މައިޝާ (7)
ނަޖާހުުގެ ސުވާލަށް ޖަވާބުދޭން އަނގަ ހުޅުވާލިތަނާ ފޯނު ރިންގް ވާން ފެށުމުން އެބަ އަންނަމޭ ބުނެފައި ނަޖާހު ނުކުތީ ބެލްކަންޏަށެވެ. ދެތިން މިނެޓު ނުވަނީސް ނަޖާހު އެބުރި އައީ ހަމްދާން އަށް ވީ ގޮތް ބަލަން ކެތްމަދުވެފައި ހުރެއެވެ. އޭނާ ދިޔައިރު ހަމްދާން އޮތީ ކުރިންވެސް އޮތް ގޮތަށް ބާލިސް މޫނުމަތީގައި އަޅައިގެންނެވެ. “ކުޑޭ..ކުޑޭ” ނަޖާހު ދެފަހަރު ގޮވާލުމުންވެސް ހަމްދާން ބަހެއް ނުބުނެއެވެ. ” ދާން. ތިއްތި ކައިރީ ބުނެބަ ވީ ގޮތެއް”..” ތިއްތި.. އައި ލަވް ސަމްވަން. އެކަމް އޭނަ ދާން ދެކެ ލޯތްބެއް ނުވޭ. އޭނަ ބޭނުންވަނީ އެހެން މީހެއް.” އެއޮތް ގޮތަށް އޮވެ ހަމްދާން ބުނެލިއެވެ. “ކާކު؟ ތިއްތި ކައިރީ ބުނެބަ. މުޅި ދުނިޔެއާއި ހަނގުރާމަ ކޮށްގެން ވިޔަސް ތިކުއްޖާ ކުޑޭއަށް ހޯދަދޭނަން.” ހަމްދާނަށް ކުޑަނަމަވެސް އުއްމީދެއް ދެވޭތޯ ނަޖާހު މަސައްކަތް ކުރަމުން ދިޔައެވެ. “އޭނަ އެއް ނުލިބޭނެ ދުވަހަކުވެސް. ދާން ހެލްޕްވާނަން އޭނަ އަށް އޭނަގެ ލޯބި ހޯދަދޭން. އައި ވިލް މޭކް ހަރ ސްމައިލް .” ހިތްހަލާކުވެފައިވާ ހާލުވެސް ހަމްދާނަށް މުހިއްމުވީ މައިޝާގެ އުފަލެވެ. އޭނަގެ ލޯތްބެވެ. ހަމްދާން އެ އަންހެންކުއްޖާ ދެކެވާ ލޯބި ފެނި ނަޖާހު ހުރީ ހައިރާންވެފައެވެ.
ދުވަސްތައް ފާއިތުވަމުންގޮސް މިރާން އާއި ނިޝްޔާގެ ގުޅުންވެސް ބަދަހިވަމުން ދިޔައެވެ. މިރާންގެ ހުރިހާ ވަގުތެއް ހުސްކުރަނީ ނިޝްޔާއަށެވެ. ކްލާހުގައި ފޫހި ވެފައި އިން ނިޝްޔާ ފޯން ބަލާލިއިރު މިރާންގެ މެސެޖެއް އައިސްފައި އޮތުމުން ހީލެވުނެވެ. ” މީޓް މީ ޓުނައިޓް އެޓް ދަ ބީޗް އޭރިއާ.- ރެއިން-” ބޭއިޚްތިޔާރުގައި ނިޝްޔާގެ ހިތް އުފަލުން ނަށައިގަތެވެ. މިރާން އާއި ނިޝްޔާ ވާހަކަ ދައްކާކަން މައިޝާއަށްވެސް އިގެއެވެ. ދޮންބެގެ ހިތުގައި ނިޝީގެ ނަން އޮންނަކަން އޭނައަށް އިގެއެވެ. އެދެމެދުގައި އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް އޮންނަކަމަށް މައިޝާއަށް އިހުސާސްވާ ފަހަރުތައްވެސް މަދެއްނޫނެވެ. ނަމަވެސް އެއިން މީހަކު އެއިގެ ވާހަކަ ދައްކަންދެން މައިޝާ ހުންނަނީ ނޭގޭ ކަމަށް ހެދިގެންނެވެ.
