ފޮޓޯގަނޑު
ދުނިޔެމަތީގައިވާ ޤުދުރަތްތެރިކަމަކީ އޭގެ ފުރިހަމަ ވާހަކަ ގަލަމުންވެސް ބަޔާން ނުކުރެވޭނެ ފަދަ މަންޒަރުތަކެވެ. އަހަރެން މި އަޖާއިބު ކުރުވަނިވި މަންޒަރުތައް ފޮޓޯ ގެ ސިފައިގައި ރައްކާކުރަމުންދަނީ އަހަރެންގެ އުމުރުން ވިހި އަހަރުންނެވެ. އޭރުއްސުރެން އަހަރެންގެ އިންސްޓަގަރާމް ބްލޮގަށް ފޮޓޯތައް ލަމުން ދަމެވެ. އެތައް ބައިވަރު ބައެއްގެ ތަރުހީބު އަހަރެންގެ ފޮޓޯތަކަށް އޮއްސެމުންދާތަން ބަލަން އަހަރެެން އިންނަނީ ހެވި ދިއްލިފައެވެ.
ހުކުރު ދުވަހެކެވެ. އާދައިގެ މަތިން އަހަރެންގެ މިސްރާބު ރަށުގެ ތުނޑިޔަށް އަމާޒުކުރީމެވެ. ގަޑިން ފަސްގަޑި ބައިގައި އަހަރެން ހަލުވިކަމާއިއެކު އަހަރެންގެ ކެމެރާ ހިފައިގެން މަންޒިލަށް ދަތުރުފެށީމެވެ. ގެއިން 15މިނެޓް ތެރޭގައި ދެވޭ ތުޑިއަކީ ރަށުގެ ކުދިބޮޑު އެންމެން ހެން ޖަމާވާ ތަނެވެ. އަހަރެންގެ މަސައްކަތާއިގެން ކުރިއަށް ދާން ފެށީމެވެ. ކެމެރާ ނަގާ އޮންކޮށްލައިގެން އަހަރެން ފޯކަސް ކޮށްލީ އޮއްސެމުން ދިޔަ އިރުގެ ޖާދުވީ މަންޒަރަށެވެ. އަހަރެން ޒޫމް އިން ކޮށްލުމަށްފަހު ފޮޓޯގަނޑެއް ނަގާލީމެވެ. އެގޮތަށް އެތަކެއް ފޮޓޯތަކެއް ކެމެރާގައި ރައްކާ ކުރުމަށްފަހު، އަހަރެން އަވަަހަށް ނިންމީ، އަނދިރިވުމުގެ ކުރިން ގެޔަށް ދިޔުމަށެވެ. އެއީ އެހެންނޫނީ ގޭގައި އިން އަހަރެންގެ މާމަ ކަންބޮޑުވެދާނެތީއެވެ. އަހަރެން ވިހެއުމުގެ ގަދަ ވޭނުގައި އަހަރެންގެ މަންމަ ވަނީ ނިޔާވެފައެވެ. އޭރުއްސުރެން އަހަރެން ބަލާ ބޮޑުކުރީ އަހަރެންގެ މާމަ އެވެ. އަހަރެން ދުވަހަކުވެސް ބައްޕައެއް ނުދެކެމެވެ. މާމަ ބައްޕަގެ ވާހަކަ ކިޔައިދެއެވެ. އަހަންނާއި މާމަގެ ޙަރަދުތައް ބަލަހައްޓަނީ އަބަދުވެސް ބައްޕައެވެ. މާމަގެ ވާހަކަތަކުން އެކަން އަހަންނަށް އެގިގެންދިޔައީ އަހަރެން ކެމެރާ އެއް ބެނުންވުމުން، އެހާ އަގުބޮޑު ކެމެރާއެއް މާގިނަ ދުވަހެއްނުވަނީސް އަހަންނަށް ލިބުމުންނެވެ. އަހަރެން ބައްޕަ އަށް ޝުކުރުވެރިވަމެވެ. އެކަމަކުވެސް ޝަކުވާކުރަންވެސް ބޭނުމެވެ.
