Skip to content
އެސްފިޔަ

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (15)

ހުދު ޓީޝާޓަކާއި ނެވި ބުލޫ ޖިންސެއް ލައިގެން އެ އަންނަނީ އިތުރު އެހެން މީހެއް ނޫނެވެ.އޭނާގެ ޔުއާންއެވެ.ޒީނަތުއަށް އޭރުވެސް ހުރެވުނީ ފެންނަ މަންޒަރު ޤަބޫލު ނުކުރެވިފައެވެ.

އެތައް ބައެއްގެ އާދޭހަށްވެސް ޔުއާން މީގެ ކުރިން ވަނީ ޓީޝާޓް ލާން އިންކާރު ކޮށްފައެވެ.އެވަރަށް ޔުއާން އެކަމަށް އިންކާރު ކުރާއިރުވެސް ޒީނަތު އެކި ވައްތަރުގެ އަގު ބޮޑެތި ޓީޝާޓް ޔުއާންގެ ވާރޑްރޯބަށް ލާފައި ބަހައްޓަނީ ކޮންމެސް ދުވަހަކުން އެ ދަރިފުޅު އެ އެއްޗިސް ލާނެ ކަމުގެ އުއްމީދުގައެވެ.ނަމަވެސް މިވީހާ ތަނަށްވެސް އެފަދަ މަންޒަރެއް ފެނިފައި ނުވާތީ ޒީނަތުގެ އުއްމީދު ވަނީވެސް ކަނިވެފައެވެ.ޔުޝްރާވެސް ޔުއާން އެ އެއްޗެހި ލީމަ ރީތީވާނެކަމަށްބުނެ ކޮއްކޮ ކައިރީ އާދޭސް ކުރެއެވެ.ނަމަވެސް ޔުއާން ފަރާތުން އެދެވޭ ނަތީޖާއެއް މިވީހާތަނަށް ފެނިފަކާ ނެތެވެ.

ނަމަވެސް އެއްރެއްގެ ހަނދު އޮއްސި އަނެއް ދުވަހަށް އެރި އިރާއެކު ފެނިގެން މިދިޔައީ ތަފާތު މަންޒަރެކެވެ.އެހާމެ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. ދިމްރާ ބުނެފައިވާ ބަސްތަކުން މީ ދިމްރާގެ ކަމެއްކަން ނަގައިގަންނާކަށް ޒީނަތުއަކަށް އުނދަގުލެއް ނުވިއެވެ.އެ ދެލޯ ފެންކަޅިވެގެން ދިޔައިރު ޒީނަތުއަށް ހިތާހިތުން ދިމްރާއަށް ޝުކުރުވެރި ވެވުނެވެ.

ދިޔާންވެސް ހުރީ ޝޮކެއް ލިބިފައެވެ.އޭނާއަށްވެސްވީ ޒީނަތުއަށް ވީ ވަރެވެ.ފެންނަނީ ހުވަފެނެއް ނޫންބާވައޭވެސް އޭނާގެ ހިތަށް އެރިއެވެ.އެއްރޭތެރޭ ޔުއާންއަށް މިހާ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބެއް ނުވިސްނުނެވެ.އެނގުނުހާވެސް އެއްޗަކީ ދިމްރާގެ އަތެއް މިކަމުގައި ވާކަމެވެ.ނަމަވެސް ސުވާލަކީ އެކަކަށްވެސް ނުވިކަމެއް ދިމްރާ ކުރީ ކިހިނެއް ބާވައެވެ.ޔުއާންއަށް މިއާއި ބަދަލުން ދިޔާން އިންތިހާއަށް އުފާވެސްވިއެވެ.މިކަން މޫނުމަތިންވެސް ވަރަށް ރަނގަޅަށް ފެންނަން ހުއްޓެވެ.

“ދައްތަ ތިހެން ރޮވޭ ވަރުވެފަ ހުންނަންޏާ ޔުއާން ހީކޮށްފާނެ ޔުއާން އެލާފަ ހުރީމަ ބިރުން ރޮވެނީ ކަމަށް..އެހެންވެ ކަންނޭނގެ ކުރިންވެސް އެނުލާންވެސް އެ ހުންނަނީ” ދިމްރާ އެހެން ބުނުމުން ފެންކަޅިވެފައި ހުރެވެސް ޒީނަތުގެ ގާތަށް ހިނިއައެވެ.އަދި ފުޅާ ހިނިތުންވުމަކާއިއެކު ޔުއާންގެ ކައިރިއަށް ގޮސް ލޯތްބާއިއެކު އެ މޫނުގައި ފިރުމާލިއެވެ.އަދި އެވަރުން ނުވެގެން ޔުއާންގެ ބޯ ތިރިކޮށްލާފައި ލޯތްބާއިއެކު ނިއްކުރިއަށް ދޮނެއްވެސް ދިނެވެ.މިކަމުންވެސް ޒީނަތު އުފާވެފައި ހުރިވަރު ހާމަވެގެން ދިޔައެވެ.

މަންމަ އުފާވެފައި ހުރުމުން ޔުއާއްއަށްވެސް އާދަޔާ ހިލާފު ބުނެދޭންދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.އެހާ ބޭނުންވެފައިވާ ކަމެއް މަންމައަކަށް ކޮށްދެވުނީތީ މަންމައަކު އުފާވާވަރު ޔުއާންއަށް މިއަދު ރަނގަޅަށްވެސް އަންދާޒާ ކުރެވިއްޖެއެވެ.އެކަމާ އިންތިހާއަށް އުފާވެ ހިތްހަމަޖެހުންވެސް އޭނާއަށް ލިބިގެން ދިޔަވެސްމެއެވެ.

“ޔޫ ލުކް އޯސަމް ބްރޯ..ހީވަނީ ބޭރު ސުޕަ މޮޑެލްއެއްހެން..ހަމަ އަސްލުވެސް ވަރަށް ރީތި..އައިމް ސޯ ހެޕީ މޭން” ދިޔާންވެސް ޔުއާންގެ ގައިގައި ބައްދާލަމުން އުފާ ފާޅުކޮށް ތައުރީފު ކޮށްލިއެވެ.ދިޔާންގެ އެ ބަސްތަކުން ޔުއާންގެ ފަރާތުންވެސް ލުއި ހިނިތުންވުމެއްގެ އަޑު އިވިގެން ދިޔައެވެ.ދިޔާން، ޔުއާން ދުރުކޮށްލުމާއިއެކު ފުރަތަމަވެސް ޔުއާންގެ ލޯ އަމާޒުވެގެން ދިޔައީ ދިމްރާއާއެވެ.އޭރު ފުޅާ ހިނިތުންވުމަކާއިއެކު ދިމްރާވެސް މަންޒަރު ބަލަން ހުއްޓެވެ.

“ދެން ހިނގާ އަވަހަށް ސައިބޯން ދަމާ” ޒީނަތު މިހެންބުނެ އުފަލުންހުރެ ގޮސް ކާގެއަށްވަނެވެ. ޒީނަތު އަދި ދިޔާންވެސް އެތައް ސުވާލެއް ހިތުގައި އުފެދިފައިވިޔަސް އެކަން ހާމަކުރަން ބޭނުންނުވީ ޔުއާންގެ އެ އުފާވެރި މޫޑު ހަރާބު ކޮށްލަން ބޭނުންނުވާތީއެވެ.ހިތްހަމަޖެހުމާއި އުފާވެރިކަން އެ މޫނުމަތިން ކުޑަ މިންވަރަކަށްވެސް ފެނުނީތީ އެ އުފާވެރިކަން ގެއްލުވާލާކަށް ދެމީހުންވެސް ބޭނުމެއް ނުވިއެވެ.

“ޔޫ ލުކް ސެކްސީ..އެންޑް ހޭންޑްސަމް..އެންޑް ގޯޖިއަސް..އެންޑް ހޮޓް”  ކާގެއާއި ދިމާލަށް ހިނގައިގަތް ޔުއާންއާއި އެއްހަމަ ކޮށްލަމުން އެ މޫނަށް ބަލަހައްޓައިގެން ހުރެ ދިމްރާ ބުނެލިއެވެ. ދިމްރާ އެބަސްތައް ބުނެލުމާއިއެކު ޔުއާން އެއްމިޔަކަނުން ހީލަމުން ދިމްރާއާއި ދިމާލަށް ބަލައިލިއެވެ.އެ ހިނިތުންވުން ފެނި ދިމްރާއަށް ހުއްޓުމެއް އާއިކަން އިހުސާސްވި ނަމަވެސް އޭނާ އެކަން ޔުއާންއަށް އަންގަން ބޭނުންނުވާތީ ނުވާކަމަށް ހަދާފައި އަވަހަށް ކުރިއަށް ހިނގައިގަތެވެ.

“އަހަރެން ކޮންމެހެން ސޮރީ ފީލް ވީމަކާ ނޫން އެނގޭ މި މިލީއެއް..ކޯޒް ދިމްރާ އަމިއްލައަށްށޭނުން އަހަރެންގެ ކޮޓަރިއަށް ވަނީ ދޯ” ކުރިއަށް ހިނގައިގަތް ދިމްރާގެ އަތުގައި ހިފާލަމުން ޔުއާން ދިމްރާއާއި ގާތްވެލާ، ދިމްރާގެ ކަންފަތްދޮށުގައި އިއްވާލިއެވެ.ޔުއާންގެ އެ ގާތްކަމުން މުޅިމީހާގެ ގައިގައި ހުރި ލޯލިތައް ކޮޅަށްޖެހިގެން ދިޔަ ކަހަލަ އިހުސާސެއް ދިމްރާއަށް ކުރެވިގެން ދިޔައެވެ.ނޭނގޭ އޮއެވަރެއް އެތެރެ ހަށީގައި ދައުރު ކޮށްލިކަމުގެ އިހުސާސެއްވެސް މެއެވެ.

ޔުއާން އެހެން ބުނުމަށްފަހު ކުރިއަށް ހިނގައިގަތް އިރު ތުންފަތުގައި ލާނެއް ހިނިތުންވުމެއް ވިއެވެ. ނަމަވެސް ދިމްރާއަށް ލޯ ބޮޑު ކޮށްލައިގެން އޭރުވެސް ހުރިގޮތަށް ހުރެވުނީއެވެ.އޭރު ކާގެ ދޮރުކައިރީ ޒީނަތުއާއި ދިޔާން ސިއްރުން އެ މަންޒަރު ބަލަން ތިއްބެވެ.ހައިރާންކަން އިންތިހާއަށް އެދެމީހުން މޫނުމަތިންވެސް ފާޅުވާން ހުއްޓެވެ.