އެރޭ އަށެއްޖެހި އިރު ނިޝްޔާ ހުރީ ތައްޔާރުވެލައިގެންނެވެ. ދޫ ކަޅުކުލައިގެ ހިޖާބަކާއެކު އަޅާފައިވާ ކްރީމް ކުލައިގެ ޝޯލް ގައި ނިޝްޔާ ފެންނަނީ ވަރަށް މައުސޫމް ކޮށެވެ. ނިޝްޔާ އިންތިޒާރު ކުރަމުން ދިޔައީ މިރާންގެ މެސެޖަކަށެވެ. މިރާން ކަހަލަ ރީތި މީހަކާ އެކީ ވަގުތު ހޭދަ ކުރެވޭތީ ނިޝްޔާ ހުންނަނީ ވަރަށް ފޮނިވެފައެވެ. މިރާންގެ އިޝާރާތަށް ނިޝްޔާ ހިގަމުން ދިޔައީ ކުރިއަށެވެ. އެ ދެލޯ ހޯދަމުން ދިޔަ ފަރާތް ފެނުނީ ޖީބަށް އަތް ޖަހާލައިގެން މޫދާ ވީ ފަރާތަށް ބަލަހައްޓައިގެން ހުއްޓައެވެ. ރޭގަނޑު އެގަޑީގައި އެ ސަރަހައްދުގައި ހިސާބަކަށް މީހުން އުޅެއެވެ. ލޯބިވެރިންނަށް ރަނގަޅު މަންޒިލެކެވެ. ނިޝްޔާ ގޮސް މިރާންގެ ފަހަތުގައި ހުއްޓިފައި ރެއިން އޭ ކިޔާ ގޮވާލިއެވެ.” ނިޝީ..ޔޫ ލިކް ބިއުޓިފުލް.” މިރާން ނިޝްޔާވީ ފަރާތަށް އެބުރިލާފައި އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ނިޝްޔާ ލަދުން އިސްޖަހާލުމުން މިރާން އަނެއްކާވެސް ނިޝްޔާގެ ރީތި ކަމަށް ތައުރީފް ކުރިއެވެ. މިރާން ނިޝްޔާގެ އެންމެ ކަމުދާ ސިފައަކީވެސް އެއީ އެވެ. “ކީއްވެ ބުނީ މިތަނަށް އަންނަން..” ނިޝްޔާ ހަމަޖެހިލައިފައި އަހާލިއެވެ. “އެއީ ނިޝީ އަށް ސަޕްރައިޒެއް ދޭން.” ނިޝްޔާ ގެ ލޯ މަތީގައި އަތް އަޅާލަމުން މިރާން ބުނެލިއެއެވެ. މިރާން ނިޝްޔާ ކުރިމައްޗަށް ވާ ގޮތަށް ތިރިވެ އޭނައަށް ބަލަހައްޓައިގެން ހުއްޓެވެ.”ވިލް ޔޫ ބީ މައި ގާލް”.. މިރާންގެ އެ ޖުމްލައިން ނިޝްޔާ މިރާން އަށް ބަލާލެވުނީ ގަބޫލު ނުކުރެވޭފަދަ ގޮތަކަށެވެ. މިރާން ކަހަލަ ރީތި ކުއްޖެއްގެ ގާލް ފްރެންޑަށް ވާން އޭނާ ބޭނުންވެއެވެ. ރައްޓެހިންގެ ގާތުގައި ފޮނިވާން އޭނަ ބޭނުންވެއެވެ. އަބަދުވެސް ރީތިކަމަށާއި މޮޅުކަން ބޭނުންވާ ނިޝްޔާ މި ފުރުސަތު ގެއްލުވާލާކަށް ބޭނުމެއްނުވިއެވެ. “ޔެސް”. ރަކި ހިނިތުންވުމަކާ އެކު ނިޝްޔާ މަޑުމަޑުން ބުނެލިއެވެ. މިރާން ވީ އުފަލެއްގެ ބޮޑުކަމުން ނިޝްޔާ ގައިގައި އޮޅުލައިގަތެވެ. އެތަކެއް ވައުދުތަކާއި އަހުދުތަކެއް ވުމަށްފަހު ލޯބިވެރިންގެ ލިސްޓަށް ނިޝްޔާއާއި މިރާންގެ ނަން އިތުރުވެގެން ދިޔައެވެ.
