Skip to content
އެސްފިޔަ

އަހަރެން ﷲ އަށް ޝުކުރުވެރިވަމެވެ.

ސްކޫލްގެ ބެލް ޖެހުމާއި އެކު ހުރިހާ ކުދިން ދުއްވައިގަތީ އަވަހަށް ކްލާހުން ނުކުމެގެން މަންމަ ކައިރިއަށްދެވޭތޯއެވެ. ސްކުލޫގެ ގޭޓުކައިރީގައި ދަރިންގެ އިންތިޒާރުގައި ތިބި ހުރިހާބެލެނިވެރިންގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެވެ. ކޮންމެ ކުއްޖަކުވެސް އައިސް އެކުއްޖެއް ބަލާއައިސް ހުރިމީހާގެ އަތުހިފައިގެން ގެއަށްދާން ހިނގައިގަތެވެ. އެދުވަހު ސްކޫލުގައި ޓީޗަރު ކިޔަވައިދިން އެއްޗެހި ބެލެނިވެރިޔާއަށް ކިޔަދެމުންނެވެ. މިމަންޒަރު ބަލަން ދުރުގައި ހުރި އަލީގެ ލޯ ކަރުނައިން ތެންމާލީ އޭނާގެ ހާލާއިމެދު ވިސްނި ހިތަށްކުރި ފުންއަސަރަކުންނެވެ. ކިޔެވުމަކީ އަލީވެސް ވަރަށް ކުރާހިތްވާކަމެކެވެ. ޔުނީފޯމްލައިގެން ސްކޫލަށްއައިސް ކިޔަވައި ރައްޓެހިންނާއެކު މަޖާކުރުމަކީ އަލީގެ ވަރަށް ބޮޑު ހުވަފެނެކެވެ. ނަމަވެސް އެހުވަފެނުގައި ކުލަޖެހުމަކީ ވާނޭކަމެއްނޫނެވެ.

ޢަލީ އަކީ އިންޑިޔާގެ ކެރެލާގެ ފަޤީރު ޢާއިލާއަކަށް އުފަން އުމުރުން 8 އަހަރުގެ ކުއްޖެކެވެ. އަލީގެ އިތުރުން އޭނާގެ މަންމަގެ 2 ކުދިން ތިބެއެވެ. އޭނާއަކީ އެންމެ ބޮޑު ކުއްޖާއެވެ. ބައްޕަ ނިޒާމުގެ ކަންނެތްކަމާއި ޒިންމާދާރުކަން ކުޑަކަމުގެ ސަބަބުން އަލީއާއި އޭނާގެ ޢާއިލާ އުޅެންޖެހިފައިވަނީ ވަރަށް ދަތި ހާލުގައެވެ. މަންމަ ރަފީޤާ ސަލާން ޖަހައިގެންނާއި ގޭގެއަށްގޮސް މަސައްކަތް ކޮށްގެން ލިބޭލާރިން ބަނޑުހައި ހޫނުކަން ފިލުވާލެވޭވަރުވަނީ ކިރިޔާއެވެ. ބައެއްފަހަރު އެވަރުވެސް ނުވެއެވެ. ދަރިންނާއި އަނބިމީހާ އެހާދަތިހާލުގައި އުޅޭއިރުވެސް އާއިލާއަށް ލުޔެއްލިބޭތޯ ނިޒާމް އެއްވެސް ކަމެއް ނުކުރެއެވެ. ނިޒާމުގެ ސަބަބުން ޢާއިލާއަށް ކުރިމަތިވަނީ އިތުރުދަތި އުނދަގޫތަކާއި ހިތްދަތިކަމެވެ. އޭނާއަކީ ވައްކަން ކުރުމާއި ރާބުއިމަށް ދެވިހިފާފައިވާ މީހެކެވެ. ރާބޮއިގެން އައިސް ދަރިންގެކުރިމަތީގައި އަނބިމީހާގައިގައި އަތުޖެހުނުހާ އެއްޗަކުންތަޅާއިރު އޭގެ ސަބަބުން ދަރިންނަށްކުރާނެ ނޭދެވޭ އަސަރަށް އޭނާ ވިސްނައެއްނުލައެވެ. ނިޒާމުގެ އަނިޔާތަކުގެ ސަބަބުން ރަފީޤާ ރޯންއިންނަތަން އަލީއަށް ވަރަށް ގިނައިން ފެނެއެވެ. އެމަންޒަރުފެނި އެ ޅަސިކުނޑިއަށް ނުހަނު އަސަރުކުރެއެވެ. އަލީގެ އުންމީދަކީ ކޮންމެވެސް ދުވަހަކުން އޭނާގެ މަންމައާއި ޢާއިލާ، ބައްޕަގެ ވަކިތަކުން ސަލާމަތް ކުރުމެވެ. “މަންމާ ދެރަނުވޭ. އަޅުގަނޑު މަސައްކަތް ކޮށްގެން ގިނަ ގިނަ ލާރި ހޯދައިގެން މަންމަ ގޮވައިގެން ދާނަން. ބައްޕައަށް ނުފެންނަ ދުރު ތަނަކަށްދާނަން”. ޢަލީގެ މިފަދަ މައުސޫމް ބަސްތަކުން ބުނެދޭންވެސް ނޭނގޭކަހަލަ ހިތްހަމަޖެހުމެއް ރަފީޤާއަށް ލިބިދެއެވެ.