ޔުއާން އަންނަތަން ފެނުމުން އެހެނަސް މަންޒަރު ބަލަންތިބި ދެމީހުންނަށް ވީގޮތްވެސް ނޭނގުނެވެ.ތެޅެމުން ފޮޅެމުން ގޮނޑިތަކާ ދިމާލަށް ދެވުންގޮތްވެސް ނޭނގުންއިރު ދެމީހުން ނުވެއްޓުނީވެސް ކިރިޔާއެވެ.ވާނީވެސް އެހެންތާއެވެ. ދެމީހުންވެސް ތިބީ ފެނުނު މަންޒަރުން ޝޮކެއް ގައެވެ.ޔުއާން ދުވަހަކުވެސް އެފަދަ ގޮތަކަށް އަންހެން ކުއްޖަކާ ގާތްވެލާފައި ވާތަން އެންމެ ދެރަވެގެން އެންމެ ދުވަސްވީ އެކުވެރިޔާ ދިޔާންއަށްވެސް ފެނިފަކާ ނެތެވެ.ޔުއާން ދުވަހަކު މީހަކާވެސް ނީންނާނެކަމަށް ޒީނަތުމެން ތިބީ ނިންމައިގެންނެވެ.

މިހުރިހާ ކަމަކާއިހުރެ ޝޮކެއްގައި ތިބި ދެމީހުންނަށް ޔުއާން އައިސް ވަނުމުން ހިނިތުންވުމެއް ވެރިކުރެވުނީވެސް ގަދަ ކަމުންނެވެ. އިރުކޮޅެއްތެރޭ ދިމްރާވެސް އައިސް އެމީހުންނާ ބައިވެރިވިއެވެ.މިއަދު ހަތަރު މީހުންވެސް ސައިބޮއެ ނިންމާލީ އުފާވެރި މާޙައުލެއްގައި ތިބެއެވެ.ކޮންމެ މީހެއްގެ މޫނުމަތީގައިވެސް ވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.

އުޝާގެ ކޯލެއް އައުމުން އެންމެ ފުރަތަމަވެސް މޭޒު ދޫކޮށްފައި ދިޔައީ ދިޔާންއެވެ.އޭގެ އިރުކޮޅެއްފަހުން ޒީނަތުވެސް އެބަ އަންނަން ކަމަށްބުނެ ނުކުމެގެން ދިޔައެވެ.ކާގޭގައި ޔުއާންއާއިއެކު އެކަނިވުމުން ދިމްރާ އިނީ ރަނގަޅަށްވެސް ހިތްނުތަނަވަސް ވެފައެވެ.ޔުއާން ކާގެއަށް ވަންނަމުން އެކުރި އަމަލަކުން ދިމްރާއަށް ރަނގަޅަށް ހަމަވެސް ޖެހިނުލެވިގެން އުޅެނިކޮން، އެހާ އަވަހަށް ޔުއާންގެ ކުރިމައްޗަށް އެކަނި އަރަން ޖެހިދާނެ ކަމަކަށް ދިމްރާ ހީކޮށްފައެއް ނެތެވެ.އެހެންކަމުން ތަށިތައް ދޮވުމުގެ ބަހަނާގައި ދިމްރާ އަވަހަށް ތެދުވިއެވެ. އަދި ޒިންކު ކައިރިއަށް ގޮސް ލަސްލަހުން ތަށިތައް ދޮންނަމުން ދިޔައީ ޔުއާން ދާހާއިރު ކޮށްފަ ނިންމަން ވެގެންނެވެ.

“ހާދަ ރިއްޗަކަށް ތި ދޮންނަނީ..ގަނެގެން ގެނައިރު ހުރި ގޮތަށް ހަދަންތަ”ޔުއާންގެ އަޑު ކަންފަތް ކައިރިން އިވުމުން، ދޮންނަން ގެންގުޅުނު ތަށިވެސް ދިމްރާގެ އަތުން ދޫ ނުވީ ކިރިޔާއެވެ.ޔުއާން މިހާރު މުޅިންވެސް ކަންތައްކުރަނީ އެހެންނޭ ދިމްރާ ހިތާހިތުން ކިޔާލިއެވެ.އަދި ހިތުގެ އަޑިން ޔުއާންއަށް ކުދި ކިޔަންވެސް ފެށިއެވެ.

“އަހަރެންނަށް ޔަޤީން އަހަރެންނޭ ކިޔައިގެން ކޮންމެސް އެއްޗެއްކަން މިވަގުތު ތިހިތުގަ އޮތީ” ޔުއާން އެހާ ޔަޤީންކަމާއިއެކު ބުނެލުމުން ދިމްރާއަށް ވީ ގޮތްވެސް ނޭނގުނެވެ.ދެލޯ ބޮޑުކޮށްލާފައި ޔުއާންއާއި ދިމާލަށް ބަލައިލިއިރު ހީވީ ބިރެއް ފެނިގެން ބަލައިލި ހެންނެވެ.ހަޤީގަތުގައިވެސް ދިމްރާ ބިރުގަނެއްޖެއެވެ.އޭނާ ހިތަށް އަރާ އެއްޗެހި މޫނުމަތިން ފެންނަން ހުންނަނީ ބާއޭވެސް ހިތަށް އެރިއެވެ.އެހެންނޫންނަމަ އޭނާ ހިތަށް އަރާ އެއްޗެއް އެހާ ޔަޤީންކަމާއިއެކު ޔުއާންއަށް އެނގެންވީ ކީއްވެ ހެއްޔެވެ؟.ދިމްރާއަށް ވީގޮތްފެނި ޔުއާންގެ ގާތަށް މިފަހަރު ހަމަ އަސްލަށްވެސް ހިނިއައެވެ.

“ލުކް އެޓް ޔުއަރ ފޭސް..އައިކާންޓް ބިލީވް ދިސް..ޔުއާރ ބުލަޝިން..އޯއެމްޖީ ދިމްރާ އަހުމަދު އިޒް ބުލަޝިންގ” ޔުއާން އެހެންބުނުމުން ދިމްރާ އިތުރަށް ރަކިވުން ނޫންކަމެއް ނުވިއެވެ.ލަދުން ގޮސް ރަނގަޅަށްވެސް މޫނު ރަތްވެގެން ދިޔައެވެ. އެއާއެކު ދެންފެނުނީ ޔުއާންގެ މޭގައި އެއްއަތުން ގޮއްމުއްކަވާފައި ޖަހާލިތަނެވެ.

ޔުއާންއަށް ހައްތަހާ ވީ މަޖަލެވެ.އެއްޖީބަށް އަތް ޖަހާލައިގެން ހުރެ ޔުއާން ބޯ ހޫރަހޫރާފައި ހެމުން ދިޔައީ އަސްލުވެސް މަޖާވެފައި ހުރެއެވެ.ޔުއާން އެވަރަށް ހޭތީ ދިމްރާ ހައިރާންވެސްވިއެވެ.އަދި ހަމަ އެހެންމެ އިންތިހާއަށް އުފާވެސްވިއެވެ.މިނޫނީ ޔުއާން އެހާވަރަށް ހިނިތުންވެލި ތަނެއް އަދި ދިމްރާއަކަށް ފެނިފައެއް ނެތެވެ.އެހެންކަމުން ޔުއާންގެ އެ އުފާވެރި ހިނިތުންވުން ފެނިފައި ދިމްރާގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި މިނޫނީ ޔުއާން އެހާ މަޖާ އުފާވެރި މޫޑެއްގައި ހުއްޓައިވެސް ދިމްރާއަކަށް ފެނިފައެއްނެތެވެ. މިކަމުން ދިމްރާގެ ހިތަށް ވަރަށް ބޮޑު ފިނިކަމެއް ލިބިގެން ދިޔައެވެ.

އެއްޖީބަށް އަތްޖަހާލައިގެން ހުރެ ހެމުންދިޔަ ޔުއާންއަށް ސިހުންލިބުނީ ފޯނު ކެމެރާ ފްލެޝް ކެނޑުނު އަޑު އިވުމުންނެވެ.ބަލައިލިއިރު ދޮރުމަތީ ހުރީ ޒީނަތުއެވެ.އެތައް ޒަމާނަކަށްފަހު ޔުއާން ޓީޝާޓެއް ލުމުން އެ ހަނދާން ރައްކާ ކުރަން ޒީނަތު އިންތިހާއަށް ބޭނުންވީއެވެ.ނަމަވެސް ނެގި ފޮޓޮއިން ލިބުނީ ހަމައެކަނި ޓީޝާޓުލައިގެން ރީތި ގޮތަކަށް ހުއްޓިލައިގެން ހުރި ރީތި ޕޯސްއެއް އެކަންޏެއް ނޫނެވެ.ހައިރާން ކުރުވަނިވި ރީތި ފިރިހެންވަންތަ ހިނިތުންވުންވެސް ފެންނަން ހުއްޓެވެ.ޒީނަތު މިއަދު އުފަލުން ގޮސް ރަނގަޅަށްވެސް މޮޔަވާވަރު ދުވަހަކަށް މިދުވަސް ވެއްޖެއެވެ.

ދަރިފުޅުގެ ފަރާތުން ނުފެނި ދިޔަ ދެ ސިފަވެސް ޒަމާންތަކަކަށްފަހު އެ މަންމައަށް ފެނުމުގެ ނަސީބު ލިބިގެން ދިޔައީއެވެ.އެ ހިނިތުންވުންވެސް ދެކިލުމަށް އެމަންމަ ހާދަ އުއްމީދެއް ކުރެއެވެ.ހީނުކޮށް ހުއްޓާ މިއަދު އެކަންވެސް ފުރިހަމަވީއެވެ.ދަރިފުޅަށް ހެޔޮ ބަދަލުތައް އަންނަމުންދާކަމުގެ ކޮޅުމަތިވެސް ފެންނަން ފެށީއެވެ.

“ދައްތާ! ބުނެލައިގެން ފޮޓޯ ނަގާބަލަ ދޯ..އޭރުންތާ ރެޑީވެލަން އެނގޭނީ” ޔުއާން ބަސްހުއްޓިފައި ހުރެ ޒީނަތުއަށް ބަލަން ހުއްޓާ ދިމްރާ ޔުއާންއާއި އެއްހަމައެއްގައިހުރެ ބުނެލިއެވެ.އަދި ޔުއާންގެ އަތް ގެނެސް ދިމްރާގެ ކޮނޑަށް ލަމުން ޔުއާންއާއި ކައިރިއަށް ޖެހިލީ ފޮޓޮއަށް ތައްޔާރުވެލަން ވެގެންނެވެ.ދިމްރާގެ އެ އަމަލަކީ އޭނަ އެއްދުވަހު ދިޔާންގެ ކޮޓަރީގައި ބުނި ބަސްތަކާއި އަމަލުތައް ކަން ހަނދާންވެ ނޭނގި ހުއްޓާ ޔުއާންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެންއައެވެ. ޒީނަތު އަވަހަށް އެއާއެކު އުފަލުންހުރެ އެ ފޮޓޯ ފޯނުގައި ރައްކާ ކޮށްލިއެވެ.އަދި އެވަރުން ދިމްރާ ދުލެއް ނުކުރިއެވެ.އެންމެފަހުން ޔުއާންއަށް ސަލާމަތްވެވުނީ މަންމައާއި އެކުވެސް ފޮޓޯ ނަގާފައެވެ.ޔުއާން ނުކުމެގެން ދިއުމާއިއެކު ޒީނަތުއަށް އުފަލުންގޮސް ދިމްރާގެ ގައިގައި ބައްދައިގަނެވުނެވެ.އަދި އެތައްފަހަރަކު ޝުކުރުއަދާކުރިއެވެ.