ސައީދާއި ސައާދާ ދެމީހުން ބަދިގޭގައި އަވަދިނެތި އުޅެމުން ދިޔައީ މެންދުރުގެ ކެއުމަށް ތައްޔާރުކުރާށެވެ. ދުވަހަކީ ހުކުރުދުވަސް ކަމުން ސައީދާ ބޭނުންވީ ތަފާތު ކެއުމެއް ތައްޔާރު ކުރާށެވެ. ” ދަރިފުޅާ މަލާ. ހަމްދާން އާއި ނިޝްޔާ ކައިރީ ބުނާތި މެންދުރު ކާން އަންނަން. ” ފެންފޮދެއް ބޯން ބަދިގެއަށް ވަން މައިޝާ ފެނި ސައީދާ ބުނެލިއެވެ. މައިޝާ އާއެކޭ ބުނެލުމަށްފަހު އެބުރި ދިޔައީ ސަކަރާތް ޖަހަމުން ދިޔަ ޒީކާ އާއި މިފްޒާލް ގާތަށެވެ. އޭނަވެސް ސަކަރާތުގައި ބައިވެރިވެގެން އުޅުނެވެ. ” އެއޮތް ބާރަ ޖަހަނީ ޒާލް ދޭ އަވަހަށް ފެންވަރަން . ދޮންބެވެސް މިހާރު ރެޑީވާން ހުންނާނީ” ގަޑިއަށް ބަލާލަމުން މައިޝާ މިފްޒާލް އަށް ބުނެލިއެވެ. ”ޔެސް ދޮންތީ މިދަނީ އޭ.” އަތުގަ އޮތް ބާލީސް ޒީކާ އާއި ދިމާލަށް ހޫރާލުމަށްފަހު މިފްޒާލް ދުއްވައިގަތީ އޭނާގެ ކޮޓަރިއަށެވެ. ނަމާދުން ނިމިގެން ފިރިހެންވެރިން އަންނަންވާއިރަށް ސައާދާމެން ތިބީ ކެއުން ތައްޔާރުކޮށްގެންނެވެ. ޝިއާނުމެން އައިއިރު އައީ ހަމްދާން ވެސް ގޮވައިގެންނެވެ. ” އަހާ މިއޮތް އައީދޯ އެންމެން. އަވަހަށް ކާން ފަށަމާ. ޒީކާ މައިޝާ ތިކުދިންވެސް އާދޭ އަވަހަށް ކާން.” ސައީދާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. މައިޝާމެން ފަހަތުން އައި ނިޝްޔާ ފެނި ރޭގެ ހަނދާންތަކުން އެ ސިކުނޑި ފުރިގެން ދިޔައެވެ. ” ސަޕްރައިޒް”. ވައިއަޑުން މިރާންއަށް ބަލަހައްޓައިގެން ހުރެ ނިޝްޔާ ބުނެލިއެވެ. ނިޝްޔާ އިށީނީ މިރާން ކުރިމަތީގައި ހުރި ގޮޑީގައެވެ.
