Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވެސް އޮތީ ހިތެކެވެ.

ziyaad Level 110 Stories
October 28, 2013 4 Mins Read
7 Comments

ހުރިހާ ކިއުންތެރިންނަށް މިވާހަކަ އަކީ އަހަރެންގެ ހަޔާތުގައި ކުރެވުނު އެންމެ ހިތި އަދި ހަނދާނުން ފޮހެލަން ދަތިވި ތަޖުރިބާއެވެ. މިވާހަކަ ވެސް ތިއަ ކިއުންތެރިންނަށް ރީތިވާނެ ކަމަށް އުއްމީދުކުރަމެވެ.

އަހަރެންނަކީ އުތުރުން ދެވަނަ އަތޮޅުގެ އާބާދީގެ ގޮތުން އެއަތޮޅުން ދެވަނަ ލިބިފައިވާ ރަށަށް ނިސްބަތްވާ ފިރިހެން ކުއްޖަކީމެވެ. އަހަރެންގެ ޒުވާންކަން ފެށިގެން އައި ދުވަސްވަރު އެހެން ޒުވާނުންނެކޭ އެއްފަދައިން އަހަރެންގެ ހިތުގައިވެސް ލޯތްބޭމިކިޔާ ޖަޒުބާތު އުފެދި އުތުރި އަރަން ފެށިއެވެ. އެގޮތުން ކުއްޖަކާއި ގުޅެން ބޭނުންވިއެވެ. އެކުވެރިން ބިޓުން ނަގައިގެން އުޅޭތަން ފެނުމުން އަހަރެންވެސް އެކަންކުރާ ހިތްވެއެވެ. އެކުވެރިން ފަދައިން ލޯބިވެރިޔާ ގޮވައިގެން ތުޑިމައްޗަށައި އަދި ހަނދުވަރު ރީތި ރޭރޭ ހަނދުވަރުމަތީ އޭނާގެ އަތުގައި ހިފައިގެން ހިނގާން ބޭނުންވިއެވެ.

ނަމަވެސް އަހަރެންގެ ހިތްބުނަމުން ދިޔައީ އަހަރެންނަށް ލޯބީގެ އުފަލެއް ނުލިބޭނެކަމަށެވެ. ސަބަބަކީ އަހަރެންގެ ނުކުޅެދުންތެރިކަމޭ މިކަން ހިތައްވަނުމާއެކު ލިބޭ މާޔޫސްކަމެއްގެ ބޮޑުކަމުން ފަހަތަށްޖެހެވެނީއެވެ. ބައެއް ދުވަސްދުވަހު ހަވީރުގެ ވަގުތުހޭދަ ކޮއްލަންތުނޑި މައްޗަށް ޖައްސާލަމެވެ. އެދުވަސްދުވަހު ތުނޑިމަތީ ތިބޭ ލޯބިވެރިންގެ ޖޯޑުތައް ފެނުމުން ވަރަށް އަސަރުކުރެއެވެ. އަހަރެންނަށް މިފަދަ އުފާވެރިކަމެއް ފެއްނާނީ ކޮންދުވަހަކުންބާއޭ ހިތަށްއަރައެވެ. މިފަދަ ހާލެއްގައި ދުވަސްތައް ވޭތުވަމުންދެއެވެ. އެއްމެފަހުން އަހަރެންގެ ޒަމީރު އަހަރެންނަށް ވިސްނައިދިނީ ކުއްޖަކާ ރައްޓެހިވުމަށެވެ.