“ކަމޯން ދައްތާ! ތިވަރަށް ޝުކުރުއަދާ ކޮށްގެން އަހަރެން ދުރުހިލޭ ކުއްޖަކަށް ހަދަންތަ ތިއުޅެނީ” ދިމްރާ ޒީނަތުގެ ގުދުގައި ފިރުމާލަމުން ހިނިތުންވެލާފައި ބުނެލިއެވެ.ޒީނަތު އެ ހުރި ގޮތަށްހުރެ އަވަސް އަވަހަށް ނޫނެކޭ ބުނުމަށްޓަކައި ބޯ ހޫރާލިގޮތުން ދިމްރާގެ އަނގައިން ލުއި ހިނިތުންވުމެއްގެ އަޑު އިވިގެން ދިޔައެވެ.

ހަޤީގަތުގައިވެސް ޒީނަތު ހުރީ ދިމްރާއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނުވިސްނިފައެވެ.ދިމްރާއަށް އެ ކުރެވުނީ އާދައިގެ ކަމެކޭ ހީވީޔަސް އަސްލު އެއީ ޒީނަތުއަށް ވަރަށް ބޮޑު ކަމެކެވެ.ދިމްރާގެ ސަބަބުން ޔުއާންއަށް އެހާ ބޮޑެތި ބަދަލުތައް އަންނަމުން ދާތީ ޒީނަތު ދުވަހަކަށްވުރެ ދުވަހެއް ދިމްރާދެކެ ވާ ލޯބި ދަނީ އިތުރުވަމުންނެވެ.ނޭނގި ނަމަވެސް އެތައް ފަހަރަކު ޔުއާންގެ ހަޔާތަށް ދިމްރާ އައުމަށް އެދި އޭނާއަށް ވަނީ ދުއާ ކުރެވިފައެވެ.ޒީނަތު ދެކޭ ގޮތުގައި ޔުއާންއަށް އަލުން އުފާވެރި ދިރިއުޅުމެއް ދައްކުވައިދެވޭނެ ފަރާތަކީ ދިމްރާއެވެ.ދިމްރާ ޔުއާންގެ ހަޔާތަށް އާއިފަހުން ބަސްމަދުވެފައި ހުންނަ ޔުއާން ވަނީ ކޮންމެސް ވަރަކަށް ހިތްހަމަނުޖެހިގެން އެއްޗެހި ކިޔަން ކަމުގައި ވިޔަސް ވާހަކަ ދައްކާ ކުއްޖަކަށް ވެފައެވެ.ކުރިން ޔުއާން އެވަރަށްވެސް ވާހަކަ ދައްކާ އަޑު މީހަކަށް ނީވޭނެއެވެ.ހަމައެހެންމެ ކުރިން އެއްވެސް ވަރަކަށް ޔުއާންގެ އެ ނުފެންނަ ހިނިތުންވުންތައްވެސް ފެންނަންފެށީ ދިމްރާ އައުމުންނެވެ.ވީއިރު ޒީނަތުގެ ހިތުގައި ދިމްރާ ހާއްސަ ނުވެ ދާނެ ހެއްޔެވެ؟

ދުވަހަކުވެސް ދެން ޔުއާން ޓީޝާޓު ނުލާނެކަމަށް ހީކޮށްގެން ހުއްޓާ ޔުއާން އެ ލައިގެން ޒީނަތުގެ ކުރިމައްޗަށް އެރި އެރުމަކީ ދިމްރާ ޔުއާންގެ ފަރާތުން ގެނެސްދިން އެންމެ ބޮޑު ހެޔޮ ބަދަލެވެ. އެ މަންޒަރު ފެނުން ވަގުތު ޒީނަތު އެވީ އުފާ ދުލަކުން، ގަލަމަކުން ބަޔާން ކޮށްދިނުމަކީ ވާނެ ކަމެއް ނޫނެވެ.ދަރިޔަކު ޓީޝާޓެއް ލައިގެން މަންމައަކު އެހާ އުފާ ވެގެން އުޅޭތީ އެތައް ބަޔަކު ހައިރާންވާނެ ކަންވެސް ޒީނަތުއަށް އެނގެއެވެ.އެއީ މި ޒަމާނަށް ބަލާއިރުވެސް އާދައިގެ ކަމަކަށް ވީތީއެވެ.އެއްގޮތަކަށްވެސް ޓީޝާޓު ނުލާ އުޅޭ ކުދިންވެސް މިހާރު މަދުނުވާނެތީއެވެ.ނަމަވެސް ހަޤީގަތަކީ ޔުއާންއަކީ ކުޑައިރު ވަރަށް ޓީޝާޓު ލާ އުޅޭ އަދި ޓީޝާޓު ލާހިތްވާ ވެސް ކުއްޖަކަށް ވުމެވެ.އުމުރުން ތޭރަ އަހަރާ ހަމަޔަށްވެސް ޔުއާން ޓީޝާޓު ލާން ވަރަށް ފޯރި ހުންނާނެއެވެ.ނަމަވެސް ސަބަބެއް ނޭނގުނަސް ކުއްލިއަކަށް ޔުއާން ބަދަލުވެގެން ދިޔައީ އެ އަހަރުއެވެ.

އޭގެފަހުން ޔުއާން ޓީޝާޓެއް ލާތަން ނުފެންނަތާ ޓީޝާޓެއް އަލަށް ގެނެސްދިނަސް ލާކަށް ޝައުގުވެރިކަމެއް ނުދައްކައެވެ.އެއީ މުޅި ޔުއާންވެސް ބަދަލުވެ ދިޔަ ދުވަސްވަރެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެބަދަލުގެ ހަޤީގަތެއް އެއްވެސް މީހަކަށް ހޯދިފައެއް ނެތެވެ.ދިޔާންއާއި ޝާރިމްއަކަށްވެސް ޔުއާންގެ އެ ބަދަލުވުމުގެ ސަބަބެއް މިއަދާ ހަމައަށްވެސް އެނގިފައެއް ނެތެވެ.ނަމަވެސް ޒީނަތުގެ ހިތް ބުނަމުން ދިޔައީ މިއަދަށްފަހު ކުރީގެ ޔުއާން ކޮންމެސް ވަރަކަށް ފެންނަމުންދާނެ ކަމަށެވެ. މަޑުމަޑުން ޔުއާން އެ އަނދިރި ދުނިޔެ ދޫކޮށް އަލިކަމަށް ނުކުންނާނެ ކަމަށް އެހިތް ބުނަމުން ދިޔައެވެ.އުފަލުން ފެންކަޅިވެގެން ދިޔައިރު ޒީނަތު އަވަސްވެގަތީ ނާސިރުއަށާއި ޔުޝްރާއަށް މި ހަބަރު ދޭށެވެ.

ހަވީރު ފޫހިވެގެން ދިމްރާ އޮއްތީ ލެޕްޓޮޕުން ފިލްމެއް ބަލާށެވެ.ނަމަވެސް އެވަގުތު ހިޔާލު ބަދަލުވީ ފޯނުން އަޅާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ބަލައިލާށެވެ.ދިމްރާވަނީ އެންމެންގެ ފޯނު ތަކުގައިވެސް ރައްކާކޮށްފައިހުރި އެމީހުންގެ ހުރިހާ ފޮޓޯތަކަކާއި ވީޑިއޯތަކެއް ނަގާފައެވެ.އެ ބަލަމުން ދިޔައިރު އެ މޫނުމަތީގައިވަނީ ޝައުގުވެރިކަމެވެ.އެ ފޮޓޯތަކާއި ވީޑިއޯތައް ބަލަމުން ދިޔަވަރަކަށް މީހާއަށް މަޖާވެ ގަދަޔަށް ހެވެމުންދިޔައެވެ.ޔުއާންއާއި ދިމްރާއާއި އުޝާއާއި ދިޔާންއާއި ޝާރިމް އަދި ރީމްގެ އެތައް ގޮތަކަށް އެކިދުވަސްތައްމަތިން ނަގާފައިވާ ފޮޓޯތައް އޭގެ ތެރޭގައި ހުއްޓެވެ.އަދި ހަމަ އެހެންމެ ޑުރާމާ ކުޅުން ދުވަހު ނަގާފައިވާ ފޮޓޯތަކާއި ޕުރެކްޓިސް ކުރިއިރު ނަގާފައިވާ ފޮޓޯތައްވެސް އޭގައި ހިމެނެއެވެ.ޔުއާން ދިފްލާއަށް ޔޯގަޓު ކާންދޭ ވީޑިއޯއާއި ދިމްރާ ޔުއާންގެ ގައިމައްޗަށް ވެއްޓި ގޮއް ނައްޓާލި ވީޑިއޯއާއި، ދިޔާން އުޝާއަށް ޕްރޮޕޯޒް ކުރިރޭގެ ވީޑިއޯއާއި ޝާރިމްއާއި ރީމް ގުޅުނު ދުވަހުގެ ވީޑިއޯތައްވެސް އޭގެތެރޭގައި ހިމެނެއެވެ.މިފަދަ އެތައް ވީޑިއޯއަކާއި ފޮޓޯތައް އޭގެތެރޭގައި ހިމެނެއެވެ.އެ ބަލާ ނިމުންއިރު ދިމްރާ އޮތީ ރަނގަޅަށްވެސް ހީހީ ވަރުބަލިވެފައެވެ.

އެ އޮތް ގޮތަށް އޮއްވާ ސިހުން ލިބުނީ ފޯނަށް މެސެޖެއް އާއި އަޑަށެވެ.އެހެންކަމުން އެ އޮތްގޮތަށް އޮވެ އަތް ގެންގޮސް ފޯނު ނެގިއެވެ.އެއައްފަހު ފޯނުގެ ސްކުރީނަށް ބަލައިލީ ކާކު ފޮނުވި މެސެޖެއް ތޯ ބަލައިލާށެވެ.ޝާރިމްގެ މެސެޖެކެވެ. ހުޅުވާފައި ބަލައިލުމުން އޮތީ މިރޭގެ އައްގަޑި ފަނަރައަށް ރެޑީވެ ހުރުމަށެވެ.ކީއްކުރަން ކަމެއްވެސް ބުނެފައެއް ނެތެވެ.އިތުރު ސުވާލު ކޮށްފިއްޔާ ޝާރިމް ހަޅޭއްލަވާނެތީ ދިމްރާ އިތުރު ސުވާލެއް ކުރާކަށް ގަސްތެއް ނުކުރިއެވެ.އެހެންކަމުން ނިންމީ އެރޭގެ އައްގަޑި ފަނަރައަށް ތައްޔާރުވެ ހުރުމަށެވެ.