”ދާން ބަލިވެ ތަ ؟” ހަމްދާން މަޑުމަޑުން އިންނާތީ މައިޝާ ނުހުރެވިގެން އަހާލިއެވެ. ” ނޫނޭ. ތިއީ މައިއަށް ހީވާގޮތް. މައި އޯކޭތަ މިހާރު؟”. ކުޑަ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ހަމްދާން ބުނެލިއެވެ. ” މައި އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު މިހާރު. އިގޭތަ މިރޭ އެބައޮތް މައި މެން ކޮލެޖްގަ ނިއު ކަމާރސް ވެލަކަމް ޕާރޓީ އެހެންވެ ވަރަށް އެކްޒައިޓްވެފަ މިހިރީ. މައި އާ އެއްކޮށް ޒީކް ވެސް ދާނެ…” ހުއްޓާނުލައި މައިޝާ ވާހަކަދައްކަމުން ދިޔައެވެ. ވަރަށް ގިނަ ދުވަސްތަކަކަށްފަހު މައިޝާގެ އުފާވެރިކަން ފެނުމުން އެންމެން ތިބީ ހިތްހަމަޖެހިފައެވެ. ނިޝްޔާ ފިޔަވައެވެ.”މިރާން ދިރިއުޅުމެއް ފަށާކަށް ނުވޭތަ؟” ކުއްލިއަކަށް ޝިއާން ކޮށްލި ސުވާލުން މިރާން ކޮށި އަރައިގަތެވެ. .” އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ކުރާނަން.”މީހާ ހަމަޖެހިލަމުން މިރާން އެހެން ބުނެލީ ނިޝްޔާ އަށް ކުޑަ ހިނިތުންވުމެއް ހަދިޔާ ކޮށްލަމުންނެވެ. މިރާންގެ އެ ހިނިތުންވުން ނިޝްޔާގެ ހިތް ނުތަނަވަސް ކުރިއެވެ. ނަމަވެސް އެކަން ފާޅުނުކޮށް ނިޝްޔާވެސް މިރާނަށް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. މިރާން އާއި ނިޝްޔާގެ ސިއްރު ހިނިތުންވުންތަކާއި ބެލުންތައް ނަގައިގަނެވުނީ މައިޝާ އަށް އެކަންޏެވެ. މައިޝާ ނިޝްޔާގެ ގައިގައި ކުޑަކޮށް ކޮށްޓަލުމަށްފަހު ފަހަރި އޭ ބުނެލީ ހަމައެކަނި ނިޝްޔާ އަށް އަޑު އިވޭ ވަރެށެވެ.
ކެއުމަށްފަހު ހަމްދާން އާއި މައިޝާ ވާހަކަ ދައްކަން ތިބީ ގޭގެ ސިޓިންގރޫމްގައެވެ. ދެމީހުންގެ ހުނުމުގެ އަޑު މުޅި ސިޓިންގ ރޫމްގައި ހިފާލާފައި ވާއިރު ނިޝްޔާ ހުރީ ބޮލަށް އުދަގޫ ވެފައެވެ. “މައި..ނިޝީ މިދަނީ ގެއަށް އިގޭ..އަދި މިރެއަށް ރެޑީ ވާންވެސް ޖެހޭ.” ނިޝްޔާ އެހެން ބުނުމަށްފަހު ދިޔައީ ހަމްދާނަށް މައިޝާ އާއި ނަޖާހުގެ ގުޅުން ކިޔައިދޭން ހިތުން ވައުދު ވަމުންނެވެ.
“ޒީކް އަވަސް ކުރޭ..މިހާރު ގަޑިވެސް ޖެހެނީ..”މައިޝާ ޒީކާ ލަސްވެގެން އުޅުނެވެ.” އަމް ރެޑީ އޭ މަލާ..ޒީކް މަލާ ގޮތަށް ޑްރެސް ކޮށްފަ މަލާގެ މޭކަޕް ކޮށްލީ.” ޒީކާ ލަސްވި ސަބަބު ބުނުމުން މައިޝާ އަށްވެސް ހެވުނެވެ. “ޔެސް..މިރޭ ޒީކް ހީވަނީ މައިގެ ޓްވިންސް ހެން ” މައިޝާ ވެސް ހީލަމުން އެހެން ބުނެފައި އަވަހަށް ދިޔައީ ލަސްވާތީއެވެ. ދެމީހުންނަށް ދެވުނު އިރު ހޯލް އޮތީ އެކި މީހުންތަކުން ފުރިފައެވެ. އެންމެންވެސް އެދެމީހުންނަށް ބަލަމުން ދިޔައީ އަސްލުވެސް ޓްވިންސް ބާއޭ ހިތަށް އަރާހާލުގައެވެ. ސްޓޭޖް މަތީގައި ހަރަކާތްތެރިވަމުން ދިޔަ ނަޖާހުއަށް ވެސް އެދެމީހުންނަށް ބެލެހެއްޓިފައި ހުރެވުނީއެވެ. މައިޝާގެ ރީތިކަން ފެނި ނަޖާހު ހިތާހިތުން މައިޝާ އަށް ތަޢުރީފްކޮށްލިއެވެ. އެހެންނަމަވެސް ނަޖާހު އެވަރަށް އެބަލަނީ ޒީކާ އަށްކަން އެގޭތީ މައިޝާ ހިތުގައި ރިއްސާލިއެވެ. ނަމަވެސް ހިނިތުންވެލައިގެން ހުރީ ޒީކާގެ ނަސީބާމެދު އުފާވާ ހާލުގައެވެ. ” އަޅެ ނަޖާވެސް އެހާވަރަށް އެބަ ބަލާ އަނެއްކާ އޭނައަށް ނޯޅޭނެބާ؟” މަޖާވެފައި ޒީކާ ވާހަކަ ދައްކަމުން ދިޔައެވެ.