މިހެންވެ އަހަރެންނަށް ކަމުދާ ކަހަލަ އަހަރެން ހިތްކިޔާ ކަހަލަ ކުއްޖަކު ދިމާވޭތޯ އަތް ފުނާ އަޅަން ފެށީމެވެ. އެއީ އަހަރެން ކިޔަވަން އުޅުނު ދުވަސްވަރެވެ. އަހަރެން ކުރަމުން ދިޔަ މަސައްކަތް މާގިނަދުވަހެއް ނުވެ ކާމިޔާބުވެއްޖެއެވެ. އަހަރެންގެ ހިތްއެދޭ ކަހަލަ ސިފަތަކެއް ލިބިފައިވާ ކުއްޖަކާ ދިމާވެއްޖެއެވެ. އެކުއްޖާ ފެނުމާއެކު އަހަރެންގެ ހިތް އަހަރެންގެ އަތުން ބީވެއްޖެއެވެ. އެވަގުތުން ފެށިގެން އަހަރެންގެ ބާރުގެ ދަށުގައި އަހަރެން ކޮންޓުރޯލް ކުރަމުން ދިޔަ ހިތް އަހަރެންނަށް ބީރައްޓެހިވިއެވެ. ހިތް އަހަރެންގެ ހަށިގަނޑުގައި އޮތަކަސް ހިތަކީ އެހެން މީހެއްގެ މިލްކަކަށްވެއްޖެއެވެ. އަހަރެންގެ ހިތް އެދެމުން ދިޔައީ އެއަންހެންކުއްޖާއަށެވެ.
އެއަންހެންކުއްޖާއަކީ ކިޔެވުމަށްޓަކައި މިރަށަށް އައިސް ހުރި އަތޮޅުގެ އެހެން ރަށެއްގެ ކުއްޖެކެވެ. އެކުއްޖާ ފެނުމުން އަހަރެން ހުރީ ފާޑަކަށް ގަބުއަރާފައެވެ. ހިނގައި ގައްނަންވެސް ނޭނގިފައެވެ. ” އޭއް ޒިޔާ ކޮބާ މިއަދު ކުލާހަށް ނުވައްނަ ދުވަހަކީތަ؟” އަހަރެއްނަށް ހޭވެރިކަންވީ އެކުވެރި ނިމާލުގެ އަޑުންނެވެ. ސިހިފައި ބަލާލެވުނީ އެކުވެރިޔާގެ މޫނަށެވެ. އެއަށްފަހު ދެންމެ ފެނުނު ރީތި އަންހެން ކުއްޖާ ކޮބައިތޯ ނަޒަރު ހިންގާލެވުނެވެ. ނަމަވެސް އެވަގުތު އެތާ އެއްވެސް ކުއްޖަކުނެތެވެ. ހުރިހާ ކުދިން ކުލާހަށް ވަދެއްޖެއެވެ. “މިހާރު ރަނގަބީލުޖެހީތަ؟” ރަހުމަތްތެރިޔާގެ މޫނަށް ބަލައިލަމުން އަހަރެންއަހާލީމެވެ. “ޒިޔާއަށް ހަމަ ސާބަސް އިނގޭ މިހާރު ރަނގަބީލު ޖެހިތާކޮންއިރެއް ދެންވެސް އަވަހަށް ކުލާހަށްދޭބަ” އެކުވެރިޔާ ބުނެލިއެވެ.