އަވަހަށް ގެޔަށް އައިސް އަހަރެން މަސައްކަތް ކުރީ ފޮޓޯތައް އަޕްލޯޑުކުރުމަށެވެ. އެވަގުތު އަހަރެން ލޮލުގައި އަޅައިގަތީ ވަރަށްވެސް ތަފާތު މަންޒަރެކެވެ. އަހަންނާ ދިމާލަށްވާ ގޮތަށް ކެމެރާއެއް ހިފައިގެން ހުރި އިސްކޮޅުން ދިގު ޒުވާނެކެވެ. އެމަންޒަރު އަހަންނަށް ފާހަގަ ވެފައިނެތީ އޮއްސެމުންދިޔަ އިރުގެ އެ ޖާޒުބީ މަންޒަރުގައި ޖެހެވުމުންނެވެ.
ހަފްތާއެއްހާ ދުވަސް ފަހުން އަހަރެން އަނެއްކާ ވެސް މިސްރާބު ޖެހީ ތުނޑިއަށެވެ. މިފަހަރު ކެމެރާއެއް ނުގެންދަމެވެ. ބޭނުންވީ ކުޑަކޮށް ހިތްހަމަ ޖައްސާލުމަށެވެ. އަހަންނަކީ އަބަދުވެސް އެކަނިވެރިކަމަށް ލޯބިކުރެވޭ މީހަކީމެވެ. ރަހުމަތްތެރިން ނުގެންގުޅެނީވެސް އެސަބަބާހެދީ ކަމަށްވެދާނެއެވެ. ނަމަވެސް އަހަރެންގެ މިތުރެއްގެ ގޮތުގައި ސާރާ އަބަދުވެސް ހުރެއެެވެ. އަހަރެން ތުނޑީގެ އެހިތްގައިމު މާހައުލުގައިވާ ކުޑަ ބެންޗެއްގައި ހަމަޖެހިލައިގެން އިށިނީމެވެ. ފެނަނަމުންދާ މަންޒަރުގެ ތެރެއިން ފީނިގެންގޮސް އަހަރެންގެ ދިރިއުޅުމާމެދު ފުރަތަމަ ފަހަރަށް ވިސްނާލެވުނެވެ. މާމަ ދުނިޔެ ދޫކުރާ ދުވަހަކުން އެކަނިވާނެ ވަރު އަންދާޒާކުރެވުނެވެ. ނަމަވެސް އަހަރެންގެ ހިތް އެފަރާތަކަށް ވިންދުޖަހާފަދަ އިންސާނަކާ އަދި ބައްދަލެއްނުވެއެވެ.
އިރުކޮޅަކުން އަހަރެން ލޯ ބޭގަރާރުވެގެން ދިޔައީ ފެނުނު މަންޒަރަކުންނެވެ. އަހަރެންގެ ހިތް ތެޅިލިއެވެ. އިސްތަށިގަނޑު ހުރީ ޒަމާނީ ގޮތަކަށް ކޮށައިފައެވެ. ފުރަގަހުން ބަލައިލީމައި އަންހެނެއްހެނެއް ހިޔެއްނުވެއެވެ. ޖިންސު ހުރީ އުނަގަނޑުގައި ހަރުލައިފައެވެ. މަދުން ނޫނީ ނުފެންނަ ކަހަލަ މަންޒަރެކެވެ. އިސްކޮޅުން ދިގެވެ. އެ މީހާގެ މޫނެއް ނުފެނެއެވެ.
-ނުނިމޭ-
12 Comments!
Comments are closed.

Reethi
Waiting for the next part
Glad you like it.. Will upload asap 🙂 Thank you for reading Shaf
varah reethi
Thank You so much maee 😀
V reethi. Plx avahah up kohdheychey
Sure Liusha.. Will upload soon.. Thank You for giving a try :* Glad you liked it
Feshun reethi. N sifa kurin ves reethi.. Aneh baha inthizaaru kuran
Thank You Amin 🙂
Ahrenakee mivaahakaiga anhene tha nooni firihene tha?
Thoo mi part ge emme fahubai kiyaalaba eyrun you will have an idea about it 🙂 thank You read kureema 🙂
Waau.. Heevany molhu Author eh hen hama .. habeyss!! Waiting for the next part !! Good Luck
Good work.