިސްނުނެވެ. ހާދަހާދެރައެވެ. ޖާނުން ޤުރުބާންވެގެން ފުރާނަ އަތްމައްޗަށްލައިގެންހުރެ އަހަރެން ދިފާއު ކުރަމުންއައި އަހަރެންގެ ލޯބިވާ ދީން ޝައިތޯނާ އަހަރެންގެ އަތުން ފޭރިގަތީއެވެ. ނުބައި އެކުވެރިޔާ އަހަރެންގެ މުޅި ދީން ހަނދާންނެއްތުވީއެވެ. ނުބައި ނަސޭހަތްތައް އަޑުއެހުނީއެވެ. ހަވާ ނަފްސަށް ތަބާ ވެވުނީއެވެ. ގެއްލުމާއި ހެއްލުމުގެ ތެރޭގައި ވެވުނީއެވެ. އިންސާނުންގެ ސިފައިގައިވެސް ޝައިތޯނުން އުޅޭކަން ހަނދާނުން ކައްސައިލީއެވެ.

އެހެނަސް އިންޝާﷲ މިއަދު މިވަނީ ތައުބާވެފައެވެ. ކުރެވުނު ހުރިހާކަމަކަށް ތައުބާވެ ރުއީމެވެ. މިއަދުވެސް ހިތާމަ ކުރަމެވެ. އެހެނަސް ކުރީގެ ސާބިތުކަމަށްއެދި ދުޢާ ކުރަމުން އެ އަޒުމުގައި ދިރިހުރީމެވެ. އިނގޭހެއްޔެވެ؟ އަހަރެންމިއީ މިހާރު އަހަރެންގެ މަންމައާއި ބައްޕަގެ އެންމެ ލޯބިވާ ދަރިފުޅެވެ. ހަގީގީ އުފާވެރިކަމަކީ މިއީއެވެ. ދެވަނަ ފަހަރަށް މަގުދެއްކެއްކެވީތީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުކުރުމުގައިދެމިހުރީމެވެ. އިންޝާﷲ ދެން މި އަޒުމު އެފަދަ އެއްވެސް ޝައިތޯނަކަށް ގުޑުވާނުލެވޭނެއެވެ.

ހިޔާލުތައް ވިއްސި ވިހާލިވެގެންދިޔައީ ކުއްލިޔަކަށް ލޯންޗް މަޑުކޮށްލުމުންނެވެ. ރަށަށްއާދެވުނީއެވެ. ޖެޓީމަތީގައި ހުރި އަހަރެންގެ އަންހެނުން ފެނުމާއެކު ހަނާ އަޅާލުމަށްފަހު އަހަރެން ލޯންޗުން ފައިބަންދިޔައިރު ހިތްހަމަޖެހުމުގެ ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނީ ހެއްދެވި ފަރާތަށް ޝުކުރުކުރާ ހާލުގައެވެ.

-ނިމުނީ-

Comments (55)

  1. Lilyyy

    Varah rangalhu vaahaka kolheh

    1. Mishal
      Lilyyy

      Thnkyu Lilyyy ☺

  2. Aasaalee

    V iburaiytheri vaahakaeh ❤

  3. Laimaan

    Koba kuryge story dhen nuliyanytha. E story v reethi hisaabakun huhtifa othy. Alhe e story up kohdhybala pls

    1. Anonymous
      Laimaan

      ” Sihru sihrun hithey milku kohly kalaa”…
      Mi vaahaka up kohdhyba plz..
      =Tinkerbell=

    2. Mishal
      Laimaan

      Laimaan dhw,, In Sha Allah adhi e story up kohdheynan inge,, eyru massala thakeh dhimaawegen alhugandah mikahala ehvx kamakah time nulibuny,, hurihaa kudhinge faraathun vx ekamah maafah edhen,, thnkx inge,, 🙂

    3. Mishal
      Laimaan

      Anonymous,, In Sha Allah e story genesdheynan inge,, thankyu,, 🙂

  4. Aff

    Mishel “sihru sihrun hithey milkukohly kalaa” e vaahaka up nukurany kyhvetha? I really do love that story. Plx e story continue kohdhybala pleeeeeeeeeeeeèeeeexxxxxx plx plx

    1. Mishal
      Aff

      Okay okay,, In Sha Allah will try my best inge,, 🙂

    2. Aff
      Aff

      Ok thankx darling. …? I’m curious to read that story.

  5. Ammaar

    V nice

    1. Mishal
      Ammaar

      Thankyu Ammaar,, 🙂

  6. luhan

    V v reethi..

    1. Mishal
      luhan

      thankyou luhan

  7. Shahoo

    V salhi mi story ves??????

    1. Mishal
      Shahoo

      thankx dhonthi,, 🙂

  8. Appy

    Omg finally. …..plx aneh story up kohdheythi

    1. Mishal
      Appy

      Yes,, In Sha Allah,, 🙂

  9. Khajja

    Wow masha allah v rythi v ibraiytheri mikahala dhyny eh chehi bodah genesdheveytho balaa keep it up

    1. Mishal
      Khajja

      Thankyou Khajja,, In Sha Allah will try inge,, 🙂

  10. Nana

    Hmm nice?

    1. Mishal
      Nana

      thankx Nana,, 🙂

  11. yalvish

    My v ibraiytheri vaahaka eh.. aslu raahjeyga oiy hagygy islam dhyn mivaahaka in angadhyfi.. islam dhyn ga halaal v gina kan kan mithaa manaa vaane.. ekam 100% muslim… eves namuga..

