Skip to content
އެސްފިޔަ

ދަ ލެޖެންޑްރީ ވޯރިއާރސް (2 ވަނަ ބައި)

ފިނާޒްއާ ހިސާބަށް ދެވުނު ތަނާ ފިނާޒް އާލިކުމެންނަށް ދައްކައިލީ ބޮޑު މާސިންގާ ބޯވައެކެވެ. އާދަޔާ ޚިލާފަށް ބޮޑު މި ބޯވާގައި ހައިރާންކޮށްލަނިވި އެހެން ކަމެއް ފެނުނެވެ. އެއީ އެހެން ބޯވަތަކާ ޚިލާފަށް މި ބޯވާގައި ދިހަވަރަކަށް ފައި ފެންނަން ހުރުމުންނެވެ.
“ ބްރޯ، ތީ ޖިންނި ބޯވައެއްތަ؟ ހާދަ ފައި ގިނައޭ. “ އަޖުވަދު ފެނުން މައްޗަށް ބޯހިއްލާލާފަ ބުންޏެވެ.
“ ހެހެހެ. ކަލޭ މޮޔަވީތަ؟ އެއީ އައިބު އެއްޗެކޭ. އެހެންނޫނަސް މިހާ ފައިގިނަ ބޯވައެއް ކިހިނެއް ދޫކޮށްލާނީ. ބަލާލަބަލަ އެގޮލާ ބޮޑުކަން. ހާދަ މަހެއް އޮންނާނެޔޭ. “ ފިނާޒް ފޯރިއާއެކު ބުނެލިއެވެ. އެވަގުތު އާލިކް އަޑިޔަށް ފީނައިގަތެވެ. ދަގަނޑު ބޯވާގެ ބޮލަށް ހަރާލާފަ މައްޗަށް އެރިއެވެ. އާލިކް މައްޗަށް އެރުމާއެކު ފިނާޒާއި އަޖުވަދު އަޑިޔަށް ފީނައިގަތެވެ.
ބޯވަ ހިފައިގެން މޫދުން އެރިއިރު އިރު ހުރީ އޮއްސިފައެވެ. މީހަކު ގައިގަ ކޮޅަށް ހުންނާނެ ވަރުވެސް ނެތެވެ. ތިންމީހުން ހުރިތަނަށް ތިރިވެއްޖެވެ. ހައިވެގެންގޮސް ހަލާކުވެފައެވެ. ނަސީބަކުން އައްލާމާއި އާލިމް ކެއްކި އެއްޗެހި ހިފައިގެން އަތިރިއަށް އައެވެ. ޢެއްޗެހިތައް ބަހައްޓާފައި އަލިފާންގަނޑެއް ޖެހޭތޯ އުޅުނެވެ.
“ އޭ ހާދަ އެހެންކަހަލަ ބޮޑު ބޯވައެކޭ. ފައިވެސް ހާދަ ގިނައޭދޯ. އައިބު ގޮލައެއްދޯ. “ އާލިމަށް ބޯވަ ފެނިގެން ނަގަން އުޅުނެވެ. އެވަގުތު ފިނާޒް ކުއްލިއަކަށް ބޯވަ ނަގައިގެން ދުރަށް ދިޔައެވެ.
“ އޭ ކިހިނެއްވީ. ކޮންތާކަށް ތިދަނީ؟ “ އާލިކް ހައިރާންވެ ހުރެ ފިނާޒަށް ގޮވައިލިއެވެ. ނަމަވެސް ފިނާޒް އަނގަޔަކުން އެއްޗެއް ނުބުނެ ތަންކޮޅެއް ދުރަށްގޮސް ވެލިގަނޑު މަތީ ބޯވަ ނޮޅަން ޖައްސައިލިއެވެ.
“ އެގޮލަޔަށް ކިހިނެއްވެފަ އެހުރީ؟ އަނެއްކާ އާދަޔާ ޚިލާފު ބޯވައެއް ލިބުނީމަ ބޮޑާވީތަ؟ “ އާލިމްވެސް ހައިރާންވެ ހުރެ އަހާލިއެވެ.
“ ނޭނގެ ބުނާކަށް. ބޯވަ އޭނަ އަތަށް ލިބުނީއްސުރެ އަނގަޔަކުން އާނ ހޫނ ފިޔަވާ އެހެން އެއްޗެކޭ ނުބުނެ. “ އަޖުވަދު ކަމުން ބުނެލިއެވެ. އެކަކަށްވެސް ފިނާޒަށްވީގޮތެއް ނޭނގުނެވެ.
ބޯވަ ނޮޅާނިންމައިގެން ސާފުކޮށް ހަދައިގެން އަނގަޔަކުން ބަހެއް ނުބުނެ އެއްގަމަށް އަރައިގެން ދިޔައެވެ. އިރުކޮޅަކުން އައީ އެއްކޮޅު އުލެއްހެން ތޫނުކޮށްފައި ހުރި ދަނޑިގަނޑެއް ހިފައިގެންނެވެ. އެއަށް ހުރީ ބޯވަ އަމުނާފައެވެ. އަލިފާންގަނޑު ދެފަރާތުގައި ދެދަނޑި ޖަހާފައި އޫ ބޭއްވިއެވެ. އެހެންމީހުން ސަކަރާތް ޖަހަޖަހާފައި އުޅެއެވެ. އެކަމަކު ފިނާޒު ހީވަނީ އެހެން ދުނިޔެއެއްގައި އުޅޭހެންނެވެ. ޖެހި ބުދެއްހެން އޫ އަނބުރާލަ އަނބުރާލަ ހުއްޓެވެ.
“ ބްރޯ، ކަލޭ ހާދަ ހިމޭނުން ތިހުރީ؟ ކިހިނެއްވީތަ؟ ބޯވަ އަހަރެމެންނަށް ދޭހިތް ނުވަނީތަ؟ ވާހަކަ ދައްކަބެ. “ އަޖުވަދު ފިނާޒް ކައިރިއަށްޖެހިލާ ބުންޏެވެ. ފިނާޒް އަޅާވެސް ނުލައެވެ. އޭނަގެ ދެލޯ ހުއްޓިފައި ހުރީ ފިހެވެމުންދިޔަ ބޯވައަށެވެ. އެވަގުތު ކުއްލިޔަކަށް ބޯވަ ފިނާޒާ ދިމާލަށް ބަލައިލިއެވެ. ސިއްސައިގެން ގޮސް ފިނާޒަށް ބޯވައިން އޫ އަތުކޮޅަށް ހޫރާލެވިއްޖެވެ.

Comments (8)

  1. Sallu

    Me first… But maa kurey… Eyoh kiyaa hithun indhaa e nimunee..

  2. Maree

    vv reethi vaahaka eh ekam maa bodhaves kuru

  3. Maree

    Aslu biruveri vaahakaehtha

  4. shau

    Maakuru.

  5. aysh

    rythi…

  6. Funnyguy

    Thanks guys… Dhn faharakun dhigukureveytho balaanan…

  7. White

    Wow!! varah chaalu! waiting for the next episode 🙂

  8. White

    dear… kon iraku next part up kuranee.

Comments are closed.