Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދިރުމެއް ވިއޭ 2

Sunoo Level 1
April 10, 2017 2 Mins Read
7 Comments

ފިހާރައިން ނިމިގެން އަފްރީން މަޑު ހިގުމެއްގައި ހިގަމުން ދިޔައިރު ނަވިން އަށް ހުރެވުނީ އެސްފިޔަ ޖަހަލާން ވެސް ނޭގިފައެވެ.ހިތުގައި މަޑުމަޑުންނަމަވެސް ވިންދެއް ޖަހަމުންދާހެން ހީވިއެވެ.ހިތާ ހިތުން އެކުއްޖާގެ ރީތިކަމަށް ތައުރީފުކުރެވުނެވެ.ހިނދުކޮޅަކު މަޑުކޮށްލުމަށްފަހު ނަވިން ގެއަށް ދިޔައީ ހެނދުނު ނާސްތާއަށެވެ.

އަފްރީންއަށް ގެއަށް ވަދެވުނީވެސް ކުދިކިޔަމުންނެވެ.އެނުދަންނަ ޒުވާނާ އޭނައަށް ބެލި ވަރުން ހިތްހަމަ ނުޖެހުނީއެވެ.އޭނަގެ އެއަސަރުގަދަ ލޮލުން ބެލީމަ އަފްރިންގެ ހިތް ބިރުގަތެވެ.ނަމަވެސް ނޭނގޭ ކަމަށް ހަދާލައިފައި އައީއެވެ.އަފްރިން އަކީ ވަރަށް ތަފާތު ވިސްނުމެއްގެ ކުއްޖެކެވެ.އެކަނިވެރިކަން އަބަދުވެސް އެއީ އަފްރިންގެ އުފަލަކަށް ވެއެވެ.މިހާތަނަކަށް ލޯބީގެ ގޮތުން ކުއްޖަކާ ގުޅިފައެއް ނުވެއެވެ.އުމުރުން 19 އަހަރުވީވެސް މަންމައެއްގެ އެހީތެރި ކަމެއްނެތިއެވެ.އަފްރިން ދުނިޔެއަށް އުފަންވި ދުވަހު މަންމަ ވަނީ އެނޭވައާއި އެކު މިދުނިޔެއާއި އަބަދަށް އަލްވަދާއު ކިޔައިފައެވެ.ނަމަވެސް އަފްރިންގެ ބައްޕަ އަފްރިން މިވަރު ކޮށްފަ އެހެރީ ވަރަށް ލޯބިންނެވެ.ބައްޕަގެ މަރު އެއީ އަފްރިންގެ މިހާރުގެ ހިތްދަތިކަމެވެ.އެހެންކަމުން އަފްރިންގެ ހިތް ހަލާކޮށްލައިފިއިވެއެވެ.

ނަވިން މެންދުރު އޮފީހުން ނިމުނު އިރު ހުރީ ވަރުބަލިކަން އިހްސާސްވެފައެވެ.އެހެންކަމުން ފެންވަރާލައިގެން ކުޑަކޮށް ނިދޭތޯ ޖައްސައިލިއެވެ.ނަމަވެސް އެއްގޮތަކަށްވެސް ނިދޭ ގޮތެއް ނުވިއެވެ.އެ ރީތި އަންހެންކުއްޖާ ލޮލުގަ ވަނީ ޖެހިފައެވެ.އެކުއްޖާގެ އެހިމޭންކަން ނަވިން އަށް އެއްގޮތަކަށްވެސް  ކަމުނުދެއެވެ.އެހަމަހިމޭންކަމުގައި ފޮރުވިފައިވާ ސިއްރު ހޯދުމަކީ އޭނާގެ ޢަޒުމެވެ.އެހެންކަމުން ހަވީރު ފައިސަލު މެންގެއަށް ދިއުމަށް ރާވައިލިއެވެ.އެގެއަށް ގެނައި ހަދިޔާތައް ވެސް އަދިވެސް ނުދެވެއެވެ.އެހެންކަމުން ހިތް އުފަލުން ނަށައިލިއެވެ.ނަވިން އަކީ ލާނެއް ކުއްޖެކެވެ.ނަމަވެސް އަޙުލާގު ރަގަޅު ކުއްޖެކެވެ.ފައިސަލުގެ މަންމަ މަރީނާ ނަވިންދެކެ ވަރަށް ލޯބި ވާނެއެވެ.