ކޮންމެ އަކަސް އެދުވަހު ކުލާހުގައި އިންއިރުވެސް ވިސްނެނީ އެއަންހެން ކުއްޖާއާއިމެދުއެވެ. އެކުއްޖާއަށް ލޯބި ހުށައަޅާނެގޮތަކާއި ދޭތެރޭގައެވެ. ކުލާހުގައި ގެއްލިފަ އިންނާތީ ޓީޗަރުވެސް އެކަމާއި ސުވާލުކުރިއެވެ. ނަމަވެސް އަހަރެއްނަކަށް އެކަމަކަށް ޝައުގުވެރިއެއްނުވެވުނެވެ.
ކުލާސް ނިމުމުން އަހަރެން ނިކުމެ އިންތިޒާރުކުރަމުން ދިޔައީ އަހަރެންގެ ހިތް ނުދެނެހުއްޓާ ޖަހައިގަތް އެހޫރު ޕަރީއެއް ފަދަކަމަނާއަށެވެ. އެކުއްޖާ ނިކުއްނާނެއިރަކަށެވެ. ” ކޮބާ މިއަދުގެ އަށްނުދާދުވަހަކީތަ؟” ގެއަށް ދިއުމުގެ ބަދަލުގައި އަހަރެން ސުކޫލު ގޭޓު ކައިރި މަޑުކޮށްގެން ހުއްޓަތީ އެއްކަލަ ރަހުމަތްތެރިޔާ އައިސް އަހާލިއެވެ. އޭރު ސުކޫލުން އަންހެން ކުދިންތައް ނިކުއްނަމުންދެއެވެ. ” ނޫން ދެން ދާންއުޅެންވީދޯ! ” އަހަރެން ސުކޫލުން ނިކުއްނަމުން ދިޔަ ކުދިންތަކާ ދިމާއަށް ބަލަންހުރެ ބުނެލީމެވެ. އަހަރެން މިހެންބުނުމާއެކު އެކުވެރިޔާ ހިނގައްޖެއެވެ.
އަހަރެންގެ ކެއްތެރިކަން ކޮޅުންލާން ކައިރިވި ކަހަލައެވެ. އަހަރެންގެ ހިތް އެކުއްޖަކު ދުށުމަށް އެދެމުންދާ ކުއްޖާ އަދި ވެސްނުނިކުމެއެވެ. ” އޭއް ޒީނާ ތަންކޮޅެއް އަވަހަށް އައިސްބަލަ” ކުއްލިއަކަށް އަހަރެންނާއި ދާދި ކައިރިން އަންހެން ކުއްޖަކު ގޮވާލިއަޑު އިވުނެވެ. އެއާއެކު ސިހިފައި ފަހަތަށް އެނބުރި ބަލައިލެވުނެވެ. އެއާއެކު އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. އަހަރެން އެކުއްޖަކު ނުފެނިގެން ހޯދަމުން ދިޔަކުއްޖާ އަހަރެންނާއި ދާދި ކައިރީގައި ހުއްޓެވެ. ” އޯތް ރިފޫ މިދަނީއޭ ” ޒީނާ ތަންކޮޅެއް ދުރުގައި ހުރެފައިޖަވާބު ދިނެވެ. “ރިފޫ ރިފޫ އޯއް ހާދަ ރީތި ނޭމް އެކޭ” އަހަރެން ހިތާހިތާ ބުނެލީމެވެ.