ދިމްރާ ތައްޔާރުވެލައިގެން ނުކުތީ މަޑު ދަނބުކުލައިގެ ތިރިއަކާއި އެކުލައިގެ ގަދަ ޓޮޕް ކޮޅެއް ލައިގެންނެވެ.މިރޭވެސް އިސްތަށިގަނޑު ވައްޓާލާފައި އޮތްއިރު ބޭންޑުގެ ބަދަލުގައި ވަނީ ދެ އަރިމަތިން އިސްތަށިކޮޅެއް ގަތާލާފައި ގެންގޮސް ފަހަތަށް ލާއި ކުޑަކުޑަ ވަތްކަކުން ހަރުކޮށްލާފައެވެ.އަދި ގަތާލާފައި އޮތް ދެ އިސްތަށިކޮޅުގެ ތަންކޮޅުކޮޅުގައި ކުދިކުދި ވަކި ޖަހާލާފައި ހުއްޓެވެ.

ދިމްރާ ތިރިއަށް ފޭބިއިރު ދިމްރާ ނޫން އެންމެން ތިބީ ސިޓިންރޫމްގައެވެ.ދިމްރާ އައުމުން ލަހޭ ކިޔާ އެމީހުން ދިމާ ކުރަން ފެށިއެވެ.އަދި އެހާ ރީތިވެގެން ތިއައީ ކާކަށް ދެއްކެންތޯ ކިޔާ ދިމާ ކުރަމުން ދިޔައީ ދިމްރާ އިތުރަށް ރުޅިގަދަ ކޮށްލަން ވެގެންނެވެ.ވީވެސް އެހެންނެވެ.ރުޅި އައިސްފައިހުރެ ފެނުނީ އެތާ އޮތް ކުޝަންނަގާ ދިޔާންގެ ބޮލުގައި ޖަހާލި ތަނެވެ.އެއާއެކު އިސްތަށިގަނޑު ހަޑިކޮށްލީއޭ ކިޔާ ދިޔާން ދިމްރާއާއި ދިމާލަށް ދާން ހެދުމުން ދިޔާން ހިފަހައްޓަން ޖެހުނީ ޔުއާންއަށެވެ.ދިމްރާ ދ ނެރިލާ ވައްތަރު ކޮށްލީ ދިޔާންވެސް އިތުރަށް ރުޅި އަރުވާލުމަށްޓަކައެވެ.ފަހުވަގުތު ދިމްރާއަށް މަޖާވެފައި ހުރިއިރު ރުޅިގަދަވެފައި ހުރީ ދިޔާންއެވެ.

“ހީވޭ ކަމެއްހެން..ދިމް ރުޅި އަރުވަން އިސްވެގަތް މީހާ، އެންމެފަހުން މި ރުޅިގަދަ ވީ ވެސް..މީ ޔާންއަށް ވާވަރު..ހީހީ..ހިނގާ ދާން ރީ ބޭބީ..ކުޑަ ކުދިން ފައިޓްކުރަން ބައިތިއްބާފަ” ޝާރިމް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.އަދި އެއައްފަހު ރީމްގެ އަތުގައި ހިފާލައިގެން ނުކުންނަން ހިނގައިގަތެވެ.އޭރު ރީމްއެކޭ އެއްފަދައިން އުޝާވެސް ހުރީ ހިނިއައިސްފައެވެ.ދިޔާންވެސް އިރުކޮޅެއްތެރޭ ހަމަޔަކަށް އެޅި ހޭންފަށައިފިއެވެ.އަދި އުޝާ ގޮވައިގެން ދިޔާންވެސް ނުކުންނަން ހިނގައިގަތެވެ.ފަހަތުން ދިމްރާއާއި ޔުއާންވެސް އެއްހަމައެއްގައި ހިނގައިގަތެވެ.

ދިމްރާ އެންމެ އުފާވީ މިރޭވެސް ޔުއާން ގަމީހުގެ ބަދަލުގައި ކަޅު ޓީޝާޓެއް ލާފައި ހުރުމުންނެވެ.އެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަކަމެއް ޓީޝާޓުލުމުން ގެނެސްދެއެވެ.މީހާގެ ކަސްރަތީ ހަށިގަނޑަށް ޓީޝާޓު ހިފާލާފައިވާއިރު މިރޭ ފެންނަ އެތައް އަންހެންކުދިންނެއް ހިތްކިޔާނެކަން ގައިމެވެ. ދިމްރާ އެވަގުތު ޔުއާން ޓީޝާޓުލާފައި ހުއްޓާ ފެނުމުން ޝާރިމްއާއި އުޝާމެން ރިއެކްޓް ކުރީ ކިހިނެއް ބާއޭވެސް ހިތަށް އެރިއެވެ.ފިރިހެންވަންތަ ހިނގުމެއްގައި ޔުއާން ހިނގާލާފައި ދިޔައިރު ދިމްރާ ހުރީ ރަނގަޅަށްވެސް އާޝޯހުވެފައެވެ.ދެޖީބަށް އަތް ޖަހާލައިގެން އެހުރީ އިތުރަށް އަންހެންކުދިން މޮޔަކުރުވަން ކަންނޭނގެއޭ ދިމްރާގެ ހިތަށް އެރިއެވެ.

“ތިވަރަށް ނުބެލިޔަސް އަހަރެންނަށް އެނގެޔޭ އަހަރެން މިރޭ ރީތިކަން” ޔުއާން ދިމްރާއާއި ދިމާއަށް ބަލައިލުމެއްނެތި އެ ހިނގުމުގައި ކުރިއަށް ހިނގަމުން ހުރެ އިއްވާލިއެވެ.ޔުއާންއަށް ދިމްރާ ބަލަހައްޓައިގެން ހުރިކަން އެނގުމުން ދިމްރާ ލަދުވެސްގަތެވެ.އަދި މި ފިރިހެނާއަށް މޮޔަވެފައި ހުރި އަންހެނެއްހެން ބަލަން ހުންނަންޖެހޭ ހޭ ކިޔާ އަމިއްލަ ނަފްސަށް އަޑުލިއެވެ.ދިމްރާ ލަދުގަތްކަން ނުދައްކަންވެގެން ޔުއާންއާއި ދިމާލަށް ދެލޯ އަޅާލާ ތުން އަނބުރާލުމަށްފަހު ފެނުނީ ދުވެލާފައި ގޮސް ކުރީގައި ތިބި މީހުންނާ އެއް ހަމައެއްގައި ހުއްޓިލިތަނެވެ.ޔުއާންވެސް ލުއި ހިނިތުންވުމެއްގައި އައިސް އެމީހުންނާ އެއްވަރު ކުރިއެވެ.ނަމަވެސް އެމީހުން ކައިރީ ހުއްޓިލުމާއިއެކު ޔުއާންގެ ހިނިތުންވުން ފޮރުވާލައިފިއެވެ.

“ސޯ ދެން ބުނެބަލަ..ކޮބާ ޕްލޭންއަކީ” ދިމްރާ އެންމެންގެ މޫނަށް ވަކިވަކިން ބަލައިލަމުން ޝައުގުވެރިވެފައި އަހާލިއެވެ.

“ރޭގަ ކެންސަލްވި ޕްލޭން..މިރޭ ފުރިހަމަ ކުރަން މިއައީ” ދިމްރާގެ ސުވާލަށް ޖަވާބުދިނީ ދިޔާންއެވެ.

“ތި އަދި ޖަވާބެއް ނޫނެންނު..އަހަރެން މިއެހީ ޕުލޭންއަކީ ކޮބާހޭވިއްޔަ”               “ޕްލޭންއަކީ އައިސްކްރީމް ކާންދިއުން..އަލަށް ހުޅުވިއޭނުން ރަސްފަންނުގަ ތަނެއް..އެތަނަށް ދާންވެގެން” އުޝާ ދިމްރާގެ ކޮލުގައި މަޑުމަޑުން ހިފާލަމުން ޖަވާބުދާރީވިއެވެ.އެއާއެކު ފެނުނީ ދިމްރާ އުފާވެލާފައި ކުޑަކޮން ނަށާލިތަނެވެ.

“ޕާގަލް އައިސްކްރީމް ގާލް”ރީމް، ދިމްރާގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ.ދިމްރާގެ ނިއްކުރިމަތީ ހަލާކުވެފައިވާ ތަންކޮޅުގައިވެސް ނުޖެހުނީ ކިރިޔާއެވެ.

އެ މާޙައުލަށް އާދެވުމުން އެންމެންނަށްވެސް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.ސާފުކޮށް މޫދާއި އުޑާއި ފެންނަން އޮތްއިރު ސާފުވައިވެސް ލިބެމުން ދާތީއެވެ.ހަނދުވަރީ ރީތި ރެއަކަށް ވުމުން އުޑުމަތި މާބޮޑަށްވެސް ފުރިހަމަ ކަމަށް ދައްކައެވެ.އައިސް ކްރީމްގެ ފޯރީގައި ތިބިއިރު އެންމެ ފުރަތަމަވެސް ނެގީ ދިމްރާއަށް އިއްޔެ ދިމާވި ހާދިސާގެ ވާހަކައެވެ.އެވާހަކަ ކިޔަމުން ހެމުން ދިޔައިރު އެވަރަށް ދިމްރާއާއި ޔުއާން އާއިވެސް އެމީހުން ދިމާކުރިއެވެ.

“އަސްލު އަހަރެން ޔާން ކޮޓަރިކަމަށްށޭ ވަނީ..އެ ބަޑިގުދަނަށް ވަދެވުނީމަ އެނގުނީވެސް އެއީ ޔުއާންގެ ކޮޓަރިކަން”                 “ވަޓް ޔޫ މީން..ބަޑިގުދަނޭ” ޔުއާން ދިމްރާއާއި ހަތަރުކަޅި ހަމަ ކޮށްލަމުން އަހާލިއެވެ.އެވަގުތުވެސް ކުޑަ ވަގުތު ކޮޅަކަށްވިޔަސް ދެމީހުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ.އެހެންޏާވެސް ކުރެވޭ އާ އިހްސާސް މިފަހަރުވެސް ދެމީހުންނަށް ކުރެވިގެން ދިޔައެވެ.އެދެމީހުންނަށް ނޭނގުނަސް މި މަންޒަރު ސާފުކޮށް އެތާ ތިބި ހަތަރު މީހުންނަށްވެސް ފެނިގެން ދިޔައެވެ.އެއާއެކު ހަތަރު މީހުންވެސް އެކަކު އަނެކަކަށް ހަދިޔާ ކޮށްލީ މާނަފުން ހިނިތުންވުމެކެވެ.