މަންމަ ރަފީޤާއަށް އެހީތެރިވުމަށްޓަކައި އަލީ މަސައްކަތް ކުރާންފެށިއެވެ. ގެއާއި ދުރުނޫން ހިސާބެއްގައި ހުންނަ ކަޑައެއް ސާފުކުރުމާއި އެތާގެ ވެއިޓަރުކަމުގެ ވަޒީފާއެވެ. ނަސީބު ދިމާކުރިގޮތުން އެ ކަޑައިގެ ބޮޑުމީހާ މުރާދަކީ ދީންވެރި އޯގާތެރި މީހެކެވެ. ނަމަވެސް ދަރިން ލިބުމުން މަޙްރޫމްވެފައިވާ އެކަނިވެރިއެކެވެ. އޭގެ ސަބަބުން އޭނާކުރި ދެ ކައިވެނިވެސް ވަނީ ނިމުމަކަށް އައިސްފައެވެ. އަލީއާއި ބައްދަލުވުމަކީ ދަރިއެއްލިބުމަށްއެދި މުރާދު ދެކުނުހުވަފެންތަކަށް ނިމުން އައި ދުވަހެވެ. މުރާދުދެކުނީ އަލީއަކީ މުރާދުގެ ދަރިއެއްކަމުގައެވެ. އަލީގެ ހަޔާތުގެ ހުރިހާކަމެއް މުރާދަށް ކިޔައިދިނުމުން އޭނާގެ ފަރާތުން އަލީ އަށްލިބުނީ ބައްޕައެއްގެ ފަރާތުން ދަރިއަކަށް ލިބޭފަދަ އޯގާތެރި ކަމެކެވެ. ސްކޫލެއްގައި ކިޔެވުމުގެ ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް ޢިލްމު އުގެނުމުގެ ފުރުސަތު އަލީއަށް ލިބުނެވެ. ކޮންމެ ދުވަހަކު މަސައްކަތް ނިމުމުން 2 ގަޑިއިރު ވާންދެން އަލީއަށް މުރާދު ކިޔަވައިދެއެވެ. އޭނާގެ ފަރާތުން ދީނީ އަޅުކަންތައްކުރާނެ ގޮތާއި ދީނީޢިލްމު އަލީ ދަސްކުރިއެވެ. އަބަދުވެސް ހެއްދެވިފަރާތަށް ޝުކުރުކޮށް، ދިރިއުޅުމުގައި ދިމާވާ ދަތިއުނދަގޫ ތަކާއި ހިތާމަތަކަށް ކެތްކޮށް، ރަނގަޅުގޮތް މެދުވެރިކޮށްދިނުން އެދި ﷲގެ ހަޟުރަތުގައި ދެންނެވުމަށް މުރާދު އަލީއަށް ނަސޭހަތްތެރިވިއެވެ.