ރިފޫއަށް އަހަރެން ފެނުމާއެކު އަހަރެންނާއި ދިމާއަށް ވަރަށް ބެލިއެވެ. އަހަރެންވެސް ރިފޫގެ އެރީތި ހަށިގަނޑަށް ވަރަށް ޝައުގުވެރިކަމާއެކު ބަލައިލީމެވެ. ރީތިދެލޮލެވެ. ފަން އިސްތަށިގަނޑެކެވެ. ހިމަ ތޮޅި ކުލައަލިހަށިގަނޑެކެވެ. ރިފޫގެގައިގަ އަހަރެން ހިތް އެދޭ ހުރިހާ ސިފައެއް އެބަހުއްޓެވެ. ރިފޫ އަހަރެންނާއި ދިމާއަށް މާވަރަކަށްބަލާތީ އަހަރެން ފުރަތަމަ ހީކުރީ ރިފޫއަށްވެސް އަހަރެންކަމުދިޔައީ ކަމަށެވެ. ނަމަވެސް މިހީކުރެވުނީ ކުއްހީއެއްކަން އެނގުނީ ރިފޫ އޭނާގެ ރަހުމަތްތެރިޔާއާއި ކުރިސުވާލަކުންނެވެ. “ރިފޫ އެހެރީ ކޮންކުއްޖެއްތަ؟ އެކުއްޖާގެ ލޮލަށް އެހުރީ ކިހިނެއްހަދާފަތަ؟” ރިފޫ އަހާލިއެވެ. އެއާއެކު އަހަރެންކުޑަ ކޮއްޖެހިލުންވާ ގޮތްވިއެވެ. ސަބަބަކީ އަހަރެން އުފެދުމުގައިވެސް އަހަރެންގެބަލި ލޮލެއްއިނދެއެވެ. މިހެންވެ އަލަށް އަހަރެންނާއި ދިމާވާ ކުދިން އަހަރެންނާއި ދިމާއަށް ވަރަށް ބަލާނެއެވެ. އަހަރެން އިސްދަށަށް ޖަހާލީމެވެ. އަދިގެއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ.
ހިތާމަޔާއި މާޔޫސްކަން އަހަރެން ވަށާލިއެވެ. އަހަރެންނަށް ވިސްނުނުގޮތުގައި ރިފޫދެކެ އަހަރެން ކިތައްމެ ލޯބިވިއަސް އަހަރެއްނަކަށް ރިފޫގެ ލޯތްބެއް ނުލިބޭނެއެވެ. “އަހަރެން ކަހަލަ ނުކުޅެދޭ މީހަކާ ރައްޓެހިވާނީ ކާކު ހެއްޔެވެ.އަހަރެންނަށް އޮތީ ހިތާމަހިތްދަތި ކަމެވެ. އެކަނިވެރިކަމާ މާޔޫސްކަމެވެ.ރިފޫ އަހަރެންނާއި ރައްޓެހިނުވާނެކަން ހަމަޔަގީން] އަހަރެންގެ ޒަމީރު އަހަރެއްނަށް އަހަރެންގެ ހައިސިއްޔަތު ހަނދަންކޮއްދިނެވެ.
[ ޒިޔާ ތިވިސްނަނީ އަދި ރަނގަޅަކަށް ނޫން ރިފޫ ޒިޔާއާއި ރައްޓެހިވާނެކަމެއް ނުވަތަ ނޫންކަމެއް އެނގޭނީ އޭނާ ކައިރި އަހާލީމަ އެއްނުއެއްވެސް މީހަކަށް އަނެކެއްގެ ހިތުގަ އޮށްނަ އެއްޗެއް ނޭނގޭނެ ހުރިހާ އަނހެނުން އެއްގޮތެއް ނުވާނެ] އަހަރެންގެ ރަހުމަތްތެރިޔާ ވިސްނައިދިނެވެ.
ކޮއްމެއަކަސް ރަހުމަތްތެރިޔާ ދިންހިއްވަރުން ރިފޫއަށް ލޯބި ހުށައަޅަން އަހަރެން ނިއްމީމެވެ. އަނެއްދުވަހު ސުކޫލަށް ދިޔައީ އެކަމަށް ތައްޔާރުވެގެންނެވެ. ” ޒިޔާކިހިނެއްތަ؟” އަހަރެން ސުކޫލް ގޭޓާއި އަރާހަމަވި ތަނާކުއްލިއަކަށް އައިސްހުއްޓުނީ އެކުއްޖަކަށްޓަކައި އަހަރެންގެ ހިތްއެދި ގޮވަމުންދާ ޒުވާން އަންހެންކުއްޖާ ރިފޫއެވެ.
ރިފޫ ކުއްލިއަކަށް އައިސް އެހާރަށްޓެހިކޮއް ވާހަކަދައްކަން ފެށުމުން އަހަރެން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. “ޒިޔާ އަހަރެންނާއި ރުޅިންތަ؟” އަހަރެން ބުނާނެ އެއްޗެއް ނޭނގި އަނގަ ނަގައިގެން ހުއްޓާ އަނެއްކާ ރިފޫ ވާހަކަދެއްކިއެވެ. ” ނޫންނޫން ރުޅިއެއްނޫން އަހަރެން އަވަސްއަވަހަށް ބުނެލީމެވެ. އެވަގުތު ރިފޫ ހިނިތުންވެލިއެވެ.