“އުޕްސް!!ބަޑިގުދަނޭތަ ބުނެވުނީ..އަހަރެން މިހާރު ހަނދާނެއް ނެއް..ހާދަ ހަނދުވަރު ރީތި ރެއެކޭ ދޯ” ދިމްރާ ޔުއާންއާއި ނަޒަރު ވަކިކޮށްލަމުން ވާހަކަ ދެއްކިއެވެ.އަދި މައުޟޫ އޮޅުވާލީ ޔުއާން ބަލަން އިން ގޮތުން ޖެހިލުންވީމައެވެ.

“ދިމްރާ މައުޟޫ ބަދަލުކުރަން ނޫޅީ އިނގޭ..އެއީ ބަޑި ގުދަނެއް ނޫން..އެއީ އަހަރެންގެ ހުރިހާ ސާމާނެއް އެކުލެވޭ ތަން” ޔުއާން ދެންވެސް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ.އެހެންޏާ އެކަހަލަ ކަންކަމުން އަވަހަށް ރެކެން މަސައްކަތް ކުރަނީ ޔުއާންއެވެ.ނަމަވެސް މިފަހަރު ހާލަތު އޮތީ ތަފާތު ވެފައެވެ.މައުޟޫ އޮއްބަން މަސައްކަތް ކުރީ ދިމްރާއެވެ.ނަމަވެސް އެކަމަށް ހުރަސް އަޅަން މަސައްކަތްކުރީ ޔުއާންއެވެ.

“ވަޓްސް ރޯންގް ވިތް ޔޫ ޔުއާން..އަބަދުވެސް އަހަރެން ގޯސްކަމެއް ކޮށްފިއްޔާ ޔުއާންއަށް ފެންނަނީ..ދުވަހަކުވެސް އަަހަރެން ކޮށްދޭ ރަނގަޅުކަމެއް ޔުއާން ބަލައެއް ނުގަނޭ..އެޓްލީސްޓް ޔުއާންއަށް ރަނގަޅަށް ކަންތައް ކުރަން އަހަރެން މަސައްކަތް ކުރާތަނެއްވެސް ޔުއާންއަކަށް ނުފެނެ..އަހަރެންނަށް ދެން ނޭނގެ ޔުއާން އަހަރެން ބަލައި ގަންނާނީ އަހަރެން ކިހިނެއް ހެދީމަކަމެއް..އައެމް ޓަޔަޑް އޮފް ދިސް” ދިމްރާ މިފަހަރު ރަނގަޅަށްވެސް ހިތްހަމަ ނުޖެހުނެވެ. އެޓްލީސްޓް އުޝާއާއި ރީމްއާއި، ޔުއާން ހިތްހެޔޮކޮން ވާހަކަ ދައްކާ ގޮތަށް ދިމްރާއަށްވެސް ހަމައެކަނި މިރޭ އެކަނި ވިޔަސް ވާހަކަ ދައްކާނެކަމަށް ދިމްރާއަށް އުއްމީދު ކުރެވުނެވެ. ނަމަވެސް ކުރި އުއްމީދާއި އިދިކޮޅަށް ކަންތައްވުމުން މާ ބޮޑަށް ހިތްހަމަ ނުޖެހެވުނީއެވެ. ދިމްރާ ތެދުވެގެން ގޮސް ހުއްޓިލީ ބެލްކަނީގައެވެ. މޫދާއި ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އެ މޫނުމަތީގައިވާ ހިތްހަމަ ނުޖެހުން ކިތަންމެ ރަނގަޅަކަށްވެސް ފާޅުވާން ހުއްޓެވެ. 

މުޅި މޭޒު ދަށަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ޔުއާންގެ އަމަލުތަކުން އެދިމާލަށް ދާން ބޭނުންވެފައި ހުރިވަރު ވަރަށް ރަނގަޅަށް ހާމަ ކޮށްދިނެވެ.އިރު އިރުކޮޅާ އެދިމާލަށް ބަލައިލަނީ ކެތްތެރިކަން ކުޑަވެފައި އިނދެއެވެ.މިކަން އެ އެންމެންނަށްވެސް ފާހަގަކުރެވުނެވެ.

“އިފް ޔޫ ފީލް ސޮރީ..ޔޫ ކެން ގޯ ދެއާރ އާން” ދިޔާން ޔުއާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.އެއާއެކު ފެނުނީ ޔުއާން ފުންމައިގެން ތެދުވެ އެދިމާލަށް ހިނގައިގަތްތަނެވެ.ހީވީީ މީހަކު އެހެން ނުބުނެފައި އިން ހެންނެވެ.އެކަމުންވެސް ޔުއާން ދާން ބޭނުންވެފައި ހުރިވަރު ހާމަކޮށްދިނެވެ.

“ބޭނުމިއްޔާ ހަގެއްވެސް ދީފަ އަންނަންޗޭ” ޔުއާން ތަންކޮޅަކަށް ދިޔަތަނާ ޝާރިމް ގޮވާލި އަޑު އިވުނެވެ.އެއާއެކު އެ އެންމެންގެ ހުނުމުގެ އަޑުވެސް އިވިގެން ދިޔައެވެ.ނަމަވެސް ޔުއާން ހުއްޓުމެއްނެތި އެދިޔަގޮތަށްގޮސް ދިމްރާގެ ކައިރީ ހުއްޓިލިއެވެ.އަދި ދިމްރާއެކޭ އެއްފަދައިން މޫދާ ދިމާލަށް ނަޒަރު ހިންގާލިއެވެ.

“ޓުބީ ހޮނެސްޓް..އަހަރެން ދިމް ކައިރީ މާފަށްވެސް އެދެންޖެހޭ..ޝުކުރު އަދާކުރަންވެސް ޖެހޭ” ޔުއާންގެ މޫނަށް ދިމްރާއަށް ކުއްލިއަކަށް ބަލައިލެވުނީ ޔުއާން އެހެން ބުނުމުންނެއް ނޫނެވެ.ނަމަވެސް ދިމްރާއާއި ދިމާލަށް އަލަށް ދިމްއޭ ކިޔާ މުޙާތަބު ކުރުމުންނެވެ. ޔުއާން އެންމެ ފަހަރަކު ނަމަވެސް އެހެން ބުނީތީ އެހިތް އުފަލުން ފުރިގެން ދިޔައެވެ.އަނެއްކާވެސް ދުރު ބަލައިލީ ނަމަވެސް އެކަން ޔުއާންއަށް ފާހަގަ ކުރެވިދާނެތީއެވެ.

“އަސްލު އެހެން މީހުންނާ ދިމާލަށް ފަސޭހަކަމާއިއެކު އެހެން ބުނެވުނަސް ދިމްއާ ދިމާލަށް އެ ބަސްތައް މުޙާތަބު ކުރާކަށް އަހަރެންނަކަށް ނޭނގެ..އަސްލު އަހަރެން ކިތަންމެ އެއްބަސް ވާން ބޭނުންނުވިޔަސް އަހަރެންގެ ލައިފްގެ އެތައްކަމެއް ދިމް ބަދަލްކޮށްފި..އެންޑް އެއީ ޝުކުރު ހައްޤުވާވެސް ވަރުގެ ކަމެއް..ބަޓް އެ ބުނެދޭނެ ގޮތެއް ނޭނގޭތީ އެ ގޮތަށް ވާހަކަ ދެއްކެނީ..އެޓްލީސްޓް އަހަރެންގެ އަމަލުތަކުން ދިމްއަށް އަހަރެން އެވަގުތު އެހުރީ ސޮރީ ފީލް ވެފައޭ ނުވަތަ ތެންކްސް ބުނަން ބޭނުންވެފައޭ އެނގޭނެ ކަމަށް އަހަރެންނަށް އުއްމީދު ކުރެވެނީ.. ބަޓް އައި ވޯޒް ރޯންގް..ދިމްއަށް އަހަރެންނަށް އަބަދުވެސް ދެއްކެނީ ދިމާ އިދިކޮޅު..އެމް އައި ރައިޓް؟” ޔުއާން އެހުރިހާ ވާހަކައެއް ދެއްކުމަށްފަހު ފަަހަށް ކުރި ސުވާލު ދިމްރާއާއި އަމާޒު ކޮށްލިއެވެ. ޔުއާންގެ ވާހަކަތައް އަޑުއަހަން ހިތްހަމަޖެހިފައި ހުރި ދިމްރާ އެކަމާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.އެއާއެކު ޔުއާންގެ ލުއި ހިނިތުންވުމުގެ އަޑު އިވިގެން ދިޔައިރު ދިމްރާގެ ތުންފަތްމައްޗަށްވެސް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ސޯ އައި ވޯންޓް ޓުސޭ ސޮރީ..އައިމް ސޮރީ ނޭނގި ނަމަވެސް ހާޓް ކުރެވުނީތީ..އެންޑް ތެންކްސް ކޮށްދިން ކޮންމެ ކަމަކަށްވެސް” ޔުއާން ފާޅުގައި އެހެން ބުނުމުން ދިމްރާ އިންތިހާއަށް އުފާވިއެވެ.

“ހެލޯ!..އެއްޗެއް ނުބުނެ ތިހެން ހުރީމަ އަހަރެންނަކަށް ނޭނގެ ތިހުރީ އޯކޭވެފަ ކަމެއް ނުވަތަ ނޫންކަމެއްވެސް” ޔުއާން ދިމްރާގެ މޫނު ކުރިމަތީ އަތް ހޫރާލަމުން ދެންވެސް ވާހަކަ ދެއްކިއެވެ.ޔުއާންގެ މި ހަރަކާތުން ދިމްރާގެ ހިނިތުންވުމުގެ އަޑު ޔުއާންއަށް އިވިގެން ދިޔައެވެ.އެއީ ޔުއާންގެ ހިތަށް ފިނިކަން ގެނެސްދޭ ހިނިތުންވުމެވެ.

“އުމް..ސޯ..ދިމް އޯކޭ ވިކަން..ޔަޤީން ކޮށްލަން..އުމް..ކެން އައި ހަގް ޔޫ” ޔުއާން އެހެން ބުނުމުން ދިމްރާއަށް ޔުއާންއާއި ދިމާލަށް ބަލައިލެވުނެވެ.ހަމަ އެ ހިނދު އިސްދަށަށްވެސް ޖަހާލެވުނީ ޔުއާން ދިމްރާއާއި ދިމާލަށް ބަލަހައްޓައިގެން ހުރުމުންނެވެ.

“އަ..އަމް..އަހަރެން…”               “ތީގެ މާނައަކީ ޔެސް ކަމަށް މިބެލީ” ދިމްރާގެ އަނގައިގަ އެއްބާއި އޮއްވާ ޔުއާން އެހެންބުނެ އަވަސް ހަރަކާތަކާއިއެކު ދިމްރާ ގެނެސް އެ އަތުގެ ތެރެއަށްލިއެވެ.ފުރަތަމަ ދިމްރާއަށް ޝޮކެއްލިބި ދެލޯ ބޮޑުކޮށްލައިގެން ގުޑިލުމެއްނެތި ހުރިގޮތަށް ހުރެވުނީއެވެ.