ހަފްލާ ފެށިގެން ދިޔައީ ބޮޑުބެރު ލަވައަކުންނެވެ. މިހަފްލާގައި ކޮލެޖްގެ ޑީންއާއި ލެކްޗަރާއިންނާއި ކޮލެޖްގެ މުޢައްޒަފުން ބައިވެރިވިއެވެ. ކެއުމުގެ ތަފާތު ބާވަތްތަކުން މޭޒުތައް ފަޅުފިލުވާލައިފައިވެއެވެ. ޒީކާ އޭނަގެ ބައެއް ރައްޓެހިން ފެނުމުން އެމީހުން ކައިރީގައި ވާހަކަދައަކަން ހުއްޓެވެ. މައިޝާއާއި އޭނަގެ އެކުވެރިންވެސް މަޖާ ވާހަކަތަކުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ. ނަމަވެސް ނިޝްޔާ ހުރީ މަޖާ މޫޑެއްގައެއް ނޫނެވެ. މިރާންވެސް މެރީ ވާހަކަ މަންމަ ކައަރީ ބުނަންޖެހޭ ހެއްޔެވެ. އަނެއްކޮޅުން މައިޝާގެ ރީތިކަން ފެނި އެހިތް ހަސަދައިން ފުރެމުންދިޔައެވެ. ” އޯނޯ ސޮރީ މައި ” ނިޝްޔާގެ އަތުގައި ހުރި ކޯކުތަށި މައިޝާގެ ގަޔަށް ބަންޑުވުމުން ވަރަށް ދެރަވެލާފައި ނިޝްޔާ ބުންޏެވެ. ހިތާހިތުން ކުރެވުނު ކަންތަކާ އޭނަ ހުރީ އުފާވެފައެވެ. ” އިޓްސް އޯކޭ..އެބަ އަންނަން ވޮޝްރޫމް އަށް ގޮއްސަ.” ޓިޝޫ އަކުން ހެދުން ފުހެމުން މައިޝާ މިސްރާބު ޖެހީ ވޮޝްރޫމްއާ ދިމާލަށެވެ. ”ހޭ ގާރލްސް ކޮބާތަ ވޮޝްރޫމް؟” ޒީކާ އޭނަގެ ގާތުގައި ތިބި ކުދިން ކައިރީގައި އަހާލިއެވެ. ” ފަސްޓް ފްލޯގަ އެކަމް ކުޑަކޮށް އަނދިރިކޮށް އޮންނާނީ” އެއްކުއްޖަކު އެހެންބުނެލުމުން ޒީކާ ދިޔައީ ވޮޝްރޫމްއަށެވެ ޒީކާ ސިޑިން އަރަމުން ދިޔަ ތަން ނަޖާހުއަށް ފެނި ޒީކާ ގެ ފަހަތުން ކަހަލަ ގޮތަކަށް ނަޖާހު ދިޔައެވެ. ނަޖާހު ވޮޝްރޫމް ބޭރުގައި މަޑުކޮށްލީ ޒީކާ ނިމޭނެ އިރަކަށެވެ. މާގިނައިރު ތަކެއްނުވެ ނަޖާހުއަށް ފެނުނީ ފަނޑުއަޅިގެ ތެރެއިން ހިގަމުންއައި ޒީކާއެވެ. ޒީކާ އެކު އެކަނި ވަގުތުކޮޅެއް ހޭދަކުރަން ބޭނުންވެފައި ހުރި ނަޖަހުގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ތަނަށް ވެރިވެފައިވާ ފަޑު އަލިކަން އިތުރަށް އަދިރިވީ ކުއްލިއަކަށް ކަރަންޓް ދިޔުމުންނެވެ. އެވަގުތު ޓިޝޫ އަކުން އަތް ފުހެމުން އައި މައިޝާ ސިއްސައިގެން ދިޔައީ މީހަކު އޭނަގެ އަތުގައި ހިފާ، ބައްދާލުމުންނެވެ. “ޒީކް. އައި މިސްޑް ޔޫ ސޯ މަޗް.” މަސްތުން ފުރިގެން ވީ އަޑަކުން ނަޖާހު ބުނެލިއެވެ. ނަޖާހުގެ އެ ބައްދާލުމުން މައިޝާގެ ހިތުގެ އެންމެ ހިމަނާރަށް ވެސް އަސަރުކުރިއެވެ. ނަމަވެސް އެ ދުލުން ޒީކާގެ ނަން އިވުމުން މައިޝާ މަސައްކަތް ކުރީ ނަޖާހުއާއި ދުރަށްދާށެެވެ. މައިޝާގެ އެ ހަރަކާތުން ނަޖާހު އިތުރަށް މައިޝާގެ ގައިގައި އޮޅުލައިގަތެވެ.”