[އިއްޔެ އެގޮތަށް ކަންތައްކުރެވުނަތީ ވަރަށްބޮޑަށް ސޮރީ! ރިފޫ އަރިފޫގެ އެކުވެރިޔާ ހުރިހާ އެއްޗެއް ކިޔައިދީފި ޒިޔާގެ ހާލަތު އެނގުމުން ވަރަށް ދެރަވި އަދިވެސް އެއް ފަހަރުމާފަށްއެދެން] ރިފޫ މާފަށްއެދުނެވެ. “އިޓުސްއޯކޭ” އަހަރެން އުފާވެރިކަމާއެކު ބުނެލީމެވެ.
ކޮއްމެއަކަސް އެދުވަހަށްފަހު އަހަރެމެން ދެމީހުންގެ ގުޅުން އެއްދުވަހުން އަނެއްދުވަހަށް ދިޔައީ ބަދަހިވަމުންނެވެ. ދެމީހުންއެކުގައި ހޭދަވާވަގުތު ގިނަވާންފެށިއެވެ. ހަވީރުގެ ހިއްފަސޭހަ ވަގުތުތަށް ރަށުގެ ތުނޑިމަތީގައި ހޭދަކުރުމާއި ދެމީހުންއެކުގައި ކެއުންތަކަށްދިއުން ގިނަވިއެވެ.
އަހަރެންގެ ހިތާމަވެރި ދިރިއުޅުމަށް ނިމުމެއް އައީކަމުގައި އަހަރެންދުށީމެވެ. އަޑިގަޑަކަށްފަހު އުސްގަނޑެއް އައްނާނޭ މީހުން އެބުނަނީ ތެދެއްކަން މިއަދު އަހަރެންނަށްގަބޫލުކުރެވުނެވެ.
މަހެއްގެ ސާދަވިލޭރެއެއްގެ ހަނދުވަރުމަތީ ހަނދުވަރާއި އުޑުގައިވާހާ ތަރިތަރިތަކެއް ހެކިކޮއް އަހަރެން ރިފޫދެކެ ލޯބިވާ ވާހަކައާއި ރިފޫއާއި އިންނަން ބޭނުން ވާހަކަބުނީމެވެ. ވަރަށް އުއްމީދާއިއެކުގައެވެ. އަހަރެންގެ ވިރެމުންދާހިތުގެ އުދާސްތައް ރިފޫގެ ކުރިމައްޗަށް ބަންޑުން ކޮއްލުމާއެކު ރިފޫއިންތަނުން ތެދުވިއެވެ. އަދި އަހަރެއްނާ ފުރަގަސްދިނެވެ. އެއާއެކު އަހަރެންގެ ހިތްވަރަށްބާރަށް ތެޅެންފެށިއެވެ. ހިތްހީވަނީ ހަށިގަނޑުގެ ތެރެއިން ފުންމާލަފާނެހެންނެވެ. އަހަރެން ހާސްވިލެއް ބޮޑުކަމުންކައްނޭނގެއެވެ. އަހަރެންދާ ހިއްލާފޯވެއްޖެއެވެ.
ފުރަގަސްދީގެން ހުރިރިފޫ އެއްވެސްއެއްޗެކޭ ނުބުނެ ހިގައިގަތެވެ. އަހަރެއްނާއިދުރަށެވެ. “ރިފޫދަނީތަ؟” އަހަރެން ވަރަށް ހިއްވަރުކޮށްފައި އަހާލީމެވެ. ރިފޫހުއްޓުނެވެ. އަދި އަހަރެއްނާއި ދިމާއަށް އެނބުރިލިއެވެ. އޭރު އަހަރެންގެ ނިއްކުރިންދާ އޮހޮރެއެވެ. “ޒިޔާ މިހާރު ތިވާހަކަ ބުނަންވެއްޖެތާ ކޮންދުވަހެއްތަ؟ރިފޫވެސް ވަރަށް ލޯބިވޭޒިޔާދެކެ” ރިފޫ ހިނިތުންވެލާފަ ބުނެލިއެވެ. [ހަމައަސްލުވެސްތަ؟އަހަރެއްނަކަށް ގަބޫލެއްނުކުރެވުނެވެ. އަހަރެން ސަހާދަތް އިގިލީގައި ދައިގަތީމެވެ. މިފެއްނަނީ ހުވަފެނެއްތޯ ޔަގީންކުރުމަށެވެ. މިފެއްނަނީ ހުވަފެނެއް ނޫންކަން ޔަގީންވީ އިނގިލީގައި ދަތްއެޅުމުން ތަދުވީމައެވެ.
އަހަރެއްނަށް ދުނިޔޭގައިވާ ހުރިހާ އުފަލެއްއެއް ފަހަރާލިބުނުކަހަލައެވެ. އަހަރެން ވީއުފަލުން ރިފޫގައިގަ ބައްދާލީމެވެ. ދުވަސްތައް ފާއިތުވަމުން މާޒީއާއި އެކުވަމުންދެއެވެ. އަހަރެންނާއި ރިފޫގެ ލޯބި ދުވަހެއް ދުވަހަކަށް ވަރުގަދަވެ އާލާވަމުންދިޔައެވެ.