“ދިމް އެއްބާއިނުވީމަ އަހަރެން މިހާރު ލަދު ގަންނަން ފަށައިފި”ޔުއާން އެ ހުރިގޮތަށް ހުރެ އެހެން ބުނެލުމުން ދިމްރާއަށް ހިނިތުންވެލެވުނެވެ. އަދި އިޖާބަދިނުމުގެ ގޮތުން މަޑުމަޑުން ޔުއާންގެ ގައިގައި ދިމްރާ އެދެއަތް ވަށާލިއެވެ.އެއާއެކު ޔުއާންގެ އަނގައިން ލުއި ހިނިތުންވުމެއްގެ އަޑު އިވިގެން ދިޔައިރު ދިމްރާގެ ފަރާތުން އިވިގެން ދިޔައީ ރަކި ހިނިތުންވުމެއްގެ އަޑެވެ.

“އޭ އަހަރެމެންވެސް ބައިވެރިކުރޭ” ހަތަރު މީހުންވެސް އެދެމީހުން ކައިރިއަށް އުފާވެހުރެ އައިސް ހުއްޓިލިއެވެ.އަދި ދިޔާން އެހެންބުނެ އުޝާގެ އަތުގައި ހިފައިގެން ގޮސް ދިމްރާގެ ކައިރީ މަޑުކޮށްލިއެވެ.ހަމައެހެންމެ އެއާއެކު ޝާރިމްވެސް ރީމް ގޮވައިގެން ގޮސް ޔުއާންގެ ކައިރީ މަޑުކޮށްލިއެވެ.އެވަގުތު އެ އެންމެން މޫނުމަތީގައިވާ ހިނިތުންވުން ފުންވެފައިވެއެވެ.އެ ޤުރޫޕުގެ އެ އުފާވެރިކަން އެގޮތުގައި ދެމެހެއްޓެވުމަށް އެދި އެތާ ތިބި ހަމީހުންނަށްވެސް ހިތާ ހިތުން ދުއާ ކޮށްލެވުނެވެ.

އަދި ހަމަ އެހެންމެ، ދިޔާން އުޝާ، ޝާރިމް އަދި ރީމްގެ ހިތުގައި ވަނީ އެހެން އެދުމެއްވެސް އުފެދެން ފަށާފައެވެ.އެއީ ޔުއާންއާއި ދިމްރާވެސް އެމީހުން ފަދައިން އެކަކު އަނެކަކު ދެކެ ލޯބިވެ ގުޅުމުގެ އެދުމެވެ.އޭރުން އެ ޤުރޫޕު ބާއިބާއިނުވެ އެކުއެކީގައި އުމުރަށް އޯންނާނެއެވެ.އެހެން ބަޔަކާ އެދެމީހުން ގުޅެފިނަމަ އެ ޤުރޫޕު ބާއިބާއިވެދާނެ ކަމުގެ ބިރު ބޮޑެވެ.އެއައްވުރެވެސް ދިމްރާއާއި ޔުއާންގެ ހިތުގައި އެކަކު އަނެކަކަށް ވާ ލޯބި އެދެމީހުންނަށް އެނގިފައި ނެތަސް އެ ހަތަރު މީހުންނަށް އެދެމީހުންގެ ލޮލުން ސާފުކޮށް އެ ޝުއޫރު ފެނިފައިވެއެވެ.އެހާ ބޮޑަށް އެކަމަށް އުއްމީދު ކުރެވެނީވެސް އެހެންވެއެވެ.އެދެމީހުންނަށް ނޭނގި ނަމަވެސް އެކަކު އަނެކަކަށް ލޯބި އުފެދިފައި ވާތީއެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (158)

  1. Afy

    Me first

    ????????????????????????????????????????????????????????????????????????????????

    1. Afy
      Afy

      14 vana part eaee alhugadhu kuri commenteh noon v fake meehun ves ulhey ea commentah alhugadu innaane rahdhu dheefa ithooo all the best and thank you mipart ves up kolla dhineethee

    2. ithoo
      Afy

      Yeyy..heheh..??

    3. Afy
      Afy

      Bodu udhagulekey miiii
      Eii magey namey magey namey magey namey magey namey

  2. sam

    V lovely STORY plx up next part

    1. ithoo
      sam

      Thanxxx sam ?

  3. ithoo

    Heyy… Sryyy my all readers for the delay..aslu vx miadhu v bxy schedule eh ga ulhefa mi up kury.. Frst hykury up nu vx kureveyne kamah..bt mihaa varun vx mi up kury ethah kudhihneh ehaa ummeedhuga huhta dhera kohlan beynun nuvaathy..so hope u all will understand…n v v v bodah srryy adhi ehfaharu las vi kamah takaa…sryyyyyyy….

    1. Aki
      ithoo

      thanks. ithoo dhooni

    2. ithoo
      ithoo

      Wc Aki dhooni??

  4. Zee

    Varah varah varah reethi mi story.. ithoo varah molhu vaahaka liyan.. just love the story… pls pls pls daily koh up kohdheyn fashaaba… i was checking iru iru iolhaa vaahaka up veytho since yesterday.. ??

    1. ithoo
      Zee

      Awwhh..thanxx Zee… Happy to hear that dearr..dearr daily koh up kohdheyn bunefa nuveh jehyaa readers in maa mayoos vaane…en mihaaru vx dhe dhuhun kuraa iru 9pm ah nuvehjehyaa vx kudhin mayoos vey eba…so sry ingey dearr..n thanx dearr ??

  5. princes

    Mee first

    1. ithoo
      princes

      Dhn faharakun frst hoadhaanee dww dear..?

  6. mary

    wow. haadha reechey mi vaahaka.

    1. ithoo
      mary

      Awwhh..thanxx mary ??

  7. Sunoo

    So so nice story…tnkxxx dear…

    1. ithoo
      Sunoo

      Wc dearr..n Thanx thanx sunoo???

  8. Shahu

    It’s okay ithoo. Varah reethi. And thanks thihaa busy koh ulhemun vx vaahaka genesdhineethee. Vaahaka kee iru heevee vaahakaige thereyga ulheveyy henn. Ehaa vx reethi. I just love it. ??

    1. ithoo
      Shahu

      Thanxx for appreciating my work dearr …n thanxx for always supportin me..thanxx a lot??????

  9. Chum handi

    OMG omg??? Haadha reechey…. heevanee story therey ga indhe vey henn mi vaahaka kiyaa iru…. hama vrh reethi?? aslu mihuree kiyaane ehcheh ves neyngifa?…. Hama totally speechless ? Adhi yuan dhim gaiga hug kohli bai kiyaafa ufalun nuro vunee ves kiriyaa….. and thihaa varah sryyy bunaa kah nuvaane ehnun…. you know that all your fans will forgive you…. cause we all love you ?…. and ithoo bunefa dho onnanee busy v ma dhedhuhun ehdhuvahey up koh dheynee….. so it’s all ok ??…. I’m waiting for the next part so eagerly…. hope to see you soon???…. Good night… lysm ❤❤❤

    1. ithoo
      Chum handi

      Awwhh..nurohchey anehkaa ingeyy..n chum handi ithoo ge work thihaa balaai gahnaathy v v v happy ve.. N all fans dheke vx ithoo vx v v loabi vey..ekamu speechless vaany haadha vareh v ma eyy dww chum handi..thanxx v v bodah dearr ?????

    2. Chum handi
      Chum handi

      Hehe… aan… aslu ves varah varu vejje…. meege konme part eh ethah faharaku kiyas foohi nuvey….. mi part ves mi kee 7 vana faharu…. adhi maadhan vaa irah heevanee 20 varakah faharu kiyey nehenn…… hehe…. waiting for the story so eagerly❤??

    3. ithoo
      Chum handi

      Subuhanallah.. Hama aslu vx tha..??…evarah kiyan hama..hehehe..sry ingey so ehaa dhigu inthixaareh kureveythy. ☺☺

  10. Reen

    mi part ves v reethi waiting 4 next part

    1. ithoo
      Reen

      Thanxxx Reen???

  11. Sham

    Next part whenn.. reallyy nice stry.. plx upload as soon as possible

    1. ithoo
      Sham

      Thanxx dearr sham????

  12. Fs

    Thanks vvv salhi

    1. ithoo
      Fs

      Wc n thanxx to u also dearr ??

  13. Mai

    … sifa kurun v v v nice… story v v reethi koh picture vey kiyamun dhaairu… v v belihje up vithw..thanks itthoo.. eha bxy koh ulhemun ves up kohdhineema.. 🙂

    1. ithoo
      Mai

      Awwhh..a ehme beynun vaa kmakay vx sifa kohdheyn ithoo ah manxaru inage vaa gothah mai menah vx..hehe..wc n thanxx dearr..??

  14. Iman

    Masha Allah v v v salhi

    1. ithoo
      Iman

      Thanxx my dearr Iman ???

  15. Shaa

    Woahhhh . Yess aan and dhim gulhiba dhnn ????

    1. ithoo
      Shaa

      Hama ehaa avahah a dhe kudhin gulhuvan v tha dearr..hehe..thanxx shaa???

  16. Saandy

    V salhi… Finally Yuaan Dhimraa aa close vejje… Next partah eba v inthizaaru kurevey… Keep it up dear!! 🙂

    1. ithoo
      Saandy

      Dww..ekamu a dhe kudhin goih kiyaakah neyngeyne..eyge aneh dhuhu fight vx kohla faane..hehe..thanxx saandyy ??

  17. Azu

    Ma sha allah……vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvreethi??????❤❤❤❤

    1. ithoo
      Azu

      Haadha baivaru v akurekey dearr..hehe..thanxx dear Azu ???

  18. Xeeee

    Oh finally I got it thank you ithooo dhoony luv u tc

    1. ithoo
      Xeeee

      Wc n thanxx to u also xeeee dhoony.n.luv u too ???

  19. ssss?

    Its ok ithoo… Wow… Gaimu konnirakun tha yuaan and dhim gulheynii… Can’t wait?… Asslu mivaaha ehaa rythi viima kithamme kuda dhuvass kolhakah wait kuran jehunass hii vanii varah gina dhuvahu wait kureveyhen… Thanx thihaa busy koh ulhemun vess gavaidhun vaahaka up kohdheythii❤❤.. Keep it up…. When is next part

    1. ithoo
      ssss?

      Sry ingey garuneh vandhen wait kureveythy☺.. A dhe kudhin ehaa avahah hama gulhuvan v tha ..wc dear..n thanxx my dearrrrrrr ??????

  20. Anonymous

    Wow.. v salhi mi part ves ?? Ithoo next part konirakun ???