ކަޑައިގައި އަލީ މަސައްކަތްކުރާން ފެށިފަހުން އަލީއާއި ރަފީޤާއަށް ލިބޭލާރި އެއްކޮށްލައިގެން ސަލާންނުޖަހައި ކައިބޮއި އުޅެވޭވަރު ރަފީޤާގެ ޢާއިލާއަށްވިއެވެ. ނަމަވެސް އެލިބޭލާރިން ކޮއްކޮމެން ސްކޫލަށް ފޮނުވޭވަރެއްނުވެއެވެ. ކޮއްކޮ ޢާއިޝާ އަކީ ނާސަރީ ގައި އުޅޭވަރުގެ ކުއްޖެކެވެ. އަދި ދެންހުރި ކޮއްކޮ އިބްރާހިމަކީ 1 ގައި އުޅޭވަރުގެ ކުއްޖެކެވެ. ދަރިންސްކޫލަށް ފޮނުވަން ރަފީޤާ ކިތަންމެ ބޭނުންނަމަވެސް އެފަދަ ތަނަވަސްކަމެއް އޭނާގެ ނެތެވެ. ރާބުއިމާއި ވައްކަންކުރުން ހުއްޓާލައި ހަރުދަނާމީހަކަށް ވުމަށް ނިޒާމަށް ނަސޭހަތްތެރިވިނަމަވެސް އޭނާގެ އެއަމަލެއް ނުހުއްޓުނެވެ. ރަފީޤާގެ އިތުރުން އަލީވެސް ބައްޕައަށް ނަސޭހަތްތެރިވެއެވެ. “ރާބޮއި ވައްކަން ކުރުމަކީ އިސްލާމްދީނުގައި ޙަރާމްކަމެއް ބައްޕާ. މުރާދުބެ ބުނީ އެކަންކުރާ މީހުން އެގޮތަށްތިބެ މަރުވެއްޖެނަމަ ނަރަކަ ދާނެޔޯ. ނަރަކައެއީ ވަރަށް ހޫނުގަދަ އަލިފާން ގަނޑެއް”. ޢަލީ އޭނާގެ ބައްޕައަށް ކިޔައިދިނެވެ. އަލީ މިހިން ބުނިދުވަހު ނިޒާމު އަލީއަށް ވަރަށް އަނިޔާކުރިއެވެ. އަދި މައިންބަފައިންނަށް އުޅޭންވީގޮތް ކިޔައި ނުދިނުމަށް އިންޒާރުދިނެވެ. ދަރިން ނުރަނގަޅު މަގުން ހިނގާނަމަ އެމީހުންނަށް ރަނގަޅު މަގު ދެއްކުމަކީ މައިންބަފައިންގެ ޒިންމާއަކަށްވީ ފަދައިން މައިންބަފައިންވެސް ނުރަނގަޅު މަގުން ހިނގާނަމަ އެމީހުންނަށް ރަނގަޅު މަގު ދެއްކުމަކީ ދަރިންވެސް ކުރަންޖެހޭ ކަމެކެވެ. އަދި އެމީހުންގެ ނަސޭހަތް ޤަބޫލުކުރުމަކީ މައިންބަފައިންގެ މައްޗަށްވެސް ވަޖިބެކެވެ. ނަމަވެސް މިކަންދަންނަނީ ވަރަށް މަދު
މައިންބަފައިންނެވެ.