ރިފޫ ބުނަމުން ދިޔައީ އަހަރެން ބަލިކުއްޖަކަށް ވިއަތީ އެހެން އަންހެން ކުދިންކަންތައް ކުރިގޮތަށް އޭނާކަންތައް ނުކުރާނެކަމަށެވެ. އަހަރެއްނާއި މެރީކުރާނެކަމަށެވެ. ރިފޫގެ މައިންބަފައިންނަށްވެސް އަހަރެންގެ ހަގީގަތްކިޔައިދިނެވެ. އެމީހުންވެސް އަހަރެންނާއި ރުހޭކަމަށް ރިފޫ ބުނަމުން ދިޔައެވެ.
ރިފޫ އަހަރެންގެ މަންމައާއި ވެސްބައްދަލުކުރިއެވެ. ދުވަހަކުވެސް އަހަރެންނާއި ވަކިނުވާނެކަމާއި އުމުރަށް އަހަރެންނާއި އެކުއުޅޭނެކަމަށް ބުންޏެވެ.
ކޮއްމެއަކަސް އަހަރެންގެ ހަޔާތަށް ރިފޫއައުމުން ހަރީފުގެ ހިޔަނި އެޅިފައިވާ އަހަރެންގެ އެކަނިވެރި ދިރިއުޅުމަށް ބަހާރު މޫސުން އައިކަހަލައެވެ. އަހަރެން ހީކުރަމުން ދިޔައީ އަހަރެންގެ މިއުފާވެރި ދިރިއުޅުމަށް ދެން ހަރީފުގެ ހިޔަނިވެސް ނޭޅޭނެކަމަށެވެ.
ނަމަވެސް ކުޑަދުވަސްކޮޅެއް ވީތަނާ އަހަރެންގެ އުފާވެރި ދިރިއުޅުމަށް ހަރީފުގެ ކަޅުހިޔަނި އެޅިއްޖެއެވެ. އުޑުމަތި ސާފުރީ ތިދުވަހެއްގައި ކުއްލިއަކަށް އުދަރެސްބައްދާލާފައި ވެހިގަތްބޯކެރިގަނޑެންހެންނެވެ. އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅޭތާކުޑަ ދުވަސްކޮޅެއް ވީތަނާކުއްލި ގޮތަކަށް ރިފޫރަށަށް ދިއައެވެ.
އެދިޔަގޮތަށް ރިފޫގެހަބަރެއް ނުވާތާ ތިންމަސްފަހުން އިވުނީ ރިފޫ މެރީކުރި ހަބަރެވެ. އެހަބަރު ލިބުމާއެކު އަހަރެންނަށްކުރި އަސަރުދުލަކުން ގަލަމަކުން ބަޔާނެއް ނުކުރެވޭނެއެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނައޮހިގަތީ ބާރު ސްޕީޓުގައި ފަރުބަދަމަތިން އޮހިގެން އައްނަ ސައިލެއް ފަދައިންނެވެ. އަހަރެން ބިނާކުރަމުންދިޔަ ހުވަފެނީ ގަނޑުވަރުތައް ފުޑުފުޑުވިއެވެ.
އަހަރެން ރިފޫއާއި ބައްދަލުކުރީމެވެ. އަދި އަހަރެއްނަށް މިފަދަ ދެރައެއް ތިދިނީކީއްވެތޯ ސުވާލުކުރީމެވެ. ރިފޫބުނީ އެއްވެސްއިރެއްގައި ރިފޫ އަހަރެންދެކެ ލޯބިނުވާކަމަށެވެ. އަދި އަހަރެން ކަހަލަ ނުކުޅެދޭ މީހަކާއެކު ދިރިއުޅުމެއް ފަށާނީ ކިހިނެއްހެއްޔޭ މިހެންނެވެ. އަހަރެންނަށް ރޮވުނެވެ. [ރިފޫ އަހަރެންދެކެ ލޯބިނުވާއިރު އަހަރެއްނަށް ރިފޫގެ ލޯބިދިނީ ކީއްކުރަންތަ؟ އަހަރެއްނަށް އުފާވެރި ހަޔާތެއް ހޯދައިދޭނަމޭބުނެ އަހަރެންހެއްދީ ކީއްވެ؟ ރިފޫއަށް ނޭނގުނަކަސް އަހަރެންގެވެސް އޮތީ ހިތެކެވެ. އެހިތަށްވެސް އަސަރުކުރޭ ] އަހަރެންޝަކުވާ ކުރީމެވެ. ނަމަވެސް މިއަދު އެޝަކުވާތައް އަޑުއަހާކަށް ރިފޫ ބޭނުމެއްނުވިއެވެ.
ލޯބިދޭންވީ ކީއްވެހޭ ވަކިވުމަށްހިތުލާފަހުން
ލޯބި ދީފާ އަތުލުމީ ކަތިލުމޭފިރުމާލަމުން
ކޮއްމެއަކަސް ހިތާމަޔާއި މޮޅިވެރިކަމުގައި އަހަރެން އެގެއިން ނިކުތީމެވެ. އެއަށްފަހު އަހަރެން އަޒުމް ކަނޑައެޅީ އެމަކަރުވެރި ބޭވަފާތެރިޔާއަށްޓަކައި އަހަރެންގެ ލޮލުން އެއްމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލުމަށެވެ. ރިފޫ ދެކެވީ ލޯބިކަފުންކޮށްވަޅުލުމަށެވެ.
ނިމުނީ