ނާ..” މައިޝާ އެހާ ހިސާބަށް ބުނެވުނުތަނާ ނަޖާހު މައިޝާގެ އަނގަމަތީގައި އަތް އަތްއަޅާލިއެވެ.” ނޮޓް ނައު ބޭބީ. ހާދަ މިސްވެޔޭ. ޔޫ ލުކް ސޯ ބިއުޓިފުލް މައި ގާލް.” ނަޖާހުގެ ހޫނު ނޭވާތަށް މައިޝާގެ މޫނަށް އެޅެމުން ދިޔައިރު އެހިތް ވެސް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. މައިޝާ އަށްވެސް ލޯމަރާލެވުނީ ބޭއިޚްތިޔާރުގައެވެ. ނަޖާހު މައިޝާގެ މޫނުގެ އެތަން މިތާގައި ބޮސް ދިނެވެ. މައިޝާގެ ތުންފަތުގައި ނަޖާހު ބޮސް ދޭން ފެށުމުން މައިޝާގެ ހުރިހާ ހިއްސުތަކެއް ގަނޑުވި ކަހަލައެވެ. ދެތިން މިނިޓަށް އެވަގުތުކޮޅު ދިގުދެމިގެން ދިޔައެވެ. މައިޝާގެ ކަކުލުން ވާގި ދޫވާހެން ހީވާންފެށުމުން އިތުރަށް ނަޖަާހުގެ ގައިގައި ބައްދާލެވުނެވެ. އެވަގުތު ކޮޅު އުމުރަށްވެސް ދެމިގެންދާން ދެމީހުންވެސް ބޭނުންވިއެވެ.
ނަޖާހު ސިހިގެން ދިޔައީ ކަރަންޓު އައި ވަގުތު ކުރިމަތީގައި ހުރި މައިޝާ ފެނުމުންނެވެ. ޒީކާ ކަމަށް ހީކޮށް މިހުރިހާއިރު ގައިގޯޅިކޮށްްް އުޅެވުނީ މައިޝާ އެކުގައި ކަން އެގުމުން އެ މޫނުމަތިން ފެނިގެން ދިޔައީ ކުއްވެރި އިހުސާސްތަކެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.

mi part ves reethi … kn irakun next part………
Nyc
nice
when next part??
Wow. Kon irakun nwxt part upkohdheny
Nice??
Mihaaru ehaa rycheh noon .. kurin v rythi .. mihaaru ehvex varakah kiyaa hitheh nuvey.. cause mihaaru reyvungadu kamu nudhey… n hope next part will be awesome avaha up koh dhecchey.. n ekanthah rangalhu kollaathi
Mihaar amillayah comnt nukuraathi comnt thah haadha madhey.. ?
Kobaatha next part avaskodheeba
Atleast up kuraa dhuvasthah buneladheynama dhw
Mives nuninmmaa huhttaali vaahaka thakun jaaga hoadhaa vaahaka ehbbaa…liyuntherinves kiyuntherin ge suvaalu thakah javaabu dheegen dhw kuriah dheveynee..mi site ga haadha reethi vaahaka thah ebahuhttey nuninmmaa huhttaalaafa..?
Next part plz..x-girl
Next part upload kurani Kon irakun ? vr reethi vaahaka?
If u didnt want to finish this story why did u start it x-girl??
Maisha ehaa rulhi gadha vaa ehcheh nooneyy. She will up the story soon dho x-girl? Avahah up kohdheh cheyy. We are waitingggg…… 🙂