    1. ithoo
      Anonymous

      Thanxx dearr.. In sha Allah maadhen noon aneh dhuhun dear ?☺

  21. luhan

    V v v v v v salhi..Hama habeys..Nxt prt avas kohdheyhi ingey..???

    1. ithoo
      luhan

      Thanxx luhan..daily kon cmnt kuraa kujjeh kan ithoo hama faahaga kohlan..n thanxx for that dear???

  22. kiyaa

    Wow it’s so nice…??
    Alhe mirey onemore part up kohdheeba plxxx?

    1. ithoo
      kiyaa

      Thanxx kiyaa.. Sry dear.. Plxx maadhen noon aneh dhuhah wait kohla dhy ingeyy ???

  23. Samee

    Wow.. What a romantic stwryy.. Heevanee hama loabiige filmeh balaan indhevey henn.. I luv this stwryy.. N yuaan u 2.. Btw ithoo its owk kudakoh delay vias.. Samee ves midhuvas kolhuga v bxy koh ulhen jehuneema stwryy kiyaan vaguthu nuvanee.. 14 vana prt vess adhi mikiyaalevunee mireyga.. V nycc eh prt vess.. N this prt too.. I really really really luv u a lot ithoo…

    1. ithoo
      Samee

      Hehe..film ekey mi ee dear..hehe..yuaan dheke vx loabi vevunytha….btw thanxx dear for understandin me n for always supportin me..thanx a lot..n i really really luv a lot n so much..hehe ?????

    2. ithoo
      Samee

      N one more thng..thanx thihaa bxy koh ulhemun vx stry kiyaathy..thanxx dear??

    3. Samee
      Samee

      Haha. Yah yuaan dhekeves lwbi vevihje.. N thanks ithoo vess thihaa bxy kohulhemun vaahaka up kohdheythy..

  24. aff

    oh ithooo haadha reethi story ekey . kiya kiyaa nunimey namaey hithah araa .. hehe . varah ves reethi ingey . kuriah oithaagaves liyun therikamuge rongun ithoo ah kurierun dhehvaashi . aameen . . thee hama best . thanks dear☺☺☺

    1. ithoo
      aff

      Hehe..ehentha…happy to hear that dear..n thanx ithoo ge work appreciate kuraathy..v happy ve ehnve aslu vx..wc n thanxx to u also ????

  25. Izz

    Mi kn dhuvas thakeii ga up kuraa vahakaeii tha…
    V reethi vahakaeii..
    Izz v nukiyan eiikoh nunimeii vahaka..
    Kudakh fennan inna thAnkolhun hama reethi vaane hn hyvaathy mikiyanii

    1. ithoo
      Izz

      Dhe dhuhun eh dhuhu dear..so mi vaahaka kiyaanan dww ehen v ma izz nunimenyhen..btw thanxx dearr..thanx a lot..????

  26. ReeXa

    Reethi kamun gos moya vaa varu vey.. just speechless. .. keep it up… can’t wait to read next part

    1. ithoo
      ReeXa

      Alhe..moya nuvahchey ekamu..n ekamu speechless vaany haadha vareh v ma eyy dww dearr stry ga..hehe..thanxx my dearr ReeXa?????

  27. yummmm

    Mibaives vvvvvvvv reti
    ???

    1. ithoo
      yummmm

      Thanxx my dearr yummmm ????

  28. kayashandy

    i juz finished reading de previous episodes…? ? ✌ ? nothing to say cause m speechless..???

    1. ithoo
      kayashandy

      Awwhh..speechless nuvey ekamu dear. Hehe..thanxx my dearr ????

  29. mine

    beautiful,vvvvvvvv reethi!

    1. ithoo
      mine

      Thanxxx dearr ???

  30. Ainy

    Varah ves salhi ey reechey miharu ainy ah ves yuaan dheke loabi vevijje dhen alhe kihineh hadhaani ithoo dhoonya

    1. ithoo
      Ainy

      Alhe yuaan dheke loabi vevuny eyy..dhn alhe kihineh hadhaanee vaki Ainy mage dhoonyaa..hehe..thanxx my dearr Ainy????

  31. haw shia shaba shi r

    Mashaa Allah v reethi mi part ves,keep it up,next part soon plx

    1. ithoo
      haw shia shaba shi r

      Thanxx haw.. ?????

  32. Nana

    Wow vrh vrh vrh rythi?

    1. ithoo
      Nana

      Awwhh…thanxx Nana ???

  33. Kennukbee

    Varah habbu mi part ves… ☺☺☺☺☺i was shocked when yuaan hug kuri iru… ?????shaarim ehen bunyakas i didnt expect “yuaan” hug kohfaane ekeyyy…?????? whn i was reading my loali thah hury kolhah ?????… all the best ithoo darls… btw next part whn??? Tomorrow i want to read it?????… hama ehaa rythi… if not busy can u up it tomorrow dearie sis … good night…. tc… ly ???

    1. ithoo
      Kennukbee

      Hehe..yuaan aee v unexpected kanthah kuraa kujjeh ehen huhtakas..hehe..thanxx darls..In sha Allah maadhen noon aneh dhuhun dearr..good nytt..tc..luv u tooo my dearr?????

  34. ????❤

    ???? wow…. i luv this….

    1. ithoo
      ????❤

      Thanxx dearr ??????

  35. Dhimyu

    Awesome ??????❤❤????

    1. ithoo
      Dhimyu

      Awwhh..anehka vx finally dhimaa v dww..hehe..thanxxxx Dhimyu ?????

  36. hantaato

    alheyy.. dhim is mine <3

    1. ithoo
      hantaato

      Alheyy..mi v gothun dearr ah dhim dheyn dww mijehuny..?☺

  37. Sanu

    It’s k luv? vvvvvvv loabi mi part veas. Hithah araa mihaaru c thooge vaahaka foiii miray huvafenuga kiyan libayne nama yay????? thiya kuraa hiyyvarah hama saabas dhen. Abadhuves thi gothugai kuriyah dhiumah azumu kanda alhaa. Adhah vure fehi maadhamaa eh thibaa ah minvaru kurahvaashi. Luv u darling????

    1. ithoo
      Sanu

      Awwhh..thanxx sanoo..huvanefuga fonuvaalan v dww hurihaa book thakeh .hehe..luv u too darling????????

    2. Sanu
      Sanu

      C thoo nifonuviyas alhugandah fenihje then oii partga vaane goiii???????????????

  38. redrose

    Ithoo mi part v v v furihama fainaly aan aa dhim close v dho v ufaa vehje???????????? waiting for next part??????

    1. ithoo
      redrose

      Yeyy..close v..hehe..thanxx redrose ????

  39. shafu

    mi part ves vvv reethi……….waiting for next part…………

    1. ithoo
      shafu

      Awwwhh..thanxxx shafu..???

  40. Faxoo

    woww ithuuu
    mibaivx vrh reethi vrh furihama
    yuan change viiima vrh ufaavehje 😀 desperately waiting for the next part!

    1. ithoo
      Faxoo

      Awwhh…thanxx faxoo..???

  41. Maureen

    ??

    1. ithoo
      Maureen

      ☺???

  42. mau

    Masha Allah vvvvv reethi… Mivaahakayah inthizaaru kurevey abadhuvx haadha reehchey gendhaaleh.. Yuaan n dhimge bai haahsakn wow???? ithoo vvvvv reethi igey mi story hama 100

    1. ithoo
      mau

      Happy to hear that mau.. N mau aa last part ga alah dww dhimaa v..so finally mi bain vx dhimaa v dww..yeyy…hehe..thanxxx..v happy vejje mau ah mivaahaka reethi v ma n inthixaaru kohdheythy..thanxx dearr ????????

  43. Cherry

    Rythi as ever
    Hithah araaa haadha molhu molhu bbe ekey thy
    Really love and appreciate your work
    And e ok vaaane lasviyas up kuranikoh
    Hama ekani mikamah husvegen noonennu ithoo ves ulheyny
    Life ga hunnaane kuranjehey kithamme kameh dhw
    ❤️????
    Hama gaimuves cherry happy vey up kuraathy ???

    1. ithoo
      Cherry

      Hehe..thanxx cherryy..ur the best.. Aslu vx thancx for understandin me..aee ithoo bunedheyn beynun vaa vaahakayakyy vx..life ga kuran jehey ithuru kanthah vx huhnaane vaahaka..so thanx u for appereciating my work dearr..In sha Allah hama dhe dhuhun eh dhuhu up kuraathy..thy kon kujjeh kan v engilaa hihvx ve mihaaru..hehhe..thanxx dearr?????

    2. Cherry
      Cherry

      Really me 2 v beynun ithoo thy kon kujjeh kan igen
      But how dhw
      Hehhehe

    3. ithoo
      Cherry

      Hehehe dww..?

  44. Iff

    Hi ithoo
    Now m a fan of urs. So insha allah. We will b in touch.
    Kurin aslu vaahaka kiyas comment nukuran. Ekam mi vaahaka hama reethi kamun comment kuran mi feshuny. V.v.salhi vaahaka dhaagoiy. Ekam aslu iff ah mi partga thankolheh joyful kuda. Dhim maa ladhun ulhunyma kada. Kurin gothah gadha kollaafa aan a kurimathi leema salhy.
    Ekamvx v.reethi. 🙂 🙂

    1. ithoo
      Iff

      Awwhh..happy vejje fan eh libunyma dearr..n alah dww ehen v ma iff cmnt kuran feshy thi..hehe..dww..dhim ah aslu aa feelingx eh kureveythy vaa goih aee..bt adhi kuriah oihthaa fehnaane hama dhim gadha kohlaafa ulhey than..hehe..thanxx Iff.. Happy to have a fan like u dearr..hykuran kuriha oih thaa vx Iff aa dhimaa vaane kamah..??

  45. ޝިއު

    ގުދުގައި ފިރުމާލުމަށް ވުރެ ކިޔާލަން ރީތި ބުރަކަށީ ގައި ފިރުމާލުން.. ހިޔާލެއް އިގޭ އިތޫ.. ވާހަކަ ހަމަ ވަރަށް ރީތި

    1. ithoo
      ޝިއު

      Sad to say dear..bt liyefa huri ehcheh neynge..??

  46. kiya

    Aslaves v salhi vaahakaeh heevanee hama filmeh balaaleveyhen ehaaves furihama u r best love u

    1. ithoo
      kiya

      Thanxx kiya..happy to hear that..n luv u too..???

  47. Shix

    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reythi

    1. ithoo
      Shix

      Thanxxxxx dearr shix ?????

  48. haja

    Masha Allah v reethi mi part ves keep it up

    1. ithoo
      haja

      Thanxx haja..??