Share Article

Follow Me Written By

ziyaad

Level 110 Stories

Other Articles

Previous

ވީމޭ އިންތިޒާރުގައި 23 ވަނަ ބައި

Next

ވީމޭ އިންތިޒާރުގައި 24 ވަނަ ބައި

Next
October 28, 2013

ވީމޭ އިންތިޒާރުގައި 24 ވަނަ ބައި

Previews
October 28, 2013

ވީމޭ އިންތިޒާރުގައި 23 ވަނަ ބައި

7 Comments!

  1. Jaishan says:
    October 28, 2013 at 7:15 pm

    ?Life’s A Bitch Isnt It
    ލޯބިވެސް ހީވަނީ އެއްބައި މީހުންގެ އެއްޗެއްހެން ދޯ ހީވަނީ… އަބަދުވެސް ރީތި މީހުންގެ އެއްޗަކާ ވައްތަރީ….
    އެކަމު ސަޅި މިވާހަކަ…
    އައި މީން، އިޓްސް ޓްރެޖިކް…..

    1. cialis online says:
      September 24, 2014 at 12:16 am

      I’m really into it, thanks for this great stuff!

  2. Chiyyy says:
    December 16, 2013 at 2:30 pm

    kEwl

  3. habeys says:
    January 28, 2014 at 2:33 pm

    ހަގީގަތުގައި ވަރަށް އުފާވޭ ދިވެހިބަހުން، ދިވެހިދަރިންގެ ގަލަމުން ، ބަހުގެ އަދަބިއްޔާތައް މަސަތްކަތް ކޮއްދެވާތީ..ވާހަކައިގައި ހުރި ކަންކަމަށް ފާޑުކިޔުމުގެ ނަޒަރަކުން ބަލާއިރު….”އެކުއްޖާ ފެނުމާއެކު އަހަރެންގެ ހިތް އަހަރެންގެ އަތުން ބީވެއްޖެއެވެ. އެވަގުތުން ފެށިގެން އަހަރެންގެ ބާރުގެ ދަށުގައި އަހަރެން ކޮންޓުރޯލް ކުރަމުން ދިޔަ ހިތް އަހަރެންނަށް ބީރައްޓެހިވިއެވެ.،،،” ބުނަން ބޭނުންވާ ވާހަކަ އެހެން މީހުންގެ ޝައުގުވެރިކަން ވާހަކައަށް ލިބޭފަދަ ގޮތަކށް މިފަދަ ޖުމްލަތަކުން ފާޅުވެ. ރަނގަޅު

  4. Lovely Manaal says:
    March 7, 2014 at 10:54 am

    Ziyaad indheytha Bali loleh? Kihinehvefa hunnany.. Varah dheravejje mi haadhisaa kiyaafa
    Ziyaad ah vaane dheravejje ihsaasvey.. Ok bye

  5. shahu says:
    August 31, 2016 at 10:47 am

    Varah asaru gadha.varah reethi

  6. no one says:
    September 8, 2016 at 3:09 pm

    is tht ur life tha aslahvx…:(

Comments are closed.



All Right Reserved!