* * * * *
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ޢަލީގެ އާއިލާގެ މާލީ ހާލަތުވެސް އަންނަނީ ރަނގަޅު ވަމުންނެވެ. އެހެންކަމުން ޢާއިޝާ އާއި އިބްރާހިމް ސްކޫލަށް ފޮނުވުމުގެ ޚިޔާލު ޢަލީ އޭނާގެ މަންމައަށް ދިނެވެ. އެކަމަށް އިތުރަށް ލާރި ބޭނުންނަމަ އިތުރަށް މަސަކަތްކުރާންވެސް ޢަލީހުރީ ތައްޔާރަށެވެ. ޢަލީގެ ހިތްވަރާއި އަޒުމް ފެނިފައި ރަފީޤާއަށް އުފަލުންގޮސް ރޮވުނެވެ. އަދި އެފަދަ ވިސްނޭ، ހެޔޮލަފާ ދަރިއެއް ދެއްވިކަމަށްޓަކައި ހެއްދެވިފަރާތައް ޝުކުރުކުރިއެވެ. އަލީއަކީ މިދުނިޔެމަތިން ރަފީޤާއަށް ލިބުނު ޖަވާހިރަކަށްވުރެވެސް އަގު ބޮޑު ނިޢުމަތެކެވެ. އޭނާގެ ދުޢާއަކީ ދެންތިބި ދަރިންނަކީވެސް އަލީފަދަ ހެޔޮލަފާ ޞާލިހް ދަރިއަކަށް ވުމެވެ. ކޮންމެ މަންމައެއްގެ ދުޢާއަކަށްވެސް ވާނީ އޭނާގެ ދަރިއަކީ ދީންވެރި ހެޔޮވިސްނޭ އަޙްލާޤު ރަނގަޅު ދަރިއަކަށް ވުމެވެ. ދަރިފުޅު ހެޔޮމަގުން ކައްސާލައިގެން ދާތަން ދެކުމަކީ މައެއްގެ ލަގޮނޑިއަށް ކެތްވާނޭކަމެއް ނޫނެވެ. ދަރިފުޅު ދުނިޔޭގައި ލެއްވިހައި ނުބައިކަމެއް ކުރަމުންދާއިރު އޭނާ ނުވަމަސް ދުވަސްވަންދެން ބަނޑުގައި ގެންގުޅުނު މަންމައަށް ކުރާނޭ އަސަރު އިޙްސާސްވާނީ ހަމައެމަންމައަށް އެކަންޏެވެ. ރަފީޤާއަކީ އެފަދަ ބަދުނަސީބުވެރި މަންމައަކަށް ނުވި ކަމަށްޓަކައިނ އޭނާ އުފާކޮށް ފަށްފަށުން ޝުކުރުވެރިވެއެވެ. އަދި ޢަލީފަދަ ދަރިން ކޮންމެ މަޔަކަށްވެސް ދެއްވުމަށް އެދެއެވެ. ނަމަވެސް އޭނާއަށް ލިބިފައިވާފަދަ ފިރިއެއް ދުނިޔޭގެ އެހެން އެއްވެސް އަންހެނަކަށް ނުލިބުމަށް އޭނަ ދުޢާކުރެއެވެ. އެފަދަ ފިރިއަކީ ޢާއިލާގެ ހަލާކެވެ. ދަރިންގެ މުސްތަޤުބަލް ބަނަވެ
އަނދަވަޅަކަށް ވެއްޓޭއިރުވެސް އޭނާ އަޅައެއްނުލާނެއެވެ.