  49. sharu

    outstanding luv :-* this is just awesum… i jst luv this story.. dhim n aan close vaathy v salhi mihaaru.. dhn reem ush yaan n ren ge kamakah onaany edhemyhun thai kuruvun kanneyge dhw… guess eh nge mikury.. all i knw is v unexpected koh kan mi story dhaany… hehehe…. m in luv with this story… sharu ge exam ge tention vx filaa gossi mi story liyaalevunyma.. ekani ove hee hee halaak vehje.. luv u ithoo darling… jst keep up the good effort

    1. ithoo
      sharu

      Awwwhh..happy to hear that..sharuge stress filuvaa dhevunyna..hehe..yaa hynukuraa gothakah kanneynge dhaanyy..thank u so much sharu darlin..n luv u too ????

  50. Kiara

    Wow v salhi..?
    T.shirt eh laigen haadha ufalekey mi v..
    Emme reyakun hama emme faharaku dhim bunelaa irah haadha bodu change eh yuan ah..
    Hama aslu vs ehn
    vedhaanebaa..?

    Mi vaahakaige salhi thankolhakee hama gasthuga fani hadhaa meeheh nehkan..
    V happy koh ulheny..
    Fani hadhaafa, misunderstand ve, vaahaka nudhakka, v goih nubalaa ulhenya varah fohi vey..

    Alhe kiara ah vs ekahala chance eh libeyne nama dhim ah libun kahala..
    Aiss sorry bunefa hug kohlaane nama ennu..M waiting ?
    Kiara ge life ge vaahaka ithoo liyaane nama ekahala chance libeyne dhw..heheh..??

    1. ithoo
      Kiara

      Vedhaaneynun dhim yuaan tshirt nulaifihyaa ehen ithuru suvaaleh kohfaanethy birun kamah vx .noonee ithuru ehen rexan eh innanee kamah vx vedhaane hama..hehe..kiara ge stry eh liyan visnan v dww ehen v ma..aslu vx kiara tha kiyanyy dearr..btw thanxx dearr..mi stry kiyaathy v happy ve..so thanx a lot????

  51. vishaa

    alhe vara reeeeethi….kiyaaa hithun vaahaka up veythoa beley adhudhu neyge…alhe dailyy ko up kuraanama buxy nooniyaaa…speech less …ithooo ur the best ..iam fan of urs now..waiting for next part..luv u

    1. ithoo
      vishaa

      Alheyy..sryy dearr ehaa inthixaaru kuruveythy..n thanxx a lot..happy vejje fan eh libunyma..luv u too my dearr vishaa???????

  52. Aff

    Masha allah varah reethi. ?? story ge next part maadhan noon aneh dhuvahey bunyma confuse vany. So plx day bunebala. I love your story n love u ithoo. Keep going n Gud luck girllll

    1. ithoo
      Aff

      Srryy dearr..i mean tmrw ga ingeyy..happy to hear that..thanxx dearr n luv u too..????

  53. princess shaal

    v. reethi mi Part vs waiting for another part esfiya in emme kamudha stry aky miey shaal ah. I love reading this story…..

    1. ithoo
      princess shaal

      Awwhh…v happy vejje shaal ah ehme reethi stry ah mi stry v ma..thanxxx my dear..thanx a lot??????

  54. Mimmi

    Vvvvvvvvvvvvvvvv loabi mi Bai ves ?????? I was surprised when yuan huge dhim?? . He vany hama filmeh balaa levey hen……… sifa fakuran Vvvvvvvvvvvvvvvv molhu ithoo ly????????? gud luck. ??

    1. ithoo
      Mimmi

      Awwhh…Mimmi menah sifa kohdheyn shey ithoo beynun vany vx..hama furihama imagination eh sifa kohdheyn try mikuranyy..hehe..luv u too dearr..n thank u so much????

  55. Afy

    Ithoo it’s Afy from laam atoll
    Evves haalegga myhegge namuga comment kuraakasheh noon Afy afyge aslu nan jehy. Afy ah mi vy 32 years ga emmenves Afy ah muhaathabu koh ulhey Afy he amilla namah vyma
    So evves myhakah noannaane Afy ge amilla nan Afy beynun koggen eccheh bunumuge rights eh
    Btw your story hama v rythi
    Abadhuves kiyan

    1. ithoo
      Afy

      Awwhh…yaa..ithoo vx mihaaru confuse vey baeh faharu..bt yaa a kujjehege nan hama a kujjakah liyumuge hahgu ihnaane…so dhe kudhin reethi koh tok kohlaafa ithoo ah ingeyne gothakah name liyan visnan hingaaba..mee good idea eh dww dearr..btw thanxx v bodah stry kiyaathy..n thanx a lott my dearr???

  56. mishele

    Ithoo maadhan up kohdeenan dho ??

    1. ithoo
      mishele

      In sha Alla.. yaa madhen up kuraanan

  57. Dhimra and Yuan shipper

    Alhey..Haadha lwbey mi prt..Ithoo luvv u

    1. ithoo
      Dhimra and Yuan shipper

      Awwhh..thanxx dearr ???

  58. Yum

    It’s awsome??wating for the next part… ly ithoo❤❤

    1. ithoo
      Yum

      Awwhh thanxx yum..n luv u too my dearr?????

  59. Hello

    Mee mihaaru emme inthizaaru kurevey eh vaahaka
    Ithoo ge first story aa balaafa varah varah varah salhiey buneveyny
    Ma Sha Allah
    Komme baehves ethah faharaku kiyey ❤
    Kiyaa kiyaa foohi nuvaa story eh mee hama
    Daily koh comment nukuriyas kiyan
    Keep up the good work ithoo ?
    Best of luck
    ??

    1. ithoo
      Hello

      Alhe..serious kn tha dearr..haadha happy vejje eyy hama aslah vx…n thihaa ginain kiyaany aslu vx v rythi v ma kamakah gaboolu kuran..so thanxx thanxx thanxx my dearr..????

  60. Ahaanaa

    Varah varah reeethi….dhim n aan avahah gulhuvaba dhn…waiting for the next part…

    1. ithoo
      Ahaanaa

      Awwhh..thanxx dearr..hama ehaa avahah gulhuvan v tha..

  61. mua

    Varah reethi mi bai ves..avas kohdhybala aneh bai…

    1. ithoo
      mua

      Thanxx dearr… in sha Allah miadhu genes dheynan?

  62. rose

    miadhu kihaa iraku vaahaka up kohdheynyy????….cant wait to read this….mihaaru vx neynge kitheh faharu kameh vaahaka up vejje thw beluny

    1. ithoo
      rose

      Nw innaanee up kohfa dearr..alhe sry ehaa wait kuruveythy ingeyy dearr..n thanxx stry ah inthixaaru kohgen kiyaa kamahtakaa..thanxx once again..???

  63. Riffu

    Comment nukuriyas gavaaidhun kiyan mi vaahaka.. V v kiyaahithun kiyanee.. V awesome.. Next part ah v v v inthizaaru kurevey eba.. Keh nuvegen comment mi kuree
    ???❤ yuan and dhim haadha loibbey.. Heevany hama film eh beley hen kiyaairu.. Keep it up ithoo. Great writer ma sha Allah

    1. ithoo
      Riffu

      Awwhh..so kuriah oihthaa vx Riffu fenaane kamah ummeddhu kuran ingey dearr..n thanxx a lot my dear for appreciating my work…thank u so much ??

  64. naf,ath

    after a long time i am reading such a good story from this website…… lol did i just say that… anyway waiting for the othe parts

    1. ithoo
      naf,ath

      Woww..seriouslyy..hehe yaa nubunan huri ehcheh tha a bunevuny..hehe..btw thanxx my dearr nafath..kuriah oihthaa vx nafath fehnaane kamah ingey mi balanee ehen v ma..hehe..thanxx my dearr???

  65. Inasha

    Dear gudhuga firumaaliey bunyma v hadi. Burakashyga bunyma loabi feel eh hurey. Dhen hinithun vumuge adeh nyveyne. Iveyny hylaa adu.
    Vaahaka v rythi vefa interesting. Dhen komme kujjakah ves ehn liyamun dhaairu kusheh jehidhaane thaa dhw
    Hehhe
    Take care and keep it up ithoo

    1. ithoo
      Inasha

      Rashu bahah vx eba vehte ingey ithoo..hehe..thanx dearr..buneladhineema..v happy vejje..rangalhu kohlaanan hama In sha Allah kuriha oihthaa ingeyy..thanxx thanx thanxx????

  66. lin

    dhn up kohdhybala

    1. ithoo
      lin

      Nw inaanee up vefa dearr..?☺

  67. Julie

    Ithoo dhn avahah story up kohdheeba plx plx can’t wait story kiyaa hithun

    1. ithoo
      Julie

      Awwhh..sry dear wait kuran jehsunythy..nw innaanee up vefa☺

  68. Anonymous

    mi vaahaka up veythw iru iru kolhun balaalevey.. ehgey friday ga kan dhn oii part up kohfhyn buny… but still ithoo hama upkohdhyfaanethyve beleny.. this story is just supper ❤❤❤❤ luv it. maadhan thankolheh avhah upkoh dheythi. meege kurin vaahaka ah comment koh ves noolhen but mivaahaka reethi kamun nuhurehvuny comment eh kohnulaa..

    1. ithoo
      Anonymous

      Awwhh..happy to hear that dearr.. Nooney mirey up vaanee dearr .. Ihye kamah visnaafa a iny maadha maa ey bunefa..sry ingey ekamah..n alah cmnt libumuge sharafu lubuneema v ufaa vejje..n ehen v ma kuriha oihthaa vx fennaane kamah hykuran..thanxx my dearr ??

  69. Vishaa

    Kobaa tha stry haadha vara ka eiba balamey up veythoa…waiting ?

    1. ithoo
      Vishaa

      Sry ingey ehaa wait kuran jehsunythy..nw innanee up vefa stry deart..??

  70. Maaji

    Awesome story ?.. when will next part upload.

    1. ithoo
      Maaji

      Thanxx Maaji ??.n nw innaanee up vefa ingey..☺?

  71. Ninni

    Alhey.. nxt part kiyaa hithun Iru irukolhr eba beley up vehjje thw.. Plxx avahah up kohdheeebr ???❤?

    1. ithoo
      Ninni

      Alhey sry dearr ehaa inthixaaru kuruvan jehsunythy..nw innaanee up vefa ingey stry??

  72. Misha

    Vvv rythi mi part vc…Waiting for the next part..

    1. ithoo
      Misha

      Thanxxxx Misha ??☺?

  73. Dhimra and Yuan shipper

    Mi prt ves v rythi..The suspence is killing me .. Nxt prt avas koh dhehchey.. Dhen onnah bai hyvany v goalz vaane hen..Can’t wait..Luvv your stries and you..ithoo

    1. ithoo
      Dhimra and Yuan shipper

      Hehe dearr..nxt part avahah kiyaalaa dear nw innaanee up vefa..n thanx thanx thanx..n luv u too ???

  74. Khadheeja

    Ithoo Vv salhi Story ❤❤❤

  75. Shahy

    V reethi story eh

Comments are closed.