ހަވީރުވާން ކައިރިވިތަނާހެން ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ.އެހެންކަމުން ނަވިން ފޫހިވެފައި ފޯނާއި ކުޅެލަ ކުޅެލާއޮތެވެ.އިރުކޮޅަކުން ވާރޭ ހުއްޓައިލިއެވެ.މަގުމަތި ފެންބޮޑުވެފަ އޮތުމުގެ ސަބަބުން ސައިކަލުގެ ބަދަލުގައި ހިގައިފައި އެގެއާއި ހަމައަށް ދާން ނަވިން ގަސްތު ކުރިއެވެ.އެހެންކަމުން ގެނައި ހަދިޔާ ކޮތަޅު ހިފައިގެން ހިގައިގަތެވެ.ފައިސަލުގެ ގެއަށް ދާން އޮންނަ ގޯޅިއާއި އަރާހަމަވިތަނާހެން ބާރަށް އައި ބައިސްލަލެއްގައި ޖެހި ނަވިން ވެއްޓުނެވެ.އަދި ބައިސްކަލުގައި އިން އަންހެންކުއްޖާ ބާރަކަށް އައިސްޖެހުނީ ނަވިންގެ މޭގައެވެ.ނަވިންއަށް ވުރެކުރިން ހުޝިޔާރު ކަމާއެކީ އަންހެންކުއްޖާ ތެދުވިއެވެ.ނަވިން ތެދުވި އިރު ލައިގެން ހުރި ޓީޝާޓުގަ ހުރީ ހުސް ކިސަޑެވެ.އައި ރުޅިން ނަވިންއަށް ކިޔުނު އެއްޗެއްވެސް ނޭގުނެވެ.ނަވިން އައް ބޯހިއްލައި ލެވުނު އިރު އޭނައަށް ފެނުނު ރީތި އަންހެނަކުއްޖާއެވެ.މައާފަށް ވެސް އެދުމެއްނެތި އެކުއްޖާ އައި ކޮޅަށް އެބުރި ފައިސަލު މެންގެއަށް ވަނެވެ.ނަވިންވެސް ހިގައިގަތީ ކުރިއަށެވެ.ފައިސަލުގެ ގެއަށް ދިޔައިރު ފައިސަލު ގެއަކު ނޫޅެއެވެ.އެހެންކަމުން މަރީނާ ދައްތަގެ އަތަށް ހަދިޔާ ކޮތަޅު ދިނެވެ.އެވަގުތުގަ މަރީނާގެ ލޮލުގައި އަޅައިގަތީ ނަވިންގެ ޓީޝާޓެވެ.ވީކީއްތޯ އަހައިލުމުގެ ކުރިން ނަވީން ބުންޏެވެ.ދައްތާ.މިއި ދެންެމެ ހަަމަ ކަނޑުމަތި އަޅައިފައި.ނަވިން އެހެންބުނެލި  ވަގުތަކީ އަފްރީން ކޮޓަރިން ނުކުތް ވަގުތު ކަމުން ކިތަންމެހާވެސް އެ ޖުމުލަ ސާފުކޮށް އަފްރިން އަށް އަޑު އިވުނެވެ.އަފްރިން އަށް ހާސްކަމެއް ލިބުނެވެ.މިޒުވާނާ އެގޭގައި ހުރީތީއެވެ.ނަވިން ލޮލުގެ ކޮޅުްން އަފްރިން އަށް ބަލަމުން ވާހަކަ ދައްކަމުން ގެންދިޔައެވެމަރީނަށްތަ ގެ ވާހަކަ ގިނަކަމުން ނަވިން ވެސް ހުރީ ހާސްވެފައެވެ.ގެއަށް ދެވުނީ ވަރަށް ލަސްވިފަހުންނެވެ.

އަފްރިން އަށް ހުރެވުނީ ގަބުވެފައެވެ.ފައިސަލުބެގެ ރައްޓެއްސަކަށް އެނަވިން ވީމައެވެ.ހުރިހާ ކަމެއް އެގުނީމަ އޭނާގެ ބޯހާސްކުރުވަން ފަށައިފިއެވެ.ދެންހަދާނެ ގޮތަކާއި މެދު ވިސްނަމުން ދިޔައެވެ.ެ

 

Share Article

Follow Me Written By

Sunoo

Level 1

Other Articles

Previous

މިހިތުގެ ފަސާނާ 33

Next

ފުން އިހުސާސެކޭ 5

Next
April 10, 2017

ފުން އިހުސާސެކޭ 5

Previews
April 9, 2017

މިހިތުގެ ފަސާނާ 33

7 Comments!

  1. Hajja says:
    April 10, 2017 at 2:22 pm

    Vaahaka reethi… Bt v kuru

  2. Maree says:
    April 10, 2017 at 2:55 pm

    reethi ekam v kuru

  3. Sunoo says:
    April 10, 2017 at 6:25 pm

    Tnkxxx.sry dhn faharaku dhiguvaane…maadhama up kohdheveythoa v try kuraanan

  4. Pink handi says:
    April 10, 2017 at 7:19 pm

    Ekam dhebai ekkollyma ves ehn liyuntheringe half akah naadhey
    Kada

  5. shafu says:
    April 10, 2017 at 11:22 pm

    v nice ekam v kuru..

  6. Shai. says:
    April 11, 2017 at 8:46 pm

    V Reethi vaahaka. But maa bodah ves kuru.

  7. Ree says:
    April 13, 2017 at 5:25 pm

    V reethi ekamaku haadhahaa vaakurey, aneh bai gennaanee kon irakuntha haadha lahey

Comments are closed.



All Right Reserved!