* * * * *
ގަޑިން މެންދަމުން އަލިވެ 2 ޖަހަނީއެވެ. އާދައިގެމަތިން ދަރިން ނިންދެވުމަށްފަހު ރަފީޤާ އިނީ ނިޒާމުގެ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން ރޭރޭ 1 ޖަހާއިރު ނިޒާމުގެއަށް އަންނާނެއެވެ. ނަމަވެސް މިރޭ މާ ލަސްވުމުން ރަފީޤާގެ ހިތް ބިރުގަންނަންފެށިއެވެ. އޭނާއާއި ދޭތެރޭ ކޮންމެ ގޮތަކަށް ނިޒާމް ކަންތައް ކުރިނަމަވެސް އެއީ އޭނާގެ ފިރިމީހާއެވެ. 3 ދަރިންގެ ބައްޕައެވެ. ނިޒާމު ގެއަށް ނައިސް ކުޑަކޮށްލަސްވިނަމަވެސް ރަފީޤާ ކަންބޮޑުވެއެވެެ. ދެގަޑިބައި ވީއިރުވެސް ނިޒާމު ނައުމުން ރަފީޤާއަކަށް ކެތެއްނުވިއެވެ. އަލީއަށް ގޮވައި ހޭލައްވައިގެން ނިޒާމު ހޯދަން ނުކުތެވެ. ދެމީހުން އެކަނި ނުދާންވެގެން އެމީހުންދިޔައީ މުރާދުބެވެސް ގޮވަގެންނެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ފެނުނު މަންޒަރުން އަލީއާއި ރަފީޤާއަށް ތިބެވުނީ ގުޑިލަންވެސް ނޭނގިފައެވެ. ކުރިމަތިން މި ފެންނަމުންދަނީ ހުވަފެނެއްކަމެއް ނުވަތަ ޙަޤީޤަތް ކަންވެސް ބުނާކަށް ދެމީހުނުންކުރެ އެކަކަށްވެސް ނޭނގުނެވެ. ލެއިންތަތްތެޅިފައިވާ އޮތް އެހަށިގަނޑު ފެނުމުން ޢަލީގެ ބޯއެނބުރުން އަރާގޮތްވިއެވެ. މިތަންފެނި މުރާދުގޮސް އަލީގެ ގައިގައި ހިފެހެއްޓިއެވެ. އިރުކޮޅެއްނުވެ ފެނުނީ އަޑުންއަޑު ނަގާފައި ރަފީޤާ ރޯންފެށިތަނެވެ. ކުރިމަތީގައި ލެއިންތަތްތެޅިފައި އެއޮތީ ނިޒާމެވެ. ރަފީޤާ ހަމައަކަށް އެޅުވޭތޯ މުރާދު މަސައްކަތް ކުރާންފެށިއެވެ. ވަރަށް ގިނައިރުގެ މަސައްކަތަށްފަހު އޭނާ ހަމައަކަށްއެޅުނެވެ. އެއަށްފަހު މުރާދު އަވަސްވެގަތީ ފުލުހުންނަށް ގުޅުމަށެވެ. އިރުކޮޅެއްނުވެ ފުލުހުންއައިސް އެމީހުންގެ ތަހުޤީޤުކުރަން ފެށިއެވެ. ފުލުހުން ބުނިގޮތުގައި މިއީ ދުއްވާއެއްޗެގައި ޖެހިގެން ވެފައިވާ އެކްސިޑެންޓެކެވެ. އަދި މީގެ ފަހަތުގައިވާ ބައެއް ހޯދާނެކަމަށްވެސް އެމީހުން ބުންޏެވެ. ފުލުހުންގެ ތަހުޤީޤު ނިމުމުން ނިޒާމުގެ ހަށިގަނޑު އޭނާގެ ޢާއިލާއާ ހަވާލުކުރެވުނެވެ. ފާފާކުރުމުގެ މަތީގައި ހުއްޓާއޭނާ މިދުނިޔެއާ ވަކިވެ ދިޔައީއެވެ. އެފަދަ ބަދު
ނަސީބުވެރިއަކަށް އަހަރެމެންގެ ތެރެއިން އެކަކުވެސް ނުވާންދޭވެ!

* * * * *
ނިޒާމުގެ އެކްސިޑެންޓަށް ފަސްމަސް ވީއިރު އާއިލާ ހަމައަކަށްއެޅި ކުރިއެކޭވެސް އެތްގޮތަށް މަސައްކަތްތައް ކުރުމުގައި އަލީ އާއި ރަފީޤާ އުޅެންފެށިއެވެ. ފާއިތުވި ފަސްމަސްދުވަހުގެ ތެރޭގައި މުރާދުގެ ފަރާތުން އެޢާއިލާއަށް ލިބުނު އެހީތެރިކަމަކީ އަގު ނުކުރެވޭނެ އެއްޗެކެވެ. ބައްޕައެއްގެ ލޯތްބަށް ފެންބޮވައިގެންފައި ތިބި އިބްރާހިމާއި ޢާއިޝާއަށްވެސް އެލޯބި ލިބެން ފެށިއެވެ. ކޮންމެ ދުވަހަކުވެސް އެކުދިންނާއި އާއިލާގެ ހާލު ބަލަން މުރާދު އެގެއަށް އާދެއެވެ. އެކަމަށްޓަކައި ރަފީޤާ އޭނާއަށް ޝުކުރުވެރިވެއެވެ. މުރާދު ބޭނުންވަނީ ކައިވެނީގެ ގޮތުން ރަފީޤާއާ ގުޅޭށެވެ. އޭނާގެ ދަރިންނަކީ މުރާދުގެވެސް ދަރިންކަމުގައި މިހާރު މުރާދުދެކެއެވެ. މުރާދުގެ ހިތުގެ އެދުން ރަފީޤާއަށް ހުށަހެޅިދުވަހު ރަފީޤާއަށް އުފަލުންގޮސް ބުނާނެއްޗެއްވެސް ނޭނގުނެވެ. އޭނާފަދަ އެކަނިވެރި، 3 ދަރިންލިބި ހުވަފަތްވެފައިވާ އަންހެނަކާ އިންނަން މުރާދު ފަދަ ޞާލީހް މީހެއްއެދުމަކީ ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ؟ އެފަދަ ބޮޑު ނިޢުމަތެއްދެއްވި ﷲ ސުބުހާނަހޫ ވަތަޢާލާއަށް އޭނާ ޝުކުރުވެރި ވިއެވެ.
* * * * *