    1. Mishal
      yalvish

      True yalvish,, thankyou inge,, 🙂

  12. Maree

    reethi vaahaka eh

    1. Mishal
      Maree

      Thankyou Maree,, 🙂

  13. Yaasir

    Dheeny waahaka kiyaane meehaku mihaaraku noolhe. Kiyanyaaves kiyaany vrh madhu meehaku .iburatheh libidhaane theeves dheeny waahaka kiyan biru ganna meehun aeba thiby.balaaba mihaaruves aekiyany loabi ge waahaka ge nunime ohbaa kobaaa ho. Mee sahtha in sahtha muslim kamah dhauwaakuraa mujuthama uge haalathu hurigoh..
    Kihthowaany islaam dheenuge fohtha kiyaa n rasoolunnaa nabeennaa n sahaabeenge mifadha waahaka thahkiyaa kiyaalima kihtho waany .mi dheeny waahakathah kiyan sauguverikan nuhunnany keevegen tho ??

    1. Mishal
      Yaasir

      Rangalhu waahaka kolheh Yaasir,, ?

  14. lara

    hama gaimuves aharen v kiyaahihve vaahaka v salhi adhi thankolheh dhigukohlinama v salhivaane…………….

    1. Mishal
      lara

      True story eh v ma alhugandu ithuru baithah add nukury,, btw thankyou inge,, 🙂

  15. rim

    V v v v ves bodu thedheh hdheeneevaahakathakah koment ves varah nukuaaaane eiihama shaithaanaage kanthah mivaahaka maakurii dhiukoh genesdhinnama aslu ekuhjaa aagulhumu kuhjaage sbabun dw mibunii anhenuge sababundw eynayah hamamagah eaadhevunii aslu ekujaage vaahakathah varah beynunvi kiyaalan eyna gedheenverikan firimiihaa ah naseyhaeh therivigoeh kiyamun dhiyairu rovunu hithah eri ekahala ehaaragalhu kudhin ginain ufedhigen annaamenamaey ekalakudhin v v v v v vesmadhuvaanedhw ehenve v v v dheravey

    1. Mishal
      rim

      Aslu vx ekahala kudhin v madhu mihaaruge mi mujuthamau ga,, v hithaama huri kameh,, btw,, thankyou inge rim,, 🙂

  16. Azu

    V iburaiytheri❤

    1. Mishal
      Azu

      Thankyou Azu,, 🙂

  17. Ushaa

    Masha allah v v reethi mi story..Mikahala dheeny vaahakathah alhugandu v v kiyaa hiyyvey..mikahala stories up kohdhehchey vee varakun..?

    1. Mishal
      Ushaa

      Thankyou so much Ushaa,, In Sha Allah will try inge,, 🙂

  18. Ushaa

    Masha allah v v reethi mi story..Mikahala dheeny vaahakathah alhugandu v v kiyaa hiyyvey..mikahala stories up kohdhehchey vee varakun ingey..?

  19. Hana

    Inshaa allah v reethi ehaame ibrahtheri vaahaka eh

    1. Mishal
      Hana

      Thankyou Hana,, 🙂

  20. rim

    Umydhukuran v avahah mikahalareethi dhiiny vaahakaeh kiyaalan libeyne kamah v v v kiyaahihvey mikahlavaahaka

  21. Rose

    Masha allah story v reethi…. v iburaiytheri story eh…. thanx 4 the nice srory mishal?

    1. Mishal
      Rose

      Thankyou so much Rose,, 🙂

  22. Mimmi ❤️

    Masha Allah varah iburaitheri vaahaka eh ❤️

    1. Mishal
      Mimmi ❤️

      Thankyou Mimmi,, 🙂

  23. Faxoo

    vrh reethi vaahaka eh MaShaAllah <3

    1. Mishal
      Faxoo

      Thankyou Faxoo,, 🙂

    2. ?Nua?
      Faxoo

      Vrh salhi

    3. Mishal
      Faxoo

      thankyou Nua

  24. ASH CHUM

    Varah reethi.

    1. Mishal
      ASH CHUM

      Thankyou ASH CHUM

  25. ASH CHUM

    Varah reethi vaahaka eh

  26. Maahi

    Mivaahakaige ulhey kuhjaa ashaa eyna ge wife ah dhedhuniyeyge baahjaverikam dhehvaashi…
    Mi stry ga miulheny aslu hero…. Komme fadha haalehga ulhunas dheenaa dhekolhu nuve, mistake eh hedhumun ekan gabool koh thaubaa vany aslu eemaan therikan hithuga othyma… Mihaaruge myhunna heevefa onnaany sike fahathah aruvaigen dhuhvaalan “makeup maama” eh libunyma hunnaany vefa ey.. Noony selfie nagan “mathi hashi fuppaafa boa kulhandhuru hathayah hadhaafa kanfathugayaa aiyfaii gayaa karuga giguni fathi alhaafa yo vefa thibey” myhunney myhunnakii… Hagygathuga eiii randunnaky… Mee aslu firihenunnakii… Its soo heart touching…. Eyna magu olhuvaali frnd ah heyomagu dhahkavaashi..
    Mikahala stry up kurahchey nge… ??

  27. Mishal

    Jazaakillah Khairan Maahi,, Allah (swt) thibaa ah heyo rahumaiy lawwaashi, :-*
    V v rangalhu waahaka eh thibuny, mihaaru mi mujuthamau ge haalaky thiee,, May Allah guide all of us,,

  28. zaik

    maa shaa allah varah reethi vaahkaeh Mishal……<3

  29. zaik

    maa shaa allah varah reethi story

Comments are closed.