މުރާދާއި ކައިވެނި ކުރިފަހުން ރަފީޤާއާއި އޭނާގެ ދަރިން އުޅެމުންދިޔައީ މުރާދުމެންގޭގައެވެ. އަދި މުރާދުގެ ކަޑައިގައި މަސައްކަތް ކުރަން ރަފީޤާފެށިއެވެ. ރަފީޤާ މަސައްކަތް ކުރާން ފެށިފަހުން ކަޑައަށް ލިބޭފައިސާ އެތަށް ގުނައެއް އިތުރުވާން ފެށިއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ރަފީޤާ ފަދަ މޮޅު ކެއްކުންތެރިއެއް ކައްކާނަމަ އެތަނަށް ކާންއަންނަ މީހުން އިރުތުވުމަކީ ޔަގީން ކަމެކެވެ. ރަފީޤާ ކަޑައިގައި މަސައްކަތް ކުރާން ފަށާފައި ދޮށީ ދަރިފުޅު ޢަލީވެސް ސްކޫލަށް ފޮނުވާން ފެށިއެވެ. އޭނާގާތު ނުބުނިކަމުގައި ވިޔަސް ކިޔެވުމަކީ ޢަލީވެސް ނުހަނު ބޭނުން ކަމެއްކަން އޭނާއަށް އިނގެއެވެ. މަންމަ ޢަލީ ސްކޫލަށް ފޮނުވަން ނިންމި ދުވަހަކީ ކުޑައިރުއްސުރެ އަލީދެކެމުންއައި ހުވަފެން ސީދާވިދުވަހެވެ. ބުނެދޭންވެސް ނޭނގޭފަދަ އުފާވެރިކަމެއް އެދުވަހު ޢަލީއަށް ލިބުނެވެ. “މަންމާއެވެ! އަހަރެން ﷲއަށް ޝުކުރުވެރިވަން. އަދި މަންމައަށްވެސް ޝުކުރުވެރިވަން. މުރާދުބެއަށްވެސް ޝުކުރުވެރިވަން. އަހަރެންނަކީ ޝުކުރުވެރިވާ މީހެއްކަމުގައި ލައްވާށިއެވެ!” ޢަލީގެ ހުވަފެން ސީދާވުމުން އޭނާ ﷲއަށް ޝުކުރުކުރިއެވެ. އަދި ކިޔެވުނު އެންމެ މޮޅަށް ކިޔަވާނެކަމަށް މަންމަގާތުގައި އޭނާ ވަޢުދުވިއެވެ.

* * * * *
މާތްﷲ ބަޔަކަށް ނިޢުމަތް ދެއްވާނީ ކޮންއިރަކު ކޮން ވަގުތަކުކަމެއް އަހަރެމެންގެ ތެރެއިން އެކަކަށްވެސް ނޭނގޭނެއެވެ. އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ ކެތްކުރުމެވެ. އަދި އެންމެހާ ނިޢުމަތް ތަކުގެވެރި ރަސްކަލާނގެ ހަޟުރަތުން ނިޢުމަތް ދެއްވުންއެދި ދުޢާކުރުމެވެ. ނަމަވެސް ހިތާމައަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ނިޢުމަތްތަކަށް ޝުކުރުނުކުރާ މީހުންނަށްވީކަމެވެ. އަގު ބޮޑެތި ފޯނުތަކާއި، ގަހަނާތަކާއި، ހެދުންތަކާއި ، މީރުކާނާ ބޭނުންވަގުތަކު ނުލިބިގެން އެކަމާ ޝަކުވާކުރާއިރު، ލާނޭ އަންނައުނެއް ނެތް، ކާނޭ އެއްޗެއްނެތި އެތައް މުސްލިމުން އުޅޭކަން އަހަރެމެންގެ ހަނދާނަކު ނުހުރެއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ދުނިޔަވީ ކުޑަ ކުޑަ އުފަލަކަށްޓަކައި އެތައްހާސް ލާރިއެއް ޚަރަދުކުރާން ތައްޔާރަށް ތިބޭ ބައެކެވެ. އަދި ބޭނުން އެއްޗެއް ނުލިބިއްޖެނަމަ ތިމާއަށްވުރެ ބަދުނަސީބު ވެރިއެއް ނެތްކަމަށް ދެކި އެކަމާ ޝަކުވާކުރާބައެކެވެ. ނަމަވެސް ތިމާއަށް ލިބިފައިވާ އެތައްނިޢުމަތްތަކެއް ލިބުމަށް އެތަށްހާސް ބައެއް އެދި އެދި ތިބިކަމަކަށް ނުވިސްނެއެވެ. މިކަން ވިސްނައި ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާ ބަޔަށަކަށް ވަމާތޯއެވެ. ﷲއަށް ގިނަގިނައިން ޝުކުރުއަދާ ކުރާނަމަ އިންޝާﷲ ނިޢުމަތްތައް އިތުރުވާނެއެވެ.

Comments (26)

  1. asee

    .. wow wow dhon v v v v v salhi ingey mivaaahaka

    1. ArUFaa
      asee

      thnx asee 🙂

    2. maya
      asee

      Varah reethi mi vaahaka keep it up

  2. ޢަބުދުﷲ ޢައުފް

    މިވާހަކަ ވ.ރީތި

    1. ArUFaa
      ޢަބުދުﷲ ޢައުފް

      thnx A Uff 🙂

    2. zeenaa
      ArUFaa

      Hama grt igey.varah furihama.

  3. މާހީ

    ވ ވ ވ ރީތީ ހަމަ އެހާމެ ޢިބްރަތްތެރި ވާހަކަ އެއް!!!!

  4. Axoo

    Iraadh kurehvihyya maves mifadha kehtheri yakah veathomasahkh kuraanan shukurihyya. Mikahala reethi vaahaka genenesdeathee

  5. niha

    Masha Allah varah iburaitheri vaahakaeh mikahala liyunthah ginain fennaane kamuge umeedhu kuran. mifadha liyunthakakee kudakudhinah ves kiyaalan dheveyfadha liyun. Jazzakillahi hiran mifadha liyun eh saairu kurehveethee

  6. އަޚްމަދު ފާތިޙް

    .AUFaa silsilaa gothehga mi site ah mikahala vaahakah liyann feney
    – vaahaka varah reethi…

    1. cialis online
      އަޚްމަދު ފާތިޙް

      I’m out of league here. Too much brain power on display!

  7. tho

    thi vara rangalu
    vaahakaye
    aharumenaka
    niumeithakaka
    shukure
    nukureveve

  8. humaam

     mi vaahaka Yankee iburaihtheir vaahaka

  9. humaam

    Vaahaka kiyaa kudhinney dheenee vaahaka th
    akah iskandhee

  10. ހައަްވާ ފަރީޝާ

    ވަރަށް ފުރިހަމަ އަދިވެސް ތިޔަފަދަ އިބުރަތްތެރި ވާހަކަ ލިޔުއްވާ ނެރެދެއްވުން ވަރަށް ޝުކުރު ވެރިވަން

  11. anoo

    v.v.v.nice vaahakaeh

  12. tho

    V nice maashallah!

  13. mus

    V V V V V NICE………….. MIFADHA KNME VAAHAKA EHVES NUHA AGU HURI IBRATHEH DEY………..
    ..INSHA ALLAH ALHUGNDAKY VS SHUKURU KURAA MYHAKAH VEVEYTHO BALAANAN

  14. heena

    Varah reethi vaahakaeh. Aharen hithah araadhuniaage kithah meehun mifadha haalugaa ulheynaya but mihaaru ulhey thanavus meehunah ameehun baynunvakaaehcheh avaguthu nulibunas heevaany ahanfadha kamahhen.mivaahaaky mihen ulhunu anmenahves iburatheh kamugai dhaken

  15. yazoo

    v v v v v nice

  16. vaahaka kiiya

    reethi

  17. Ipsa

    V v v rythi vaahaka eh.maai allaah eh ves insaanakah dhera gothrh medhuveru eh nukurahvaane.

  18. saidha

    The story was too good.
    I look forward to read another story from you,in shaa allah.?

  19. Rasheedha

    Haadha reethi vahakaekey

  20. saaya

    vaahaka vv reeti

  21. thoo

    Insha allah. Mialha ves shukuru kuraamy hunge thereyga lah vaashi… aameen

Comments are closed.